Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (13)

Kyleen Level 110 Stories
September 8, 2018 2 Mins Read
3 Comments

{ނޯޓް: އަޅުގަނޑުގެ އިމްތިހާނުތައް (ޔުނިޓު ޓެސްޓު) ފެށުމުގެ ސަބަބުން ވާހަކަ މެދު ކަނޑާލެވުނީއެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަނެއްކާވެސް މިވާހަކަ ދުވަހުން ދުވަހަށް އަޕް ކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ.}

“ހަލޯ! އޯކޭ… މިދަނީ..” ކައިސަން ފޯނުކޯލަކަށް ޖަވާބުދިނެވެ. “ކާކު؟” އަހަރެން ސުވާލުކުރީމެވެ. “ހިނގާބަ ވަރަށް އަވަހަށް މަންމަގެ ގެއަށް” “ކިހިނެތްވީ؟” އަހަރެން ހާސްވާން ފެށިއެވެ. ކައިލް އަށް ކާންދިނުމަށްފަހު ތިން މީހުން އެކުގައި މަންމަގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. ހިތް އަވަސްވާން ފެށިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލީމެވެ.

މަންމަގެ ގެއަށް ވަދެވުނު އިރު މަންމަ ހުރީ ދޮރުމަތީ ހުއްޓިލައިގެންނެވެ. ކައިލާން ނުކުތީ އެވަގުތުއެވެ. ޝީން ގޮވައިގެންނެވެ. ޝީން އަތުގައި ޒާން އޮތެވެ. އަހަރެން ހަނދާންވީ ދެނެވެ. މިއަދަކީ ޝީން އާއި ކައިލާންގެ ކައިވެނި ކުރެވޭނެ ދުވަހެވެ. “ކޮންތާކަށް ތިދަނީ؟” މަންމަ ސުވާލު ކުރީ ކައިލާންއާއެވެ. “އައިންތު ދައްތަ ލަފާ ތަނަށް” “އަހަންމަދުބެ އާދޭތަ؟” އަހަރެން ސުވާލު ކުރީމެވެ. ޝީން ބޯ ޖަހާލިއެވެ. “ދޮންބެ މަޑުކުރޭ.. ކައި ދާނަން ޝީންއާއެކު..” އަހަރެން ޝީންއާއެކު ނުކުތީމެވެ.

ބަނދަރާ ހަމައަށް ލައްވާލީ ކިރިޔައެވެ. ލޯންޗު ފަޅުން އެތެރެއަށް ވަންނަނީއެވެ. ލޯންޗާ ދިމާއަށް މިސްރާބުޖެހީމެވެ. އެހެންކަހަލަ އިހުސާސެއް ވުމުން ފަހަތް ބަލާލީމެވެ. ޝީން ހުރީ ހުއްޓިގެންނެވެ. ކުރިއަށް ފިޔަވަޅެއް ނާޅާނަމޭ ބުނާފަދަ ގޮތަކަށެވެ. އަހަރެން އަނބުރާ ޝީންގެ ގާތަށް ދިޔައީމެވެ. ޚިޔާލެއްގައި ހުރި ޝީން ހަމަބިމަށް އައީ އަހަރެން ކަރު ކެހިލި އަޑަށެވެ. “ކިހިނެތް ވެފަ ތިހުރީ މަންޖޭ؟” އަހަރެން ސުވާލު ކުރީމެވެ. “އުފަލެއް ނުވޭތަ؟” ޝީންގެ މޫނުމަތިން ސިފަވަނީ ނުތަނަވަސް ކަމެވެ. މައިންބަފައިން ރަށަށް އައުމުން ޝީން ހިތްހަމަ ނުޖެހެނީ ކަންނޭންގެއެވެ. “ޝީން.. އަޑުއަހާބަލަ.. މާޒީއިން އިބުރަތް ލިބިގެންނޭ ދުނިޔޭގަ އުޅެވޭނީ..” ޝީން ހިތްހަމަ ޖައްސައިދެވޭތޯ ބެލީމެވެ. “މަންމަ އަހަރެން ބަލައިގަންނާނެބާ؟ ނޫނީ މި ދަރިފުޅު ދެކެ ލޯބިވާނެބާ؟ މިއީ މާމަ ދަރިކަމަށް ދެކޭނެބާ؟” ޝީން އިސްޖަހާލުމަށްފަހު ޒާން ގަޔާ ކައިރި ކޮށްލިއެވެ. “ސުވާލުފޮށި ސުވާލު ހުސްވީތަ؟” އަހަރެން ޝީންއާ ދިމާ ކޮށްލީމެވެ. “ނޫން.. ހިތުގަ ބައިވަރު ސުވާލު އެބަހުރި.. ދުލު ކުރިއަކަށް ނާދޭ.. އަހަރެން މިދުނިޔެއަށް އައީ ކީއްކުރަންތަ؟ އަޅޭ!!” “ޑްރާމާ ކުއީން!! މިއުޅޭ މަރިޔަން ނިޝާމެންނާ އަޅާވެސް ނުކިޔޭ! މަށަށް ހީވަނީ މީނަ ގެންދަންވީ ފިލްމު ކުޅެން ކަންނޭނގެ.. ކިހިނަކުން ދިރިއުޅޭނީ، ކަލާޔާ ނުލާ.. މިހިތުގާ ވިންދު އުފެދޭ.. ނިޝާނާ ނުލާ..” އަހަރެން ވައްތަރުތަކެއް ޖައްސަމުން ޝީން ހެއްވާލެވޭތޯ މަސައްކަތް ކުރީމެވެ. “ސާބަހޭ ކައިނާ!!!” ޝީން ބުނެލިއެވެ. ހުނުމުގެ ތެރެއިންނެވެ. ހިނިތުންވުން ދެމިގެން ދިޔުމަށް ހިތާހިތާ ދުޢާ ކޮށްލި ނަމަވެސް މާގިނަ އިރަކަށް އެ ދެމިގެންނެއް ނުދިޔައެވެ.ޝީންގެ އަތުގައި ހިފައިގެން ލޯންޗު ކައިރިއަށް ގެންދިޔައީމެވެ.

