Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (8)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 8, 2018 6 Mins Read
48 Comments

ހިންދިރުވައިލަމުން އެމީހުނަށް ފުރަގަސްދީގެން އައިކްއާ އެކުގައި ކުޅެންހުރި އަރްޒަންއަށް ބަލައިލަމުން އިސްޖަހައިލުމަށްފަހު އެއްވެސް އެއްޗެއް ބުނުމެއްނެތި އެތަނުންދާން ޔަނާލް ހިނގައިގަތެވެ. އެތަންބަލަންހުރި ނިޝްޔާގެ މޫނުމަތީގައިއޭރުވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޔަނާލްއާއި ދޭތެރޭގައި ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟

ޔަނާލް ދިއުމާއެކު ނުލަފާ ފާޑަކަށް ހެވިފައިހުރެ ނިޝްޔާ އަރްޒަންއާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ބޭމުންވިކަންތައްވުމުން ހިތްހަމަޖެހިފައިހުރެއެވެ. އޭނާ ބޭނުންވަނީ ޔަނާލް އަރްޒަންއާއި ދުރުގައި ހުރުމަށެވެ. ފަރިހިނގުމެއްގައިގޮސް އަރްޒަންގެ ފަހަތަށް ހުއްޓެމުން ނިޝްޔާ އަރްޒަންގެ ކޮނޑުގައި އަތްބާވައިލިއެވެ.

“ޔަނާ.. ބަލާބަލަ އައިކް މިއޮއްކިޔާ އެއްޗެއް.” ހިނިގަނޑެއް ޖަހައިލަމުން އެހެން ބުނެލުމަށްފަހު އެނބުރިލި އަރްޒަން ފަހަތުގައި ހުރި ނިޝްޔާ ފެނުމާއެކު ފާޑަކަށް ބޯކަހައިލީ ކާކުތޯ ނުބަލައި ވާހަކަދެއްކުމުން އެކަމާ ރަކިވެފައިހުރެއެވެ. އޭރު ނިޝްޔާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ދެމެދަށްވެރިވި ހަމަހިމޭންކަމާއެކު ކަރުކެހިލަމުން އަނެއްކާވެސް އަރްޒަން ވާހަކަދެއްކިއެވެ.

“ނިޝް ދޯ. ސޮރީ އަހަރެން ހީކުރީ ޔަނާ ކަމަށް. ނީނގޭނު. ހެހެ.” އެހެންބުނެލަމުން އަރްޒަން އެކިދިމަދިމާ ހޯދައިލީ ނިޝްޔާއާއެކު ޔަނާލް ނެތުމުންނެވެ. ނިތްކުރިމައްޗަށް ރޫއަރުވައިލަމުން އަރްޒަން ވަށައިގެން ހޯދައިލީ ކަންބޮޑުވެފައިހުރެއެވެ. އެތަންފެނުމުން ނިޝްޔާގެ އަތް މުށްކެވިގެންދިޔައެވެ. ޝައްކެތްވެސްނެތި އަރްޒަން އެހޯދަނީ ޔަނާލްކަން ޔަގީނެވެ.

“ކޮބާ ޔަނާ؟” ނިޝްޔާއާއި ދިމާއަށް ބަލައިލަމުން އަރްޒަން އަހައިލިއެވެ. “އޭނަ ގޮއްސި ގެއަށް. ބުނި ބޮލުގައި ރިއްސާވަރުން ހުރެވޭކަށްނެތޭ. އެހެންވެ އަހަރެން ބުނީ ގެއަށްގޮސް އަރާމްކޮށްލާށޭ.” ވަރަށް ހަމަޖެހިފައި ނިޝްޔާ ދޮގެއްހަދައިލިއެވެ. އިރުކޮޅަކު ނިޝްޔާއާއި ދިމާއަށް ބަލަންހުރުމަށްފަހު އަރްޒަން ތުންފަތުގައި ދަތްއަޅައިލީ އެއްޗެއް ވިސްނާއުސޫލުންނެވެ.

“ދެން ކީއްވެބާ އަހަރެންގާތު ނުބުނެ އެދިޔައީ. ޔަނާ ވަރަށް ހީނުވޭ އެހެން ހަދާނެހެން.” ދުރަށް ބަލަހައްޓައިގެންހުރެ އަރްޒަން އަނެއްކާވެސް ބުނެލިއެވެ. “އުޅުނޭ އަރްޒަން ގާތު ބުނަން. އެކަމަކު އައިކް ގޮވައިގެން އަރްޒަން ކުޅެން ހުރީމަ ތިދެބަފައިންނަށް އުނދަގޫކުރަން ބޭނުންނުވާތީ އަހަރެންގާތު އެހެން ބުނެފަ ދިޔައީ.” އަވަސް އަވަހަށް ނިޝްޔާ ބުނެލިއެވެ. ވަކިއެއްޗެކޭ ނުބުނެ އަރްޒަން ކުޅެން އުޅުނު އައިކްއަށް ގޮވައިލަމުން ހަނާއަޅައިލީ އޭނާގެ ގާތަށް އަންނާށޭ ބުނާކަހަލަ ގޮތަކަށެވެ.

“ކީކޭތަ އައިކް ކީ؟” މައުޟޫބަދަލުކޮށްލަމުން ނިޝްޔާ އަހައިލިިއެވެ. “ހެހެ. އެއްޗެއްނޫން.” އަރްޒަންގެ ޖަވާބުން އޭނާ އެވާހަކަ ނިޝްޔާ ގާތުގައި ބުނަން ބޭނުންނުވާކަން އިނގުމުން ނިޝްޔާގެ ރުޅިގަނޑު އިތުރަށް ގަދަވާން އުޅުނެވެ. ޔަނާލް ގާތުގައި ބުނެވޭއިރު އޭނާ ގާތުގައި ނުބުނެވޭންވީ ސަބަބެއް ނެތެވެ.

