ނައުރީން އޭނަގެ ފޯނު ނަގައި ދިނާޖުގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ހެލޯ ދިނާޖު… އައި ހޭވް އަ ނިއު ޕްލޭން… ” ދިނާޖު ފޯނު ނެގުމާއެކު ނައުރީން ވަރަށް ފޯރީގައި ބުނެލިއެވެ. ”ރިއަލީ… ވަޓްސް ދަ ޕްލޭން… ” ދިނާޖުވެސް އަވަސް އަވަހަށް އަހާލިއެވެ. އެކަމަށް އޭނަ ގަޔާވެފައި ހުރިވަރު ދިނާޖުގެ އަޑުންވެސް އިނގިގެން ދެއެވެ. ދިނާޖު ޕްލޭން އަކީ ކޮބާތޯ ސުވާލުކުރުމުން ނައުރީން އޭނަގެ ޕްލޭން ހިއްސާކުރިއެވެ. ” ވާއު ނައު… ސުޕާބް… އައިމް ޝުއާ މި ޕްލޭން ވޯކްކުރާނެ… ” ނައުރީންގެ ޕްލޭން އަޑުއިވިމުން ދިނާޖު ނައުރީންއަށް ކުރީ ފަހަރެކޭ އެއްފަދައިން ތަޢުރީފުކޮށްލިއެވެ. ދެމީހުންވެސް އެގޮތުގައި ފަނަރަ ވަރަކަށް މިނިޓު ވާާހަކަ ދެއްކުމުގައި ހޭދަކުރިއެވެ.
ޝައުނާ ފެންވަރާ ތާޒާވެލައިގެން އައިސް މެންދުރު ނަމާދުކޮށްލިއެވެ. ނަމާދުކޮށް އަވަދިވެގެން ޑްރެސިން ޑޭބަލްގެ ކުރިމަތީގައި ހުރެ އޭނައަށް ވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވަމުން ދިޔައެވެ. ” ނައިސް… އައިލީގެ ޗޮއިސް ހަމަ ބެސްޓް… ” ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ ޝައުނާ ފެނި ކޮޓަރިއަށް އައިސް ވަދުން ރިފްޝާ ބުނެލިއެވެ. މަޑު ނޫކުލައިގެ އަތްދިގު ފައިފަލަ މަސްގަނޑާއި ހަމައަށް އަރާ ޓޮޮޕްކޮޅަކާއި އައިސް ބުލޫ ކުލައިގެ ސްކިނީގައި ހުރި ޝައުނާ ރިފްޝާއަށް ހިނިތުންވެލުމަށްފަހު ތައްޔާރުވުމައިގެން ކުރިއަށް ދިޔައެވެ. މަޑު ނޫކުލައިގެ ބޯ ފޮތީގެ މަތީގައި ރީތި ޑިޒައިނެއްގެ ކުރެހުން އެކުލެވޭ ލޭސް ފޮތި ބޭނުންކޮށްފައިވުމުން އެ ޓޮޕްކޮޅު އިތުރަށް ފުރިހަމަކޮށްދެއެވެ. ފިޓްކޮށް ފަހާފައިވި އަތުގައި ހަމައެކަނި ލޭސްފޮތި ބޭނުންކޮށްފާވުމުން ބަލާލަން ވަރަށް ވެސް ރީއްޗެވެ. ޑްރެސިން ޓޭބަލްގެ މަތީގައި ބާއްވާ އޮތް ފޯނުން ގަޑި ބަލާލުމަށްފަހު ޝައުނާ އޭނަގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.
އެނދުގައި އޮށޯވެލައިގެން އޮތް އާފިޔާގެ މޫނު މަތިން ބަލި ވައްތަރު ޖަހައެވެ. އޭނަގެ މޫނު މަތިން ވަރަށް ބޮޑު ވޭނެއް ތަހައްމަލުކުރަމުން ދާކަން ވަރަށް ރީތިކޮށް ހާމަވެއެވެ. ” މާމާ… މާމަ ކީއްވެތަ ކޮއްކޮ މަންމަ ބުނާ ބަސްނާހަނީ… މާމަ ބުނަމެއްނު ބަސްއަހަންވާނޭ… ކޮއްކޮވެސް ބަސްއަހަމެއްނު ބަލި ވީމަ… މާމަވެސް ވާނެއެއްނު ބަސްއަހަން… އޭރުންނެއްނު މާމަ އަވަހަށް ރަނގަޅުވާނީ… ” ހަތްއަހަރުގެ މާނީ އައިސް އޭނަގެ މާމަ ގާތު ޝަކުވާކުރަމުން ދިޔައެވެ. ” މާމަ ރަނގަޅޭ ދަރިފުޅާ… ދުވަސްކޮޅަކުން ރަނގަޅު ވެދާނެ… ” މާނީގެ ބޮލުގައި ފިރުމާލަމުން އާފިޔާ ބުނެލިއެވެ. ” މާާމަ އަބަދުވެސް ބުނަނީ ތިހެން… އެކަމަކު… ހަމަ ދުވަސްކޮޅަކުން މާމަގެ ކަކުލަށް ތަދުވޭ… މާމަ އެއްކޮށް ރަނގަޅުވާނީ ކޮއްކޮ މަންމަ ބުނާގޮތަށް މާލެ ގޮއްސަ ޑޮކްޓަރަށް ދެއްކީމަ އެއްނު… މާމަ ބަލިވީމަ ކޮއްކޮ ވަރަށް ދެރަވޭ… ” އާފިޔާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ މާނީ ވާހަކަ ދައްކަމުން ދިޔައެވެ. މާނީގެ މޫނު މަތީގެ ކުލަވަރުންނާއި ވާހަކަ ދެއްކި ރާގުންވެސް އެކުއްޖާގެ ހިތަށް ކޮށްފައިވި އަސަރު ހާމަވެގެން ދިޔައެވެ. މާނީ ދެރަވެފައި ހުރުމުން އާފިޔާގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ. ”ދަރިފުޅާ… މާމަ ވަރަށް އަވަހަށް ރަނގަޅުވާނެ އިންޝާ ﷲ… ދަރިފުޅު ދެރަނުވޭ… ދަރިފުޅު ދެރަވީމަ މާާމަވެސް ދެރަވާނެ އެއްނު… ދެން ދޭ އަވަހަށް ދަރިފުޅު ޤުރުޢާން ކުލާހަށް ދާން ތައްޔާރުވާން… އިރުކޮޅަކުން ޖެހޭނެއެއްނު ޤުރުޢާން ކުލާހަށް ދާން… ” ގަދަކަމުން ހިނިތުންވަމުން އާފިޔާ މާނީގެ މޫނުގައި އޭނަގެ އަތުން ފިރުމާލަމުން ބުނެލިއެވެ. އެއާއެކު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން މާނީ ބޯ ޖަހާލުމަށްފަހު ކޮޓަރިން ނިކުތެވެ. މާނީ ދިޔަ ދިމާލަށް ބަލަން އޮތް އާފިޔާގެ ލޮލަށް ވަގުތުން ތާޒާ ކަރުނަތައް ޖަމާވިއެވެ. އެއާއެކު މާޒީގެ އެކި ހަނދާންތަކުން އޭނަގެ ސިކުނޑި ވަށާލިއެވެ.
ޝައުނާ ބަލާއި އައިސް ހުރި ޔައިޝް އޭނަގެ އަތުގައި އަޅާފައި އޮތް ގަޑިއަށް އިރުއިރުކޮޅުން ބަލާލައެވެ. ގަޑި ބަލާލުމަށްފަހު ލައިފައިހުރި ކަޅު ކުލައިގެ ސްކިނީގެ ޖީބަށް އަތް ކޮށްޕާލައެވެ. އޭނަގެ ހަރާކާތްތަކުން ލަސްވެފައިހުރިކަން ހާމަކޮށްދެއެވެ. ޝައުނާ މިހާރު މިދަނީއޭ ބުނި ފަހުންވެސް އެތައް އިރެއްވެއްޖެއެވެ. އެންމެ ފަހުން ޝައުނާ ލަސްވުމުން ޔައިޝް ޝައުނާ އުޅޭ އެޕާޓްމެންޓަށް ދިޔުމަށް އަވަސްވެގަތެވެ.
