ވެހެމުންދިޔަ ބޯވާރޭ ހުއްޓާލާނޭ އިރެއް ލަފާކޮށްލަންވެސް ދައްޗެވެ. ދޭތެރެއަކުން ގަދަޔަށްވިދާލާފައި ޖަހާލާ ބާރު ގުގުރިން ކަންފަތްތައް ފަޅައިގެންދާހާވެއެވެ. ބާރަށް ވައިޖެހެމުންދިޔައިރު ގަސްތައް މުލުން ލުއްސާނުލާ ތިބީ ނަސީބަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާއަޅާފައިވާ ރަށުގެ މަގުތައްމަތިން ވައިގެ ހަމަލާތަކަށް ކުޅަދާނަނުވެގެން ފައިބައިފައިވާ ފަތްތަކާއި ގޮފިކޮޅުތައް ނޫންއެއްޗެއް ނުފެނެއެވެ.ހަވީރުގެ ވަގުތެއްކަމަކު ވެެރިވެފައިވާ އަނދިިރިކަމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތައްވެސް ވަނީ ދިއްލަންފަށާފައެވެ. މަގުތަކުގައި ހަރުކޮށްފައިވާ ސްޓްރީޓް ލައިޓްތައް މާކުރިންވެސް ވަނީ ދިއްލިފައެވެ. އެ ތޫފާނީ ވައިޖެހެމުންދިޔަ ވަގުތު، ފަޅުވެފައިވާ […]
އަރޫނާގެ މެސެޖް ލިބުމާއެކު ޖީޒާންގެ ހިތް ފުރުނެވެ. އޭނާގެ ހުވަފެންތައް ކުލަވާން އުޅޭކަމުގެ ނިޝާންތައް ފެންނަންފެށީ އެވެ. އޭނާއަށް ނުވިސްނުނީ އަރޫނާގެ މަގްސަދެވެ. އަހަން ހިތަށް ނޭރީވެސް ޖީޒާންގެ ނުވިސްނޭކަމުންނެވެ. މިދަތުރު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެކަމުގެ އިހްސާސްތައް ޖީޒާންއަށް ކުރެވުނަސް އޭނާއަށް އުންމީދުކުރެވުނީ އޭނާ ބޭނުންވާގޮތަށް ކަންތައްތައް ވާނޭކަމަށެވެ. ދަތުރުދާން ހަމަޖެެހިފައިވީ ހުކުރުދުވަހުގެ ހެނދުނު ހަޔެއް ޖަހާއިރަށެވެ. ދަތުރުދާން ފުދޭވަރަކަށް ކުދިން އައިސް ތިއްބެވެ. ޔަނާލްއާއި ކައިލް އަދި އަރޫނާ ތިބީ ޖީޒާންގެ އިންތިޒާރުގައެވެ. ޢަލްޔާވެސް […]
އަރޫނާ ޢަލްޔާމެންގެއަށް ދާވާހަކަ ދެއްކުމުން ޔަނާލްވެސް ދާހިތްވިއެވެ. ތައްޔާރުވެލައިގެން ނިކުތްއިރު ފަހެއްޖަހަން ގާތްވެފައިވެއެވެ. އެމީހުން ނިކުތްތަން ދެކެން ކައިލްއާއި ޒީން ބެލްކަނީގައި ތިއްބެވެ. ކައިލްހުރީ އިރުއިރުކޮޅާ ފޯނާ ކުޅެލަކުޅެލައެވެ. “ދޮންބޭ. އަދި ވާހަކައެއް އެބައޮތޭ.” ޒީން ހަނދާންވުމުން ބުނެލައިފިއެވެ. ޒީންގެ ވާހަކައަށް ކައިލްގެ ސަމާލުކަން ހުއްޓުނެވެ. “ކޮންވާހަކައެއް؟” ކައިލްއަށް އަހާލެވުނެވެ. “ސަޅި ބިޓަކު ސަލާންބުނީ.” ޒީން ހީނގަތެވެ. “އޭނ؟” ކައިލްއަށް ކިޔާލެވުނެވެ. ޒީން އޭނާގެ ފޯނު ހުޅުވާލުމަށްފަހު އޭނާގެ އެކުވެރިޔަކު ފޮނުވާފައިވާ މެސެޖް ދައްކާލިއެވެ. “ހުމާމް؟” ކައިލްއަށް […]
