Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 5

Emm Level 3100 Comments10 Stories100 Login
August 22, 2019 One Min Read
43 Comments

އީވާ އެންމެންނާ އަރާ ހަމަވެފައި ހިނގާށޭ އެެތެރެއަށް ވަންނަން ބުނުމުން ޒޭބާ މަލްޝާ ކޮބައިތޯ އަހާލިއެވެ. ” އެހެރީ އެއްނު… ވަޓް؟! އޯ މައި ގޯޑް… ” ހައިރާންކަމުގެ ލިސާންތައް ރަޔަންގެ މޫނުމަތިން ފާޅުވަމުން ދިޔައިރު ހުރިހާ އެންމެންގެ ކަޅިތައް އެއްފަހަރާ އެ ދިމާލަށް ދަތުރު ކުރިއެވެ. އީވާވެސް އެ ދިމާލަށް ބަލާލުމަށްފަހު ޒޭބާގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރުތައް ތަރުޖަމާކުރަން އެނބުރިލިއެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލެވުނުއިރު ވައި އަޑުން ޝިޓް އޭ ބުނެވުނީ ޒޭބާގެ އަމަލްތައް ހުންނާނެ ގޮތެއް ލަފާކޮށްލަންވެސް ނޭނގޭތީއެވެ.

ޒޭބާގެ ހަށިގަނޑު ކޮންޓްރޯލުން ނެއްޓި ފަދައެވެ. އެ ދިޔަ ބާރުމިނުގައި މަލްޝާމެންނާ ދިމާލަށް މިސްރާބު ޖެހިއިރު އީވާ، ޒޭބާ ހުއްޓުވަންވެސް ނޭނގިފައި ހުރި ގޮތަށް ހުއްޓެވެ. އެހެން އެންމެންނަށް އެކަން އިނގޭ ވަރެއް ނުވިއެވެ. ލިބިފައިވީ ހައިރާންކަމުގައި އަދިވެސް އެދިމާލަށް ބަލަހައްޓައިގެން ބުދުތަކެއް ފަދައިން ތިއްބެވެ. ލޯގަނޑެއް ފަދައިން އެންމެންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ހާމައަށް ވީ ނަމަވެސް ރައުލްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ.

ޒޭބާ އެ ދިޔަ ބާރުމިނުގައި މަލްޝާގެ އަތުގެ މުލައްދަނޑީގައި ހިފާ ދުރަށް ކޮއްޕާލުމުން މަލްޝާއަށް ބަލާލެވުނީ ހައިރާންވެފައެވެ. އަޒާންގެ މޫނުމައްޗަށްވެސް ހައިރާންކަމުގެ ކުލަވަރު ވެރިވިއެވެ. ނަމަވެސް ޒޭބާގެ މޫނު ފެނުމުން ރުޅިވެރިކަމުން މޫނުގެ ކުލަވަރު ބަދަލުކޮށްލައިފިއެވެ. ކަޅު ފޮއެ ރޭގަނޑެއް ފަދައެވެ. ޒޭބާ ހިނދުކޮޅަކުވެސް މަޑުޖެހިލުމެއްނެތި ވައިރޯޅިއެއްގެ ބާރުމިނުގައި ގޮސް މަލްޝާ ކޮއްޕާލުމަށް އަތް ހަރަކާތްކޮށްލިއެވެ. އަޒާން އެ ދެމެދަށް ވަދެ މަލްޝާގެ ކޮނޑުގައި ހިފާ ފަހަތަށް ޖައްސާލި ގޮތުން މަލްޝާގެ ހަށިގަނޑުގެ ބެލެންސް ގެއްލި ވެއްޓެން ދިޔަ ވަގުތު ހިފުނީ އަޒާންގެ ގަމީހުގައެވެ. ދެމީހުން އެއްކޮށް ބިންމައްޗަށް ވެއްޓުނުއިރު އަޒާން އޮތީ މަލްޝާގެ ގައި މަތީގައެވެ. ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. އެ ގޮތުގައި ވޭތުވި ހިމޭން ވަގުތުކޮޅަކަށްފަހު މަލްޝާއަށް ތިބުވުނު ގޮތް ރޭކާލުމުން ތެޅިގަނެވުނީ ތެދުވާށެވެ. މީހުންގެ ނަޒަރުތައް އެ ދިމާލަށް އަމާޒުވަމުން ދިޔަ ގޮތުން މަލްޝާ ލަދުން ވިރޭ ވަރުވިއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ޒޭބާގެ ހިތުގައި ރޯވަމުން ދިޔަ އަލިފާންގަނޑު އިތުރަށް ބޮޑުވެ ހުޅު ފަޅައިގެން ދިޔަ ފަދައެވެ. މަލްޝާ ތެދުވުމާއެކު މަލްޝާއާ ދިމާލަށް އައީ ނޮޅާ ކާލަންހެން ހީވިއެވެ. ކުރިމަތީގައި މަލްޝާގެ އައްޑަނައެއްގެ ގޮތުގައި ހުރި އަޒާންވެސް ބުރުވާލާފައެވެ. ޒޭބާއަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ފަދައެވެ.

