Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ފަސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 25, 2019 9 Mins Read
53 Comments

“ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު.” ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ.

 

“ބޮޑުބޭބެ ކުރިން ނުބުނޭ ބޭހެއްގެ ވާހަކަ.” މަލާކަށް ވަގުތުން ބުނެލެވުނެވެ. އެ ހިނދު ފަޅި ސިކުންތަކަށް ފާރޫޤުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށްފަހު އޭނަ ވާހަކަ ދެއްކިއެވެ.

 

“ބޮޑުބޭބެ ހަނދާން ނެތުނީއޭ ބުނަން…އެދުވަހު ލިބުނު ޚަބަރަކާހެދި….” ފާރޫޤު ދެރަގޮތަކަށް ބުނެލިއެވެ. އެއާއެކު މަލާކްގެ މެއަށް ލޮޅުމެއްއައެވެ. ބޮޑުބޭބެ ހަމަ މިވަގުތު މަންމައާއި ބައްޕައަށް އެ ވާހަކަ ކިޔައިދޭން އުޅެނީތޯ ހިތަށްއެރިއެވެ. އޭނަ އެކަން ހުއްޓުވަން އެއްޗެކޭ ބުނަން އުޅުނު ވަގުތު ބައްޕަ ވާހަކަ ދެއްކިއެވެ.

 

“ކޮން ކަހަލަ ޚަބަރެއް؟” މަސްޢޫދު އެހެން އަހާލި ވަގުތު ސާރިޔާގެ ދުލުން ވެސް ބޭރުވީ އެފަދަ ބަސްތަކެވެ. އެ ހިނދު މަލާކަށް އޭނަގެ މަންމައާއި ބައްޕައަށް ވަކިވަކިން ބަލާލެވުނީ ކަންބޮޑުވުމަކާއި އެކީގައެވެ. ވީ ނުތަނަވަސްކަމުގައި އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ބޮޑުބޭބެ ޖަވާބުދިނެވެ.

 

“މާ ބޮޑު ޚަބަރެއްނޫން…މަލާކަށް ޖެހިގެން އުޅޭ ނުހިނގޭ ބަލީގެ ތަފްޞީލު ކިޔައިދިނީ. މަލާކްގެ ފޮށީގަ ތިބޭނެ ޓެސްޓުތަކާ ރިޕޯޓްތަކާ. އެއެއްޗެހި ބަލާލީމަ އެނގޭނެ.” ފާރޫޤު ހެވިފައިހުރެ އެހެން ބުނެލީ އޭނަގެ ބޭބެ ދަށްކުރުމުގެ ނިޔަތުގައެވެ. އެކަން އެނގުންވެގެން ދިޔަ މަސްޢޫދާއި ސާރިޔާގެ އިތުރުން މަލާކްގެ މޫނުމަތިން ވެސް ނުރުހުންތެރިކަން ފާޅުވިއެވެ.

 

“މައްސަލައެއްނެތް….އަހަރެން މަލާކް ކައިރިން ހުރިހާ ކަމެއް ސާފުކޮށްލާނަން.” މަސްޢޫދު ބުނެލިއެވެ. އެއާއެކު ފާރޫޤު އަނެއްކާވެސް ހިނިތުންވެލަމުން ބޯޖަހައި އޭނަގެ ޢާއިލާއާއެކީ ރަށު ތެރެއަށް ދާން ހިނގައިގަތެވެ.

 

“އަހާލެވުނީތީވެސް ހިތާމަކޮށްފިން. ހިތަށްއަރަނީ ކޮން ދުވަހަކުން ބާވައޭ އޭނައަށް ވިސްނޭނީ.” މަސްޢޫދު އެހެން ބުނެލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އޭނަގެ ވާހަކަ ބާއްވާ…ހިނގާ ގެއަށް މަލާކް. ގެއަށް ގޮއްސަ މަންމަމެންނަށް ކިޔައިދޭތި ޑޮކްޓަރު ބުނި އެއްޗެއް. ދުއްވާލާފަ އާދޭ.” ސާރިޔާ އެ ފަހު ބަސްތައް ބުނެލީ ހިންދެމިލަމުން މަލާކަށް ހިނިތުންވުމެއް ދައްކާލަމުންނެވެ. އެއާއެކު މަލާކް ވެސް ހިނިތުންވުމަކާއެކީ ބޯޖަހާލަމުން ގޮނޑި ދުއްވަން ފެށިއެވެ. ދޮންވެލިގަނޑު މަތިން އެކަން ކުރަން އުދަގޫވިއެއްކަމަކު މަލާކް އެހީއަކަށް ނޭދުނެވެ. އަދި ސާރިޔާވެސް އެހީވާކަށް ނޫޅުނެވެ.

 

“ދެން މިއަދު ތިހެން ނަހަދާ އެކުއްޖާއަށް ސާރިޔާ. އެހާ ދުވަސްފަހުން އެހާ ދުރުން އައިއްސަ އެހެރީ. ދައްކަބަލަ ބައްޕަ ދުއްވާނަން.” މަސްޢޫދު އެހެން ބުނެ މަލާކްގެ ގޮނޑީގެ އަތްގަނޑުގައި ހިފާލިއެވެ. ހަމައެއާއެކު މަލާކާއި ސާރިޔާ އެކުއެކީގައި ނޫނެކޭ ބުނެލިއެވެ. މަސްޢޫދު ހުއްޓުން އަރާފައި އެދެމީހުންނަށް ބަލާލިއެވެ.

 

“މަލާކަށް ހިނގޭނަމަ މަސްޢޫދު ތިކަހަލަ އެހީއެއް ވެދޭކަށް ނުޖެހުނީސް…..އެކަމަކު މިއަދު މަލާކަށް އަމިއްލަ ފައިމައްޗަށް ނުތެދުވެވުނަސް އެހެން މީހުންނަށް މުޅިން ބަރޯސާނުވެ އުޅެވިދާނެ. އެފަދަ އުޅުމެއް އުޅެން މަލާކަށް ފުރުޞަތެއްދީ މަސްޢޫދު…” ސާރިޔާ ބުނެލިއެވެ. އެހިނދު ބައްޕައަށް ބަލަންހުރެ މަލާކަށް ބޯޖަހާލެވުނީ އެ ބަސްތަކާއި އެއްބަސްވެވުމުންނެވެ. ކުޑައިރުއްސުރެ އޭނައަށް ކިރިޔާވެސް ކުރެވޭ ކަމެއްނަމަ މަންމަ އޭނައާއި ޙަވާލުކުރަމުން ދިޔައީ ވެސް އެ ސަބަބަށްޓަކައިކަން މަލާކަށް އެނގެއެވެ. އޭނަ ދަތިކޮށް ކަންތައް ކުރާ މަންޒަރު ދެކުމަކީ މަންމަގެ ހިތް ކުދިކުދިވާ ކަމަކަށްވިޔަސް އޭނަ ކުރިމަތީގައި ކަރުނަ އޮހޮރުމެއްނެތި މަންމަވަނީ އޭނައަށް ހިތްވަރުދީފައެވެ. އެކަމަށްޓަކައި މަލާކްގެ ހިތުގައި މަންމައަށްޓަކައި ވަނީ ޚާއްޞަ ލޯތްބެކެވެ. އެފަދަ މަންމައެއް އޭނައަށް ދެއްވި ކަމަށްޓަކައި އެތައް ފަހަރެއްގެ މަތިން ޝުކުރުކުރެވެއެވެ.