ތައްޔާރުވެ ނިމުުމުން ގަޔަށް ސެންޓު ޖަހާލުމަށްފަހު އައިލީންމެން ގާތު ދަނީ އޭ ބުނެލަމުން ޝައުނާ އެޕާޓްމެންޓުން ނުކުމެ ލިފްޓާ ދިމައަށް މިސްރާބުޖެހިއެވެ. ލިފްޓް ހުޅުވުމާއެކު ޝައުނާ ކުރިމައްޗަށް ބަލާލުމެއްނެތި އަވަސް އަވަހަށް ލިފްޓަށް އަރަން އުޅުނެވެ. އިސްދަށަށް ޖަހަލައިގެން ހުރެ ލިފްޓަށް އަރަން ހިނގައިގަން ޝައުނާއަށް ސިހުން ލިބުނީ މީހެއްގެ ގައިގައި އޭނާ ވަރަށް ބާރަށް ޖެހުމުންނެވެ. މިފަހަރު ނުވެއްޓި ސަލާމަތް ނުވާނެކަން ހިތަށް އެރުމާއެކު ޝައުނާއަށް އޭނަގެ ދެ ލޯ މަރާ ބާރުކޮށްލެވުނެވެ.
އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރު ހުއްޓާލައިގެން ހުރެ ލިފްޓުން ނިކުންނަން ހިނގައިގަން ޔައިޝްއަށްވެސް ހޭވެރިކަންވީ އޭނަގެ ގައިގައި އަންހެން ކުއްޖަކު ޖެހުމުންނެވެ. ވަރަށް ވެސް ހުޝިޔާރުކަމާއެކު ޔައިޝް އެކުއްޖާގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. އަދި އެ އަންހެން ކުއްޖާއަށްވެސް އިޚްތިޔާރުން ބޭރުގައި ޔައިޝްގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެން އޭނަގެ އަތުގެ ތެރޭގައި އޮތް ޝައުނާގެ އެ ރީތި މޫނަށް ބަލަން ޔައިޝްއަށް ބޭއިޚްތިޔާރުގައި ހުރެވުނެވެ. ވެއްޓުމުގެ ކުރިން މީހަކު އޭނަ ހިފެހެއްޓިކަމުގެ އިހުސާސް ކުރެވުމާއެކު ޝައުނާ އޭނަގެ ދެ ލޯ މަޑުމަޑުން ހުޅުވާލިއެވެ. ޗޮކްލެޓު ކުލައިގެ ސާފު ކަޅިއެއް ލިބިފައިވި ޝައުނާގެ އެ ބޮޑު ދެ ލޯ މަޑުމަޑުން ހުޅުވާލުމާއެކު ޔައިޝް ޝައުނާގެ އެ ރީތި ދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ކަޅު ކުލައިގެ އައިލައިނާއިން އެ ދެ ލޯ ވަށާލެވިފައިވީއިރު ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން ދެ ލޮލުގެ ރީތިކަން އިތުރުކޮށްދެއެވެ. ތުންފަތުގައި ފިޔާތޮށިކުލައިގެ ލިޕްސްޓިކް ޖައްސާފައިވާއިރު އެ އޮމާން ރީތި މޫނާ ނުހަނު ގުޅެއެވެ. ޝައުނާއަށްވެސް ޔައިޝްގެ އަސަރުގަދަ ދެލޮލަށް ބަލަހައްޓާއިގެން އޮވެވުނެވެ. ރީތި ގޮތަކަށް ސްޓައިލްކޮށްލާފައިވި ބޮލުގެ އިސްތަށިގަނޑާއި ތުނިކޮށް ބަހައްޓާފައިވި ތުނބުޅިން ޔައިޝްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އެއްވެސް ހުރަހެއްނެތި ޔައިޝްގެ ހޫނު ނޭވަތައް އޭނަގެ މޫނަށް އެޅެމުން ދިޔުމުގެ ސަބަބުން ޝައުނާގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ” އެހެމް އެހެމް… ” އެކަކު އަނެކަކަގެ ލޮލަށް ގެއްލިފައި ތިބި ދެމީހުނަށްވެސް ހޭވެރިކަންވީ މީހަކު ކަރުކެހިލުމުންނެވެ. ދެމީހުންވެސް އަވަސް އަވަހަށް އެކަކު އަނެކަކާ ދުރުވެ އަޑު އައި ދިމާލަށް ބަލައިލިއިރު ޝައުނާމެން އުޅޭ ބައިގެ ވަންނަ ދޮރުގައި ލެނގިލައިގެން ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ރިފްޝާ ހުއްޓެވެ. ” ހައު ރޮމޭންޓިކް… ވަރަށް ރީތި ސީންއެއް އިނގޭ… ހެހެހެ… ” އެހުރި ގޮތަށްހުރެ ރިފްޝާ ބުނެލިއެވެ. ” ރިފޫ… ޝަޓް އަޕް… ” ރުޅިއައިސްފައިކަމަށް ހެދި ޝައުނާ ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. އޭރު ޝައުނާާ ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. ”އޫޕްސް… ސޮރީ… ޝައުމެންގެ ތި ރޮމޭންޓިކް ވަގުތުކޮޅު ސްޕޮއިލްކޮށްލާކަށް ނޫން އިނގޭ އައީކީ… އަސްލު ޝައުގެ ފޯނު ދޭން އައީ… ފެންނަ ހިސާބެއްގެ ހުރިތޯ ބަލާލަން އާއިރު ފެނިގެން މިދިޔައީ ވަރަށް ވެސް ރޮމޭންޓިކް މަންޒަރެއް… ސޯ ކިއުޓް… ” އަތުގައި އޮތް ޝައުނާގެ ފޯނު ދައްކާލަމުން ރިފްޝާ ބުނެލިއެވެ. ” ރިފޫ… ” ލޯއަޅާލަމުން ރިފްޝާގެ އަތުގައި އޮތް ފޯނު ޖަހައިގަންނަމުން ޝައުނާާ މިފަހަރުވެސް ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. ” އޯކޭ އޯކޭ… އައިމް ގޮއިން… ” މިހެން ބުނެ ރިފްޝާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އެއާއެކު ޝައުނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ” ބައިދަވޭ. ޔޫން ގާއިސް ކޭން ކޮންޓިނިއު ދަ ރޮމޭންސް… ” ޝައުނާާ ޔައިޝް އާއި ދިމާއަށް އެނބުރުނުތަނާ ރިފްޝާ އަނެއްކާާވެސް ދޮރު ހުޅުވާލުމަށްފަހު ބޭރަށް ބޯ ދިއްކޮލަމުން ލާނެއް ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި އެދެމީހުން އިތުރު އެއްޗެކޭ ބުނާާނެ ފުރުސަތެއް ނުދީ އަވަސް އަވަހަށް ދޮރު ލެއްޕިއެވެ. އެއާއެކު ޝައުނާ އަށާއި ޔައިޝްއަށް އެއްފަހަރާ ހީގަނެވުނެވެ. ރިފްޝާގެ އެ ލާނެއް އަމަލުތަކުން ކޮންމެ މީހެއްކަށްވެސް ހެވޭނެކަން ގައިމެވެ.
