އާލިމާގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޔަލް މަތިން ހަނދާންވި ވަގުތު އިހުނަށްވުރެ ގިނައިން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެފަކީރު އޭނާއާއި ނުލައި އުޅޭނެ ޙާލު ހިތަށް އަރުވާލަންވެސް އާލިމާއަށް ދައްޗެވެ. އެ ދަރިފުޅަކީ އޭނާގެ ހުރިހާ އުންމީދެކެވެ. އެ ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ޙަޤީގަތަކަށް ވާތަން ދެކެން އޭނާވެސް ބޭނުމެވެ. ނަމަވެސް އެ ނަސީބު އޭނާއަށް ލިބޭނެ ބާވައެވެ؟ “އަޅުގަނޑުމެންނަށް ވީވަރަކުން މަސައްކަތް ކޮށްދެވޭތޯ ބަލާނަން.. އެކަމަކު އާލިމާގެ ފަރުވާއަށް މިވަގުތު […]
” ސަބަބު އެނގެން އަހަރެންވެސް ބޭނުން.. ލޯބިނުވާއިރު ދޮގު ހަދައި އޮޅުވާލި ސަބަބު އަހަރެން ހޯދަން ބޭނުން.. ކައިވެނިކުރީ އޭނަވެސް ލޯބިވާތީކަމަށް އަހަރެން ދެކުނީ.. އަހަންނަށް އެނގޭނީ އޭނަ އަހަރެންގާތު ބުނި އެއްޗެއްތާ ދޯ.. އެކަމަކު މަންމައާއި ވާހަކަ ނުދައްކައި އުޅެންވި ސަބަބެއް ނުވެސްނެތް.. އަހަރެންދެކެ ލޯބިނުވިޔަސް މަންމަދެކެ ލޯބިވާނެއެއްނު..” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. ************************ ލޯންޗު މާލެއާއި ކައިރިވަމުންދާ ވަރަކަށް ޔާނާގެ ހިތުގެތެޅުން އަވަސްވަމުން ދިޔައެވެ. މީހާ ނުތަނަސްވެ މޫނުމަތިން ދާހިތްލަންފެށެމުން ޓިޝޫއަކުން […]
އައިލީންގެ ހިތް ތެޅެމުން ދިޔައީ ގާތުގައި ހުރި ޔޫހާންއަށްވެސް އަޑު އިވޭނެހާާ ބާރަށެވެ. އައިލީން ޔޫހާންގެ މޭގައި އަތް އަޅާ ކޮށްޕާލުމަށްފަހު އަވަހަށް ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެންމެ ފިޔަވަޅެއް އެޅިތަނާ ޔޫހާން ފަހަތުން އޭނަގެ އަތުގައި ހިފާ ބާރަށް ދަމާލިއެވެ. އެއާއެކު އައިލީން ގޮސް ޖެހުނީ ޔޫހާންގެ ގައިގައެވެ. އައިލީން އޭނަގެ ހަށިގަނޑުގައި އައިސް ޖެހުމާއެކު ޔޫހާން އޭނަގެ ދެއަތުން އައިލީންގެ ބަނޑުގައި ފަހަތުން ވަށާލިއެވެ. އެއާއެކު ކުރުވި އިހުސާސަކުން އައިލީންއަށް ޔޫހާންގެ އަތުގައި […]
ތެތްހެދުން ބަދަލުކޮށްލަމުން ނުކުތް ޔަނާލް މޭޒުމަތީގައިއޮތް މާބޮނޑި ނަގަމުން އެތަނުގައިހުރި ވާރސްއަކަށް ރީތިގޮތަކަށް ޖަހައިލިއެވެ. އަދި އެމާތަކުގައި އޭނާގެ ހިމަ އިނގިލިތަކުން ފިރުމައިލަމުން ވަސްބަލައިލިއެވެ. “އަރްޒަން.. އައި.. އައި ރިއަލީ ލަވް ޔޫ.” ނޭނގި ނަމަވެސް ޔަނާލްގެ ހިތް އަރްޒަންގެ މިލްކަކަށްވެ ނިމިއްޖެކަން ޔަގީނެވެ. ފާޚާނާއިން ނުކުތް އަރްޒަން ބޯހިއްކަމުން އައިސް ތުވާލި ހަރުގައި އަޅުވައިލުމަށްފަހު ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހުއްޓިލިއެވެ. ލައިގެންހުރި ސްވެޓް ޕޭންޓްގެ ޖީބަށް އެއްއަތްޖަހައިލަމުން އަނެއް އަތުން އޭނާގެ ތެތްއިސްތަށިގަނޑުގައި މަޑުމަޑުން އަތްހިންގައިލިއެވެ. […]
