Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 33

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 8, 2018 7 Mins Read
11 Comments

މެޗު ކުޅުމަށްފަހު ޖެހިގެން އައި ދުވަހު އަކްމަލާއި އާރާޝް ފިޔަވާ ބެންގަލޫރު ޓީމުގެ ހުރިހާ ކުޅުންތެރިން އެނބުރި އިންޑިޔާއަށް ފުރިއެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް ރާއްޖޭގައި އޮތުމުން އަކްމަލާއި އާރާޝް ރާއްޖޭގައި މަޑުކުރީއެވެ.  ރާއްޖޭ ޓީމުގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެކަމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި ކޯޗު ބުރަ މަސައްކަތް ކުރަމުން ދިޔައެވެ.

ލިޔަން އިން ފޮތް ލައްޕާލުމަށްފަހު މާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނިދުމުގެ ކުރިން ޑައިރީ ލިޔުން މާނީގެ އާދައަކަށް ވިއެވެ. އޭނާގެ ހިތުގައި އާރާޝަށް އުފެދުނު އިހްސާސްތައް އެކުވެރިންނާއި ހިއްސާކުރާކަށް މާނީއަކަށް ނުކެރުނެވެ. އެހެންވެ ހިތުގައި އުފެދެމުންދާ ޖަޒުބާތުތައް މާނީ ޑައިރީއާއި ހިއްސާކުރަމުން ދިޔައެވެ.

*******

ލެޕްޓޮޕް ސްކްރީންގައި އިން ފޮތޮއަށް ގެއްލިފައި އިސްރާއަށް އޮވެވުނެވެ. ފޮޓޯގައި ވަނީ ސާފްޗެމްޕިއަން ތަށިހިފައިގެން ކަރުގައި ރަން މެޑަލް އަޅައިގެން ހުރި އަހުސަމްގެ ފޮޓޮއެކެވެ. އަހުސަމް ބަންގްލަދޭށަށް ދިޔަ ފަހުން އޭނާއަކާ ވާހަކައެއް ނުދައްކައެވެ. އެއީ ކީއްވެކަންވެސް އިސްރާއަށް އެނގެއެވެ. މުޅި އުމުރު އަހުސަމްގެ އިންތިޒާރުގައި ހުންނަން ޖެހުނަސް އޭނާއަށްހެޔޮއެވެ. ލޮލަށް ނިދިސަވާރުވާން ފެށުމާއެކު ލެޕްޓޮޕް ލައްޕާލުމަށްފަހު އިސްރާ ނިދަން އޮށޯތެވެ.

*********

ފަތިސް ނަމާދުކޮށްގެން އާރާޝް މޫދަށް ދިޔައެވެ. އޭރު އަކްމަލްގެ އިތުރުން މާއިޒާއި ޒަޔާންވެސް ގޮސް ތިއްބެވެ. އެ ހަތަރު ޒުވާނުން ފިޔަވާ އިތުރު ބަޔަކު ޓްރެކް ސަރަހައްދަކު ނެތެވެ. “އައި މިސް އަހޫ ސޯ މަޗް” މޫދު އަޑިން މައްޗަށް އަރަމުން އަރާޝް ބުންޏެވެ. އަކްމަލާއި މާއިޒް ވެސް އެކަމަަށް އެއްބަސްވިއެވެ. އަށެއް ޖެހުމުން ހަތަރު ޒުވާނުން އެއްގަމަށް އެރިއެވެ.

********

މާއިޒް ފެންވަރައިގެން ނުކުންނަން ވާއިރަަށް ސައި ތައްޔާރުކޮށް މާނީ އުޅުނެވެ. އަފްރީން އަދި އަފްރާ ގާތުން މާނީ ވަނީ ކައްކަން ދަސްކޮށްފައެވެ. ތަފާތު ބާވަތްތަކުގެ މީރު ކެއުން ތައްޔާރު ކުރަން މާނީއަށް މިހާރު އެނގެއެވެ. ގޭގެ ބެލް ޖެހެމުން, ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ދޮރު ހުޅުވަން މާނީ އަވަސްވެގަތެވެ. އަތް ދޮވުމަށްފަހު ގޮނޑީގައި އަޅުވައިފައި އިން ބުރުގާ ބޮލަަށް މަހާލަމުން މާނީ ދޮރު ހުޅުވިއެވެ. “ހެއި ސަންތިމަރިޔަނބު. މަގޭ މި ގަމީސް ވަރަށް އަވަހަށް އިސްތިރިކޮށްދީބަ.” ގޭތެރެއަށް ވަންނަމުން އާރާޝް މާނީއަށް އޭނާގެ ގަމީސް ދިނެވެ. “މަޑު ކުރޭ ދޮންބެއަށް ސައި ހަދާފަ ދާނަން އިސްތިރިކުރަން.” އާރާޝް އަތަށް އަނބުރާ ގަމީސް ދިނުމަށްފަހު މާނީ މާއިޒަށް ސައި ގިރަން ފެށިއެވެ. “މީ އަނޭ….. މީ އަރާޝް ސައި ބޯނަންތަ؟” ވަރަށް ލަދުން ހުރެ މާނީ އަހާލިއެވެ. އާރާޝް އާއެކޭ ބުނުމުން މާނީ އިތުރު ޖޯޑެއް ނަގައި ސައި ގިރަންފެށިއެވެ.

ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް މާއިޒް ކޮޓަރިން ނުކުތެވެ. ކަޅު ކުލައިގެ ފަތލޫނަކާއި ހަމަ އެކުލައިގެ އަތްދިގު ގަމީހެއް ލައިގެން ދަަށަށް ޖަހައިފައި ހުރުމުން މާއިޒް ފެންނަނީ ވަރަށް ރަސްމީ ކޮށެވެ. އޭނާގެ އަތުގައި އޮތް ގަޑިއަށް ނަޒަރެއް ހިންގާލުމަށްފަހު ސައިބޯން އިށީނެވެ. މާނީ ގޮވާލުމުން އާރާޝްވެސް އައިސް މޭޒު ދޮށުގައި އިށީނެވެ. އާރާޝް ފާޑަކަށް އަނގަޔަށް ވައްތަރެއް ޖައްސައިގެން މާއިޒާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. “ކީއްވެ މާ ވައްތަރަކަށް ބަލަހައްޓައިގެން ތީނީ؟” އަރާޝް ބަލާވަރުން ނީންދެވިގެން މާއިޒް ސުވާލުކުރިއެވެ. ” ކޮން އިރަކު އޮފީހަށް ދާންފެށީ؟”  އާރާޝް އެހުރި ގޮަތަށް ހުރެ ބުންޏެވެ. “ކާކު ބުނީ މަ އޮފީހަށް ދާށޭ މި ދަނީ؟ އޮފީހަށް ދާކަމަށް ހީކޮށްތަ މާވަރަކަށް  ތި ބަލަނީ؟ މި ދަނީ އޮފީހަކަށް ނޫން ނިއުގެ ކޯޗާއެއްކޮށް އޮންނަ މީޓިންއަކަށް. މިހާރު ވަރަށް އޮފިޝަލްކޮށް ތިބެންޖެހެނީ ނުންނު ދޮންބެ ދަނީ އިނގޭ މިހާރު އެއޮށް ގަޑި ޖެހެނީ” ސައިތަށި ދަމާލުމަށްފަހު މާއިޒް ދިޔައެވެ. މާއިޒް ދިޔުމުން މާނީއާއި އާރާޝް އެކަނިވިއެވެ. “ސައި ނުބޮންތަ؟” މާނީ ސައި ނުުބޮއެ އިނުމުން އާރާޝް އަހާލިއެވެ. “ބޮއެފިން” ކުރު ޖަވާބެއް ދިނުމަށް ފަހު މާނީ ދިޔައީ އާރާޝްގެ ގަމީސް އިސްތިރި ކުރާށެވެ.

*********

އަފްރީން ބުނެގެން އިޝްމާ އުޅުނީ އަޝްވާއަށް ކާންދީއެވެ. އަޝްވާ ކުޑަކޮށް ހުންވައްތަރު ވެފައި ހުރުމުން ކެއުމާ ފުދޭވަރަކަށް ދުރެވެ. އަޝްވާއަށް ކާން ދޭން އެއްގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. ދޮރު ހުޅުވި އަޑަށް އިޝްމާއާއި އަޝްވާ އެއްފަހަރާ އެދިމާއަށް ބަލާލިއެވެ. އަރްޝާދާއި އެއްކޮށް ގޭތެރެއަށް ވަދެގެން އައި އަކްމަލް ފެނި އިޝްމާއަށް ކޮޅަށް ތެދުވެވުނެވެ. އަރްޝާދާއި އަކްމަލް ތިބީ ވަރަށް އޮލަ ވާހަކައެއްގައި ކަމުން އެ މީހުންނަކަށް އިޝްމާއެއް ނުފެނެއެވެ. އަކްމަލްގެ ފަހަތުން ދާނިޝްއާއި ރައުފާ ވެސް އެތެރެއަށް ވަނެވެ. ރައުފާއަށް އިޝްމާ ފެނުމާއެކު އިޝްމާ ގާތަަށް ދިޔައެވެ. ރައުފާ ގޮސް އިޝްމާ އަދި އަޝްވާއާއި ސަލާން ކުރިއެވެ. އަޝްވާގެ ތުން ދޮއްވުމަަށްފަހު އަރްޝާދް ގާތު ބުނެފައި އިޝްމާ ދިޔައީ މާނީމެން ބަޔަށެވެ.