“ހިނގާ ގެއަށްދާން ދޯ. އިރުކޮޅަކުން އިރުވެސް އޮއްސޭނެ.” އައިކްގެ އަތުގައު ހިފައިލަމުން ނިޝްޔާއަށް ބަލައިލުމަށްފަހު އަރްޒަން ބުނެލިއެވެ. ހިތްހަމަނުޖެހިފައިހުރިވަރުން އެއްވެސް އެއްޗެއް ބުނުމެއްނެތި ނިޝްޔާ އެތަނުން ނުކުންނަން ހިނގައިގަތެވެ. ނިޝްޔާއަށް ވެފައިހުރިގޮތްފެނި އަރްޒަން ކޮންމެވެސް ވަރަކަށް ސުވާލު އުފެދުނު ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

އެޕާރޓްމަންޓްގެ ދޮރު ލައްޕައިލަމުން ދުވެފައިކަހަލަ ގޮތަށް ކޮޓަރިއަށްވަދެ އެނދުމައްޗަށް ޔަނާލް ވެއްޓިގަތެވެ. ނިޝްޔާގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައިރު އޭނާހުރީ ވާންމިއުޅޭގޮތަކާއިމެދު ކަންބޮޑުވެ ބިރުގަނެފައެވެ. ނިޝްޔާގެ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. އަމިއްލަ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް އެއަންހެންކުއްޖާ ކޮށްފާނެއެވެ. އަންހެނަކަށްވެހުރެ އަންހެނެއްގެ އިހުސާސުތައް ނުދަންނަ މީހެއްގެ ހިތުގައި އޮންނާނީ ކޮންރަހުމެއް ހެއްޔެވެ؟

އެތައްދުވަހަކަށްފަހު އެފަދަގޮތަކަށް ނިޝްޔާގެ ކުރިމައްޗަށް އެރުމުން މާޒީގެ އެކިއެކި ހަނދާންތައް އަނެއްކާވެސް ޔަނާލް ވަށައިލިއެވެ. އެހިތި ދުވަސްތައް ހިތުން ފުހެލަން ބޭނުންވިއަސް ތަގުދީރުގައި އޭނާއަށްއޮތީ އެހިތި މާޒީއާއި އަލުން ކުރިމަތިލުށް ކަންނޭނގެއެވެ. އެތައްައިރަކު އެފަދައެކި ކަންކަމާއި ވިސްނާފައި ރުއިމުގައި ޔަނާލްއޮތީ އިތުރުކަމެއް ކުރަންވެސް ބޭނުންނުވެފައެވެ. ހިތުގައިވި އުދާސްތައް ކޮންމެވެސް ސިފައެއްގައި ބޭރުކޮށްލަން ބޭނުންވީއެވެ. އެކަމުންވެސް ޒަޚަމްވެފައިވާ އެހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ރޭގަނޑުގެ ވަގުތެވެ. އައިކް ނިންދެވުމަށްފަހު ލެޕްޓޮޕްއިން އޮފީހުގެ މަސައްކަތެއްކުރަން އަރްޒަން ފެށިނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ސިކުނޑީގައިވި ޔަނާލްގެ ޚިޔާލުތަކުން އޭނާއަށް އުނދަކޫރަނީއެވެ. ޔަނާލް ބަލިހެންހީވެ އެހިތަށް ޔަނާލްގެ ހާލު ބަލައިނުލާ ހަމަޖެހުމެއްނެތްކަން އިނގުމުން މޭޒުގެ އެއްފަރާތުގައިއޮތް ފޯނު އަރްޒަން ނެގިއެވެ. ޔަނާލްއަށް ގުޅަން އުޅެފައިވެސް އޭނާގެ ޚިޔާލު ބަދަލުވީކަންނޭނގެއެވެ. ނިދިފައިއޮތް އައިކްއަށް ބަލައިލަމުން އިންތަނުން ތެދުވެ ފޯނު ޖީބަށް ލުމަށްފަހު ކޮޓަރިން ނުކުންނަން އަރްޒަން ހިނގައިތީ މަޑުފިޔަވަޅުތަކެއް އަޅަމުންނެވެ. ކޮޓަރީގެ ދޮރު ލައްޕައިލަމުންގޮސް ހާޝިމާ ގާތުގައި އޭނާ ކުއްލިއަކަށް ބޭރަށް ދާންޖެހުމުން ދަނީކަމަށްބުނެ ގެއިން ނުކުމެ ކާރަށް އަރައި ދުއްވައިލިއެވެ. ބައިބޯ މަގުތަކުން ފަރިތަކަމާއެކުގައި ކާރުދުއްވަމުން އަރްޒަން ދިޔައީ ޔަނާލް ގާތަށް ދިއުމުގެ ބޭނުމުގައެވެ. ޔަނާލްގެ ހާލު ބަލައިލުމަށްއެދި އެހިތް އެހައި ބޭގަރާރުވާންވީ ސަބަބެއް އޭނާއަކަށް ނޭނގެއެވެ. އިނގޭހައިވެސް އެއްޗަކީ އެހިތުގެ ހަމަޖެހުންވަނީ ޔަނާލްއާއި އެކުގައިކަމެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ނިޝްޔާ ހުރީ ކޮންމެވެސް ކަމަކާ ވިސްނުން ހިންގާށެވެ. މިއަދު ހަވީރު އެދިމާވިކަމަކަށްފަހު އޭނާގެ ހަމަޖެހުންވަނީ ގެއްލިފައެވެ. އެއްގޮތަކަށްވެސް ޔަނާލްއާއި އެފަދަ ގޮތަކަށް އަލުން ދިމާވެދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އަރްޒަންއާއި ގާތްވުމުން އޭނާއަށް ޔަނާލް ހުއްޓުވިދާނެއެވެ. އެކަމަކު ޔަނާލް ގާތަށް ދިއުމުން އަރްޒަން ހުއްޓުވާނީ ކިހިނަކުންހެއްޔެވެ؟

“އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ. އިޓްސް ހާރ. ހުއް. އަދި މޮޔަވެގެން އަރްޒަންގެ ފަހަތުން އެބައުޅެއެއްނު. އަހަރެން ހުއްޓަ މިފަހަރު އަރްޒަން އެހެން އަންހެނެއްގާތަށް ދިޔަކަ ނުދޭނަން. ލައްކަ ދުވަހު ކެތްކުރެވިއްޖެ. އަރްޒަން އެއީ އަހަރެންގެ މީހަކަށް ނުވެއްޖެއްޔާ އެހެން މީހެއްގެ ހައްގަކަށް ވިޔަކަވެސް ނުދޭނަން.” އިސްތަށިގަނޑު ތެރޭގައި އަތްހިންގައިލަމުން އަމިއްލަ ނަފުސާ ވާހަކަދައްކަމުން ނިޝްޔާ ދިޔައެވެ.

