އިންޖެކްޝަންގެ ބާރު ހުރިވަރު ސިކުންތުކޮޅެއްގެ ތެރޭގައި ފެންނަން ފެށްޓެވެ. ފަހު މަންޟަރަކަށް ފެނުނީ، ފުސްކޮށް، ރިފާޝާ، ބިމަށް ދެމޭ މަންޟަރެވެ. ހަމަ އެ ޖެހި ކަށީގެ ބާރުންނެވެ. ………….. މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. ދިއްލާފައި ހުރި ގަދަ އަލީގެ ސަބަބުން، މާ ގިނައިރަކުނުުހުރެވުނެވެ. މަންޟަރު ނުފެންނަނީސް ޖެހުނީ، ދެލޯ މަރާލާށެވެ. ދެވަނަ ފަހަރަށްވެސް ލޯ ހުޅުވާލީމެވެ. އެއާއި އެކު ކައިރީގައި ވަމުން ދިޔަ ކަންކަން ފެނި، ހިތަށް އިތުރު ހާސްކަމެއް ވަނެވެ. އަހަރެންނަށް ހުރެވުނީ، ގޮނޑިމަތީ ކޮށްޅަށް ތިބި ތިން އަންހެން ކުދިންނާއި ފުދޭވަރަކަށް ދުރުގައެވެ. ވަރުގަދަ ނައިލޯނު ވާގަނޑަކުން، ދެއަތް ފުރަގަހަށްލައި، ތަނބަކާއި އެކު އައްސާފައެވެ. ތެޅި ގަތީމެވެ. މިޝްމެން ކައިރިއަށް ދާންބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް ކުރެވެން ނެތް ކަމެއް ކުރާނީ ކިހިނަކުން ހެއްޔެވެ. “އަހ… މާޒިން…” އައިސް، އަހަރެންގެ ކުރިމަތީ ހުއްޓިލި ފިރިހެން މީހާ ބުނެލިއެވެ. މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ މީހެކެވެ. މުޅިން އާ މޫނެކެވެ. ޢާންމުކޮށް އުޅޭ ދިވެހިންނަށްވުރެ ހަމުގެ ކުލަ ކަޅުވެފައި، މައްޗަށް ނަގާފައި ހުރި އިސްތަށިގަނޑުވެސް ތަފާތެވެ. ކަންފަތް ތޮރުފާލައިފައި ހުރި އިރު، ކަރުގައިވެސް، ރިހި ފަށެއް އޮތެވެ. “ތީ ކާކު؟” ރުޅިވެރިކަމާއި އެކު އަހަރެން އަހާލީމެވެ. އެއިރުވެސް، އަހަރެންގެ ނަޟަރު ހުރީ މިޝްކާއާއި ދިމާއަށެވެ. ދެން ހުރި ދެމީހުނާ ޚިލާފަށް، މިޝް ކުރުކަމުން، ކިރިޔަ ކިރިޔާ ހުރެވޭ ކަމެވެ. “މަ މީ ކާކު ކަމެއް ނޭންގޭތަ؟؟ ދެން ކައެއަށް ކޯޗެއް އިނގެނީ؟” ހުނުމަކާއި އެކު، ތެދުވެ ގޮސް، އެމީހާ، ގޮނޑިތައް ކައިރީ މަޑުކޮށްލިއެވެ. ދެންމެ ދެންމެ، އެއިން ގޮނޑިއެއް، ފައިންޖަހާ ވައްޓާލަފާނެޔޭ، އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. “ހިމްޔާން ޕްލީސް…. ދެން ދޫކޮށްލަބަ….” އަހަރެންނަށް ހައިރާން ކަމެއް ލިބުނީ، މިޝްކާ ވާހަކަދައްކަން ފެށުމުންނެވެ. މިޝްކާއަށް މި މީހެއް އެނގުނީ ކިހިނަކުންހެއްޔެވެ. “މަ އޭރުވެސް ބުނިން ދޯ، ކައެ ބޭބެކައިރީ، ނުބެހޭ ކަންކަމާ ނުބެހޭށޭ ބުނާށޭ..” އެބުނާ ހިމްޔާން، މިޝްކާއާއި ޖެހޭ ނުޖެހޭ ހިސާބުގަ ހުއްޓިލަމުން ބުނެލިއެވެ. “ދެން ކީއްވެތަ އެންމެންނަށް ތި ގޮތްގޮތް ހަދަނީ؟ ހިމް ބުނީމެއްނު ހިމްއަކީ ކްރިމިނަލެއް ނޫނޭ… މިހެނެއްް ނޫޅެމޭ. ދެން ކީއްވެތަ؟” ވާހަކަ ދައްކަމުން ދިޔައިރުވެސް، މިޝްކާއަށް ދިޔައީ ގިސްލެވެމުންނެވެ. އަހަރެންނަށް ޖެހުނީ ވާނުވާގައި ހުންނާށެވެ. “ކައެގެ ގަމާރު ކަމެއްނު މީހަކު ލޯބިވެޔޭ ބުނާއިރަށް ރަށްޓެހިވުން.. ދޮގެއް ހެދިޔަސް އެނގެނީކީ ނޫން. އިންޒާރެއް ދިނަސް ޤަބޫލުކުރަނީކީ ނޫން.. ހުސްވެސް ކަލޭގެ ގަމާރުކަމުން ވާ ކަންކަން…” މިޝްއާއި ދިމާއަށް، ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ، ހިމްޔާން، ވާހަކަދައްކަމުން ދިޔައެވެ. މިޝްކާގެ ކަމަކީ ގިސްލަގިސްލާފައި ރުއިމެވެ. “މަށަށްވެސް މިތާ ވާނުވާ އަންގާލީމަ ދޯ، ބޮލުން ސުވާލުމާކުތައް ފިލާނީ..” އެހެން ހުރެފައި އަހަރެން ގޮވާލީމެވެ. އެއިރު، ހިތުގައި އޮތް ބިރުވެރިކަން، ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. މީނަ މި އުޅެނީ ހަމައެކަނި ކުޑަކޮށް މަޖާ ކޮށްލަން ކުޅިވަރު ކުޅެންކަން ވިސްނިގެންނެވެ. އެހިތުގައި މިޝްމެނަށް ގޮތެއް ހަދަން އޮތްހެން ހީނުވާތީއެވެ. “ކައެ ކޮއްކޮއާ މަށާ… އެއީ މަ މިތިންމަސް ދުވަހު މަޖާކޮށްލަން ކުރިކަމެއް. އެކަމަކު ކައެމެން މިތަނަށް ގެނެސް ތިތިބީ، މިކަމާ އެއްވެސް ގުޅުމެއް އޮވެގެނެއް ނޫން..” ހިމްޔާން، އަޑު ހަރުކޮށް ވާހަކަދައްކަމުން ދިޔައެވެ. “ދެން؟” ކެތްތެރިކަމުގެ ކުޑަކަމުން އަހަރެން އެހީމެވެ. “ފުރަތަމަ ކަމަކަށް، ކަލޭ… ކަލެއާ ހެދި މަގޭ ކޮއްކޮ، ރޭގަ އެ މަރުވީ. ދެން މިހިރަ އެލީޒާ.. އަހާބަލަ، ނުކުރަނީ ކީތްތޯ؟ އެކުވެރިޔެކޭ ކިޔައިގެން ގެންގުޅުނަސް، މިހާރު މޮޔަވެފަ ހުރި ޔޫހާއަށް ދިމާކޮށް ޖެއްސުން ކުރުން، އެއީ މީނަ އެންމެ ކުރާހިތުންކުރި ކަންތައް.. ކުރިން ކައެމެން ދެމީހުން އެއް ސްކޫލެއްގަ އުޅުން އިރު، މާޒިނަށްވެސް ހުންނާނީ، ފެނިފަ، އެލީޒާ، ޔޫހާއަށް ޖެއްސުން ކުރާތަން… މަ ވަރަށް ދުވަހު ކެތް ކޮށްފިން މިދުވަސް ބަލާ ހިތުން. މިއޮތީ ވަގުތު