Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކީ 4

Ayyrie Level 110 Stories
September 8, 2018 6 Mins Read
16 Comments

އަންގާވެސްނުލާ އަރޫނާ އައުމުން އާރިފާއަށް ލިބުނީ ހައިރާންކަމެވެ. އަރީންވެސް ތިއްތީއައީއޭ ކިޔާ އަރޫނާގެ ގަޔަކުން ދޫނުކުރެއެވެ. އަރޫނާފެނުނީ ހަޔެއްކަ މަސްދުވަސް ފަހުންކަމުން އަރީން ހުރީ އަރޫނާގެ ފަހަތުގައި ޖައްސާފައެވެ. އަރޫނާ އައުމުން އާއިލާގެ އެހެން މެމްބަރުންވެސް އުފާކުރިއެވެ. ޗުއްޓީ ރަށުން ބޭރުގައި ބޭކާރުކޮށްނުލާ އާއިލާގާތަށް އައުމުންނެވެ.

“އެނގޭތަ.. ޒީކާމެންވެސް އެއުޅެނީ މާލެ ބަދަލުވާން. ޒީކާ ބައްޕައަށް މާލެއިން އެޕާޓްމެންޓެއް ލިބުނީޔޯ.” އަރޫނާއަށް އެންމެ ފުރަތަމަ ހަބަރަކަށް ލިބުނު ހަބަރުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ޒީކާއާއި އަރޫނާއާ ދެމެދު ތިންއަހަރުގެ ތަފާތު ހުއްޓަސް އެދެކުދިންނަކީ ކުޑައިރުއްސުރެ ގާތް ދެއެކުވެރިންނެވެ. ދެކުދިންގެ އާއިލާ ދެމެދުގައި އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން އެ އެކުވެރިކަމުގައި މައްސަލައެއް ޖެހުނަކަނުދެއެވެ. ޒީކާގެ މަންމަ ޒޫނާއަކީ އަރޫނާއަށް މަންމައެއްހާ ހެޔޮ މީހެކެވެ. އަރޫނާ ޒީކާ ދެކެނީވެސް ބޮޑަށް ކޮއްކޮއެއްގެ ނަޒަރުންނެވެ.

“މަންމާ. ޒޫދައްތަގާތު ބުނެބަލަ ހުސް ކޮޓަރިއެއް ހުރިއްޔާ އަރޫ ބަހައްޓަދޭށޭ. އެކުވެރިންނާއެކު އުޅުނަސް އަހަރެން އެހާ ހިތްހަމައެއްނުޖެހޭ އެގޭގައި އުޅޭކަށް. ހުސްޖާގަ އޮވޭ. އެކަމަކު އުޅެން އުނދަގޫ. އަދި މިިހާރު ވަކިން ޖީޒާން ހުންނާތީ އުނދަގޫ.” އަރޫނާ ފުރުސަތުގެ ބޭނުން ހިފިއެވެ. އާރިފާ އެއްބަސްވީ އަރޫނާއަކީ އަބަދުވެސް މިނިވަންކަމާއިއެކު އުޅެން ބޭނުންވާ ކުއްޖަކަށްވެފައި މީގެ ދެއަހަރު ކުރިއާ ޖެހެންދެކަށް ހަމައެކަނި މަންމައާއި ބައްޕައާއެކު އުޅުނު ކުއްޖެއްކަމުން އަރޫނާގެ އިހުސާސްތައް ވިސްނޭތީއެވެ.

އަރޫނާ ގިނައިން އުޅުނީ ބޭރުތެރޭގައެވެ. އަރީން ގޮވައިގެން ގިނައިން ގޮސް ހުންނަނީ އަތިރިމަތީގައެވެ. ނޫނީ ޕާކުގައެވެ. އާރިފާ ޝަކުވާނުކުރަނީ އަރޫނާއަށް އިތުބާރުކުރާތީއެވެ. ގޯސް މަގަކުން އޭނާ ނުދާނެކަން އެނގޭތީއެވެ.

