އިލްޒާމު-2
މިންހާއަށް ނިދުނީ ވެސް ޗެޓްކުރަން އޮއްވައެވެ.
****
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދާ ފަދައިން މިންހާއާއި އާލިފްގެ ރަހުމަތްތެރިކަމުގެ ގުޅުންވެސް ދިޔައީ ވަރުގަދަ ވަމުންނެވެ. ދެމީހުންނަށް ނޭނގުނު ކަމުގައިވިޔަސް އެދެމީހުންނަށްވަނީ ވަކިނުވެވޭ ވަރަށް ލޯބި ވެވިފައެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ދެފަހަރު އެ ދެމީހުން ވާހަކަ ދައްކައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. އާލިފް މިންހާއަށް ގުޅާލިއެވެ. ” ހަލޯ! މިން. މިރޭ ބިޒީނޫނިއްޔާ ތުނޑިއަށް އާދެވިދާނެތަ؟ އަށެއްޖަހާއިރު” އާލިފް ބުނެލިއެވެ. ” ނޯ ޕްރޮބްލަމް މިރޭ އެތަނުން މީޓްވާތި! ބާއި!” މިންހާ މިހެންބުނެ ފޯނު ބޭއްވިއެވެ.
****
ރޭގަނޑުގެ ވަގުތެވެ. މިންހާ ތައްޔާުވަމުން އެދަނީ އާލިފް ދިން ދަޢުވަތަކަށް ތުނޑިއަށް ދިއުމަށެވެ. އެވަގުތަކީ ނަޒީރާ އާއި އާލާވެސް އެކޮޓަރިއަށް ވަން ވަގުތެވެ. ” ޞުބްޙާނަﷲ. ﷲއަކްބަރު މިއޮތް ކޮޓަރިއެއްދޯ. ޕިސްޕިސް.” ނަޒީރާއަށް ވީގޮތްފެނި އާލާއާއި މިންހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ” މަންމާ! އިހަށް ބޭރަށް ނުކުމެވިދާނެތަ؟” މިންހާ ސުވާލުކޮށްލިއެެވެ. ” އާނ އަހަން ވާ ނުކުމެދާނަން. އެކަމަކު މިންހާ ޖެހޭނެ މިތަން ސާފުކުރަން” ނަޒީރާ ބުންޏެވެ. މިންހާ ބޯޖަހާލުމުން ނަޒީރާ އެ ކޮޓަރިން ނުކުތެވެ. ” އާލޫ. މަށަށް ހެދުމެއްނަގާދީބަލަ! މިއުޅެނީ އާލިފް ދިން ދައުވަތަކަށް ތުނޑިއަށް ދާންވެގެން.” މިންހާ އޭނާގެ ރަހުމަތްތެރިޔާއާއި އެހެން ކަންކަން ހިއްސާކުރާފަދައިން އެވާހަކަވެސް ބުނެލިއެވެ. ” އެހެންވެދޯ ކަމަނާފާނު މާ ރީތި ތިޔަވަނީ ހޯހޯ.” އާލާ މިންހާއާއި ދިމާކޮށްލިއެވެ. މިންހާ ދެން ދިމާކުރާނެކަމެއްނެތޭ ކިޔާ އާލާ ގައިގާ ޖެހިއެވެ.
****
އާލިފް ހުރީ މިންހާގެ އިންތިޒާރުގައި ތުނޑިމަތީގައެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ތުނޑިއަށް އާދެވެން އޮންނަ މަގުން މިންހާ ދައްކާލައިފިއެވެ. މިންހާފެނި އާލިފް އަށް އެހެން ދިމާލެއް ބަލަން ހަނދާންނެތިފައި ހުއްޓެވެ. އާލިފް ބަލަން ހުރުމުން މިންހާގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. ” ހިނގާބަލަ ހިނގާލަންދާން! ” އާލިފް ބުންޏެވެ. މިންހާ ބޯ ޖަހާލިއެވެ. މިންހާއަށް ނޭނގުނު ކަމަކީ އާލިފްވަނީ މިންހާގެ ކައިވެންޏަށް އެދެން ތައްޔާރުވެފައި ކަމެވެ. އަދި އެދެމީހުންނަށްވެސް ނޭނގުނު ކަމަކީ އެދެމީހުންގެ ހަރަކާތްތައް ފާރަވެރިވެ ބަލަން ދެ މީހުން ތިބިކަމެވެ.
