ރަސްފަންނުގެ ހިތްގައިމު މާހައުލުގައި އާލިމްއާއި އައިކާ ތިބިއރު ލޯތަށް އެދިމާލަށް އަމާޒުވަމުންދިޔައެވެ. ”ސޯ ކީއްވެ ދިމާވާންބުނީ.” ވަރަށް ހިތްވަރުކޮށްފައި އައިކާ އަހައިލިއެވެ. އާލިމްގެ ނަޒަރު އެވަގުތު ސީދާ އަމާޒުވީ އައިކާގެ މޫނަށެވެ. ލަދުން އައިކާ އިސްޖަހައިލިއިރު އެމޫނަށްވަނީ ޖަންބުކުލަވެރިވެފައެވެ. ”އައި ލަވްޔޫ” ކަންފަތަށް އިވުން ބަސްތައް ގަބޫލުކުރަން ނޭނގިފައި އައިކާ ދެލޯ ބޮޑުކޮށްގެން އާލިމްއަށް ބަލަންއިނެވެ. ހިތް އުފަލުން ނަށަމުންދިޔައިރު ދުލަށް އެންމެ ބަހެއްވެސް ނައެވެ. ހަގީގަތަކީ އާލިމްގެ ލޯތްބަށް އައިކާއަށްވެސް އެދެވެއެވެ. ފުރަތަމަ ފެނުނީންސުރެއް އެހިތުގައިވަނީ އާލިމްގެ ސޫރަ ބިންވަޅު ނެގިފައިއެވެ. އެލޯތްބަށް ހިތްއެދި ގޮވައެވެ. “އައިކާ… ކޮންމެސް އެއްޗެއް ބުނެބަލަ ޕްލީޒް. ” އައިކާ އެއްޗެއްނުބުނެ އިންނަންފެށުމުން އާލިމްގެ ހިތްދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ކެތްތެރިކަން ކުޑަވެފައި އާލިމްއިނީ އެލޯތްބަށް ފެންބޮވައިގަނެފައިއެވެ. “އާ.. […]
ދޮރު ހުޅުވައިލިއިރު ފެނުން މަންޒަރުން އަލަންއަށް ހުރިތަނަށް ގަނޑުވެފައި ހުރެވުނީއެވެ. “އޭތް….” އަޑުގެ ނެތްތަނަށް އަލަން ހަޅޭއްލަވައިގަތްއިރު މުޅިމީހާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ފަހަތުން އިވުނު އަލަންގެ ހަޅޭކުގެ އަޑަށް ސިހިފައި އިދާންއާއި ލާނާއަށް އެއްފަހަރައި ބަލައިލެވުނެވެ. އޭރު އިދާންހުރީ ލާނާގެ ދެއަތުގައި ހިފައި ގަޔާއި ކައިރިކޮށްގެން ކަމުން އެދެމެދުގައި ކައިވަތެއްހައި ޖާގަވެސް ނެތެވެ. އަލަންގެ ހަޅޭކާއިއެކު ލާނާ ބިރުން ތެޅިގަނެފައި އިދާންގެ އަތް ފޮޅުވައިލިއެވެ. ކުއްލިއަކަށް މުޅިމީހާ ދާހިއްލައިފޯވާންފެށިއިރު އޭސީގެ ފިނިކަމުގެ އިހުސާސްވެސް ނުވާކަހަލައެވެ. އަލަންގެ […]
އާލިމްމެންގެ ފަހަތުން އަލަން ނުކުމެގެންދިޔައީ އެންމެން ނުކުތުމުން ދޮރުތަޅުލާފައި އަންނަންވެގެންނެވެ. ކޮޓަރީގައި އެކަނިވެފައި އިން ލާނާގެ ހާސްކަން ފަހަރަކށްވުރެއް ފަހަރެއް އިތުރުވަމުން ދިޔައިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވީ އުފެދިފައެވެ. މިރޭ ކަންތައްވީ ގޮތުން