އަރޫނާ އިނީ ގެއާދިމާލު އަތިރިމަތީގައި ގޮނޑުދޮށަަށް ވެއްޓިފައިއޮތް ރުކެއްމަތީ އިށިީނދެލައިގެނެވެ. އަރީން ދޮންވެލިގަނޑުމަތީ މަޖާވެލާފައި ކުޅެންއުޅުނުއިރު އަރޫނާގެ ތުންފަތްމަތީ ވަނީ ރީތި ހިނިތުންވުމެކެވެ. މިއީ އޭނާ ފަނަރައަހަރު ވަންދެކަށް ދެކުނު ހުވަފެނެކެވެ. ކޮއްކޮއަކު އޭނާގެ އެކަނިވެރި ހަޔާތަށް ދެއްވާތޯ އޭނާ ދުއާކުރި އަދަދުވެސް ނޭނގެއެވެ. މިއަދު އެކަަމާ ހިނިތުންވެފައި ހުއްޓަސް އަދި އޭނާގެ މޫނުމަތީގައިވާ ހިތާމަތަކެއް ނުފޮރުވެއެވެ. ރޭގައިވެސް ޖީޒާންމަތިން ހަނދާންވެ ކަރުނަ އޮއްސުމުގައި ހޭދަ ކުރުމުގެ ސަބަބުން އެދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ހަށިގަނޑު ކެއުމާ ދުރުވުމުގެ ސަބަބުންވަނިީ ހިކި އަނަރޫފަވެފައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް މިއައި ބަދަލާހެދި ޚުދު އަރޫނާވެސް ހައިރާންވެއެވެ. ވައިލެޓްކުލައިގެ ޓޮޕަކާއި އަޅިކުލައިގެ ޖީންސްގައި ހުރިއިރު އޭނާގެ ފަން އިސްތަށިގަނޑު ވަޔާއެކު ނަށަމުންދިޔައެވެ. ފެނުނުމީހަކަށް އަރޫނާ ސިފަކުރެވޭނީ މަގުގެއްލިފައިވާ ޕަރީއެއްގެގޮތުގައެވެ.

“ރަށަށް އައިސްފަވެސް މިކުއްޖާ އުޅެނީ ފިލައިގެނޭ. ދެތިންދުވަހު ތިގެޔަށްވެސް ދެވިއްޖެ އަރޫއާ ދިމާވޭތޯ. އާރިފައްތަ ބުނި އަރޫގާތު ބުނީމޭ އަހަރެމެން ގެއަށް ގޮސްބަލާށެވެސް. އެކަމަކު ދާހިތެއް ނެތޯ ބުނެޔޯ. އަހަރެމެންމަތިން ހަނދާންވެސް ނައްތާލީދޯ.” ގާތުން މީހެއްގެ އަޑުއިވިފައި އަރޫނާއަށް ބަލާލެވުނެވެ. އެއާއިއެކު ސިހިފައި ހިނިތުންވެލެވުނެވެ.

“ޔަ..ނާލް؟” އަރޫނާއަށް އަހާލެވުނީ ޔަގީންކުރަން ދަތިވެގެންނެވެ.

“އާނ. މަށޭ ޔަނާލް.” ޔަނާލް އަރޫނާގާތު އިށީނެވެ.

ޔަނާލްއަކީ އަރޫނާގެ ބައްޕަގެ ބޭބެއެއްގެ ތިންކުދިންގެ ތެރެއިން ދެވަނަ ދަރިފުޅެވެ. އަރޫނާއަށްވުރެން ހަނގީ އެގާރަމަހަށެވެ. އުމުރުން ދާދި އެއްވަރެއްކަމުން ދެކުދިން ނުހަނު ގާތެވެ. ކުޑައިރު އާއިލާތެރޭ މައްސަލައެއް ޖެހިގެން ކުރިން ބައްދަލުވެވޭހެން ބައްދަލުނުވިޔަސް ސޯޝަލްމީޑިއާގެ އެހީގައި ދެކުދިންގެ ގުޅުމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އެކަކު އަނެކެއްގެ ސިއްރުތައް ހިއްސާކޮށް އުނދަގޫ ކަންތަކުގައި އެހީވެ ހަދައެވެ.

“ނައިސް ޓު ސީ ޔޫ ޔަން. އަސްލު ޕްލޭންޑް ދަތުރަކަށް ނުވާތީ ތަނަކަށް ދާހިތް ނުވެފަ މިހުންނަނީ. އާން ގޮވައިގެން އަވަށްތެރޭ އުޅެނީ. ދުރަކަށް ނުދަން.” ކުޑަ ހިނިތުންވުމަކާއެކު އަރޫނާ ބުނެލިއެވެ.

“ކީއްވެ ޕްލޭންޑް ދަތުރަކަށް ނުވީ؟ މައްސަލައެއް ޖެހުނީދޯ؟” ޔަނާލްއަށް ވަގުތުން މައްސަލައެއް އުޅޭކަން ނަގައިގަނެވުނީ އަރޫނާގެ މޫނުމަތިވެސް މިލާފައި ވާކަމުންނެވެ.

“އެކަހަލަ ގޮތެއް ދެން.” އަރޫނާ އެވާހަކަ ދައްކާހިތެއް ނުވިއެވެ. ދުރުބަލަހައްޓައިގެން ހުރީއެވެ.