ގޭގެ ބެލްޖަހާއަޑަށް ސިހިފައި ރޯންއޮތް ޔަނާލް އެނދުމަތިން ތެދުވިއެވެ. އަދި ޓިޝޫއަކުން މޫނު ރީތިކޮށް ފުހެލަމުން ހެދުން ރަނގަޅުކޮށްލުމަށްފަހު ކޮޓަރިން ނުކުމެ ދޮރުހުޅުވަން ދިޔައެވެ. މީހާ ކުޑަކޮށް ހަމަޖެހިލަމުން ޔަނާލް މަޑުމަޑުން ދޮރުހުޅުވައިލިއެވެ. އެއާއެކު ކުރިމަތީގައި ހުއްޓިހުރި އަރްޒަން ފެނުމުން އޭނާ ހައިރާންވެފައި ބަލަންހުރީ އެއްގޮތަކަށްވެސް އެވަގުތު އަރްޒަން އައިސްފާނެކަމަށް ހީވެފައި ނެތުމުންނެވެ.

“ހާއި.” ބުނާނެ އެއްޗެއް ނުވިސްނިފައިހުރި އަރްޒަން ނިތްއަރުވައިލަމުން ބުނެލިއެވެ. ޔަނާލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވިތާނގައި ޖަވާބު ދިނުނެއްވެސްނެތި އޭނާ އިސްޖަހައިލިގޮތުން އަރްޒަން ސުވާލުއުފެދުނެވެ. “ޔަނާ ބަލީތަ؟” ރަތްވެފައިހުރި ޔަނާލްގެ ދެލޮލާއި ނޭފަތް ފޮރުވަން އުޅުނެއްކަމަކު އަރްޒަންއަށް ފާހަގަވުމުން ކަންބޮޑުވެފައި އަހައިލިއެވެ. އެއްވެސް އެއްޗެއް ބުނެމެއްނެތި ޔަނާލް ދެފަރާތަށް ބޯހޫރުވައިލިއެވެ. “އަހަރެން ގާތު އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟” އަނެއްކާވެސް އަރްޒަން އަހައިލިއެވެ. އަރްޒަން އެހެންބުނުމާއެކު ދޮރު ހުރިގޮތަށް ބެހެއްޓުމަށްފަހު ޔަނާލް އެތެރެއަށް ހިނގައިގަތުމުން ދެކޮނޑު އަރުވައިލަމުން އަރްޒަންވެސް އެތެއަށްވަދެ ދޮރު ލައްޕައިލިއެވެ.

ސޯފާގެ އެއްފަރާތުގައި އިށީން ޔަނާލްއަށް ބަލަމުން އަނެއްފަރާތުގައި އަރްޒަންވެސް އިނށީދެ ހަމަޖެހިލިއެވެ. “ވަޓްސް ރޯންގް ޔަނާ؟ ވީގޮތެއް ބުނީމައެއްނު އަހަރެންނަށްވެސް އެހީއެއްވާން އިނގޭނީ. ބަލީތަ؟ ހިނގާ އަހަރެންނާއެކު ހޮސްޕިޓަލަށްދާން.” އަރްޒަންގެ އަޑުގައިވި އަސަރުން ހަގީގަތުގައިވެސް އޭނާ ޔަނާލާއި މެދުގައި ކަންބޮޑުވާކަން ޔަނާލްއަށް ވިސްނުނެވެ. “ކަމެއްނުވޭ.” އެއްޗެެކޭ ބުނަން އުޅެފައިވެސް ހަމައެކަނި އެހެން ބުނެލަމުން ޔަނާލް އަތުގެ އިނގިލަތަކާ ކުޅެންފެށިއެވެ.

“އެހެން ނުވާނެ. އަހަރެންނަށް އިނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. ބުނެބަލަ. އަނެއްކާ ނިޝް އެއްޗެކޭ ބުނީތަ؟” އަރްޒަން މަަަސައްކަތްކުރަމުން ދިޔައީ ޔަނާލްއަށް ވެފައިހުރިގޮތެއް އޮޅުންފިލުވުމަށެވެ. ނިޝްޔާގެ ނަން އިވުމާއެކު ހިތްހަމަނުޖެހިފައި ޔަނާލް ދެފަރާތަށް ބޯހޫރުވައިލިއެވެ. އެނަން އަޑުއަހާކަށްވެސް އޭނާ ބޭނުނެއްނުވެއެވެ. ނިޝްޔާގެގޮތް އަރްޒަންއަށް ހަމަ ނޭނގެނީބާވައެވެ؟ އިނގިހުރެ ހަޔާތުގެ ބައިވެރިއަކަށް ނިޝްޔާ ޚިޔާރުކުރާނީ މޮޔައެކެވެ.