 

މަލާކްމެންގެ ގެ ހުންނަނީ ފާލަމާއި ދިމާލުން ނުހަނު ކައިރި ހިސާބެއްގައި ކަމަށްވުމުން މަދު މިނެޓްތަކެއްގެ ތެރޭގައި އެ ކުޑަ ގެއާއި ހަމަވިއެވެ. އަތިރިން އަރައިގެން ދާއިރު އެކި ދިމަދިމާލުން ރުށްޖެހިފައިވި ފިނި މައިޒާނެއް ހުރަސްކޮށް މާ ދުރަށް ނުދެވެނީސް ގެއަށް ދެވުނެވެ. ގެ ސިމެންތި ގަލުން އަޅާފައިހުރިއިރު މަތިން އިތުރަށް ސިމެންތި ޖަހާފައި ނުވުމުން ގާތައް ވަކިވަކިން ފެންނަމުން ދިޔައެވެ. ގޭގެ ބޭރުގައި ޖޯލިފައްޗެއް ހުރިއިރު އެ ގޭގެ ބާ ވަކަރު ދޮރުގެ ތިރިން އޭގެ މަތީ ފަށަލައިން ބައެއް ގޮސްފައިވިއެވެ. ދޮރު ހުޅުވުމުން ފެނިގެން ދިޔައީ 4 ފަށްޖެހި ގޮނޑި ރޭވިފައިވި އެގޭގެ ބޮޑު ކޮޓަރިއެވެ. ބޮޑު ކޮޓަރީގައި ވެސް އެޅިފައިވީ ތަޅުން ކަމުގައިވުމުން އެންމެން ގެއަށް ވަދެގެން ދިޔައީ ފައިވާނާއި އެކީގައެވެ. މަލާކް ކާން ބޭނުންވާ ވާހަކަ ބުނުމުން ސާރިޔާ އަވަހަށް ހިނގާށޭ ބުނެލި ވަގުތު މަސްޢޫދު މަލާކްގެ ހެދުން ފޮށްޓާއެކީ ގޭގެ ކޮޓަރި ބަރި ހުރި ދިމާލަށް ދިޔައީއެވެ. ބޮޑު ކޮޓަރި ތެރެއިން ހުޅުވެން ހުރި ދޮރަކުން އެގޭގެ ކުޑަ ބަދިގެއަށް ދެވުނެވެ. ބަދިގެ ތެރެއިން ގޭގެ ބިށްދޮށަށް ދެވެން ހުރި ދޮރުން ސާރިޔާ ގެންގުޅޭ ދަރު އުނދުނާއި އަށިމަތީގެ ބައެއް ފެންނަމުން ދިޔައެވެ.

 

“ކޯޗެއް ކާނީ؟ ބަތާ ރިހާކުރާ؟” ސާރިޔާ ބަދިގެ ތެރޭގައި ހުރި ތަށި ހަރުގަނޑުން މަލާކްގެ ތަށި ނަގައި ސުވާލުކުރިއެވެ. މަލާކް އާނއެކޭ ބުނެލުމުން ސާރިޔާ ވަގުތުން އެތާ މޭޒުމަތީގައި ބެހެއްޓިފައި ހުރި ތެލިން ތަށްޓަށް ބަތް އެޅިއެވެ. އެވަގުތު މަލާކް އާދައިގެ މަތިން އޭނަ ކާއިރު ފުރޮޅިލީ ގޮނޑީގައި ދެއަތްގަނޑު ދޭތެރެއަށް ލައްވާ ހިމަ ފިލަގަނޑު އެތާ ފާރަކަށް ލައްކޮށްފައި ހުއްޓާ ނެގިއެވެ. އޭނަ އަމިއްލައަށް އެ ފިލަގަނޑު އެ ދޭތެރެއަށް ލައްވާލުމުން އޭނަގެ ކުރިމަތީގައި އޭތި އޮތީ ކުޑަވަރެއްގެ މޭޒެއް ފަދައިންނެވެ. މިއީވެސް ގޭގައި ހުންނަ ކާމޭޒު ދޮށުގައި ހުންނަ ގޮނޑިއަކަށް ބަދަލުވާން އޭނައަށް ދަތިވުމުން އޭނަގެ މަންމައާއި ބައްޕަ ދެމީހުންވެގެން ހޯދި ޚިޔާލެކެވެ.

 

ސާރިޔާ މަލާކްގެ ބަތްކޮޅުގެ ތެރެއަށް ރިހާކުރު ކޮޅެއް އަޅާލި ވަގުތު މަސްޢޫދު ބޭރުން އޭނައަށް ގޮވާލި އަޑުއިވުނެވެ.

 

“ޔަޤީން މަލާކްގެ ކޮޓަރީގެ ތަޅުދަނޑި ނުފެނިގެން އެ ގޮވަނީ. ބައްޕައަށް ނުފެންނާނެ އެއްވެސް އެއްޗެއް އަމިއްލައަށް. އެބަ އަންނަން.” ސާރިޔާ އެހެން ބުނަމުން އޭނަ މޮޑެން އުޅުނު ކާތަށި ގޮސް މަލާކްގެ ފިލަގަނޑު މަތީގައި ބަހައްޓަމުން ބަދިގެއިން ނިކުތެވެ. މަލާކް އޭނަގެ ކުރިމަތީގައި ހުރި ކާތަށްޓަށް ބަލާލިއެވެ. މަންމަ ސަމުސަލެއް ނުގެންނަކަން އެނގުންވުމުން އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މޭޒުމަތީގައި ހުރި ސަމުސާ ތަށްޓަށް ބަލާލެވުނެވެ. ސަމުސަލެއް ނަގަން ހިތަށް އަރާފައި ވެސް މަލާކަށް އޭނަގެ އަތަށް ބަލާލެވުނެވެ. ޙަޤީޤަތުގައި އޭނަ ކާ ހިތްވަނީ އަތުންނެވެ. އޭނަގެ މަންމައާއި އެންމެ ގާތް އެކުވެރިން ވެސް ކައި އުޅެނީ އަތުން ކަމަށްވާތީވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް އަތުން ކެއުމަކީ އުދަގޫކަމެކެވެ. އެކަމަށްޓަކައި އެންމެ ފަހަކަށް މަސައްކަތް ކުރި ދުވަހެއް ވެސް ހަނދާނެއް ނައުމުން އޭނައަށް މިހާރު އެކަން ކުރެވޭނެތޯ މަލާކްގެ ހިތަށްއެރިއެވެ. އެ ހިނދު އޭނައަށް ހިސާބެއްގެ ޖެހިލުންވުމަކާއެކީ ބަތް އެތީގެ ތެރެއަށް އަތް ބޭނުނެވެ. އެއަށްފަހު އޭނަ މޮޑެން ފެށީ އޭނަގެ އިނގިލިތައް އޭނަ ގެންދަން ބޭނުންވާ ގޮތަށް ނުގެނެވޭ ޙާލުގައެވެ. މޮޑެމުން ދިޔައިރު އެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުހަނު ބުރަ މަސައްކަތެއް ކުރަމުން ދިޔަ ފަދަ އަސަރެކެވެ. އެހެނަސް އޭނަ މީގެ 2 އަހަރެއްހާ ދުވަސްކުރިނަށްވުރެ އޭނައަށް އެދުވަހު މޮޑެވުނީ ރަނގަޅަށްހެން މަލާކަށް ހީވިއެވެ. އޭނަގެ ޢުމުރާއި އެކީވެސް އޭނަގެ ޙާލަތް ރަނގަޅުވަނީތޯ މަލާކްގެ ހިތަށްއެރިއެވެ. އެކަމާމެދު ހިތްހަމަޖެހުމެއް ލިބުނު ވަގުތު ފުރަގަހުން މަންމަގެ އަޑު އިވުނެވެ.

 

“ދަރިފުޅު އަތުންތަ ކަނީ މިއަދު؟” ފުރަގަހުން މަންމަގެ އަޑު ކުއްލިއަކަށް އިވިގެން ދިޔުމުން މަލާކް ސިއްސައިގެން ގޮސް ތަށިތެރޭގައި އޮތް އޭނަގެ އަތްވެސް ހިއްލުނެވެ. ރަނގަޅަށް ބަލާލިއިރު ތަށިން ބައެއް ބަތް ފުކިތައް ތަޅުންމައްޗަށް ވެއްޓިފައިވިތަން ފެނިފައި އޭނައަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނީ އޭނައަށް އެއްވެސް ކަމެއް އެއްވެސް ދުވަހަކުން ރަނގަޅަށް ކުރެވޭނެތޯ އަމިއްލަ ނަފްސާއި ސުވާލުކުރަމުންނެވެ.