“އަރޫ. ވީގޮތް ކިޔާބަލަ. މީގެ ކުރިންވެސް އަހަރެން އެހީވަމެއްނުދޯ؟ ކުރެވެންއޮތް ކަމެއް ވިއްޔާ ކޮށްދޭނަމޭ.” ޔަނާލް އެދުނެވެ. އޭނާ އަރޫނާ ދެކެނީ ދައްތައެއްގެ އިތުރުން ގާތް އެކުވެރިއެއްގެވެސް ގޮތުގައެވެ. އަރޫނާގެ ބައްޕަ ނިޔާވުމުން އޭނާ ވަރަށް ސަކަރާތްވިއެވެ. އެހުރިހާ އިރެއްގައިވެސް އަރޫނާއާ އެންމެގާތުގައިހުރި އެކަކީ ޔަނާލެވެ.

“ޖީ އާ ޝީން އުޅެނީ ރައްޓެހިވެގެން. އެކަން އެނގުނީމަ އުނދަގޫވަނީ. އަހަރެން ކުރިމަތީގަ އެދެމީހުން އުޅޭތަން އުނދަގޫވާނެތީ އަހަރެން ރަށަށް މި އައީވެސް. ޢަލްޔު ވަރަށްގިނައިން ގުޅާ. އަހަރެން ފޯނެއް ނުނަގަން. އެމީހުންނަކަށް ނޭނގޭނެ އަހަރެން އައީ ރަށަށް ކަމެއް.” އަރޫނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެވާހަކަ ގާތްމީހަކާ ހިއްސާކުރެވުމުން ސިކުނޑިއަށް ލުއިކަމެއް ލިބި ހިތަށް ފަސޭހަކަމެއް ލިބިގެންދިޔައެވެ.

“އެހެންދޯ މިވީ. އުޅޭތަން ބަދަލުކުރަންވީއެއްނު.” ޔަނާލް ހިޔާލެއް ދިނެވެ. ޖީޒާންގެ ވާހަކަ ޔަނާލްއަށް ރަނގަޅަށްވެސް އެނގެއެވެ.

“މަންމަމެންގާތު ތިވާހަކަ ކިޔައިގެން މިހުރީ. ޒޫދައްތަމެން އެކޮޅަށް ބަދަލުވާތީ އެގެއިން ކޮޓަރިއެއް ހޯދަދޭށޭ ބުނިން.” އަރޫނާ ދެއަތުން މޫނު ފޮރުވާލިއެވެ.

“އޯހް ގްރޭޓް. ފޮގެޓް ދަޓް. ޒީކާމެން އުޅޭތާކުން ކޮޓަރިއެއް ނުލިބުނަސް މިވީގޮތުން ތިއޮތީ ކޮޓަރިއެއްވެސް ލިބިފައި.” ޔަނާލް އުފަލުން އަރޫނާގެ އަތުގައި ވިކައިގަތެވެ.

“އޭނ؟” ވާނުވާ ނޭނގި އަނގަޗޭކޮށްލައިގެން އަރޫނާއަށް ހުރެވުނެވެ.

“އެނގެއެއްނު ޔަންވެސް ތިކޯހަށް އެޕްލައިކޮށް ކޯސް ލިބުނުކަން. ބަލިވެގެން ކޯސް ފެށޭއިރަށް ނުދެވުނުކަން. މަންމަ ބުނީ ދެން ޖޮއިން ކުރާނިީ ފުރަތަމަ ސެމް އަށް ފަހުއޭ. ހޯދި އެޕާޓްމެންޓު ގެއްލުނީމަ މަންމަ އެބައިން ބައްޕަގެ ރައްޓެއްސެއްގެ ގެއިން ކޮޓަރިއެއް ހޯދާފަ. މަންމަ ބުނީ އަރޫގާތު ބުނާށޯ ޔަންއާއެކު އެގޭގަ އުޅެން އަންނާށޯ. އަހަރެން އެކަނި އުޅެންޖެހޭތީ. އެހެންވެގެންނޭ އަރޫ މިހާވަރަށް މިހޯދަނީ.” ޔަނާލްހުރީ އުފަލުންނެެވެ. އަރޫނާއަށްވެސް ލިބުނީ ބަޔާންކޮށްދޭންދަތި އުފާވެރިކަމެކެވެ. އިޚްތިޔާރަކާނުލާ އެދެލޮލުން ކަރުނަ އޮހިގަތެވެ. އުފާވެރިކަމުގެ ކަރުނައެވެ.

