ނަންފުޅާއި ނަސްބުފުޅު أَبو دُجَاَنةَ ގެ ފުރިހަމަނަންފުޅަކީ سِمَاك بن خَرَشة އެވެ. ބައެއް ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަސަބުފުޅު ބަޔާން ކުރެއްވިފައިވަނީ سماك بن أَوس بن خرشة بن لوذان بن عبد وُدّ بن زيد بن ثعلبة بن طَرِيف بن الخَزْرج بن سَاعِدَة بن كعب بن الخزرج الأَكبر الأَنصاري الخزرجي الساعدي މިފަދައިންނެވެ. ފަހުން މިދެންނެވި ނަސަބުނާމާއިން އެނގިވަޑައިގަންނަވާނޭފަދައިން އެކަލޭގެފާނަކީ މަދީނާގެ ޤަދަރުހުރު ޤަބީލާއެއްކަމުގައިވާ ޚަޒްރަޖުވަންހައިގެ […]
އަވަސް ހިނގުމެއްގައި އެކޮޓަރިން ނުކުންނަމުން ޔަނާލްއަށް ޝުކުރު އަދާކުރުމަށްފަހު އައިކް ގޮވައިގެން އަރްޒަންގޮސް ލިފްޓަށް އަރަންދެން ދޮރުމަތީގައި ބަލަހައްޓައިގެން ޔަނާލް ހުއްޓެވެ. ލިފްޓް ލެއްޕުމުގެ ކުރިން އައިކް ޔަނާލްއަށް ހަނާއަޅައިލިތަންފެނި އޭނާވެސް ހިނިތުންވެލަމުން އައިކްއަށް ހަނާއަޅައިލިއެވެ. އައިކްމެން ދިއުމުން ޔަނާލް އެތެރެއަށް ވަންނަމުން ދޮރު ލައްޕައިލިއެވެ. އަދި ވަރުބަލިކަމާއެކު އައިސް ސޯފާއަށް ވެއްޓިގަތެވެ. ރޭގެ ހަނދާންތަކާއެކު ޔަނާލްގެ ވަރުބައލިވެފައިވާ މޫނު މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަރްޒަންއާއެކުގައި ހޭދަކުރެވުނު ވަގުތުތަކުގެ އިތުރުން އައިކްއާއެކުގައި ހޭދަވި ކޮންމެ ސިކުންތެއް […]
އެހެންނަމަވެސް އަޔާން މަސައްކަތް ކުރަމުން ދިޔައީ އެ އަސަރު އެއްކޮށް ފިލުވާލެވޭތޯއެވެ. މޫދަށް ދިޔަ ގޮތަށް އެތަނުގައި އުޅުނު ގުރޫޕަކާ ބައިވެރިވެގެން ޒައިން އާއި އޭނާގެ އެކުވެރިޔާ އާސިފް ވެސް ސަކަރާތުގައި މަސްއޫލުވިއެވެ. އެހެން ނަމަވެސް ގަޑިން ފަސްގަޑި ބައި ވުމާއެކު ޒައިން އާސިފް އަށް ގޮވާލަމުން މޫދަށް އަރަން އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ބޯޅައިން ކުޅެމުން ދިޔަ ކުޅިވަރު އެންމެ ފޯރި ގަދަވި ވަގުތު ޒައިން ދާން ފެށުމުން އެތަނުން އެއްކުއްޖަކު ޒައިން އަށް ގޮވާލަމުން […]