 

“އޮހޯ ދަރިފުޅާ….ބައްޕަ ބުނާހެން ނިކަން ވިސްނައިގެން ހުންނަނަމަ އަބަދުވެސް….މަންމަ އަތްދޮވެދީފަ ސަމުސަލެއް ނަގައިދޭނަން….ނޫނީ މަންމަ ކާންދޭންވީތަ އަތުން މިއަދު؟” ސާރިޔާ މަލާކްގެ ކުރިމައްޗަށް ދަމުން ސުވާލުކުރިއެވެ. މަލާކް ތިރި ބަލައިގެން އިނދެ ބޯހޫރުވާލުމުން ސާރިޔާ މަލާކްގެ އަތް ދޮވެދިނުމަށްޓަކައި ތެއްޔަކަށް ފެން އަޅަން ބޭރުގައި ހުރި އިސްކުރު ކައިރިއަށް ދިޔައެވެ. މަލާކަށް ތެއްޔަށް ފެން އެޅޭ މަންޒަރު ނުފެނުނެއްކަމަކު އެ އަޑު އިވުނެވެ. އެ އަޑުގެ ތެރެއިން މަންމަގެ ގަދަ ކެއްސުމެއްގެ އަޑު އިވެން ފެށުމުން މަލާކަށް އެދިމާލަށް ބެލުނެވެ.

 

“މަންމަ އަދިވެސް ރަނގަޅުނުވަނީތަ؟” މަލާކަށް ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ.

 

“ނޫނ….ނޫނޭ ދަރިފުޅު. މިހާރު ދެން ރަނގަޅުވަމުން މިދަނީ. އަހުމަދުބެ ހެދި ދިވެހި ބޭހެއް ބޭނުންކުރަމުން މިދަނީ މިހާރު. ދޯނި ދަތުރެއްކޮށްފަ ހަސްފަތާލަށް ދިޔުމަށްވުރެ މާ ރަނގަޅުވާނެދޯ އެކަހަލަ ބޭހެއް ބޭނުންކުރިއްޔާ؟” ސާރިޔާ ފެން ތެއްޔާއެކީ މަލާކްގެ ކައިރިއަށް ކުރުފައިމައްޗަށް ތިރިވެ އެހެން ބުނެލީވެސް އޭނަގެ ކެއްސުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.

 

“އެކަމަކު ރަނގަޅު ޑޮކްޓަރަކަށް ދައްކާލުން މުހިއްމެއްނޫންތަ މަންމާ؟ މިހާރު ހާދަ ދުވަހެކޭ ތިވަނީ.” މަންމަ އޭނަގެ އަތް ދޮވެދޭން ފެށުމުން މަލާކް ބުންޏެވެ.

 

“މަންމަ ރަނގަޅުވާނެއޭ މަލާކް….ތިހާ ހާސްވާކަށް ނުވާނެ މިކަހަލަ ކުދިކުދި ކަންކަމާ. މަންމަގެ ވާހަކަ ބާއްވާފަ މަލާކްގެ ވާހަކަ ކިޔައިދީބަލަ….މަލާކް ކައިރި ޑޮކްޓަރު ބުނީ ކީކޭ؟ ރަނގަޅުވާނެއޭތަ؟” ސާރިޔާ މަލާކްގެ އަތް ދޮވެދީ ނިންމައި ތެލި ތިރީގައި ބަހައްޓަމުން ސުވާލުކުރިއެވެ. މަންމަ ކުރި ފަހު ސުވާލުން މަލާކަށް އިސްޖަހާލެވުނެވެ. އެއާއެކު ސާރިޔާގެ ހިނިތުންވުން ފަނޑުވިއެވެ.

 

“ކިހިނެއްވީ ދަރިފުޅު؟ ދުވަހަކުވެސް ނުހިނގޭނެއޭތަ ބުނީ؟” ސާރިޔާ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. މަންމަ އެ ސުވާލުކުރުމުން މަލާކަށް އޭނަގެ މަންމައާއި ދިމާލަށް ބަލާލެވުނެވެ. މަންމަ ދެންމެ ބުނިފަދަ ވާހަކައެއް އޭނައަށް އެންގިގެން ދިޔަ ނަމަ އޭނަ އުފާކުރީހެވެ. އެ ޚަބަރު އިވިފައި މަންމަ ކިޔައިނުދިނަސް އޭނައަށް ޝުކުރުކުރަން އެނގުނީހެވެ. އެހެންނޫނަސް އޭނަގެ ދެ ފަޔާއި ނުލައި އުޅެން އޭނައަށް ދަސްވެފައިވާތީވެއެވެ. އެހެނަސް އޭނައަށް ލިބުނު ޙަޤީޤީ ޚަބަރު މަންމައަށް ކިޔައިދީފިނަމަ މަންމައަށްވާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ވަގުތެއްގައި ވެސް އުއްމީދުގައި ހިފަހައްޓަން ބުނާ އެ މަންމަގެ ހިތް ވެސް ފަޅިފަޅިވެގެންދާނެކަން ޔަޤީނެވެ. އޭނަ އެ ވާހަކަ ބުނެފިނަމަ މަންމަ ރޮއިގަންނާނެ ގޮތް އެވަގުތުން އެވަގުތަށް ވެސް ސިފަކުރެވެން ފެށުމުން މަލާކަށް އިސާހިތަކު ވާހަކަ ދެކެވުނެވެ.

 

“މަލާކް ނުދަން އެންމެ ފަހަކަށް ޑޮކްޓަރަށް ދިޔަ ދުވަހު މަންމާ. އެދުވަހު ކަންދިމާވި ގޮތުން ނުދެވުނީ. ބޮޑުބޭބެއާ ނިމާލް ދިޔައީ އަހަރެންގެ ރިޕޯޓްތައް ހިފައިގެން. ދެން ހީވަނީ ބޭސްދީފަ އެހެރީ ރަނގަޅުވާނެތީވެހެންދޯ؟ ބޭސްކެއީމަ އެނގިދާނެތާ!” މަލާކް އޭނަގެ މޫނުމައްޗަށް އުޖާލާކަން ވެރިކުރުވަމުން ބުނެލިއެވެ. އޭނަގެ އުއްމީދާއި އެއްގޮތަށް އޭނަގެ މަންމަގެ ފުރިހަމަ ހިނިތުންވުން ފެނިގެން ދިޔައެވެ.

 

“މާ ޝާ ﷲ ދަރިފުޅު! މަންމަގެ ދުޢާތައް އިޖާބަވާން ވަރަށް ކައިރިވެއްޖެހެން މަންމައަށް ހީވަނީ. އިން ޝާ ﷲ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވެދާނެ….މިހާރު ރަނގަޅުނޫން ވާހަކައެއްނޫން. ދަރިފުޅަށް ހިނގުނު ދުވަހަކުން ދަރިފުޅު މައްޗަށް ކިޔަވައިގެން އެހެން މީހުންގެ ނަޒަރުގަވެސް މޮޅުވެގެންދާނެ ވާހަކަ އިން ޝާ ﷲ.” ސާރިޔާ މަލާކްގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.

 

“ހޫނ މަންމާ…މިހާރު މަލާކް މޮޅެއް ނޫނީތަ؟” މަލާކް ފޮނިވާކަމަށް ހެދެމުން އަހާލިއެވެ.