*******

ސައިބޮއެ ނިމިގެން އާރާޝް ސޯފާގައި މަޑުކޮށްގެން ހުރީ މާނީ އިސްތިރިކޮށް ނިމެންދެކަށެވެ. އެހެން ހުއްޓާ ގޭގެ ބެލް އެޅުމުން އާރާޝް ދޮރު ހުޅުވަން ދިޔައެވެ. ހެނދުނުގެ އެވަގުތުގައި ނަވްޔާ އެގެއަަށް އައުމުން އާރާޝް ކުޑަކޮށް ހައިރާންވިއެވެ. “ޕިސް ނާޔާ މާ ލަހުން ތިއައީ މާއިޒް ދެންމެ އެދިޔައީ ކޮންމެސް މީޓިންއަކަށް” އާރާޝް ނަވްޔާއާއި ދިމާކޮށްލިއެވެ. “މާއިޒް ހޯދާކަށް ނޫނޭ މިއައީ ކޮބާތަ މާނީ؟ އާރާޝް މިތާގަ ކީއްކުރަނީ ؟” ނަވްޔާ މާނީގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އޭރު ގަމީސް އިސްތިރިކޮށް ނިމިގެން ނުކުންނަނީއެވެ. “އަން މި އޮތީ ގަމީސް” “އެހަށް ބަހައްޓާ ކޮނޑެއްގަ އަޅުވާފަ” އާރާޝް ސޯފާގައި ހަމަޖެހިގެން އިށީނެވެ. އެވަގުތު ގޭދޮރު ހުޅުވާފައި އިޝްމާ ވަނެވެ. އޭނާގެ ފަހަތުން އަޝްވާވެސް ވަނެވެ. އާރާޝް ފެނުމާއެކު އަޝްވާ ދުވެފައި އައިސް އާރާޝްގެ އުނގަށް އެރުނެވެ.

“އިޝް ކީއްވެ ތިއައީ ޔޫ ހޭވް ޓު ބީ ދެއާ” އިޝްމާ ފެނުމުން ނަވްޔާ ބުންޏެވެ. އިޝްމާ އެކީއްވެހޭ އަހަން އުޅެނިކޮށް އަރްޝާދް އޭނާއަށް ގުޅާފައި އެބަޔަށް ދިއުމަށް އެދުނެވެ. “ދޮންބޭ ކޮއްކޮ ބަލައްޗޭ. އިޝްކޮ އެބައަންނަން ބައްޕަ ގުޅާފަ ބުނެފި އައިސްބަލާށޯ” އެހެން ބުނުމަށްފަހު އިޝްމާ ދިޔައެވެ. “ހެއި މާނީ އެނގޭތަ ބައްޕަމެން އެއައީ އިޝްއާ ދޮންބެގެ މެރިއޭޖްގެ ވާހަކަ ދައްކަން. ދޮންބެ ބޭނުމީ އޮފް ސީޒަން ތެރޭގަ މެރީ ކުރަން” މާނީ އައިސް ސޯފާގައި އިށީންނުމުން ނަވްޔާ ބުންޏެވެ. “ކޫލް. ދެން ނާޔާ ކޮންއިރަކުން އަންނާނީ މި ގެއަށް؟” އާރާާޝް ލާނެއް ގޮތަކަށް އަހާލުއެވެ. އެއާއެކު ނަވްޔާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. އާރާޝްގެ ފޯނުން ގޭމަށް ގެއްލިފައި އިން އަޝްވާ އެކުދިން ދައްކާ ވާހަކަ އަކަށް މާ ބޮޑަކަށް ސަމާލުކަމެއް ނުދެއެވެ. “ނޭންގެ. އާރާޝް އަދިވެސް ސިންގަލްތަ؟” ވާހަކަ ބަދަލުކޮށްލުނުގެ ބޭނުމުގަ ނަވްޔާ އަހާލިއެވެ. އާރާޝް ވަކި ޖަވާބެއް ނުދީ ހިނިތުންވެލިއެވެ.