ޒޭބާ މަލްޝާގެ މޫނުމަތީގައި ޖަހަން މަޅާލި އަތް ވައިގެ ތެރޭގައި ހައްޔަރުވީ ބާރުގަދަ އަތެއްގެ ބާރުގައެވެ. ލޯމަރާ ތަގުޅިކޮށްލައިގެން ހުރި މަލްޝާއަށް ލޯ ހުޅުވާލެވުނީ ޒޭބާގެ އަތުގެ އިހްސާސެއް ނުވުމުންނެވެ. ކުރިމަތިން ފެނުނީ ޒޭބާގެ އަތް އެހެން އަތެއްގެ ބާރުން ހުއްޓިފައިވީ ތަނެވެ. އެ އަތުގެ ނާރުތައް ފުފިފައިވީއިރު އެއަތުގެ ބާރުގަދަކަމާ މެދު ޝައްކެއް އުފައްދާނެ ތަނެއް ނުދިނެވެ. މަލްޝާ އެއަތުން ނަޒަރު ވަކިކޮށްލުމަށް މަޑުމަޑުން މައްޗަށް ކަޅި ހިންގާލިއެވެ. އެމީހެއްގެ މޫނު ފެނުނު ވަގުތު މަލްޝާގެ ހިތަށް ސިހުން ލިބި ހައިރާންކަމުގެ ކުލަވަރުން މޫނުމަތި ފެންވެރުނެވެ.

ޒޭބާ އަޒާން ކޮއްޕާލާފައި މަލްޝާއާ ދިމާލަށް ދާން ފެށުމުން ރައުލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެދިމާލަށް ދުއްވައިގަތީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. މަލްޝާއާ މެދު ކަންބޮޑުވެފައިވީކަންމޫނުމަތިންނާއި ރައުލްގެ ހަރަކާތްތަކުން ސާފުކޮށް ފެނެއެވެ.

މަލްޝާއާ ރައުލްގެ ހަތަރުކަޅި ހަމަވުމާއެކު ވަށައިގެންވި ހުރިހާ މަންޒަރެއް ދެމީހުންގެ ލޮލަށް ފުސްވި ކަހަަލައެވެ. ސިކުންތު ކަށިވެސް އެ ދެމީހުންނަށް ތަން ދެމުން މަޑުޖެހިލި ކަހަލައެވެ. ބަސް މޮށުންތެރިކަމަކާ ނުލާ އެދެމެދުގައި އެތައް ވާޙަކައެއް ދެކެވުނެވެ.