އަލަން އެހެން އަދި ނުހުންނާނެކަން ލާނާއަށް އިނގެއެވެ. ހާސްވެގެން ލާނާ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރީ ދެންކުރަންވީ ކަމެއް ނޭގިފައެވެ. ހަމަގައިމުވެސް މިތަނުން ނުއެއް ފިލޭނެއެވެ. އަލަންއާއި ޖެހޭނީ ހަމަ ކުރިމަތިލާށެވެ. ހާސްވެފައިހުރި ލާނާ ސިހުނީ ދޮރުތަޅުލުމަށްފަހު އައިސް ކޮޓަރިއަށްވަތް އަލަން […]
ވަށައިގެންވާ މާހައުލުގެ ހިލަމެއް ނުވާ ލާނާއާއި އިދާން އަދިވެސް ހުރީ ހަމަ އެގޮތަށެވެ. “އިދީ …އަ….” ލާނާގެ ދުލުގައި ތަޅުއެޅުވިފައި ހުރިކަހަލައެވެ. އަނގައިން ބަހެއް ބޭރެއް ނުވެއެވެ. “ޕްލީޒް ލާލާ.. އިދީ ހާދަ ލޯބިވެޔޭ ލާލާ ދެކެ. ބުނެބަލަ އިދީ ދެކެވެސް ލާލާ ލޯބިވެޔޭ.”. އިދާން އަސަރާއެކީ މިހެން ބުނިއިރު ފަހަތުގައި ހުރި އަލަންއަށް ހަމަ ރީއްޗަށްވެސް އަޑުއިވުނެވެ. އިދާންގެ ވާހަކަތައް އިވި އަލަންގެ ރުޅިގަނޑު ކެކިގަނެ ހަމައިން ނެއްޓިކަހަލައެވެ. “ހައު ޑެއާރ ޔޫ.. ކަލޭ ލަދެއް […]
ގަދަކަމުން ހެވިފައި ހުރި ލާނާގެ ކުލަ އޮއްސުނީ އާލިމްއާއި އެކީ ޕާޓީއަށް ވަދެގެންއައި މީހާފެނިއެވެ. އާލިމްއާއި އެކީ ދޮރުން ވަދެގެންއައި އިދާން ފެނި ލާނާ ތުރުތުރު އަޅައިގަތެވެ. މޭނުބައިވެ ހޮޑުލެވެން އުޅެނީއޭވެސް ލާނާއަށް ހީވިއެވެ. އާލިމް އެގޮތަށް އިދާން ގޮވައިގެން އެއައީ ކީއްވެހެއްޔެވެ. އޭނާއަށް އިދާން އިނގެނީ ކިހިނެއްހެއްޔެވެ. އެދެމީހުން އެކަކު އަނެކަކު ދަންނަނީކަން ގައިމެވެ. ލާނާގެ ލޮލަށް ޖަމާވާންފެށި ކަރުނައިން އެ ނާޒުކު ދެލޯ ފުސްވާން ނެގީ ސިކުންތުކޮޅެކެވެ. ބިންފަޅާފައި އަޑިއަށް ދާން ހިތަށްއެރި […]
ކެއުމައިގެން މަޝްއޫލުވެފައި އިން އާލިމް ހުއްޓުންއެރީ ކާގެއަށް ވަދެގެންއައި އަންހެންކުއްޖާފެނިއެވެ. ކަރުގައި އަނގަޔަށްލީ ބަތްކޮޅުވެސް ތާށިވިކަހަލައެވެ. ދިރުވަން ނޭނގިފައި އިން އާލިމް ކޮށިއަރަން ނެގީ ސިކުންތުކޮޅެކެވެ. ކޮށިއަރައިގެން މީހާގެ ލޮލާއި ނޭފަތުން ފެންއައި އިރުވެސް އާލިމްއަށް ހުރީ ކުރިމަތިން ފެންނަމުންދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ. އެއީ ހަމަ އެމޫނެވެ. އެ މައުސޫމު ކަމެވެ. އެ މޫނު ފެނި އާލިމްގެ ނިދި ގެއްލުވާލި ކުއްޖާއެވެ. އައިކާއެވެ. އައިކާ އަކީ އިދާންގެ ކޮއްކޮހެއްޔެވެ. އެދުވަހުގެ ފަހުން އައިކާ ފެނިދާނެ ކަމަކަށް އާލިމް […]
