އެވާހަކަ އަހަރެން ތަންކޮޅެއްފަހުން އަރްޒަންއަށް ކިޔައިދޭނަން. މިވަގުތު އަހަރެން އޭނަގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.” އެއްޗެއްއަހަން އަނގަ ހުޅުވައިލި އަރްޒަން ފެނުމުން އަވަސް އަވަހަށް ޒާވިލް ބުނެލިއެވެ. އެއަޑުގައިވި ނަފުރަތުން ހަމަރަނގަޅަށްވެސް އަރްޒަން ހައިރާންވިއެވެ. އޭނާގެ ވާހަކަ ދެއްކިއަސް ޒާވިލްގެ ހިތް ނަފުރަތުން ފުރެއެވެ. އެނަން ގަންނަންވެސް އޭނާ ބޭނުންނުވާ ކަހަލައެެވެ. އެއްއިރެއްގައި އެހައި ލޯބިވި މީހެއްދެކެ އެދަރަޖައަށް ނަފުރަތު ކުރެވޭނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އަރްޒަންގެ ހިތް ބުނެލިއެވެ. އެހެނަސް ޒާވިލް އަމިއްލައަށް ފެނިގެން އެވާހަކަ […]
ވިދާލި ވިދުވަރާއިއެކު ހިނގަމުންދިޔަ ޒީކްގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ބޮޑުވެގެންދިޔައީ ކަންފަތް ފަޅައިގެން ދާހާ ބާރަށް ޖަހާލި ގުގުރީގެ އަޑު އިވުމުންނެވެ. މަގުމަތީގައި ދުއްވާ އެއްޗެއް ފެންނަން ނެތްއިރު މީހަކުވެސް ފެންނާކަށް ނެތެވެ. ގުޑިލަންވެސް ނޭނގިފައި ހުއްޓާ މުޅި ސަރަހައްދުން އެކީ ކަރަންޓް ދިޔައެވެ. މާދުރުން ފަނޑު އަލިކަމެއް ފެންނަމުން ދިޔަ ނަމަވެސް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް އަޅާލަން ނޭނގިފައި ޒީކްއަށް ހުރެވުނީއެވެ. ކުއްލިއަކަށް އިވިގެން ދިޔައީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. ބިރުން މުޅި މީހާ […]
“އަހަރެންނަން މިހެން ވީ ކީއްވެ؟” ޝަކުވާ ގެ ބަސްތައް އަނގައިން ނުކުންނަމުން ދިޔަ ނަމަވެސް އެ އަޑު އަހާނެ އެއްވެސް މީހަކު ނެތެވެ. ހިއްސާ ކޮށްލާނޭ މީހަކުނެތެވެ. ހުރިހާ ކަމެއް އަމިއްލަ ހިތު ތެރޭގައި އޮއްބާލައިގެން ހުރެ ހުރެ އޭނާ ވަރުބަލިވެއްޖެއެވެ. ހެނދުނުގެ ވަގުތެވެ. ފަތިސް ވީފަހުން ވާރޭ ތުނިކޮށްލާފައި ވީނަމަވެސް އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އާދީއްތަ ދުވަހަށް ވުމުން މަގުމަތީގައިވެސް މީހުން ގިނައެވެ. ހެނދުނު ދަންފަޅިއަށް ސްކޫލަށް ދާ ކުދިން ސްކޫލަށް […]
ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ދަންވަރު 1:00 ހާއިރެވެ. އެކުދިން ބަލާގޮސް ހުރީ ޝީންގެ ބޭބެއެވެ. މާލެދެވުނީ 1:45 ވީހާއިރެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ދުއްވަމުންގޮސް ޓެކްސީ މަޑުކޮށްލީ ބޮޑު،ރީތި ގެއެއްގެ ކުރިމަތީގައެވެ. ޝީންގެ ބޭބެ ލަގެޖް ލައިދީފައި ދިޔައީއެވެ. ޢަލްޔާ އެދެކުދިންގެ އިންތިޒާރުގައު ހުއްޓެވެ. އޭނާ އެޕާޓްމެންޓް ދެކުދިންނަށް ދެއްކިއެވެ. ޢަލްޔާގެ ކޮޓަރި ޖެހިގެން ހުރީ އަރޫނާގެ ކޮޓަރި ކަމާއި ދެންހުރީ ޝީންގެ ކޮޓަރި ކަމަށް ބުންޏެވެ. އަދި ހުހަށް ހުރީ ޖީޒާންއަށް […]