“ނިޝްޔާ އެއީ ކާކު؟ މިއަދު ތައާރަފުވެސްކޮށް ނުދެމެއްނު.” އެހެންހިތަށް އެރުމާއެކު ޔަނާލް ބޭނުންވީ ނިޝްޔާގެ ވާހަކައިގެ ތެދު ދޮގު އޮޅުންފިލުވާށެވެ. އެކުއްޖާއަށް އިތުބާރުކުރަން ހެޔޮވެސްނުވާނެކަން އޭނާއަށް އެނގެއެވެ. “ހެހެ. އެތެދެކޭ. އަހަރެން ހަނދާންވެސް ނެތް.” ބޮލުގައި އަތުން ޖަހައިލަމުން އަރްޒަން ހިނިތުންވެލިއެވެ. “އެއީ އަހަރެންގެ ކޮއްކޮއެއް. ކަޒިންއެއް.” ޔަނާލްގެ ހިތްގައިމު މޫނަށް ބަލަހައްޓައިގެންހުރެ އަރްޒަން ބުނެލިގޮތުން އޭނާ އިސްޖަހައިލީ އެމޫނުމައްޗަށްއެރި ކުލަވަރު އަރްޒަންއަށް ސިއްރުކުރަން ކަހަލައެވެ.

“އޯހް. އަހަރެން ހީކުރީ..” އެހިސާބަށް ބުނެލުމަށްފަހު ޔަނާލް ހުއްޓައިލިއެވެ. “އައިކްގެ މަންމަ ކަމަށްތަ؟” ޔަނާލް ބުނަން އުޅުނު ޖުމުލަ އަރްޒަން ފުރިހަމަކޮށްލިއެވެ. އިރުކޮޅަކު ވިސްނައިލުމަށްފަހު ޔަނާލް ބޯޖަހައިލުމާއެކު އަރްޒަންގެ ތުންފަތުގައި ހިތި ހިނިތުންވުމެއް ދުވެލިއެވެ. “ޔަނާ މިހައި ދުވަސްވީއިރުވެސް ނާހާތީވެ އަހަރެން ނުބުނީ. އައިކްގެ މަންމަ.. އޭނަ ވިހެއުމުގެތެރޭ ނިޔާވީ. ޝީ އިޒް ނޯ މޯ.” އެއްދިމާއަކަށް ނަޒަރު ހުއްޓައިލަމުން ހިތްދަތިގޮތަކަށް އަރްޒަން ބުނެލިގޮތުން ޔަނާލްގެ ހިތަށްވެސް އަސަރުކުރިއެވެ. ބަދަލުގައި ބުނާނެ އެއްޗެއް އެވަގުތު އޭނާގެ ސިކުނޑިއަށް ނައުމުން ހަމަހިމޭންކަން ޔަނާލް އިޚުތިޔާރުކުރިއެވެ.

“ޔޫލީ.. އެންމެ ފަހަރަކު ނަމަވެސް އޭނާއަށް އައިކް ދެކިލުމުގެ ނަސީބުވެސް ނުލިބުނު.” އެތަނަަށް ވެެރިވެފައިއޮތް ހަމަހިމޭންކަން ނަގައިލަމުން އަނެއްކާވެސް އަރްޒަން ވާހަކަދެއްކިއެވެ. “އައި އެމް ސޮރީ.” މަޑުމަޑުން ޔަނާލް އެހެން ބުނެލުމާއެކު ކުޑަކޮށް ހިނިތުންވެލަމުން އަރްޒަން ދެފަރާތަށް ބޯހޫރުވައިލިއެވެ. އެއާއެކު މިފަހަރު ޔަނާލްގެ ހިކިފައިވާ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.

“މިހައި ދުވަސްވީއިރުވެސް އަހަރެމެންނަށް އެކަކު އަނެކަކާ ބެހޭގޮތުން ކުޑަ އެއްޗެއް ނޫނީ ނޭނގޭ ދޯ. ހެހެ. ކޮބާ ޔަނާލްގެ އާއިލާ؟ އަހަރެންނަށް އަބަދުވެސް ފެންނަނީ ޔަނާލް އެކަނި އުޅޭތަން. އެކުވެރިއެއްހައި ހިސާބުވެސް ނުދެކެން.” ޔަނާލްއާ ދިމާއަށް އެއްކޮށް އެނބުރިލަމުން އަރްޒަންކޮށްލި ސުވާލާއެކު ޔަނާލް ދެލޯމަރައިލީ ހިތްދަތިގޮތަކަށެވެ.

“އަހަރެންގެ އާއިލާއެއް ނެތް. ކުޑައިރު ދިމާވި އެކްސިޑެންޓެއްގަ މަންމައާ ބައްޕަ ނިޔާވީ. ދެން އެކުވެރިންދޯ. އައި ހޭވް ނޯ ފްރެންޑްސް.” ދުރަށް ބަލަހައްޓައިގެންހުރި ޔަނާލް ތުންފަތުގައި ދަތްއަޅައިލަމުން މަޑުމޮޅި ރާގަކަށް ބުނެލިއެވެ. ޔަނާލްގެ މޫނުމަތީގައިވި ހިތާމަވެރި ކުލަވަރުފެނި އަރްޒަންގެ ހިތުގައި ރިއްސައިލިއެވެ. އެސުވާލު އެހުނުމޮޔަ ހީވެ އަރްޒަން ކުޑަކޮށް ޔަނާލާއި ގާތަށް ޖެހިލިއެވެ.

“ތިހެން ނުބުނޭ. އަހަރެން މިހުރީނު. އަހަރެންވެސްމީ ޔަނާގެ އެކުވެރިއެއްނޫންތަ؟” ޔަނާލްގެ މަޑުއަތްތިލައިގައި ބޭއިޚްތިޔާރުގައި އަރްޒަންއަށް ހިފައިލެވުނެވެ. އަރްޒަންގެ އެއަމަލުން ސިހިފައި ޔަނާލް އޭނާއާއި ދިމާއަށް ބަލައިލިއެވެ. އޭރު އެދެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް ފެނުމުން އަރްޒަންއަށް ހިންދިރުވައިލެވުނީ ހިތަށްވަމުންދިޔަ ތަދެއްގެ ސަބަބުންނެވެ. ދުވަހެއްގެ ކޮޅުންވެސް ޔަނާލް ރޯތަންދެކޭކަށް އޭނާއަކަށް ކެތެއްނުވާނެކަން އެކުޑަ ހިނދުކޮޅުގެ ތެރޭގައި އަރްޒަންއަށް އިހުސާސުވިއެވެ.

