Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 6

Emm Level 3100 Comments10 Stories100 Login
August 24, 2019 One Min Read
42 Comments

ދޯނި ފަޅަށް ވަން އިރަށް ދެތިން އަންހެންކުދިން ފިޔަވާ އެހެން އެންމެން މޫދަށް ފުއްމާލައިފިއެވެ. މަލްޝާ މޫދަށް ދެފައި ލައިގެން އިނީ އެމީހުން މޫދުގައި ޖަހަމުން ދިޔަ ސަކަރާތް ބަލަން ހެވިފައެވެ. މަލްޝާ އެކަނި ބައިންދާފައި ދާން ބޭނުންނުވާތީ އަޒާން މަލްޝާ ކައިރީގައި އިށީނދެލައިގެން އިނެވެ. ދެފައިން ލޮނުގަނޑުގައި ތަޅަމުން ފެން ބުރުވަމުން އުޅުނު މަލްޝާގެ ހަރަކާތްތައް ހަ އަހަރުގެ ތުއްތު ކުއްޖަކާ ތަފާތެއް ނެތެވެ. އަޒާން އިނީ މަލްޝާގެ ކޮންމެ ހަރަކާތަކަށް ފާރަވެ ބަލާށެވެ. މަލްޝާގެ ކޮންމެ އަދާއެއްގައިވެސް ހިތްތައް ކަތިލާފަދަ ބާރެއް ހުއްޓެވެ. މަލްޝާ މަޑުމަޑުން އިނދެފައި ކުއްލިއަކަށް އަތުން އަޒާންއާ ދިމާލަށް ފެން ބުރުވާލުމުން އަޒާންއަށް ދެލޯ މަރާލެވުނެވެ. ލޮލަށް އަރައިގެން ދިޔަ ދިލައިންނެވެ. މަލްޝާ ކަންބޮޑުވެފައިވާ އަޑަކުން އަޒާންއަށް ގޮވާލަމުން އަޒާންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން އެ ދެ ލޮލަށް ފުމެލިއެވެ. އަޒާންއަށް މަލްޝާގެ ހޫނު ނޭވާ އިހްސާސްކުރެވުމުން ލޯ ހުޅުވާލި އިރު މަލްޝާ އިނީ އޭނާޔާ ޖެހޭ ނުޖެހޭ ހާ ކައިރީގައެވެ. އޭނާގެ ތުންފަތް މަލްޝާގެ ކަރުގައި ޖެހިފައިވެއެވެ. އަޒާންއަށް އޭނާގެ އިހްސާސްތައް ބާރުގެ ދަށަށް ގެނައުންވީ އުނދަގޫ ކަމަކަށެވެ.