އައިސްފަ.” ފަހަރަކު މީހަކަށް އިނގިލި ދިއްކުރަމުން، ހިމްޔާން، ވާހަކަދައްކަމުން ދިޔައެވެ. ތެދެކެވެ. އެލީޒާއާއި އޭނާގެ އެކުވެރިން ޔޫހާއާ ހަނގާ ކުރާކަން، އެއީ އަހަރެންނަށް އޮޅިފައި އޮތްކަމެއް ނޫނެވެ. އެހެނެއްކަމަކު، އަހަރެން ދެން އެކަމަކާ ބެހެންވީ ކީތްކުރަން ހެއްޔެވެ. ކުރިން އޮތް އެކުވެރިކަމުގެ ސަބަބުން، އެއިރު، އެލީޒާ ކުރާ ގޯސްކަންކަން އަހަރެން ނުވެސް ބަލަމެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނެއުޅެއެއް ނޫންހެވެ. ދެން އަހަރެން ގަސްތަކާއި އެކު ކޮށްފައި އޮތްކަމެއް މިތާ އެބެތް ހެއްޔެވެ؟ މޮޔަވެގެން އުޅޭ ފިރިހެނެކެވެ. “ދެން ކަލެއާ ޔޫހާޔާ، އަހަރެމެންނާ ކޮންކަމެއް..” އެނގެން ބޭނުންވެގެން އަހަރެން އެހީމެވެ. “އެއީ މަގޭ ދެބެއިންގެ ދެދަރި ކޮއްކޮއޭ… އަތުގަ ފައިސާ ހުރީމަ، ކައެމެނަށް ހީވަނީ، ކުރާ އެއްވެސް ކަމެއް އެހެން ބަޔަކަށް ނޭންގޭނޭ. މިމީހުން ކިޔާވަރުން، ޔޫހާ، އަނެެއް ގޭންގު މީހަކާ ރަށްޓެހިވީ… ވީކަމެއް ނޭންގެ، ކިރިޔާ އެ ސަލާމަތް ވީ…” ދެންވެސް ކުށްވެރި ވީ އެލީޒާއެވެ. ވަރަށް އެނގޭ ދަންނަބެކަލަކަށް ވެ ހުއްޓަސް، އަހަރެންނަށްވެސް އެނގޭ މިންވަރު ވަރަށްވުރެވެސް ކުޑަތާއެވެ. “ކައެމެން، މެދުގަ އޮތް ކޮރަޕްޝަންއާ، ވެފައި ހުރި ޚިޔާނާތްތަކާ ހުރެ މިތާ ފަސާދައެއް އޮތިއްޔާ އުފެދިފަ އޮތީ… އެކަމަކު ކަމެއް ވާއިރަށް، ހުރިހާ ކަމެއްވެސް އަހަރެމެން، ގޭންގުތައް ބޮލަށް… މަސްތުވާ އެއްޗެއް އެތެރެކުރާއިރަށްވެސް، ކުޑަ ގޮޅިއަށް ދާނީ އަހަރެމެން. އެކަން ކުރަން ބުނި މީހުނާ، މަގު ފަހި ކޮށްދިން މީހުނާ ފައިސާ ދިން މީހުން، ހަމަ އުފަލާ އަރާމުގަ… އަހަރެމެން މީ ކައެމެންގެ އަޅުންނެއް ނޫނޭ…. މިކަމަކާ ހެދި ކިތައް ފަހަރު ކައެ މެންނަސްވެސް އިންޒާރު ދެއްވިއްޖެ… އެކްސިޑެންޓު ކޮށްކޮށްވެސް، ވިސްނޭކަށް ނޫޅުން.. އެހެންވީމައޭ، ހެލިކޮޕްޓަރު ވެސް ގޮއްވާލަން ޖެހުނީ..” ހިމްޔާންގެ ވާހަކަ ކުރިއަށް ގެންދެވުނީ އެހިސާބަށެވެ. އައި ކުއްލި ރުޅިއާއި އެކު، އަހަރެން، އަތްތެރެއަށް ލައްވާފައި އޮތް ދެވަޅިން ކުރެ އެއް ވަޅި ހޫރާލީމެވެ. ހެލިކޮޕްޓަރު ވައްޓާލީވެސް މިމީހުން ހެއްޔެވެ. އެ ހާދިސާގައި