“ޔަނާ” އަރްޒަން އަށް މަޑުމަޑުން ގޮވައިލެވުނެވެ. އެއާއެކު ގިސްލަގިސްލައިފައި ޔަނާލްއަށް ރޮއިގަނެވުނެވެ. ހިތުގައި ހުރިހައިކަމެއް ފޮރުވައިގެން އުޅެއުޅެ އޭނާ ވަރުބަލިވީއެވެ. ޔަނާލް ރޯންވީ ސަބަބު ނޭނގުނު ނަމަވެސް އެވަގުތު ކުއްލިއަލަށް އަރްޒަންއަށް ޔަނާލްގެ އަތުގައިހިފައި އޭނާއާއި ދިމާއަށް ދަމައިގަނެވުނެވެ. އެދިޔަބާރުމިނުގައިގޮސް ޔަނާލްގެ މޫނު އަރްޒަންގެ މޭގައި ޖެހުމާއެކު އަރްޒަން އޭނާގެ ދެއަތުން ޔަނާލް ވަށައިލިއެވެ. މީހެއްގެ ހަމްދަރުދީއަކަށް ކެތްމަދުވެފައި އިން ޔަނާލްވެސް އަމިއްލަ އިޚުތިޔާރުން ބޭރުގައި އަރްޒަންގެ ހަށިގަނޑުގައި އަތްވަށައިލަމުން އެމޭގެ ތެރޭގައި އިތުރަށް މޫނު ފޮރުވައިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ލޯތްބާއެކު ޔަނާލްގެ ބޮލުގައި ފިރުމަމުން އަރްޒަން ދިޔައީ ތަކުރާރުކޮށް ނުރޮއިމަށް ބުނަމުންނެވެ.

އެގޮތުގައި އެދެމީހުންނަށް ތިބެވުނީ ކިހައިއިރެއް ވަންދެންކަމެއްވެސް ނޭނގެެއެވެ. އެހޭދަވި ވަގުތުކޮޅުވީ ހަމަޔަގީނުންވެސް ޒަޚަމްވެފައިވާ ދެހިތަށް ލިބުނު ޝިފާއަކަށެވެ. މަޑުމަޑުން ޔަނާލް އަރްޒަންއާ ދުރުވެލާން އުޅެގަތުމުން އަރްޒަންވެސް އޭނާގެ އަތް ނަށްޓައިލަމުން ޔަނާލް ދޫކޮށްލިއެވެ. ކުރެވުނު ކަންތައް އިހުސާސުވުމުން ދެމީހުންގެ މޫނުމަތިންވެސް ލަދުވެތިކަން ފާޅުވަމުންދިޔައެވެ. އެކަކު އަނެކަކަށް ބަލައިލަން ނުކެރިފައި ދެމީހުން ތިބިއިރު ކޮންމެ މީހެއްގެ ތުންފަތްމަތީގައިވެސްވި ލުއި ހިނިތުންވުމުން ދެހިތަށް ލިބިފައިވާ ހަމަޖެހުން އަންގައިދެމުންދިޔައެވެ.

އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން އިންތަނުން އަރްޒަން ތެދުވީ ލަސްވެފައިވުމާއެކު ގެއަށްދަނީ ކަމަށް ބުނަމުންނެވެ. އަރްޒަންއާއެކުގައި ޔަނާލްވެސް ތެދުވިއެވެ. އަރްޒަން ގެއިން ނުކުތުމުން އިސްޖަހައިގެންހުރެ ޔަނާލްގޮސް ގޭގެ ދޮރުލައްޕައިލަން އުޅުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާ ސިހުނީ ދޮރުމަތީގައި ދެޖީބަށް އަތްޖަހައިލައިގެން މަޑުކޮށްލައިގެންހުރި އަރްޒަން ފެނުމުންނެވެ. ހިނދުކޮޅަކަށް ދެމީހުންގެ ހަަތަރުކަޅި ބައްދަލުވެގެންދިއުމާއެކު އަވަސް އަވަހަށް ޔަނާލް އަނެއްކާވެސް އިސްޖަހައިލިއެވެ. ޔަނާލްގެ އެލަދުވެތިއަދާއިން އަރްޒަންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ގެނުވިއެވެ. އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު އަރްޒަން ޔަނާލާއި ގާތްވެލަމުން އެނިތުގައި ބޮސްދިނެވެ. ކީއްވެކަމެއް ނޭނގެއެވެ. ހިތުގެ އެއެދުމާއި ދެކޮޅުހަދަން އަރްޒަން ބޭނުންނުވީއެވެ. އަރްޒަންގެ ތުންފަތް އޭނާގެ ނިތުގައި ޖެހުމާއެކު ޔަނާލްއަށް ދެލޯމަރައި ބާރުކޮށްލެވުނީ އެވަގުތު ހިތަށް ގެނުވި ފޮނި އަރާމުންނެވެ. “ދެން ނުރޮއްޗޭ. ޓިއަރސް ޑޯންޓް ލުކް ސޯ ގުޑް އިން ޔޯ އައީސް.” ދުރުވެލަމުން ވައިއަޑުން އެހެން ބުނެލުމަށްފަހު އަރްޒަން ދިއުމުން އެހުރިހައިއިރު އިސްޖަހައިގެންހުރި ޔަނާލް ދެލޯހުޅުވައިލަމުން އިސްއުފުލައިލިއެވެ. އަދި މަޑުމަޑުން އޭނާގެ ނިތުގައި އަތުން ފިރުމައިލިއެވެ. އެއާއެކު އަރްޒަންގެ ބަސްތައް ހަނދާންވެ އޭނާގެ މޫނުނައްޗަށް ލަދުވެތިކަމުގެ ގަދަ ރަތްކުލަ ވެރިވެގެންދިޔައެވެ. އޭނާއަށް އަރްޒަންއާ ގަޔާވެވެނީ ކީއްވެހެއްޔެވެ؟ ނޭނގޭ އައު ރާގެއް އެހިތުގައި ކުޅެވެމުންދިޔަކަން އިހުސާސުވުމާއެކު ޔަނާލްއަށް މޫނުގައި ދެއަތްއަޅައި ފޮރުވައިލެވުނެވެ.

