“ކައިކް ޕްލީޒް… އަހަންނަށް ތިހެން ނުހަދާ… ހެޔޮނުވާނެ…” ނައިރާއަށް ރޮވުނެވެ. ******** “އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ…” ނައިރާ އާދޭހާއިއެކު އެދުނެވެ. ކައިލަންގެ ގައިގައި އަތް ޖައްސައިލި ނައިރާ ސިހުނީ ކައިލަން އެ އަތް ފޮޅުވައިލުމުންނެވެ. ލިބުނު ސިހުމުގައި މެޔަށް ތޫނު ތަދެއް އެރިއެވެ. ނައިރާއަށް އޭނަގެ މޭގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ކަރުނުން ދެލޯ ފުރެމުން ދިޔައެވެ. “އިތުރަށް ކޮން ވާހަކައެއް ދައްކަން؟… ތި ދައްކާ ވާހަކައަކުން ނައިރާ ކުރި ކަމެއް ނުކުރާ ކަމަކަށް ވޭތަ؟…” […]
ދުނިޔެއަކީ އެކި ދުވަހު އަރާ އިރާއެކު އެކި މީހިންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދާ ތަނެކެވެ. ބައެއް މީހުންގެ ހަޔާތަށް އުފަވެރިކަން ގެނެސްދޭއިރު އަނެއް ބައި މީހުންގެ ދިރިއުޅުން އެފުން މިފުށަށް ޖަހާލައެވެ. އެކި ގޮތްގޮތަށެވެ. ލޯބީގައެވެ. ނޫނީ އެހެންމީހުން ކުރާ އަނިޔާތައް ތަހަންމަލު ކުރުމުގައެވެ. ނޫނީ ކޮންމެވެސް އެހެން ދުނިޔެވީ ބޭނުމެއްގައެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ އައިރާ ގެ ހަޔާތްވެސް އެފުއްމިފުށަށް ޖަހާލިތާ އަދި ވީ ކުޑަ ވަގުތުކޮޅެކެވެ. ލިބުނު ހަބަރަކުން ސިކުންތުކޮޅެއްގެ […]
” ގެޓްވެލް ސޫން ފައިޒާން… ދެން އަހަރެން މި ދަނީ” ޒިވިއާން މަޑުމޮޅި ރާގަކަށް ބުންޏެވެ. ބާރސެލޯނާ ޖާރޒީއެއް ލައިގެން ހުރި ޒިވިއާންގެ އަތުގައި ފުޓްބޯޅަ ކުޅޭ ބޯޅައެއް އޮތެވެ. ބޯޅަ ހިފައިގެން ޒިވިއާން މިސްރާބު ޖެހީ ދަނޑާދިމާލަށެވެ. ޒިވިއާން ދާތަން ބަލާން އިރުކޮޅެއް ވަންދެން ހުރުމަށްފަހު އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. ފުޓުބޯޅަ އަކީ އަހަރެންވެސް ވަރަށް ކުޅޭހިތްވާ ކުޅިވަރެކެވެ. ނަމަވެސް މިކަމަށް ވެސް ހުރަސް އަޅަނީ މަންމައެވެ. ނަސީބު ދިމާކުރިގޮތުގައި އަހަރެން ގެއަށް ވަންއިރު […]
ވަރަށް ލޯބިވެއެވެ. ވަރަށްވެސް ލޯބިވެއެވެ. މިވާލޯބި ބަޔާން ކޮށްދެވޭނެ ލަފުޒެއް ނުވަތަ އިބާރާތެއްވެސް ނޭގެއެވެ. ލޯމަރާލާއިރަށް ފެންނަނީ ތިބާއެވެ. ތި ރީތި ބުމައެވެ. ތިޔަ ޖާދުވީ ދެލޮލެވެ. ހިތްތައް ލަބާލާފަދަ ތިޔަ ހިނިތުންވުމެވެ. ތި ތަނަވަސް ހަށިގަނޑެވެ. މިވާލޯބި ކަލާއަށް އެނގޭނެނަމައެވެ. އޭ އަހަރެންގެ ލޮތްބާއެވެ. އޭ އަހަރެންގެ ހިތުގެ ތެޅުމާއެވެ. އަހަރެން ނުބުނި ކަމުގައިވިޔަސް އަހަރެން ކަލާދެކެ މިވާލޯބި އިހުސާސްކޮށްބަލާށެވެ. އެންމެ ފަހަރަރަކު ނަމަވެސް މި އަތުގައި ހިފާލަބަލާށެވެ. މި ނިތްކުރިއަށް ބޮސްދީބަލާށެވެ. ބަހާރު މޫސުމުގައި […]