ހުއްޓުމެއްނެތި ހެމުން ދިޔަ ޝައުނާއަށް ބަލަން ހިނިތުންވެފައި ޔައިޝްއަށް ހުރެވުނެވެ. އެކަން ޝައުނާއަށް ރޭކާލުމާއެކު ވަގުތުން އޭނަގެ ހަރަކާތްތަށް ހުއްޓުނެވެ. ޔައީޝް ޝައުނާއަށް ރަނގަޅަށް ބަލާއިލިއެވެ. ގަޔަށް ހެޔޮވަރުކޮށް ފަހާފައިވި މަޑު ނޫކުލައިގެ އަތް ދިގު ޓޮޕާއި އައިސް ބުލޫ ކުލައިގެ ސްކިނީގައި ޝައުނާ ވަރަށް ރީއްޗެވެ. ބުޅި އިސްތަށިގަނޑު މައްޗަށް ނަގާ ކަޅު ކުލައިގެ ދައްޗެއްގެ އެހީގައި ހުޅިއެއްހެން ހަރުކުރެވިފައިވުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކަންފަތް ކައިރިން އިސްތަށިކޮޅެއް ދޫކޮށްލާފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ”ޔޫ ލުކް ބިއުޓިފުލް ޝައު… ” ޝައުނާއަށް ބަލަހައްޓާއިގެން ހުރެ ޔައިޝް ބުނެލިއެވެ. ” ޔޫ ލުކް ހޭންޑްސަމް ޓޫ… ” ޝައުނާާވެސް ޔައިޝްއަށް ބަލާލަމުންް ލަދު ރަކި ހިނިތުންވުމަކާއެކު ބުނެލިއެވެ. އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރި ޔައިޝް ފެނުމުން އަންހެން ކުދިންގެ ހިތްތަކަށް އަސަރުކުރާނެކަން ގައިމެވެ. ” ޔައިޝް… ލެޓްސް ގޯ… މަންމަމެނަށް ލަސްވާނެއެއްނު.. ” ޔައިޝް އަދިވެސް ހުއްޓުމެއްނެތި ބަލަން ހުރުމުން ޝައުނާ ބުނެލިއެވެ. ޝައުނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔައިޝްއަށް ހަމަ ބިމަށް އާދެވުނެވެ. ޔައިޝްވެސް އަވަހަށް ދާން ހިނގާށޭ ބުނެ ޝައުނާގެ އަތުގައި ހިފައިގެން ލިފްޓަށް އެރިއެވެ.
ކާރު އޭގެ މަންޒިލަށް ވާސިލްވުމާއެކު ޝައުނާ އާއި ޔައިޝް ކާރުން ފޭބިއެވެ. އަދި ދެ މީހުން އެކުގައި ޔައިޝްގެ ގެއަށް ވަނެވެ. އޭރު ޔައިޝްގެ މަންމަ އާއި ބައްޕަ އެދެ މީހުންގެ އިންތިޒާރުގައި ތިއްބެވެ. ” މަންމާ… ބައްޕާ… މިއީ އަޅުގަނޑު ބުނި ކުއްޖަކީ… ޝައުނާ… އަޅުގަނޑުގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވަނީ ޝައުނާ… ” ޔައިޝް އޭނަގެ މަންމަ އާއި ބައްޕައަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. ” މަންމަ އާ ބައްޕައަށް އެއްވެސް މައްސަލައެއް ނެތް… ދަރިފުޅު ބޭނުން ކުއްޖަކު ދަރިފުޅުގެ ހަޔާތަށް ގެނައުމުގެ ފުރުސަތު އޮންނާނެ… މަންމަ އާ ބައްޕަވެސް ބޭނުންވަނީ ދަރިފުޅު އުފަލުގަ އުޅެން… ” ހިނިތުންވެލަމުން ހަބީބް ބުނެލިއެވެ. ” ބައްޕަ އެބުނިހެން މަންމަ އާ ބައްޕައަށް މުހިއްމީ ދަރިފުގެ އުފާ… ހާދަ ލޯބި ކުއްޖެކޭ ދޯ މަންމަގެ ޔައިޝް މި ހޯދީ… ” ހަފީޒާ ވާހަކަ ދައްކަމުން ގޮސް ޝައުނާގެ ބޮލުގައި ފިރުމާލުމަށްފަހު އެންމެ ފަހުން ބުނެލި ޖުމްލައިން ޝައުނާގެ ކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައިރު ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ” އަވަހަށް ހިނގާ ކާން… ” ޝައުނާގެ އަތުގައި ހިފައިގެން ކާބަޔަށް މިސްރާބު ޖަހަމުން ހަފީޒާ ބުނެލުމާއެކު ޔައިޝް އާއި ހަބީބް ވެސް އެދެމީހުންގެ ފަހަތުން ކާބަޔަށް މިސްރާބު ޖެހިއެވެ. ކާން ތިބިއިރު ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންމެވެ. އޭރު ޝައުނާވެސް ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ކެނޑިފައިވުމުން ވާހަކަތަކުގައި ބައިވެރިވަމުން ދިޔައެވެ. ޝައުނާގެ ފަރާތުން ފެންނަމުން ދިޔަ ރަނގަޅު އާދަތަކުގެ ސަބަބުން ހަފީޒާ އާއި ހަބީބްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ. ޝައުނާ ވާހަކަ ދައްކާ ހަދާގޮތުންވެސް އެއީ ހިތްހެޔޮ ރަނގަޅު ކުއްޖެއްކަން ހާމަވެގެންދެއެވެ. ކެއުމުގެ ތެރެއިންވެސް ޝައުނާ އާއި ޔައިޝް އެކަކު އަނެކަކަށް ހިނިތުންވެލާފައި ވާހަކަ ދައްކާލާ ގޮތުން އެދެމެދުގައި އޮތް ލޯބި ހާމަވެގެންދެއެވެ. އެގޮތުގައި އުފާވެރިކަމާއެކު އެންމެންވެސް ކެއުމަށް އިންސާފުކުރަމުން ދިޔައެވެ.
މެންދުރުގެ ކެއުން ނިންމާލުމަށްފަހު ކުޑަކޮށް އަރާމުކޮށްލަން އެނދުގައި އޮތް ޔާސިރުގެ ހަނދާންތައް ދަތުރުކޮށްފައި ވަނީ މީގެ އަހަރުތަކެއް ކުރިއަށެވެ. އެކަކު އަނެކަކާއި ގުޅިގެން އުފާވެރި ކަމާއެކު އުޅުނު އެ އާއިލާގެ އުފާވެރިކަން ބަދަލުވެ ދިޔަ ގޮތް އޭނަގެ ހަނދާނަށް އަންނަމުން ދިޔައެވެ. އެ ހަނދާންތައް އަދިވެސް އޭނަގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. އެފަދަ އެކި ޚިޔާލުތަކުގައި އޮއްވާ ޔާސިރުގެ ލޮލަށް ނިދި ސަވާރު ފުން ނިންޖެއްގެ ތެެރެއަށް ގެނބިގެން ދިޔައެވެ.