 

“ނޫނޭ ދަރިފުޅު….އެހެން މީހުން ކޮންމެ އެއްޗެކޭ ބުންޏަސް މަންމަގެ ނަޒަރުން ތިއީ ހަމަ ބެސްޓު! އެއީ ޙަޤީޤަތްވެސްމެއޭ. ދަރިފުޅު ސްކޫލަށް ދިޔައިރު ގޮނޑީގަ ހުރެގެން ވެސް ދަރިފުޅު ހޯދި ނަތީޖާތައް އެހެން ކުދިންނަށްވުރެ ދެބައި ރަނގަޅެއްނު މާ ޝާ ﷲ! އަބަދުވެސް އެގޮތުގަ ދެމި ހުންނައްޗޭ. މޮޅަށް ކިޔަވައިގެން އެހެން މީހުންނަށް ކޮންމެވެސް އެއްގޮތަކުން ހެވެއް ފޯރުކޮށްދޭތި.” ސާރިޔާ ބުންޏެވެ. މަލާކް އޭގެ ޖަވާބަކަށް ބޯޖަހަމުން ލައްބައޭ ބުނެލީ އާދައިގެ މަތިން އުއްމީދުން ފުރިފައިވި ހިތަކާއި އެކީގައެވެ. މަންމަ އޭނައަށް ސަމުސަލެއް ގެނެސްދިނުމުން އޭނަ ކާންފެށީ މަންމަ އެ ބުނި ފަދަ މީހަކަށް އޭނަ ވެދާނެކަމަށް ހިތާހިތާ ކިޔަމުންނެވެ. އެއްޚިޔާލެއް އޭނަގެ ސިކުނޑިއަށް ވައްދައިފިނަމަ އޭތި ނެރުމަކީ ފަސޭހަކަމަކަށް ނުވާތީ ކައި ނިމެންދެން ވެސް މަލާކަށް ވިސްނެމުން ދިޔައީ އޭނަ ޝައުޤުވެރިކަން ހުރި ދާއިރާއިން އޭނަ ކުރި އަރައިގެންދާނެ ގޮތެވެ. ކެއުމަށްފަހު މަންމަ ބޭސް ގެނެސްދިނުމުން އޭނަ ބޭސްވެސް ކެއީ ކާ ހިތުންނެވެ. 2 ބޭސް ދެވިފައިވީއިރު އޭގެއިން އެއްބޭސް 3 މަސް ވަންދެން 6 ގަޑިން ކާން އޮތުމުން ހިސާބަކަށް ޙައިރާންވިއެއްކަމަކު އޭނަ އެ ވާހަކައެއް ނުދައްކައެވެ. މާ ގިނައިން ބޭސްދީފައި ހުރީ އޭނަގެ ސިކުނޑިއަށް ލިބިފައި ހުރި ގެއްލުން ބޮޑުވުމުން ކަމަށް ނިންމުނެވެ. ހަމަ އެއާއެކު ބޭސްކެއުމުން އޭނަގެ ސިކުނޑި ރަނގަޅުވެ ހިނގިވެސް ދާނެ ނޫންތޯ ހިތަށްއެރިއެވެ. އިތުރު އުއްމީދަކުން އޭނަގެ ހިތް ފުރިގެން ދިޔަ ހިނދު މަލާކަށް ނޭނގުނު ކަމަކީ އެއީ ރޭވިގެން ކުރެވިފައިވި ކަމެއްކަމެވެ.

 

އެ ބޭސްތައް ޤަވާޢިދުން ކަމުން ދިޔަ މަލާކް ނޭނގޭ ސަބަބަކާހުރެ އެދުވަހު ހަވީރު ވަރަށް ގަދައަށް ނިދި އަންނަން ފެށިއެވެ. އެއީ އެދުވަހު ދިގު ދަތުރެއް ކޮށްފައިވުމުން އައި ނިންޖެއްކަމަށް ހީކޮށް އޭނަ ޢަޞްރު ނަމާދު ކޮށްގެން ނިދާލިއެވެ. މަލާކް ނިދީ އޭނަގެ ފޯނު އެލާމަށް ލައިގެން ކަމަށްވިޔަސް އޭނަ އެ އެލާމްގެ އަޑަށް ހޭނުލެވެއެވެ. މަޣްރިބް ނަމާދަށް މަންމަ ގޮވުމުން އޭނައަށް ހޭލެވުނު ގޮތުން މަލާކް ޙައިރާންވިއެވެ. އޭނައަށް ފޯނު އެލާމް ކުރެވުނުތޯ ދެ ފަހަރަށް ބަލާލެވުނީ އޭނައަކީ ދުވަހަކުވެސް އެލާމްގެ އަޑަށް ހޭނުލެވި ހުރި މީހަކަށް ނުވާތީވެއެވެ. ވަކިން ޚާއްޞަކޮށް ބާލީހުގެ ކައިރީގައި އޭނަ ފޯނު ބާއްވާފައި އޮންނައިރު އެލާމްވުމުން އޭނަ ސިއްސައިގެން ނުދިޔުމަކީ ނާދިރު ކަމެއްކަން އޭނައަށް ޔަޤީންވާތީވެއެވެ. އޭނައަށް މިވަނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު މަލާކް އެއްކަލަ ބޭހުގެ މަތިން ހަނދާންވިއެވެ. އެ ބޭސްކެއުމުން އޭނަ ސިހުމުގެ ބައި ރަނގަޅުވަނީތޯ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް އެއީ ކިހާ ގޯސް ހީއެއްކަން މަލާކަށް ނޭނގުނެވެ.

 

