Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 9

hygge Level 510 Stories100 Comments100 Login500 Comments
September 8, 2018 9 Mins Read
25 Comments

އެހިނދު އާލާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލިއެވެ. އާނއެކެވެ. އޭނާއަށް އޭނާގެ މަންމަގެ ބޮލަށް ވަދެވިއްޖެއެވެ. ދާނިޔަލްއަށް ކުރެވެން އޮތްހާ ޖެއްސުމެއް ވިއްޔާ އޭނާ ކުރާނެއެވެ. މިގޭގައި ވަޒީފާގައި ނޫޅެވޭ ވަރުވެސް ކުރާނެއެވެ. އެއީ ދާނިޔަލްގެ އެ ހުންނަ ނުފިލާ އަޒުމެއްގެ ސަބަބުން އާލާއަށް ކެތްނުވުމުން އޭނާ ރޭވި ރޭވުމެކެވެ. ދާނިޔަލްގެ އެ ޢަޒުމަކީ ދުވަހަކުވެސް ގުޑާނެހެން ހީނުވާ އެއްޗެކެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާވެސް އޭނާގެ ކިޔެވުމައިގެން އުޅޭއިރު ދާނިޔަލްވެސް ހިތްވަރާއެކު އޭނާގެ ވަޒީފާ އަދާކުރަމުން ދިޔައެވެ. ނަމަވެސް ކުރިޔަށް އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް އެފަކީރަކަށް ނޭނގެއެވެ.

ދާނިޔަލް އޭނާގެ ވަޒީފާއައިގެން ހެނދުނު ދިޔުމުން އާލިމާ އުޅުނީ ގޭގައި އެކަންޏެވެ. ގޭގެ ގޯތިތެރެ ކުނި ކަހާލުމަށްޓަކައި ބުރުގަލުގައި ގޮށްޖަހާލައިގެން އިލޮށިފަތިން ކުނިކަހަން އޭނާ ގުދަށް އޮތެވެ. އެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އެއީ މިހާރު އޭނާއަށް އާންމުކޮށް ވާގޮތެކެވެ. ކިރިޔާވެސް ކަމެއް ކޮށްލައިފިއްޔާ ވަރުބަލިވެ މައިނޭވަ ލެވެއެވެ.

ނޭވާ ހުންނަނީ އާންމުކޮށް ހުންނަ ވަރަށްވުރެ ކުރުވެފައެވެ. އެ ދޮން މޫނުމަތިން އޮށްދާ ހިތްލައިލައިފައިވާއިރު އޭނާ ހިތްވަރު ކުރަމުން ދާކަން ބަލައިލި ކޮންމެ މީހަކަށްވެސް ދެނެގަނެވޭނެއެވެ. “ޑޮކްޓަރަށް ދަށްކަން ދާންވީ ކަންނޭނގެ.. ހާދަ ވަރަކަށޭ މިހާރު މި ވަރުބަލިވަނީ..” ހަށިގަނޑު ތެދުކޮށްލުމަށްފަހު އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރެ އާލިމާ ބުނެލިއެވެ.

އެވަގުތު އޭނާ ކޮށި އެރިއެވެ. އެއަށްފަހު ހަމަޖެހިނުލެވިގެން އުޅެނިކޮށް ގަދައަށް ކެއްސައިގަތެވެ. އޭނާ އަނގަމަތީ އަތް އަޅައިގެން ހުރެ ކެއްސުން މައިތިރިވުމުން އަތް ނަގާ ބަލައިލި ތަނުން އާލިމާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އޭނާގެ އަތުގައި އެހުރީ ލެޔެވެ. އާލިމާގެ ހިތަށް ބިރުވެރިކަން ވަންނަން ހިނދުކޮށްޅެއްވެސް ނުނެގިއެވެ. ބިރުވެރި ވަސްވާސްތަކުން އޭނާގެ ސިކުނޑި ފުރި ބާރުވަމުން ދިޔައެވެ.

އޭނާގެ އަނގައިން އަނެއްކާވެސް ލޭ އައީއެވެ. މިހާރު އެހެން އެ ދިމާވީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ފަހަރުއެވެ. އާލިމާގެ ހިތުގެ ކަނަކުން އެއީ ރަނގަޅު ކަމެއްގެ އަލާމާތަކަށް ނުވާނޭ ބުނަމުން ދިޔައެވެ. އެހެން ކަމުން އަވަހަށް އަތްދޮވެލައިގެން އައިސް ކުނި ކޮޅު ނެގުމަށްފަހު ފެންވަރާލަން ދިޔައީ ދާނިޔަލް އަންނަން ވާއިރަށް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކޭ ތޯއެވެ. އޭނާ ބަލިކަން ދާނިޔަލްއަށް އެނގިއްޖެ ނަމަ ދާނިޔަލް ދެރަވާނެވަރު އާލިމާގެ ހަނދާނުން ކައްސައެއް ނުލައެވެ. އޭނާގެ ސަބަބުން ދާނިޔަލް ހާސްކުރުވާކަށް އާލިމާގެ ހިތެއް ނޭގެއެވެ.

އޭނާ އަތުގައި އޮތް ތިން ކަޅު ހެދުމުގެ ތެރެއިން އެއްވެސް ކުރެހުމެއް ނެތް އެއްކޮށް ކަޅު ހެދުމެއް ނެގުމަށްފަހު އެޔާއި އެއްކޮށް ކަޅުކުލައިގެ ކަން ބުރުގަލެއް އަޅާލިއެވެ. އެޔަށްފަހު ކުޑަގޮތަކަށް ތައްޔާރުވެލައިގެން އާލިމާ ކޮޓަރިން ނިކުމެގެން ގޮސް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލަށް ވަތް އިރު އެތަނެކޭ ޚާއްސަ އިވެންޓެއް ބާއްވަން އެއްކޮށްފަ ތިބި ބައެކޭ އެއްވަރެވެ. އަވަހަށް އެތަނުން ސަލާމަތް ވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި އާލިމާ ގޮސް ރިސެޕްޝަން ކައުންޓަރ ކައިރީ ހުއްޓިލިއެވެ. އެޔަށްފަހު އެތާ އިން ކުއްޖާގެ އެދުމަށް އައި.ޑީ.ކާޑު ދިނުމަށްފަހު އިރުކޮޅެއް ވާންދެން މަޑުކޮށްލިއެވެ.

އާލިމާ ނަންބަރު ނަގައިގެން އައިސް ގޮނޑިބަރީގައި އިށީނދެލިއެވެ. އޭނާގެ ނަންބަރަށް ބަލައިލުމަށްފަހު މިހާރު ޑޮކްޓަރުގެ ކޮތަރީގައި އިން ނަންބަރަށް ބަލައިލިއެވެ. އެހިނދު އޭނާއަށް ހިނިތުންވެލެވުނެވެ. އޭނާ އާއި ދެން ޖެހެން އޮތީ އަދި އިތުރު ހަމީހުން ބެލުމަށްފަހުއެވެ. މި ބޮޑު މާލެއާއި ބަލައިފަ މިއަދު އޭނާއަށް އެކަން އެކުރެވެނީ ހާދަ ކުޑަ ވަގުތުކޮޅަކުންނެވެ. އެހެންޏާ އެއީ ދެދުވަހުން މީހަކަށް ކުރެވޭނެ ކަމެކެވެ. ކޮންމެޔަކަސް ހިތާހިތުން ﷲއަށް ޝުކުރުވެރިވެލަމުން އާލިމާ ކެތްތެރިކަމާއެކު ވަގުތުތައް ގުނަމުން ދިޔައެވެ.