“އިޓްސް އޯކޭ. ހާއި. އައި އެމް ޑރ.އިދާން. ނައިސް ޓު މީޓް ޔޫ.” އިދާން އަމިއްލައަށް ތައާރަފްވެލިއެވެ. “ޑރ.އާލިމް އަލަށްތޯ ތި ޖޮއިން ކުރެއްވީ؟ އަޅުގަނޑު މިދަނީ ޕަންޗްއިން ކުރަން. އަޅުގަނޑާއި އެކީ ހިނގާ.” އިދާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އާލިމް ބޯ ޖަހައިލުމަށްފަހު އިދާންގެ ފަހަތުން ހިނގައިގަތެވެ. ޕަންޗްއިން ކުރުމަށްފަހު އިދާން ދިޔައީ ތަނުގެ ތަންތަން އާލިމްއަށް ދައްކައިލާށެވެ. މީގެކުރިން އޭޑީކޭއަށް އާދެވިފައި ހުރިނަމަވެސް އެތަނަށް އެހައި ބޮޑަކަށް އާލިމް ފަރިތަވެފައެއް ނެތެވެ. “މިއީ އިމާރޖެންސީ […]
“އައިކާ..” އެ އަންހެންކުއްޖާ ދިޔަދިމާއަށް ބަލަމުން އެ ޒުވާނާ ތަކުރާރު ކޮށްލިއެވެ. “ދަރިފުޅާ އާލިމް.” އެރައިވަލް ގޭޓުން ނުކުމެގެންއައި ޒުވާނާފެނި އާސިމާ ގޮވައިލިއެވެ. ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލަމުން އާލިމް އަޑުއައި ދިމާލަށް ބަލައިލިއެވެ. އެވަގުތު ދުރުގައި ހުއްޓިލައިގެންތިބި އޭނާގެ މަންމައާއި ބައްޕައާއި ދެކޮއްކޮ ފެނުނެވެ. އާލިމް އައުމާއެކު އަލަންއާއި އާލާ ވަގުތުން އޮޅުލައިގަތެވެ. “ބޭބޭ. ހާދަ މިސްވިއޭ” އާލާ އުފަލުންހުރެ ބުނެލިއެވެ. “އައި މިސްޑް ޔޫ އޯލް ޓޫ.” އާލިމްވެސް އުފަލުންހުރެ ބުންޏެވެ. އާލާއާއި އަލަންއަށްފަހު އާލިމް […]
އާލިމް އަންނަ ވާހަކަ ބުނުމުން އާލާއާއި އަލަންގެ މޫނު އުޖާލާވެގެން ދިޔައެވެ. އާލިމް މެލޭޝިޔާގައި ޑޮކްޓަރުކަން ކިޔަވަން ހުންނަތާ މިހާރު 7 އަހަރު ވެއްޖެއެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް އެއްފަހަރު ޗުއްޓީ ލިބުމުން ރާއްޖެއާދެއެވެ. ހ.ކެތީގައި އެންމެންދިޔައީ ރޭގަނޑު ކެއުމަށް އިންސާފުކުރަމުންނެވެ. މޭޒުމަތީގައި އެކި ބާވަތްބާވަތުގެ އެއްޗެހި އެތުރިފައިވާއިރު އެންމެން ކެއުމައިގެން އަވަދިނެތިއުޅުނެވެ. އަދިވެސް ދެކެވެމުންދިޔައީ ކައިވެނީގެ ވާހަކައެވެ. ޝާކިރު ބޭނުންވަނީ އޭނާގެ ރިސޯޓުގައި ހަފްލާ ބާއްވާށެވެ. ހަސީނު ބޭނުންވީ މާލޭގައި ކުލަގަދަކޮށް ބާއްވާށެވެ. ކުލަޔާއި އެއްޗެހި […]