‘ސޮރީ ސަރ” ޒައިނާ މަޢާފަށްއެދުނެވެ. ނަމަވެސްް އިތުރު އެއްވެސް އެއްޗެއް ނުބުނިތާ އޭނައާއި ދިމާއަށް ބަލައިވެސް ނުލާ ރާކިން ދިޔައީ އެވެ. ********************************* ރާކިން ކަންތައް ކުރި ގޮތުން ހިތުގައި ޖެހިފައި ހުރި ޒައިނާ ހިނގައިގަތީ އޭނަގެ ކެބިންއަށް ދިއުމަށެވެެ. ”ހޭއި ހިނގާބަ ކޮފީއަކަށް.” ފަހަތުން އިވުން ފިރިހެން އަޑުން ޒައިނާާގެެ ފިޔަވަޅު މަޑު ޖެހިލިއެވެ. ފަހަތަށް އެނބުރުން ޒައިނާ ޙައިރާން ކަމާއި އެކު ބަލަން ހުރެވުނީ ޤަބޫލް ނުކުރެވިފައެވެ. އެއީ ހަމަ ދެންމެ އޭނަ ދެކެ […]
”ރައު ބަލާބަ އެއްކަލަ ޝިއުނާތަ އެ އަންނަނީ؟ އެކަމް އޭނައާއި އެކު ދެން އެހެރީ ކާކު؟ އޭނަގެ ބޯއީ ފުރެންޑް ތަ އެއީ؟” ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އައިސް ވައިން ޝިއުނާ ފެނުމުން ޒައިނާ ރައުހާ އަށް ދައްކާލިއެވެ. ޝިއުނާ އަށް މާ ބޮޑު ބަދަލެއް އައިސް ފައި އެއް ނުވެއެވެ. ހަމަ ކުރީގެ ގޮތްގަނޑު ފެންނަން ހުއްޓެވެ. ޒައިނާ އެހެން ބުނުމުން ދޮރަށް ފުރަގަސް ދީގެން އިން ރައުހާ ބަލައިލިއެވެ. އެވަޤުތު ޝިއުނާ އާއި […]
އާ ދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތުގައި އެކިި ކުލަތަށް ޖައްސަމުން ނެވެ. ހިތާމަޔާއި ހިތްދަތި ކަމުގައި އެއްބަޔަކު ވާއިރު އެކަނިވެރި ކަމުގަައިި އުޅެމުން ދާ މީހުންވެސް މަދެއް ނޫނެވެ. އަނެއްބަޔަކު އުފަލާއި މަޖަލުގައި ވަގުތުތަށް ހޭދަ ކުރާއިރު ނިކަމެތި ކަމުގައި ބަޔަކު ވާކަމުގެ ހިލަމެއް ވެސް ނުވާފަދައެވެ. ނޫނީ އެކަހަލަ ކަމަކާ ވިސްނުން ހިންގަންވެސް ބޭނުން ނުވަނީ އެވެ. އާދައިގެ މަތިން ކޮލެޖް ގެ ކިޔެވުން ދަނީ ކުރިއަށެވެ. އަހަރުގެ ފަހު އިމްތިޙާން […]
ދުވަސްތަށް ދައުރުވަމުން ދިޔައީ އާާދައިގެ ގޮތަކަށެެެވެެ. ޒައިނާ އާއި ރާކިންއާއިި ދެމެދުވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ދެމީހުން ވާހަކަ ދަށްކަނިކޮށް ޝިއުނާ އަށް ފެނިއްޖެ ނަމަ އެ ދުވަހަކު އޭންއަށް ކުުުރާ ޖެއްސުން އަތުރުކޮށްލައެވެ. އާންމުކޮށް ކޮންމެ ދުވަހަކު އޭނައަށް ޝިއުނާގެ އުނދަގޫ ފޯރައެވެެ. އެކަމާއި ރައުހާ ވެސް ޝިއުނާ ދެކެ އަންނަ ރުޅި ވަނީ އިތުރުވެފައި އެވެ. ބައެއް ފަހަރު ޝިއުނާގެ ފަރާތުން ލިބޭ އަނިޔާތަކުން އޭނަ މިންޖުކޮށްދެނީ ރާކިން އެވެ. އަދި […]