މަލްޝާ އިސްތިރިކޮށްލުމާއެކު އަޒާންގެ މުށިކުލައިގެ ލޮލުގެ ތެރެއަށް ދަމައިގަތް ފަދަ އިހްސާސެއް ކުރެވުނެވެ. ހަތަރުކަޅި ވަކިކޮށްލުމާއެކު އަޒާންގެ ކަޅި މަޑުމަޑުން ތިރިއަށް ދަތުރުކުރިއެވެ. މަލްޝާގެ ފިޔާތޮށިކުލައިގެ ތުނި ތުންފަތާ ހަމައަށެވެ. ” އުހުމް… އުހުމް… ” މީހަކު ކަރުކެހިލި އަޑަށް އަޒާންއާއި މަލްޝާއަށް ދުރަށް ޖެހިލެވުނީ ސިހިފައެވެ. ބަލާލިއިރު ލަޔާން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ލޮލުގައި އަތް އަޅައިގެން ހުއްޓެވެ. ” ސާބަސް ތިދެ މީހުންނަށް… އެންމެން ދޯނިން ފައިބައިގެން ދިޔައިރުވެސް ތި ތިބެނީ ވިއްޔަ ރޮމޭންސް ކުރަން… މިތާ ރޫމްސް މަދިއްޔެއް ނޫނިއްޔަ… އަހަރުން މި ޖެހެނީ ލަދުން ލޯ މަތީ އަތް އަޅައިގެން ތިބެން… މިހާރު ނިމިއްޖެތަ ތި ކުރާ ކަމެއް… ” މަލްޝާގެ މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައިރު އަޒާންވެސް އިނީ ލަދުން ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ދެމީހުންނަށްވެސް ސިއްރުން އެކަކު އަނެކަކަށް ބެލެނީ އިޚްތިޔާރުން ބޭރުގައެވެ. ” ޕިސް ޕިސް ޕިސް… އަދިވެސް ފައިބާކަށް ނުވޭ؟! އަހަރެން ދިޔައީމަ ކޮންޓިނިއު ކުރަން ވިސްނައިގެންތަ ތި ތިބެނީ؟! ” ލަޔާން މާސްކެއް ހިފައިގެން ފައިބައިގެން ދަމުން އަނެއްކާވެސް އެމީހުންނާ ދިމާކޮށްލިއެވެ. މަލްޝާ އިނީ އަޒާންއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. އަޒާންގެ ހާލަކީވެސް މިއެވެ. ” ހިނގާ ފައިބަން… ” މަލްޝާ އިސްނުނަގާނެހެން ހީވި ވަގުތުކޮޅަކަށްފަހު އަޒާން ވާހަކަ ދެއްކިއެވެ. މަލްޝާ އަޒާންގެ ފަހަތުން ފައިބަން ހިނގައިގަތެވެ. ފަތަން ނޭނގޭތީ މަލްޝާ ހުރީ ބިރުންނެވެ. ނަމަވެސް އަޒާން ކައިރީ އެހެން ބުނާކަށް މަލްޝާއަކަށް ނުކެރުނެވެ.

