ފަތިހުގެ ފިނިން ޖައްވުގައި ވަނީ ފުސްކަމެއް އެކުލެވިފައި އެވެ. ރަށުގެ ބޮޑުމަގުން ފުއްޓަރު ފަރާތުން ހިނގާލާފަ އެއަންނަ އަންހެން ކުއްޖާގެ ހިޔާލުގައި ހިނގަމުން އެދަނީ ކޮންކަހަލަ ކަންތައް ތަކެއް ބާއެވެ. މަޑުހިނގުމެއް ގައި ހިނގާލާފައި އައިސް ވަރައް އާދައިގެ ގޮތަކައް ހަދާފައިވާ ގެއެއްގެ ދޮރާއްޓާއި ހަމައިން ހުއްޓި ފުން ނަޒަރަކުން ބަލައި ލުމަށްފަހު ދޮރާށި ހުޅުވާ އެތެރެއައް ވަދެއްޖެ އެވެ. “ދަރިފުޅާ ޒައީ މިހާފަތިހު ކޮންތާކުންް ތިއައީ އަނެއްކަ؟” ދޮރާށިން އެތެރެއަަށް ޒައިނާ ވަނުމާއި އެކު ގޯތި […]
ކުރިމަތިން ފެނުނު ސޫރައަކުން މިންހާ ގަނޑުވިއެވެ ***** އެހެރަ ކަސްރަތީ ހަށިގަނޑެކެވެ. ކަޅުކަންގަދަ ބުމައަކާއި ނޫ ކުލައިގެ ކަޅިރަވައެކެވެ. ކުރު އިސްތަށިކޮޅު ސްޕައިކް ޖައްސާލާފައި އިނުމުން ވަރަށް ” ހޮޓު” ވައްތަރެއް ޖަހައެވެ. މިންހާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. މިންހާ ސިހުނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އާލާ އައިސް ދިމާކޮށްލުމުންނެވެ. ” އިނދެގެން އުޅޭތަން ތޯއްޗެއް އެ ކުލަކުރަނީ. ޕިސް ޕިސް ޕިސް މިންހާ އަންގައިވެސް ނުލާ ތިޔަ ކައިވެނި ކުރީ ވިއްޔަ ދޯ. ޕިސް ޕިސް […]
މަލާކަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާ ކުރި ހިނދުވެސް އޭނަގެ ތަޤްދީރުގައި އެ ހުރިހާ ދުޢާއެއް އިޖާބަވެފައިވިކަމެވެ. އޭނައަށްޓަކައި އެންމެ ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުގައިވާ ލޯބިފުޅު އެނގުންވިނަމަ އޭނަގެ ހިތަށް މާ ބޮޑަށް އަސަރުކުރީސްކަމެވެ. އަދި އޭނައަށްޓަކައި އެކަލާނގެ ރާއްވަވާފައިވި ރޭވުންތައް ފެންނާނެނަމަ އެކަލާނގެއަށްޓަކައި ލޯބިން ހިތް ކުދިކުދިވެގެންދާނެކަމެވެ. މަލާކް ދުޢާކުރަން ފެށި ވަގުތުއްސުރެ އޭނަގެ ކަރުނަތައް ހުއްޓިފައިވިކަން އޭނައަށް އެނގުންވާން ހިނދުކޮޅެއްނެގިއެވެ. ހަމަ އެ ވަގުތު އޭނަގެ ފޯނު އެލާމްވާން ފެށުމުން މަލާކަށް […]
“އަހަރުމެން ބުނާ އެއްޗަކާ ދެކޮޅު ހަދަން ތީ އަދި ކާކުތަ؟ އެނ؟” ފަރުޒާނާ އެހެން ބުނެލީ އޭނަ ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މަލާކަށް އެ ދައްތައާއި ދިމާލަށް ބަލާލެވުނީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. ވަރަށް ބޮޑުކަމެއް ގޯސްކޮށް ވާންއުޅޭ ކަމުގެ އިންޒާރެއް އޭނަގެ ސިކުނޑި ދިނެވެ. މަލާކް ބަލަބަލާ ހުއްޓާ ރުޅިވެރި މޫނަކާއެކީ ފަރުޒާނާ އޭނަގެ ކައިރިއަށް އައިސް ބުރުގާގެ މަތިން އޭނަގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ. ވީ ތަދާއެކީ މަލާކްގެ އަނގައިން […]
“ނަދާ އަޔާއާ އެކީ އުޅެން ބޭނުން ނުވެދާނެތަ؟ އަޔާއަށް ގޯހެއް ހެދުނީތަ؟” ނިހާލް އެހިއެވެ. އަނގައިން ނުބުނެ އަޔާޒް ބޯ ޖަހާލިއެވެ. “އެއްވެސް ގޮތަކުން ނަދާއަށް ދެރައެއް ލިބިގެން ނުވާނެ އަޔާ، ލޭގެ ގުޅުމެއް ނެތަސް އެއީ އަހަރެންގެ ކޮއްކޮއެއް، އޭނައަށް ގޮތެއް ވެއްޖެއްޔާ އަޔާ ޖެހޭނެ އަހަންނަށް ޖަވާބު ދޭން” ނިހާލް ބުނެލިއެވެ. އަޔާޒް ބުނި ގޮތުން ނިހާލް ނިންމީ އަޔާޒް ނަދާއަށް ބޭވަފާތެރި ވީ ކަމުގައެވެ. ނަމަވެސް ހިތަށް ހަމަ ޖެހުމެއްވެސް ލިބުނީ އެކަމާ […]
ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ގަޔަށް ދޫކޮށް ހުރި ގަދަ ނޫކުލައިގެ ހެދުމެއްގައެވެ. އަޅައިގެން ހުރި ކަޅު ޝޯލްގެ ތެރެއިން އެ ދޮން މޫނު ދިއްލިލާފައިވާ ގޮތުން ކައިލަންގެ ހިތުގައި އެ ސޫރަ ކުރެހިގެން ދިޔައެވެ. ******** ހިނިތުންވެލަންވެސް ހަނދާންނެތިފައި ކައިލަންއަށް ހުރެވުނީ އެކުއްޖާގެ މޫނަށް ބަލާށެވެ. ކަޅިރަވަ ރީތި އެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން އޭނަ ބޭނުންވިއެވެ. “ސޮރީ…” ކައިލަންގެ އަޑު ނުކުތީ ކިރިޔާއެވެ. ކައިލަންގެ ހިތުގެ ހިމަ ނާރުތަކުގައި ދަތުރުކޮށްލި އޮއިވަރުގެ […]
އިރުކޮޅަކު އެހެން އޮތުމަށްފަހު އަހަރެން ތެދުވެގެން ބަދިގެއަށް ވަނީމެވެ. ވަޅިސެޓުގައި އޮތް އެންމެ އަތަށްހެޔޮވަރު ވަޅި ނަގައި ހެދުންތެރެއަށްލައި ފޮރުވައިގެން ކޮޓަރިއަށް ވަނީމެވެ. އެދުކައިރިއަށްގޮސް ބާލިސްދަށުގައި ވަޅި ބޭއްވުމަށްފަހު އޮށޯތީމެވެ. އެރޭ ދަންވަރެވެ. ބޮޑުބޭބެ ކޮޓަރިއަށްވަންއިރު އަހަރެން އޮތީ ނިދާކަމަށް ހެދިގެންނެވެ. ބޮޑުބޭބެއައިސް އަހަރެންގެ މަގަތުގައި އޮށޯތުމުން އަހަރެން މަޑުމަޑުން އަތަށް ވަޅި ހެޔޮވަރުކޮށްލީމެވެ. ވަޅި ބަދިގެއިން ކޮޓަރިޔާ ހަމައަށް ގެންނަން ހިތްވަރުލިބުނަސް އެވަޅި މަޅާލާކަށް އަހަންނަކަށް ނުކެރުނެވެ. ވަރަށް ހިތްވަރުކުރީމެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ […]
ފަތިހުގެ ފިނިފިނި ވަގުތެވެ. މިންހާ އަށް ހޭލެވުނީ ފޯނުގެ އެލާމުގެ އަޑަށެވެ. ދެލޯ އުނގުޅަމުން ތެދުވެ، އޭނާ ފާހާނައަށް ވަނެވެ. މިންހާ އަކީ އުމުރުން 20 އަހަރުގެ އަންހެން ކުއެޖެކެވެ. މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއްކަން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިނަމަވެސް އެނގޭނެއެވެ. ފާރުތަކުގައި ވަނީ ލޮލަށް ފަސޭހަ މަޑުމަޑު ފިޔާތޮށި ކުލައެއް ލެވިފައެވެ. އެނދުގެ ބެޑްޝީޓާއި ބާލީސްތައް އަދި ކުއިލްޓުވެސް ވަނީ ފިޔާތޮށި ކުލައިންނެވެ. ދޮރުފޮތިތަކުގައި ހުރީ ގަދަ ފިޔާތޮށި ކުލައިން ފަރުމާ ކޮށްފައެވެ. […]
މިލްނާ އާއި މިލްހާންގެ ޒުވާބު ހުއްޓުނީ ގޭގެ ދޮރުފަތް ހުޅުވާލާފައި ވަތް ނުދަންނަ ޒުވާނާ ފެނުމުންނެވެ. ****************************************** ހަމުގެކުލަ އަލި، އިސްކޮޅުން ދިގު އެޒުވާނާއެކޭ ފިލްމީތަރިއެކޭ ތަފާތެއް ނެތެވެ.އެހެނީ އެ ޒުވާނާއަށް ލިބިފައިވަނީ ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފަދަ ރީތިކަމެކެވެ. އެ ވަރުގަދަ ބުމައާއި އެއްވެސް އައިބެއް ނުވާ އެމޫނުގެ އިތުރުން އެ އަޑި ނޭނގޭ ފުން ކަނޑެއްފަދަ ދެލޮލުގެ ތެރެއަށް ގެނބި ނުދާނޭ އަންހެންކުއްޖެއް މި ދުނިޔޭގައި ނުވާނެކަން ގައިމެވެ. ލައިގެން ހުރި ކަޅު ހިމަ […]