*****
ހިނގަމުން ހިނގަމުން ގޮސް ވަކި ހިސާބަކުން މިންހާގެ ލޮލުގައި އާލިފް ފޮތިކޮޅެއް އެއްސިއެވެ. މިންހާ ހުރީ ބިރުންކަން އެނގުމުން އާލިފް މިންހާއަށް ދެރަގޮތެއް ނަހަދާނެކަމަށް ވައުދުވިއެވެ. މިންހާ އޯކޭއޭ ބުނެލިއެވެ. ފޮތިކޮޅު ނައްޓަން އެދުމުން މިންހާ ފޮތިކޮޅު ނެއްޓިއެވެ. އެއާއެކު ފެނުނު މަންޒަރަކީ ހަގީގަތެއް ބާވައޭ މިންހާގެ ހިތަށް އެރިއެވެ. ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އަނގޮއްޓިއެއް ދިއްކޮށްލައިގެން އެއިނީ އާލިފްއެވެ. އެ އަނގޮއްޓި ލައިފައި އިން ފޮށީގައި ” ވިލްޔޫ މެރީ މީ ޕްރިންސަސް؟” ޖަހާފައި އިނެވެ. ” ދެން ލަދުން ނުހުރެ އާނ އެކޭ ބުނެބަލަ!” އާލިފް ބުންޏެވެ. “ތެދެެއް.” އަޑު އައިދިމާލަށް ދެމީހުންނަށް ބަލާލެވުނެވެ. އެމީހުންގެ ފަހަތުގައި ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން އެތިބީ އާލާއާއި ނަޒީރާ ނޫން ދެވަނަ ދެމީހުނެއް ނޫނެވެ. މިންހާ މަޑުމަޑުން ޔެސް އޭ ބުނެލިއެވެ.
****
ގެއަށް ދިޔަ މަގުމަތީ ނަޒީރާގެ އަނގައިގާ ހީވަނީ ވާ ފުރައިގެން އުޅޭހެންނެވެ. ކައިވެންޏާ ބެހޭ ވާހަކަ ތަކުން މިންހާ ހުރީ ބޮލަށް ތުރާވާވަރުވެފައެވެ. ގެއަށް ގޮސްވެސް މިންހާ އާއި އާލިފް ވާހަކަ ދެއްކިއެވެ.
****
ރޭގަނޑުގެ ވަގުތެވެ. މިންހާ ތައްޔާރުވަމުން އެދަނީ އާލިފް ރަންކިޔުއްވަން އަދި މިންހާގެ ބައްޕަގެ ހުއްދަ ކައިވެންޏަށް ހޯދުމަށެވެ. އެހެނީ މައިންބަފައިންގެ ރުހުން ނުލިބޭ ކައިވެންޏެއް މާ ގިނަދުވަހަކު ދެމިއެއްނޯންނާނެއެވެ. އިރުކޮޅަކުން އާލިފްއާއި މިންހާ އައެވެ. މިންހާގެ ބައްޕަ މި ކައިވެންޏާއި ޤަބޫލު ކަން އެނގުނު ހިނދު ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް އާލިފްގެ ވަށާލިއެވެ. ކައިވެނީގެ ރަނަކަށް މިންހާ އެއްހާސް ރުފިޔާ ކިއެވެ. އަދި ޑިސެންބަރު 5 ގައި ކައިވެނި ހަމަޖެއްސިއެވެ. ކައިވެނީގެ ކުލައަަކަށް މެރޫން ހަމަޖެއްސިއެވެ.