އާލިމާގެ ނަންބަރު ޖެހުމާއެކު ނޭވާ ހިފަހައްޓާލމުން ޑޮކްޓަރ ބަލިމީހުން ބައްލަވާ ކޮޓަރިއަށް ވަނެވެ. އެޔަށްފަހު މަޑު ހިނގުމެއްގައި ގޮސް ބަލިމީހާ އިށީންނަން ހަމަޖެހިފައި އިން ގޮނޑީގައި އިށީނދެލިއެވެ. ޑޮކްޓަރަށް އިނީ އަންހެނެއް ކަމުން އާލިމާއަށް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އާލިމާއަށް ވަމުން ދާ ގޮތް އޭނާ އެ ޑޮކްޓަރުގެ އެދުމަށް އެއްވެސް އޮޅުވާލުމެއްނެތި ތެދުތެދަށް ކިޔައދެމުން ދިޔައެވެ. އެހިނދު އެ ޑޮކްޓަރ ދިނީ ޓެސްތް ތަކެއް ހަދާށެވެ. އެޔަށްފަހު ޓެސްޓްތަށް ހިފައިގެން މިއަދު ނުވަތަ މާދަމާ ޑޮކަޓަރަށް ދައްކާލުމަށެވެ. އާލިމާވެސް ހިނިތުންވެލަމުން އެ ކޮޓަރިން ނިކުމެ އެ ބުނި ޓެސްޓްތަކެއް ހެދުމަށްޓަކައި ހޮސްޕިޓަލްގެ ލެބޯޓަރީ ހުންނަ ސަރަހައްދަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

***

“ބޭބެގެ ޚަރަދުގަ ދާނިޔަލް ކިޔަވަން ދާންވީނު؟” މަގުމައްޗަށް ސަމާލުކަން ދީގެން ކާރުދުއްވަމުން ދިޔަ ދާނިޔަލްއަށް ސިހުން ގެނުވީ އިނދެލައިފައި އަރީފް ދައްކަން ފެށި ވާހަކައަކުންނެވެ. “ނޫނޭ.. އަޅުގަނޑު ރުފިޔާ އެއްކުރަމުން މިހާރު މިދަނީ.. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މިކަން ވާނެ.. ސްކޯލާޝިޕް އަށްވެސް ލައިގެން މިއުޅެނީ..” ދާނިޔަލް ހިނިތުންވެލަމުން ބުނެލިއެވެ. އަރީފްއަކީ އޭނާއަށް ކިތަންމެ ހިތްހެޔޮ މީހެއް ނަމަވެސް އެފަދަ ބޮޑު ޚަރަދެއް އރީފްލައްވާ ކުރުވާކަށް ދާނިޔަލް ބޭނުމެއް ނޫނެވެ. އޭނާ ރުފިޔާ އެއްކުރަމުން އެދަނީވެސް އެހެންވެއެވެ.

ދާޏިޔަލްގެ އެފަދަ ކޮންމެ ބަހަކުން އަރީފްގެ ހިތުގައި ދާނިޔަލްއަށް ދެވިފައިވާ މަގާމު އިތުރުވެގެން ދެއެވެ. ދާނިޔަލްގެ އެ ރީތި އަޚުލާޤާއި ދީނަށް ލޯބިކުރާ މިންވަރު އެއީ އަރީފްގެ ލޮލުގައި ފުރަތަމަ ދުވަހުއްސުރެ އަޅައިގެންފައިވާ ސިފަތަކެވެ. އަރީފްވެސް ހިނތުންވެލުމަށްފަހު މައުލޫ ބަދަކޮށްލައިފައި ދާނިޔަލްއާއި ވާހަކަ ދައްކަން ފެށިއެވެ.

***

“ދޮންތަ އެރޭ ހުރީ ދާނިޔަލް ކައިރީގަ ދޯ؟” ރުކާ އޭނާގެ ދޮންތަ ރިޔާޝާގެ ކޮޓަރީގައި އޮވެ ލެޕްޓޮޕުން ރިޔާޝާއަށް އިނާމު ލިބުނު ރޭގެ ފޮޓޯތައް ބަލަމުން ދިޔައެވެ. ސޯފާގައި ދެފައި ދަމާލައިގެން އޮވެފައި ކަށްޓެއް ހެރުނު ފަދައިން ކުއްލިޔަކަށް ރިޔާޝާ ތެދުވެގެން އައިސް ރުކާ ގާތަށް އެނދަށް އެރިއެވެ.

“ކީކޭ؟” ރިޔާޝާ ދެބުމަ ގާތްކޮށްލަމުން އަނެއްކާވެސް ރުކާއަށް ސުވާލު ކޯށްލީ އޭނާއަށް ދާނިޔަލްގެ ނަމުގެ އަޑު ރުކާގެ ދުލުން އިވުނުހެން ހީވެގެންނެވެ. “ދޮންތަ އެރޭ ހުރީ ދާނިޔަލް ކައިރީގަ ދޯއޭ..” އަނެއްކާވެސް ރުކާ އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރިޔާޝާވެސް ކޮށްލީ ސުވާލެކެވެ.

“ރުކާއަށް ދާނިޔަލް އިނގެނީ ކިހިނެތް؟” ރިޔާޝާ ހީވަނީ މީހެއްގެ މަރު ތަޙުޤީގު ކުރަން އުޅޭ ފުލުސްމީހެއް ހެންނެވެ. އެހާ ސީރިއަސް ވެލައިފައި އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. “ހެހެ.. ދޮންތަ ހާދަވަރަކުން ދާނިޔަލްގެ މައުލުމާތު ހޯދަން ތިއުޅެނީ؟” ރިޔާޝާގެ ސުވާލަށް ޖަވާބުދޭކަހަލަ ޚިޔާލެއް ރުކާވެސް ނުކުރިއެވެ. “މަ ކުރި ސުވާލަށް ފުރަތަމަ ޖަވާބުދީ..” ރިޔަޝާ ޝަހާދަތް އިނގިލި ދިއްކޮށްލުމަށްފަހު ދެބުމަ ގާތްކޮށްލަމުން ރުކާއަށް ބުނެލިއެވެ. “ދޮންތައާ ފުރަތަމަ ސުވާލުކުރީ މަ.. އެކަމަކު އަހަރެން ކުރި ސުވާލަށް ދޮންތަ ޖަވާބު ނުދޭ…” ރުކާވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

“އަޅޭ ފަހެ މީހަކު ހައިރާނެއް ނުވާނެތަ؟ ތިހުރީ ފޮޓޯއިން ފެންނަން ދޮންތަ ކައިރީގަ ހުރި މީހާ.. އަމިއްލަ ދުލުން ތިބުނީ ދާނިޔަލް އޭ.. ދެން ފެންނަން ހުރި އިރުވެސް ސުވާލު ކުރަނީތަ؟ މީނާ ކުރާނެ އެކަހަލަ ކޫސަނި ސުވާލު.. ސަހާދެ މިބުނީ މިކުއްޖާ ހަމަ..” ރިޔާޝާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. އެހިނދު ރުކާ ހޭން ފެށިއެވެ. ރިޔާޝާ އެ އަންނަ ސިނގު ރުޅިއަކީ އޭނާއަށް މާ މަޖާވާ ކަމެކެވެ.