ނަތީޖާއެއްގެ ގޮތުން މަލާކް 3 ދުވަސްވަންދެން ގަޑިންގަޑިއަށް އެ ބޭސް ކެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޭ ވަމުން ދިޔަދިޔަހެން މަލާކަށް ލޯ ހުޅުވައިގެން ހުންނަން ދަތިވިއެވެ. މަލާކަށް ދެންވެސް ހީވަމުން ދިޔައީ އެއީ އޭނަ މާ ބޮޑަށް ވަރުބަލިވުމުންވާ ގޮތެއްކަމަށެވެ. އިންޑިޔާގައި ނުނިދަނީތޯ އަހައި މަންމަމެން ސުވާލުކުރުމުން އެއަށް ޖަވާބު ދޭނެހާ ވަރެއްވެސް އޭނަގެ ކިބައިގައި ނެތެވެ. އެހެންކަމުން އެރޭ އޭނަ ކޮޓަރިއަށް ގެންގޮސް އެނދަށް އަރަން އެހީވެދިނީވެސް އޭނަގެ މަންމައެވެ. މަންމަ ރަނގަޅަށް އަރާމުކުރާށޭ ބުނުމަށްފަހު ދިޔުމުން މަލާކަށް ޖަވާބެއްވެސް ނުދީ އޮށޯވެ ދެލޯ މަރާލެވުނެވެ. އެހެނަސް މަންމަ ދިޔަތާ މާ ގިނައިރެއްނުވެ އޭނަގެ ފަޔަށް ފިނިވާން ފެށުމުން އަދި އިސްޓާކީން ލާންޖެހޭކަން އެނގުންވިއެވެ. ނިދީގެ ސަބަބުން މިރޭ އޭތި ނުލާނީއޭ ވެސް ހިތަށްއެރިއެވެ. އެހެނަސް ފަޔަށް ފިނިވަމުން ގޮސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް ހަނިގޮތަކަށް ލޯ ހުޅުވާލެވުނެވެ. އެއަށްފަހު އޭނަ އެނދުގެ ކަނާތް ފަރާތުގައި ހުރި އަރިމަތީ މޭޒުމަތީގައި އޮތް އިސްޓާކީނަށް ބަލާލިއެވެ. އޭތި ނަގަން ބޭނުންވިއެއްކަމަކު އަތް ހިއްލަން ކަންނެތްވިއެވެ. އެހެނަސް ފައިގެ ރިހުން ގަދަވަމުން ދިޔަކަން އެނގުންވުމުން މަލާކް އޭތި ނަގަން ޚިޔާލު ކުރިއެވެ. އަތް ހިއްލި ވަގުތު އޭނަގެ އަތުގައި ވަރެއް ނެތްހެން މަލާކަށް ހީވިއެވެ. އެއީ ނިދީގެ ސަބަބުން ވީ ކަމެއްހެން ހީވުމުން މަލާކް އަނެއްކާވެސް މަސައްކަތް ކުރިއެވެ. އެހެނަސް އަތް މާ ދުރަށް ނުގޮސް ވެއްޓުމުން މަލާކްގެ ހިތަށް ބިރުވެރިކަމެއްވަނެވެ. އެ ބިރުވެރިކަމާއެކީ އޭނަގެ ނިދި ހިސާބަކަށް ގެއްލުނެވެ. އޭނަގެ އަތުން ވާގި ދޫވަނީތޯ ހިތަށްއެރި ވަގުތު ލުއްކެއްޖަހައި ތެދުވެވުނެވެ. ތެދުވުނު ވަގުތު މުޅި ހަށިގަނޑު އެކަމަށް ދެކޮޅު ހެދިގެން އޭނައަށް ހީވިއެވެ. ތެދުވުމަށްފަހު އެނދުމަތީގައި ވިއްދާލި އަތުގެ މަސްތަކުގައި ވެސް ވަރު ދޫވެފައި ހުރިހެން އޭނައަށް ހީވިއެވެ. ބިރުވެރިކަމުން ހިތް ވަށާލެވިގެން ދިޔަ ހިނދު އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައެވެ. އެހެނަސް އެކަމާމެދު ވިސްނަން ބޭނުމެއްނުވުމުން އޭނަ ކުއްލި ގޮތަކަށް އަރިމަތީ މޭޒުމަތީގައި އޮތް އިސްޓާކީން ނެގިއެވެ. އަދި އަވަސް ޙަރަކާތްތަކެއްގައި އޭނަގެ ފަޔަށް އިސްޓާކީން އަރުވަން ފެށިއެވެ. އާދައިގެ މަތިން ކަމެއް އަވަސްކުރަން އުޅުމުން އޭނަގެ އަތް ތުރުތުރު އެޅިއެވެ. އެހެނަސް އެހެން ދުވަސްތަކާއި ޚިލާފަށް އެއަތުގައި ވަރެއްވެސް ނެތްހެން އޭނައަށް ހީވިއެވެ. ދެ ފަޔަށް އިސްޓާކީން އެރުވުމަށްފަހު ފައި ދަމާލި ވަގުތު ފައި ދޫވެގެން ދިޔައީ ފައިގައި އެއްވެސް ވަރެއްނެތް ފަދައަކުންނެވެ. މި ހުރިހާ ކަމެއް އެނގުންވުމުން މަލާކަށް އޭނަގެ ފަޔަށާއި އަތަށް ބެލެމުން ދިޔަ ހިނދު އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. މިއީ އެ ބޭހުގެ އަސަރުތަކެއްތޯ މަލާކްގެ ހިތަށްއެރި ވަގުތު އޭނައަށް ޖަވާބުވެސް ލިބުނެވެ. ހަމަ އެއާއެކު އެ ބޭސް ހުއްޓާލަން އޭނަގެ ހިތަށްއެރިއެވެ. އެހެނަސް ސިކުނޑީގެ ބޭހެއް ކާން ފަށާފައި ޑޮކްޓަރުގެ ލަފައަކާއި ނުލާ ހުއްޓާލުމުން ވެސް ވާނީ ކިހިނެއް ހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް އޭނައަށް ޖެހިފައިވާ ބައްޔާއި އެކީގައެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ވެސް މަލާކް ޖެހިލުންވިއެވެ. ނޫނެކެވެ. އޭނަ ބޭސްކާންޖެހެއެވެ. މިއީ އޭނައަށް ލިބެންޖެހޭ ފަރުވާގެ ފުރަތަމަ މަރުޙަލާ ނޫންކަމެއް ވެސް އެނގެނީއެއްނޫނެވެ. ދިމާވާ ކުޑަކުޑަ ދަތިކަމަކުން އޭނަ އެ ފަރުވާއަށް ފަސްދީގެން ނުވާނެއެވެ. މަންމައަށްޓަކައެވެ. ބައްޕައަށްޓަކައެވެ. އޭނަގެ މުސްތަޤްބަލަށްޓަކައެވެ.

 

އެންމެ ފަހަކަށް މަލާކްގެ ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނީ ހިސާބެއްގެ ހަމަޖެހުމަކާއި އެކީގައެވެ. އެ ހަމަޖެހުމާއެކީ އޭނަ އަނެއްކާވެސް ނިދިބަރުވެފައިވި ލޯ މަތިން ހަނދާންވުމުން އޮށޯވެލެވުނެވެ. އެ ހިނދު ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެއޭ އޭނަގެ ހިތަށްއެރުމުން އޭނަ ޙައިރާންވިއެވެ. އޭނައަކީ ކުޑައިރު އެއްވެސް ކަމަކާމެދު މިހާ ރަނގަޅަށް ވިސްނި މީހެއްނޫނެވެ. ކޮންމެ ކަމަކާމެދު އަބަދުވެސް އެންމެ ނުބައިކޮށް ވިސްނުމަކީ އޭނަގެ އާދައެކެވެ. އެހެނަސް ފަހަކަށް އައިސް އޭނައަށް ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ސިކުނޑިއަށް ވެރިވީ ހިނދު އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ މަންމައެވެ. މަންމަގެ އުޖާލާވި ހިނިތުންވުމެވެ. އެކި ފަހަރު މަތިން އެންމެ ދަތި ޙާލަތްތަކެއްގައި ވެސް މަންމަ ބުނެލި އުއްމީދުން ފުރިގެންވި ބަސްތަކެވެ. އާނއެކެވެ. މިއީ އޭނަ އެންމެ ކުޑައިރުއްސުރެ އޭނަގެ މަންމަ ކުރި މަސައްކަތެވެ. މަންމަ އޭނައަށް އުއްމީދީ ނަޞޭޙަތްތައް ދެމުން ގޮސް އޭނަގެ މުޅި ވިސްނުން ބަދަލުކޮށްލައިފިއެވެ. މިހާރު މަންމަ ނެތިވެސް އޭނައަށް ހިތްވަރު ލިބިގަނެވޭނެކަން މަލާކަށް ޔަޤީން ކުރެވުނީ އެރެއެވެ. އެހެނަސް މަންމަ ނެތް ދުނިޔެއެއްގައި އޭނައަށް އުޅެވޭނެ ގޮތް މަލާކްގެ ހިތަށް ގެންނަން ވެސް ދަތިވިއެވެ. އެ ޚިޔާލު ހިތުން ފޮޅުވާލަމުން އެއީ އޭނަ ދެކެންނުޖެހޭ ފަދަ ދުވަހެއްކަމުގައި ލެއްވުމަށްއެދި ދުޢާކުރެވުނެވެ. ނަމަވެސް މަލާކަށް ނޭނގުނުކަމަކީ އެންމެ ޙިކްމަތްވަންތަވެވޮޑިގެންވަނީ ﷲ ކަމެވެ.

 

އޭގެ އަނެއްދުވަހު ހެނދުނު ފަތިސް ނަމާދަށް ތެދުވުނު ގޮތަށް ސާރިޔާގެ ކެއްސުމަކަށް ބަދަލެއް ނާދެއެވެ. ނަމާދު ތެރޭގައި ވެސް ގަދައަށް ކެއްސައި ނަމާދަށްފަހު ވެސް މެދުކެނޑުމެއްނެތި ކެއްސަމުން ދިޔައެވެ. އެކަން މަލާކަށް ފޮރުވުމަށްޓަކައި މަލާކް ނަމާދަށް ހޭލައްވަން ވެސް އޭނަ ފޮނުވީ މަސްޢޫދެވެ. މަސްޢޫދު މިސްކިތަށް ގޮސް އައިސް ސާރިޔާއަށް އެއްފަހަރު ހޫނު ފެންފޮދެއްދީ އަނެއްފަހަރު މާމުއި ފޮދެއް ދެމުން ދިޔައީ ކުދި ކިޔަމުންނެވެ.

 

“ދެންވެސް ބުނޭ ތިމަންނަ ނުދާނަމޭ ޑަކުޓަރަށް ދައްކަން…..މިއަދު ހެނދުނު އާދަނުގެ ބޯޓު ފުރަންވާއިރަށް ތައްޔާރަށް ހުންނާތި!” މަސްޢޫދު ދެވަނަ ފެންތަށި ދީފައި އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ.

 

“މަސްޢޫދު…” އެނދުގައި އިށީނދެގެން އިން ސާރިޔާ ރޮވެން ކައިރިވެފައި އިނދެ އެއްޗެކޭ ބުނަން އުޅުނު ވަގުތު މަސްޢޫދުގެ އަޑުހަރުވިއެވެ.