ޒޭބާ ރުޅިއައިސްގެން ރައުލްގެ އަތް ފޮޅުވާލުމަށްފަހު މަލްޝާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލާފައި ދުރަށް ހިނގައިގަތެވެ. މަލްޝާއަށާއި ރައުލްއަށް އަދިވެސް އެމީހުންގެ ޚިޔާލީ ދުނިޔެއިން ނުނިކުމެވޭ ފަދައެވެ. އެއްވެސް ހަރަކާތެއް ނުކޮށް ތިބި ގޮތަށް ތިބީއެވެ. ރައުލްގެ އަތް މަޑުމަޑުން ހަރަކާތްކޮށްލީ މަލްޝާގެ ތުންފަތާ ދިމާލަށެވެ. މަލްޝާގެ ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. ރަައުލް އެއް އަތުން މަލްޝާގެ މޫނުގައި ހިފަހައްޓާލަމުން އަނެއް އަތުން މަލްޝާގެ އޮމާން ތުންފަތުގައި އިނގިލި ބީއްސާލިއެވެ. އިޚްތިޔާރަކާ ނުލާ މަލްޝާގެ ދެލޯ މެރިގެން ދިޔައެވެ. ދެއަތުގެ ތެރެއަށް ރައުލްގެ ޓީޝާޓު ބޮނޑިކޮށްލެވުނުއިރު ހިތާ ހަށިގަނޑާ މުޅި ޖިސްމުވެސް އެކަމާ ރުހިފައިވިއެވެ. ރައުލްއާއި މަލްޝާގެ މޫނު ނުރައްކާތެރި ދަރަޖައަކަށްް ކައިރިވެގެން ދިޔައެވެ.

” މަލްޝާ… ” މަލްޝާއަށް ސިހިފައި ދުރަށް ޖެހެވުނީ އަޒާން ގޮވާލި އަޑަށެވެ. ކުރިމަތީގައި ހުރި ރައުލް ފެނުމުން ކުރެވެން އުޅުނު ކަންތައް ހަނދާންވިއެވެ. ވެދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ރައުލް ކަމުގައި މަލްޝާ ދެކުނެވެ. ނަމަވެސް މަލްޝާގެ ހިތް އެކަމާ މުޅިން ދެކޮޅެވެ. މަލްޝާއަށްވެސް އެކަމުގައި ބައިވެރިވެވުނުކަން މަލްޝާގެ ހިތް ގަބޫލުކުރިއެވެ. މަލްޝާ އިސްއުފުލާ ރައުލްއަށް ބަލާލިއިރު ރައުލް އިސްތަށިގަނޑަށް އަތް މަހާލައިގެން، ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ. މަލްޝާ ބަލާލުމާއެކު އެ އަޅި ދެލޯ މަލްޝާއާ ސީދާކޮށްލިއެވެ. އަދި އަނެއް ފަރާތަށް އެނބުރި ހިނގައިގަތެވެ. އޭރު އަޒާން އައިސް މަލްޝާއާ ހަމަކުރަނީއެވެ.

އަޒާންއާ އެކު މަލްޝާ ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. އަޒާން މަލްޝާއާ ދިމާލަށް ބޯ އަނބުރާ ބަލާލިއެވެ. މަލްޝާއަށް އެކަން އިނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދައިގެން ހުރީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