ރޭގަނޑު ދަންވެ ބާރަޖެހިއިރުވެސް އަރޫނާ ގެއަކަށް ނާދެއެވެ. ޔަނާލް ހާސްކަމާއެކު ކޮޓަރިތެރޭ އެނބުރެމުންދިޔައެވެ. އަރޫނާ ފޯނެއް ނުނަގައެވެ. ވީކަމެއް ނޭނގޭތީ ޔަނާލް ހުރީ ބިރުގެންފައެވެ. އެވަރަށް ގުޅާއިރުވެސް ފޯނު ނުނަގާތީއެވެ. ޒީކާއަށް ގުޅޭނެ ގޮތެއް ނޭނގޭތީ ހަބަރެއް ބަލާލެވޭކަށްވެސް ނެތެވެ. އާރިފާއަށް ގުޅައިފިނަމަ ކަންތައްތައް ގޯސްވާނެތީ ޔަނާލް ނިންމީ ނުގުޅުމަށެވެ. އޭނާ އަނެއްކާވެސް އަރޫނާގެ ނަންބަރަށް ޑައިލްކޮށްލަމުން އެނދުމަތީ އިށީނެވެ. ޒީންވެސް އައިސް އެކޮޓަރިއަށް ވަނީ އެވަގުތެވެ. “ޔަންތާ މިރޭ ނުނިދާ ރެއަކީތަ؟” ޒީން އައީ ޔަނާލްގެ […]
“ކައިލް.. މިރޭ ބައްޕަ އެބަ ދުރުވޭ.” މެންދުރު ކެއުމުގެތެރެއިން ސާމިޔާ ދިން ހަބަރަކުން ކައިލްއަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. އޭނާގެ ބައްޕަ އާރިޒަކީ އަބަދުވެސް ވިޔަފާރިދަތުރުތަކުގައި ރަށުންބޭރުގައި ނޫނީ ރާއްޖެއިން ބޭރުގައި އުޅެންޖެހޭ މީހެކެވެ. އެހެންކަމުން ކައިލްމެނާ ބައްދަލުވެވެނީ މަހަކު ގިނަވެގެންވެސް ދެހަފްތާއަށެވެ. “އަސްލުވެސް؟ ގްރޭޓް ނިއުސް.” ޔަނާލްގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކައިލްއަށް އުނދަގޫކުރަން ފުރުސަތެއް ލިބުނީއެވެ. އާރިޒަކީ ސަމާސާ މިޒާޖެއްގެ މީހެއްކަމުން އެކުދިން ޖަހާ ސަކަރާތަކާ އަޅައެއްނުލާނެއެވެ. ކައިލްއާއި ޔަނާލްގެ އޮންނަނީ އެފަދަ […]
ހުކުރު ދުވަހެވެ. އަރޫނާ ފަތިހު ތެދުވެލައިގެން ފެންވަރާ ނަމާދުކޮށް ތައްޔާރުވެލީ އެހެންދުވަސްތަކަށްވުރެ ކުރިންނެވެ. ކުރިޔަށް އޮތް އާދިއްތަ ދުވަހަކީ ކޮލެޖްގެ ކިޔެވުން އަނެއްކާ ހުޅުވޭ ދުވަސްކަމުން ފޮތްތަކުން ކުޑަކޮށް ކިޔާލާ ހަދާލަން އަރޫނާ ބޭނުމެވެ. ބައެއް ފޮތްތަށް ހުރީ ޔަނާލް އަތުގައިކަމުން މަސައްކަތްތަށް ނަގާ ނިމިގެން ޔަނާލް ގެނެސްދީފައިހުރި ފޮތްތަކުން ފޮތެއްހިފައިގެން އަރޫނާ ގޮސް އެނދުގައި ހަމަޖެހިލިއެވެ. ފޮތް ހުޅުވާލިވަގުތު ވެއްޓުނު ކަރުދާސްކޮޅަކުން އަރޫނާގެ ސަމާލުކަން ކިޔެވުމުން ކައްސާލިއެވެ. އޭނާ ވިސްނާލިއެވެ. ޔަގީނުންވެސް އޭނާ ފޮތްތަކުގެ ތެރެއަށް […]