އަރުޝް ހުރީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ސާރާގެ ލޯބި ހޯދަން އަޒުމު ކަނޑައަޅައިގެންނެވެ. އަނެއްކޮޅުން ނަޢުހާ މަސައްކަތް ކުރަމުންދިޔައީ އަރުޝް އަތުއަޅުވާލާނެ ގޮތެއް ފެނޭތޯއެވެ. އެންމެ ފުރަތަމަވެސް ޖެހޭނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެގެޔަށް ދާންކަން ވިސްނުމާއެކު ޝާނިމްގެ ގެއަށް ކުޑަގޮތަކަށް ތައްޔާރުވުމަށްފަހު ދާން ނިކުތެވެ. އެވަގުތަކީ ނަޢުހާގެ މަންމަ ނައީމާ ގޭތެރެ ކުނިކަހަން ހުރި ވަގުތެވެ. ނަޢުހާ ފެނުމާއެކު ކޮންތާކަށް ތޯ ތިދަނީ ސުވާލުކުރީ ޖަވާބު ނުދޭނެކަންވެސް އެނގިހުރެއެވެ. “މަންމަވެސް ދޯ،, ދެން […]
އަމާން ބަލަމުންދިޔައީ ވައިބަރ ގުރޫޕްގެ ކޮންޓެކް ލިސްޓް އަށެވެ. އެންމެ ފަހަށް އިން ޒާޔާގެ ނަންބަރަށް ފިތާލުމަށްފަހު “ހާއި ޖަހާލިއެވެ”.ނުދަންނަ ނަންބަރަކުން މެސެޖްކޮށްފަ އިނުމުން ޒާޔާ އެއަށް ރިޕްލައި ނުކޮށް ކޮންޓެކްޓް ނަންބަރު ސޭވްކޮށްލީ ކާކުތޯ ޔަގީންކޮށްފައި މެސެޖްއަށް ރިޕްލައި ކުރާށެވެ. “މީ އަމާން ، މިހާރު ތި އުޅެނީ ކާކުތޯ ޔަގީން ކުރަންށެންނު” އަނެއްކާވެސް އެ ނަންބަރު މެސެޖް އައުމުން ޒާޔާ މެސެޖް ކިޔާލިއެވެ. ” ޔޫ އާރ ކްރީޕީ” ޒާޔާ މެސްޖްއަށް ރިޕްލައިކޮށްލިއެވެ. ” […]
ސިނަމާލެ ބްރިޖް ހުރަސްކޮށް އެތަށް ބަޔަކު ހުޅުމާލެއަށް ޖަމާވަމުން ދިޔައީ އެއްމަސް ދުވަސްކުރިން ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑުކަމަށްވާ މާލްދީފް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވޭ އެންމެ ފުރަތަމަ މެޗު ބަލާލުމަށްޓަކައެވެ. އެ ޚާއްސަ ދަނޑުގައި އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީވެސް ޚާއްސަ މެޗެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި އިރާން ވާދަ ކުރާ މެޗެވެ. އެ މެޗަކީ އެތަށް ގޮތަކުން ދިވެހިންނަށް ޚާއްސަ މެޗެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރު […]
ޒަޔާ ދޮރު ހުޅުވަބަލަ…. ކިހާވަރުގަދަ ކަމެއްތަ މީ” މުޅި ގޭގައި ގުގުމާލީ އާފިޔާގެ އެލާމް ގެ އަޑެވެ. ޒަޔާ ދޮރު ހުޅުވާލުމަށްފަހު އޭނާގެ ދޮންމަންމައާއި ދިމާލަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ” ހޫން ދެން ތިހެން ބަލަން ނީދެ ފެންވަރައިގެން ކޮލެޖެއަށް ދާން ތައްޔާރުވޭ ” އާފިޔާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހީ ޒަޔާ ފާހާނައަށް ވަތް ކަން ޔަގީން ކުރުމަށްފަހުއެވެ. އާފިޔާ އަނގައިން ކުދި ކިޔެމުން ދިޔައީ މަނިކުއަށްޓަކައި އޭނާ އުފުލަން ޖެހޭ ބުރަ ހިތަށް […]
“ހޭއި. އަހަރެން އަދި މިހުރީ ހަނދާންނެތިފައޭ. އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ.” ވަރަށް ފޯރިއާއެކު ނިޝްޔާ އެހެން ބުނެލުމުން އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާގެ ހުނުމުގެ އަޑު އިވުނެވެ. “ނޫން މިހާރަކު ނޫން. އަދި ފަހުން. އަހަރެން ބުނާނަން. ދެން ކެތްކޮށްލައިގެން ހުރޭ. ޔަގީން ގަޔާވާނެކަން.” ވަރަށް ހިނިއައިސްފައި އެހެން ބުނެލަމުން ނިޝްޔާ ފޯނު ބޭވިއެވެ. އަދި އަތުތެރޭގައި ފޯނު ދެފަރާތަށް އަނބުރައިލަމުން ކޮލުގައި މަޑުމަޑުން ޝަހާދަތް އިނގިލި ކާތައިލިއެވެ. “ޔަނާލް. ހަހަހަ. ޖަސްޓް ވެއިޓް […]