“ހޭނެކަމެއް ނެތޭ.. މިހާރު ދޮންތަ ޖަވާބު ދީފިން ރުކާގެ ސުވާލަށް.. ދެން ދޮންތަ ކުރި ސުވާލަށް ރުކާއަށް ޖަވާބުދެވޭތޯ ބަލަންވީނު ދޯ؟” ރިޔާޝާ ބުނެލިއެވެ.

“އޯކޭ މައްސަލައެއް ނެތޭ.. ދާނިޔަލް އެއީ އަހަރެމެން ސްކޫލް ކެޕްޓަން.. ދޮންތަ އަހުމަދިއްޔާގަ ކިޔަވާތީ ނޭނގެނީ.. ސީ.އެޗް.އެސް.އީގެ ކެޕްޓަން އެއީ.. ވަރަށް މޮޅުވާނެ.. އެކަން އިނގިއްޖެތާ އެރޭ.. އާލް ވަރަށް ރުޅި އަންނާނެ އޭނާ ދެކެ.. އޭނާ މާ ފަޤީރިއްޔޯ.. އަދި އިނގޭތަ ދޮންތަ އަށް.. އޭނާ މުޅި ސްކޫލުގަ އެހާ މަޝްހޫރު އިރުވެސް ނޫޅޭނެ އެހެން ކުދިންގެ މައްޗަށް މާ ގަދަވެލައިގެންނެއް.. އަދި އަންހެން ކުދިންނާއި އެއްވެސް ވަރަކަށް ނޫޅޭނެ.. މުޅި ސްކޫލުން ހޮވާލެވޭ އެންމެ ރީތި ކުދިން އޭނާ ފަހަތުން ދުވުނަސް ކަހައިރު ވަކު ދަނބެކޭވެސް އޭނާއަށް ހީނުވާނެ.. އެއީ އެންމެ ހައިރާންވާ ސިފައަކީ.. ވަރަށް މަދުން އަންހެން ކުދިންނާއި ވާހަކަ ދައްކާނީވެސް.. ޓީޗަރުން ވަރަށް ލޯބިވާނެ އޭނާ ދެކެ..” ރުކާ އޭނާއަށް އިނގޭ މިންވަރަކުން ކިޔައިދެމުން ދިޔައެވެ.

އެހިނދު ރިޔާޝާ އިނީ އެއްވެސް ފޫހިކަމެއްނެތި އެ ވާހަކަތައް އަޑުއަހާށެވެ. މީހާކު ހަމައެކަނި ދާނިޔަލްގެ ނަން އެތަށް އިރެއް ވާންދެން ކިޔަސް އެ ޝައުޤުވެރިކަން މަތީ އޭނާއަށް އިނދެވޭނެއެވެ. އޭނާއަށް އެރެޔަށްފަހު ދާނިޔަލް ކަމުދާން ފެށިއެވެ. ރިޔާޝާ އެކަނި އިނދެގެން ފާޑަކަށް ހިނިއައިސް އިނުމުން ރުކާ ބުމަ އަރުވާލިއެވް. “އޭތް ދޮންތާ.. ކިހިނެތް ވެފަ؟” އަތުންނާއި އެއްކޮށް އިޝާރާތް ކޮށްލަމުން ރުކާ ސުވާލުކޮށްލިއެވެ.

“ހެހެހެ.. ނުވޭ ކަމެއް.. އެރޭވެސް ހަމައެކަނި އާނ ހޫމް ބުނެލަނީ.. ދެން ނަން ބުނެލި.. ނުދެއްކި އިތުރަށް ވާހަކައެއް.. ދޮންތަ ކައިރީ އިންނާތީ އޭނާއަށް އުނދަގޫ ވެފަ އިންނަހެން ހިވަނީ..” ރިޔާޝާ ބުނެލިއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔަ ހުވަފެނީ ގޮތުން ރުކާ އިނީ އިތުރަށް މަޖާވެފައެވެ. “އަހަންނަށް ހީވަނީ ދޮންތަ ތިހުރީ ދާނިޔަލް އާއި ހެދި ދީވާނާ ވެފަހެން..” ރުކާ ބުނެލިއެވެ. އެހިނދު ރިޔާޝާ އޭނާއާއި އެންމެ ގާތުގައި އޮތް ބާލިސް ނަގާ ރުކާ ގައިމަތިގައި ބާރަށް ޖަހާލިއެވެ.

އޭގެ ދެވަމަ ސިކުންތުގައި އިވިގެން ދިޔައީ ރުކާގެ ހިނިގަނޑުގެ އަޑެވެ. “އަދި ވަރަށް މުހިއްމު ވާހަކައެއް.. ދާނިޔަލް އެއީ އަސްލު އަހަރެމެން އޭޖް ކުއްޖެއް.. އާލް ގޮތަށް އޭނާވެސް އެއް އަހަރު ކުރިން ހުރީ ސްކޫލަށް ވައްދާފަ.. ދޮންތައަށްވުރެ ދާނިޔަލް ކުޑަ.. މިއީ އެއްދުވަހު އަހަރެމެން ކްލާސް އިފްހާމް ދެއްކި ވާހަކައެއް..” އެނދުން ފައިބައިގެން ދުވެފައި ދަމުން ފަހަތަށް އެނބުރިލުމަށްފަހު ރުކާ ރިޔާޝާއަށް ބުނެލިއެވެ. އެޔަށްފަހު އަނެއްކާވެސް ބާރުބާރަށް ދުވެފައި އެކޮޓަރިން ނިކުމެގެން ދިޔައެވެ.

ރިޔާޝާއަށް އިނދެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާއަށް މި ލޯބިވެވުނީ އޭނާއަށްވުރެ އުމުރުން ހަގު ކުއްޖެއް ދެކެ ހެއްޔެވެ؟ އެހިނދު ރިޔާޝާއަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. އޭނާއަށްވުރެ އުމުރުން ހަދު މިހުންނާއި ރައްޓެހި ވުމަކީ ރިޔާޝާ ބޭޏުންވާ ގޮތެއް ނުނެވެ. އެއީ ޙަޤީގަތުގައި އެއްވެސް މައްސަލައަކަށް ނުވިޔަސް ރިޔާޝާއަށް އެގޮތް ކަމު ނުދަނީއެވެ. ނަމަވެސް މިފަހަރު އޭނާ ހާދާނީ ކިހިނެތް ބާވައެވެ؟

***

“މަންމާ..” ގެޔަށް އައިސް ވަތް ދާނިޔަލް ގޭގެ އެކި ތަންތަން ހޯދަމުން އާލިމާ ފެނޭތޯ ބަލަމުން ދިޔައެވެ. އޭނާ ގެޔަށް އައިސް ވަތް އިރު އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ގޭގެ ފަޅުކަން އިޙުސާސް ކުރެވެމުން ދިޔައެވެ. އެހެންވެ އާލިމާއަށް ގޮވި އިރު އާލިމާ ގެއަކު ނެތެވެ. އާލިމާ ދާނީވެސް ކޮންތާކަށް ބާވައޭ ހިތާހިތުން ކިޔާލަ ކިޔާލާ ހުރި ދާނިޔަލް އެންމެ ފަހުން ގޮސް އޭނާގެ ކޮޓަރިއަށް ވެނެވެ. އާލިމާ ގޭގައި ނެތުމުން ނުބައި ވަސްވާސްތަކުން އޭނާގެ ސިކުނޑި ފުރި ބާރުވަމުން ދިޔުމުން އޭނާ އެދިޔައީ ހަމަޖެހިލެވޭތޯއެވެ.

