ސޯ މިހާރު ކައިވެސް ނިމުނީނު. ދެން ބުނެބަ ތި ބުނަން އުޅޭ ބޮޑު ވާހަކައެއް.! އައިޒަން! ސާއިލާ.. ޑޯންޓް މިސްއަންޑަސްޓޭންޑް. ލިސެން ޓުމީ ކެއާރފުލީ. އަހަރެން ދޭނަން އަހަރެންގެ ބޯންމެރޯ ބަޓް އިންސްޓެޑް ކޭން ޔޫ ޕްލީޒް ޑޫ ސަމްތިންގް ފޯ މީ؟ ވަޓް؟ އަހަންނަށް ކޮށްދެވޭ ވަރު ކަމެއް ވިއްޔާ ކޮށް ދޭނަން އިންޝާﷲ. ސާއިލާ… ސާއިލާ… ވިލް ޔޫ ޕްލީޒް……. ސާއިލާ! ވިލްޔޫމެރީ މީ؟ ލެޓްސް ސޭދެޓް އައި ލައިކް ޔޫ އަލޮޓް އެންޑް މައި ޕޭރެންޓްސް ސެއިޑް އިފް އައި ޑޯންޓް ޝޯ މައި ގާލް ފްރެންޑް އައި ހެވްޓު މެރީ ރަނާ.. ކޮޒް ދޭ ޑޮންޓް ބިލީވް މީ ވެން އައި ސޭ އައި ހޭވް އަ ގާލް ފްރެންޑް. ރަނާ އެ ބިޒްނަސް ޕާރޓްނާއެއްގެ ހުރިހަމަ އެކަނި ދަރި އެންޑް އައި ޑޯންޓް ލައިކް ހާ އެޓް އޯލް ބިކޮޒް ޝީ އިޒް އެ ޕްރޮސްޓިޓިއުޓް. “އަސްލު ބުނަން؟ އަހަންނެއް ނޫނޭ ޑޯނާ އަކީ.” “ވަޓް؟ އަސްލު ޑޯނާ އަކީ ދެން ކާކު؟ ދެން ކީއްވެ އަހަންނަށް އެގޮތައް ތި ޕްރޮޕޯޒް ކުރީ؟ އައިޒަން..!! ” “އަސްލު އަހަންނަކަށް ވެސް […]
{ޔޫޝާގެ މަންމެގެ ނަމަކީ ސާ އީދާ} ”އަ ދި ކޮންމެވެސް ދުވަހަކުން އިނގޭނެ..” އަސަރާ އެކު ސާ އީދާ ބުނެލި އެވެ.”މަންމާ… އަޅޭ ދެން ބަ އްޕަގެ ނަން ފެށޭ އަކުރުވެސް ނުބުނެވޭނެތަަ؟” ޔޫޝާ ހުރީ ދޫކުރާ ގޮތަކަށް ނޫނޭވެ. އެތަނުން ސާ އީދާ ނިކުމިގެން ދިޔައ އެވެ. ފުރޮޅުލީ ގޮނޑި އަނބުރަމުން ދިޔައ އިރު އެ ހިތުގަ އި ވަނީ އެތަކެ އް ވޭނެ އް އަޅާފަ އެވެ. ކޮޓަރީގެ އަނދިރީގެ ތެރެ އަށް ސާ […]
ލީންޕުޓީ މި ފައިލް ޑޮކްޓާރ އާކިލްގެ ކެބިންއަށް ގެންގޮސްދީބަ. ރިސެޕްޝަންއަށް އަރާ ހަމަވުުމުން ލީންއަށް ފައިލް ދިއްކޮއްލަމުން ޒާލިފް ބުނެލިއެވެ. ޒާލިފް އަކީ ލީންގެ ރައްޓެއްސެކެވެ. ޒާލިފްއަކީ ހުރިހާ އެންމެންނާ ގުޅޭ މަޖާ މިޒާޖެއްގެ އަނގަގަދަ މީހެކެވެ. ޒާލިފް އަބަދުވެސް ލީން ރުޅިއެރުވުމަށް ލީންއާ ދިމާލަށް ގޮވަނީ ލީންޕުޓީއޭ ކިޔާފައެވެ. އެއީ މި މިއަދު މި ހޮސްޕިޓަލްއަށް އަލަށް ޖޮއިން ކުރި ޑޮކްޓާރ ދޯ؟ ލީން ތުން ދަމައިގެން ހުރެެ ފައިލްގައި ހިފަމުން ސުވާލު ކޮއްލިއެވެ. އާން. ދެން އަވަހައް ތި ފައިލް ޑޮކްޓާރ އާކިލްގެ ކެބިން އަށް ގެންގޮސްދީ ޒާލިފް ލީން އަށް ޖަވާބު ދެމުން ބުނެލިއެވެ. ހޫމް މިދަނީ މިހާރު މި ފައިލް ޑޮކްޓާރ އާކިލްގެ ކެބިން އަށް ގެންގޮސްދޭން. މިހެން ބުނުމައްފަހު އަތުގައި އޮތް ފައިލް ހިފައިގެން ޑޮކްޓާރ އާކިލްގެ ކެބިންއާ ދިމާލަށް ލީން މިސްރާބު ޖެހިއެވެ. ކެބިންއަށް ވަންނަން އިން ދޮރުގައި ޑރ.