ދުވަހަކީ ވިއްސާރަ ދުވަހަކަށް ވުމުން އަހަރެން ނިންމީ ސެކަންޑް ޔުނިފޯރްމް ލައިގެން ދިއުމަށެެެެވެ.. އަދި މަގުމަތީގައި ފެންބޮޑުވެފާ ހުންނާނެތީ ބޫއްޓު ތެމުނަ ނުދެން ފައިވާނަށް އެރިގެން ދާން ނިންމީމެވެ. ސީކުރެޓް ސެންޓުފުޅިން ގަޔަށް ވައި ކޮޅެއް ބުރުވާލުމަށް ފަހު ހިތު ތެރެއިން ހެނދުނު ކިޔާ ޒިކުރުތައް ކިޔަމުން ދަބަސް ހިފައިގެން އަހަރެން ނިކުތީމެވެ. މަންމަ ކުޑަ އެއް ހިފައިގެން އަހަރެން ސްކޫލަށް ލާންދިއުމައް ނުކުންނަނީއެވެ. ސްކޫލަކީ ވަރަށް ދުރު ހުންނަ ތަނެއް ކަމުން ހިނގާފަ ދާނަމަ ގާތްގަނޑަކަށް […]
މައްޝޫރު ވާހަކަލިޔުންތެރިއެއް ކަ މައްވާ ނަހުލާގެ ‘ މަންޖެ’ ވާހަކަ ކިޔަން ގެއްލިފާ އިން އަަހަރެން ގަޔަށް ހޭވެރިކަ މެއް އެރީ ޖަހާލި ބޮޑު ގުގުރި އަކުންނެވެ. ވާރޭ ވެހެ މުން ދާކަންވެސް އިހުސާސްވީ ހަ މަ އެވަގުތު އެވެ. އެއަށް ވުރެ ބޮޑަށް އަހަރެން އިނީ ވާހަކަައިގެ ތެރެއަށް ގެއްލިހުސްވެފައެވެ. ކޮޓަރީގެ އަލި ކުޑަދޮރުން ބޭރަށްއެޅިފާ ހުރު މުން ވާރޭ ތިކިތައް ގަހުގެ ފަތް ތަކުގަައި ބީހެ މުން ދާތަން ފެނެެއެވެ. އެ ހިއްގައި މު […]
ތިން މަސް ފަހެވެ. އަހަރެން ދިޔައީ ބައްޕައާއި އެކު ރަށުގެ އުތުރު ފަރާތުން ބަނދަރު ކައިރިއަށް މަސްބާނާށެވެ. މަސްބޭނުމާއި މަސްވެރިކަން ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެންކަމުން އާދަވެގެން ކޮންމެ ދުވަހަކު މަސްބާނަންދަމެެވެ. ކުއްލިއަކަށް އަހަރެންނަށް ފޯނެއް އައެވެ. “އައްސަލާމް އަލައިކުމް… ތިއީ ލިއާންތޯ ލިއާންގެ ދޮންބޭ މަގުމަތީގައި ތަޅައިގަނެފައި އޮތްތަން ފެނިގެން އަހަރެން ދެންމެ އޭނާ ހޮސްޕިޓަލްއަށް ގެންގޮސްދީފިން…. ލިއާންގެ ދޮންބެގެ ބުރަކަށި ވަނީ ބިންދައިގެން ގޮސްފަ… އެމަޖެންސީ ރޫމްގަ ފަރުވާދިނުން އެބަ ގެންދޭ” […]
” ގެޓްވެލް ސޫން ފައިޒާން… ދެން އަހަރެން މި ދަނީ” ޒިވިއާން މަޑުމޮޅި ރާގަކަށް ބުންޏެވެ. ބާރސެލޯނާ ޖާރޒީއެއް ލައިގެން ހުރި ޒިވިއާންގެ އަތުގައި ފުޓްބޯޅަ ކުޅޭ ބޯޅައެއް އޮތެވެ. ބޯޅަ ހިފައިގެން ޒިވިއާން މިސްރާބު ޖެހީ ދަނޑާދިމާލަށެވެ. ޒިވިއާން ދާތަން ބަލާން އިރުކޮޅެއް ވަންދެން ހުރުމަށްފަހު އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. ފުޓުބޯޅަ އަކީ އަހަރެންވެސް ވަރަށް ކުޅޭހިތްވާ ކުޅިވަރެކެވެ. ނަމަވެސް މިކަމަށް ވެސް ހުރަސް އަޅަނީ މަންމައެވެ. ނަސީބު ދިމާކުރިގޮތުގައި އަހަރެން ގެއަށް ވަންއިރު […]