ގެއަށް ގޮސް ވައިން ޒައިނާގެެ އަތުގައި އަޅާފައި ވާ ޕުލާސްޓަރ ފެނުމާއި އެކު ޝިމާނާާ ސުވާލުތަށް ކުރަން ފެށިއެވެ. ” ދޮންތާ އެވަރު ކަމެއް ނޫނޭ މިހާރު ތަދުވެސް ނުވޭ.” ޒައިނާ މަސައްކަތް ކުރީ ހާސްވެފައި ވާ ޝިމާނާ ހަމައަކަށްް އެޅޭ ތޯއެވެ. އަނެއް ދުވަހު ކޮލެޖް އަށްވެސް ޒައިނާ ނުފޮނުވަން ޝިމާނާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެއްވެސް ފިލާވަޅެއް ގެއްލެެންް ބޭނުން ނުވާތީ ކިިޔަަންް ފެށުމުން ފޮނުވީ އެވެ. ހިތްގައިމު ރީތި ދުވަހެކެވެ. އުޑުމަތީގައި […]
ޒައިނާއަށް އިނދެވުނީ ދޮރަށް ފުރަގަސް ދީގެން ކަމުން ތެޅިތެޅިއޮތް ހިތަކާއި އެކު މަޑުމަޑުން އެނބުރި ވަދެގެން އައި ޒުވާނާއަށް ބަލައިލީ އެއީ ހަަަަމަަ އޭނާ ހޯދަން ބޭނުންވާ ފަރާތް ބާއޭ ހިތަށް އަރަމުންނެވެ. ********************************** ޒައިނާ އަށް އެ ޒުވާނާ ފެނުމުން ހިތް އަވަސް ވިއެވެ. ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑެކެވެ. ހަމުގެ ކުލަ މާދޮން ނޫނަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. ގަޔަށް ފިޓްކޮށް ހުރި ކަޅުކުލައިގެ ގަމީހަަަަަކާއި ކަޅުކުލައިގެ ޖީންސް އެއްގައި ފެންނައިރު މޮޑެލް އެއް ފަދައެވެ. […]
ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ލޯންޗުން ފައިބާ މާލޭ ފަސްގަނޑުގައި ފައި ޖެހުން ޒައިނާ ހުރީ ކުރިމަތިން ފެންނަން ހުރި އުސް އިމާރައިތައް ފެނި ހައިރާން ވެފައެވެ. ކުރިން ޓީވީން ވެސް ފެނިފައި ވީނަމަވެސް އޭނާ މާލެ އާދެވުން މީ ފުރަތަމަ ފަހަރެވެ. ކުރިމަތީއައިސް މަޑުކޮށްލި ޕުރައިވެޓް ކާރުން ފޭބި ޔޫސުފް އަތުން ހަނާއަޅާލުމާއި އެކު ޒުހެއިރު ފޮށި ހިފައިގެން އެދިމާއަށް ހިނގައިގަންނަމުން ޒައިނާ ކައިރީ އައުމަށް ބުންޏެވެ. ދެބަފައިން ކާރަށް އެރުމުން ޔޫސުފް ކާރު ދުއްވާލީ […]
ފަތިހުގެ ފިނިން ޖައްވުގައި ވަނީ ފުސްކަމެއް އެކުލެވިފައި އެވެ. ރަށުގެ ބޮޑުމަގުން ފުއްޓަރު ފަރާތުން ހިނގާލާފަ އެއަންނަ އަންހެން ކުއްޖާގެ ހިޔާލުގައި ހިނގަމުން އެދަނީ ކޮންކަހަލަ ކަންތައް ތަކެއް ބާއެވެ. މަޑުހިނގުމެއް ގައި ހިނގާލާފައި އައިސް ވަރައް އާދައިގެ ގޮތަކައް ހަދާފައިވާ ގެއެއްގެ ދޮރާއްޓާއި ހަމައިން ހުއްޓި ފުން ނަޒަރަކުން ބަލައި ލުމަށްފަހު ދޮރާށި ހުޅުވާ އެތެރެއައް ވަދެއްޖެ އެވެ. “ދަރިފުޅާ ޒައީ މިހާފަތިހު ކޮންތާކުންް ތިއައީ އަނެއްކަ؟” ދޮރާށިން އެތެރެއަަށް ޒައިނާ ވަނުމާއި އެކު ގޯތި […]