****
މިއަދަކީ މިންހާއާއި އާލިފްގެ އިންތިޒާރަށް ނިމިމެއް އަންނަ ދުވަހެވެ. އެ ދެމީހުންގެ ކައިވެނި ކުރެވޭ ދުވަހެވެ. ޕާޓީ އޮތީ ރަށުސްކޫލް ހޯލުގައި ކަމަށްވުމުން މީހުންތައް ހޭލަމޭލަވެ އުޅެއެވެ. ކައިވެނި ކުރެވޭ ވަގުތު ޖެހިއްޖެއެވެ. އާލިފްގެ ދެލޯ ހޯދަމުން ދިޔައީ އޭނާގެ ވާންއުޅޭ އަނބިމީހާއެވެ. ” ސާބަހޭ ކަލެއަށް. ތިވަރަށް ނުހޯދިޔަކަސް މިންހާ އަދި ފެންނާނެޔޭ.” އާލިފްގެ އެންމެ ގާތް ރަހުމަތްތެރިޔާކަމަށްވާ އާއިޒު ބުންޏެވެ. އިރުކޮޅެއްފަހުން އާލިފްއަަށް މިންހާ ފެނުނެވެ. ގަދަ މެރޫން ކުލައިގެ ވެޑިންޑްރެސް އެއްގައި ހުރި މިންހާ ހީވަނީ ފޮޅިފައި އިން ފިނިފެންމަލެއް ހެންނެވެ. ގަދަ ޕިންކް ކުލައިގެ ބުރުގާ ތެރެއިން މިންހާގެ މޫނު ފެންނަ މީހަކަށް ހީވާނީ ސާދަވިލޭރޭގެ ހަނދުހެންނެވެ. ކައިވެނީގެ ޚުތުބާ ފެށިއްޖެއެވެ. ދެމީހުންވެސް ދިޔައީ ކަނުލައި އަދުއަހަމުންނެވެ. ” އަނބި ޤަބޫލުކޮށްފިން” އާލިފްގެ ދުލުން އެޖުމުލަ އަޑުއިވުނު ހިނދު ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް މިންހާއަށް ލިބުނެވެ.
****
ޕާޓީ ފެށިގެން ކުރިއަށް ދިޔައިރު މިންހާއަށް ކުދިކުދި ގޯނާތައް ކުރުމުގައި އާލިފް އުޅެމުންދިޔައެވެ. ޕާޓީއަށް އަންނަ ކޮންމެ މެހެމާނަކާ އެދެމަފިރިން ސަލާންކުރަނީ ހިނިތުންވުމަކާއެކުގައެވެ. ޕާޓީއިން މީހުން ހުސްވަމުންގިސް މިހާރު ތިބީ އާއިލާ މީހުން އެކަންޏެވެ. އާއިލާ މީހުންނާއެކު ފޮޓޯ ނެގުމަށްފަހު އެދެމަފިރިން ކާރަށް އަރައިގެން ގެއަށް ދިޔައެވެ. ކާރުގައި އިނދެގެން މިންހާ އަށް ވިސްނެމުންދަނީ މިރޭ ދެން ކަންތައްތައް ވާނެ ގޮތަކާއި މެދުގައެވެ.
****
ކޮޓަރިއަށްވަދެ އެ ދެމީހުންވެސް މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ފިނިފެންމާ ފިޔަތަކުން އެނދު ވަނީ ޒީނަތްތެރިކުރެވިފައެވެ. އުއްބައްތީގެ ސަބަބުން މުޅި ކޮޓަރީގައި ވަނީ އިންސާނާ މަސްތު ކުރުވާފަދަ ވަހެކެވެ. އިސާހިތަކު ކައިވެނީގެ ފުރަތަމަ ރޭގެ ފޮނިމީރުކަން އެ ދެމަފިރީން ލިބިގަންނަން ފެށިއެވެ. ބަސްމޮށުންތެރިކަމަކާއި ނުލާ ލޯބިވާވަރު އެތަކެއްފަހަރު ބުނެދިނެވެ.
****
ރޭދުވާ ތަކުރާރުވަމުންދެއެވެ. މިދުވަސްކޮޅު މިންހާއަށް ދިޔައީ ތަފާތު އުނދަގޫތައް ވަމުންނެވެ. އަބަދުވެސް ހީވަނީ ބޯ މަތީގައި ބަރު އެއްޗެއް ބާއްވައިގެން އުޅެވޭ ހެންނެވެ. ހޮޑުވެސް ލެވެއެވެ. އާލިފް ޑޮކޮޓަރަށް ދަްކަން ދާން ބުނުމުން މިންހާ ވަގުތުން ދެކޮޅު ހަދައެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މިންހާ ހުރީ ނާސްތާ ތައްޔާރު ކުރާށެވެ. ކުއްލިއަކަށް ބޮލުގައި ރިއްސައިގަތީ ކެތްނުކުރެވޭވަރަށެވެ. އެއާއިއެކު ކަނޑާވައްޓާލި ރުކެއްހެން އޭނާ ބިންމައްޗަށް ވެއްޓުނެވެ.
( ނުނިމޭ )
25 Comments!
Comments are closed.