 

“މަސްޢޫދޭ ކިޔައި ވާހަކަ ނުދައްކާތި! އަހަންނަށް އެނގޭ އަހަރެންގެ މުޅި ޙަޔާތުގައި ރައްކާކުރި ހުރިހާ ފައިސާއެއް މަލާކްގެ ފަރުވާއަށް ދިޔަކަން…..އެކަމަކު އެހެން މީހެއްގެ އަތުން ދަރަންޏަށް ހޯދައިގެން ވިޔަސް އާދޭސްކޮށްގެން ވިޔަސް އަހަރެން މިހިރީ ސާރިޔާއަށް ފަރުވާ ހޯދަދޭން ތައްޔާރަށް…” މަސްޢޫދު ބުންޏެވެ.

 

“ފަރުވާ ހޯދަން ދިޔައިމަ އިތުރު އުއްމީދެއްނެތޭ ބުނީމަ ދެން ކީއްކުރަން ކުރާހާ ކަމެއް؟” ސާރިޔާ އޭނަގެ ރޮވިފައިވާ އަޑު ހަރުކުރަމުން ސުވާލުކުރިއެވެ. އެ ހިނދު މަސްޢޫދު ހުއްޓުން އެރުމުން ސާރިޔާއަށް ރޮވެން ފެށިއެވެ. އެ މަންޒަރު ބަލަން ހުރެފައި މަސްޢޫދަށް އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލެވުނީ އެއީ ޙަޤީޤަތްކަން އޭނައަށް އެނގޭތީވެއެވެ. މަލާކް ރަށުގައި ނެތް ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ސާރިޔާ ގޮވައިގެން އޭނަ ހޮސްޕިޓަލަށް ދިޔައެވެ. އެތާނގައި ހުރި ޑޮކްޓަރު ބުނިގޮތުން ސާރިޔާއަށް ޖެހިފައިވަނީ ފުއްޕާމޭގެ ކެންސަރެވެ. ފަރުވާ ހޯދަން އާދެވުނުލެއް ލަސްވުމުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ވެވެން އޮތް މާ ބޮޑު ކަމެއް ނެތްކަމަށެވެ. އެ ޚަބަރު އެގޮތަށް ލިބުނެއްކަމަކު އޭނަ އޭނަގެ އަނބިމީހާއަށް އެހީވާން ބޭނުންވެއެވެ. އެހެނަސް ސާރިޔާ އޭނަގެ އެހީ ޤަބޫލުނުކުރާ ކަމަށްޓަކައި ވެސް މަސްޢޫދުގެ ހިތް ދެރަވަމުން ދިޔައެވެ.

 

ސާރިޔާ ރޯން އިން މަންޒަރު ދެރަ މޫނަކާއެކީ ބަލަން ހުރެފައި މަސްޢޫދު ގޮސް ސާރިޔާ ކައިރީގައި އިށީނެވެ. އެފަދަ ވަގުތެއްގައި ވާހަކައެއް ދައްކަން ސާރިޔާ ބޭނުމެއް ނުވާނެކަން ދަނެގެން މަސްޢޫދު ހިމޭންކަން ޚިޔާރުކުރިއެވެ. އެހެނަސް އިރުކޮޅަކުން ސާރިޔާ އޭނަގެ ކަރުނަތައް ފޮހެލުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“އަހަރެން ނެތް ދުނިޔެއެއްގަ މަލާކް ރަނގަޅަށް ބަލައްޗޭ މަސްޢޫދު. މި ހުރިހާ ދުވަހުވެސް ބެލިގޮތަށް. މަލާކަކީ މަސްޢޫދުގެ ދަރިއަކަށް ނުވިޔަސް….” ސާރިޔާ އެހެން ބުނެލި ހިނދު މަސްޢޫދު ގުޅުވައިގެން ހުރި ދެއަތުގެ އިނގިލިތަކަށް ބާރުވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 6

Next

ލޯބީގެ ނަސީީބު…2…

Next
August 25, 2019

ލޯބީގެ ނަސީީބު…2…

Previews
August 24, 2019

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 6

53 Comments!

  1. Unique says:
    August 25, 2019 at 10:59 am

    This story is so emotional
    it reminds me of my mom???

    1. Jana says:
      August 25, 2019 at 9:21 pm

      reminded me of my mom too as i wrote it. May Allah bless our moms. Ameen! <3

    2. Unique says:
      August 26, 2019 at 7:57 am

      Aameen????

  2. Shahu says:
    August 25, 2019 at 12:56 pm

    Woooooww varah salhi story mi part ves
    ? ? ? love you jana sis. Masha Allah ❤️❤️❤️

    1. Jana says:
      August 25, 2019 at 9:22 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 Love you too sis <3 <3 <3

  3. jiji says:
    August 25, 2019 at 1:08 pm

    Ma Sha Allah..so emotional story…Adhi ehaame rytgi vefa iburaiytheri?..Jana sis v molhu Ma Sha Allah..sifakohdhyfa hurileh vec hama v furihama..I m so curioua to c dat wats gonna be happen next <3 <3 <3

    1. Jana says:
      August 25, 2019 at 9:23 pm

      well that’s my job jiji…to make you curious. 😛 hehe..Alhamdhulillah! Jazaakillah Khairan for the support 🙂 <3 <3 <3

  4. IsHa says:
    August 25, 2019 at 1:22 pm

    SAlhi

    1. Jana says:
      August 25, 2019 at 9:23 pm

      Alhamdhulillah! 🙂 <3

  5. Himi says:
    August 25, 2019 at 3:29 pm

    V nice v ibraitheri.janage stories thakuga ‘egunviye’ liyefa hunnaathy kiyan udhagu. ‘egune’ liunyma maa reethivaane hen heevany. Janage masehkathuga barakaai lahvaashi . Aameen

    1. Jana says:
      August 25, 2019 at 9:28 pm

      e dhe bahuge maana thafaathuveema ey jana eki haalaiythakuga eyge therein eki bas beynun kurany ingey himi. ‘engunviye’ ge maana bodah annaany realize vumah. basfothuga ves eyge maana othy ihsaasvumey. ‘engune’ annaany kameh dheyhaveema noony visnunyma. e kuda thafaathu hureema jana ge nazarun emme gulhey gothah e bas mi beynun kurany 🙂

      Alhamdhulillah! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! <3

  6. Lovlyn says:
    August 25, 2019 at 3:44 pm

    Asluves varah reethi?

    1. Jana says:
      August 25, 2019 at 9:29 pm

      Alhamdhulillah! 🙂 reethi varah faidha eh kuraa kamahves ummeedhukuran In Sha Allah <3

  7. seff says:
    August 25, 2019 at 4:02 pm

    vv emotional story eh ……best writer masha Allah <3 aneh part ah waiting ga love u jana

    1. Jana says:
      August 25, 2019 at 9:30 pm

      hehe…next part wednesday ga In Sha Allah. Alhamdhulillah! 🙂 <3

  8. ?Shifna? says:
    August 25, 2019 at 6:20 pm

    Masha allah. Mi bai vx vrh reethi. Alhey. Haadha emotional ey. Rovi dhaane hen heevanee. Waiting 4 next part…

    1. Jana says:
      August 25, 2019 at 9:32 pm

      adhi nurohchey Shifna sis…adhi kuriah rovey bai othy. varah ufaavefa heveyne baithah ves eba aadhey In Sha Allah 😀 Next part In Sha Allah wednesday ga. Alhamdhulillah! 🙂 <3

  9. Anonymous says:
    August 25, 2019 at 6:30 pm

    Reethi, ekamaku heevey kuruhenves

    1. ? says:
      August 25, 2019 at 7:32 pm

      Shukuru kuran dhaskohbala.. abadhu kurey kureg kiyaany appreciate kohbala

    2. Jana says:
      August 25, 2019 at 9:36 pm

      kureh nooney Anonymous. mi vaahakaige hurihaa baehves gaaigandakah evvarakah midhany. emme fahakah up kuri bai kuruviyas kuruvefa hunnaany. ey miadhu eh bai up kuraathy kanneynge dho Anonymous? 😀 Alhamdhulillah!

      dhen oiy kiyuntheriyaa ah bunelan othy ey massala eh nooney jana ah 🙂 Anonymous kudakoh appreciate koffaves eba oiy dho furathama bahun? ehaavaru jana appreciate koffin 😀 Alhamdhulillah!

