އަމާން އަދި އުފާވެރި ދަތުރަކަށްފަހު ދާނިޔަލްމެންނަށް އެމީހުން ދިރިއުޅޭ އިމާރާތާއި ހަމަޔަށް ދެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދާނިޔަލް ކާރުން ފައިބައިފައި ގޮސް ދާޔާ ކާރުން ބޭލުވިއެވެ. އެއިރު އޭނާ ހުރީ ދާނިޔަލް ގަތްދިން ލޮލީޕޮޕް ތަކުން ލޮލީޕޮޕެއްގައި އަނގަ ޖައްސާލައިގެންނެވެ. ބާކީ އޮތް ދޭތި ދާޔާގެ ވާއަތުގައި އޮތެވެ. ފިޔާތޮޑިކުލައިގެ ކުޑަ ބެކްޕެކް ދާޔާގެ ކޮނޑުގައި އަޅުވާލައިފައި އޮތެވެ. މަގުގައި ގިނަ މީހުން ދުއްވަމުން ދިޔުމުން […]
ދެންމެ އިވިގެންދިޔަ އަޑުތަކުގެ ސަބަބުން ހުއްޓުން އަރައިފައި ހުރި ދާނިޔަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބުނާނެ އެއްޗެއް ސިކުނޑިއަށް އެވަގުތު ނުވެސް އައީއެވެ. އާލާ އެހާ ފުނަށް އެ މައްސަލައިގައި ފީނަފާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އާލާގެ ތޫނުފިލިކަމާމެދު ދާނިޔަލްއަށް ޝައްކެއް ކުރާނެ ޖާގައެއް ހަމަގައިމުވެސް މިއަދު އާލާ ނުދެއެވެ. ފާޑަކަށް ގަބުވެފައި ހުރި ދާނިޔަލްއަށް ކުރެވުނު ކަމަކީ ވަކި ވަކިން އެންމެންގެ މޫނުމައްޗަށް ނަޒަރު ހުއްތާލުމެވެ. ޝަޒިއްޔާ އާއި މަނިކުގެ މޫނުމަތިން ފިޔަވައި އެންމެންގެ މޫނުމަތިންވެސް […]
އާދައިގެ ހިނދުމެއްގައި ހިނގާލައިފައި ގޮސް ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ދާނިޔަލްއަށް ހުރި ފިޔަވަޅު މައްޗަށް ގަނޑުވެފައި ހުރެވުނީއެވެ. އޭނާއަށް ހުރެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އަދިވެސް ހައިރާންކަން ނުފިލާ ޙާލު ދާނިޔަލް އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ކަޅުކުލައިގެ ބަޓަފްލައި އަބާޔާ އާއި ކަޅުވައްތަރަކަށް ދާ އަނދިރި ފެހި ކުލައެއްގެ ޝޯލްގައި ހުރި އާލާ ވަރަށްވެސް ރީއްޗެވެ. ކަޅު ހެދުމުގައި ހުރުމުން އޭނާގެ ދޮންކަން އިތުރުކުރުވާފައިވެއެވެ. ދާނިޔަލްއަށް ހުރެވުނީ ބަހެއްވެސް ބުނަން […]
އެންމެން ސައިބޮއެގެން އެކި ވާހަކަ ތަކުގައި ތިއްބައި އާލާ ބެލްކަންޏަށް ނިކުތީ ފޯނެއް އައުމުންނެވެ. ދެން ތިބީ ދެ ފިރިހެނުން ކަމުން ރުކާވެސް އާލައާއި އެއްބައިވެލަން ބެލްކަންޏަށް ނިކުތެވެ. “ހިނގާ މިރޭ އެއްކަލަ ދައްތަމެން ގެއަށް.. ބުނީ މިރެއަށް ހެދުން ނިމޭނެޔޯ..” ރުކާ އައިސް ހުއްޓުނު ވަގުތު އާލާ ބުނެލިއެވެ. އެހެން ކަމުން ރުކާވެސް އެކަމާއި އެއްބަސްވެލަމުން ބޯ ޖަހާލީއެވެ. ދެމީހުން ހަވިރު ބައްދަލުވާން ނިންމަމުން އެތެރެއަށް ވަތް އިރުވެސް އަޒާންގެ އިތުރުން ދާނިޔަލް ފޯރީގައި ވާހަކަ […]
ދެތިން ގޯޅި އަޅާލުމާއެކު ދާނިޔަލްއަށް ހުރެވުނު ހިސާބު ޔަގީނާ ގާތަށް އިނގުނެވެ. ގެއާއި އަދި މާ ގާތް ނޫން ކަމުން އަދި ތަންކޮޅެއް ދުރަން ހިނގަން ޖެހޭނެކަމަށް އޭނާގެ ޒަމީރު އޭނާއަށް ވަގުތުން ލަފާ ދިނެވެ. ހިތްވަރާއެކު ކުރިޔަށް ދިޔަ ދާނިޔަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވަނީ އެކޮޓަރިގަނޑުން ސަލާމަތްވެވުމުންނެވެ. ސަލާމަތުގެ އައްސޭރިއާއި ގާތްވާކަމުގެ އިޙުސާސް ކުރެވެމުން ދިޔަ ދާނިޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ މީހެއްގެ އަޑަށެވެ. “ކަލޯ އަވަސް.. އެހުރީ އޭނާ..” ޝިޔާމް ބާރުބާރަށް ރިޒާއަށް […]