“ދަރިފުޅާ ޝީން…” އައިންތުއަށް ލޯންޗުން ފޭބުނީ ނަސީބަކަށެވެ. ވަގުތުން އަނބުރައިގަނެގެން ވެއްޓުނެވެ. އައިންތު ރަށު ހަސްފަތާލަށް ގެންދެވުނެވެ. ކައިސަން އާއި ކައިލާން އައިސް ހަސްފަތާލަށް ވަނީ އަހަރެން ނުކުންނަން ދިމާކޮށްލި ވަގުތުއެވެ. “ކިހިނެތްވީ؟” ކައިލާން ސުވާލު ކުރިއެވެ. “ނޭނގެ.. ޑޮކްޓަރ ބުނީ އިރުކޮޅެއް ނަގާނެޔޯ ހޭއަރަން.. ބޮޑަށް ލަފާ ކުރެވެނީ ކުއްލި ޝޮކެއް ލިބުނީ ކަމަށޯ..” އަހަރެން ޖަވާބު ދިނީމެވެ. އަހަރެން މަންމަގެ ގެއަށް ދިޔައީމެވެ. ކާގެއަށް ވަދެވުނުއިރު މަންމަ އިނީ އަހަންމަދުބެ ގޮވައިގެން ސައި ބޯށެވެ. “ކިހިނެތް އައިންތު؟” މަންމަ އަހަރެންނާ ސުވާލުކުރިއެވެ. “ރަނގަޅު” އަހަރެން ޖަވާބުދިނީމެވެ. “ކައިނާ! ހާދަ ތަފާތޭ ކޮއްކޮ” އަހަންމަދުބެ ބުނެލިއެވެ. “އެހެންނެއްނު ވާނީ.. ކަސްރަތު ކުރާކަށް ނުދޭ.. ވަޒީފާއިން ކެނޑިއްޖެ” މަންމަ މޫނަށް ވައްތަރެއް ޖައްސާލިއެވެ. “އެކީއްވެ؟” އަހަންމަދުބެގެ ސުވާލު އަމާޒުވީ އަހަންނަށެވެ. “އެދެން މާބޮޑު ކަމެއް ނުވޭ.. އެބަ ވިސްނަން އަނެއްކާވެސް ހޮސްޕިޓަލަށް ވަންނަން..” “ތިވިސްނާ ކަމެއް ވެއްޖެއްޔާ އިނގިދާނެތާ!” އަހަންމަދުބެ ބުންޏެވެ. “ކޮބާ ޝީން؟” ވަރަށް ބީރައްޓެހި ގޮތަކަށް އަހަންމަދުބެ ސުވާލު ކޮށްލިއެވެ. ޝީން މިވަގުތު މިތާ ހުރިނަމަ ސަހަރޯއޭ ހިތަށް އަރާނެކަން ގައިމެވެ. “އަހަންމަދުބެ އަދިވެސް ޝީންއާމެދު ހިތްހަމަ ނުޖެހިފަތަ؟” މަންމަ ސުވާލު ކުރިއެވެ. އަހަންމަދުބެ ޖަވާބު ނުދިނުމުން އަހަރެން “ލެކްޗަރު” ފެށީމެވެ. “އަހަންމަދުބޭ.. އެއީ މާޒީއެއްނު.. ދެން މާޒީއާމެދު ނުވިސްނަބަލަ.. މުސްތަޤްބަލާމެދު ވިސްނާލަބަލަ.. ކާފަ ދަރިފުޅުގެ ކުރިމަގާ ދޭތެރޭ ވިސްނާލަބަލަ.. މީހުން ބުނެއެއްނު މާޒީއަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑު ކަމުގައި ހަދާށޭ… އިންސާނުންނަށް ކުށް ކުރެވޭނެ.. އެއްވެސް އިންސާނަކު ފުރިހަމައެއް ނުވާނެ.. ” “ހްމްމްމް.. ދެން މައްސަލައެއް ނެތް.. ބޭބެ ރުޅިއެއް ނާދޭ ޝީން ދެކެއެއް.. އައިންތު އެއްނު ރުޅިއައީ.. ބޭބެ ބޭނުން ޝީންގެ ކިބައިން މާފަށް އެދެން.. ބޭބެ އުޅުނިން ޝީންގާތަށް އަންނަން… އެކަމަކު އައިންތު ބޭނުމެއް ނުވި.. އެހެންވެ ނާދެވުނީ.. މިފަހަރު މިއައީ ބޭބެ އާދޭސް ކޮށްގެން..” އަހަންމަދުބެ އަހަރެންގެ ވާހަކަ ހުއްޓުވިއެވެ.