މެންދުރު ކެއުމަށްފަހު ކުޑަ ވަގުތުކޮޅަކު ސިޓިންރޫމުގައި ޔައިޝްގެ އާއިލާ އާއެކު ވާހަކަ ދައްކާލަން ތިބުމަށްފަހު ޝައުނާ ޔައިޝް އާއެކު ކާރުގައި ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ޔައިޝްގެ މައިންބަފައިން އޭނަ އާއި ދޭތެރޭ ހިތްހަމަޖެހުމުން ޝައުނާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެކަން އޭނަގެ މޫނު މަތިންވެސް ސާފުކޮށް ފެންނަމުން ދިޔައެވެ. ”މައި ކާލީ ހެއާ ހާދަ އުފާވެފަހެން ހީވެޔޭ… ” ޝައުނާއަށް އެއްލޯ މަރާލަމުން ކާރު ދުއްވަން އިން ޔައިޝް ބުނެލިއެވެ. ” އުފާވާނެއެއްނު… ޔައިގެ ޕޭރެންޓްސް އަހަރެމެންގެ މި ގުޅުމަށް ގަބޫލުވީމަ… އައިމް ސޯ ހެޕީ… އަހަރެން ދުވަހަކުވެސް ޔައިޝް އާ ދުރަށް ދާކަށް ބޭނުމެއް ނޫން… ” ޔައިޝްގެ މޫނަށް ބަލަހައްޓާއިގެން އިނދެ ޝައުނާާ ބުނެލިއެވެ. ” ޝައު ބޭނުންވިޔަސް އަހަރެން ޝައު އަހަރެންނާ ދުރަށް ދިޔަކަ އަހަރެން ނުދޭނަން… އެހާވެސް އަހަރެން ކާލީ ހެއާދެކެ ލޯބިވޭ… ހެހެހެ…. ” ޔައިޝް މިފަހަރުވެސް ޝައުނާ އާއި ސަމާސާ ކުރުމުގެ ގޮތުން އެއްލޯ މަރާލަމުން ބުނެލިއެވެ. ” ދެން ޔައިޝް… އެހެން ނުކިޔާށޭ… ” ޔައިޝް އާ ދިމާލަށް ލޯ އަޅާލުމަށްފަހު އޭނަގެ އަތުގައި ބޮނޑިއެއް އަޅަމުން ޝައުނާ ބުނެލިއެވެ. އެއާއެކު ޔައިޝްގެ ހުނުން ބާރުވެގެން ދިޔައެވެ. އެ މަންޒަރު ފެނި އެންމެ ފަހުން ޝައުނާއަށްވެސް ނުހީ ނީންދެވުނެވެ. ”ޝައު… އަހަރެން އެހެން ކިޔަސް ދެރަނުވައްޔޭ… ކުރިންވެސް ބުނީމެއްނު އަހަންނަށް ޝައުގެ އެންމެ ރީތި އެއްސިފައަކީ ޝައުގެ ތި ބުޅި އިސްތަށިގަނޑޭ… ” ހުނުން ހުއްޓާލުމަށްފަހު ޝައުނާއަށް ނަޒަރެއް ދެމުން ޔައިޝް ބުނެލިއެވެ. ” އައި ނޯ… ހެހެހެ… ދެރައެއް ނުވޭ.. އެ ދެން ހަމަ ބުނެލީ… ” ޝައުނާވެސް ލުއި ހުނުމަކާއެކު ވާހަކަ ދެއްކިއެވެ. ޝައުނާ އުޅޭ ގެއާއި ހަމައަށް ދެވެންދެންވެސް އެދެމީހުން ދިޔައީ އެކަހަލަ ކުދި ކުދި ސަމާސާކުރަމުންނެވެ.
ސިޓިންރޫމުގައި ޓީވީ ބަލަން ތިބި އައިލީން އާއި ރިފްޝާގެ އިތުރުން އާޝިޔާ ސިިހުނީ ގޭގެ ބެލްޖަހާލި އަޑު އިވުމުންނެވެ. ރިފްޝާ ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޝައުނާއެވެ. ޝައުނާ ފެނުމާއެކު ރިފްޝާ ކަންތައްވީގޮތާއި ބެހޭގޮތުން ސުވާލުކުރިއެވެ. ޝައުނާ އައިސް ސީޓިން ރޫމުގެ ސޯފާގައި އިށީނުމަށްފަހު އެ އެންމެނަށް ކުރު ޚުލާސާއެއް ދިނެވެ. ” އައިމް ސޯ ހެޕީ ފޯ ޔޫ… ” ރިފްޝާ ޝައުނާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ވީ އޯލް އާ ހެޕީ ފޯ ޔޫ… ” ހިނިތުންވެލަމުން ޝައުނާގެ ބޮލުގައި ފިރުމާލަމުން އާޝިޔާ ބުނެލިއެވެ. އައިލީންވެސް ހިނިތުންވެލަމުން ޝައުނާގެ ކޮނޑުގައި އޭނަގެ އަތް ބާއްވާލިއެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ.
ޝައުނާ ގެއަށް ލައިފައި އައިރުވެސް ހަބީބް އާއި ހަފީޒާ ސިޓިންރޫމުގައި ވާހަކައިގައި ތިއްބެވެ. ”ދަރިފުޅާ… ޝައުނާ ގެއަށް ލައިފަތަ ތިއައީ… ” ހިނިތުންވުމަކާއެކު ހަބީބް ބުނެލިއެވެ. އެއާއެކު ޔައިޝް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” ދަރިފުޅާ.. މަންނަމެން މިއުޅެނީ އަޞްރު ނަމާދުކޮށްލައިގެން ހުޅުމާލެއަށް ގޮސްލަން… ބައްޕަފެ ރައްޓެއްސަކު ދަޢުވަތު ދީފި ހަވީރުގެ ސަޔަށް… ތިއްތަމެންގެ ގެއަށްވެސް ގިސްލާފަ އަންނާނީ… ހިޔެއްނުވޭ އެހާ އަވަހަށް އާދެވޭނެ ހެނެއް… ދަރިފުޅު ދާނަންތަ… ” ޔައިޝްއަށް ބަލާލަމުން ހަފީޒާ ވާހަކަ ދެއްކިއެވެ. ” މަންމާ… ނެތް ދާހިތެއް… އަޅުގަނޑު ނުދިޔަޔަސް އެންމެ ރަނގަޅުތޯ… ” ޔައިޝް ބުނެލިއެވެ. އެއާއެކު ނުދިޔަޔަސް އެއްވެސް މައްސަލައެއްނެތް ކަމުގައި ބުނެ ޔައިޝްގެ ބޮލުގައި ފިރުމާލުމަށްފަހު ހަފީޒާ ސޯފާއިން ތެދުވެ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ހަބީބްވެސް އިރުކޮޅަކު ވާހަކަ ދައްކަން އިނދެލާފައި ކޮޓަރިއަށް ދިޔައެވެ. އެއާއެކު ސިޓިން ރޫމުގައި ޔައިޝް އެކަނިވިއެވެ. އެކަނި އިންދާ އޭނަގެ ސިކުނޑިއަށް ޚިޔާލަކުން ޔައިޝް ފޯނުނަގައި ޔޫހާންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ޔޫން… ހިނގާބަލަ އެންމެން އެއްކޮށް ކަމެއް ކޮށްލަން… މިހާރު ދެން ހުރިހާ ކަމެއްވެސް އޯކޭ އެއްނު… ޔޫން އާ އައިލީ އާ ދެމެދުވެސް މިސްއަންޑަސްޓޭންޑިންތައް ކްލިއާވެ ހުރިހާ ކަމެއްވެސް އޯކޭ ވެއްޖެ… ހިނގާބަލަ އެންމެން ކަމެއް ރާވާލަން… އެންޖޯއިކޮށްލަން… މަންމަ އާ ބައްޕަ އެބައުޅޭ ހުޅުމާލެ ދާން… އަވަހަކަށް ނުވެސް އަންނާނެ… ” ޔޫހާން ފޯނު ނަގައި ހަލޯ އޭ ބުނުމާއެކު ޔައިޝް ވާހަކަ ދެއްކިއެވެ. ”ގްރޭޓް… ހިނގާ އެހެންވީމަ ކަމެއް ރާވަން… އައިލީމެންވެސް ގެންނާނަން ދޯ… ” ޔޫހާންވެސް ވަރަށް ގަޔާވެފައި ބުނެލިއެވެ. ” ޔަގީނެއްނު… އެމީހުން ގެނައިމަ އެއްނު މަޖާވާނީ… ” ވަރަށް ފޯރީގައި ޔައިޝް ބުނެލިއެވެ. ” ޔޫން ބުނޭ އައިލީ ކަައިރި… އަހަރެން މިހާރު މި