ދުވަހަކުވެސް މީހަކަށް އިތުބާރު ނުކުރާ ވަރަށް ޔަނާލް އަރްޒަންއަށް އިތުބާރު ކުރެއެވެ. ދެލޯމަރައިލުމަށްފަހު ފުންނޭވާއެއްލަމުން ޔަނާލް އޭނާގެ ވާހަކަ ފެށިއެވެ. ** ** ** ހުދު ކައިވެނީހެ ހެދުމުގައިހުރި ޔަނާލް މަޑުހިިނގުމެއްގައި ހަނީފާގެ ފަހަތުންގޮސް ޒާވިލްގެ ކޮޓަރިއަށް ވަނެވެ. އޭރު ޒާވިލްއަދި ކޮޓަރިއަށް ނާދެއެވެ. ކައިވެނިޕާޓީ ނިންމައިލައިފައި އައުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއެކުވެސް އަރާމުކޮށްލެވެން ނެތްކަން ޔަނާލްއަށް އެނގެެވެ. އެހެނީ އެރޭގެ ދަންވަރު ފްލައިޓުން ޒާވިލްގެ އާއިލާއާއެކު އޭނާވެސް ފުރަންޖެހޭނެތީއެވެ. އެމީހުންވަނީ މާކުރިންވެސް ޒާވިލްގެ ކައިވެންޏާއެކު މެލޭޝިޔާއަށް […]
“ޔޫ ލުކް ބިއުޓިފުލް” ޒައިން ކައިރިވަމުން ދިޔުމުން ކުޑަކޮށް ޖެހިލުން ވެފައި ހުރި އީނާލް ލަދުން ރަތް ވީ އޭނާގެ ކަންފަތް ދޮށުގައި ޒައިން ބުނި ވާހަކައިންނެވެ. އިސްޖެހިގެން ދިޔައިރު ފައިގައި ހުރި ރިހުން މަތިންވެސް ހަނދާން ނެތް ފަދައެވެ. “މީހަކަށް ފެނިދާނެ” އީނާލް އަށް ބުނެވުނެވެ. ޒައިން ދުރުވެލުމާއެކު އީނާލް އަށް މަގުގެ ދެފަރާތަށް ބަލާ ހޯދާލެވުނެވެ. ނަސީބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒައިން ވެސް ބަލާލިއެވެ. ލަދުން ރަތްވެ ކޯތާފަތަށް ޖަންބު ކުލަ […]
މެޗު ނިމުމަށް ފަހު އޮތީ ގައުމީ ޓީމަށް ނަވީންކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމެވެ. ހުރިހާ ސަޕޯޓަރުންނާއި މުޚާތަބުކޮށް ނަވީން ވާހަކަ ދެއްކިއެވެ. ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ނަވީން ޝުކުރު އަދާކުރިއެވެ. ނަވީން ވާހަކަ ކުރިއަށް ގެންދަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފާވެރި ކަމުގެ ކަރުނަޔާ ހިތާމައިގެ ކަރުނައެވެ. ނަވީންގެ އިތުރުން ތަޖުރިބާކާރު ގޯލް ކީޕަރު ސިމާހުވެސް ކުޅުން ހުއްޓާލި ވާހަކަ އިއުލާން ކުރިއެވެ. ނަވީނެކޭ އެއްފަދައިން ސިމާހުވެސް ވާހަކަ ދެއްކިއެވެ. އެދެކުޅުންތެރިންގެ […]
“ޒާ..ޒާވިލް. މިތާ.. މި.. މިތާ ކީކުރަނީބާ؟” އޭނާގެ ގޮނޑީގައި އިނށީދެވުމާއެކު ފެންކަޅިވެފައިއިން ޔަނާލްއަށް ބުނެލެވުނެވެ. އެއަޑު އޭނާގެ ފަހަތުންއައި އަރްޒަންއަށް ކިތަންމެ ރީއްޗަކަށްވެސް އިވުނެވެ. “ޔަނާ. ކިހިނެއްވީތަ؟” ފަހަތުން ޔަނާލްގެ ކޮނޑުގައި އަތްބާވައިލަމުން ކަންބޮޑުވެފައިހުރި އަރްޒަން އަހައިލިއެވެ. އަރްޒަންގެ އަޑުން ސިހިފައި ޔަނާލް އޭނާގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ބިރުވެރިކަމުންނާއި ބޮނޑިވެފައިވާ ކަރުނަތައް ފެނުމުން ވަރަށް ބޮޑުކަމެއް ވެއްޖެކަމުގެ އިހުސާސް އަރްޒަންއަށް ކުރެވުނެވެ. ޔަނާލްއަށް އެހުރިހައި ބަދަލެއް އެއައީ ޒާވިލް ފެނުމުންކަން އަރްޒަންގެ ސިކުނޑިއަށް ވިސްނުނީ އެދެމީހުން […]