** ** **

ްޮއޮފީހުގައި އޭނާގެ މޭޒުދޮށުގައި މަސައްކަތަކަަށް ގެއްލިފައިއިން އަރްޒަން ކުޑައިރުކޮޅަކަށްފަހު ބްރޭކްއެއްނެގީ ވަރުބަލިފިލުވައިލުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންނަމަމުންނެވެ. މޭޒުގެ އެއްފަރާތުގައިހުރި ފޯނުން އޭނާގެ ޕީއޭއަށް ގުޅައިލުމަށްފަހު ކޮފީއެއް ގެންނަން ބުނަމުން ގޮނޑީގައި ހަށިގަނޑު ދަމައިލަމުން އަރްޒަން ހަމަޖެހިލިއެވެ. އިރުކޮޅެއްފަހުން ކެބިންގެ ދޮރުގައި ޓަކިޖަހައިލިއަޑު އިވިފައި އެތެރެއަށް ވަންނަން އަރްޒަން ހުއްދަދިނުމާއެކު އޭނާގެ ޕީއޭ އައިސް މޭޒުމަތީގައި އާވިއަރައަރައިހުރި ކޮފީ މަގެއް ބެހެއްޓިއެވެ. އަދި އަރްޒަންއަށް ހިނިތުންވެލަމުން އެތަނުން ނުކުމެ އޭނާގެ މަސައްކަތަށް އެނބުރި ރުޖޫއަވިއެވެ.

ޫ

ކޮފީމަގު ނަގަމުން އަރްޒަން އިންތަނުން ތެދުވިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައިގޮސް އޭނާގެ އިސްކޮޅުރަށްވުރެ ދިގު ބިއްލޫރިން ހަދާފައިވާ ބިތާއި ދިމާލުގައި މަޑުކޮށްލިއެވެ. ބޭރުން ފެންނަމުންދިޔަ ހިތްގައިމު މަންޒަރުތަކަށް ހިތާއި ސިކުނޑި ދޫކޮށްލަމުން އަރްޒަން ކޮފީމަގުން އެތިފޮދެއް ބޮއިލިއވެެ.

ރޭގެ ހަނދާންތައް އެސިކުނޑީގައި ދައުރުވާންފެށުމާއި އަރްޒަންއަށް އެއްއަތުން ބޮލުގެ ފުށްކިބައިގައި މަޑުމަޑުން ޖަހައިލިލެވުނެވެ. “އެމް އައި ފޯލިންގް ފޯ ހަރ؟” އަމިއްލަ ނަފުސަށް އަޑުއިވޭވަރަށް އަރްޒަންއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު އޭނާގެ ލުއި ހުނުމުގެ އަޑު އިވިގެންދިޔައެވެ.

މަސައްކަތުގައި އުޅުނު ޔަނާލްގެ އުފާވެރިކަންވެސް އެހެން ދުވަސްދުވަހާއި ޚިލާފަށް އިތުރުވެފައިވާހެން ހީވެ އޭނާއާއި އެކުގައި މަސައްކަތްކުރަމުންދިޔަ އެހެން މީހުން ސުވާލުކޮށް ދިމާކޮށް ހަދަމުންދިޔައެވެ. އެހެނަސް އެއިން ކަމަކަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި އޭނާ އޭނާގެ މަސައްކަތާއިވެގެން މަޝްއޫލުވެ އުޅުނެވެ.

އައިކް ގޮވައިގެން މިއަދު ސްކޫލަށްއައީ އޭނާގެ ކާފަކަމުން އަރްޒަންއާ ކުރިމަތިލާން ނުޖެހުނަތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ. އަރްޒަންގެ ކުރިމައްޗަށް އަރަންވެސް އޭނާއަށް ނުކެރޭނެކަން ޔަނާލްއަށް އެނގެއެވެ. ކްލާސްތެރޭގައި އެހެންކުދިންނާއެކުގައި ހީހީފައި އުޅުނު އައިކްއަށް އިރުއިރުކޮޅާ ޔަނާލްގެ ނަޒަރު ހުއްޓެއެވެ. އައިކް ފެންނަ ކޮންމެ ފަހަރަކު އެހިތް ލޯބިންފުރި ބަންޑުންވާހައިވެއެވެ. އެތުއްތު ފުރާނައަށް މަންމައެއްގެ ލޯބި ދިނުމަށްއެދި ޔަނާލްގެ ހިތްތެޅިގަތުމާއެކު އޭނާއަށް ހިތާއިދިމާލުން މޭގައި މަޑުމަޑުން ފިރުމައިލެވުނެވެ.

އޮފީހުގެ މަސައްކަތުގައި އުޅުމަށްފަހު މެންދުރު ބްރޭކް ލިބުމާއެކު ނިޝްޔާ އޭނާގެ ފޯނުން ނަމްބަރަކާއި ގުޅައިލިއެވެ. ފޯނު ދެތިންފަހަރު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނެގުމާއެކު ވަރަށް ހަމަޖެހިފައިހުރެ ނިޝްޔާ އެކިއެކި ވާހަކަ ދައްކަންފެށިއެވެ.

