Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެހަނދާން ފޮހެވޭތޯ ބެލިޔަސް 2

eysh Level 510 Stories100 Comments100 Login500 Comments
September 8, 2018 3 Mins Read
38 Comments

ޒީކްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާނާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުގެ ކައިރީގައި އެމީހަކު ހުރީ ޒީކްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންނެވެ. ޒީކް އާއި ނަޒަރު ވަކިކޮށްލުމަށްފަހު އެޒުވާނާ އުޑާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ވިދާލި ވިދުވަރެއް ފަދައިން މަތިން އައި އަލިފާން ކަނި އެޒުވާނާގެ ކުރިމައްޗަށް ވެއްޓުނެވެ.

********

ޖެހިލި ބާރު ވައިރޯޅި އައިސް ބީހިލީ ޒީކްގެ ހަށިގަނޑުގައެވެ. އެވަގުތު ހީކަރުވައިގަނެގެން މުޅި މީހާ ރޫރޫ އަޅައިގަތެވެ. ޒީކްއަށް އޭނާގެ ހަށިގަނޑުގައި ދެއަތް ހުރަސްކޮށްލެވުނެވެ. ހަމައެވަގުތު ކުޑަދޮރާއި ދިމާއިން ބާރު ވައިރޯޅިއެއް ޖެހިލި ކަމުގެ އިޙްސާސް ކުރެވުނެވެ. ޒީކްއަށް އެދިމާއަށް ބަލާލެވުނެވެ. އެވަގުތު ހުޅުވާލެވިފައިވާ ކުޑަދޮރުގެ ފޮތިގަނޑު ވަޔާއި ވިހުރެލިތަން ފެނުމުން ހިތަށް ބިރުވެރިކަން ވަނެވެ.

ފެންވަރާލައިގެން އައިސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނު ޒީކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކަނދުރާ އާއި ދިމާއިން ރަތްވެފައިވާ ދެތަންކޮޅު އޭނަގެ ލޮލުގައި އަޅައިގަތެވެ. އެއްޗެއް ދަތްއެޅުމުން އިންނަހެން ރަތްވެފައިވާ އެދެތަންކޮޅުގައި ޒީކްއަށް އަތް ޖައްސާލެވުނެވެ. އެއާއިއެކު ތަދު އިޙްސާސްކުރެވުނެވެ. ނަމަވެސް އެކަން މާބޮޑުކަމަކަށް ނުހަދާ ޒީކް އޭނާގެ އެނދުގައި އޮށޯވެލީ ނިދި އައިސްފައިވާލެއް ބޮޑުކަމުންނެވެ.

********

ގޭތެރެއަށް ވަދެގެން އައި ކައިލް ފެނުމާއިއެކު ދާއިންގެ ކަރުން ސުމޭނާ ދޫކޮށްލިއެވެ. އޭރު އޭނަގެ ދެލޮލުގެ ކަޅީގެ ކުލަ ވަނީ ކަޅުކުލައަށް ބަދަލުވެފައެވެ.

ދާއިންގެ ބަނޑަށް ކޮށްޕާލެވިފައިވާ އަތް ސުމޭނާ ދަމައިގަތެވެ. އެއާއިއެކު ދާއިންގެ ބަނޑުން ބޮކިޖަހާފައި ނުކުތް ލޭތަކުން ސުމޭނާ ލައިގެން ހުރި ހެދުން ތެންމާލިއެވެ. ސުމޭނާގެ އަތުގެ އިނިގިލިތަކުން ދިގުވެފައިވާ ނިޔަފަތިތައް އެތެރެއަށް ވަދެގެން ދިޔައީ އެސްފިޔަ ޖަހާލާހައި ހިނދުކޮޅެއްގެ ތެރޭގައެވެ.

ދާއިންގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ހުރިތަނަށް ތިރިވުމުގެ ކުރިން ކައިލް އައިސް ދާއިންގެ ގައިގައި ހިފަހައްޓާލިއެވެ.

“ކިހިނެތް ހަދާފަ ތިއައީ….” ސުމޭނާގެ ސުވާލު އަމާޒުވީ ކައިލް އަށެވެ. އެއަޑުގައި ވަނީ ނުތަނަވަސްކަމެވެ.