އަހަރެމެންނަށް ދެވުނީ ކިހާވަރެއްގެ އަނިޔާއެއްކަން ނުދަތީ ކީއްވެހެއްޔެވެ. އެއްލި ވަޅި ގޮސް ޖެހުނީ ބިމުގައެވެ. ދެއަތްމެ އައްސާފައި އޮތުމުން، މިޒާނުން ކައްސާލީއެވެ. އެހެންނޫންނަމަ، ހެރުނީހީ، ސީދާ ހިމްޔާންގެ ގައިގެ ކޮންމެވެސް ހިސާބަކަށެވެ. އަހަރެން އެހާ ދަށްވާނޭ ހީ ނުކުރައްޗެވެ. އިރުކޮޅަކު ވަޅިއަށް ބަލަން ހުރެފައި، ހިމްޔާން، ފުން ނަޒަރަކުން އަހަރެންނަށް ބަލައިލިއެވެ. އެއަށްފަހު މިޝްކާމެންނާއި ދިމާއަށް ހިނގައިގަތެވެ. ވާން އުޅެނީ ކީތްކަން އެނގުނުހިނދު، އަހަރެންނަށް އަނެއްކާވެސް ތެޅިގަނެވުނެވެ. ލަސްކުރުމެއްނެތި، ދެން އޮތް ވަޅިވެސް، އެއް އަތަށް ހެޔޮވަރުކޮށްލީމެވެ. ހިމްޔާން ގޮސް މަޑުކޮށްލީ، ރިފާޝާ ކައިރީއެވެ. އަދި އަނެއްކާވެސް އެނބުރި އަހަރެންނަށް ބަލައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް، އަހަރެން، ވަޅި ހަރަކާތްކޮށްލީމެވެ. ހުރި ތޫނުކަމާއި އެކު، ހަންގަނޑުގައި ޖެހުނު ހިނދު ކަފައިގެން ދިޔައެވެ. ނުލަފާ ހިނިތުންވުމެއް ދީފައި، ހިމްޔާން، ރިފާޝާ ހުރި ގޮނޑި ކޮއްޕާލިއެވެ. ރިފާޝާގެ ބާރާއި އެކުވެސް، ގޮނޑި، ހުރިތާ ނުހުއްޓެވެ. ދިޔަބާރު މިނުގައި ގޮސް ވެއްޓުނެވެ. މަންޟަރު ފެނުމާއި އެކު، ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. “ހަހް… ތިހެން ހުރެބަލަ. މާ ގިނައިރަކު ނުހުރެވޭނެއްނު” ހިމްޔާން، ވާހަކަ ދައްކާ އަޑަށް އަހަރެން ލޯ ހުޅުވާލީމެވެ. ދެއްކި ވާހަކައެއް ދެއްކީ ރިފާޝާއާއެވެ. ކޮންމެވެސް ގޮތަކުން، އަތް އައްސާފައި އޮތް ވާކޮޅު މޮހާލުމަށްފަހު، ވާގަނޑުގެ މަތީގައި އަތުން ހިފާއްޓައިގެން ހުރެ އަމިއްލަ ބަރު، އުފުއްލައިގެން ހުރުމުން، ވާގަނޑަށް، މެހުނަ ނުދީ، ރިފާޝާއަށް ހުރެވެނީއެވެ. ހިތުގައި އުންމީދުގެ ހުޅުކޮޅުދިއްލުނެވެ. ތަދުވިނަމަވެސް، އަހަރެން އައްސާފައި އޮތް ވާގަނޑު ކަނޑާލެވޭތޯ، އަނެއްކާވެސް މަސައްކަތް ފެށީމެވެ. އަތަށް ކިތަންމެ އަނިޔާއެއް ލިބުނަސް، އެހެން ބައެއްގެ ފުރާނަ، ދިޔަނުދީ ހިފެއްޓުން މާ މުހިންމެވެ. […]