“އާލް.. އަހަރެން ދޭން އޮތީ އެންމެ ނަސޭހަތެއް.. ނަމާދުކޮށްފަ ކޮންމެ ނަމާދެއް ފަހުގަ ދާނިޔަލްއަށްޓަކައި ދުޢާ ކުރޭ.. މުއުމިނެއްގެ ހަތިޔާރަކީ ދުޢާ އޭ ބުނެޔެއްނު.. ދުޢާ އަކީ ވަރަށް ބާރުގަދަ އެއްޗެއް.. ދުޢާ ކުރުމުން ނެގަޓިވް ފީލިންގްސް ތަކުން ދުރުވެ ރުޅިއާއި ހާސްކަމުން ދުރުވާނެ.. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަ ވުމުން މި ކަންކަމުން ދުރުވާނެ، އިން ޝާ ﷲ.. ﷲއަށްޓަކައި އެންމެ ނަމާދެއްވެސް ކޮށްލަބަލަ.. އެ ނަމާދަށްފަހު އާލް ހަމަ ކުރާނެ ވަރަކަށް ދުޢާ […]
ދާނިޔަލްގެ ނުތަނަވަސްކަން އިތުރުވީ އޭނާއަށް ނަމާދުވެސް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަތް އިރު ދެލޮލުން ކަރުނަތަށް އޮހޮރިގަތީ ހިތަށް ކުރި އަސަރަކުންނެވެ. އަވަހަށް އޭނާ އެތަނުން ސަލާމަތް ކޮށްދެއްވުން އެދި ދާނިޔަލް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން ދިޔައެވެ. އިސްދަށަށް ޖަހާލައިގެން އިން ދާނިޔަލްއަށް ސިހުން ގެނުވީ ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އޭނާގެ އިސް އުފުލާލި ހިނދު ދާނިޔަލްގެ މޫނަށް ހައިރާންކަން ވެރިވުމާއި އެކީ ދެބުމަވެސް ގާތްވެގެން ދިޔައެވެ. “ކާފަ؟ މޭ.. […]
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ސިޓިންގްރޫމު ސޯފާގައި އިން އާލާ އިނީ ނުތަނަވަސްވެފައެވެ. ދާނިޔަލް ގެއަށް އައުން ލަސްވީވަރަކަށް އޭނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ކިތަންމެ ނުވިސްނަން އުޅުނަސް އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ދާނިޔަލްގެ ޚިޔާލުތަކެވެ. މިހާރު އެތަށް ފަހަރެއް މަތިން ދާނިޔަލްއަށް ގުޅިއްޖެއެވެ. އަދިވެސް ޚަބަރެއް ނުވެއެވެ. އަނެއްކާ ދާނިޔަލްއަށް ބޮޑުކަމެއް ވީބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ގައިގައި ހޮސްޕިޓަލަށް ދާނެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ހޮސްޕިޓަލަށް ގުޅުމަށްފަހު އޭނާ މިއަދު […]
ނަފްސާނީ ބައްޔާއި ގުޅޭގޮތުން އިން އާޓިކަލް އެއް ކިޔަން އާލާ އިނީ އެނދުގެ ހެޑްބޯޑުގައި ލައްވެލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެންނެވެ. އަދިވެސް ދާނިޔަލް ގެއަކަށް ނާދެއެވެ. އަނެއްކާ ގެއަށް ނައިސް ދާނިޔަލް ހޮސްޕިޓަލަށް ދިޔައީކީ ނޫން ބާވައެވެ؟ “އާން ތެދެކޭ ދޯ.. ކޮންމެސް އިވެންޓެއްގެ ވާހަކަ މިއަދު ކީ.. ވެދާނެ އެކަމަށް ރެޑީވާން ހޮސްޕިޓަލުގަ އުޅެނީ ކަމަށްވެސް.. ދެން އަންނާނެތާ ނިމުނީމަ ގެއަށް.. އެހެން ނޫނަސް އަހަރެން ކީއްކުރަން އޭނާ ގެއަސް ނައީމަ މިވަރަކުން އުޅެންވީ؟” ފުން […]