އަޒާން މޫދަށް ޑައިބެއް ޖެހުމަށްފަހު މައްޗަށް އަރާ ބަލާލިއިރު މަލްޝާ ނުފައިބާ ހުރުމުން މަލްޝާއަށް ގޮވާލުމަށްފަހު ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ” ފަތަން އިނގޭތަ؟! ” އަޒާން ދޯނީގައި އަތް އަޅުވާލަމުން ބުނެލިއެވެ. މަލްޝާ ދެ ފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަޒާން މަލްޝާ ކައިރީ އިށީނުމަށް ބުނެލުމުން ނުތަނަވަސްވެފައި ހުރެ މަލްޝާ ބޭރަށް ދެފައި ލައިގެން އިށީނެވެ. އަޒާން ފުން ނޭވާއެއްލީ ނަފްސު ތައްޔާރުކޮށްލުމުގެ ގޮތުންނެވެ. އަޒާންގެ އަތް މަލްޝާގެ އުނަގަނޑުގައި ވަށާލުމަށްފަހު މަލްޝާ ހިއްލާލަމުން ތިރިއަށް ބޭލިއެވެ. ލިބުނު ސިހުމުގައި މަލްޝާގެ އަނގައިން ތޫލި ހަޅޭކެއްގެ އަސަރު ބޭރުކޮށްލެވުނެވެ. މަލްޝާ ތެޅިގަތް ގޮތުން އަޒާން އާ އެކު މަލްޝާވެސް ދިޔައީ އަޑިއަށެވެ. ” މަލްޝާ… އިޓްސް މީ… އަޒާން އޭ… ” އަޑިއަށް ގޮސްފައި މައްޗަށް އެރުމާއެކު އަނެއްކާވެސް މަލްޝާ ތެޅިގަތް ގޮތުން މަލްޝާގެ އަނގައަށް ލޮނު ވަނެވެ. އަޒާންގެ ދެއަތް މަލްޝާގެ ހަށިގަނޑުގައި ވަށާލުމުން މަލްޝާ މަޑުމަޑުން ހަމައަކަށް އެޅުމެމުން ދުރުވެލިއެވެ. ” ޔޫ އޯކޭ؟! ” އަޒާންގެ ލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި އަޅާލުމެވެ. ” ސާބަސް ކޫޑިގަނޑާ… އަބަދު އައްޓަ މަހެއް ހެން އަޒާންގެ ގައިގައި ތަތްވެގަނެގެން އެބަ އޮވެއެއްނު… ” ޒޭބާގެ ދުލުން ބޭރުކޮށްލި ބަސްތައް ރުވާފަ ދޫކޮށްލި ތީރު ތަކެއް ފަދައިން މަލްޝާގެ ހިތް ފޫ އަޅުވާޅާފައި ދިޔައީ ލޯ ކަރުނުން ތެންމާލާފައެވެ. މަލްޝާގެ ފެންކަޅިވެފައިވީ ދެލޯ ފެނުމާއެކު އަޒާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. ” މަލްޝާއާ ދިމާލަށް ތިހެން ބުނަން ވަކި ރީތި މީހެއްތަ ތީ… ތީ ހަމަ ހަވަރު ތުންފުއްސެއް… ލަދެއް ހަޔާތެއް ނެތިގެން އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ… ” އަޒާން މަލްޝާގެ ދިފާއުގައި ނިކުތީ އައްޑަނައެއް ފަދައިންނެވެ. ” އަޒާންއަކާ ނޫނެއްނު މި ވާޙަކަ ދައްކަނީއެއް… ދެން ކޮބައިތަ އަޒާން އޭނާގެ ދިފާއުގައި ނިކުތުމުގެ ބޭނުމަކީ… އަޒާން ބުނެބަލަ… އަހަރެންގެ ކޮން ސިފައެއްތަ އެ މަލްޝާއަށް ވުރެ އެންމެ ތަންފުކެއްވެސް ހުތުރީ… ބުނެފިއްޔާ އަހަރެން ބުރުގާވެސް އަޅާފާނަން… ” ޒޭބާގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ހުރި އިރު އަޑުގައިވީ މަޑުމޮޅިކަމެވެ. ޒޭބާގެ މިޒާޖާއި ނުބައްދަލު ސިފައެއް ފެނުމުން އަޒާން ހުރީ ހައިރާންވެފައެވެ. ނަމަވެސް އެކަން ދައްކާކަށް އަޒާން ބޭނުމެއް ނުވިއެވެ. ” ހަމަ ހިތަށް އަސަރުކޮށްލަ ކޮށްލާ ހުންނަން ޖެހޭނީ… އެއްކަމެއް ވެސް ނުވާނެ… އެހެންނޫނަސް ކާކު ތި ކަހަލަ ބަޑި އަންހެނެއް ބޭނުންވާނީ… ” އަޒާން މަލާމާތުގެ ހިނިތުންވުމެއް ޒޭބާއަށް ހަދިޔާކޮށްލަމުން ބުނެލިއެވެ. ޒޭބާގެ ލޭ ކެކިގަތް ގޮތުން ދެންމެ ދެންމެ އަތުން ފައިން ގޯހެއް ހެދި ދާނެހެން ހީވިއެވެ. އަޒާން އަކަސް އޭނައާ ދިމާލަށް އެފަދަ އެއްޗެއް ނުބުނެވޭނެއެވެ. ” ޒޭބާ… ” އީވާ ގޮވާލި އަޑު އިވުމުން އަޒާންއަށާ މަލްޝާއަށް ނަފްރަތުގެ އަލިފާނުން ހޫނުވެފައިވީ ނަޒަރެއް ދެމުން އެނބުރި އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ޒޭބާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ގެއްލިފައި ހުރި މަލްޝާއަށް ގޮވާލަމުން އަޒާން އެއްގަމަށް އަރަން ހިނގައިގަތެވެ. ލޮނުގަނޑުގެ ފިނިކަމުން ކަށިތައް ތޮރުފާލަފާނެ ހެން ހީވުމުންނެވެ. މަލްޝާވެސް ހުރީ ހީކަރުވާ ގޮތްވެފައެވެ. ހަށިގަނޑުގައި ދެއަތް ވަށާލައިގެން ހުރެ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައީ ވެލިގަނޑަށް ފައި ވައްދަމުންނެވެ. އެއްގަމަށް އެރުމާއެކު އަޒާންއަށް ވަރުބަލިވެގެން ވެލިގަނޑުގައި ޖައްސާލެވުނެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު މަޑު ހިނގުމެއްގައި އައި މަލްޝާ ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. އިޚްތިޔާރުން ބޭރުގައެވެ. މަލްޝާ ލައިގެން ހުރި ސްވިމިން ސޫޓް ގައިގައި ތަތްލާފައި ވުމުން އެ ރީތި ހަށިގަނޑުގެ ބައްޓަން އެނގެއެ ފެންތިކިތައް އެ އޮމާން ތުންފަތުގައި ހަރުލާފައި ހުރި ގޮތުން އަޒާންގެ ގައިން ހީބިހި ހަލުވާލިއެވެ. ހިތުގެ ހިނގުން އަވަސްވެ އަތްފައި ފިނިވާ ގޮތްވިއެވެ. މަލްޝާ އައިސް ޖައްސާލީ އަޒާން ކައިރީގައެވެ. އެ ނޫން އެކުވެރިއަކު ނެތުމުން މަލްޝާއަށް އަޒާން އާއެކު ހުންނަން މަޖުބޫރެވެ. ނުދަންނަ މީހަކު ކައިރީ ހުރުމަށް ވުރެ ކިތަންމެ ލަދު ގަތަސް އެ ގޮތް މާ ރަނގަޅުވީމައެވެ. ރައްކާތެރިކަން އިހްސާސްކުރެވޭތީއެވެ. މަލްޝާ އިސްޖަހާލައިގެން އިނދެ ގާކޮޅަކުން ވެލިގަނޑުގައި ކުރަހަމުން ދިޔައިރު އިރުގެ ރަން އަލި އޭނާގެ މޫނަށް އެޅިފައިވުމުން ޖާދުވީ ގޮތެއް ހުއްޓެވެ. އިރުގެ ދޯދިތަކުން ހޫނުކަން ލިބިގަންނަމުން މަލްޝާގެ ހަށިގަނޑުގެ ފިނިހޫނުމިން  އެއްވަރަށް ބެހެއްޓޭތޯ މަލްޝާ ބެލިއެވެ. މަލްޝާގެ ހަށިގަނޑު ފިންޏަށް ބަލިވީމައެވެ.