ގުޅަނީ ފާންއަށް… އޯކޭ… އަޞްރަށްފަހު ދޯ… ” ޔައިޝް އެހެން ބުނުމާއެކު އޯކޭ އޭ ބުނެ ފޯނު ކަނޑާލިއެވެ. ޔައިޝް ސޯފާގައި އިނދެ އިފާންއަށް ގުޅާ އެވާހަކަ ބުނެލިއެވެ. އަދި ޝައުނާ ގާތުވެސް ބުންޏެވެ. އިރުކޮޅަކު ސޯފާގައި އިނދެފައި ކޮޓަރިއަށް ދާން ތެދުވެ ސިޑިއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު ހަފީޒާވެސް ސިޑިން ތިރިއަށް ފައިބަނީއެވެ. ”މަންމާ… މީ… އޯކޭތަ މިއަދު ހަވީރު ޔޫންމެނާ އެންމެން ގޭގަ ކުޑަ ކަމެއް ކޮށްލިޔަސް… މީ ޝައުނާމެންވެސް އަންނާނެ… ” ކޮންމެވެސް ވަރެއްގެ ޖެހިލުންވުމަކާއެކު ޔައިޝް އަހާލިއެވެ. ”މައްސަލައެއް ނެތް… ވަރަށް އިތުބާރު ކުރަން އިނގޭ މަންމަ ދަރިފުޅުމެނަށް… އެހެންވީމަ މަންމަ މެންގެ އިތުބާރު ގެއްލޭފަދަ މަންމަމެން ލަދުގަންނަންޖެހޭފަދަ އެއްވެސް ކަމެއް ނުކުރާތި އިނގޭ ދަރިފުޅުމެން… ” ހިނިތުންވެލަމުން ހަފީޒާ ޔައިޝް ގާތު ބުނެލިއެވެ. އެއާއެކު ޔައިޝްވެސް ހިނިތުންވެލާ އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ސިޑިން މައްޗަށް އަރައިގެން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
އަޞްރު ނަމާދުން ފޭބި ގޮތަށް އިފާން ޔައިޝް އާއެކު އޭނަގެ ގެއަށް އައެވެ. އޭރު ހަފީޒާ ތައްޔާރުވެގެން ސޯފާގައި އިނެވެ. އިފާން ވެސް ސޯފާގައި އިށީންދެ ހަފީޒާ އާއި ކުޑަކޮށް ވާހަކަ ދައްކާލަން އިނެވެ. ފަސްވަރަކަށް މިނިޓު އެގޮތުގައި ތިއްބާ ހަބީބް އައިސް ގެއަށް ވަދުމުން ދަނީ ކަމުގައި ބުނެ ހަފީޒާ ގެއިން ނިކުތެވެ. ޔޫހާން އަންނަންދެން އިންތިޒާރުގައި ތިއްބާ އޭނަގެ ފޯނު ކޯލެއް އައުމުން އިފާން އަވަސް އަވަހަށް ޖަވާބު ދިނެވެ. އެކޮޅުން ޔޫހާން ކޮންމެވެސް އެއްޗެކޭ ބުނުމުން އިފާން އޯކޭ އޭ ބުނެ ފޯނު ބޭއްވިއެވެ. ” ކީކޯ ބުނީ… ” އިފާން ފޯނު ބޭއްވުމާއެކު ޔައިޝް އަހާލިއެވެ. ” އިމްޕޯޓެންޓް ކަމަކާ ބެހޭގޮތުން ޔާސިރުބެއާ ޑިސްކަސްކޮށްލާފަ އެބަ ދަމޯ… ކޔޑަކޮށް ލަސްވެދާނޯ… އަހަރެމެން ފައްޓާށޯ… ޔޫން ޖޮއިން ކުރާނަމޯ އައިއްސަ… ސޯ ހިނގާ އަހަރެމެން ރިފޫމެން ބަލާާ ދާން… ޔޫން އަންނާނެއެއްނު ފަހުން… ” އިފާން އެހެން ބުނުމުން ޔައިޝްވެސް ހިނގާށޭ ބުނެ ދެމީހުން އެކުގައި ގެއިން ނިކުތެވެ.
ޔައިޝް އާއި އިފާން އައިސް ކާރުގައި މަޑުކޮށްލިއިރު އައިލީން އާއި ރިފްޝާގެ އިތުރުން ޝައުނާވެސް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ކާރު އައުމުން ތިން މީހުންވެސް ކާރަށް އެރިއެވެ. އެމީހުން ކާރަށް އެރުމާއެކު ޔައިޝް ކާރު ދުއްވާލިއެވެ. ”ސޯ ވަޓް އާ ވީ ގޮއިން ޓު ޑޫ…” ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިނދެ ރިފްޝާ ބުނެލިއެވެ. ” އެބުނާހެން އަހަރެމެން ކީއްތަކުރަން މިއުޅެނީ… ” އިފާންވެސް ބުނެލިއެވެ. ” ހިނގާބަލަ އެއްޗެއް ކާލަން އެންމެން… ޕިއްޒާ އަށް އޯޑާކުރަމާ… ” ކާރު ދުއްވަން އިން ޔައިޝް އޭނަގެ ޚިޔާލު ފާޅުކުރިއެވެ. ” ސަޅި އައިޑިއާއެއް… ” އިފާން ޔައިޝްގެ އެ ޚިޔާލަށް ތާޢީދުރިއެވެ. ދެން ތިބި ތިން އަންހެން ބައިވެރިންނަށްވެސް އެ ޚިޔާލު ކަމުދިޔައެވެ. ”އައިލީ… އައިލީ އަޅާ ގޮތަށް ޗޮކޮލެޓް ކޭކެއް އަޅާދީބަ ޕްލީޒް… ކޮކޯ އަޅާއިގެން… ޕްލީޒް ޕްލީޒް… ވަރަށް ކާހިތްވޭ… ” ރިފްޝާ ކުޑަ ކުއްޖެއް ފަދައިން އާދޭސްކުރަން ފެށިއެވެ. ”ތިވަރަށް އާދޭސްނުކުރިޔަކަސް ކޭކެއް އަޅާއިދީފާނަން… ހެހެހެ… ” ލުއި ހުނުމަކާއެކު އައިލީން ބުނެލިއެވެ. ގެއާއި ހަމައަށަ ދެވެންދެންވެސް އެމީހުން ހޭދަކުރީ އެކި ވާހަކަތަކުގައެވެ.
ގެއަށް އާދެވުމާއެކު އިފާން އާއ ރިފްޝާ ޔައިޝްމެންގެ ގޭގެ އެއްފަރާތުގައި ހައްދާފައިވި ބަގީޗާއަށް މިސްރާބުޖެހިއިރު އަނެއް ތިން ބައިވެރިން ވަދުނީ ގެއަށެވެ. ޔައިޝް އެންމެ ފުރަތަމަވެސް ޕިއްޒާއަށް އޯޑާކުރިއެވެ. ” އައިލީ… ކޭކު އަޅަން ބޭނުންވާނެ ހުރިހާ އެއްޗެއްވެސް ހުންނާނެ ކިޗަންގަ… މަންމަ ހުންނާނީ އަބަދުވެސް ދެތިން ކޭކު ފުށްޕެކެޓު ގަނެފަ… އެއްޗެއް ބޭނުބްވަންޏާ ބުނޭ އިނގޭ… ” އައިލީން ބަދިގެއާއި ދިމާލަށް މިސްރާބުޖެހުމުން ޔައިޝް ބުނެލިއެވެ. އައިލީން ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު ހިނގައިގަތެވެ. ފަހަތުން ހިނގާފައި ދާން އުޅުނު ޝައުނާ ހުއްޓުނީ ޔައިޝް އޭނަގެ އަތުގައި ހިފިމުންނެވެ. ” ކޮންތާކަށް ޝައު ތި ދަނީ… ” ސުވާލުގެ ނަޒަރަކުން ޝައުނާ ބަލާލުމާއެކު ޔައިޝް އަހާލިއެވެ. ” އައިލީއަށް ހެލްޕްވާން… ” ޔައިޝްގެ މޫނަށް ބަލަހައްޓާއިގެން ހުރެ ޝަައުނާ ބުނެލިއެވެ. ” ޝައު އޯކޭ ނަޔަސް… އައި ވިލް މެނޭޖް… ހެހެހެ… ” ޔައިޝް އާއި ޝައުނާގެ ވާހަކަތައް އަޑުއިވުމުން ލާނެތް ހިނިތުންވުމެއް ވެރިކުރުވަމުން އައިލީން ބުނެލިއެވެ. ” ތޭންކްސް އައިލީ… މިވަގުތުކޮޅަށް މަށަށް ޝައު ދިނީމަ… ހެހެހެ… ” ހިނިގަނޑެއް ޖަހާލަމުން ޔައިޝް ބުނެލިއެވެ. އައިލީންވެސް ހެމުން ހެމުން ބަދިގެއަށް ވަނެވެ.