ސުމޭނާ ވާހަކަ ދެއްކި ނަމަވެސް ކައިލް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ދާއިންގެ ހަށިގަނޑު އަތްދަނޑިމައްޗަށް އުފުއްލާލައިގެން އެތަނުން ދިޔުމަށް އަވަސްވެގަތެވެ.

“މަންމަ އެބަ ސުވާލެއް ކުރަމޭ….” ސުމޭނާ އެރީ ކައިލްގެ ކުރިމައްޗަށެވެ. އަދި ދިޔުމަށް ހުރަސްއެޅިއެވެ. ކައިލް ކިތަންމެ ނުރުހުނަސް އެސުވާލުތަކުގެ ޖަވާބު ދީފައި ނުނީ ނުދެވޭނެކަމަށް ބުނެލީ ލޮލުގެ އިޝާރާތުންނެވެ.

“މަންމާ…. މަންމަ ހާސްވާކަށް ނުޖެހޭނެ…. އޭނަގެ ފަރާތުން އަހަރެމެންނަކަށް އެއްވެސް ނުރައްކަލެއް ނުފޯރާނެ….” ކައިލް ބެލީ މަންމަގެ ކުރިމަތިން ދުރަށް ދެވޭތޯއެވެ. އެހެން ނަމަވެސް ސުމޭނާ އެކަމަށް ހުރަސް އަޅަމުން ދިޔައެވެ.

“ކީއްކުރަން އޭނަ ދިޔަދިނީ….. ކީއްކުރަންހޭ އޭނަ ދިޔަދިނީ…..” ސުމޭނާގެ ރުޅި ހިނދެއްހިނދަކަށް ގަދަވަމުން ދިޔައެވެ. ކައިލްގެ އަތުގައި ހިފަހައްޓާލި ގޮތުން ގުޑިވެސް ނުލެވުނެވެ. ސުމޭނާ ހިފަހައްޓައިގެން ހުރިތަނުން ދުންއަރަމުން ގޮސް ކައިލްގެ އަތް އުއްބައްތިއެއް ފަދައިން ވިރެމުން ދިޔައެވެ.

“ކައިލް އަކަށް ނޭނގޭތަ ތިކުރެވުނު ކަމަކުން އަހަރެމެންގެ ދިރިއުޅުން ބޮޑު އަނދަވަޅަކަށް ވެއްޓިދާނެ ކަމެއް….” ކަރަމްގެ ބާރު އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ކައިލްއަށްވެސް ސިހުމެއް ލިބުނެވެ. މަންމަގެ ނުރުހުމާއި ކުރިމަތިލާންޖެހުނަސް ބައްޕަގެ ނުރުހުމާއި ކުރިމަތިލާނެ ހިތްވަރު އޭނަގެ ގަޔަކު ނެތެވެ.

“އޭނަގެ ހަނދާނުން އެހުރިހާ ކަމެއް އަހަރެން ފޮހެލައިފިން….” ޖެހިލުންވެފައި ހުރެ ކައިލް ބުންޏެވެ.

“އެހެންވިޔަސް ހެޔޮ…. އެއަންހެން ކުއްޖާއަކީ އަހަރެމެންނަށް ހުރި ނުރައްކަލެއް….. އަހަރެންގެ ކުރިމައްޗަށް އޭނަ ގެނޭ….. ކައިލްއަށް މިކަން ނުވަންޏާ އެހެން މީހަކު ލައްވާވެސް އަހަންނަށް މިކަން ކުރެވިދާނެ….” ކަރަމްގެ ޖުމުލަ އާއިއެކު ކައިލްއަށް ދެލޯ މަރާލެވުނެވެ. ކުރަން ބޭނުން ނުވި ނަމަވެސް ބައްޕަގެ އަމުރަށް ނުކިޔަމަންތެރިވުމަކީ އޭނައަށް ކުރެވޭނެ ކަމެއް ނޫނެވެ. ކައިލް ބޯޖަހާލިއެވެ. އެއާއިއެކު ސުމޭނާ އޭނަގެ އަތުން ދޫކޮށްލިއެވެ.