“ހިއަރ އިސް ޔުއަރ ނިއުސް!” ދެންވެސް އެރީ ކުޑަ ޖުމުލައެކެވެ. އަހަރެން ފަރުވާތެރިވެ ސްކްރީނަށް ބަލައިލީމެވެ. ވީއޯއެއް ޕްލޭވިއެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ދެ ގޮނޑި މަތީ ކޮށްޅަށް ހުރި ދެ އަންހެން ކުދިންނެވެ. ކަރުގައި މަޅިއެއް ޖަހާފައި އޮތް އިރު، ވާގަނޑަށް ވަނީ ވާން ވެފައެވެ. ކިރިޔަ ކިރިޔާ އެދެކުދިންނަށް ފައި ޖައްސާލައިގެން ތިބެވޭކަމެވެ. އާދައިގެ ދެ އަންހެން ކުދިންނެއް ނޫނެވެ. އަހަރެންްނަށް އެންމެ މުހިންމު މީހުނެވެ. އެކަކަށް އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. ދެން […]
“ލުވެއިޒް!” ލިބުނު ސިހުމާއި އެކު ސިކުނޑި ހުއްޓުނު ކަހަލައެވެ. ފެނުނު މަންޟަރު ޤަބޫލުކުރަން ހިތް ނޭދޭތީއެވެ. ވެދާނެ ކަމެއްކަމަށް ޚިޔާލަށް ދުވަހަކު އައި ކަމަަކަށް ނުވާތީއެވެ. މީހެއް ލައްގާފައި އޮތީއެއް ނޫނެވެ. ލައްގުވާފައި އޮތް ފިރިހެނެއްގެ ހަށިގަނޑެވެ. އެއްބަނޑު އެއްބަފާ ބޭބެއަަށް ވުރެ ގާތް އަހަރެންގެ އެކުވެރިޔާއެވެ. ދެއަތް މައްޗަށް އައްސާފައި، ތޮށިގަނޑުން ހިލައެއްގައި އައްސާލާފައެވެ. ހަށިގަނޑު އެ ގަދަފަދަ ރާޅު ތަކާއި ތެޅޭނެ ގޮތަކަށް ތެޅެން ދޫކޮށްލާފައެވެ. ދަބަހުން، ވަޅިއެއް ނަގާ، އަހަރެން ވާގަނޑު މޮހާލީމެވެ. […]
“ކޮބާ ލުވެއިޒް…” އަހަރެން އަހާލީމެވެ. އާންމުކޮށް މިދެމީހުން އެއްތަނަކު ތިބެންޏާ ބޮޑީ ގަރޑަކަށް ލުވެއިޒް ނުހުރެ ނުދާނެއެވެ. “ކޮންފެރެންސަކަށް ދިޔަގޮތަށް އަދި ނާދެ..” އެލީނާ ޖަވާބު ދީ ނިމުންތަނާހެން ޓީވީއިން ކުއްލި ޚަބަރެއް ދައްކަން ފެށިއެވެ. “ޖަލުން ބައިވަރު ޤައިދީންތަކެއް ފިލައިފި.. މިކަން ހިނގިތާ މާ ގިނައިރެއް ނުވެ، ގޭންގުތައް ދެމެދު ބާރު ބޮޑުވެ، ދެމީހަކު ގަޔަށް ވަޅި ހަރާ ޒަޚަމްވެސް ކޮށްލައިފި… ފުލުހުން އިލްތިމާޒް ކުރައްވަނީ، މި މައްސަލަ ފުލުހުންގެ އަތް ދަށަށް ގެނެވެންދެން، ބޭރުތެރޭގައި […]
މޮންސްޓަރ، މި ހަފްތާ ރަށުން ބޭރަށް ދާން ޖެހިގެން، ‘ނާއިންސާފް’ ވާހަކަ ދުވަސްކޮޅަކަށް މެދުކަނޑާލާނަމެެވެ. މިގޮތަށް ކަންތައް ދިމާވުމުން، ކިޔުންތެރިންގެ ިކިބައިން ވަރަށް ބޮޑަށް މަޢާފަށްއެެދެމެެވެ. إنشاﷲ، އެނބުރި ރަށަށް އާދެވުނުހާ އަވަހަކަށް، ވާހަކައިގެ 33 ވަނަ އެޕިސޯޑް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަމެވެ.