Hey…. Varah Varah reethi Mi part.. Bala Bala indhaa thi up kohlee…. When next part…. Kehmadhu vefa kiyaa laahithun…. Mihaarun feshigen Inthizaaruge vaguthu thah gunan feshy mi.. Avahah up kohlahchey…. N surprise varah kamu gohssi… WiFi haraabu vefa ey kiyaafa e up kohlee.. Anyways Varah happy vehje thihaa avahah up kohla dhineema….. ???????????ly… Keep it up dear.. ❤️❤️❤️❤️n I first dhw…
Thank you. hehe. HAMA balabala indhaadha dho mi up kohlevuny. I think Monday next part. inthizaaru kohlavvaathi. hehe aslu surprise vejje dhw hehehe. himi ah hendhunu gadeega wifi libumugaa dhathi thakeh huri. dhen sis ehge geyah gos liyelaafa mi up kury. I will always try my best ingey. Yeah and you first.❤❤❤?????? good night winkle angie ??
Minhaa preg v baa..btw mi part vec v rythi..whn next brw..Im waiting ingey…???
Neynge dhw. dhen part eh kiyaa Leema engeynethadhw. jiji ah heevanee preg v hen dhw hehehe. next part monday ga ingey wait kohlaathi. Good night jiji.???????
Yayyy I was waiting eagerly for this prt?? mashallah mi prt vx vrh vrh vrh Reethi… Vrh curious kohlaafa thi nimmaalee…. Dhn kihinehbaa vaane??? I think minha pregnant vee kaneyge… N yes Mimmige vrh bodu Suvaaleh eboi… Kaiveni koh hurihaa kameh koh Nimmali iru aalifge parents kobaatha n family ehn meeheh vx Neii only a frnd… Adhi vrh kuda kuda tip eh vx eba oii(thankolheh dhigu kohlaaba lyk at least 700 words) pls don’t mind ingey I jus gave a tip… Becoz Mimmi vx Mee liyuntheriyeh n Ehaa kuru vejjiyaa readers ah kamunudhaane ehnve Mimmi vx Mimmige stry at least 700 ah vure mathi kureveythoa balan….u R already a gud writer but Mikan kan rangalhu kohleema perfect vaane… BTW Whn nxt prt?? Pls thankolheh avahah up kohla dheythi can’t wait to know what happened to minha?? lysm
Are u the writer mimmi..if so kon irakun story upkohladheyny..waiting ingey❤❤❤❤
Ya I am jiji ?? vrh avahah up kohlaanan mihaaru almost Hama nimijje
Ya I am jiji?? vrh avahah up kohlaanan inshallah mihaaru almost Hama nimijje
????Oh ok..waiting darla
Ehentha hama ehaa wait kohlintha. Aalif parents ah veegothaai emeehun kobaakan kuriyah dhiyavarakah dhaany engemun. Next part more than 700 words hama kohleveytho masakkaiy kuraanan. Curious koh ninmaalan vegen mihaahisaabun mi nimmaalee. Next part monday ga ingey. hingaa dhw minha ah veegotheh ves balaalan . Hehe love you mimmi7 and good night ❤❤❤❤???????
hey vahaka v. reethi… keep up the good work alhe anneka minha badubodu vythw…. big fan of ur story… waiting 4 nxt part????
Thankyou azker. i will try my best always. vedhaane minha bandubodu veekamahves dho. oh no thank you. Really are you a big fan of my story. Next tomorrow ga
Heii vaahaka v reethi ingey… Keep going.. Waiting for next part ??❤️❤️????
Thankyou Mary. Next part monday ga ingey wait kohlaathi
Woooooww varah salhi mi part ves ? ? ?. Varah reethi ❤️ ❤️ ❤️. Very curious. ?
Thank you very very much shahu. hingaa dhw minha ah veegotheh ves balaalan hehehe
Wowww.. V Reethi Mi part vs… Whn is nxt part ????
thank you kailee. Varah ufaavehje kailee ah reethi veema. Seedha Seedha dhuvaheh bunaakah neynge ekam heevanee tomorrow hen
Obiness to the max
Thanks anonymous. Varah varah ufaavehje anonymous ah reethi veema
alhey himi maa avas thi kohlly keehvetha?
Adhi ithurah kuriyah Hury kankan thanks IsHa
whn next can’t wait
Next Saturday isa
Assalaamalikum. Himi midhuvaskolhu mi ulhuny rashehga noon so ehenve story up nukurevuny next isa Saturday