” ސައިބޮއެފިން؟! ” އަޒާން އަހާލުމުން މަލްޝާ ނޫނެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. ” ހިނގާ ސައިބޯން ދާން… ” އަޒާން ވެލިގަނޑު މަތިން ތެދުވެ ލައިގެން ހުރި ހުދުކުލައިގެ ސޯޓުން ވެލި ފޮޅާލިއެވެ. މަލްޝާވެސް ތެދުވެގެން ހިނގައިގަތީ ސައިބޯން ދިއުމަށެވެ. ކުނައެއްގެ މަތީގައި ސައި ތައްޔާރުކޮށްފައި ހުރި އިރު ދުރުގައި ހުރި ގަހެއްގެ ދޮށުގައި އެންމެން ކަހަލަ ގޮތަކަށް ސަޔަށް އިންސާފުކުރަމުން ދިޔައެވެ. މަލްޝާއާ އަޒާން ތައްޓަށް އެއްޗިހި އެޅުމަށްފަހު މިސްރާބު ޖެހީ އަތިރިމައްޗާ ދިމާލަށެވެ. އިސްޖަހައިގެން ހުރެ ހިނގަމުން ދިޔަ މަލްޝާ، ކުރިމަތިން މީހަކު އަންނަ ކަމެއް ނުދެނަ ހުއްޓެވެ. އެމީހަކު އައި ގޮތަށް އައިސް މަލްޝާގެ ގައިގައި ޖެހިގަތީ ގަސްދުގައިކަން އެމީހާގެ އަމަލުތައް ހުރި ގޮތުންވެސް އިނގެއެވެ.

މީހެއްގެ ގައިގައި ޖެހިފައި ހިފަހައްޓައިގެން ކޯކު ތަށި އެމީހެއްގެ ގަޔަށް ވެރުމުން މަލްޝާއަށް އިސްއުފުލާ ބަލައިލެވުނީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. ކުރިމަތީގައި ހުރި މީހާ ފެނުމާއެކު މަލްޝާގެ ލޯ އިހުނަށް ވުރެ ބޮޑުވެގެން ދިޔައެވެ. އަވަސް ހަރަކާތަކާއެކު އެމީހާ އާ ދުރަށް ޖެހިލުމަށްފަހު ސޮރީ އޭ ބުނެލީ ތުރުތުރުލަމުން ދިޔަ އަޑަކުންނެވެ. އަދި އެނބުރި ހިނގައިގަތެވެ.