“ތޭންކްސް ޔަން. އައިމް ލަކީ ޓު ހޭވް ޔޫ.” ޔަނާލްގެ ކޮނޑުގައި ޖަހާލަމުން އަރޫނާ ބުންޏެވެ. ޔަނާލް ހެވިފައި ހުރީއެވެ. އަރޫނާއަށް އެހީއެއް ވެދެވޭތީއެވެ.

އާރިފާގާތު ބުނުމުން އޭނާއަށްވެސް ކަމުދިޔަ ގޮތަކީ ޔަނާލްއާއިއެކު އުޅުމެވެ. ކޮލެޖް ހުޅުވެން ހަފްތާއަކަށް ވެފައިވާކަމުން ޔަނާލްމެން ނިންމީ ޓިކެޓް ލިބުނުހާ އަވަހަކަށް ފުރުމަށެވެ. އެކޮޅަށްގޮސް ހަމަޖެހިލަންވެސް ވާނެތީއެވެ. އެކުދިން ތައްޔާރު ވާންފެށީ ހަމަ އެދުވަހުއެވެ. ޓިކެޓް ނަގައިދިނީ ޔަނާލްގެ ބައްޕައެވެ.

ދެދުވަހަށްފަހު އަނެއްކާވެސް އަމިއްލަ ފަސްގަނޑު ދޫކޮށް ހިލޭބަޔެއްގެ ތެރެއަށް ފުރީއެވެ. މިފަހަރު އަރޫނާއަށް ލިބިފައިވާ ހިތްހަމަޖެހުމަކީ އޭނާގެ އިހުސާސްތައް ދަންނަ ގާތް މީހަކާއެކު އުޅެވޭކަމެވެ. ހުރިހާ ޝުކުރެއް ޔަނާލްއަށެވެ.

ފުރުމުގެ ކުރިން އަރޫނާ ޢަލްޔާއަށް ގުޅިއެވެ. ޢަލްޔާ ގުޅުމުން ފޯނު ނުނެގުނު ކަމަށްޓަކާ މައާފަށް އެދުނެވެ. ޗުއްޓީ ހޭދަކޮށްލަން ރަށަށް އައީކަމުގައި ބުންޏެވެ. މިއަދު މާލެދަނީ ކަމަށާއި އެކަމަކު ދެން އުޅޭނީ ޔަނާލްވެސް ހުންނަ ގޭގައި ކަމަށް ބުންޏެވެ. ޢަލްޔާ އެކަމާ ސުވާލުކުރުމުން އޭނާ ބުނީ މަންމައަށް ކަމުދިޔަ ގޮތްކަމަށެވެ. ކޮލެޖުން ދިމާވާނެކަމަށާއި މަދުމަދުން އެގެއަށް ދާނެކަމަށްބުނަމުން ކޯލް ނިންމާލީ އެއާޕޯޓްއިން ދިމާވާން ބުނެފައެވެ.

ކާރުގޮސް މއ.ގޯލްޑަންފްލާވަރގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ޔަނާލްއާއި އަރޫނާ ފޭބިއެވެ. އަރޫނާ ހައިރާންވީ އޭނާ ދަންނަ ހިސާބުގަނޑަކަށް ވުމުންނެވެ. އެއާއެކު ވިސްނައިގަނެވުނެވެ. އެގޭގެ ކުރިމަތީގައި އެހެރީ އަރޫނާ ކުރިން އުޅުނު ގެއެވެ. މިއައި ގެއަކީ ކައިލް އޭނާގެ ގެކަމަށް ބުނިގެއެވެ. އަރޫނާގެ ހިތް ތެޅިގަތެވެ. އޭނާ އުޅެން މިއައީ ކައިލްގެ ގޭގައި ހެއްޔެވެ؟

އެގެއަކީ ފަސްބުރިއަށް ނަގާފައިވާ،ރީތި ގެއެކެވެ. ފެންނަފެނުމަށް ބޮޑުވެސްމެއެވެ. ޔަނާލް ބުނިގޮތުން ޔަނާލްމެން މާލެއަންނަ ކޮންމެ ފަހަރަކުވެސް ތިބެނީ މިގޭގައެވެ. އެގޭމީހުން ޔަނާލް ބުނިގޮތުން ވަރަށް ހެވެވެ.

އަރޫނާމެން ބަލާދިޔަމީހާ ފޯނުން މީހަކަށް ގުޅާލުމުން އިރުކޮޅަކުން އައިސް ދޮރު ހުޅުވާލައިފިއެވެ.