އައިލީން ބަދިގެއަށް ވަދުމާއެކު ޔައިޝް ޝައުނާގެ އަތުގައި ހިފައިގެނެސް އޭނަގެ އުނގުގައި ބައިންދަމުން ޝައުނާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. ” ކުހިނެއްވީ… ހާދަ ރޮމޭންޓިކް ވެގެން ތިއުޅެނީ މިއަދު… ” ޔައިޝްގެ ކަރުގައި ދެއަތުން ވަށާލުމަށްފަހު އެއްބުމަ މައްޗަށް ހިއްލާލަމުން ޝައުނާ އަހާލިއެވެ. ” މިއަދު އެކަނިތަ ރޮމޭންޓިކް އީ… ތިހާ ރީތި ވެލައިގެން ހުންނަންޏާ ރޮމޭމްޓިކްވެވޭތާ ދެން… ޝައު ބުނެފިއްޔާ ކޮންމެ ދުވަހަކުވެސް ރޮމޭންޓިކް ވެދާނަން… ” ޔައިޝް އެހެން ބުނެ އެއްލޯ މަރާލުމަށްފަހު ލާނެއް ހިނިތުންވުނެއް ތުންފަތަށް ވެރިކުރުވަމުން ޝައުނާގެ މޫނާއި އޭނަގެ މޫނު ކައިރިކުރަމުން ދިޔައެވެ. ” ނޯ ނޯ ނޯ… ކޮންމެހެން މާ ރޮމޭންޓިކްވާނެ ކަމެއްނެތް… ” ޔައިޝްގެ ތުންފަތުގައި އޭނަގެ ޝަހާދަތް އިނގިލި ޖައްސާލަމުން ޝައުނާ ބުނެލިއެވެ. އަދި ތެދުވެ ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެންމެ ފިޔަވަޅެއް އެޅިތަނާ ޔައިޝް މިފަހަރުވެސް އޭނަގެ އަތުގައި ހިފައި ޔައިޝް އާއި ދިމާލަށް ދަމާލިއެވެ. އެއާއެކު ޝައުނާގެ މޫނު ގޮސް ޖެހުނީ ޔައިޝްގެ ތަނަވަސް މޭގައެވެ. ” މިހާރު ތިހެން ދެވުނަސް މަގޭ މިލްކަކަށްވުމުން ތިހެނެއް ނުދެވޭނެ އިނގޭ… އޭރުން ޝައު ޖެހޭނީ ހަމަ ހުންނަން… އަހަރެން ފުރުސަތު ދިނިއްޔާ ދެވޭނީ… ” ޝައުނާ އިސްއުފުލާލުމާއެކު ޔައިޝް އޭނަގެ މޫނުގައި ޝަހާދަތް އިނގިލިން ފިރުމާލަމުން ބުނެލިއެވެ. ޝައުނާއަށް މަޑުމަޑުން އޭނަގެ ދެލޯ މަރާލެވުނުއިރު އެ ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ” އޯ ނޯ… ހާދަ ވަރަކަށް ތިި މާފޮޅުވަނީ… ދޮރު މައްޗަށް އެރިޔަސް ފިނިފެންމަލުގެ މީރުވަސް ދުވަނީ… އަހަރުން މިހެން ދިޔައިމަ ތި ރޮމޭންސް ކޮންޓިނިއު ކުރަމާ… ހެހެހެ… ” އެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބި ޝައުނާ އާއި ޔައިޝްއަށް ހޭވެރިކަންވީ ޔޫހާން ވާހަކަ ދެއްކުމުންނެވެ. އަވަސް އަވަހަށް އެކަކު އަނެކަކާ ދުރުވެލުމަށްފަހު ދޮރާއި ދިމާލަށް ބަލާލިއިރު ޔޫހާން އޭނަގެ ލޯ މަތީގައި އެއް އަތް އަޅާއިގެން ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެވެ. ” ޔޫން… ދެން ތި އަތް ނަގާބަލަ… މީނަ އަންނާނީ މިކަހަލަ ގަޑިގަޑީގަ… ” ސޯފާގައި ހަމަޖެހިލުމަށްފަހު ޔޫހާންއަށް ބަލަހައްޓާއިގެން އިނދެ ޔައިޝް ބުނެލިއެވެ. އޭރު ޝައުނާ ހުރީ ލަދުން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. ” މިތާކު ނެތޭ ނޯ އެންޓްރީ ބޯޑެއް އަޅުވާފައެއް… އެހެންވީމަ ވާނީ މިހެނެއްނު… ” ޔޫހާން އޭނަގެ މޫނު މަތީގައި އަޅާފައި އޮތް އަތް ނަގަމުން ބުނެލިއެވެ. ” ހޫމް.. ދެންފަހަރަކުން ތިހުރިހާ ކަމަކަށް ސަމާލުވާނަން… ޔޫން ދޭބަލަ ބަދިގެއަށް… ޔޫންއަށް މާފޮޅުވަން އޮތީ ބަދިގެ ލިބިފަ… ” ލާނެއް ވައްތަރަކަށް ހިނިތުންވެ އިނދެ ޔައިޝް އެހެން ބުނުމާއެކު ޔޫހާާން ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ” ދެން އާދެބަލަ މިތާ އިށީންނަން… ” ޔޫހާން ދިޔުމުންވެސް ޝައުނާ ކޮށްޅަށް ހުރުމުން ޔައިޝް ބުނެލިއެވެ. ” ފުރަތަމަ ޕްރޮމިސް ކުރޭ ރީތިކޮށް އިންނާނަން ކަމަށް… މިއަދު ހަމަ ކޮންމެ ފަހަރަކުވެސް ލަދުގަންނަ ކަމެއް ދިމާވަނީ… ” އުނަގަނޑުގައި ދެއަތް އަޅުވާލަމުން ޝައުނާ ބުނެލިއެވެ. ” އޯކޭ އޯކޭ… ކަމަނާ ވިދާޅުވި ގޮތެއް… ” ޔައިޝް ޝައުނާއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޝައުނާ އައިސް ޔައިޝް ގާތު ސޯފާގައި އިށީނެވެ. އަދި ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި އޮތް ރިމޯޓު ނަގައި ޓީވީ އަޅުވާލިއެވެ. ދެމީހުންގެ ނަޒަރުވެސް ޓީވީއިން ދައްކަމުން ދިޔަ ފިލްމަކަށް ހުއްޓުނެވެ.