  • * * * * * * * * * *

އުޑުމަތި ސާފު ދުވަހެކެވެ. ކަފަ ވިލާތަށް ދެކޮޅު ދެކޮޅަށް ދަތުރުކުރަމުން ދިޔައެވެ. މަޑު ވައި ރޯޅިތައް ކަންފަތް ދޮށުގައި ނާނާއެއް ކިޔައިދޭ ފަދައެވެ. މަލްޝާއާއި އީވާ ހިނގަމުން ދިޔައިރު އެ ދެމެދުގައި ވަނީ ހަމަހިމޭންކަމެވެ. ރޭގެ ހާދިސާއަަށްފަހު ދެމީހުންގެ މެދުގައި ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވާ އިތުރު ވާހަކައެއް ނުދެކެވެއެވެ. ދައްކަން މަސައްކަތެއްވެސް ނުކުރެއެވެ. ހީވާ ގޮތުން އެކަކުވެސް އިތުރށް އެވާހަކަ ދައްކަން ބޭނުން ނުވަނީއެވެ. ” އަމް… އޯވާ ނައިޓަކަށްތަ މި ދަނީ… ” ނުތަނަވަސްވެފައި ހުރެ މަލްޝާ އަހާލީ އެ ދެމެދުގައިވީ ހިމޭންކަން ނައްތާލުމަށެވެ. މަލްޝާއަށް އެ ހިމޭންކަމުން އުނދަގޫ ވާތީއެވެ. ” އާން… މަންމަ ނުބުނޭތަ؟! ” އީވާގެ ވާހަކަ ދެއްކުމުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ” އޯކޭ.. ” އީވާ ޖަވާބު ދިން ގޮތުން މަލްޝާވެސް އިތުރަށް ވާހަކަ ދައްކާ އެ ދެމެދުގައި އޮތް ހިމޭންކަން ނައްތާލާކަށް މަސައްކަތެއް ނުކުރެއެވެ. އީވާގެ އެކުވެރިން ދާ މި ދަތުރުގައި ބައިވެރި ވާން މަލްޝާ އެއްބަސްވީ އަޒާން ދާކަން އިނގުމުންނެވެ. އަޒާން އެދުމުން ނޫނެކޭ ބުނަން ބޭނުން ނުވެގެންނެވެ.

ބަނދަރު މައްޗަށް ނިކުމެވުނު އިރު މީހުންތައް އެކި ކޮޅުކޮޅަށް ހޭލަމޭލަވެ އުޅޭ ތަން ފެނެއެވެ. ދަތުރު ދާ ގްރޫޕްކަމަށް ބެލެވޭ ބޮޑު ގްރޫޕެއް ފާލަންކައިރީ މަޑުކޮށްގެން ތިއްބެވެ. އެ ގްރޫޕްގައި ގިނައީ މަލްޝާ ނުދަންނަ މީހުންކަމުން މަލްޝާ ހުރީ ހިތް ބިރުގަނެފައެވެ. އީވާގެ އެކުވެރިނނަކީ މީހަކު އިތުބާޜުކުރަން ހެޔޮވާ ވަރުގެ ބައެއް ނޫނޭ މަލްޝާ ހިތަށް އެރިއެވެ. ރަހުމެއް ކުލުނެއް

މަލްޝާ ފެނުމާއެކު އަޒާން ދުވެލާފައި އައިސް މަލްޝާގެ ކައިރީގައި ހުއްޓިލިއެވެ. އެންމެންގެ ނަޒަރުތައް އޭރު ހުރީ އެ ދިމާލަށް ހުއްޓިފައެވެ. ގިނައީ ހަސަދައިގެ ކަޅިތަކެވެ. އަޒާން އެކަމާ މާ ކަންބޮޑުވި ހެނެއް ހިޔެއް ނުވެއެވެ. ފޯނުން ކޮންމެސް އެއްޗެއް މަލްޝާއަށް ދައްކާފައި ހެމުން ދިޔައެވެ. ރައުލް ދެލޯ ހަނިކޮށްލައިގެން ހުރެ އެ މަންޒަރު ބަލަން ހުއްޓެވެ. ހިތުގައިވީ ކޯއްޗެއް ކަމެއް ނޭނގެއެވެ.

” ކޮބާ ރެޑީ؟! ” ސިހިފައި ރައުލްއަށް ފަހަތް ބަލައިލެވުނެވެ. ތުންފަތްމައްޗަށް ބޮޑާ ހިނިތުންވުމެއް ވެރި ކުރުވައިގެން ހުރީ ޒޭބާއެވެ. ޒޭބާގެ ސުވާލު އަޑު އިވުމާއެކު ރައުލްގެ މޫނުމަތީގެ ކުލަވަރުވެސް ޒޭބާއެކޭ އެއްފަދައިން ބަދަލުވިއެވެ. އަދި ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