“ޔަންކީ ވެލްކަމް. މިއީ ކޮންކުއްޖެއް؟ އަހަރެން ހީކުރީ ޔަންކީ އެކަނިކަމަށް އަންނަނީ؟” ކައިލްއަކަށް އަރޫނާ ނޭނގުނެވެ. އޭނާވަނީ އެހާބޮޑަށް ބަދަލުވެފައެވެ. ކުރިންއޮތް ދިގު އިސްތަށިގަނޑު ކޮނޑާހަމަޔަށް ކޮށާލާފައި މެރޫންކުލައިން އޮތީ ހައިލައިޓް ކޮށްފައެވެ. ޔަނާލްގެ އިސްތަށިގަނޑުވެސް އޮތީ އެގޮތަށް ކަމަށްވެފައި މޫނުމަތި އެއްގޮތްކަމުން ދެކުދިން ވަރަށް ވައްތަރެވެ. ހަމައެކަނި އަރޫނާ ދޮންކަމެވެ. އަރޫނާގެ ހަށިގަނޑު ކުރިއަށްވުރެވެސް ހިކިފައި ހުރުމާއެކު ފެންނަލެއް ތަފާތެވެ.

“އަހަރެންގެ ކަޒިންއެއް. އަރޫނާ.” ފޮށިތައް ކައިލްއާ ދިމާލަށް ޖައްސާލަމުން ޔަނާލް ބުންޏެވެ. އެވަގުތު ސިހިފައި ކައިލްއަށް އަރޫނާގެ މޫނަށް ބަލާލެވުނެވެ. ޔަނާލް އެހެންބުނެލުމުން މިފަހަރު ވައްތަރުވެއްޖެއެެވެ. ކައިލް އަށް ހެވުނެވެ.

“އަރޫތަ؟ މިވީ ކުޑަދުވަސްކޮޅުތެރޭ ހާދަ ބަދަލުވެއްޖެޔޭ. ކުރީގަ އޮތް ރީތި އިސްތަށިގަނޑަށް ކިހިނެތް ހަދާލާފަ ތިއޮތީ؟” ކައިލް އެއްބުމަ އަރުވާލަމުން އަހާލިއެވެ.

“ކުރީގެ ސްޓައިލް އެކަށް ދޫކޮށްލީ.” ކުޑަ ހިނިތުންވުމަކާއެކު އަރޫނާ ޖަވާބުދިނެވެ. މިއަދު ކައިލް ވާހަކަދެއްކުމުން އޭނާއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. މިވަނީ ކީތްބާވައެވެ؟ ޔަގީނުންވެސް އެއީ ކުރިން ވާގޮތެއް ނޫންކަން އަރޫނާއަށް އިނގެއެވެ. ކައިލް ކުރިއަށްވުރެ މާ ރީތިކަމަށްވެސް އޭނާއަށް ފާހަނގަ ކުރެވުނެވެ.

“އެއީ ކީތްވެ؟ ކުރިން ހުންނަގޮތް މާ ޑީސެންޓްހެން އަހަންނަށް ހީވަނީ. މިހާރު މާ މަގުމަތީވައްތަރު ޖަހަނީ. ބަލާބަލަ ޔަންކީވެސް. ހީވަނީ ކުޑަ ހަންޑިގަނޑެއްހެން. ތި މޭކަޕް ނުކުރާށޭ މަންމަ ނުބުނޭތަ؟ ބަލާ އަރޫވެސް. މޭކަޕާނުލާވެސް ޝީ ލުކް ގުޑް.” ކައިލް އަރޫނާއަށް ތައުރީފުކޮށްލަމުން ޔަނާލްއާ ދިމާކޮށްލިއެވެ. ޔަނާލް ހޭންފެށިއެވެ.

“ކައީ ކިހިނެތް އަރޫ ދަންނަނީ؟” ގޭއެތެރެއަށްވަންނަމުން ޔަނާލް ސުވާލުކުރިއެވެ. މާލޭގެ އެހެންގެތަކާ ޚިލާފަށް އެގޭގައި ކުޑަ ބަގީޗާއެއް ހައްދާފައިވެއެވެ. ގެހުރީ ތަންކޮޅެއް އެތެރޭގައެވެ. ކައިލް އެކުދިން ގޮވައިގެންގޮސް ސިޓިންރޫމަށްވަނެވެ. އޭރު ކައިލްގެ މަންމަ ސާމިޔާ ސޯފާގައި ޓީވީބަލަން އިނެވެ. ހަމައެކަނި ސިޓިންރޫމްއިންވެސް އެގެޔަކީ މުއްސަނދި ބަޔަކު ދިރިއުޅޭގެއެއްކަން ހާމަވެއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަންހުރީ އަގުބޮޑު ތަކެއްޗެވެ. ގޭތެރޭގައި ލުއި މީރުވަހެއް ހިފާފައިވެއެވެ.