އެ ކަށި ގަސްތަކުގެ ތެރެއިން ނިކުތް ދެވަނަ މީހާ، އަތަށް ފިސްތޯލު ހެޔޮވަރު ކޮށްލިއެވެ. ހަމަ ރިވަރޑޭލް ބްލެކްހުޑް ހެންނެވެ. ފިލްމެއްގެ ޝޫޓިންއެއް ނޫނެވެ. ލޯ ކުރިމަތީ ހިނގާ ހާދިސާއެވެ. ވަޒަން އޭގެ މަޤާމް ދޫކޮށް،، ވައިގެ ތެރޭގައި އުދުހިގަތެވެ. ބާރު އަޑާއި އެކު، ގަސްގަހުން، ދިރޭ ސޫފިތައްވެސް ތެޅިގަތެވެ. ހުރި އެންމެ ބާރު އަޑުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. “ޝާން!!!” ފިލްމުތަކުގަހެން ސްލޯމޯ އެއް ނުވިއެވެ. ހީރޯއަކަށް ވީތީ، ސަލާމަތެއްވެސް ނުވިއެވެ. ފަހުގެ ވަސިއްޔަތެއްވެސް ނީއްވުނެވެ. ބުރައިގެން […]
“ޝާންއޭ؟ ޝާން އަނެއްކާ ކީތް ކުރީ.” އަހަރެން ވަރަށް ހަމަ ޖެހިލައގެން އެނދުގައި ދެމިލީމެވެ. ބޭނުންވަނީ އަދިވެސް ނިދާށެވެ. “ޝަޔާން ކަމެއް ކުރިޔެކޭ ނުބުނަމެއްނު.. ގެއްލިގެން ރިޕޯރޓް ކޮށްފަ އެބެތް..” އަޔާޒް ބުނެލިި އެއްޗަކުން އަހަރެންގެ ސިކުނޑީގެ ހަމަޖެހުން ގެއްލުނެވެ. ޝަޔާން ގެއްލެންވީ ސަަބެއް އެބެތްހެއްޔެވެ؟ “އެއީ ކިހިނެއް ކޮން އިރަކު؟” އަތުޖެހުނު ފުރަތަމަ ޓީޝާޓު ގަޔަށް މަހަމުން އަހާލީމެވެ. ލެވުނު ޓީޝާުޓު ފެނުނީ ލެވުނު ފަހުންނެވެ. ފެނުނު ކަމެއް ނޭންގި އެ ބާލާ ހޫރާލީމެވެ. ކާކު […]
“ކިޔާރާއޭ؟ ކިޔާރާ އަނެއްކާ އައީތަ؟ ޑެމްން.. ކީތްވެ ކުރިން ނުބުނީ..” އެލީޒާ ހައިރާންވެ ހުރެ ބުނެލިއިރު، ކިޔަން ނޭންގޭ ކުލަތަކެއް އެ މޫނުގައި ހުއްޓެވެ. ތަނެއް ދޮރެއް ދޮރޯށްޓެއްވެސް އަހަރެންނަށް އިނގޭނީ، މިމީހުން، ކަން ދަން ބޮޑުވީމާ އަންގާލީމަ ނޫންހެވެ. “ދެން މިހާރު ކިޔާރާ މިވީ ކާކަށް؟؟؟” ނާހަނީސް ނުބުނާނެ ކަން ޔަގީންވުމުން، އަހަރެން ސުވާލު ފަޅާލީމެވެ. “މިމީހުންނަށް ހަމަ އިނގޭނީ.” އަޔާޒް ނިކަން ހަމަޖެހިލައިގެން ސޯފާގައި އިށީނެވެ. ހަމަ ޖެހުނަސް، ހަމަ ނުޖެހޭ މީހެކެވެ. “ކިޔާރާ […]
އަތް ތުރު ތުރުއަޅާ ޙާލު އަހަރެން އެ ސިޓީކަނޑާލީމެވެ. ފަހަތުން މީހެއްގެ ޙިލަމެއް ވިހެން ހީވެގެން އަހަރެން އެނބުރިލީމެވެ. އެމީހެއްގެ މޫނު ސާފެއް ނުވިއެވެ. އަދި އަހަރެންނަށް ހަރަކާތެއް ގެނެވުމުގެ ކުރިން، އެމީހަކު އަހަރެންގެ މޫނުގައި ބާލީް އަޅާ ނިވާ ކޮށްލިއެވެ. …………………………………………… މާޒިންގެ ނަޟަރުން …………………………………………… “ދޮންބޭ، ކޮންމެސް މީހަކު އެބަ ހޯދާ..” މިޝްކާ އައިސް އަހަރެންގެ ކޮޓަރި ދޮރު ބުޑުގަ ހުރެގެން އަޑުގެ ނެތްކޮޅަށް ގޮވާލިއެވެ. މިޝް ހީކުރަނީ އޭނަ އެ ކިޔާހާ ބޭހެއް […]