*******

އަކްމަލާއި އިޝްމާގެ ކައިވެނީގެ ވާހަކަ ދެކެވެމުން ދިޔައެވެ. ދޭތެރެއަކުން އަކްމަލް ވައްކަޅިން އިޝްމާއާ ދިމާއަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު ލަދުން ގޮސް އިޝްމާ އިސް ޖަހާލައެވެ. “މަށަށް ފެންނަނީ ދެ ކައިވެނި އެއްކޮށް ބާއްވަން؟ އާރޭ ކީކޭ ބުނަނީ؟” ކޮފީ ޖޯޑުން ކޯވަރެއް ބޯލަމުން ދާނިޝް އެހިއެވެ. އޭނާ ބޭނުމީ ދެދަރިންގެ ކައިވެނިވެސް އެއްދުވަހެއްގައި ކުރާށެވެ. “ރީން އަފްރާއަށް ގުޅަންވީނު އަހަރުމެންނެކޭ އެއްވަރަށް އަފްރާއަށްވެސް މާއިޒް އަދި ނުންުނުގެ ކަންތައްްތަކުގަ ބައިވެރިވާން ޖެހޭނު. މަ އެބަ ގުޅަން އައްޒައަށް ދާންޓެ މަޑުކުރައްޗޭ. ނަވްޔާ ގާތު ބުނޭ އަންނާށޭ މި ބަޔަށް މާއިޒް މީޓިން ނިމޭނެ އިރުކޮޅަކުން. ނޫނީ ހިނގާ ޓެރަހަށް.” އަރްޝާދް އައްޒާމަށް ގުޅިއެވެ. އަފްރީން އަފްރާއަށް ގުޅިއެވެ. އަފްރީން ގާތު އަހާފައި އިޝްމާ އިސްރާއަށް މެސެޖް ކުރިއެވެ.

*******

އިޝްމާގެ މެސެޖް ފެނުމާއެކު އިސްރާ އަވަހަށް ތައްޔާރުވެގެން އެގެއަށް ދާން ނިކުތެވެ. އެ ގަޑީ ނައުޝާދް ވާނީ އޮފީހުގައި ކަމުން ޝަހުދާ ގާތުން ހުއްދަ ހޯދައިގެން އެކަނި ދާން ހިނގައިގަތެވެ. މަޖީދީ މަގުން ގޮޅިއަކަށް ލަނބާލި ތަނުން އޭނާގެ ލޮލުގައި އިވާން އަޅައިގަތެވެ. ވޭތުވެ ދިޔަ އަހަރުތެރޭގަައި އިވާންގެ ތަފާތު ގޯނާތައް އިސްރާއަަށް ވަނީ ކުރިމަތިވެފައެވެ. އިވާނަށް ފެނުމުގެ ކުރިން އިސްރާ ބާރު ބާރަށް އެހެން މަގަކަށް އެޅިއެވެ. ފައިގައި ހުރި ބާރެއް ލާފައި ބާރަށް ހިނގަމުން ދިޔައީ އޭނާގެ މަންޒިލަށް އަވަހަށް ވާސިލްވެވޭތޯއެވެ. މާނީމެންގެ ފެނުމާއެކު އިސްރާ ދުއްވައިގަތީ އަވަހަށް އެގެއަށް ވަންނާށެވެ. އެހެނަސް އޭނާ ގޮސް މީހެއްގެ ގައިގައި ލައިގެންފައި ދެމީހުން އެކީ ބިންމައްޗަށް ވެއްޓުނެވެ. ބިމުގައި ޖެހުނު ގޮތަކުން އިސްރާގެ އަތް މަށައިގެން ދިޔައެވެ. “އިސްރާ އައި އޭމް ސޯ ސޮރީ” އިސްރާއަށް އިވުނު އަޑު ގަބޫލްނުކުރެވިގެން އަޑު އައި ދިމާއަށް ބަލާލިއެވެ. އޭރު އޭނާގެ އަތުން މަށައިގެން ގޮސްފައި އިންތަނަަށް ބަލަހައްޓައިގެން ހުރީ އަހުސަމް ނޫން ދެވަނަ މީހެއް ނޫނެވެ. “އަހޫ” އިސްރާއަށް ވައި އަޑުން އަހުސަމަށް ގޮވާލެވުނެވެ. “ޔޭސް ލަވް އިޓްސް މީ” އަހުސަމް ތެދުވެފައި އޭނާގެ އަތް އިސްރާއަށް ދިއްކޮށްލިއެވެ. އިސްރާ އަހުސަމްގެ އަތުގައި ހިފައިގެން ތެދުވިއެވެ. އިސްރާ ލައިގެން ހުރީ ކަޅު ހެދުމެއްކަމުން ހިރަފުހުގެ އަސަރު ހެދުމުގައި ހުއްޓެވެ. ހަލާކުވީ އަތް ނޫން އަނެއް އަތުން ހެދުން ފޮޅާލުމަށްފަހު އަހުސަމާއި ދިމާއަށް ބަލާލިއެވެ. އަހުސަމް މަޑުމަޑުން އިސްރާގެ މަށައިގެން ދިޔަ އަތުގައި ހިފައި އޭނާގެ މޭގައި ޖައްސާލިއެވެ. “އައި އޭމް ސޯ ސޮރީ ރާ.” އަހުސަމް އަނެއްކާވެސް މާފަށް އެދުނެވެ. އެއަށް ފަހު އިސްރާގެ އަތަށް ފުމެން ފެށިއެވެ.