ދެބުމަ ގޮށްޖަހައިގެން ހުރެ ރައުލް ފަސް އެނބުރި ހިނގައިގަތް މަލްޝާގެ އަތުގައި ހިފާ އޭނާއާ ވީ ފަރާތަށް އަނބުރާލިއެވެ. މަލްޝާގެ ދެލޮލުން ފެނުނީ ސިހުމާއި ހާސްކަމެވެ. ރައުލް ލޮލުގެ އިޝާރާތުން އޭނާގެ ގަޔަށް ކޯކު ވެރިފައި ހުރި ތަން ދައްކާލިއެވެ. މަލްޝާއަށް ސިހިފައި ބަލާލެވުނީ އިތުރު މީހަކު ބަލަން ހުރި ތޯއެވެ. ލޮލަށް ފެންނަ ހިސާބުގައި އެކަކުވެސް ނެތެވެ. އެންމެންހެން ވީ ރަށުތެރެ ބަލާލުމަށް ގޮހެވެ. އަޒާންއަށް އަދިވެސް މަލްޝާ ފަހަތުން ނާންނަކަން އިނގުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާ އަތިރިމައްޗާ ދިމާލަށް ގޮސް ގެއްލިއްޖެއެވެ. މަލްޝާއާ ރައުލް ފިޔަވާ އިތުރު މީހަކު އެތާކު ނެތެވެ. މަލްޝާގެ ހިތަށް ބިރުވެރިކަން ވަނީ ފުރަތަމަ ރައުލްއާ ބައްދަލުވި ރޭ ކަންތައް ހިނގާ ދިޔަ ގޮތް ހިތަށް އަރާފައެވެ. ހިތުގައި އުފެދުނު ބިރުވެރިކަމުގެ ރާޅު ބާންޏާއެކު މަލްޝާ ރައުލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ހަމަ އެހާ އަވަހަށް އިސްޖަހާލައިފިއެވެ. ރައުލްގެ ބަލާލުމުގައި އެ ހުންނަ އޮއެވަރުގައި ޖެހި ނިމިދާކަށް މަލްޝާ ބޭނުމެއް ނުވެއެވެ. ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރި ކުރުވައިގެން ހުރެ ރައުލް އަތުގެ އިޝާރާތުން އޭނާގެ ފަހަތުން އައުމަށް ބުންޏެވެ. އިތުރު ގޮތެއް ނެތުމުން މަލްޝާ ރައުލްގެ ފަހަތުން ހިނގައިގަތެވެ. ހާސްވެފައި ހުރެ ދެފަރާތަށް ބަލަމުންނެވެ. އަޒާން އަންނާނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. ރައުލް އެތާ އޮތް ކުނަލެއްގެ މަތީގައި ހުރި ފެންކޭހަކުން ފެން ފުޅިއެއް ނަގައިގެން ހިނގައިގަތީ ވަލާ ދިމާލަށެވެ. ” ކޮން ތާކަށް ތި ދަނީ؟! ” ފިނިވެފައި ހުރެ މަލްޝާ އަހާލިއެވެ. ” މިތާ ތިއްބާ މީހަކު އައިސް ދާނެއްނު… އޭރުން އަހަރުން ދެމީހުންނޭ ކިޔައިގެން ވާހަކައެއް ފަށާފާނެ އަނެއްކާ… އޭރުން މަލްޝާއަށް ހަމަ ދެރަ ވާނީ… ސްކޫލަށް ދާ ފުރަތަމަ ދުވަހު މަލްޝާގެ ނަން ހަޑިވާ ގޮތަށް މީހުން ވާހަކަ ދެއްކީމަ… އެހެންވެ މިދަނީ މީހަކަށް ނުފެންނަ ހިސާބަށް… އޯކޭ؟! ” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރައުލް ބުނެލިއެވެ. މަލްޝާ ހުރީ ހައިރާންވެފައެވެ. ރައުލް މިހާ ވަރަށް އޭނަޔާ ދޭތެރޭ ވިސްނަން ފެށީ ކޮންއިރަކު ބާއޭ ހިތަށް އެރިއެވެ. މަލްޝާވެސް މާ ބޮޑު ވިސްނުމަކާ ނުލާ އޯކޭއޭ ބުނެލީ ރައުލް ދެއްކީ ރަނގަޅު ވާހަކައެއްކަން އިނގޭތީއެވެ.