“ހޭއި. އަހަރެން އަދި މިހުރީ ހަނދާންނެތިފައޭ. އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ.” ވަރަށް ފޯރިއާއެކު ނިޝްޔާ އެހެން ބުނެލުމުން އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާގެ ހުނުމުގެ އަޑު އިވުނެވެ. “ނޫން މިހާރަކު ނޫން. އަދި ފަހުން. އަހަރެން ބުނާނަން. ދެން ކެތްކޮށްލައިގެން ހުރޭ. ޔަގީން ގަޔާވާނެކަން.” ވަރަށް ހިނިއައިސްފައި އެހެން ބުނެލަމުން ނިޝްޔާ ފޯނު ބޭވިއެވެ. އަދި އަތުތެރޭގައި ފޯނު ދެފަރާތަށް އަނބުރައިލަމުން ކޮލުގައި މަޑުމަޑުން ޝަހާދަތް އިނގިލި ކާތައިލިއެވެ. “ޔަނާލް. ހަހަހަ. ޖަސްޓް ވެއިޓް އެންޑް ވޮޗް ވަޓް އައި ޑޫ ޓް ޔޫ.” ނުލަފާގޮތަކަށް ހީގަންނަމުން ނިޝްޔާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 39

Next

ރާސްތާ 33

Next
September 8, 2018

ރާސްތާ 33

Previews
September 7, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 39

48 Comments!

  1. Nau says:
    September 8, 2018 at 9:48 am

    Salaam all.. So here is the next part.. Hope u all like this part too. Let me knw the mistakes. In sha allah nxt part tmrw.. Enjoy reading.. N have a nice day. Love u all my dears?❤

  2. Shaya says:
    September 8, 2018 at 9:53 am

    Masha Allah..v v reethi mi part❤??BTW i hate that nishya

    1. Nau says:
      September 8, 2018 at 6:03 pm

      Thanks dear.. Hehe❤

  3. talent? says:
    September 8, 2018 at 9:59 am

    this part is v. Nice… im curiously waiting for tomorrw…i hate that nishyaa

    1. Nau says:
      September 8, 2018 at 6:23 pm

      Hehe thanks alot dear❤

  4. naii? says:
    September 8, 2018 at 10:01 am

    v reethi…nishya i hate u a lot…aarrgghhh…v foohivaa kujjeh

    1. Nau says:
      September 8, 2018 at 6:03 pm

      Heheh awwwn.. Thanks my dear❤

  5. Rifuu says:
    September 8, 2018 at 10:06 am

    Alhe e nishya haadha nulafa ey..??huvaa eyna ah ladeh dheebr konme vx meehaku…
    Anyway vaahaka hama habeys….masha allah??

    1. Nau says:
      September 8, 2018 at 6:04 pm

      Dhw. Hehe.. Thanks dear❤

  6. Hayya says:
    September 8, 2018 at 10:15 am

    Maasha Allah. Vrh rythi mi part vxx????
    Yanaal ah dhera gotheh nahadhahchey ekm.
    Waiting for the next part.. ❤❤❤?

    1. Nau says:
      September 8, 2018 at 6:04 pm

      Lets see. Thanks my dear❤

  7. Xuu says:
    September 8, 2018 at 10:39 am

    Vvvvvv loabi story eh? dhn e nishya ves dho.. eyna kameh nukuranees avaha arzan nd yanaa gulhuvaalaba nd tht nishyaage hageegaih angaalaba nd e arzan ves dhn e diary kiyan vejje eh nun??? i am being too fast dhw??? ehnnun vaanee mi vaahakain vaane gotheh egey hithun keih nuvevey???

    1. Nau says:
      September 8, 2018 at 6:05 pm

      Awwwn dear.. Heheh.. Lets see dhw vaagotheh.. Thanks alot❤

  8. Lotus says:
    September 8, 2018 at 11:15 am

    Wow v salhi mi part vx.. this nishya keekuranba miulhey ??? plan fail vaanenama kihaaa ragalhu.. I think arzan diary kiyaanee v lahun hen n dhen he will know all the secrets maybe???

    1. Nau says:
      September 8, 2018 at 6:06 pm

      Hmmm lets see dhw.. Kuriah oihthaaga vaagotheh.. Hehe btw thanks alot my dear❤

  9. R says:
    September 8, 2018 at 11:17 am

    Pls make me a character of this story.. mi nishya gada varugadha lade dheynvejje???

    1. Nau says:
      September 8, 2018 at 6:07 pm

      Omg dear.. Haha.. Nishayage dhuvas dhuhvaalanvy dhw?

  10. shannu says:
    September 8, 2018 at 11:19 am

    Nishyaa ge masahkathaagen ulhenfashan dhw e ulheny… plx nau yanaal ah dheragotheh nuhadhahchey… yanaal aky v hiyvarugadha kuhjakah hadhaabala… nikan nishyaamen kolhu dhahkohlaabala… next part ah v v inthixaaru kurevey

    1. Nau says:
      September 8, 2018 at 6:07 pm

      Hehe lets see.. Thanks my dear❤

  11. Reader says:
    September 8, 2018 at 11:25 am

    Nishyaa dheke varah foohi vey….. Nau ey Yanaal, Arzan dheke rulhi anna kahala kamrh nukuraathi. Don’t hurt her 🙁

    1. Nau says:
      September 8, 2018 at 6:08 pm

      Lets see wat hppns.. Kyp waiting.. Thanks alot dear❤

  12. ? Unknown ? says:
    September 8, 2018 at 11:41 am

    Nishya is so bad dhw. Btw waiting for next part. ???

    1. Nau says:
      September 8, 2018 at 6:08 pm

      Yah dhw.. Kyp waiting.. Thanks dear❤

  13. Nahu says:
    September 8, 2018 at 11:42 am

    Alheyyy haadha reeeiichey mi story …maasha allah…my favorite…nau ah hama saabas???varah kulhadhaana molhu liyuntherieh thee…daily kh knme dhuhuku upkh dhey..I’m so Happy…you is the best?love this story…mihaaruvx kiyaa hithun keiii nuvey…Nishyaa dhw hurihaa nubaeh kulhenymii…i hate her ..yanaal aa arxan aa gulhuvahchey nishyaa kithanme kameh kuriyas…and arxan aaa nishyaa ehvx gothakun nugulhey…nishyaa kahala nubai myhakaa arxan ekashygen nuvey…i think nishyaa mamma vx knmx kameh kuran ulheyhn arxan aa eyna gulhuvan …yoolee maru v emyhunge sababun baaey vx hithah araaa…dhn nishyaa egulhy kaakahbaa ..? arxan ge frnd boy kurin anehkaa marry kury yanaa aa tha…nishyaa nubai role kulhenymii..ehn v ma e dhemedhah vx vadhedhaane ehnun …anyway story perfect..kiyaa hithun keii nuvey..it’s beautiful…waiting for the next part dear …

    1. Nau says:
      September 8, 2018 at 6:09 pm

      Soo many questions dhw.. Hehe.. Lets see wat hppns.. Thanks alot my dear.. Happy to see this comment❤?