ވަރުބަލި ކަމާއެކު އައިސް ގެޔަށް ވަތް އާލިމާގެ މޫނުމަތިން ވަނި ދާހިތްލާލައިފައެވެ. އޭނާ ހީވަނި އެތަށް އިރެއް ވާންދެން އަވީގައި މަސައްކަތް ކޮށްފަ އައި މީހެއް ހެންނެވެ. ވެފައި ހުރި ވަރުބައްޔާއި އެކު ކަރުހިތްކައިގަނެފައިވާލެއް ބޮޑުކަމުން އާލިމާ ފުރަތަމަވެސް ދިޔައީ ބަދިގެއަށް ފެންފޮދެއް ބޯލުމަށެވެ. އަތުގައި ހުރި ގަނޑުތައް އައިސް އަލަމާރި މަތީ ބާއްވާލުމަށްފަހު އަލަމާރިން ފެންފުޅި ނަގައި ގޭގައި ހުރި ދެ ބިއްލޫރި ތަށީގެ ތެރެއިން އެއްތަށި ނެގުމަށްފަހު އެޔަށް ފެން އަލާލިއެވެ. އަދި ލަސް ލަހުން ފެން ބޮމުން ދިޔައެވެ.

“ގޭތެރެއިން ދޮރު ލެއްޕުނު އަޑަށް އާލިމާއަށް ތެޅިގަނެވުނެވެ. އޭނާ ޑޮކްޓަރަށް ދެއްކި ކަން ދެންމެ ގެންގުޅުނު ލިޔުންތަށް ފެނިއްޖެނަމަ ދާނިޔަލްއަށް އިނގޭނެއެވެ. އެހެން ކަމުން ފެންތަށި ބެހެއްޓުމަށްފަހު އަވަސް އަވަހަށް އެ ލިޔުންތަށް އައިސް އަލަމާރި މަތީގައި ހުރި ގަނޑުތަކެއްގެ ދަށަށް ލައްވާލިއެވެ. އެހެންކަމުން އާލިމާގެ ލިޔުންތަށް ފަރުދާވެގެން ދިޔައެވެ. ފުން ނޭވާއެއް ލުމަށްފަހު އޭނާ ގޮނޑީގައި އިށީންދެލިއެވެ.

“މަންމާ.. ކޮން އިރެއް މިހާރު ދާން މަންމަ ހޯދާތާ؟ ކޮންތާކު އުލެފަ ތިޔައީ؟” ލަސްލަހުން ކަންބޮޑުވެފައިވާ އަޑަކުން ދާނިޔަލް ބުނެލިއެވެ. “މިއައީ މަންމަ ރައްޓެހި ނަޒީހާއްތަމެން ގެޔަށް ގޮސްލައިފަ.. ވަރަށް ދުވަސް ވެއްޖެއެއްނު އެގެއަށް މަންމަ ނުދާތާ.. އެހެންވެ އެހަކަށް ދުވަހު ދިމާވެގެން ނަޒީހާއްތަ ބުނި އަންނައްޗޭ.. އެހެންވެ ދަރިފުޅު ޑިއުޓީން އަންނަންވާއިރަށް އަންނަން ކަމަށް ދިޔައީ.. އެކަމަކު އަދި ކިރިޔާ މި އާދެވުނީ.. ހެހެ..” އާލިމާ ފުރަތަމަފަހަރަށް ދާނިޔަލް ކުރިމަތީ ދޮގު ހެދިއެވެ.

އޭނާއަށް މަޖުބޫރުވިއެވެ. ދެންމެ އޭނާ ނުފެނިގެންވެސް ދާނިޔަލް ކަންބޮޑުވި މިންވަރު އެހުރީ އޭނާ ކުރިމަތި ފެންނާށެވެ. ދެން އަދި އޭނާ ބަލި ޚަބަރު އެ ދަރިފުޅަށް އިނގިއްޖެއްޔާ ވާނެ ވަރު އަންދާޒާވެސް ނުކުރެވޭނެއެވެ.

“އެހެންތަ.. ކިރިޔާއޭ ބިރުން ހަލާކުނުވި.. ހަދާނެ ގޮތެއް ނޭނގިފަ ދާން މިހުރީ.. ހުއްޓާ ނަސީބަކުން މަންމަ ތި އައީ.. އަލްޙަމްދުލިއްލާހް..” ދާނިޔަލް އަނެއްކާވެސް ބުނެލިއެވެ. އެހިނދު އާލިމާ ހިނިތުންވެލިއެވެ.

***

“މިޝަން ވަން ކޮމްޕްލީޓެޑް..” ކޮޓަރިއަށް ވަދެގެން އައި އާލާ ނުލަފާ ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ. އެޔަށްފަހު ގޮސް އެނދަށް ޖެހިގަތެވެ.

*ބައި ގަޑިއިރު ކުރި*

ދާނިޔަލް އަރީފްމެން ގެއަށް އައިސް އަރީފްގެ ހުއްދައާއެކު ގޭތެރެއަށް ވަނެވެ. އެޔަށްފަހު އަރިފް ކޮންމެވެސް ފައިލެއް ބަލައި ދާންވެގެން އޭނާގެ އެދުމަކަށް ދާނިޔަލް ސޯފާގައި އިށީނދެލިއެވެ. އޭނާ އެއިރުވެސް ދިޔައީ ދެއަތް ދެއަތާއި މޮޑެމުންނެވެ. އޭނާއަށް އެގެއިން އާލާ ފިޔަވާ އިތުރު އެއްވެސް މިހެއްގެ ނުރުހުމެއް ކުރިމަތި ނުވިޔަސް އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.

“ދާނިޔަލް… މިގޭގަ ވަޒީފާ އަދާކުރާ މީހުން އަހަރެމެން އިށީންނަ ގޮނޑިތަކުގަވިޔަސް ސޯފާގަ ވިޔަސް އިށީނުމަކީ މަނާކަމެއް.. އަރީފް ނުކިޔައިދޭތަ ޤަވާއިދެއް؟” އިސްޖަހާލައިގެން އިން ދާނިޔަލް ސިއްސައިގެން ދިޔައީ ޝަޒިއްޔާގެ ހަރުކަށި އަޑުންނެވެ. ކުރިން ނުލާހިކު ރީތިކޮށް އޭނާއާއި ވާހަކަ ދައްކައިފަ މިއަދު މިވީ ކިހިނެތް ހެއްޔެވެ؟ ދާނިޔަލްއަށް އިންތަނުން ތެދުވެވުނީ ކުއްލިޔަކަށެވެ. އެޔަށްފަހު އޭނާ ދެއަތް ދެއަތާ ހިފާލަމުން އިސްދަށަށް ޖަހާލައިގެން ހުރެ މާފަށް އެދުނެވެ. އެއިރު އެ ކަޅު ފަން އިސްތަށިގަނޑު ވަނީ ކޮންމެވެސް ވަރަކަށް ނިތްމައްޗަށް ވެއްޓިފައެވެ. އޭނާގެ ރީތިކަން އެ ސިފައިގެ ސަބަބުންވެސް އިތުރުކުރުވާފަދައެވެ.