  • * * * * * * * * * * *

އަޒާން ބިންމަތީގައި އިށީނދެ އިނދެ އިންތިޒާރުކުރަމުން ދިޔައީ މަލްޝާ އަންނާނެ އިރަކަށެވެ. މަލްޝާ ނައިސް މާ ގިނައިރު ވާން ފެށުމުން އަޒާންގެ ހިތް ބިރުގަންނަން ފެށިއެވެ. އެކި ކަހަލަ ވަސް ވާސްތަކާއި ވަހުމްތައް ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ތެދުވެގެން ހިނގައިގަތީ މަލްޝާގެ ނަމުން ގޮވަމުންނެވެ. ކާއެއްޗިހި ބަހައްޓާފައި ހުރި ކުނާ ކައިރިއަށް ދިޔައިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަޒާން އެތަން ވަށައިގެން ހޯދަމުން ދިޔައިރު ހިތާހިތުން ދުއާ ކުރެވުނީ މަލްޝާއަށް ދެރަ ގޮތެއް ނުވޭތޯއެވެ. ހިތް ނެގި ނެގިފައި ޖެހެމުން ދިޔަ ބާރު މިނުން ދެންމެ ދެންމެ މޭ ފަޅާލާފައި ނިކުމެ ދާނެހެން ހީވާ ފަހަރު މަދެއް ނޫނެވެ. އަޒާން ކުރިން އެމީހުން ކުރިން ތިބި ހިސާބުން ފެށިގެން އެންމެން ކާން ތިބި ހިސާބު ދެތިން ފަހަރު ބެލި އިރުވެސް މަލްޝާގެ ހިލަމެއް ނުވިއެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެ ދެން ހަދާނެ ގޮތަކާ މެދު ވިސްނަމުން ދިޔަ އަޒާންއަށް މަލްޝާގެ ފޯނަށް ގުޅަން ހިތަށް އެރިއެވެ. ކަނިވެގެން ދިޔަ އުންމީދުގެ ހުޅުކޮޅަށް ކާނާ ލިބިގެން ދިޔަ ފަދައެވެ. އަޒާންއަށް ޖީބުގައި އަތް ޖައްސާލެވުނީ ފޯނު ނެގުމަށެވެ. ނަމަވެސް ފޯނު ނެތްކަން ހަނދާންވީ ދެނެވެ. މަލްޝާވެސް ފޯނު ދަބަހަށްލީ އޭނަ ބަލަން ހުއްޓައެވެ. އަޒާންގެ އުންމީދުގެ ކަނި ކޮޅު ނިވުނު ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. މަލްޝާ އާދޭތޯ އިންތިޒާޜުކުރުން ނޫން އެހެން ގޮތެއް ދެނެއް ނެތެވެ.

  • * * * * * * * * * * *

ރައުލް ގޮސް ހުއްޓިލީ ކުޅިއެއްގެ ކުރިމައްޗަށެވެ. ވަށައިގެންވީ ފެހިކުލައިގެ ގަސްތަކުން އެތަން ވަނީ ހިޔާކުރެވިފައެވެ. މާހައުލުގައި ހިފާފައިވަނީ ތެތް ފިނިކަމެވެ.  ފަހަތުން އައި މަލްޝާވެސް ރައުލް ހުއްޓުމުން ފިޔަވަޅުތައް މަޑު ޖައްސާލިއެވެ.

= ނުނިމޭ =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

އިލްޒާމު-2

Next

ވަޢުދު (ފަސްވަނަ ބައި)

Next
August 25, 2019

ވަޢުދު (ފަސްވަނަ ބައި)

Previews
August 24, 2019

އިލްޒާމު-2

42 Comments!

  1. monkey6652086 says:
    August 24, 2019 at 7:25 pm

    Mee first dhw

  2. Jairu says:
    August 24, 2019 at 7:44 pm

    Wow me first dho. Mi part maa reethi. Love ur story. Keep it up??????kon iraku next part dear. Waiting. Good luck for the next.????????????????????????????????????????????????❤❤❤❤❤?❤?❤?❤?❤?❤?❤?❤?