ރޯދަމަހުގެ ފުރަތަމަ ރޭގެ ތަރާވީހަށް ރީން ދިޔައީ ވަރަށް ހެވިލާފައި ހުރެގެންނެވެ. ވާނެ ގޮތެއް އޭނާއައް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ރީން އަކީ އުމުރުން ބާރަ އަހަރުގެ އަންހެން ކުއްޖެކެވެ. ނަމަވެސް ގިނަ މީހުން ރީން ފުރަތަމަ ފަހަރު ފެނުމުން ހީކުރަނީ އޭނާ މިހާރު އުޅެނީ ގްރޭޑް ދިހައެއްގައި ކަމަށެވެ. ރީން އަކީ ވަރަށް އާދައިގެ ގޮތަކަށް އުޅޭ ކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. ލޮލެކޭ ފުން ކަނޑެކޭ އެއްގޮތެވެ. ހީލާ އިރު ކޮލައް އެޅޭ […]
ނައުޝާާ ތައްޔާރުވަމު ން ދިޔައީ އޭ ނާގެ އެކުވެރިޔާއެކު ތު ނޑިއަށް ދިއުމަށެވެ. އުމުރު ން އެކާވީސް އަހަރު ވީ ނަމަވެސް ލޯބީގެ ގޮތު ން އެއްވެސް ކުއްޖަކާ ނައުޝާ އެއް ނުގުޅެއެވެ. ނަމަވެސްް ނައުޝާ އަށް އެކި ގި ންތީގެ ހުށައެޅުންތައް ލިބެއެވެ. އެޔަށް ނައުޝާ ދެެ ނީ ބީރު ކަ ންފަތެކެވެ. ހަގީގަތަކީ އޭޭ ނާއަކީ މި ޒަމާނުގެ ކަޓު ގޮތްގަނޑު ދެކެ ފޫހިވާ މީހަކަ ވާތީއެވެ. ”ކިޔާ…. ގަ ނޑާ.. އަދި […]
” ނޯ ” ތެދުވުމަށްފަހު ލިވީ ކުޑަކޮށް ހަޅެއްލަވައިގަތެވެ. ” ނޯ ؟ ” ސުވާލު އުފެދިފައި ހުރެ ޝިފާވެސް ބަލާލިއެވެ. ” ޒައިކު ކައިރީ ބުނެގެން ނުވާނެ އަހަރެން ހުރި ތަނެއް، ދުނިޔޭގަ ހުރިކަމެއްވެސް، އަހަރެން ނުދާނަން އެކަކާއެކުވެސް ” ލިވީގެ ބަހާއެކު އެކަކު އަނެކަކު ބަލާލިއެވެ. *************** ބެލްކަނީގައި ދުރުދުރަށް ދާންދެން ފެތުރިފައިވާ ރީތި ކަމަށް ގެއްލިފައި ލިވީ ހުއްޓެވެ. ސައިފުމެން ދިޔަތާ އިރުކޮޅެއް ވީ އިރުވެސް […]
ކާރުން ނުކުމެގެން އައިސް އައިޒަން އާއި އެކު އެތެރެއަށް ވައިން ސާއިލާއަށް ދިޔައީ ގޭގެ އެކި ދިމަ ދިމާއަށް ލޯ އުކެމުންނެވެ. ސަންގުމަރުމަރުގެ ހިލައިން ފަރުމާކުރެވިފައިވި ފާރުތައް އޮމާންވެފާ ރީތި އިރު މުށިތައް މަތީ ވަނީ ކާޕެޓް އެޅިފައެވެ. ކުކުޅު ބިސް ކުލައިގެ ސޯފާސެޓެއް ސިޓިންގ ރޫމްގައި ބޭންދިފާ ހުރި އިރު ސޯފާ ކުރިމަތީގާ އެއްބިތް ފުރޭވަރުގެ ބޮޑު ފަތި ޓީވީ އެއް ހަރުކޮށްފައި ހުއްޓެވެ. ކާގެ އިނީ ފާރެއްޖަހާފައި އެބޮޑު ސިޓިންގް ރޫމާ ފުދޭވަރަކަށް ދުރުގައެވެ. […]
ގެއަށް ގޮސް ވައިން ޒައިނާގެެ އަތުގައި އަޅާފައި ވާ ޕުލާސްޓަރ ފެނުމާއި އެކު ޝިމާނާާ ސުވާލުތަށް ކުރަން ފެށިއެވެ. ” ދޮންތާ އެވަރު ކަމެއް ނޫނޭ މިހާރު ތަދުވެސް ނުވޭ.” ޒައިނާ މަސައްކަތް ކުރީ ހާސްވެފައި ވާ ޝިމާނާ ހަމައަކަށްް އެޅޭ ތޯއެވެ. އަނެއް ދުވަހު ކޮލެޖް އަށްވެސް ޒައިނާ ނުފޮނުވަން ޝިމާނާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެއްވެސް ފިލާވަޅެއް ގެއްލެެންް ބޭނުން ނުވާތީ ކިިޔަަންް ފެށުމުން ފޮނުވީ އެވެ. ހިތްގައިމު ރީތި ދުވަހެކެވެ. އުޑުމަތީގައި […]