ޝައިރާއާއި ޖަދަލުކޮއްލަން ފިހާރައިގަ ހުރެފަ ގެޔަށްދިޔަ މަގުމަތީ އަޔާންދިޔައީ ދިރާގު ސޮޕްއަށްވަދެ ސިމްކޮޅެއްވެސް ގަނެގެންނެވެ. އެއީ އަޔާންގެ ނަންބަރުން ޝައިރާއަށް މެސެޖުކޮއްފިނަމަ އެނގިދާނެތީއެވެ. ޝައިރާ ޑިއުޓީނިމޭހާއިރު ކޮއްލާފާ އަޔާން މެސެޖުކުރަންފެށިއެވެ. “އަޔާން: ހައި އިޓްސް މީ ޔާން. މީ ޔާންގެ ނަންބާރ އިނގޭ. ސޭވްކުރައްޗޭ. ޝައިރާ: ނޮޕް ނޫޅެން ކޮންމެހެނެއް. ތި ނަންބަރު ސޭވް ކުރުވާހިތުންތަ އެވަރަކުން މަގޭ ނަންބަރު ތިހޯދީ؟ އަޔާން: ނޫނޭ މާފޮޅުވަން. މައެހެން ބުނާނެކަމަށް ދޯ ހިތުންތި އެސުވާލުކުރީ… ހައްހައްހާ….. ޝައިރާ: ހޫން […]
މިހަފްތާ އެއްކޮއް ޝައިރާއިނީ ހަވީރާއި ރޭގަނޑު ޑިއުޓީއެވެ. ޖެހިގެންއައިރޭގަވެސް ޑިއުޓާއަށް ދިޔައިރު ވަކި ހިސާބަކުން ޝައިރާގެ ފަހަތުން މީހަކު އަންނަކަމުގެ އިހުސާސް ޝައިރާއަށް ކުރެވުނެވެ. ފަހަތްބަލާވެސްނުލާ ޝައިރާ ޔަޤީންކުރީ އެއީ ފިހާރައަށް ޖެއްސުންކުރަން އެއަންނަސޮރު މިރޭވެސް ޝައިރާ ބިރުގަންނަވާލަންއަންނަނީކަމަށެވެ. މިސޮރަށް މިރޭ ވަރުގަދަ ލަނޑެއަދޭނަމޭ ހިތާ އެއެނބުރުނު ގޮތަށް އުޑުފައިން އިށީންދެފާ ތަނެއްދޮރެއްނުބަލާ އަވަސްއަވަހަށް ވެލިއުކަންފެށީއެވެ. ހިތްހަމަޖެހޭވަރު ކޮށްނިމުމުން ކާމިޔާބީގެ ހިނިތުންވުމަކާއިއެކު ޝައިރާ އިންތަނުން ތެދުވެ ހިންދެމިލާފަ ބަލާލިއިރު ކަމަކުދާކައްނެތެވެ. އެނުދަންނަ ސޮރުކަމަށް ހީކޮށް އެމީހެއްގެ ބޮލާ، […]
އާދުވަހަކަށް އިރު އެރި އިރުު ފަޒާގައި ހިފާފައި ވަނީ ތެތްފިނިކަމެވެ. ގުދުރަތީކަމުގެ ދެވަނައެއްނުވާ ފުރިހަމަ މަންޒަރެއް އިރު އެރުމުގެ ނިޝާންތަކެއް ގޮތުގައި އުޑުމަތިން ދައްކުވައިދިނެވެ. ފަތިސް ނަމާދުގެ ބަންގި ގޮވިތާ ހަތަރު ގަޑިއިރުވެސް ހަމަ ނުވަނީސް މުޅި ރަށު ތެރޭގައި ގުގުމާލީ ތަކުބީރުގެ އަޑެވެ. އާދޭހެވެ. މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ. މިސްކިތްތަށް ފުރި ބާރުވަނީ މަގުމަތީގައިވެސް މުސައްލަ އަޅައިގެން ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އަޙުވަންތަކަން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެއެވެ. […]