“އަޅުގަނޑަށް މާފުކުރޭ.. ކުރިން އެކަން އަޅުގަނޑަށް އެނގިފައެއް ނެތް.. އަޅުގަނޑު..” ދާނިޔަލް ވާހަކަ ދައްކަ ދައްކާ ހުއްޓާ އަނެއްފަހަރު ޝަޒިއްޔާ ހަޅޭތް ލަވައިގަތެވެ. ދާނިޔަލް ސިއްސައިގެން ދިޔުމުގެ ސަބަބުން ދެކޮނޑުވެސް ކޮންމެވެސް ވަރަކަށް ހިއްލުނެވެ. ޝަޒިއްޔާގެ ކިބައިން މިވީހާތަނަށް އޭނާއަށް އަދި ހަރުކަށިކަން ފެނިފައެއް ނުވެއެވެ. ވީއިރު މިއަދު އަނެއްކާ ކިހިނެތް ވީބާވައެވެ؟  ކޮންމެޔަކަސް ޝަޒިއްޔާއަކީ އޭނާގެ ސާހިބު މީހަކަށް ވުމުން ދާނިޔަލް އޭނާގެ ކުށް ޤަބޫލު ކުރިއެވެ.

ސިޑީގެ ފުރަގަހަށް ވަދެ މަންޒަރު ބަލަން ހުރި އާލާ ހުރީ ބައްތިރީސް ދަތް ދައްކައިގެން ހިނިތުންވެފައެވެ. ދާނިޔަލްއަށް ދެރައެއް ލިބުމުން އޭނާގެ ހިތަށް އެ ލިބެނީ ކޮންފަދަ ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ދާނިޔަލް އެހާ ކެރިގެން އުޅެންޏާ އޭނާއަށްވެސް ދާނިޔަލްގެ ފަރާތުން ބަދަލު ހިފެން ޖެހޭނެއެވެ. މިއަދު އެ ހިނގި ހާދިސާއަކީ އޭގެ ފުރަތަމަ މަރުޙަލާއެވެ. އާލާ އުފަލުން ހުރެ ހިޓާހިތުން އެކަމަށްތަކައި ފަޚުރުވެރިވަމުން ދިޔައެވެ.

“ދާނިޔަލްއަށް ފިލާވަޅެއް ލިބިފަ ހުންނާނީ މިއަދު.. އޭނާއަށް ބަސް އެދުވަހު ބުނެވުނީ ރަނގަޅު މީހެއް ކުރިމަތީގައެއް ނޫން.. މި އާލާ ކުރިމަތީ.. ހުއް.. އަދިވެސް ބަލަން ހުންނާތި..” އާލާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ވާހަކަ ދައްކަމުން ދިޔައެވެ. އެޔަށްފަހު މަޑުމަޑުން ހިންޏަކަށްވެސް ނޭނގޭނެހާ ސިއްރުން އަނެއްފަރާތުން ގޮސް ގޭގެ ބަގީޗާއަށް ނިކުތެވެ. އޭނާއަށް ނޭނގުނު ކަމަކި އޭނާ ކިތަންމެ ސިއްރުން އެމީހުންނާއި ފިލައިގެން އަޔަސް އާލާ ދެންމެ އެކުރި ކުށް ބައްލަވާ ވޮޑިގެންވާ ފަރާތެއް ވާކަމެވެ. އަދި އޭނާއަށްވުރެ މޮޅަށް ކަންކަން ރާއްވަވާ ކަލަކު ވޮޑިގެންވާކަމެވެ.

“ކިހިނެތް ވެގެންތަ މާ އަޑުގަދަވެގެން މިއުޅެނީ؟” އަރީފް އަވަސް އަވަހަށް ސިޑިން ފައިބަމުން ބުނެލިއެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ދެއަތް ކުރިމައްޗަށް ލައިގެން ކުށްވެރިއެއް ފަދައިން އިސްދަށަށް ޖަހާލައިގެން ހުރި ދާނިޔަލްއެވެ. ” މީނާ ކައިރީ އަހަން ވީނު.. ތަންތަނުން ފާޑުފާޑުގެ މީހުން ގެނެސް ގެޔަށް ލަންޏާ ވާނީ މިހެން.. މީހާގެ ވަނަވާރާއި އެއްޗެހި ދަނެގެން ދެންވެސް ވަޒީފާއަށް މީހުން ނަގާތީ.. އަހަރެމެން ގޭގަ އަހަރެމެން އިށީންނަ ގޮނޑިތަކުގެ ތިބެވެން ވާނީ އަހަރެމެންނާއި އެއްފެންވަރެއްގެ މީހުން.. އެޔަށްވުރެ ދަށު ދަރަޖައިގެ މީހުންނަށް އެއީ ވާނެ ކަމެއް ނޫން..” ޝަޒިއްޔާ ހިތުހުރި ގޮތަކަށް އޭތި މީތު ކިޔަމުން ދިޔައެވެ. އޭނާއަށް ނޭނގުނު ނަމަވެސް އެ ކޮންމެ ބަހެއް ތޫނު ހަންޖަރެއް ފަދައިން ދާނިޔަލްގެ ހިތަށް ހެރެމުން ދިޔައެވެ.

އޭނާ ފަޤީރު ވުމަކީ އޭނާގެ ކުށެއް ހެއްޔެވެ؟ ބައްޕަ މި ދުނިޔޭގަ މިއަދު ނެތުން އެއީ އޭނާގެ ކުށެއް ހެއްޔެވެ؟ ކޮންމެ މިހަކު އޭނާއަށް މަލާމަތް ކުރަނީ ކީއްވެހެއްޔެވެ؟ ދާނިޔަލްގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ. ތަންވަޅު ބަލައިފައި ޝައިޠާނާގެ ނުބައި ވަސްވާސްތަށް އޭނާގެ ސިކުނޑި ފަތަޙަކުރަމުން ދިޔައެވެ. ޝަޒިއްޔާ އާއި މެދު އޭނާގެ ހިތުގައި ނުބައި ވަސްވާސްތަށް އުފެދެމުން ދިޔައެވެ.