ޔޫހާން މަޑު ހިނގުމެއްގައި ގޮސް ބަދިގެ ދޮރު މަތީގައި މަޑުކޮށްލިއިރު އައިލީން ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. މަޑު ފެހި ކުލައިގެ މަތިކޮޅަކާއެކު ހަމަ އެކުލައިގެ ދިގު ފުޅާ ސްކާޓްގައި ހުރިއިރު ކަރުގައިވެސް މަޑު ފެހިކުލައިގެ ތުނި ސްކާފެއް އަޅާފައިވެއެވެ. ލައިފައިހުރި މަތިކޮޅުގައި ހުދު ކުލައިގެ އެސްތަކެއް ހުރުމުން ވަރަށް ރީތިކަމަށް ދައްކައެވެ. އެ ދޮން މޫނުގައި ފައުންޑޭޝަން ބޭނުންކޮށްފައި ނެތްނަމަވެސް ވަރަށް ހިތްގައިމެވެ. ތުންފަތުގައި ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ބޭނުންކޮށްފައިވާއިރު ދެލޯ ވަށާލެވިފައިވަނީ ކަޅު ކުލައިގެ އައިލައިނާއިންނެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އިހުނަށްވުރެ ދިގުހެން ހީވެއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކުރަމުން ދިޔަ މަސައްކަތަށް ފުރިހަމަ ސަމާލުކަން ދީގެން ހުރި އައިލީންއަށް ޔޫހާން އޭނަގެ ހަރަކާތްތަކަށް ބަލަން ހުރި ކަމެއް ނޭނގެއެވެ.
ކޭކު އެޅުމަށް ހުރިހާ މަސައްކަތެއް ކޮށް ނިމުމުން އައިލީން ޓްރޭ ހިފައިގެން އަވަނުގެ ކައިރިއަށް ހިނގައިގަތެވެ. ޓްރޭ އަވަނަށް ލުމަށްފަހު ފަސްއެނބުރުނު އައިލީން މޫނު ގޮސް ޖެހުނީ ޔޫހާންގެ ތަނަވަސް މޭމަތީގައެވެ. އެވަގުތު ދުވި ސެންޓުގެ މީރުވަހުން އައިލީންއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެެ. އިސްއުފުލާލާ ބަލާލުމާއެކު ޔޫހާންގެ އަސަރު ގަދަ ދެ ލޮލާ ހަތަރު ކަޅި ބައްދަލުވުމާއެކު އައިލީންގެ ހިތަށް އެނގުންވެލައިގެން ދިޔައެވެ. ޔޫހާން އޭނަގެ މޫނު އައިލީންގެ މޫނާއި ކައިރި ކުރަމުން ދިޔަ ވަރަކަށް އައިލީންގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. ޔޫހާން ގުދުވެލުމަށްފަހު މަޑުމަޑުން އައިލީންގެ ދޮން ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު އައިލީންއަށް ދެ ލޯ މަރާލެވުނެވެ. އަދި އެރީތި ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ” އައި ލަވް ޔޫ… ” ޔޫހާން އައިލީންގެ ކަންފަތް ކައިރީގައި ވަަރަށް އަސަރާއެކު ބުނެލިއެވެ. އެއާއެކު އައިލީންގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. ވަގުތުން މެރިފައިވި ދެލޯ ހުޅުވާލެވުނެވެ. އެއާއެކު އަނެއްކާވެސް ޔޫހާންގެ ލޮލާއި ލޯ ދިމާާވިއެވެ. ޔޫހާން އައިލީން އާއި ގާތަށް ފިޔަވަޅެއް އަޅާލުމާއެކު އައިލީން ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު އައިލީން ގޮސް ފަހަތުގައި ހުރި ކަބަޑުގައި ޖެހުނެވެ. ޔޫހާން އައިސް ކަބަޑުގެ ދެފަރާތުން އަތް އަޅުވާލުމާއެކު އައިލީން ބަންދުވިއެވެ. ދެމީހުންވެސް އެހާ ގާތުގައި ވުމުން ދެހިތަށްވެސް ދިޔައީ ތަފާތު އަސަރުތަކެއް ކުރުވަމުންނެވެ. ޔޫހާާންގެ ހޫނު ނޭވާތައް އައިލީންގެ މޫނަށް އެޅެމުން ދިޔުމުގެ ސަބަބުން ލޭގެ ހިނގުން އަވަސްވެފައިވީއިރު ނޭވާ ވަނީ ކުރުވެފައެވެ. ހިތް ތެޅެމުން ދިޔައީ ޔޫހާންއަށްވެސް އަޑު އިވޭނެހާ ބާރަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.








Salaam dear readers… Here is the next part… Hope all will like this part too… This part is more than 2500 words… I haven’t check so mistakes huredhaane… V avas kohlaafa mi up kohly… Thankyou so much dear readers for the support…
I am the first dhww
Yahh… Congrats dear ❤️❤️❤️??????…
Wowww vvvvvvvcv reethi???
Kailee ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma ???…
Me second????
Yahh… Congrats dear ❤️❤️❤️??????… Next time first hodhaanee dhw ???…
waaaau so romantic…vvv wait kohfin miharu mi story up nuvegen..vvv reethi mi part ves ifoo luv yah..mashaallah ifoo haadha molhey..next part ves rom koh dhigukoh avahah genesdhehchey
me third dhw..hehe
maya ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Comment kiyaalaafa v v v ufaavehje ??????… In Sha Allah next part vx rom kohlaanan ???… Yesss dear ur third ???… Love u too dear ❤️❤️❤️?????????…
i am the second dhw ifoo ….but ifoo haadha lahun up thikurany.mirey plxxxx adhi eh part plxxxxxx
Ifooooo ❤️❤️❤️… Ur fourth dear ???… Bxy kamun lahun up kurevuny…
Walla habibi vrh loabi mi part ves as usual ❤❤❤❤❤ heevanee loakurimatheega hingi kameh hen ????cover pic ves vrh loabi ingey ???do u edit it from a laptop or comp and ifoo dear adhi mi stry nimen kithah prts ebain? ?????????assu mihaaru testu thah gina kamun vaahaka kiyaa laafaves comment nukurevey vrh bodah srry?? ekamu try kuraanan ingey kuriah huri baithakuga comment kuran ????? ur so talented maasha allah?? may allah protect ur talent from evil eyes??????? Luv you ifoo loab ???????????????
Awwwwnn ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje comment kiyaalaafa ❤️❤️❤️??????… I’m so happy that u like the cover pic ???… Ifoo story liyanee phone inn… So cover pic vx hedhy phone in by using application ???… V v v ufaavehje dear ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ❤️❤️❤️??????… Concentrate on your studies dear n I wish all the best for ur exams ❤️❤️❤️?????????… May Allah protect you from evil eyes ❤️❤️❤️???… Thankyou so much for the colourful Comment ❤️❤️❤️??????… Hope to see ur comment more often ???… Much loves from me dear ❤️❤️❤️??????…
N I mean photo edit kuraa vrhaka ingey ?
Mivaahaka reethi ekam lahun up vaathee aslu mivaahaka ah inthizaar ves nukurevey
Bxy vyma lahun up kureveny… Thankyou so much Azun ❤️❤️❤️??????…
Thee L.atoll kuhjeh tha Ifoo Ifoo
No dear ???… I’m not from L. Atoll… ???…
Wowwwww…so romantic…I just love it…check nukhlyma kanneyge mistakes ehba huri..dhn faharakun ragalhu khlahchey….??stry rythi kamun kiyaahiyy vany a…vrh inthixaaru kurifahun mi up v vex…whn next part dear….ahvah up khlahchey dear if u r not bxy…if u don’t mind can I ask u a question…how old r u??? ?? Stry Hama awesome igey ???❤️❤️???? vrh nic
She’s seventeen yrs old ?