އެހިނދު އަރީފްގާތު ބުނަން ވެފަ އޮތް ވާހަކައެއް ހަނދާންވެގެން އަވަހަށް ތެދުވެލުމަށްފަހު ގަރާޖާއި ދިމާލަށް ހިނގައިގަތެވެ. “ބައްޕާ.. އަޅުގަނޑު އަތުގަ ހުރި ހުރިހާ ވާހަކަ ތަކެއް މިހާރު ކިޔާ ނިމިއްޖެ.. ބައްޕަ ބުނީމެއްނު މިހާރު ހުރި އެއްޗެހި ނިމުނީމައޭ ދެން ގަނެދޭނީ.. އޭގެ ފަހުންވެސް މިހާރު ދެބުރަށްވެސް ބައެއް ފޮތް ކިޔައިފިން.. އަޅުގަނޑަށް މިއަދު ފެނުނު ވަރަށް ރިތި ވާހަކަ ސިރީސް އެއް.. އޭތި އަޅުގަނޑަށް ގަނދޭންވީ..” އިސްދަށަށް ޖަހައިގެން ހުރެ ފޯނާއި ކުޅެމުން ނުހަނު ފޯރީގައި […]
“ވި…ވި..ވިޝާލް… ވެ..ވެން ޑިޑް ޔޫ..ޔޫ ކޭމް….” އަޅައަޅައިގަންނަމުން ވާހަކަ ދެއްކި ޒާރާ ހީވީ ވައްކަމެއް ކޮށްގެން ފަޅާއެރިހެންނެވެ. އެނދުން ތެދުވެ މަޑުމަޑުން ޒާރާ ވިޝާލްއާއި ދިމާލަށް ހިނގައިގަތީ ތެޅި ތެޅި އޮތް ހިތަކާއި އެކުއެވެ. މުށަށް އެޅި ބަދަން ކޮޅު އަނގައަށް ލާން ހަނދާންނެތިފަ ހުރި މިޝްޔާއަށް މި ވާން އުޅޭގޮތް އިނގޭފަދައެވެ. އެގެއަށް އޯވާ ނައިޓްއަކަށް އައިތީ އޭނާގެ އެއްޗިހި އަޅައިގެން އައި ދަބަސް ކޮނޑުގައި އަޅުވާލަމުން އޭނާ އަވަސް އަވަހަށް އެ ތަނުން ނުކުތެވެ. […]
ނޭނގި ހުއްޓާ ކުއްލިއަަކަށް އައި ސިހުމާއެކު ވެއްޓެން ދިޔަ އީންގެއަތުގައި ހުށިއާރު ކަމާއެކު އަލްޔާން ހިފީ މައިރީންގެ އަތް ފޮޅުވާލަމުންނެވެ. ހައިރާންކަމާއެކު އީން ބަލައިލިއިރު މައިރީން ހުރީ ރުޅި އައިސް ރަތް ވެފައެވެ.”ހައު ޑޭއާރ ޔޫ މައިރީން” އަލްޔާން ގެ މޫނު މަތިން އެހާ ރުޅިވެރިކަން މީގެ ކުރީން މައިރީން އަށް ދުވަހަކުވެސް ފެނިފައި ނުވެއެވެ. ދެލޯ އަޅާލަމުންއީން ގެ އަތުގައި ހިފައިގެން ބާރަށް ހިނގާފައި އަލްޔާން ނިކުތީ ބޭރަށެވެ. ވާނުވާނޭނގި މީހުންތައް ބަލަން ތިބި ގޮތުން އީތަން އަވަހަށް އެހެން ލަވައެއް ފެއްޓުމުން މީހުންގެ ސަމާލުކަން ލިބުނެވެ. އަލްޔާން ކަންތައް ކުރި ގޮތުން ގަތް ލަދުން ގުޑިލަން ވެސް ނޭނގި ހުރި މައިރީން ގެ ދެއެކުވެރިން ގޮސް އޭނާ ގޮވައިގެން އައިސް ގޮނޑީގައި ބޭންދިއެވެ.އަލްޔާން މެން ފަހަތުން ނިކުންނަން ތެދުވުނު އަލްކާ ހިތްހަމަނުޖެހުނުވަރުން ގޮސް މައިރީން ގެ ކުރިމައްޗައް ހުއްޓި ކުޑަކޮށް ގުދު ވެލާފައި ” މައި ދި ބަބްލިޝް!! ދެންމެ ކުރި ކަހަލަ ކަމެއް ކުރަން މީގެ ފަހުން ހިތައް ވެސް ނާރުވައްޗޭ އިނގޭ!!” ބުނެ ދެލޯ އަޅާލަމުން ވަރުގަދައިންޒާރެއްދީފައި ނިކުމެގެން ދިޔައެވެެ.