“ޝަޒިއްޔާ.. ތަންކޮޅެއް ރީތިކޮށް ވާހަކަ ދައްކަބަލަ.. މިގޭ މުވައްޒިފަކަށް ވުމުން އޭނާ އަދާކުރަންޖެހޭ ވަޒީފާ ރަނގަޅަށް އެބަ އަދާކުރޭ.. އަހަރެމެންނަށް ކުރަންޖެހޭ އިޙްތިރާމް އެބަކުރޭ.. އެހެން ވީއިރު އޭނާގެ މައްސަލައެއް ކޮބާތަ؟ މި ދުނިޔޭގަ އަހަރެމެންނަށް މުއްސަނދިކަން ދެއްވީމަ އެކަމަށް ޝުކުރުވެރިވެބަލަ.. އެ ނިޢުމަތް ދެއްވި ފަރާތުން އެ ނިޢުމަތް އަހަރެމެން އަތުން އަނބުރާ ގެންދެވުމަކީވެސް ހަމަ ވެދާނެ ކަމެއް..

އަހަރެމެން ލިބޭ މީހުން ޖެހޭނީ ނުލިބޭ މީހުންނަށް އެހީވެދޭންކަން ޝަޒިއްޔާ ހަނދާން ނެތުނީ ކޮން އިރަކު؟ އަދި ބުނަންތަ؟ މީހާގެ ޤަދަރު މަތިވެ މުއްސަނދި ވުމަކުންނެއް އެމީހާއަކަށް ވަކި ފައިދާއެއް ނެތޭ.. ﷲގެ ޙަޟްރަތުގައި މުއްސަންޖެއް ފަޤީރެއް ދޮން މީހެއް ކަޅުމީހެއް ނޯވޭ.. އެމީހެއްގެ ޢަމަލުތަކުން އެމީހަކަށް ޖަޒާ ދެއްވާނީ.. އެކަން ހަނދާން ނެތުނިއްޔާ މީގެ ފަހުން އެކަންތައް ހަނދާން ނައްތާނުލާތި.. އަދި އެއްވާހަކަ.. ދާނިޔަލް އެތާ އިށީނީކީ އަމިއްލަ އެދުން ބޮޑުވެގެން އަމިއްލައަކަށް ނޫން.. އެއީ އަހަރެން ބުނެގެން އަހަރެންގެ އެދުމަށް..” މާ ބާރަށް ވާހަކަ ނުދެއްކި ނަމަވެސް އަރީފްގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިގެން ވިއެވެ.

އަރީފްގެ ވާހަކަތަށް އަޑުއިވި ދެންމެ ދާނިޔަލްގެ ހިތުގައި އުފެދުނު ހައިޖާނު ގަނޑުވެސް މައިތިރިވި ފަދައެވެ. ޝަޒިއްޔާ ދާނިޔަލްއާއި ދިމާލަށް ލޯ އަޅާލި މީހަކު ބިރުގަންނާނެ ފަދަ ގޮތަކަށެވެ. އެޔަށްފަހު ދުން ޖަހާފައި ހިނގައިފައި ގޮސް ސިޑިން އަރަންފެށިއެވެ.

“ހިނގާ ދާނިޔަލް.. އަޅާނުލާ..” އަރީފް ހިތްހަމަ ނުޖެހިފައި ހުރެ މަޑުމައިތިރި ކަމާއެކު ދާނިޔަލް އަށް ބުނެލިއެވެ. އެވީގޮތުން އަރީފްގެ މޫޑުވެސް ސަކަރާތް ވީއެވެ. ޝަޒިއްޔާގެ އެ ބޮޑާކަމުގެ ސިފައަކީ އަރީފް އުޅެ އުޅެވެސް ޝަޒިއްޔާގެ ކިބައިން ނުފިލި ސިފައެކެވެ. އޭނާގެ ރީތިކަމާއެއްވަރަށް ދެއްކުންތެރިކަމާއި ބޮޑާކަންވެސް ޝަޒިއްޔާ ވަށާލައިފައިވެއެވެ.

“ވަރަށް ބޮޑަށް މާފުކުރޭ އަޅުގަނޑަށް.. އަޅުގަނޑުގެ ސަބަބުން ބޭބެއާއި ޝަޒިއްޔާ މޭމްގެ މެދުގަ މައްސަލަ ޖެހުނީ..” މިފަހަކަށް އައިސް ޝަޒިއްޔާ ހަރުކަށި ވުމަށްފަހު ދާނިޔަލް ގާތު އޭނާއަށް ‘މޭމް’ ކިޔުމަށް ވަނީ ބުނެފައެވެ. “އެއީ މައްސަލައެއް ނޫން.. ދޭތެރެ ދޭތެރެއިން އަންނާނެ އެކަހަލަ ރުޅިގަނޑު ގަނޑު.. ހިނގާ އަވަހަށް ދަމާ..” އަރީފް ހިނިތުންވެލަމުން ބުނެލިއެވެ. ދާނިޔަލްވެސް އިތުރު އެއްޗެކޭ ބުނުމެއްނެތި ކާރު ސްޓާޓް ކޮށްލިއެވެ.

***

“ހަހަ.. މިގޭގަ އުޅެންޏާ އެކަހަލަ އެތަށް ކަމެއް ދާނިޔަލްއަށް ތަޙައްމަލު ކުރަން ޖެހޭނެ..” އެނދުގައި އޮތް އާލާ ހިނިގނަޑެއް ޖަހާލަމުން ބުނެލިއެވެ.

ދުނިޔެމައްޗަށް އަލިކަން ވެރިވެފައި ވެއެވެ. އިރުގެ ރަންދޯދިތަށް ވިލާތައް ފޫއަޅުވާލައިފައި މުޅި މާލެތެރެ އަލިކުރަމުން ދިޔައެވެ. މަގުމަތިންވެސް މަދުމީހެއް ނޫނީ ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. މަދުމަދުން ކާޅު އުޑުމަތީގައި މިނިވަންކަމާއެކު އުދުހެމުން ދެއެވެ. ސިކުންތަކަށްފަހު ސިކުންތެއް އަދި މިނެޓަކަށްފަހު މިނެޓެއް ފަހަނަ އަޅާ ގޮސް އާލިމާގެ ޓެސްޓް ރިޕޯޓް ބަލައި ދާންޖެހޭ ގަޑިވެސް އައިސް ޖެހުނީއެވެ.

ދާނިޔަލްއަށް ބަހަނާއެއް ދެއްކުމަށްފަހު އާލިމާ ގެއިން ނިކުމެގެން ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. އޭނާގެ ހިތް އެހެން ފަހަރު ފަހަރަށްވުރެ އެތަށް ގުނައެއް ބާރަށް ތެޅެމުން ދިޔައިރު މިހާގެ މޫނުމަތިން ދާތިކިތަށް ފާޅުވަމުން ދިޔައީ ހާސްވާން ފެށުމުންނެވެ. ހަމަޖެހިލުމަށްޓަކައި އިރު އިރުކޮޅުން އާލިމާ އޭނަގެ މޫނުވެސް ފުހެލައެވެ.

ހިނގައިފައި ދިގު ރާސްތާއެއް ކަޑައްތު ކުރުމަށްފަހު އާލިމާއަށް ހޮސްޕިޓަލަށް ދެވުނު އިރު އޭނާއަށް ދިޔައީ ވަރުބަލިކަން އިޙުސާސްކުރެވެމުންނެވެ. ނޭވާ ކުރުވެފައި ވާއިރު އޭގެ ސަބަބުން ބައެއް ފަހަރު ކެއްސައިވެސް ގަނެއެވެ. އިރު އިރުކޮޅުން މަޑުކުރަމުން ގޮސް އެންމެފަހުން އާލިމާ ރިޕޯޓު ނަގަން ދިޔައެވެ. އެޔަށްފަހު ރިޕޯޓު ޑޮކްޓަރަށް ދެއްކުމަށްތަކައި ނަންބަރު ނަގަން ދިޔައީވެސް ވަރުބަލިވެފައިވާ ހަށިގަނޑާއި އެކުއެވެ.