ގެއަށް ވަންނަން އައި މާއިޒަށް އިސްރާއާއި އަހުސަމް ފެނުނެވެ. އޭނާއަށް މަގުގެ ދެ ފަރާތް ބަލާލެވުނީ މީހެއްގެ ހިލަމެއް ވޭތޯއެވެ. ނަސީބަކުން މީހަކު ފެންނާކަށެއް ނެތެވެ. މާއިޒް ދެ ޒުވާނުން ގާތަށް ގޮސް ކަރުކެހިލިއެވެ. އޭއާއެކު ދެ ކުދިންވެސް ސިއްސައިގެން ގޮސް ދުރަށްޖެހުނެވެ. މާއިޒް އެއްޗެކޭ ބުނަން ވާއިރަށް ދުވެފައި ގޮސް އިސްރާ އެތެރެއަށް ވަނެވެ. “ސަޕްރައިޒް” ކިޔާނެ އެއްޗެއް ނޭންގުމުން އަހުސަމް ބުނެލިއެވެ. އޭނާ ރާއްޖެ އައި ކަމެއް އަދި މާއިޒްމެންނަކަށް ނޭންގޭނެއެވެ. “އަންގާވެސް ނުލާ ދޯ ތިއައީ. ރަނގަޅު ވަގުތެއްގަ އިނގޭ ގެއަށް ތިއައީ އަހަރުންގެ ފަރާތުންވެސް ބޮޑު ސަޕްރައިޒެއް އެބައޮތް” މާއިޒް އަހުސަމް ގޮވައިގެން އެތެރެއަށް ވަނެވެ.

******

މާނީމެން ބައިގެ ދޮރު ހުޅުވައިފައި ހުރުމުން އިސްރާ އެތެރެއަށް ވަނެވެ. މާނީއަށް ގޮވަންވެގެން ހުޅުވި އަނގަ ލައްޕާލަން ނޭންގިފައި ހުރެވުނީ މާނީއާއި އާރާޝް ފެނިފައެވެ. މާނީ އާރާޝް ގައިގައި ބައްދާގެން ހުރިއިރު އޭނާގެ ފައި ބިންމައްޗަކު ނުޖެހެއެވެ. އާރާޝް ހުރި ގޮތުން އޭނާ ހުރީ ގުޑިވެސް ނުލެވިފައިކަން އެނގެއެވެ. މާނީ ދެލޯމަރާ ބާރުކޮށްގެން ހުރި ގޮތުން އޭނާ ހުރީ ކޮންމެސް ކަމަކާ ބިރުންކަން އެނގެއެވެ. ތޫލި އަޑަކުން ބުޅަލެއް ގޮވި އަޑު އިވުމާއެކު ވެގެން އުޅޭގޮތް އިސްރާއަށް އެނގުނެވެ. އަޝްވާ ގެންގުޅޭ ބުޅާ ގޭތެރެއަށް ވަނުމުން މާނީ ބިރުގަތީއެވެ.

“އާ ޔޫ ޓްރައިން ޓު ކިލް މީ؟” މާނީ ބައްދައިގެން ހުރިލެއް ބާރުކަމުން އާރާޝަށް ހުރީ ނޭވާވެސް ނުލެވިފައެވެ. މާނީ އާރާޝް ގައިން ދޫކޮށްލުމަށްފަހު ސޯފާ މައްޗަށް ކޮޅަށް އެރިއެވެ. “ކޮބާ އޭތި މިހާރު؟” “މިއޮތިއްޔޯ” އިސްރާ އަތަށް ބުޅާ ނަގައިގެން އައެވެ. އިސްރާ ބުޅާ ހިފައިގެން ސޯފާ ކައިރިއަށް އަންނަން ފެށުމުން މާނީ އާރާޝްގެ ކޮނޑުގައި ހިފެހެއްޓިއެވެ. “އިސްރާ ނޯ. ތިހިފައިގެން މަގޭ ކައިރިއަށް ނާންނާތި. ޖަސްޓް ގޯ އަވޭ” އާރާޝްގެ ކަންފަތް ބުޑުގައި މާނީ ހަޅޭއްލަވައިގަތެވެ. މާއިޒް މައްޗަށް އަރަމުން އަހުސަމް ގާތު އެދުނީ މާނީ ގޭގައި އިންތޯ ބަލާލަދިނުމަށެވެ. މާނީ އިނދެއްޖެޔާމުން އޭނާ ގޮވައިގެން މައްޗަށް އަރާށޭ ބުނުމުން އަހުސަމް މާނީ އިންތޯ ބަލަން އެބަޔަަށް ވަނެވެ. އޭރު މާނީ ސޯފާ މައްޗަށް އަރައިގެން އާރާޝްގެ ކޮނޑުގައި ހިފހައްޓާގެން އިނެވެ.