އެންމެން ދޯންޏަށް އަރަން ހިނގައިގަތުމުން މަލްޝާއާ އަޒާންވެސް އެދިމާލަށް ހިނގައިގަތެވެ. އަޒާން އައީމަ ނޫނީ ދޯންޏަށް ނާރަން ޒޭބާ ހުއްޓެވެ. އަޒާން ދޯންޏަށް ފުންމާލުމަށްފަހު އަތް ދިއްކޮށްލުމުން އެ އަތުގައި ހިފަން ޒޭބާގެ އަތް ހިއްލާލިއެވެ. ޒޭބާއަށް އެ އަތުގައި ހިފުމުގެ ކުރިން އަޒާންގެ އަތުގައި ހިފީ ޒޭބާގެ އެއްފަރާތުގައި ހުރި މަލްޝާއެވެ. ވީ ފޫހިން ޒޭބާއަށް ތުން އަނބުރާލެވުނެވެ. މަލްޝާއާ އަޒާން ގޮސް އިށީންއިރުވެސް ޒޭބާ ދެފައި ތަޅާލަ ތަޅާލާ ހުރީއެވެ. އައިލީޝް އިނީ މަންޒަރު ބަލަން ހެވިފައެވެ. ޒޭބާއާ ދިމާލަށް އަތެއް ދިއްކޮށްލި ތަން ފެނުމުން އެދިމާލަށް ކަޅި އަނބުރާލިއިރު ފަޅުވެރިއަކު ދަތްކޮޅު އަތަށް ނަގައިގެން ހުއްޓެވެ. ޒޭބާގެ އަނގަޔަށް ހަދާލި ގޮތުން ހީވީ ކުރިމަތިން ފަކުރު އެއްޗެއް ފެނުނީ ހެންނެވެ. ހިނިގަނޑު ހިފަހައްޓައިގެން އިން އައިލީޝްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޒޭބާ އައިލީޝްއަށް ހިތްހަމަނުޖެހިފައި ހުރެ ބަލާލުމަށްފަހު އަމިއްލައަށް ދޯންޏަށް ފުންމާލިއެވެ.

ދޯނި ދުއްވާލުމާއެކު މަލްޝާ ކަނޑަށް އަތް ލައިގެން އިނީ ހިނިތުންވެލައިގެންނެވެ. ކައިރީގައި އިން އަޒާން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ނަމަވެސް މަލްޝާ އާނ ހޫމް ލައްވާލަ ލައްވާލަ އިނީއެވެ. މާ ބޮޑު ސަމާލުކަމެއް އޭނަގެ ކިބައަކުން ނުފެނުނެވެ. ” އޭތް… ކިހިނެއް ވެފަ ތަ ތި އިންނަނީ… ” މަލްޝާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން އަޒާން ބުނެލިއެވެ. މަލްޝާ ހަމައެކަނި ހިނތުންވުމަކުން ފުއްދާލީއެވެ. މަލްޝާގެ ފަރާތުން ފެންނަމުން ދިޔަ ފަރުވާ ކުޑަ ހަރަކާތްތަކުން އަޒާންގެ މޫޑް ގޯސްވާ ގޮތްވިއެވެ.

މާ ގިނައިރެއް ނުވެ ފެހިކަންގަދަ ރަށެއްގެ މަލަމަތި ދައްކާލައިފިއެވެ. ބޯ ކިރުކޮޅެއްފަދަ ހުދު ދޮންވެލީގެ ދިގު ތުނޑިއެއް ދުރުން ފެންނަން އޮތެވެ. ރާޅުތައް އަރާ ރަހުމެއްނެތި ދެފަރާތުން ވެލިގަނޑު ދަމައިގަނެގެން ދާ މަންޒަރުން އެރަށުގެ މަލަމަތި އިތުރަށް ރީތިކޮށްދީފައިވެއެވެ. ވިލުނޫކުލައިގެ ބިއްލޫރިކޮޅެއްހާ ސާފު މޫދުގެ ލޮނުގަނޑަށް އެ ޗާލު ރަށުގެ ހިޔަނި އެޅިފައިވާއިރު ހުވަފެނީީ ގޮތެއް ހުއްޓެވެ. މޫދު ސާފުކަމުން މޫދު އަޑިގައި ހުރި މުރަކައިގެ ބަގީޗާތަކުގެ ދިރުންވެސް ސާފުކޮށް ފެނެއެވެ. ބަލާ ފޫހި ނުވާ ފަދަ ރީތިކަމެކެވެ. މަލްޝާއަށް އިނދެވުނީ ހައިރާޏްވެފައި ބަލަހައްޓައިގެންނެވެ. މާލޭގައި އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވާ މަލްޝާއަށް މިއީ މުޅިން އާ މަންޒަރެކެވެ. އާޝޯޚްވެފައި ބަލަހައްޓައިގެން އިނދެވުނީ އެހެންވެއެވެ. މަލްޝާ އިން ގޮތުން އަޒާންއަށް ހެވުނެވެ.