“މަންމާ މިހިރީ މަންކީގަނޑު. ކުޑަކޮށްވެސް ބަދަލެއް ނުވޭ. ހަމަ އެ ފޮނި ކުއްޖާގަނޑު.” ޔަނާލްގެ އަތުގައިހިފާ ދަމަމުންގޮސް ކައިލް ސާމިޔާގެ ކުރިމަތީގައި ޔަނާލް ބެހެއްޓިއެވެ. ސާމިޔާ ޔަނާލްއަށް އޭނާގެ ސަމާލުކަން ހުއްޓާލިއެވެ.

“މިގެއަށް މަރުހަބާ ޔަނާލް. މިއީތަ އަރޫނާއަކީ.؟ އަހަރެން ދެކުނު ވައްތަރު ޖަހާ.” އަރޫނާފެނިފައި ސާމިޔާއަށް ބުނެވުނެވެ.

“އާނ. މަންމައަށް އަރޫ ފެނިފައި ހުންނާނީ. މަންމަ ލަންކާއަށް ފުރިދުވަހު އެއާޕޯޓްއިން. ކައީ ބުނިން ދޯ ކްލާސްކުއްޖެކޭ. އަރޫ ތަފާތުކަމުން މަންމައަށް ނޭނގުނީ. ކައީއަކަށްވެސް ފުރަތަމަ ނޭނގުނޭ.” ކައިލް ހިނިތުންވުމަކާއެކު ބުނުމުން އަރޫނާގެ މޫނަށް ރަތްކުލަ ފޭދުނެވެ. ކައިލްއަށް ކަޅިޖަހާނުލާ ބަލަންހުރެވުނެވެ. އޭނާގެ ހިތްދިޔައީ އުފަލުން ނަށަމުންްމުންނެވެ. އަރޫނާ ފުރަތަމަ ފެނުނުދުވަހުން ފެށިގެން އޭނާއަށް އަރޫނާ ކަމުދެއެވެ. އަރޫނާގެ ފަރާތުން ކައިލްއަށް ފެންނަނީ ހުސް އޭނާ ގަޔާވާ ސިފަތަކެވެ. ކޮންމެވެސްގޮތަކުން އަރޫނާއަށް އެކަން އެނގެން ކައިލް ބޭނުމެވެ. އެވާހަކަ އޭނާ ސާމިޔާގާތުވެސް ބުންޏެވެ. ނަމަވެސް ކައިލްއަށް ފިނޑިވެވެނީ އަރޫނާގެ ހިތް އޮތްގޮތެއް ނޭނގޭތީއެވެ. އަރޫނާގެ ހިތް އެހެންމީހަކަށް ހަދިޔާކުރެވިފައި ވާހެން އޭނާއަށް ވަރަށް ހީވެއެވެ.

“އެހެންދޯ މިވީ. ދެކުދިން ދޭ އަރާމުކޮށްލާ ހަދަން. ދައްތަ ޒީން ފޮނުވާނަން ކާން ހެދުނީމަ. ކައިލް ދޭ ކޮޓަރި ދައްކަން.” ސާމިޔާ އެދުނެވެ. ކައިލް ދެކޮޅުހެދުމެއްނެތި ތެދުވިއެވެ. ޔަނާލްއަށް ޖެއްސުމެއް ކޮށްލާހިތުން ހުރިނަމަވެސް އަރޫނާ ހުރީތީ އޭނާ ހުރީ ހިމޭނުންނެވެ. އޭނާގެ ހިތުގައި އަަރޫނާއަށް ދެވިދައިވަނީ އެހެން މީހަކަށް ދުވަހަކުވެސް ދެވިފައިނުވާ މަގާމެކެވެ.

“ޒީން އަކީ ކާކުތަ؟” ލިފްޓަށް އަރަމުން އަރޫނާ ސުވާލުކުރިއެވެ.

“އަހަރެންގެ ކޮއްކޮ. ފަނަރަ އަހަރުގެ ކުޑަ ހަންޑިގަނޑެއް.” ކައިލް އެއްލޯ މަރާލަމުން ހީނލިއެވެ. އަރޫނާ އިސްޖަހާލީ އޭނާގެ ހިތުގެ ތެޅުން އަވަސްވުމުންނެވެ.