“ދާން…. ކީކޭ ހިތަށް އަރައިގެން ކުރިކަމެއް އެއީ….. ނޭނގޭތަ އެކަހަލަ ކަންތައް ކުރީމަ އަހަރެމެންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް….. މިހާރުވެސް އަހަރެމެންގެ ތެރެއިން މަދު ބަޔަކު ދުނިޔޭގައި ތިބީ….. އަހަރެމެން އުޅެންޖެހޭނީ ވަރަށް ރައްކާތެރިވެގެން…… ދާން ކައިރީ އަބަދުވެސް ބުނަމެއްނު ކަމެއް ބޭނުންވީމަ އަހަރެން ކައިރީ ބުނާށޭ….. ދާންގެ ސަބަބުން ކުށެއް ނެތް މީހެއްގެ ފުރާނަ އެދިޔައީ….. މިރޭ އަހަންނަށް ނުދެވުނު ނަމަ އެއަންހެން ކުއްޖާގެ ފުރާނަވެސް…..” ކައިލް ހިމޭންވިއެވެ. އެމައުސޫމު އަންހެން ކުއްޖާ ހުރި ގޮތް ހިތަށް ސިފަވެގެން ދިޔައެވެ. ބިރުން ގޮސް އެދެ ތުންފަތް ތުރުތުރު ލަމުން ދިޔަ ގޮތެވެ. ދާއިންގެ ކައިރިން ސަލާމަތްވުމަށް ތެޅިފޮޅިގަތް ގޮތެވެ. އޭނަ ފެނުމުން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކޮށްލި ގޮތެވެ.

ދާއިން އަކީ އޭނަގެ ހުރި ހަމަ އެކަނި ކޮއްކޮއެވެ. އާއިލާގައި އިތުރު މެމްބަރަކު ނުހުންނާތީ ދާއިންދެކެ އޭނަ އަބަދުވެސް ލޯބިވެއެވެ. ނަމަވެސް ދާއިންގެ މިޒާޖުގެ ސަބަބުން އެކީ ތަންތަނަށް ނިކުމެ އުޅެން ޖެހިލުންވެއެވެ. ހިތަށް އަރައިފިނަމަ ކޮންމެފަދަ ކަމެއް ކޮށްލާކަށްވެސް ދާއިން ފަހެއް ނުޖެހެއެވެ.

“ސޮރީ ބްރޯ…. ދެން އުޅޭނީ ބަލައިގެން….” ދާއިން އައިސް އެނދުގައި އޮށޯވެލިއެވެ. އަދި ލައިގެން އޮތް ގަމީސް ބާލައި އަތުގެ ކޮޅަށް ހޫރާލިއެވެ.

ދާއިންގެ ބަނޑުން ޒަހަމްވެފައިވާ ތަން މަޑުމަޑުން ބެދެމުންދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެތަން އެއްކޮށް ބެދި ކުރިން ހުރިގޮތަށް ބަދަލުވިއެވެ. އޭރު ޒަޙަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ދާއިން އޭނާގެ ބަނޑާއި ދިމާގައި ހޭކިފައިވާ ކަޅުކުލައިގެ ލޭތައް ޓިޝޫއަކުން ފޮހެލިއެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް ކުޑަދޮރުގެ ކައިރީގައި ހުއްޓުނެވެ. އޭރު އޭނަގެ ސިކުނޑީގައިވަނީ މިރޭ ހިނގި ހާދިސާއެވެ. ހިތުގައި ކުރެހުނީ އެއަންހެން ކުއްޖާގެ ރީތި ތަސްވީރެވެ.

********

ދެދުވަސް ފާއިތުވެގެން ދިޔައިރު ޒީކް ހުރީ ހަމައަކަށް އެޅިފައެވެ. ކަރުގައިވާ ނިޝާން މަޑުމަޑުން ފޮހެވެމުން ދިޔަނަމަވެސް އެތަނަށް މަޑު ނޫކުލައެއް އަރަމުން ދިޔައެވެ. ހީވަނީ ނޫފައިގަނެފައިވާ ތަނެއް ހެންނެވެ. މަންމަމެންނަށް ފެނިދާނެތީ ޒީކް ބޭރަށް ނުކުންނައިރު އުޅެނީ ކަރުގައި ރުމާލެއް އައްސައިގެންނެވެ. މަންމަ ސުވާލުކުރިނަމަވެސް ފަހުގެ ސްޓައިލް ކަމަށްބުނެ އޮޅުވާލައެވެ.