ދޯނި ފަޅަށް ވަން އިރަށް ދެތިން އަންހެންކުދިން ފިޔަވާ އެހެން އެންމެން މޫދަށް ފުއްމާލައިފިއެވެ. މަލްޝާ މޫދަށް ދެފައި ލައިގެން އިނީ އެމީހުން މޫދުގައި ޖަހަމުން ދިޔަ ސަކަރާތް ބަލަން ހެވިފައެވެ. މަލްޝާ އެކަނި ބައިންދާފައި ދާން ބޭނުންނުވާތީ އަޒާން މަލްޝާ ކައިރީގައި އިށީނދެލައިގެން އިނެވެ. ދެފައިން ލޮނުގަނޑުގައި ތަޅަމުން ފެން ބުރުވަމުން އުޅުނު މަލްޝާގެ ހަރަކާތްތައް ހަ އަހަރުގެ ތުއްތު ކުއްޖަކާ ތަފާތެއް ނެތެވެ. އަޒާން އިނީ މަލްޝާގެ ކޮންމެ ހަރަކާތަކަށް ފާރަވެ ބަލާށެވެ. މަލްޝާގެ ކޮންމެ އަދާއެއްގައިވެސް ހިތްތައް ކަތިލާފަދަ ބާރެއް ހުއްޓެވެ. މަލްޝާ މަޑުމަޑުން އިނދެފައި ކުއްލިއަކަށް އަތުން އަޒާންއާ ދިމާލަށް ފެން ބުރުވާލުމުން އަޒާންއަށް ދެލޯ މަރާލެވުނެވެ. ލޮލަށް އަރައިގެން ދިޔަ ދިލައިންނެވެ. މަލްޝާ ކަންބޮޑުވެފައިވާ އަޑަކުން އަޒާންއަށް ގޮވާލަމުން އަޒާންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން އެ ދެ ލޮލަށް ފުމެލިއެވެ. އަޒާންއަށް މަލްޝާގެ ހޫނު ނޭވާ އިހްސާސްކުރެވުމުން ލޯ ހުޅުވާލި އިރު މަލްޝާ އިނީ އޭނާޔާ ޖެހޭ ނުޖެހޭ ހާ ކައިރީގައެވެ. އޭނާގެ ތުންފަތް މަލްޝާގެ ކަރުގައި ޖެހިފައިވެއެވެ. އަޒާންއަށް އޭނާގެ އިހްސާސްތައް ބާރުގެ ދަށަށް ގެނައުންވީ އުނދަގޫ ކަމަކަށެވެ.

= ނުނިމޭ =

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ރިޔާޝާ

Next

ކޮންކަހަލަ ލޮޅުމެއްހެ މިއައީ …

Next
August 24, 2019

ކޮންކަހަލަ ލޮޅުމެއްހެ މިއައީ …

Previews
August 22, 2019

ރިޔާޝާ

43 Comments!

  1. jiji says:
    August 22, 2019 at 11:09 pm

    Yeye first dhw???

