އެހިނދު އާލާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލިއެވެ. އާނއެކެވެ. އޭނާއަށް އޭނާގެ މަންމަގެ ބޮލަށް ވަދެވިއްޖެއެވެ. ދާނިޔަލްއަށް ކުރެވެން އޮތްހާ ޖެއްސުމެއް ވިއްޔާ އޭނާ ކުރާނެއެވެ. މިގޭގައި ވަޒީފާގައި ނޫޅެވޭ ވަރުވެސް ކުރާނެއެވެ. އެއީ ދާނިޔަލްގެ އެ ހުންނަ ނުފިލާ އަޒުމެއްގެ ސަބަބުން އާލާއަށް ކެތްނުވުމުން އޭނާ ރޭވި ރޭވުމެކެވެ. ދާނިޔަލްގެ އެ ޢަޒުމަކީ ދުވަހަކުވެސް ގުޑާނެހެން ހީނުވާ އެއްޗެކެވެ. ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާވެސް އޭނާގެ ކިޔެވުމައިގެން އުޅޭއިރު ދާނިޔަލްވެސް ހިތްވަރާއެކު އޭނާގެ ވަޒީފާ […]
“ވަޢަލައިކުމުއްސަލާމް.. މަރުޙަބާ ދާނިޔަލް.. ތިޔަ ކުރި ހިތްވަރަށް އަދި ތި ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ.. ދާނިޔަލްގެ ހުވަފެން ތިފަދަ ނަތީއްޖާއަކާއެކު އަދި ޙަޤީގަތަކަށް ހެދޭނެ.. އިން ޝާ ﷲ..” އަރީފް ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ޙަޤީގަތުގައި އޭނާ އެހުރީ ބަޔާންކުރެވޭވަރަށްވުރެވެސް އުފާވެފައެވެ. ފުރަތަމަ ދުވަހުއްސުރެވެސް ދާނިޔަލްއަކީ އޭނާގެ ދަރިއެއްފަދައިން އަރީފް ދެކެއެވެ. އެއީ އޭނާގެ އެހެން ދަރިއެއް ނުހުންނާތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެޔަކަސް ދާނިޔަލް ފެނުމުންވެސް އޭނާއަށް […]
{ނޯޓް: އަޅުގަނޑުގެ އިމްތިހާނުތައް (ޔުނިޓު ޓެސްޓު) ފެށުމުގެ ސަބަބުން ވާހަކަ މެދު ކަނޑާލެވުނީއެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަނެއްކާވެސް މިވާހަކަ ދުވަހުން ދުވަހަށް އަޕް ކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ.} “ހަލޯ! އޯކޭ… މިދަނީ..” ކައިސަން ފޯނުކޯލަކަށް ޖަވާބުދިނެވެ. “ކާކު؟” އަހަރެން ސުވާލުކުރީމެވެ. “ހިނގާބަ ވަރަށް އަވަހަށް މަންމަގެ ގެއަށް” “ކިހިނެތްވީ؟” އަހަރެން ހާސްވާން ފެށިއެވެ. ކައިލް އަށް ކާންދިނުމަށްފަހު ތިން މީހުން އެކުގައި މަންމަގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. ހިތް އަވަސްވާން ފެށިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލީމެވެ. މަންމަގެ ގެއަށް ވަދެވުނު އިރު މަންމަ ހުރީ ދޮރުމަތީ ހުއްޓިލައިގެންނެވެ. ކައިލާން ނުކުތީ އެވަގުތުއެވެ. ޝީން ގޮވައިގެންނެވެ. […]
އަންގާވެސްނުލާ އަރޫނާ އައުމުން އާރިފާއަށް ލިބުނީ ހައިރާންކަމެވެ. އަރީންވެސް ތިއްތީއައީއޭ ކިޔާ އަރޫނާގެ ގަޔަކުން ދޫނުކުރެއެވެ. އަރޫނާފެނުނީ ހަޔެއްކަ މަސްދުވަސް ފަހުންކަމުން އަރީން ހުރީ އަރޫނާގެ ފަހަތުގައި ޖައްސާފައެވެ. އަރޫނާ އައުމުން އާއިލާގެ އެހެން މެމްބަރުންވެސް އުފާކުރިއެވެ. ޗުއްޓީ ރަށުން ބޭރުގައި ބޭކާރުކޮށްނުލާ އާއިލާގާތަށް އައުމުންނެވެ. “އެނގޭތަ.. ޒީކާމެންވެސް އެއުޅެނީ މާލެ ބަދަލުވާން. ޒީކާ ބައްޕައަށް މާލެއިން އެޕާޓްމެންޓެއް ލިބުނީޔޯ.” އަރޫނާއަށް އެންމެ ފުރަތަމަ ހަބަރަކަށް ލިބުނު ހަބަރުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ޒީކާއާއި އަރޫނާއާ […]