ގޭތެރެެއަށް ވަން އަހުސަމް ފެނުމުން އިސްރާ ލާނެއް ގޮތަކަށް ހީލިއެވެ. މާނީ އެކޭ އެއްފަދައިން އަހުސަމްވެސް ބުޅާ ދެކެ ވަރަށް ބިރުގަނެއެވެ. އަހުސަމް ސަޕްރައިޒޭ ކިޔާ ހަޅޭއްލަވައި ގަތުމުން މާނީއާއި އާރާޝް އެދިމާއަށް ބަލާލިއެވެ.

އެވަގުތު އަހުސަމް އައުމުން އާރާޝް ގާތަށް ހިނިއައެވެ. އަހުސަމަށް އަދި ބުޅާ ނުފެންނަކަން އެނގުމުން އިސްރާއަށް ދިމާއަށް ބަލާލައިފައި ބުމަ ހަރަކާތް ކޮށްލިއެވެ. އިސްރާ ބުޅާ ބިންމަތީގައި ބެހެއްޓިއެވެ. ހަމަ ބެހެއްޓުމާއެކު އޭތި ދުވެފައި އަހުސަމާއި ދިމާއަަށް ދުއްވައިގަތެވެ. “ސަޕްރައިޒް ފޯ ޔޫ ޓޫ” އާރާޝް އަހުސަމަށް ބުޅާ ދައްކާލިއެވެ. ތިން ކުދިން އިންތިޒާރުކޮށްގެން ތިބީ އަހުސަމް ބިރުން ދުއްވައިގަންނާނެ އިރަކަށެވެ.

ބުޅާ އަހުސަމް ގާތަށް އައުމުން އަހުސަމް ތިރިވެފައި ބުޅާ އުރާލިއެވެ. އަދި އޭގެ ބޮލުގައި ފިރުމަންފެށިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި މާނީ އާރާޝް އަދި އިސްރާއަށް ތިބެވުނެވެ. އަހުސަމަކީ މަގު ކޮޅުން ބުޅަލެއް ފެނުނަސް ބިރުން ދުވާ މީހެކެވެ. އެތިން ކުދިންނަށް ބަލާލުމަށްފަހު ތިން މީހުން ގާތުން ޓެރަހަށް ދިޔުމަށް ބުންޏެވެ. “އަޅޭ މަމީ ދމަމީ ދުވަހަކު ނުފެންނަ މީހެއްތަ؟ ތިވަރަށް ތި ބަލަނީކީ؟ މާއިޒް ބުނީ އެންމެން ގާތު ބުނާށޯ މައްޗަށް އަރާށޯ! އިސްރާ ކޭން ޔޫ ކަމް ވިތް މީ؟” ބުޅާ ހިފައިގެން އަހުސަމް ނިކުތުމުން މާނީ ސޯފާއިން ފޭބިއެވެ. އޭރުވެސް އޭނަ އާރާޝް ގައިން ދޫކޮށެއް ނުލައެވެ.

*******

ހުރިހާ އެންމެން މަޝްވަރާ ކުރުމަށްފަހު ޑިސެމްބަރު މަހު ނަވްޔާ-މާއިޒް އަދި އަކްމަލް-އިޝްމާ ކައިވެނި ކުރަން ހަމަޖެހުނެވެ. އެންމެން އެމެނަށް މަރުހަބާ ކިޔެވެ. އާރާޝްއާއި އަހުސަމމް މާއިޒްއާއި އަކްމަލާއި ދިމާކުރިއެވެ. އިސްރާއާއި މާނީ ނަވްޔާ އަދި އިޝްމާއާއި ދިމާކުރިއެވެ.

******

މިހާރުން ސުރެ އެންމެން ކައިވެންނަށް ތައްޔާރުވާން ފެށިއެވެ. އިސްރާއާއި މާނީ އާބަދުހެން ކައިވެނި ހެދުމުގެ ޑިޒައިންތައް ހޯދުމަށްފަހު ނަވްޔާމެންނަށް ފޮނުވައެވެ.

ގައުމީޓީމުގެ ޕްރެކްޓިސްތައް ފެށުމާއެކު މާނީއާއި އާރާޝް ދިމާވާ ވަގުތުތައް މަދުވާން ފެށިއެވެ.