އާރޓިފިޝަލް ބީޗުގެ ވެލިގަނޑު މަތީގައި އެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ގޮތް ހުސްވެ އެކަނިވެރިވެފައިވާ މީހެއް ފަދައިންނެވެ. ހަޔާތުގެ ހިތި ސަފުހާތަކުގެ ތެރެއަށް ގެނބެމުން ދިޔަ ވަރަކަށް ލޮލުގައި ފުރި ބާރުވެފައިވާ ކަރުނަތަށް ކޯތާފަތްމަތީގައި ބީހެން ފެށިއެވެ. ރޭގަނޑުގެ އެ ހިތްފަސޭހަ ވަގުތު ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ރޯޅިތަކަށް ވުރެ އެ ކަރުނަތަކުގެ ބީހުން މާ އަރާމެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ހިތްގައިމު އަޑަށްވުރެ އަހަރެންގެ އަމިއްލަ ގިސްލުމުގެ […]
ޝާމިން މޫނު ހިއްލާ ބަލާލިތަނުން އަރުޝް ޝާމިންގެ ފޮޓޯ ނަގައި ފޯނުގައި ރައްކާކޮއްލިއެވެ. އަދި ފޯނަށް ބަލަމުން ހެމުން ގެންދިޔައެވެ. މިތަންފެނި ހަމީދުވެސް ހޭންފެށިއެވެ. އޭރު އެ އަންހެން ކުއްޖާ ފޯނުނަގައި އަރުޝްގެ ފޮޓޯ އެއް ނެގިއެވެ. އަދި އެ ފޮޓޯއަށް ބަލަމުން ފޯނުގައި އިން އަރުޝްގެ ފޮޓޯގައި އަތް ހާކާލައި ހާދަ ލޯބިއޭ ބުނެލިއެވެ. އެކުއްޖާއަކީ ކަޅު ހަންގަނޑެއްލިބިފައި ވިޔަސް ހަޑި ކުއްޖެކޭ ނުބުނާއެވެ. ޒަމާން ތަރަށްގީ ވީ ވީނުުން މީހާގެ އަސްލު ސިފަ އޮޅޭވަރަށް […]
ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށް ބޯދިއްކޮށްލި ޒާއިފްއަށް މަރުހަބާކީ އަނދިރިކަމެވެ. ސިޓިންރޫމުގައި އިން ބޮކީގެ ފަނޑު އަލިކަން ފިޔަވައި އިތުރު އެއްވެސް އަލިކަމެއް އެތާކު ނުވެއެވެ. އެކި ދިމަދިމާ ހޯދަމުން ކުރިއަށް ހިނގައިގަންނަން އުޅުން ޒާއިފްއަށް ހުއްޓިލެވުނީ ފެން ޖަގެއް ހިފައިގެން ކޮޓަރިއާއި ދިމާލަށް އައި ޒިވާ ފެނިފައެވެ. ޒާއިފްއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޒިވާ ކޮޓަރިއަށް ވަނެވެ. ވާނުވާ ނޭނގޭ ހާލުގައި ހުރި ޒާއިފް އޭނާގެ ދެލޯ އުނގުޅާލިއެވެ. ހުވަފެނެއްތޯ ޔަގީން ކުރުމަށެވެ. އެއީ […]
އައިކް ގޮވައިގެން ކާރަށް އަރައި ހަމަޖެހިލަމުން އަރްޒަން ހުންގާނުގައި އަތުން މަޑުމަޑުން ޖަހައިލިއެވެ. “ވައި އޭމް އައި ޑުއިންގް ދިސް؟ ހެހެހެ.” އަމިއްލަ ނަފުސާއި ސުވާލުކޮށްލަމުން އަރްޒަން ކުޑަކޮށް ހީލީ ހަގީގަތުގައިވެސް އޭނާއަށް ޔަނާލްގެ ދިރިއުޅުމާއިމެދުގައި ޝައުގު އުފެދި އެހުރިހަކަމެއް ކުރެވެންވީ ސަބަބެއް ނުވިސްނުމުންނެވެ. ޔަނާލްއާާއި ދިމާވިފަހުން އޭނާގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ. ** ** ** ސްކޫލް ނިންމައިލުމަށްފަހު ގެއަށް އައިސްވަތް ޔަނާލްގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުންދިޔައެވެ. ސިޓިންގް ރޫމްގައިހުރި ސޯފާތަކުން ގޮނޑިއެއްގައި އިނށީދެލަމުން […]
ގެއަށް ވަދެ އެންމެ ފުރަތަމަވެސް އައިލީން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގައިހުރި ޝައުނާގެ ހަރާކާތްތަކަށް ހުއްޓުމެއް އައެވެ. އައިލީންގެ ރޮއެރޮއެ ރަތްވެފައިވި ދެ ލޯ ފެނި ޝައުނާ އާއި ރިފްޝާއަށް އައިލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. ”ޝައު… ތެންކްޔޫ ސޯ މަޗް… ވަރަށް ބޮޑަށް ތޭންކްސް… އެންމެ މުހިއްމު ވަގުތު ޝައު ޔައި ގާތު ޔޫހާންއަށް ގުޅަން ތި ބުނީ… މިހާރު ހުރިހާ ކަމެއްވެސް […]