އާދައިގެ މަތިން ފިހާރައިގެ ކައުންޓަރުދަށުގައި ޒީކް އިނީ ހިސާބުތައް ނިންމާށެވެ. ނުވައެއްޖަހަން އެތައް އިރެއް އޮތް ނަމަވެސް ހިސާބުތައް ނިންމާލަން ބޭނުންވީ އަވަހަށް ގެއަށްދާން ބޭނުންވެފައި ހުރި ވަރުންނެވެ. ހިސާބުތަކުގެ ތެރެއަށް ގެއްލިފައި އިން ޒީކް ސިހުނީ ބާރު ވައިރޯޅިއެއް ޖެހިލުމުންނެވެ. އެއާއިއެކު ފިރާއިގެ ދޮރުވެސް ހުޅުވިފައި ލެއްޕުނު އަޑު އިވުނެވެ.

“ކާކު….” އެއްވެސް މީހަކު ފެންނަން ނެތުމުން ޒީކް އިނީ ޖެހިލުންވާގޮތް ވެފައެވެ. ޒީކް ފިހިގަނޑު ނެގިއެވެ. އަތަށް ހެޔޮވަރުކޮށްލަމުން އިންތަނުން ތެދުވިއެވެ. އޭރު އޭނަގެ ކަޅި އެކިކޮޅުކޮޅަށް ދަތުރުކުރަމުން ދިޔައެވެ. ފަހަތުން އެއްޗެއް ވެއްޓުނު އަޑާއިއެކު ޒީކް ސިހުނެވެ. ފަސް އެނބުރި ބަލާލި ވަގުތު އަރިމަތިން އެއްޗެއް ހުރަސްކޮށްލިހެން ހީވިއެވެ. ޒީކް އަށް އެދިމާއަށް ފިހިގަނޑު ހޫރާލެވުނެވެ. އެވަގުތު ފުރަގަހުގައި މީހަކު ހުއްޓިލި ކަމުގެ އިޚްސާސް ކުރެވުނެވެ. ޒީކްގެ ނޭވާ އެތެރެ ހަށީގައި ތާށިވިއެވެ. ބިރުގަނެފައި ހުރިވަރުން ހިންދިރުވާލެވުނެވެ. ފަސް އެނބުރި ބަލާލަންވެސް ޖެހިލުންވިއެވެ.

ޒީކްއަށް ފިހިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޖެހި ކުއްލިއާއިއެކު ފަހަތަށް އެނބުރި އަތުގައި ހުރި ބާރެއްލާފައި ފިހިގަނޑު ހޫރާލިއެވެ. ނަމަވެސް ބާރުގަދަ އަތަކުން ފިގަނޑުގައި ހިފަހައްޓާ އެހަމަލާއިން ސަލާމަތްވިއެވެ. ހީވީ ޒީކްގެ އެހަމަލާއަށް ތައްޔާރުވެގެން ހުރިހެންނެވެ.

ޒީކްގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ހިތުގެ ހިނގުންވެސް ކުޑަވަގުތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ކުރިމަތީގައި ހުރި ޒުވާނާ އާއި ދިމާއަށް ކަޅިޖަހާވެސް ނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއްގައި ހުރިއިރު ހިތްގައިމުކަމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަންވެސް ހަނދާންނެތުނެވެ. އޭނަގެ ހަޔާތުގައިވެސް ދެކެފައިނުވާފަދަ ފުރިހަމަ ރީތި ސޫރައެކެވެ. އިސްކޮޅުން ދިގުކަމާއިއެކު ހަމުގެ ކުލަ އައްޔެވެ. ޒީކްއަށް އެންމެ ކަމުދިޔައީ އެޒުވާނާގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލެވެ. ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައިވާއިރު އެޒުވާނާގެ ބަލާލުމުގައި ހިތްދަމައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ރާސްތާ 33

Next

ކުށަކާނުލައި- 13ވަނަބައި

Next
September 8, 2018

ކުށަކާނުލައި- 13ވަނަބައި

Previews
September 8, 2018

ރާސްތާ 33

38 Comments!

  1. Inoo says:
    September 8, 2018 at 5:39 pm

    Yeyyeyy…me first dhw

    1. eysh says:
      September 8, 2018 at 5:50 pm

      Yayyy ??? Inoo dear u got first ??❤❤❤???