  10. Zubaidhaa says:
    August 25, 2019 at 8:47 pm

    Varah sali thi vaahaka..

    1. Jana says:
      August 25, 2019 at 9:36 pm

      Alhamdhulillah! 🙂

  11. Jana says:
    August 25, 2019 at 9:19 pm

    Blog post:

    Moms….the ones who show us perseverance for what it is. The ones who teach us that we mustn’t stop just because something is difficult. The ones who inspire us to stand strong through thick and thin while we see them living up to those same standards. The ones who hate to see us struggling, yet put us through the tests to make us stronger.

    May Allah bless all those women who raised us to be strong individuals. Ameen!

    #Moms #Cherishthemwhileyoustillhavethem

    *******************************

    މަންމަމެން…
    އެއީ ކެތްތެރިކަމާއެކީ ބުރަ މަސައްކަތް ކުރުމަކީ ކޮބައިކަން އަހަރުމެންނަށް ދައްކުވައިދިން މީހުންނެވެ. ކަމެއް އުދަގޫވިޔަސް ހުއްޓާނުލުމަށް ދަސްކޮށްދިން މީހުންނެވެ. ދަތިކަމާއި ފަސޭހަކަމުގައި ވެސް ހިތްވަރުކުރުމަކީ ކޮބައިކަން ދައްކައި އެގޮތަށް އުޅުމަށް ހިތްވަރުދިން މީހުންނެވެ. އަހަރުމެން ދަތިކޮށް އުޅޭތަން ދެކެން އެމީހުން ނަފްރަތު ކުރިޔަސް އަހަރުމެންގެ ޝަޚްޞިއްޔަތު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެކި ގޮތްގޮތުން އިމްތިޙާންތައް ޖައްސާ މީހުންނެވެ.

    އަހަރުމެން ވަރުގަދަ ޝަޚްޞިއްޔަތުންގެ ގޮތުގައި ބޮޑުކުރި އެ ހުރިހާ މަންމަމެންނަށް ހެޔޮ ރަޙްމަތް ލައްވާށި! އާމީން!

  12. Jana says:
    August 25, 2019 at 9:20 pm

    Blog post:

    وَاخْفِضْ لَهُمَا جَنَاحَ الذُّلِّ

    “..And lower your wings of humility for them…” Surah Al-Isra, 24

    Ever wondered about what this means? Especially when you don’t happen to have wings? How are you supposed to lower them if you don’t have them?

    The thing is, the ayah is giving an example of a bird in that expression. And the biggest power a bird has is in its wings. Because it can choose whether to stay in a place or not, by using its wings. And when it does use its wings to go, it’s difficult to catch it. When a bird’s wings are cut off, it is seen as a powerless and humble creature. Its literally at the mercy of anyone or anything around it without its wings.

    So when the ayah says ‘lower your wings’ for your parents, it means that though you may have your ‘wings’, though you may have every reason to look down on your parents, though you may have the perfect response for everything they say, though you have just the right idea to act up in front of them, you choose to pretend like you don’t have those wings. And you are completely humble and down to earth in front of your parents.

    Another beautiful way of looking at this ayah is in another scenario of a bird’s life. When a bird has eggs in its nest and a predator like a snake tries to reach the eggs, the parent bird would lower its wings on the eggs. It’s literally risking its own life to save its young ones.

    So the idea is when we were young, our parents protected us. From every storm. From every sadness. From every bad news. And just how they lowered their wings to protect us when we were young, we must lower our wings to protect them when we have the power. To protect them from everything they saved us from before.

    May Allah make us of those who lower their wings for their parents. Ameen!

    *******************************

    وَاخْفِضْ لَهُمَا جَنَاحَ الذُّلِّ
    “..ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ..” ސޫރަތުލް އިސްރާ، 24

    މި އާޔަތުގެ މާނައާއިމެދު ދުވަހަކުވެސް ވިސްނާލިން ހެއްޔެވެ؟ ވަކިން ޚާއްޞަކޮށް ތިބާގެ ކިބައިގައި ފިޔައެއް ނުވާ ޙާލުގައެވެ. ތިބާގެ ކިބައިގައި ފިޔައެއް ނުވާނަމަ އެ ތިރިކުރެވޭނީ ކިހިނެއް ހެއްޔެވެ؟

    ޙަޤީޤަތުގައި މި އާޔަތުގައި ބޭނުންކުރެވިފައިވި ބަސްތަކުން އެ ދެކެވެނީ ދޫންޏެއްގެ މިސާލެވެ. ދޫންޏެއްގެ ކިބައިގައިވާ އެންމެ ބާރުގަދަ އެއްނިޢުމަތަކީ އޭގެ ފިޔައެވެ. އެހެނީ އޭތި ތަނެއްގައި ހުންނާނީތޯ ނޫނީ ނުހުންނާނީތޯ ނިންމަނީ އެ ފިޔައިން ކަމަށްވާތީވެއެވެ. އަދި އޭތި ފިޔަ ބޭނުންކޮށްގެން އުދުހެން ފަށައިފިނަމަ އޭތި ހިފުމަކީ ފަސޭހަކަމަކަށް ނުވާނެތީވެއެވެ. ދޫންޏެއްގެ ފިޔަ ކޮށައިފިނަމަ އޭތި މުޅިން ބަލިކަށިވެ ނިކަމެތިވެދެއެވެ. އޭތި އުޅެމުން ދަނީ އޭގެ ވަށައިގެންވި މީހުންގެ ނޫނީ އެއްޗެއްސެއް އެއަށް ދެއްކި ރަޙުމަކާއި އެކީގައެވެ.

    އެހެންކަމުން މި އާޔަތުގައި ‘ފިޔަތައް ތިރިކުރުމަށް’ އަންގަވާފައިވަނީ މިހެންވެއެވެ. ތިބާގެ ވެސް ފިޔަތަކެއްވެއެވެ. ތިބާގެ މައިންބަފައިންނަކީ ތިބާއަށްވުރެ ދަށް ބައެއްކަމުގައި ދެކުމުގެ ފިޔައެވެ. އެދެމީހުން ބުނާ ކޮންމެ ވާހަކައަކާއި ދެކޮޅަށް ރައްދެއް ދިނުމުގެ ފިޔައެވެ. އެމީހުންގެ ކުރިމަތީގައި ކިބުރުވެރިވުމުގެ ފިޔައެވެ. އެހެނަސް އެމީހުންގެ ކުރިމަތީގައި ފިޔަތައް ތިރިކުރުމަކީ މި ފިޔަތައް ހުރުމާއި އެކީގައިވެސް ތިބާ އެ ފިޔަތައް ނެތްކަމަށް ބަލައި އެމީހުންގެ ކުރިމަތީގައި ނިކަމެތިވުމަށް ޚިޔާރުކުރުމެވެ.

    މި އާޔަތުގެ މާނަ ނެގޭ އެހެންވެސް ވަރަށް ރީތި ގޮތެއް އެބަ އޮތެވެ. ދޫންޏެއްގެ ޙަޔާތުގައިވާ އެހެން މަންޒަރަކަށް ނަޒަރު ހިންގާލުމުންނެވެ. ދޫންޏެއްގެ ހާއްޔެއްގައި ބިސްތަކެއް ތިއްބާ އެ ބިސްތަކުގެ ކައިރިއަށް ހަރުފައެއް ކަހަލަ އެއްޗެއް ކައިރިވާން މަސައްކަތް ކޮށްފިނަމަ، މަންމަ ދޫނި އެ ބިސްތަކުގެ މައްޗަށް އޭގެ ‘ފިޔަތައް ތިރިކޮށްލައެވެ.’ އެހެން ބަސްތަކަކުން ބުނާނަމަ އެ މަންމަ އަމިއްލަ ފުރާނައަށް ނުރައްކާކޮށްގެން ވެސް އޭގެ ދަރިން ސަލާމަތްކުރަން މަސައްކަތް ކުރެއެވެ.