އާކިލްގެ ނޭމް ޕްލޭޓް ޖަހާފައި އިނުމުން އެއީ ޑޮކްޓަރ އާކިލްގެ ކެބިންކަން ލީންއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ލީން ގޮސް ކެބިން ދޮރުމަތީ ހުރެފައި ދޮރުގައި ޓަކި ދިނެވެ . އެވަގުތު އެތެރެއިން ވަނުމަށް ބުނުމުން ކެބިން ދޮރު ހުޅުވާލާފައި ވަނެވެ. ކެބިން ދޮރު ހުޅުވާލާފައި ވަތް ލީން ހުއްޓުންއެރީ ކުރިމަތިން ފެނުނު ސޫރަ އަކުންނެވެ. އެވަގުތު އޭނަ އަތުގައި އޮތް ފައިލްވެސް އަތުން ދޫވެގެން ވެއްޓުނެވެ. ކެބިންއަށް ވަދެގެން އައި އާކިލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އަތުގައި އޮތް ފޯނު މޭޒުމަތީ ބޭއްވުމައްފަހު […]
“މަންމަ ބުނީ ޝޭން……….ޝޭން މިހާރު މަސްދުވަސް ވެއްޖެއޯ ކޯމާއެއްގަ އޮންނަތާ……..” ލޮލަށް ބޮނޑިވެފައިވާ ކަރުނަތަށް އޮހިގަތްއިރު އިއްބާން ބުނެލީ މަރުވެފައިވާ އަޑަކުންނެވެ. ޒިލްވާއަށް އެއަޑު އިވުނީ ހޮނުގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. ******************** އިއްބާން އިނީ އައިލީންގެ ފައިލް ބަލާންށެވެ. އިއްބާން އައިލީންއާ މެދު ހިތްހަމަޖެހުނެވެ. އިއްބާންއަށް ހުރިހާވެސް މައްސަލައަކީ އެއީ “އައިލީން”އަށް ވީމައެވެ. އައިލީންގެ ސިފައާ ލޫންގެ ސިފަ ވައްތަރުވުމުންނެވެ. އައިލީންގެ ފައިލް ބަލަން އިންދާ އިރުކޮޅެއް ނުވަނީސް ފޯން ރިންގް ވާންފެށުމުން އިއްބާން ހަލޯއޭ […]
“ޝާންއޭ؟ ޝާން އަނެއްކާ ކީތް ކުރީ.” އަހަރެން ވަރަށް ހަމަ ޖެހިލައގެން އެނދުގައި ދެމިލީމެވެ. ބޭނުންވަނީ އަދިވެސް ނިދާށެވެ. “ޝަޔާން ކަމެއް ކުރިޔެކޭ ނުބުނަމެއްނު.. ގެއްލިގެން ރިޕޯރޓް ކޮށްފަ އެބެތް..” އަޔާޒް ބުނެލިި އެއްޗަކުން އަހަރެންގެ ސިކުނޑީގެ ހަމަޖެހުން ގެއްލުނެވެ. ޝަޔާން ގެއްލެންވީ ސަަބެއް އެބެތްހެއްޔެވެ؟ “އެއީ ކިހިނެއް ކޮން އިރަކު؟” އަތުޖެހުނު ފުރަތަމަ ޓީޝާޓު ގަޔަށް މަހަމުން އަހާލީމެވެ. ލެވުނު ޓީޝާުޓު ފެނުނީ ލެވުނު ފަހުންނެވެ. ފެނުނު ކަމެއް ނޭންގި އެ ބާލާ ހޫރާލީމެވެ. ކާކު […]