އެވަގުތު ކައިލާންއާއި ކައިސަން، އައިންތު ގޮވައިގެން އައިސް ވަނެވެ. އައިންތު އަތުގައި ޒާން އޮތެވެ. ޝީން ވަނީ އެމީހުންގެ ފަހަތުންނެވެ. އަހަންމަދުބެ ވަރަށް ލޯބިން ޒާންއާ ދިމާއަށް ބަލާލިއެވެ. އަދި ކައިލާންއާ ދިމާއަށް ބަލާލިއެވެ. ޝީންއާ ދިމާއަށް ބަލާލަމުން އެދިމާއަށް ހިނގައިގަތެވެ. ޝީންހުރީ އިސްޖަހާލައިގެންނެވެ. “ދަރިފުޅާ..” އަހަންމަދުބެ ޝީން ގާތް ކޮށްލިއެވެ. “ބައްޕާ..” ޝީންއަކަށްވެސް މަޑަކުން ނުހުރެވުނެވެ. “އޯނ..” ކައިސަން މިހެންބުނެލުމާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މަންމަ ކޮޓަރިއަށް ވަނުމަށްފަހު ކައިލް ގޮވައިގެން ނުކުތެވެ. ކޮޓަރިތެރޭ ކީއް ކުރީތޯ ސުވާލު ކުރުމުން ނިދީ ކަމަށް ބުންޏެވެ. “ކައިލް ހާދަ ނިދި ގަދައޭ.. ” ކައިލާން ބުނެލިއެވެ. “އެއީ ހަސަނު ގޮތަށް ދޯ..” އައިންތު ސުވާލުކުރުމުން އަހަރެން ހިނިތުންވެލީމެވެ. އެއީ އަހަރެންގެ ބައްޕައެވެ. ކައިލް ގެ ކާފައެވެ.

 

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

ވާނަން އެކީ 4

Next

ދުޢާ 8

Next
September 8, 2018

ދުޢާ 8

Previews
September 8, 2018

ވާނަން އެކީ 4

3 Comments!

  1. Hudher says:
    September 9, 2018 at 7:55 pm

    Nyc part dear…maasha allah….whn next….luv this part….??????

  2. Hudher says:
    September 9, 2018 at 9:13 pm

    Nd me first dhw…….??

    1. Kyleen says:
      September 17, 2018 at 1:32 pm

      In Sha Allah, i m trg to post it today.. yeah u r first Hudher

Comments are closed.



All Right Reserved!