    2. inoo says:
      September 9, 2018 at 1:26 pm

      Hi eyysh
      eysh ge story thah varah varah reethi
      Ekam maa lahun up vaniii anehkaa fenvaru ge story ves up kiraairu ves kudakuda thankolhehh ehnve varah foohi
      komme dhuvahaku beleyy up veyythoo?

    3. eysh says:
      September 9, 2018 at 1:47 pm

      Inoo dear loabivevumun story site ga upkuran hamajehifa inna date thakuga upvamun e dhanee ?? last part thankolheh kurukan Eysh ves gaboolukuran. Next part dhigukohladheynan ?
      Mi story eba genesdhemehnu v avahah. Hama eysh ah time eh vaairah story upkohlanee mi. Vvv happy vey eysh ge story thah ehaa kiyaalaa hihvaakan enguneema ?❤❤?❤❤?❤
      Thank u so much dear ?❤?❤

  2. Mariyam Ubaid says:
    September 8, 2018 at 5:53 pm

    Reethi

    1. eysh says:
      September 8, 2018 at 6:13 pm

      Thank u so much dear ??❤❤?? varah happy vehje kamudhiyaeema ??❤❤????

  3. eysh says:
    September 8, 2018 at 5:54 pm

    Assalaamalaikum my sweet readers???
    Kihinehtha huriha kudhin?
    Here is the second part of the story. Unmmeedhu kuran kamudhaane kamah ?
    Keep commenting ur views and let me kno if there is any mistake. So that i can improve ??
    Kaakuba e aee mi part nimunu iru. Any guess?
    Dhaain, Kail or someone else?
    Thank u all for the support. Miss u all my sweet frnds ??❤

  4. Sheen says:
    September 8, 2018 at 6:00 pm

    Wow.. Eysh hama molhee ey dhw.. Komme jumulaehvea ehaa fashuvi vefa asarugadha..? ♥ ? ? ♥ Vvvv shauguveri kamaaekee kiya kiyaa indha thi nimmaalee bodu suvaalakun viyya.. Inthizaaru kuruvan hama molhee ey dhw. Hama vvvv inthizaaru eba kuran.. Yageen dhen inna part ves ehaa interest vaanekan.. ? ♥ ? ? ♥ you are the best my dear ♥ ♥ ♥ ? keep it up darling ? ? lysm ♥ ♥ ? ? ♥

    1. eysh says:
      September 8, 2018 at 6:15 pm

      Awwnn ??❤❤❤?? hehehe. Vvv ufaavehje ehaa shauguveri kamaa ekee kiyaalikan enguneema ????❤❤?? so sweeet of u my dear ?❤??❤Thank u so much dear ??❤❤?? varah happy vehje story ehaa bodah kamudhiyaeema ??❤❤????keep waiting dear. Lysm ????❤?❤?

  5. Hudher says:
    September 8, 2018 at 6:31 pm

    maasha allah v v v v v v v v v v furihama……..next part thankolheh dhigu kolla dhehchey ingey dear………luv this part

    1. eysh says:
      September 9, 2018 at 1:11 pm

      Awwnn ❤❤??
      Insha Allaah next part thankolheh dhigukohla dheynan ??❤
      Vvvv happy vehje story kamudhiyaeema ??❤?? thank u so much dear ??❤❤???