    މީގައި ފޮރުވިފައިވި ފިލާވަޅަކީ އަހަރުމެންގެ މައިންބަފައިންވެސް އަހަރުމެން ކުޑައިރު އަހަރުމެން ރައްކާތެރިކުރި ކަމެވެ. ނުބައި ޠޫފާންތަކުންނެވެ. ހިތާމަވެރިކަމުންނެވެ. ބިރުވެރި ޚަބަރުތަކުންނެވެ. ހަމަ އެފަދައިން އަހަރުމެންނަށް ބާރު ލިބުމުން އެމީހުން ރައްކާތެރި ކުރުމަށްޓަކައި އަހަރުމެން ވެސް ‘ފިޔަތައް ތިރިކުރަން’ ޖެހެއެވެ. މާޒީގައި އެމީހުން އަހަރުމެން ރައްކާތެރިކުރި ކަންތަކުން އަހަރުމެން އެމީހުންވެސް ރައްކާތެރި ކުރުމަށްޓަކައެވެ.

    މާތް ﷲ އަޅަމެންނަކީ އަޅަމެންގެ މައިންބަފައިންނަށްޓަކައި ފިޔަތައް ތިރިކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

    *އުސްތާޒް ނުޢުމާންގެ ލެކްޗާރއަކުން ނެގިފައި

  13. Sidu says:
    August 25, 2019 at 10:18 pm

    Aameen

  14. Sidu says:
    August 25, 2019 at 10:21 pm

    Varah reethi varah furiham vaahaka ye mee adi bune dheefa huri hama varah rangalu vaahaka vaahaka

    1. Jana says:
      August 27, 2019 at 2:12 pm

      Alhamdhulillah! <3

  15. Aho0 says:
    August 25, 2019 at 11:06 pm

    Masha Allah ?❤️ v reethi story.. great hard work, keep it up ???
    Waiting for next part ?

    1. Jana says:
      August 27, 2019 at 2:13 pm

      Alhamdhulillah! Next part In Sha Allah maadhama

  16. Nattu says:
    August 26, 2019 at 7:20 am

    omg!!!! jana is baaaack

    1. Jana says:
      August 27, 2019 at 2:14 pm

      Alhamdhulillah! happy to be back too ^_^

  17. Anonymous says:
    August 26, 2019 at 8:01 am

    Heevey V kuruhenves, dhen ? avahah miah reply kurey

    1. Jana says:
      August 27, 2019 at 7:24 pm

      Anonymous varah vaahaka dhakkaane meehaku nethigen ulheyhen jana ah heevany. 😀 comment thakuga jana aa vaahaka dhekkyma baraabarah reply dheynan In Sha Allah ^_^ kurin reply kuri iru reply nukurevuny thankolheh dhigu javaabeh dheyn beynunvefa time eh nulibunyma. ekamaku aammugothegga reply kuraanan ingey? 🙂

  18. Fauu says:
    August 26, 2019 at 1:04 pm

    V reethi mi part vx???

    1. Jana says:
      August 27, 2019 at 2:14 pm

      Alhamdhulillah!

  19. Zuzu says:
    August 26, 2019 at 8:52 pm

    Sali

    1. Jana says:
      August 27, 2019 at 2:15 pm

      Alhamdhulillah! ^_^

    2. Jana says:
      August 27, 2019 at 2:15 pm

      Alhamdhulillah

  20. Anonymous says:
    August 27, 2019 at 12:57 pm

    Kurin kiyaifa oh vaahaka akaa vahtharu! Anehkaa “vidhun neiy javaahiru” mi vaahakain inspiration nagaafatha jana darling? no offence though ok! ☺️☺️

    1. Jana says:
      August 27, 2019 at 2:20 pm

      hehe….jana thi vaahaka nukiyan. generally dhivehi vaahaka thah jana nukiyaathaa mihaaru varah zamaan ves vejje ^_^

  21. Bestie says:
    August 27, 2019 at 3:26 pm

    Anonymous hajam kobbala. Kuruvegen kanboduvanyaa nukiyaa anyway v reethi vaakaka. Keep it up jana.
    ” MASHAALLAH”

    1. Anonymous says:
      August 27, 2019 at 6:47 pm

      Bestie thee jana bestie dho, jana bestie ge namuga comment, ekamaku dheenee naseyhai fulufulun liyefa eba hurey, namun islaam, kamakun noon dho??

    2. Jana says:
      August 27, 2019 at 7:15 pm

      Bestie ge comment liyuny jana kamah Anonymous qabool kuraanama eyga jana ah kureveyne ithuru kameh neh. haqeeqaiy molhah dhenevodigenvany maai Allah. jana ithurah ekan saabithu kohdheyn masakkatheh nukuraanan. 🙂 ekamaku ummeedhaky Anonymous ah ves mi vaahakain faidha eh kurun In Sha Allah. Maai Allah thiba ah heyo rahmaiy lavvaashi. Adhi alhamen emmennah hidhaayaiy ithuru kohdhevvai alhamenge medhugai dhebasvumuge badhalugai loaibaai rahmaiy lavvaashi. Ameen!

    3. Jana says:
      August 27, 2019 at 7:20 pm

      Bestie…jana ah bestie thi dhin hiyvvaru heyo hithun qabool koffin. Jazaakillah Khairan. ekamaku jana ge vaahaka kamudhaa kiyuntheriaku ehen kiyuntheriaku hiyhama nujehey gothah vaahaka dhekkyma dheravejje. 🙁 dhen egothah jana dhera nukurahchey bestie…abadhuves emmenna varah loabin vaahaka dhakkahchey ingey <3

  22. IsHa says:
    August 27, 2019 at 6:16 pm

    WOW mashaa allah

    1. Jana says:
      August 27, 2019 at 7:21 pm

      Alhamdhulillah!

  23. Shez says:
    August 27, 2019 at 6:50 pm

    Dhen kurey bunumunves hajam kobala, bestie men thi ulhey faadeh dho, ????

    1. Jana says:
      August 27, 2019 at 7:25 pm

      Shez dhen kudakoh chill kollama dho 😉

  24. Amina says:
    August 27, 2019 at 6:54 pm

    Readers, plz learn to digest negative comments. And be mature enough not to reply to those messages afterall it’s for the story they have commented, not to you. ?

    1. Jana says:
      August 27, 2019 at 7:28 pm

      and lets always be respectful about each others perspectives even when we give an advice dho Amina? 🙂

  25. Nadha says:
    August 27, 2019 at 7:00 pm

    Dhen some readers ah kuruvedhaane dho, different readers have different views, aharemen vejje miah vure thahuzeebuvaan, kuruhen heevedhaane maabodah interest vefa kiyaahithun indhaa nimuneema, ehen feel vedhaane, thihen ekahala comments ah reply koh dhimaakureema dhen goahun goahah dho kanthatha dhaanee, show love and respect and be good examples to everyone.

  26. Jana says:
    August 27, 2019 at 7:07 pm

    Jazaakillah Khairan kaseeran Nadha. 🙂 jana bunan beynunve e gadeega nubunevi huri vaahaka thah Nadha thibunely. hurihaa kiyuntherinves mi naseyhaiy qabool kurun edhen. jana ves amilla nafsattakai mi naseyhaiy mathin handhaan bahattaanan In Sha Allah. 🙂 ehchekey bunefinama ithurah goas vaanehen heevaa haalatheh nama himeynkan khiyaaru kurun. Jazaakillah Khairan once again <3

  27. Jana says:
    August 27, 2019 at 9:55 pm

    Assalaam’alaikum. Maadhamaa vaahaka up vaany haveeru 4 hikah haairu kamah bunelan In Sha Allah. Aammugothegga wednesday ga up vaany haveeru ^_^

Comments are closed.

Next Episodeވަޢުދު (ހަވަނަ ބައި)←


All Right Reserved!