*****

އެއާއިލާއަށް އިތުރު އުފާވެރިކަމެއް ލިބުނީ އާއިލާއަށް އިތުރު މެންބަރަކު އަންނަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އުމުރުން ނަވާރަ އަހަރުވީ ފަހުން ކޮއްކޮއެއް ލިބޭކަން އެނގުމުން އާރާޝަށް މަޖާވިއެވެ.

އަފްރާ ބުރަ މަސަައްކަތް ކުރުން އައްޒާމް މަނާ ކުރިއެވެ. އައްޒާމް އޭނާއާއި މެދު އަޅާލާވަރު ފެނި އަފްރާ އުފާވިއެވެ.

އަފްރީނަށް ވެވުނު އެހީތެރިކަމެއް އަފްރާއަށް ވަމުން ދިޔައެވެ. ކޮންމެ ގަޑިއަކު ކައްކާާގެން ކާން ގެނެއެވެ. އަފްރީން ގިނަދުވަސް ދުވަހު ކަނީވެސް އަފްރާއާއި އެއްކޮށެވެ. މާނީއާއި އިޝްމާވެސް ދޭތެރެއަކުން އަފްރާ ގާތަށް އައިސް ތިބެއެވެ. މާނީ އައިސް ކުރާ މޮޅެތި ސުވާލުތަކަށް ޖަވާބުދޭކަށެއް އަފްރާއަކަށް ނޭންގެއެވެ.

*****

ރޭގަނޑު ޕްރެކްޓިސް ނިންމާފަ އާރާޝް ގެއަަށް އައިރު އަފްރާ އަދި އައްޒާމް ސިޓިން ރޫމްގައި ތިއްބެވެ. މަންމަމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި އާރާޝްް ގޮސް ސޯފާގައި އިށީނެވެ. ޕްރެކްޓިސްތަކާއި ބެހޭ ގޮތުން އައްޒާމާއި އަފްރާ ސުވާލުކުރިއެވެ. ފުޓުބޯޅައިގެ ވާހަކަ ދައްކަމުން ގޮސް މަޑުމަޑުން މައުލޫ ބަދަލުވިއެވެ. “އާރާޝް ނުގެންގުޅެންތަ ކުއްޖެއް؟” އަފްރާވެސް އައްޒާމާއި ބައިވެރިވެގެން އެހެން އެހިއެވެ. “އަދި ނުވިސްނަން ތި ކަހަލަ ކަމަކާ. އަދި އެހަށް ބޭނުމީ ފުޓުބޯޅައިން ކުރިއަށް ދާން. އެހުރިހާ ކަމަކަށް ވިސްނަންނާ ހިއެއްނުވޭ ފުޓުބޯޅައަށް  ކޮންސެންޓްރޭޓް ކުރެވޭނެ ހެނެއް.” އާރާޝް އެހެން ބުންނަސް އޭނާގެ ހިތުގައި މާނީގެ ސޫރަ ވަނީ ކުރެހިފައެވެ. އައްޒާމް އެ ސުވާލު ކުރުމުންވެސް އެންމެ ފުރަތަމަ އޭނާއަަށް ސިފަވީ މާނީއެވެ. އެހެނަސް އޭނާއަށް މާނީދެކެ ލޯބިވެވިއްޖެ ކަމަށް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.

******

މާނީގެ ޑައިރީ ކިޔާ ނިމުނުއިރު ނަވްޔާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ނަވްޔާ އެގެއަަށް ދިޔައީ މާނީގެ އެދުމުގެ މަތިންނެވެ. އޭރު ކުއްލިއަކަށް ތާކަށް ދާންޖެހުމުން މާނީ ދިޔައީއެވެ. މާއިޒްވެސް ގެއަކު ނެތެވެ. އެހެންވެ ނަވްޔާ ފޫހިވެގެން އުޅެނިކޮށް މާނީގެ ޑައިރީ ފެނުމުން އެ ނަގައިގެން ކީއެވެ. ގޭބޭރު ދޮރު ހުޅުވި އަޑަށް ނަވްޔާ އަވަހަށް ޑައިރީ އޮތްތާ ބޭވުމަަށްފަހު ކޮޓަރިން ނުކުތެވެ.

********

އަހުސަމްގެ ނިތުގައި ބޮސް ދިނުމަށްފަހު އަހުސަމްގެ ގައިގައި ފޮތިގަނޑު އަޅާދީފައި އާލާ އެ ކޮޓަރިން ނުކުތެވެ. މީހުން ކުރިމަތީގައި ހިނިތުންވެފައި ހުއްޓަސް އަހުސަމް ހުރީ އުފަލުން ނޫންކަން އާލާއަށް އެނގެއެވެ. ލޯބީގެ ކަނޑުގައި އިސްރާ އަދި އަހުސަމް ކަޑަތުކުރަމުން އެދަނީ އުނދަގޫ ރާސްތާއެކެވެ. އާލާއަށް ހިތާހިތުން ދުޢާ ކުރެވުނީ ޝަހުދާއަށް ވިސްނޭތޯއެވެ.