    1. jiji says:
      August 22, 2019 at 11:35 pm

      V v rythi mi part???…Alhey em haadha curious kohlaafa ey mibai thi nihmaaly..I think raul likes malsha hn mihaaru..Also v lwbi axaan aa malsha aa ulhey goiy???..nimun vec ehaa interesting viyya dhw..hehe..Nd that zeybaa dhw??‍♀️.. hama hyvany keke in saikura eh hn???..Abadhu fuhpaafa..Em gandaa avahah upkohlaathi ingey story..um waiting fr da next???????..lysm???

    2. Emm says:
      August 23, 2019 at 11:35 am

      Woah! congratulations on being first… ???? hehe… yh vedhaane raul mihaar mal a like vany kamah v… raul ah ingeyny… azaan n mal dhw… let’s c kaakah thw mal fall vany… ???zeyba abadhu innany keki keki hama saikura eh hen… ??? thanks darling, for the long n sweet comment… ??? in sha allah next part vx vrh avahah up kohlaanan… keep waiting… ☺☺??? luv u more… ???❤?????

  2. Kathleen says:
    August 22, 2019 at 11:33 pm

    Varah reethi mi part ves .when next part.

    1. Emm says:
      August 23, 2019 at 11:42 am

      awwwnn… ??? thank u so much… ???☺☺☺glad that u liked it… ???? next part soon, in sha allah… keep waiting… ?? luv yuh! ???

  3. Ushali says:
    August 23, 2019 at 12:36 am

    Alhey heyo nuvaane vaahaka liye Bala space dhookohfa

    1. Emm says:
      August 23, 2019 at 2:32 pm

      alhey… sorry… kn thanehtha space dhookuran v… space dhuukran v thaneh vx bunela dhehvun edhen… thank u for the feedback 🙂

  4. Shahu says:
    August 23, 2019 at 1:02 am

    Woooooww varah salhi mi part ves ? ? ? ? ? ? ? ? ? hama habeys. Love you emm

    1. Anonymous says:
      August 23, 2019 at 1:51 am

      Azaan aa malshaa aa dhurunukurah hey

    2. Emm says:
      August 23, 2019 at 12:07 pm

      awwnnn… ??? thanks darla… ❤❤❤ let’s c dhw… vaa gotheh… love u more… ???

  5. IsHa says:
    August 23, 2019 at 6:48 am

    Sifakurumah hama habeys… eeem sis… ❤

    1. Emm says:
      August 23, 2019 at 2:34 pm

      awwnn… ??? thank u so much… ❤❤❤ in that u ishoo… ☺☺☺ long time no c… luv yuh! ???

  6. Makku says:
    August 23, 2019 at 7:29 am

    wow story varah reethi. when next part?

    1. Emm says:
      August 23, 2019 at 12:23 pm

      awwnn… ??? thanks a bunch… ❤❤❤ next part vx vrh avahah up kohlaanan… in sha allah… ???? keep waiting… ??? luv yuh! ???

  7. Girl says:
    August 23, 2019 at 9:50 am

    Story hama v reethi.. Masha allah.. when next?

    1. Emm says:
      August 23, 2019 at 12:26 pm

      bundles of thanks… ??? glad that u liked it… ☺☺☺ next part soon, in sha allah… ???❤❤❤ luv yuh! ??

  8. Meekkomee says:
    August 23, 2019 at 10:10 am

    woww emm….mi part ves varah reethi ingyy …..when is next???

    1. Emm says:
      August 23, 2019 at 12:28 pm

      awwwnn… ❤❤❤ thanks meekko darling… ??? next part soon, in sha allah… keep waiting… ❤❤❤? luv yuh! ???

  9. Cute Lips says:
    August 23, 2019 at 10:10 am

    Oh my god … Oh my god…?????… Thihen thihba raul ashaa zeyba ah nufenihjeyaaa heyo kithanme haaa vs.. Bunan zeyba ai raul.. E loabi couple ai dhuruga hurey…v rythi ngeyy… Lysm sisy

    1. Emm says:
      August 23, 2019 at 12:32 pm

      hehe… dhw… zeyba n raul ah fenihjiyya kihineh vaaneba??? hehe… warning eh tha rysh… ???? thanks more rysh love… ???? luv u more… ???