މާލޭގެ މަގުތައް އާދަޔާ ޚިލާފަށް ހަލަބޮލިވެފައިވި ވަގުތެކެވެ. ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު ގަދަވެފައިވިއެވެ. ގޭގެ ދޮރާށި ކައިރިއަށް ނުކުމެ ހުރި އިވްޔާގެ ދެފައި އެއްތާކު ނުޖެހެއެވެ. ހާސްވެފައި ހުރެ އޭނަ ބަލަމުން ދިޔައީ އަތުކުރީގައި އަޅާފައިވާ ގަޑިއަށެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ހެޔޮވަރުކޮށްލާފައި ދެފަހަރަކު ގަޑިއަށް ބަލާލައިފިއެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. އިންތިޒާރު ކުރަމުންދިޔަ ފަރާތް އަދިވެސް ގެއަކަށް ނާދެއެވެ. އެއީ އެހާ ލަސްވަންދެން ބޭރުގައި އުޅޭ މީހެއް ނޫނެވެ. އިވްޔާ […]
“ދެން އެހެން ކޮން ކަމެއް ވެގެންތަ ނަދާ ނުނިކުންނަން ވީ؟ އަޔާ ނުޖަހާ ނަމަ ބުނާނެއެއްނު ނުޖަހަމޭ؟ ރުޅި އަޔަސް އެހެން ގޮތް ގޮތަށްވެސް ކަންތައް ކުރެވޭނެ ދޯ؟ އެކަމަކު މި މީހުންނަށް ހީވަނީ ތަޅައިގަތީމަ ތިމާގެ ބާރު ދައްކާލެވުނީއޭ. ނަދާވެސް ސިއްރުތަ ކުރަންވީ؟” ރުޅި އައިސްފައި ހުރި ހުދާ ވާހަކަ ދައްކަމުން ދިޔައީ ވަކި މީހަކާ ނޫނެވެ. އިރު އޮއްސުނު އިރުވެސް ނަދާ ނުނިކުތެވެ. އެންމެ ފަހުން ހަތެއް ޖެހުމުން ހުދާމެން ދިޔައީއެވެ. “ނަދާ، އެ […]
“އަހަރެން ހައިޒަލްގެ ފުރާނައާއިމެދު ވިސްނަނީ އަޒްހާންގެ ދެކެ ނުވި ލޯބި އޭނަދެކެ ވެގެންނޭ އައްމާރުއަށް ހީވަނީ ކީއްވެގެންތަ؟ އަޒްހާންއާއި ހައިލާގެ ލެއިން ދެއަތް ކަޅިކޮށްގެން ހުރެގެން ތުއްތު ޒެލް އަހަރެންގެ އަތުތެރެއަށް ލީދުވަހު އަހަރެން އަމިއްލަ ނަފްސަށް ވައުދެއްވިން… އެއީ ދަރިއެއްފަދައިން ހައިޒަލް ބަލާބޮޑުކުރަން… ރިހާނާގެ ދެކޮޅުހެދުމާއި އަދި ނުރުހުމާއިއެކު އަހަރެން ހައިޒަލް ބަލާބޮޑުކުރީ ލޯބިވާތީކީ ނޫން… މި ވިޔަފާރީގެ ހިއްސާދާރަކީ އަދި ވާރުތަވެރިޔައަކީ ހައިޒަލްއަށްވާތީ… އަޒްހާންގެ ވަސިއްޔަތުގައިވާގޮތަށް ހައިޒަލްގެ އުމުރުން އަށާރަ އަހަރުވުމާއިއެކު އަހަންނަށް މިވިޔަފާރީގެ […]
އެދުވަހު ހެނދުނު އޭނާއަށްވަނީ މުޅި ދުނިޔެ ހިތަކަށް ލިބިފައެވެ. އަތިރިމަތިން ހިނގާފައި ދިޔައިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މުޅިތަނަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ކުއްލިއަކަށް އޭނާ ހުއްޓުންއެރީ ކުރިމަށްޗަށް އައިސް ހުއްޓުނު މީހެއްގެ ސަބަބުންނެވެ. އެއީ އެމީހަކު ދުށުމަށްޓަކައި އިމްނާގެ ހިތުން ގޮވަމުންދިޔަ ޒުވާނާއެވެ. ނަބީލް ފެނުމާއެކު އިމްނާގެ ހިތަށް ބަޔާންކުރަންދަތި އިޙްސާސްތަކެއް ކުރެވުނެވެ. ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. މިއީ ބިލާހެއްބާވައޭ އިމްނާގެ ހިތަށް އެތައްފަހަރަކު އެރިއެވެ. އުފާވާންވީކަމެއް ނުވަތަ ދެރަވާންވީކަމެއް ނޭނގިފައި […]