  6. Lam says:
    September 8, 2018 at 6:50 pm

    Wow Lam ah eyruves egey eysh ge story ehvihyaa mihaa furihama vaanekan.. n kiyaahithun indhe kiyaaleveyne kanves… eysh ge khonme story ehves v kiyaahiyvaa gothakah genesdhyfa hunnaany… Lam gabool kuraa gothuga eysh aky v molhu vaahaka liyun therieh… thivareh nethey hama bunelaa hiyvany… miss u eysh

    1. eysh says:
      September 9, 2018 at 1:16 pm

      Awwnn ❤❤??
      V bodah happy vehje mi cmnt kiyaalaafa ??❤ so sweeet ???❤?reminds me someone v special ????❤?
      Vvvv bodah happy vehje story kamudhiyaeema ??❤?? and thi baskolhakee midhaairaain kuriah dhiumah libunu vvvv bodu hihvareh ?❤???? Insha Allaah thigothah support libeynama ithurah improve kuran faseyhavaane ??❤? thank u so much dear ??❤❤???and miss u too ??❤?❤

  7. Lotus says:
    September 8, 2018 at 7:24 pm

    Wow. V nice.. this curiosity is driving me CRAZY.. let me guess??? dhain can’t control his thirst for blood so he drank blood from that woman in the first episode. He even bit zeek ‘s neck but kail came n stopped him. Kail took erased zeek ‘s memory n took her home.. but I wonder who came at the end of the episode ? and who is who in the cover pic.. Bella is zeek dhw.. wat abt others

    1. eysh says:
      September 9, 2018 at 1:22 pm

      Lotus dear ??❤? vvv happy vehje story kamudhiyaeema ???❤?? nd thihaa interest aa ekee kiyaalaathee ???❤❤ bella is zeek nd left ga thireega eiee karam nd sumeyna ?? dhen thibi characters thah hingaa dho balamaa kon baehtho ???❤❤ story kiyamun dhaavarakun madumadun ingemun dhane ??❤?❤❤ thank u so much dear ????❤?❤ unmmeedhukuran kuriyah huri baithah ves ehaa interest aa ekee kiyaalaane kamah ??❤????

  8. Ree? says:
    September 8, 2018 at 7:28 pm

    Oh vampire thakeytha eulhey stry kuriyah dhaa goiy varah salhi sifakurun thaves hama perfect and i think eii kail hen dho so intresting eysh plx mi stry nimen dhen up koh dheychey?waitin for the up coming part❤❤❤❤??????

    1. eysh says:
      September 9, 2018 at 1:25 pm

      Ree dear ??❤? yes dear mee vampire story eh ?? awwn v happy vehje story kamudhiyaeema ????❤❤ hingaa dho balamaa kaakutho aee. Next part ga engeyne ??❤❤?? Insha Allaah nimendhen upkoh dheynan ???❤? keep waiting dear ????❤ thank u so much ???❤?

  9. R says:
    September 8, 2018 at 8:25 pm

    Story kuriya dhaagoi v fakka.. mivaahakaige bathol n batholaa akee koba tha

    1. eysh says:
      September 9, 2018 at 1:28 pm

      Awwn ?❤?❤ vvv happy vehje story kuriyah gendhevey goiy kamudhiyaeema ??❤❤? batholaa akee zeek and bathol akee dhaain/kyle ethanun konmes ekaku ?❤❤??? hingaa dho balamaa kaakutho bathol akee ?❤?? kuriyah huri baithah kiyamun dhaa varakun ingeyne ?????❤? thank u so much dear ???❤?

  10. Naju says:
    September 8, 2018 at 9:13 pm

    Hi eysh dhooniiiii ???????? mi partvx vvvvvvvvv reethi… ❤❤❤❤❤❤❤ It’s interesting… ???????? this is vampire ??????story dhw dear…. Curiously waiting for the next part… ????????????? lots n lots of love from naju ????????????????????????????????????????

    1. eysh says:
      September 9, 2018 at 1:31 pm

      Awwwnn ???❤? Naju dear ??❤?? vvv happy vehje mi part ves kamudhiyaeema ???❤??? yes dear mee vampire story eh ??❤? colorful cmnt eh v ma v happy vehje ?❤?? thank u so much dear ???❤❤ lots of love ??❤???

  11. Zeek says:
    September 8, 2018 at 9:40 pm

    Maasha Allaah mi part ves vr salhi. Waiting for the next ?????

    1. eysh says:
      September 9, 2018 at 1:32 pm

      Vvv happy vehje dear ah mi part kamudhiyaeema ??❤??❤❤?? keep waiting ?❤?? thank u so much dear ?❤❤❤?

