މިންހާއަށް ނިދުނީ ވެސް ޗެޓްކުރަން އޮއްވައެވެ. **** ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދާ ފަދައިން މިންހާއާއި އާލިފްގެ ރަހުމަތްތެރިކަމުގެ ގުޅުންވެސް ދިޔައީ ވަރުގަދަ ވަމުންނެވެ. ދެމީހުންނަށް ނޭނގުނު ކަމުގައިވިޔަސް އެދެމީހުންނަށްވަނީ ވަކިނުވެވޭ ވަރަށް ލޯބި ވެވިފައެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ދެފަހަރު އެ ދެމީހުން ވާހަކަ ދައްކައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. އާލިފް މިންހާއަށް ގުޅާލިއެވެ. ” ހަލޯ! މިން. މިރޭ ބިޒީނޫނިއްޔާ ތުނޑިއަށް އާދެވިދާނެތަ؟ އަށެއްޖަހާއިރު” އާލިފް ބުނެލިއެވެ. ” ނޯ ޕްރޮބްލަމް މިރޭ […]
ކުރިމަތިން ފެނުނު ސޫރައަކުން މިންހާ ގަނޑުވިއެވެ ***** އެހެރަ ކަސްރަތީ ހަށިގަނޑެކެވެ. ކަޅުކަންގަދަ ބުމައަކާއި ނޫ ކުލައިގެ ކަޅިރަވައެކެވެ. ކުރު އިސްތަށިކޮޅު ސްޕައިކް ޖައްސާލާފައި އިނުމުން ވަރަށް ” ހޮޓު” ވައްތަރެއް ޖަހައެވެ. މިންހާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. މިންހާ ސިހުނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އާލާ އައިސް ދިމާކޮށްލުމުންނެވެ. ” އިނދެގެން އުޅޭތަން ތޯއްޗެއް އެ ކުލަކުރަނީ. ޕިސް ޕިސް ޕިސް މިންހާ އަންގައިވެސް ނުލާ ތިޔަ ކައިވެނި ކުރީ ވިއްޔަ ދޯ. ޕިސް ޕިސް […]
ފަތިހުގެ ފިނިފިނި ވަގުތެވެ. މިންހާ އަށް ހޭލެވުނީ ފޯނުގެ އެލާމުގެ އަޑަށެވެ. ދެލޯ އުނގުޅަމުން ތެދުވެ، އޭނާ ފާހާނައަށް ވަނެވެ. މިންހާ އަކީ އުމުރުން 20 އަހަރުގެ އަންހެން ކުއެޖެކެވެ. މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއްކަން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިނަމަވެސް އެނގޭނެއެވެ. ފާރުތަކުގައި ވަނީ ލޮލަށް ފަސޭހަ މަޑުމަޑު ފިޔާތޮށި ކުލައެއް ލެވިފައެވެ. އެނދުގެ ބެޑްޝީޓާއި ބާލީސްތައް އަދި ކުއިލްޓުވެސް ވަނީ ފިޔާތޮށި ކުލައިންނެވެ. ދޮރުފޮތިތަކުގައި ހުރީ ގަދަ ފިޔާތޮށި ކުލައިން ފަރުމާ ކޮށްފައެވެ. […]
ގިނަދުވަސްތަކަކަށްފަހު އޭނާގެ ރަށަށް ދެވޭތީ ނުތަނަވަސްވެފައި ހުރި އީތަން އަށް ހިތްހަމަޖެހުމެއް ލިބުނީ ރަށުގެ ފަސްގަނޑުގައި ފައިޖައްސާލެވުމުންނެވެ. މާލޭގެ ހަލަބޮލި މަގުތަކާއި ބަލާފައި ރަށްފުށުގެ ދިރިއުޅުން ހާދަ ހިތްފަސޭހައޭ އީތަންގެ ހިތަށްއެރިއެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން މެދުއުމުރުގެ ފިރިހެނަކު ހުއްޓެވެ. “އަނހާ ދަރިފުޅާ އެންމެފަހުން 2 އަހަރުފަހުން ރަށަށްވެސް އާދެވުނީތާދޯ!” އެމީހާ ހިނިތުންވެލައިގެންހުރެ ވާހަކަ ދެއްކިއެވެ. “އާނ ބައްޕާ! ހާދަ ހިތްފަސޭހަވެފަ އަމާނޭ ދޯ އަހަރުމެން ރަށް!” އީތަން ބުންޏެވެ. އެމީހާ ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. އެއީ އީތަންގެ […]