  10. Fairy says:
    August 23, 2019 at 12:57 pm

    Wow… Salhi… Luv u eem sis

    1. Emm says:
      August 23, 2019 at 2:36 pm

      awwwnn… ??? thanks dear… ❤❤❤☺? luv yuh! ???

  11. malsamalkkomal says:
    August 23, 2019 at 1:10 pm

    Woawa wow… i’m speechless….
    Varah reethi ingey mi part ves Emmoo…..and varah furihama ingey sifathahves genesdeefa hurileh….varah molhu…..lve u soooo much….?❤♥❤….

  12. Kaily says:
    August 23, 2019 at 4:56 pm

    Wowww… V Reethi Mi part vs.. Whn is nxt part dear??? ❤️❤️?❤️❤️

    1. Emm says:
      August 23, 2019 at 5:23 pm

      many thanks for the kindness n support… ??? next part soon, in sha Allah… keep waiting… ❤❤❤☺luv yuh! ???

  13. monkey6652086 says:
    August 23, 2019 at 10:24 pm

    Masha Allah. Mi part ves varah reethi❤️.. When is the next part❤️?

  14. Ahnaf says:
    August 24, 2019 at 1:36 am

    Varah reethi igey

    1. Emm says:
      August 24, 2019 at 10:58 am

      awwwn… ??? glad that u liked it… ❤❤❤ n thanks… ☺☺☺?

  15. Aish says:
    August 24, 2019 at 10:51 am

    V v v reethi

    1. Emm says:
      August 24, 2019 at 11:04 am

      thanks a ton! ??? i really appreciate it… ❤❤❤ luv yuh! ???

  16. Anonymous says:
    August 24, 2019 at 12:56 pm

    Mi cover foto ga hurin anhen kujjaa get anga heevanee kukulhu hungaanyeh hen. Huthuru varah

    1. jiji says:
      August 24, 2019 at 1:12 pm

      Hehe . Kihineh kukulhu hungaana akaa vahthary?..gaimu i akah vahthareh nuun

    2. winkel angie says:
      August 24, 2019 at 2:33 pm

      Ehen nuvaane.. E manje nulaahiku reethi… Reethi kamaa ehvarah shoul alhan vec nulaahiku molhu vaane…. I balamey e manje ge video thah…

    3. jiji says:
      August 24, 2019 at 2:36 pm

      Yeah saimacorner ge dhw..She is really beautiful ey assu?

    4. winkel angie says:
      August 24, 2019 at 2:40 pm

      Dhw… Anonymous ah reethi hadi vaki kuran Neynge ny kanne dhw…

    5. Entry fee says:
      August 24, 2019 at 3:48 pm

      Ya, Anonymous, heevanee gaige thanakun dhila nagaa thee dhaipillaa jassaalaigen fake smile eh ga hurihen. Zoom kohgen beleema heevey ?hahaha

  17. winkel angie says:
    August 24, 2019 at 2:42 pm

    BTW can we be a friends..?? Jiji ????

    1. winkel angie says:
      August 24, 2019 at 2:43 pm

      Are yuh there jiji??.

    2. jiji says:
      August 24, 2019 at 4:18 pm

      Yess we can..um..hw old r u..Nd thy gurl eh thr..hehe

    3. winkel angie says:
      August 24, 2019 at 7:43 pm

      I’m a girl… 15 years old… From kaaf Male….

    4. jiji says:
      August 24, 2019 at 8:37 pm

      So u r 2 years older than me dhw..
      Anyway hi

  18. Jairu says:
    August 24, 2019 at 4:53 pm

    Wow.. this is nice teen love story. Love it. When is the next part can’t wait anymore..
    ????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤and good luck for next part.

    1. Emm says:
      August 24, 2019 at 5:21 pm

      awwwnn… ??? thank u so much for the sweet n colorful comment… ????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤ next part in sha allah miadhu up kohdheynan… ☺☺☺ keep waiting… ??? luv yuh! ????????

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 6←


All Right Reserved!