    1. Emm says:
      August 24, 2019 at 9:00 pm

      Yey… ??? U got first… ??? Congrats… ??? n btw thanks darling… ♥️♥️♥️ Next part in sha Allah next fridayga .. ☹️☹️☹️ sorry to say this but I’ll have a workshop next week… So I’ll b really busy

    2. Jairu says:
      August 24, 2019 at 9:21 pm

      Its okay. I understand. I can wait for next Friday. Best of luck for the workshop

    3. Jairu says:
      August 25, 2019 at 12:29 pm

      Its ok. I understand.. best of luck for next part.. waiting for next friday..love ya.??????????

    4. Emm says:
      August 25, 2019 at 8:36 pm

      Love u more… ??? Thanks for being such an understanding one… ❤️❤️❤️??????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️

  3. winkel angie says:
    August 24, 2019 at 7:51 pm

    Awesome….. Speech less.. Just Speech less…. ?❤️???????????????❤️❤️❤️????????????????????

    1. Emm says:
      August 25, 2019 at 8:37 pm

      Awwwnn… ??? Thank u so much for the sweet comment… ?????????????????♥️♥️♥️♥️❤️❤️❤️❤️❤️ Luv yuh ♥️♥️♥️???

  4. jiji says:
    August 24, 2019 at 8:21 pm

    Me third dhw..kiyaafa comment eh kohlaanan ingey em???

    1. winkel angie says:
      August 24, 2019 at 8:24 pm

      Hey… Jiji ge inthizaaruga ey i mi hunnany… ???

    2. winkel angie says:
      August 24, 2019 at 8:27 pm

      How old r yuh jiji?

    3. jiji says:
      August 24, 2019 at 8:43 pm

      Im 2 years younger than u..kury part ga bunelaafa ihnaaane sissyy

    4. Emm says:
      August 25, 2019 at 8:38 pm

      Yh mi faharu 3rd dhw… ??? Better luck next time… ???

  5. jiji says:
    August 24, 2019 at 8:52 pm

    Em..raul kairii buney mal aa dhuruga huhnaashey..Axaan aa mal aa maa gulheyey..Nd axaan haadha gadha ey dhw zeyba ehfaharun kada aruvaaee???..em kon irakun next upkohlaany..waiting ingey..ly???❤❤❤

    1. winkel angie says:
      August 24, 2019 at 9:19 pm

      ???jiji ge comment kiyaafa Hama hini gandeh falhaa leveyny….

    2. Emm says:
      August 25, 2019 at 8:43 pm

      Aan bunaanan ingey… ??? Azaan n Mal ♥️ so cute dhw… Zeyba Kada kohlan emme faseyha vaany azaan akahnu… ??? Btw thanks for the support darling… ???? I really appreciate it… ???? Next part in sha Allah next fridayga… Keep waiting… ???? Luv yuh ♥️♥️♥️

  6. Elsa says:
    August 24, 2019 at 9:48 pm

    V reethi mi part vs. Heyonuvaane malsha nan hadi koh nulaathi

    1. Emm says:
      August 25, 2019 at 8:46 pm

      Thanks a lot… ??? Raulge aiymathyga out kameh dhw thy… Eyna ah ingeyny hadhaane gotheh… ☺️☺️☺️ Let’s c dhw… ???

  7. Anonymous says:
    August 24, 2019 at 10:46 pm

    Hey.. Bab’s r yuh there.??

    1. Anonymous says:
      August 24, 2019 at 10:49 pm

      Yah.. I will be there for you all the time baby.. ??