ގަސްތަކުގެ ތެރެއިން ފުރޭނެމުން އައި ދޯދިތަކުން ހެނދުނު ގެ ހިތް ގައިމުކަން ހިތަށް ވެރި ކުރުވިއަސް އެ މާޙައުލު ގައި އެއްވެސް ދިރުމެއްނެތެވެ. ވަށައިގެން ނަޒަރު ހިން ގާލެވުނެވެ. އެވަގުތު ލޮލު ގައި އަޅައި ގަތީ ތަންކޮޅެއް ދުރުގައި ބަތްޕޮޅިއެއް ހިފައިގެން ހުރި ކުއްޖެކެވެ. އޭނާ ލައިގެން ހުރި ހެދުމު ގައި ވަނީ ބާކޮޅޮކޮޅު ހެދިފައެވެ. އޭނާ ގެ މޫނު ކިތަންމެ ރީތި ނަމަވެސް އޭނާ ބަރުދާސްތު ކުރަމުންދާ ހިތްދަތިކަން އެ މޫނުމަތިން ވަރަށް ރަން ގަޅަށް […]
ސައިކަލް މަޑުކޮށްލުމަށް ފަހު ކުޑޭ ވަނީ ކައިރީ ހުރި ފިހާރައަކަށެވެ. ކުޑޭ އަންނަންދެން އަހަރެން ސައިކަލްމަތީ މަޑުކޮށްލީމެވެ. އަހަރެން ބަލަން ހުރީ ދަނޑާއި ދިމާއަށެވެ. ******************************************************* ކުއްލިއަކަށް އަންހެން ކުއްޖަކު ދުވެފައި އަންނަތަން ފެނުނެވެ. އިސްކޮޅުން ދިގުވެފައި ހިއްކެވެ. މޫނު ވަށްވެފައި ދޮނެވެ. ރަތްކުލައިގެ ޖާރޒީ އަކާއި ނޫކުލައިގެ ޖިންސެއްލައިފައި ވީއިރު އޭގެ މަތިން ވަނީ އާދައިގެ ކަޅުކުލައިގެ ތިނެސްކަން ބުރުގަލެއް އަޅާފައެވެ. އެ ދޮން ރީތި މޫނުގެ ރީތިކަން އިތުރަށް ފުރިހަމަކޮށް ދެނީ ތުންފަތުގައި ޖައްސާފައިވާ […]
ފާލަމަށް ފެރީ ގާތްކުރުމާއި އެކު ދަބަސް ކޮނޑުގައި އަޅުވާ ލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިގުބާލުގައި އެމީހުންގެ ގާތް ތިމާގެ މީހުންނާއި ބައެއް ރަޙުމަތްތެރިން އައިސް ތިއްބެވެ. މާހައުލަށް ނަޒަރު ހިނގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެވަކި ދިމާއެއް ނޭނގިފައި ހުއްޓާ މާދުރުން ފިރިހެންވަންތަ ހިނގުމެއްގައި ބައްޕަ އަންނާނަން ފެނުނެވެ. އަހަރެން ބައްޕައާއި ދުރުގައި އުޅޭތާ މިހާރު ސަތާރަ އަހަރު ވެއްޖެއެވެ. ނަމަވެސް ބައްޕަ ދެކެ އަހަރެން […]