******

ދުވަސްތައް ފާއިތުވަމުން ގޮސް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ފެށުނެވެ. ރާއްޖެ އެންމެ ފުރަތަމަ ވާދަކުރަންޖެހެނީ އިރާނާއެވެ. ރާއްޖެއާއި އަޅާބަލާއިރު އިރާނަކީ ހުރިހާ ގޮތަކުންވެސް ތަފާތު މޮޅު ޓީމެކެވެ. އެންމެ ފަހު ވޯލްޑް ކަޕުގައި އެ މީހުން ވަނީ ޔޫރަޕުގެ ގަދަ ބާރެއް އަދި ފަސް ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާއި އެއްވަރުކޮށްފައެވެ. އަދި އެފްރިކާ ބައްރުގެ ގަދަ ބާރެއް ކަމަށްވާ މޮރޮކޯ ބަލިކޮށްފައެވެ. އިރާން މެޗު ކުޅުމުގެ ދެ ދުވަސް ކުރިން ޖެން ހޮޓެލުގައި ގައުމީޓީމު ކޭމްޕުކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (8)

Next

އެހަނދާން ފޮހެވޭތޯ ބެލިޔަސް 2

Next
September 8, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް 2

Previews
September 8, 2018

ބުނާށެ ލޯބި ނުވަނީހޭ (8)

11 Comments!

  1. Akuusher says:
    September 8, 2018 at 3:38 pm

    YAYYY MEE FIRST DHW. WRH SALHI MI PRT VXX

  2. Kiyara says:
    September 8, 2018 at 3:40 pm

    Slm hurihaa kudhin. Vaahaka nugenevi lasvikamah taka varah bodah maafah edhen. Alhugandu busy kooh ulheythyve konme dhuvahaku vaahaka upeh nukurevey. Hurihaa kiyuntherinnah ves understand vaane kamah ummedhu kuran. Adhi huruhaa kudhin ves alhugandah dhevva support ah varah bodah shukuriyaa♥️♥️♥️♥️

  3. Lotus says:
    September 8, 2018 at 4:19 pm

    I waited so long for this.. its nice as usual .. Keep it up dear ???

  4. Maya says:
    September 8, 2018 at 4:32 pm

    I can understand…. Bt vvvvvvvvvv reeethi MashaAllah ??????????hhah faharaku myhakah maany bust vaani kannenge dhen.. Mihaaru navya ah inguni dhw e.. Alhe so sad for ahusam and isra.. Waiting for Next part thankolheh avahah up kohdhehchey plyxx darling much lovess???????????????

  5. Aish says:
    September 8, 2018 at 5:04 pm

    Maa sha Allah.. Maa sha Allah.. Maa sha Allah…Vrh Vrh Vrh Vrh Vrh Vrh furihama.. Ithurah Bunaane ehcheh ves neiyy…. Just wow!!!! ??????????????????????????????

  6. Mal says:
    September 8, 2018 at 6:09 pm

    Yes finally??????☺☺kiyaa haadha inthizaareh kuruvaifiyey mifaharu….???????plx dhn ehaa dhigu inthizaar kuruvan nujahsahchey dear??????????☺☺i luv ur stry….and plx dear vaguthu vyvarakun readers ge comments thakah reply kohladhiiba….??????☺??????may allh protect ur talent frm evil ? eyes….. ❤❤❤❤❤❤next part ga maany and aaraash ge parts v v v v v ginain himanhchey….edhemyhun v cute….❤❤❤❤❤❤????lots of love ❤ ? ? ? ? ? ? ? ?

  7. Hudher says:
    September 8, 2018 at 6:26 pm

    Nyc stry dear……..maasha allah….whn next.. next part thankolheh dhigu kolla dhehchey ingey dear….. luv this part

  8. Waiting says:
    September 8, 2018 at 8:27 pm

    Story kithamme haavx reethi but pls thankolhe avaha up kolladheeba

  9. R says:
    September 8, 2018 at 8:30 pm

    HAHA.. maanee bust v dhw.. dhen kommes meehaka aaraash vx bust vaane nama ekam eyna adhivx gaboole nukureydhw

  10. R says:
    September 8, 2018 at 8:32 pm

    And pls maanee and aaraash kuraa koosani kankan nikan genesdhechey

  11. Tinker says:
    September 9, 2018 at 10:40 am

    Story vrh reethi….. avahah up kohla dhehceyy

Comments are closed.

Next Episodeރާސްތާ 34←


All Right Reserved!