    2. Anonymous says:
      August 24, 2019 at 10:51 pm

      Alhey mirey ge e vaguthu kolhu alun anburaa libeyne nama dhw…

    3. Anonymous says:
      August 24, 2019 at 10:55 pm

      Yah… I vess Varah beynun… First kiss viyya.. ?Omg ingey tha I akah gabool eh vec nukurevey…. Naughty boy.. Ingey tha yuh r a good kisser… You tongue gengulhey goiyy hadha hot ey….. N tastes good… ??????❤️❤️❤️

    4. ??? says:
      August 26, 2019 at 2:13 pm

      Mmmm you guys ah minoon thaneh nulibuny tha thi vaahaka thah dhahkan.. Chee Chee fakurun maruvaa varu vey… Dhen ehen noonas Thy public ga dhahkan jehey vaahaka thakeh vec noonennu…. Kuraane kanthah huss v tha… Never mind.. Aaarghhhh…..

    5. Anonymous says:
      August 26, 2019 at 9:46 pm

      Asluves dhw…

  8. azker says:
    August 24, 2019 at 11:11 pm

    13 aharuge kujjakaa balaa misyte ge ehn leeyun therinnah vureh vaki dhera eh noon…. i really love this story sifakurun thah masha allah hama 100…. keep up the good work… im sure in the future u will be a great writer insha allah….

    1. Emm says:
      August 25, 2019 at 9:00 pm

      Awwnn… ??? Thank u so much for the sweet n lovely comment + the blessings… ???ay god bless u… ??? I love ur kindness… ♥️♥️♥️ luv yuh… ????♥️????♥️????♥️

  9. Girl says:
    August 25, 2019 at 5:06 am

    Woow nice story ♥️

    1. Emm says:
      August 25, 2019 at 9:02 pm

      Thanks dear… ??? Glad that u liked it… ??? Luv yuh… ♥️♥️♥️???

  10. ❤️shyn❤️ says:
    August 25, 2019 at 9:09 am

    Wow.. ?? V. Reethi mi part ves…when next part??

    1. Emm says:
      August 25, 2019 at 9:04 pm

      Awwwnn… ??? Thanks a ton darling… ??? Next part in sha Allah on Friday… keep waiting… ??? Luv yuh ♥️♥️♥️ ???

  11. Meekkomee says:
    August 25, 2019 at 12:32 pm

    varah reethi ingyy 🙂 whn is next part

    1. Emm says:
      August 25, 2019 at 9:06 pm

      Thanks a bunch dhoony… ????? Next part in sha Allah on Friday… Keep waiting… ??? Luv yuh ♥️♥️♥️???

  12. Makku says:
    August 25, 2019 at 1:01 pm

    Woww varah reethi keep it ???up dear lysm

    1. Emm says:
      August 25, 2019 at 9:08 pm

      Thanks Darla… ????? Luv yuh more… ♥️♥️♥️?????

  13. IsHa says:
    August 25, 2019 at 1:25 pm

    eeem sisss gandaa haaaadha salhi ey mi story… hama habeys… sis kurin commentga bunefa in dhw isha ehge vaahaka thats not me ingey i m ehn isha eh

  14. Kudathithi says:
    August 27, 2019 at 7:00 pm

    Varah reethi

    1. Emm says:
      August 27, 2019 at 9:38 pm

      awwwnn… ??? thanks a lot for the support… ☺☺☺ it means a lot to me… ❤❤??? luv yuh! ???

  15. Mrs shawnmendes says:
    August 28, 2019 at 11:43 am

    Did u take the name raul frm shawn peter raul mendes? Cuz shawn is in the background picture???

    1. Emm says:
      August 28, 2019 at 1:36 pm

      Nah… Raul eii I ah vrh rythi nameh… Ehenve Raul ly… ??? Dhn shwn dhw… I’m a huge fan of him… ????… N btw thy Camila tha… I ah engifa oiy gothun viyya Mrs shawn aky Camila… ehnve ehn jahaafa inyma ahaaly… ???? Anyways, thanks for the comment… ??♥️♥️♥️

    2. jiji says:
      August 29, 2019 at 6:05 am

      Aww me too..Am also a huge fan of those two❤❤❤

  16. Mrs shawn mendes says:
    August 29, 2019 at 2:59 pm

    Ahaha yess im the biggest fan of him❤❤❤❤❤ and yes camilla and shawn are datinggg and im such a stan ahaha❤

  17. jiji says:
    August 30, 2019 at 6:24 pm

    Hey admin..Em ge story publish kohbaaa..and emmmm..adminu kairiii bunedhyba avas kuraashey..can’t wait???

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 7←


All Right Reserved!