Awwwwnn ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje comment kiyaalaafa ???… Yahh… Avas kuran vegen check nukoh mi up kohly thanakah dhaan vefa othyma ???.. Next time ragalhu kohlaanan In Sha Allah ???… I’m 18 years dear ???… Once again thankyou so much dear ❤️❤️❤️?????????…
Heheh… Now 18 ❤️❤️❤️???…
Wow wow ? v lobi mi part ves
Thushaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma ❤️❤️❤️???…
Salaam ifoo???????srry lahun comment eh kohlevunyma???????filaavalhu thah othyma bxy vii???????????mi part ves v rythi..,,anehkaaves naureen men dhw ????????neynge mi faharu kuran ulhey kamehves…,❤❤❤❤❤❤❤yaeesh and shau ge bai ves v rythi….????☺☺??????may allah save ur talent frm evil ? eyes.,,?????????ifoo dhn stry nimen ulheny tha??????i mean dhn kithah part hey iny baaky,..?????☺☺☺anyways mi stry hama is hama obiness to the max…❤❤❤❤❤❤lots and lots of love ifoo ❤❤❤❤❤❤❤?????❤❤❤❤❤❤whn next part????
Mal ❤️❤️❤️❤️❤️… I was waiting for your comment ❤️❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… V v v ufaavehje comment kiyaalaafa ❤️❤️❤️?????????… It’s ok Mal… Lahun vx comment kohleema v v v ufaavehje ???… Naureen dhw… Higaa balamaa naureen kuraa kameh vx ???… Story nimenn dhenn miulheny bt parts ge adhadheh neynge nuliye huryma… Once again thankyou so much dear n may Allah protect you from evil eyes ❤️❤️❤️??????… Much more loves from me dear ❤️❤️❤️????????????… Next part In Sha Allah liyevunuhaa avahah up kohladheynan…
Hello ifoo ❤❤❤ varah varah reethi ingey story ❤❤❤ varah loabi hama ???? so romantic ?????? hama maa thakeh folheny dho garden ehga ?????????? yaish and shau ves haadha cute ey.. Varah loab ?? hurihaa emmen ekkoh raavaa kan kan genessa hunna goi livy ah abadhuves kamudhey ????? And costumes ves.. ????? you are so talented masha allah ?☺☺??? keep up the good work dear.. Mihaaru emme look forward kurevey story mee ????❤❤ next part when ? Oh and yess mi part varah dhigu koh genessfa inyma so so happy ???????? lots of love dear ?????❤?
He’llo Livy ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… Ifoo v v v v ufaavehje livy ah story kamudhiyaima ???❤️❤️❤️??????… It means a lot for me ❤️❤️❤️???… Livy ge comment eh fenunyma hama asluvx v v v v ufaavehje ??????❤️❤️❤️… Livy akee ifoo story feshuneehsurevx support dhemun anna reader eh ❤️❤️❤️?????????… So thankyou soooooo much for the support ❤️❤️❤️????????????… U are one of the best reader ey buneveynee ❤️❤️❤️??????… More than a reader I feel that ur like a friend ❤️❤️❤️??????… Next part In Sha Allah Tuesday ga ???… Bxy v ma lasvany n reply vx ehenve lasvy… Sorry dear ???… V v v ufaavehje livy happy v ma ???… Much more loves from me dear ❤️❤️❤️❤️????????????… N btw I love ur comments… It’s soooooo colourful ❤️❤️❤️??????…
And mi part ehaa dhigukoh genesdhiniima thanks dear??????☺☺☺☺?❤❤❤❤❤❤
Mal ❤️❤️❤️???… Most welcome dear ❤️❤️❤️????????????… I want my readers to be happy ???❤️❤️❤️… Once again thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????…
Wow ??? my luving ifoo dhooni… So romantic ????? I just love it… ???????????? Cover picvx v loabi ingey ifoo dhooni… ????????? Masha Allah Haadha Haadha reehchey mi part vx… ????????? n sry lahun cmnt kohllevunyma naju v balikoh ulheythyve ingey lasvy… ❤❤❤❤❤❤❤❤❤❤❤❤❤ n thankx ingey mi part dhigukoh genas dhinyma vvvvvvvvv happy vehje… ???????? n Ifoo dhoonige vaahaka hama dhuvaheh dhuvahakah dhanee furihama vamun…. ?????????? ehaavx perfect mihaaru… ??????????????? Thank you ifoo Darling mihaa nice story eh genasdheythyve… ???????????????? Lots of love from naju ????????????????????????????????????????
Awwwwnn ❤️❤️❤️???… Naju ❤️❤️❤️???… Thankyou soooooo much for the colourful Comment ❤️❤️❤️????????????… Hama bunaane ehcheh vx neynge ifoo akah ??????… V v v ufaavehje Naju ah story n cover pic reethi v ma ❤️❤️❤️??????… It means a lot for me ❤️❤️❤️???… It’s ok dear lahun vx comment kohleema ???… Ifoo edheny Naju ah v avas shifaa eh dhehvun ❤️❤️❤️??????… Once again thankyou soooooo much for the colourful Comment Naju ❤️❤️❤️????????????… Aslu vx v v v v ufaavehje ifoo comment kiyaalaafa ?????????❤️❤️❤️???… Much more loves from me Naju ❤️❤️❤️????????????…
Cover pic ga dhinaaj ah einee kaaku ????? Ifoo hiiii… varah dhuvas fahun dhw mi comment eh kohleveny… i was too busy in prepairing for my o level exams… but story kiyan time v varakun…varah nice ingey story dhaagoi… ifoo u r doing a great job ingey… miadhu kudakoh free veema hithah eree comment eh kohlan… e suvaalu vx otheema aa eku… all the cover pics u used was great but this one is the best cover pic…all are my favourite couples… but sadly now i cant watch them because of exams???.. anyways storyge mi part vx hama???? …. love this story
Rishy ❤️❤️❤️❤️???… Awwwwnn ❤️❤️❤️???… I missed your comments so much ❤️❤️❤️?????????… V v v v ufaavehje ehaa dhuvas fahun vx Rishy ge comment eh fenunyma ???… I’m soooooo happy to know that u like my story n the cover pics too ❤️❤️❤️????????????… Hehhe… Concentrate on your exams now ingey ???… Exams ninmaafa drama thah balaany ingey ???… Thankyou so much dear for the support ❤️❤️❤️????????????… Ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma v v v ufaavehje ???❤️❤️❤️???… Much loves from me ❤️❤️❤️???????????? n I wish all the best for ur exam ❤️❤️❤️????????????…
Rishy ❤️❤️❤️… Cover pic ga dhinaaj ah aee kaaku kameh ifoo akah vx neynge… I don’t know his name… Kurin answer nudhevunyma anehkaa mi comment kohlee… ???
Reethi vaahaka, but eh seaneh maa dhigukoh genaumah ulheythi kaneyge baeh hisaabu thah maa haasaru boduvani, but nice hama story, adhi vadhun beynun kohlaa than than kolhu vanun beynun kohleema rangalhuvaane
shif ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje thikanthah faahaga kohla dhinyma ???… I will try my best to correct those mistakes ???… Once again thankyou ❤️❤️❤️????????????…
Dear readers next part In Sha Allah Tuesday ga… Bxy kamun adhi reply vx nukohlevey baeh comments thakah bt today knmes irakun kohlaanan In Sha Allah…
Wowww ????❤❤❤????????idk anything to say also ehaaves loabi story❤❤❤emme kiyan beynunvi thankolhun thi nimmaali???hehe??waiting for nxt part ??lots of love ??????❤❤??
Shaa ❤️❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… I was waiting for your comment dear ❤️❤️❤️??????… V v v ufaavehje Shaa ah mi part vx reethi v ma ❤️❤️❤️????????????… Much more loves from me dear ❤️❤️❤️????????????…
މިތަނުން އެއްވެސް ކުއްޖަކަށް އެނގޭތަ ސަންގަ އިންނަ ” ތަފާތު ލޯތްބެއް ” އެވާހަކަ މިހާރު އިންނަ ސައިޓެއް
އިފޫ އަކަށް ނޭނގެ… ???…