އީން ގެ އަތުގައި ހިފައިގެން ނިކުތް އަލްޔާން ގޮސް ހުއްޓުނީ މީހެއްގެހިލަމެއް ނުވާ ހިސާބު ޓެރެސް ގެ ތަން ކޮޅެއް ދުރުގައެވެ. ފަނޑު އަލިކަމެއް ވެރިވެފައިވީ ނަމަަވެސް އެކަކު އަނެކަކު ގެ މޫނު ރީއްޗައް ފެނެއެވެ.”އައިމް ސޮރީ އީން ހާރޓް ވިތަ؟” އަލްޔާން ކަންބޮޑު ވެފައި ހުރެ އަހާލުމުން އީން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ހާޓް ވަނީ ހިތަށް ކަން އަލްޔާން އަށް އިނގޭނެނަމަ އެވެ. “މައި އާ އަހަންނާ ލޯބީގެ އެއްވެސް ގުޅުމެއް ނެތް. ފޯ މީ ޝީ އަިޒް ޖަސްޓް އަ ފްރެންޑް..އަހަރެންނަށް ލޯބިވެވުނީ އީން ދެކެ..ވަނީ ވެސް އީން ދެކެ..އަދި އަބަދުވެސް ވާނީ ވެސް އީން ދެކެ..ނޯ ވަން ކޭން ޗޭންޖް އިޓް” ކޮންމެ ލަފްޒަކަށް ވަކިވަކީން ބާރު ލަމުން އަލްޔާން އެހެން ބުނެލީ ޔަޤީން ކަމާއެކުގައެވެ. އީން ދެންވެސް އެއްޗެކޭނުބުނެއެވެ.ހިތް އެދެނީ އަލްޔާން ގެ ވާހަކަ ތަކަކީ ތެދު ކަމަށް ގަބޫލް ކުރުމަށެ. އެކަމަކު ކޮންމެ ފަހަރަކު ލޮލަށް ފެންނަ މަންޒަރުން ސިކުނޑި އެވާހަކަތައް ތެދު ކުރުމާ ދެކޮޅު ހަދަނީއެވެ.މައިރީން އަކީ އަލްޔާން ގެ ހަޔާތުގައި އެއްވެސް މީހެއް ނޫން ނަމަ ކޮންމެ ފަހަރަކު ދޭތެެރެއަށްމައިރީން އަންނަނީ ކީއްވެ ހެއްޔެވެ؟ އަލްޔާން ގެ ދެ ލޮލުން ނާއި ދުލުން އީން ދެކެ ލޯބިވާ ވާހަކަ ބުނާއިރު އަލްޔާން ގެ ހަށިގަނޑުގައި އޮޅުލައިގެން މައިރީން އަށް ހުރެވެނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ފަހަރަކު ހިތަށް މިހާ ތަދު ކުރުވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތައް އީން ގެ ހިތުގައި ފުނި ޖެހެންފެށުމާއެކު ލޯ ފެންކަޅިވިއެވެ. ދުލުން އެންމެ ލަފްޒެއް ވެސް ބޭރު ނުވިއެވެ. އީން ގެ ލޮލަށް ބަލަން ހުރި އަލްޔާން އަށް އެ މަންޒަރު ފެނުމުން ހިތަށް އުނދަގޫވެ އީން ގެ މޫނާ ދިމާލަށް އަތްދިއްކޮއްލިއެވެ. އަލްޔާން ގެ އަތުގައި ނުޖެހެން ވެގެން ފަހަތަށް ޖެހުނު އީން ގޮސް ރެއިލިންގްސް ގައި ޖެހި ހުއްޓުނެވެ. އަލްޔާން އީން އާއި […]