ކައިލް އަރޫނާމެން ގޮވައިގެން ދިޔައީ ހަތަރުވަނަ ފަންގިފިލާއަށެވެ. ޔަނާލްއަށް ދިނީ ލިފްޓާއެންމެ ކައިރި ކޮޓަރިއެވެ. ދެންހުރީ ކައިލްގެ ކޮޓަރިކަމުން އަރޫނާއަށް ލިބުނީ ކަނުގައިހުރި ކޮޓަރިއެވެ.

ފޮށިތައް އެތެރެއަށް ލައިދިނުމަށްފަހު ކައިލް ދިއުމުން އަރޫނާ ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އަރޫނާގެ އިސްކޮޅަށްވުރެ ދެފޫޓު އުސް ކަޅުކުލައިގެ އަލަމާރިއާއި ފުދޭވަރެއްގެ ބޮޑު ސިންގަލް އެނދެއް ހުއްޓެވެ. މޭޒަކާއި ކަބަޑުތަކެއްވެސް ހުއްޓެވެ. ކުރީގެ އެޕާޓްމެންޓުހެން ފަހަތަށް ނިކުމެވޭ ބެލްކަނީއެއްވެސް ހުއްޓެވެ. އެދިމާލުުން ފެންނަނީ އެގޭގެ ފުރަގަހުގައި ހައްދާފައިވާ ގަސްޕާކެކެވެ. ކޮޓަަރީގެ ހިތްފަސޭހަކަމުން އޭނާގެ ހިތްފުރުނެވެ.

މާބޮޑު ވަރުބައްޔެއް ނުވާތީ އަރޫނާ ފޮށިން ހެދުންތައް ނަގާ އަލަމާރިއަށްލާ ދެން ގެނައި ތަކެތިވެސް ތަރުތީބުކޮށްލިއެވެ. މާދަމާ ޢަލްޔާމެންގެއަށް އޭނާގެ ފޮތްތަކާއި ދެންވެސް ތިބިއެއްޗެހި ބަލާދާން ޖެހޭނެއެވެ. ޔަނާލްގެ ހަބަރެއް ބަލައިލާނީއޭހިތާ އޭނާގެ މަސައްކަތް ނިންމާލާފައި އަރޫނާ ނިކުތެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ އޭނާ ކުރީގައި އުޅުނު ކޮޓަރީގެ ބެލްކަންޏަށެވެ. އަރޫނާގެ ފިޔަވަޅުތައް ހުއްޓުނެވެ. އެތާނގައި މީހަކު އެބަހުއްޓެވެ. އަރޫނާގެ ހިތް ތެޅިގަތެވެ. އެއިީ ޖީޒާން ނޫން އެހެން މީހެއް ނޫނެވެ. އަރޫނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އޭނާގެ ހިތުގައި އަނެއްކާވެސް ޖަވާބު ނުލިބޭނޭ ސުވާލުތަކެއް އުފެދުނެވެ. ޖީޒާން އެތާނގައި ކީތްކުރަނީ ބާވައެވެ.؟ އަނެއްކާ ޖީޒާން މިހާރު އުޅެނީ އެކޮޓަރީގައި ބާވައެވެ؟ އަރޫނާއަށް އެނގޭގޮތުންނަމަ އެކޮޓަރިއަކީ އެ އެޕާޓަމެންޓުގައި ހުރި އެންމެ ބޮޑު ކޮޓަރިއެވެ. އަރޫނާ ދިޔުމުން ޝީން ޖީޒާންއަށް އެކޮޓަރި ދިނީކަމަށްވެދާނެއެވެ. ޝީން އެހާވެސް އަމިއްލައެދުން ބޮޑީހެއްޔެވެ؟ އަރޫނާ ނެތިގެން ޝީން އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. އަރޫނާގެ ހަބަރެއް ބަލާނުލައެވެ. އަރޫނާ ދިޔުމަކީ ޝީން އެދިގެން ހުރި ގޮތީ ކަންނޭނގެއެވެ. ތިމާ ލޯބިވާ މީހާދެކެ އެހެން މީހަކު ލޯބިވާކަށް އެކަކުވެސް ބޭނުން ނުވާނެކަން އަރޫނާއަށް އެނގެއެވެ.

އަރޫނާ އެހުރިގޮތަށް ދޮރުގައި ލެނގިލައިގެން ހުއްޓާ މީހަކުއައިސް ޓަކިދިނެވެ. ކާންދާން ޖެހުނީކަމަށް ހީކޮށް އަރޫނާ ދޮރުހުޅުވާލިއެވެ. ނޫނެކެވެ. ދޮރުކުރިމަތީ ހުރީ ކައިލް އެވެ. އަރޫނާ ބުމައަރުވާލީ ކިހިނެތްވީހޭ އަހާލުމުގެ ގޮތުންނެވެ.