  14. Nahu says:
    September 8, 2018 at 11:52 am

    Arxan ehery yanaa ge dairy mathin handhaan nethifa kanneyge…alhe avahah e dairy kiyaanama. ..Eyrun ingeyne yanaa kn kamakaa kan dhimaa v kurin..yanaa ehaa sad life eh e ulheny keeiive kan…dhn yanaa ah huvafenuga efenna firihn meehaa akee kaakuthw balaaa hiyy vany…e myhaku yanaa ah knmes gothakun goanaa kurey eba dhw…I’m sad for her…yanaa ge bai kiyaairu varah dheravey ..mibai kiyaafa vx varah hurt vehje ..yanaa roathy…iraadha kurehviyyaa yanaa ah happy life eh libeyne adhi …eii arxan aa ekee aik ge mum eh ge gothuga…Nau thikuraa bura masahkathah hama saabas??? Nau story upkhlaa thw balabalaa huhta thi upkhlee…one of the my favorite writer theee❤❤❤ love your stories dear …best of luck?

    1. Nau says:
      September 8, 2018 at 6:10 pm

      Awwwn ya dhw.. Lets see who that man is.. Thanks alot my dear?❤

  15. Kin says:
    September 8, 2018 at 12:12 pm

    Aww story is beautiful.. ekam yanaal ah ehaa dhera nudhehchey dhn I mean varah suffer kohfi dhw mihaaru… Dhn eyna ehaa suffer kuran jehijiya varah foohi vaane.. konme storie eygaves vaani ehen..
    Ehvema mi storie ves different vaane kamah varah unmeedhu kuran… I mean we readers read stories as a hobby just to relief our stress or to feel something nice..
    These days most of the stories are more like kasautti so much stress …
    Keep up the good work …

    1. Nau says:
      September 8, 2018 at 6:11 pm

      Hehe yah dhw.. In sha allah i will try to make this one different. Thanks alot my dear❤

  16. samm says:
    September 8, 2018 at 12:35 pm

    nau eh nishyaa ah landeh dhybala. yanaa n arxan dhurukuran eyna ulhenii, ekam nauu ehn nuhadhahche nge .yanaa deserve arxan.. BTW story is perfect. khnme dhuvahaku heylaa gothah balan nau mi stry up khfa inn thoa.. you are my favourite stry writer….love your stry, still waiting for 9th part…………

    1. Nau says:
      September 8, 2018 at 6:12 pm

      Awwwwn thanks alot my dear.. ❤

  17. Unknown girlll.. says:
    September 8, 2018 at 1:14 pm

    SIS…,Mi part ves v reethi.??? Yanaalah dhera gothen nahadhahchey .???.pls… keep up the good work??? luvya❤❤❤ when nxt ..keep smiling???

    1. Nau says:
      September 8, 2018 at 6:12 pm

      Lets see.. Thanks alot my dear.. Nxt part in sha allah tmrw.. Love u too❤

  18. Ria says:
    September 8, 2018 at 3:17 pm

    V V V reethi mi part ves.

    1. Nau says:
      September 8, 2018 at 6:13 pm

      Thanks dear❤

  19. Maya says:
    September 8, 2018 at 4:17 pm

    I hate u nishya… Vv foohi vey ulhey gothun ??????????????????alhe nau Yanaal ah dhera gotheh nuhadhahchey ????mihaaru ves ekuhjaa ehaa hithaama kurey.. And nishya knmes gothakun bust kohlabala ????eyna e gulhy arzan ge bestie i think he is yanaal gex hux???????Anyway MashaAllah vv furihama as always lurrvvv u nau sis????????????. U r the best one of my favorite ????????????????????????

    1. Nau says:
      September 8, 2018 at 6:14 pm

      Lets see wat hppns.. Hehe.. Kyp waiting.. Thanks alot.. Love u too my dear❤

  20. Anonymous says:
    September 8, 2018 at 4:53 pm

    Maa sha Allah.. Vrh vrh Vrh furihama.. Neynge Hama Bunaane ehcheh ves.. Vrh reethi..

    1. Nau says:
      September 8, 2018 at 6:14 pm

      Awwn thanks alot my dear❤

  21. Xuhu says:
    September 8, 2018 at 5:36 pm

    Alhey yanaal ah dhera gotheh nahadhahchey… This part is amazing…. Umm speechless…. Keep it up girl…. God bless u….. Luv yah❤❤❤???

    1. Nau says:
      September 8, 2018 at 6:14 pm

      Thanks alot my dear.. Love u too❤?

  22. Hudher says:
    September 8, 2018 at 6:34 pm

    Alheyyy mi part vx haadha reehchey.. maasha allah….next kn irakun thrrr…..luv u more

    1. Nau says:
      September 8, 2018 at 7:19 pm

      Awwwnn thanks alot dear. Nxt in sha allah tmrw❤

  23. މިންހާ says:
    September 8, 2018 at 8:27 pm

    ވާހަކަ ވަރަށް ރީތި

    1. Nau says:
      September 8, 2018 at 10:25 pm

      Thanks my dear❤

  24. Hudher says:
    September 8, 2018 at 8:56 pm

    Ur welcome dear….

    1. Nau says:
      September 8, 2018 at 10:25 pm

      ?

  25. Khaleesi says:
    September 9, 2018 at 11:47 am

    Maybe arzan ge best friend ge ex wife aky yanaal hen heeevany it’s getting interesting ❤️ Avahah up kohdhy vaaahaka dear

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (9)←


All Right Reserved!