އާލިމާއަށް ޖެހެންދެން ގޮނޑިބަރީގައި އިން އިރު އެ މޫނުމަތިން މާޔޫސްކަން ފާޅުވަމުން ދިޔައެވެ. އޭނާއަށް ކޮންމެވެސް ބޮޑުކަމެއް ވަނީއޭ އެތަށް ފަހަރެއްގެ މަތީން މިހާރުވެސް އެ ހިތަށް އަރައިފިއެވެ. ކިތަންމެ ރަނގަޅަށް ވިސްނަން އުޅުނު ނަމަވެސް އެ ނޫންގޮތަކަށް އޭނާގެ ހިތަކަށް ވިސްނައެއް ނުދެވެއެވެ. އެކި ޚިޔާލުތަކުގައި އިން އާލިމާއަށް ސިހުން ގެނުވީ އޭނާގެ ނަންބަރު ޖެހުމުންނެވެ. އިން ތަނުން ތެދުވެލުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އެޔަށްފަހު ނޭވާ ހިފަހައްޓާލަމުން ބަލިމީހުން ބަލާ ކޮޓަރިއަށް ވަނެވެ.

ޑޮކްޓަރަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އާލިމާ ގޮނޑީގައި އިށީނދެލިއެވެ. އެޔަށްފަހު ޑޮކްޓަރު އަތަށް ރިޕޯޓު ދިނެވެ. އާލިމާ އެ ރިޕޯޓު ދިން ވަގުތު ޑޮކްޓަރު އޭނާ އަޅައިގެން އިން އައިނު ރަނގަޅު ކޮށްލިއެވެ. އެޔަށްފަހު ވަރަށް ރަނގަޅަށް އެ ރިޕޯޓަށް ބަލަމުން ދިޔައެވެ.

އާލިމާ އިނީ އެންމެ ފަހަރަކުވެސް ޑޮކްޓަރުގެ މޫނުން ނަޒަރު ވަކިކޮށްނުލައި އެ މޫނަށް އަރަމުންދާ ކުލަވަރު ބަލާށެވެ. ޑޮކްޓަރުގެ ދެބުމަ ގާތްވިތަންފެނި އާލިމާގެ ހިތުގައި އިހުނަށްވުރެ ބޮޑަށް ބިރުވެރިކަން ވަށާލިއެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ ހުރިހާކަމެއްވެސް ރަނގަޅަށް މިންވަރު ކޮށްދެއްވުން އެދިއެވެ.

“މަރްޔަމް އާލިމާ ދެއްތޯ..” ޑޮކްޓަރު ރިޕޯޓު މޭޒުމަތީ ބާއްވާލަމުން ހަށިގަނޑު ތެދުކޮށްލުމަށްފަހު ދެއަތްތިލަ ޖޯޑުކޮށްލަމުން މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ. އެހިނދު އާލިމާ އެކަމަށް އެއްބަސްވެލިއެވެ. “އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަހަލަ ކަންތައް.. ދުނިޔެއަކި ވަގުތީ ތަނަކަށް ވުމުން އެކިކަހަލަ ވޭން އެކި މީހުން ތަޙައްމަލު ކުރާނީވެސް.. އަހަރެމެން ޖެހޭނީ ކެތްތެރިވާން.. ބައެއް ކަންތައްތަކަކީ ވަރަށް ފަސޭހައިން ޙައްލު ލިބިގެންދާ ކަންކަމަށް ވީ ނަމަވެސް އަނެއްބައި ކަންތަކަކީ ވަރަށް އުނދަގުލުން އެތަކެއް ބުރަ މަސައްކަތްތަކަކަށްފަހު ޙައްލު ލިބިގެންދާ ކަންކަން..” ޑޮކްޓަރ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ދުރުންނެވެ. އެހެން ކަމުން އާލިމާ އިނީ ޑޮކްޓަރ ބުނަން ބޭނުންވެގެން އެއުޅެނީ ކީކޭކަން ނަގައިގަންނަން ނޭނގިފައެވެ.

އާލިމާގެ މޫނުމަތިން ހާސްކަން ފާޅުވާން މިނެޓެއްވެސް ނުނެގިއެވެ. “އަޅުގަނޑު ބުނަން މިއުޅެނީ އާލިމާއަށް ޖެހިފަ ހުރި ބައްޔަކީވެސް ރަނގަޅު ކުރަން ފަސޭހަ ބައްޔަކަށް ނުވެދާނެޔޭ.. އަދި އަމުދުން މިހާރު ތިހުރި ޙާލަތުގަ.. އެހެން ނަމަވެސް އުންމީދު ކަނޑާލައިގެން ނުވާނެ.. އަހަރެމެން ޖެހޭނީ ހިތްވަރުކޮށް ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަން.. އާލިމާއަށް ހުރީ ބްލަޑް ކެންސަރ ޖެހިފަ.. އަދި މިހާރު ތިހުރީ އޭގެ އެންމެ ފަހު ސްޓޭޖްގަ..” ޑޮކްޓަރ އެންމެ ފަހުން ސީދާ މައުލޫއަށް ދިޔައެވެ. އާލިމާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ. ނުވެސް އެނގި ހުއްޓާ އޭނާއަށް އެ ކުރިމަތިވީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟

އާލިމާގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޔަލް މަތިން ހަނދާންވި ވަގުތު އިހުނަށްވުރެ ގިނައިން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެފަކީރު އޭނާއާއި ނުލައި އުޅޭނެ ޙާލު ހިތަށް އަރުވާލަންވެސް އާލިމާއަށް ދައްޗެވެ. އެ ދަރިފުޅަކީ އޭނާގެ ހުރިހާ އުންމީދެކެވެ. އެ ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ޙަޤީގަތަކަށް ވާތަން ދެކެން އޭނާވެސް ބޭނުމެވެ. ނަމަވެސް އެ ނަސީބު އޭނާއަށް ލިބޭނެ ބާވައެވެ؟

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ދުޢާ 8

Next

ބަދަލުވި ލަތީފް

Next
September 8, 2018

ބަދަލުވި ލަތީފް

Previews
September 8, 2018

ދުޢާ 8

25 Comments!

  1. Hudher says:
    September 8, 2018 at 9:48 pm

    mi part vx v v v v v furihama v rythi..maasha allah…..

    1. aish noor says:
      September 9, 2018 at 1:07 pm

      jazakillah khairan Hudher dear.. 🙂

  2. Mal says:
    September 8, 2018 at 9:57 pm

    Wow varah reethi mi part ves ??????????????