“ކޭން އައި ކަމް އިން؟” ކައިލް އަހާލިއެވެ.

“ތިތާހުރެ ނުކިޔޭ އެއްޗެއްތަ؟” އަރޫނާ ސަމާސާ ހިނިތުންވުމަަކާއެކު ސުވާލުކޮށްލިއެވެ. ކައިލްއަށް ސިއްރުން ހިނިތުންވެލެވުނެވެ.

“ނޫނޭ. ކޮޓަރި ކިހިނެއްތޯ އަހާލަން. ޔަންކީ ބޭނުންވަނީ އަރޫއާ އެއް ކޮޓަރިއެއްގަ އުޅޭށޯ. އަހާ އަހާ ކީއްވެކަމެއް ނުބުނި.” ކައިލް އޭނާ އައި ސަބަބު ކިޔައިދިނެވެ. އަރޫނާ އިރުކޮޅެއްވާންދެން ދޮރުކަނީގައި ބޯޖައްސާލައިގެން ވިސްނާކަމަށް ހެދިގެން ހުއްޓެވެ.

“ތޭންކްސް ބަޓް ނޯ ތޭންކްސް. އަހަރެންނަށް ވަކިން ކޮޓަރިއެއްގައި އުޅެވެން އޮވެއްޖެެއްޔާ އުޅޭނީ އެކަނި. ޔަން އަހަރެންނާއެކު އުޅެން އެއުޅެނީ އަހަރެންގެ ކަންތައްތައް ރަނގަޅަށް އެނގޭތީ. ބުނޭ އޭނަގާތު އަހަރެން އޯކޭއޭ.” އަރޫނާ ޖަވާބުދިނެވެ. ކައިލްއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

” ނުވިސްނުނު..” ކައިލްއަކަށް އެބުނި އެއްޗެއް ވިސްނައެއް ނުގަނެވުނެވެ.

“ވިސްނެންޖެހޭ މީހާއަށް ވިސްނޭނެޔޭ. ގޮސް ބުނޭ.” އަރޫނާ ދޮރުފަތް ލައްޕާލިއެވެ. އޭނާ އަނެއްކާވެސް ދޮރަށް ލެނގިލިއެވެ. މުޅިމީހާ ވަނީ ފިނިވެފައެވެ. ކައިލްގެ ބެލުމުގައި އެހެރަ ތަފާތުގޮތުގެ ސަބަބުން އަރޫނާއަށް އުނދަގޫވަނީއެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ކުށަކާނުލައި- 13ވަނަބައި

Next

ކުށަކީ ކޮބާ؟ (13)

Next
September 8, 2018

ކުށަކީ ކޮބާ؟ (13)

Previews
September 8, 2018

ކުށަކާނުލައި- 13ވަނަބައި

16 Comments!

  1. Hudher says:
    September 8, 2018 at 9:50 pm

    woooooooooooow nyc……. maasha allah……… me first dhw

    1. Aruu says:
      September 8, 2018 at 9:51 pm

      Yeah!? thanks btw

  2. Hudher says:
    September 8, 2018 at 9:56 pm

    your welcome dear…..

  3. no name says:
    September 8, 2018 at 11:17 pm

    story varah varah reethi….whn next part…..avahah up kohla dehcheyy???

    1. Aruu says:
      September 11, 2018 at 6:23 pm

      Thanks?

  4. riya and u you know who i am right :) says:
    September 8, 2018 at 11:52 pm

    love it girl

    1. Aruu says:
      September 11, 2018 at 6:23 pm

      Thanks?

  5. Ibsha says:
    September 9, 2018 at 9:54 am

    Wow varah reethi

    1. Aruu says:
      September 9, 2018 at 1:24 pm

      Thanks?

  6. maya says:
    September 9, 2018 at 12:41 pm

    wao warah habeys…aru its getting interested…aru and kyle gulhuvaa dhen eyrun reethi waany

    1. Aruu says:
      September 9, 2018 at 1:25 pm

      Thanks maya ? let’s see dhw vaa gotheh

  7. Reader says:
    September 9, 2018 at 4:16 pm

    Oh nice

    1. Aruu says:
      September 9, 2018 at 4:53 pm

      Thank❤

  8. Naju says:
    September 9, 2018 at 9:49 pm

    Wow v nice mihaaru mi story ❤❤❤❤❤ when is next ?????

    1. Aruu says:
      September 9, 2018 at 10:40 pm

      Thanks?. Varah avahah dhn oiy part ?

  9. zoon@ says:
    October 8, 2018 at 9:21 pm

    leh…………………………..

Comments are closed.


All Right Reserved!