  12. Dhaain says:
    September 8, 2018 at 9:45 pm

    Zeek libeynee hama ekani ahannan. Kyle thee Beybe akas dhuleh nukuraanan haha ???

    1. kyle says:
      September 9, 2018 at 8:21 am

      zeek is mine. stay out of her

    2. eysh says:
      September 9, 2018 at 1:34 pm

      Ohh dhekudhin nutholhehchey ?? hehe zeek libeyne meeheh hingaa dho balamaa ??
      Thank u both ?❤?❤? v enjoy kohlevihje mi cmnts thah kiyaalaafa ??❤?❤

  13. Rif says:
    September 9, 2018 at 8:20 am

    Woww. mi story varah salhi names thah haadha loabi ey. mihaaruves hih dheefin.

    1. eysh says:
      September 9, 2018 at 1:36 pm

      Awwn ❤❤❤?? vv happy vehje kamudhiyaeema ????❤ hehe. Hih dhevunee dho dear ah ???❤❤ thank u so much dear ???❤??

  14. maya says:
    September 9, 2018 at 12:47 pm

    waaaaaaaaaaau eysh haadha molhey masha allah..hama horror story liyan ehvana,,,,haadha lwbi kuhjekey dhww hehehe kkakubaa kyle or dhaan

    1. eysh says:
      September 9, 2018 at 1:40 pm

      Awwwnn ??❤❤??? Alhamdhulillaahi ??❤? vvv happy vehje ehaa bodah story kamudhiyaeema ??❤? hingaa dho balamaa kon kuhjehtho aee ???❤?? thank u so much maaya dear ?❤????

  15. ? Unknown ? says:
    September 10, 2018 at 12:18 am

    V nice story eh. Whn is next part.????♥️♥️

    1. eysh says:
      October 27, 2018 at 8:08 pm

      Thank u so much dear ???❤❤ vv happy vehje story kamudhiyaeema ?❤❤ sorry for the late rply dear ?❤❤❤

  16. neem says:
    September 10, 2018 at 8:27 am

    When is the next part? can’t wait for the next part..

  17. DHAAN says:
    September 10, 2018 at 1:25 pm

    kiyaahithun. when libeynee????

  18. Queen Dandelion says:
    September 11, 2018 at 8:44 pm

    Me ge eysh loabs dhww mi???Haalu kihineh???Varah varah rythi mi part ves????varah dhuvaskohlaafa meet vyma I’m so glad????Adhi Vampire stry ekey bunyma varah kiyaa hihvejje mi stry???Assu I know dear men kahala writerun vaahaka liyefiyya e stry eh varah rythi vaane kan??Assu I didn’t expect dear horror stry eh liyaane kamakah??heheh??Assu Dandelion varah biruganey
    Horror stry kiyan????????Ekam dear ehaa biruverikoh stry nuliyaane kamah heekoh mi stry mi kiyany??nxt part avahah up kohdhehchey ngey??luv yuh my cutie pie sis gandaa ??????eysh dhooniii??mi stry ehaa biruverikoh nuliyahchey????lol??????????

    1. eysh says:
      October 27, 2018 at 8:13 pm

      Awwww dandelion dear ????❤❤ eysh ge haalu hama ragalhey Alhamdhulillaahi ?❤?? dear ge haalu kihinehtha???
      Eysh kiyaanee loabin dandooo ingey… ok tha?.??
      Awwwww so happy to meet u toooo dandoooo ???? asluves dandoo biruganeytha horror stories. Kiyan??? Mi story akeeves aneh hen biruveri story eh nooney. ?? so haasnuvey ?❤❤
      V happy vehje mi cmnt kiyaalaafa ???❤ dandoo u r really sweeeeeet ??❤❤❤thank u so much dandoo sweeeet ???

  19. Thola says:
    September 14, 2018 at 2:17 am

    Masha allah vvvv reethi …v interesting ?❤

    1. eysh says:
      October 27, 2018 at 8:15 pm

      Thank u so much dear ???❤❤❤ vvvv happy vehje story kamudhiyaeema ???❤❤❤?

Comments are closed.

Next Episodeއެހަނދާން ފޮހެވޭތޯ ބެލިޔަސް 3←


All Right Reserved!