އަންގާވެސްނުލާ އަރޫނާ އައުމުން އާރިފާއަށް ލިބުނީ ހައިރާންކަމެވެ. އަރީންވެސް ތިއްތީއައީއޭ ކިޔާ އަރޫނާގެ ގަޔަކުން ދޫނުކުރެއެވެ. އަރޫނާފެނުނީ ހަޔެއްކަ މަސްދުވަސް ފަހުންކަމުން އަރީން ހުރީ އަރޫނާގެ ފަހަތުގައި ޖައްސާފައެވެ. އަރޫނާ އައުމުން އާއިލާގެ އެހެން މެމްބަރުންވެސް އުފާކުރިއެވެ. ޗުއްޓީ ރަށުން ބޭރުގައި ބޭކާރުކޮށްނުލާ އާއިލާގާތަށް އައުމުންނެވެ. “އެނގޭތަ.. ޒީކާމެންވެސް އެއުޅެނީ މާލެ ބަދަލުވާން. ޒީކާ ބައްޕައަށް މާލެއިން އެޕާޓްމެންޓެއް ލިބުނީޔޯ.” އަރޫނާއަށް އެންމެ ފުރަތަމަ ހަބަރަކަށް ލިބުނު ހަބަރުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ޒީކާއާއި އަރޫނާއާ […]
އޭރު ޖީޒާންގެ ނަޒަރުވެސް ހުއްޓިފައިވަނީ އަރޫނާއަށެވެ. އަރޫނާ މަޑުވެސްނުކޮށް ގޮސްވަނީ ކޮޓަރިއަށެވެ. އޭނާގެ ހިތަށް އުނދަގޫކުރަން ޖީޒާން އެއައީ ކީއްވެހެއްޔެވެ؟ އައި ރުޅީގައި އޭނާ ކާންގޮވުމުން ކާކަށްވެސް ނުދިޔައެވެ. ޖީޒާންގެ ކުރިމައްޗަށް ދާންޖެހޭތީއެވެ. ޖީޒާން އައުމުން އަރޫނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ކޮޓަރިން ބޭރަށް ނިކުތުން މަދުވެފައި ބަސްމަދުވިއެވެ. ޖީޒާން ހުރިތަނެއްގައި ވިއްޔާ އޭނާ އަނގަޔަކުން ނުބުނާނެއެވެ. މޫނުހަދާލައިގެން އިންނާނީއެވެ. އެކަން ޢަލްޔާ އާއި ޝީންއަށްވެސް ފާހަނގަވިއެވެ. ބަދަލެއް އާދޭތޯ ވާހަކަވެސް ދެއްކިއެވެ. ނަމަވެސް އަރޫނާގެ […]
ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ދަންވަރު 1:00 ހާއިރެވެ. އެކުދިން ބަލާގޮސް ހުރީ ޝީންގެ ބޭބެއެވެ. މާލެދެވުނީ 1:45 ވީހާއިރެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ދުއްވަމުންގޮސް ޓެކްސީ މަޑުކޮށްލީ ބޮޑު،ރީތި ގެއެއްގެ ކުރިމަތީގައެވެ. ޝީންގެ ބޭބެ ލަގެޖް ލައިދީފައި ދިޔައީއެވެ. ޢަލްޔާ އެދެކުދިންގެ އިންތިޒާރުގައު ހުއްޓެވެ. އޭނާ އެޕާޓްމެންޓް ދެކުދިންނަށް ދެއްކިއެވެ. ޢަލްޔާގެ ކޮޓަރި ޖެހިގެން ހުރީ އަރޫނާގެ ކޮޓަރި ކަމާއި ދެންހުރީ ޝީންގެ ކޮޓަރި ކަމަށް ބުންޏެވެ. އަދި ހުހަށް ހުރީ ޖީޒާންއަށް […]