ގަދަކަމުން ހެވިފައި ހުރި ލާނާގެ ކުލަ އޮއްސުނީ އާލިމްއާއި އެކީ ޕާޓީއަށް ވަދެގެންއައި މީހާފެނިއެވެ. އާލިމްއާއި އެކީ ދޮރުން ވަދެގެންއައި އިދާން ފެނި ލާނާ ތުރުތުރު އަޅައިގަތެވެ. މޭނުބައިވެ ހޮޑުލެވެން އުޅެނީއޭވެސް ލާނާއަށް ހީވިއެވެ. އާލިމް އެގޮތަށް އިދާން ގޮވައިގެން އެއައީ ކީއްވެހެއްޔެވެ. އޭނާއަށް އިދާން އިނގެނީ ކިހިނެއްހެއްޔެވެ. އެދެމީހުން އެކަކު އަނެކަކު ދަންނަނީކަން ގައިމެވެ. ލާނާގެ ލޮލަށް ޖަމާވާންފެށި ކަރުނައިން އެ ނާޒުކު ދެލޯ ފުސްވާން ނެގީ ސިކުންތުކޮޅެކެވެ. ބިންފަޅާފައި އަޑިއަށް ދާން ހިތަށްއެރި […]
ވިއްސާރަ ތިކި ތަކުން ހިޔާނުކޮށް ހުރި ހުރިހާ އެއްޗެއް ޖަރީކުރެވެމުން ދިޔައެވެ. ފިނި ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދޭ ބޯކެރިގަނޑެކެވެ. އެ ރޭގަނޑުގެ ހިމޭންކަން ނަގާލާފައި ވަނީ މަޑު މިއުޒިކެއް ފަދަ ވާރޭ މުތީތަކުގެ އަޑެވެ. ހިތަށް ހަމަޖެހުން ގެނުވާ ވައިރޯޅިތަށް ހުއްޓުމެއް ނެތި ހަށިގަނޑުގައި ބީހެމުންދިޔައެވެ. ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މަގުގެ ވާތް ފަރާތުން ލާފައި ހިނގާފައި ދިޔައީ ޝާމިންއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަމިއްލަ ފިޔަވަޅުތަކަށެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި އިރު […]
ޝައިރާގެ ޖަވާބު އިވި އަޔާން ހީވަނީ އުފަލުންގޮސް މޮޔަވެދާނެހެންނެވެ. އެހެންނުވާންވީ ސަބަބެއްވެސްނެތެވެ. އެއީ ޝައިރާ އެބުނާ ދެމީހަކީވެސް އަޔާންނޫން ދެވަނަ މީހެއްނޫންކަން އަޔާންއަށް ހަމަޔަގީނެވެ. ޝައިރާއަށް ހަގީގަތް ހާމަކުރަންއުޅެފަވެސް އަދި ކުޑަކޮށް ޝައިރާ ތަޅުވާލާފާނޫނީ ހަގީގަތް ހާމަކުރަން އަޔާން ބޭނުމެއްނުވިއެވެ. އެކަމަކު ތެދުހާމަކުރުމުގެ ކުރިން ޝައިރާގެ ހިތުގެހާލަތުވެސް އެނގެންބޭނުންވިއެވެ. އަދި ހަގީގަތް އެނގުމުން ޝައިރާއަށް ވާގޮތްވެސް ދެކިލާހިތުންވެސް އަޔާންވަނީ ކެއްމަދުވެފައެވެ. އަޔާން: މިސާލަކަށް އެދެމީހުންނަކީ އެކަކަށް ވެއްޖެއްޔާޔޯ؟ […]
ޒާއިފްއަށް ލޯ ހުޅުވައިލެވުނުއިރު އޮވެވުނީ ކޮންތާކުކަން ނޭނގުމުން އެކި އެކި ކޮޅުކޮޅަށް ބަލަން ފެށުނެވެ. މި އޮވެވެނީ ހޮސްޕިޓަލެއްގައިކަން އެނގުނީ އެތާގައި ހަރަކާތްތެރި ވަމުންދާ ނަރުސް ކުދިންތަކާއި އެހެން އެނދުތަކުގައި އެނދުމަތި ކުރެވިފައިވާ އެކި އުމުރުގެ މީހުން ފެނުމުންނެވެ. ޒާއިފްއަށް ފުރަތަމަވެސް ބަލައިލެވުނީ ޒިވާ ކޮބައިތޯއެވެ. އޭރު ސީދާ ޒާއިފްއަށް ބަލަހައްޓައިގެން އިން ޒިވާ ފެނި ޒާއިފްއަށް ތެދުވެވުނީ ބޭ އިހްތިޔާރުގައެވެ. ދެލޯ ރަތްވެ ދުޅަ ވެފައި ހުރުމުން ދެންމެވެސް އޭނާ ރޮއެފިކަން ބަލާލި ކޮންމެ މީހަކަށްވެސް […]
އަލްޔާން ހުރީ އެމީހާއަށް ފުރަގަސް ދީގެން ކަމުން އެމީހާ އަންނަތަނެއް އަލްޔާން އަށް ނުފެނުނެވެ. “އަލްޔާން…އަލްޔާން..ލުކް ބެކް..ޕްލީޒް” އީން އަޑުގެ ނެތް ތަނަށް ހަޅޭއްލަވަމުން ސްކްރީން ގައި ތަޅަމުން ދިޔައެވެ. އެކަމަކު އެ އަޑު އަލްޔާން އަކަށް ނީވެއެވެ. އެ މީހާ ކައިރި ވަމުން ދިޔަ ވަރަކަށް އީން ގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. ރޮމުން ގިސްލަމުން ދޮރު ހުޅުވޭތޯ އީން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަލްޔާން އަށް އެއްވެސް ގެއްލުމެއް ނުވުމަށް ހިތާހިތާ […]