ކެއުމައިގެން މަޝްއޫލުވެފައި އިން އާލިމް ހުއްޓުންއެރީ ކާގެއަށް ވަދެގެންއައި އަންހެންކުއްޖާފެނިއެވެ. ކަރުގައި އަނގަޔަށްލީ ބަތްކޮޅުވެސް ތާށިވިކަހަލައެވެ. ދިރުވަން ނޭނގިފައި އިން އާލިމް ކޮށިއަރަން ނެގީ ސިކުންތުކޮޅެކެވެ. ކޮށިއަރައިގެން މީހާގެ ލޮލާއި ނޭފަތުން ފެންއައި އިރުވެސް އާލިމްއަށް ހުރީ ކުރިމަތިން ފެންނަމުންދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ. އެއީ ހަމަ އެމޫނެވެ. އެ މައުސޫމު ކަމެވެ. އެ މޫނު ފެނި އާލިމްގެ ނިދި ގެއްލުވާލި ކުއްޖާއެވެ. އައިކާއެވެ. އައިކާ އަކީ އިދާންގެ ކޮއްކޮހެއްޔެވެ. އެދުވަހުގެ ފަހުން އައިކާ ފެނިދާނެ ކަމަކަށް އާލިމް […]
ޒީކްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާނާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުގެ ކައިރީގައި އެމީހަކު ހުރީ ޒީކްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންނެވެ. ޒީކް އާއި ނަޒަރު ވަކިކޮށްލުމަށްފަހު އެޒުވާނާ އުޑާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ވިދާލި ވިދުވަރެއް ފަދައިން މަތިން އައި އަލިފާން ކަނި އެޒުވާނާގެ ކުރިމައްޗަށް ވެއްޓުނެވެ. ******** ޖެހިލި ބާރު ވައިރޯޅި އައިސް ބީހިލީ ޒީކްގެ ހަށިގަނޑުގައެވެ. އެވަގުތު ހީކަރުވައިގަނެގެން މުޅި މީހާ ރޫރޫ އަޅައިގަތެވެ. ޒީކްއަށް އޭނާގެ ހަށިގަނޑުގައި ދެއަތް […]
މެޗު ކުޅުމަށްފަހު ޖެހިގެން އައި ދުވަހު އަކްމަލާއި އާރާޝް ފިޔަވާ ބެންގަލޫރު ޓީމުގެ ހުރިހާ ކުޅުންތެރިން އެނބުރި އިންޑިޔާއަށް ފުރިއެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް ރާއްޖޭގައި އޮތުމުން އަކްމަލާއި އާރާޝް ރާއްޖޭގައި މަޑުކުރީއެވެ. ރާއްޖޭ ޓީމުގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެކަމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި ކޯޗު ބުރަ މަސައްކަތް ކުރަމުން ދިޔައެވެ. ލިޔަން އިން ފޮތް ލައްޕާލުމަށްފަހު މާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނިދުމުގެ ކުރިން ޑައިރީ ލިޔުން މާނީގެ އާދައަކަށް ވިއެވެ. އޭނާގެ ހިތުގައި […]
ހިންދިރުވައިލަމުން އެމީހުނަށް ފުރަގަސްދީގެން އައިކްއާ އެކުގައި ކުޅެންހުރި އަރްޒަންއަށް ބަލައިލަމުން އިސްޖަހައިލުމަށްފަހު އެއްވެސް އެއްޗެއް ބުނުމެއްނެތި އެތަނުންދާން ޔަނާލް ހިނގައިގަތެވެ. އެތަންބަލަންހުރި ނިޝްޔާގެ މޫނުމަތީގައިއޭރުވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޔަނާލްއާއި ދޭތެރޭގައި ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟ ޔަނާލް ދިއުމާއެކު ނުލަފާ ފާޑަކަށް ހެވިފައިހުރެ ނިޝްޔާ އަރްޒަންއާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ބޭމުންވިކަންތައްވުމުން ހިތްހަމަޖެހިފައިހުރެއެވެ. އޭނާ ބޭނުންވަނީ ޔަނާލް އަރްޒަންއާއި ދުރުގައި ހުރުމަށެވެ. ފަރިހިނގުމެއްގައިގޮސް އަރްޒަންގެ ފަހަތަށް ހުއްޓެމުން ނިޝްޔާ އަރްޒަންގެ ކޮނޑުގައި އަތްބާވައިލިއެވެ. “ޔަނާ.. ބަލާބަލަ […]
ނައުރީން އޭނަގެ ފޯނު ނަގައި ދިނާޖުގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ހެލޯ ދިނާޖު… އައި ހޭވް އަ ނިއު ޕްލޭން… ” ދިނާޖު ފޯނު ނެގުމާއެކު ނައުރީން ވަރަށް ފޯރީގައި ބުނެލިއެވެ. ”ރިއަލީ… ވަޓްސް ދަ ޕްލޭން… ” ދިނާޖުވެސް އަވަސް އަވަހަށް އަހާލިއެވެ. އެކަމަށް އޭނަ ގަޔާވެފައި ހުރިވަރު ދިނާޖުގެ އަޑުންވެސް އިނގިގެން ދެއެވެ. ދިނާޖު ޕްލޭން އަކީ ކޮބާތޯ ސުވާލުކުރުމުން ނައުރީން އޭނަގެ ޕްލޭން ހިއްސާކުރިއެވެ. ” ވާއު ނައު… ސުޕާބް… އައިމް ޝުއާ […]