    1. aish noor says:
      September 9, 2018 at 1:31 pm

      jazakillah khairan Mal dear.. 🙂

  3. Snow says:
    September 8, 2018 at 9:57 pm

    Touching.. Karuna aisfi.. Nimunu thankolhun. Vaahaka v reethi

    1. aish noor says:
      September 9, 2018 at 1:32 pm

      🙂 aww.. jazakillah khairan dear.. vrh ufaavehje.. 🙂

  4. Reen says:
    September 8, 2018 at 10:04 pm

    Masha allah mi part ves vvvvv salhi….when next???..curiously waiting for the next part…

    1. aish noor says:
      September 9, 2018 at 1:34 pm

      jazakillah khairan dear.. 🙂 in sha nallah, v haaves avahakah up kureveytho try mi kuranee.. 🙂

  5. Lotus says:
    September 8, 2018 at 10:16 pm

    Alhey….. kihine mi v.. so sad.. but story v nice.. waiting for the nxt part

    1. aish noor says:
      September 9, 2018 at 1:35 pm

      🙂 dhn vaa gotheh ves balamaa dhw.. hehe.. 🙂 jazakillah khairan dear.. 🙂

  6. Shaya says:
    September 8, 2018 at 10:58 pm

    Hama aslu vx rovijje.???.noor ge sifakurun thah varah furihama..Masha Allah..BTW dhaaniyal ah ekn igijjeyyaa haadha dheravaane eyy..feeling sorry for him..Love u noor sis??❤

    1. aish noor says:
      September 9, 2018 at 1:37 pm

      alhey.. 🙁 ehentha? vrh ufaavehje dear thihen bunelyma.. 🙂 jazakillah khairan dear.. 🙂 haha.. balamaa dhw… konme kuhjaku ves dhera vaane ekuhjeh loabivaa faraathakah dhera kameh dhimaa vehjiyyaa.. ehennu? 🙂 awww.. <3<3<3<3<3

  7. Mal says:
    September 9, 2018 at 9:20 am

    Masha allah ? ? ?v v v v furihama….???????dear rovijje hama…???v rythi sifakurun thah genesdhyfa huri goii…????i thought aalaa ah dhaaniyal aa hiyy jehuny kamah…bt eheneh nuvi dhw??????☺☺☺☺and plx dhaan ge mamma aa dhaan aa vaki nukurahchey…??????dhaan v ekaniveri vaane….may allah protect your talent from evil ? eyes…..?????and ur so talented masha allah ??????dear my mihaaru emme look forward kurevey eh vaahaka…mi vaahaka up veythw v balan…lots of love ❤ ? ? ?

    1. aish noor says:
      September 9, 2018 at 1:41 pm

      jazakillah khairan dear.. 🙂 alhey.. asluvestha? ehentha dear? vrh ufaavehje Mal thihen bunelyma.. 🙂 hahah.. dhn vaagotheh balamaa.. 🙂 alhey dear.. dhn vaagotheh balamaa, hama konme fadha gotheh ves vedhaanennu dhw? 🙂 vrh ufaavehje dear thihaa supportive v ma.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 jazakillah khairan dear.. ehentha? hageegathuga ves vrh vrh vrh ufaavehje.. 🙂 <3<3<3<3<3

  8. kokee says:
    September 9, 2018 at 1:35 pm

    mi part vrh reethi…hama ragalhah vx rovijje..dhaaniyal haadha dera vaane ey..i feel sorry for dhaniyal..ly sis

    1. aish noor says:
      September 9, 2018 at 1:43 pm

      jazakillah khairan kokee.. 🙂 alhey.. asluvestha? 🙁 konme kuhjeh namaves dhera vaane ehnu dhw ekuhjeh ehaa loabi vaa faraathakah dhera kameh dhimaa veema.. 🙂 aww.. <3<3<3<3<3

  9. Reader says:
    September 9, 2018 at 4:09 pm

    Oh no… You made me cryyy 🙁
    Varah reethi ❤️.. And 2 parts upkoffa inyma varah ufaa vehje… Keep it up..

    1. aish noor says:
      September 10, 2018 at 6:52 am

      alhey.. vrh bodah sorry reader.. 🙁 ehentha? jazakallah khair dear.. 🙂 hehe.. 🙂

  10. maya says:
    September 9, 2018 at 4:20 pm

    alhey hama rovijje rangalhah ves..sifakurun hama perfect..alhey dhaan haadha ekanivaaney aalima ah gotheh vihjiyya..adhi mihaaru vakin bodah..alhe e aala ves adhi jehsumey kurani moyavegen..hurey adhi eyna dhaan dheke lwbi vaane..vv reethi vv hearttouching mi part..may allah protect ur talant from the evil eyes..waiting curiously for the up coming part ….love u noor sis beeeeeeg koh

    1. aish noor says:
      September 10, 2018 at 6:55 am

      alhey.. sorry maya dear.. 🙁 ehentha vanee? jazakillah khairan dear.. 🙂 yess dear, konme kuhjeh ves vrh ekani vaane dhw ekudhinge parents ekuhjakaa dhurah gosfiyyaamu.. hahaha.. jazakillah khairan for makung me laugh, maya dear.. hehe.. 🙂 asluvestha? jazakillah khairan dear.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 vrh bodah sorry ingey iyye up nukurevunyma.. kuda kameh dhimaa v aslu.. 🙁 aww.. <3<3<3<3<3

  11. Anonymous says:
    September 9, 2018 at 6:44 pm

    Dhen Aalima rangalhu vaane kamah beleveny DHUA koh, DHUA kurumuge sababun. Ehenvma adhi dhera nuvey kudhin kudhin.

    1. aish noor says:
      September 10, 2018 at 6:57 am

      🙂 balamaa dhw dhn vaagotheh.. 🙂 yess dear.. ummeedhu kandaalaakah nuvaane dhw evves kamehga.. 🙂 aslu vrh ufaavehje dear ehaa rangalhah visnaaleethy.. 🙂 n jazakillah khairan dear.. 🙂

  12. Waiting says:
    September 9, 2018 at 8:22 pm

    Varah salhi ekam dhaaniyal dhraviyas eyna ah sirru kuraakah nuvaane dhw maa bodu varu vaa fahun ingunyma vvv dhera vaane but dont know how u have planned waiting curiously aslu mi story up thankolheh las hen heevanyy ehn nu vaanyy ves dhw ehaa nice viyya story when next part

    1. aish noor says:
      September 10, 2018 at 7:00 am

      jazakillah khairan Waiting.. 🙂 hehe.. yeah, sirru kurumah vure bunun rangalhee.. ehennu? ekamaku mamma eh evaruge bodu qurubaanee eh vumakee hama ekasheegen vaa kameh.. dhw? 🙂 yeah, fahun hurihaa haqeegatheh ingunyma vrh dhera vaane.. hehe.. balamaa dhw dhn vaagotheh.. 🙂 vrh bodah sorry ingey ekamahtakaa.. mi dhe part ehkoh up kuryves ehnvegen eyge urydhuvahu up nukurevunyma.. anehkaa iyyeves up nukurevuny noor ah kuda kmeh dhimaavegen.. ekam miadhu 10 vana bai up vaane kamah mi ummeedhu kuranee.. in sha allah.. 🙂 hehehe.. jazakillah khairan dear.. 🙂 miadhu, in sha allah.. 🙂

  13. Aanyy says:
    October 7, 2018 at 10:20 am

    Dont kill aalima!!!????
    V reethi vaahakaeh❤️❤️

Comments are closed.


All Right Reserved!