ޒާޔާ އަށް އަދިވެސް އޭނާގެ ކުރިމަތިން ފެންނަން ހުރި އަމާން އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. “ޒާ” އަމާން ޒާޔާގެ މޫނުމަތީގައި އަތް ހޫރުވާލުމުން ޒާޔާ އެނބުރު ދުރަށް ބަލާލިއެވެ. ” ރުޅިއައިސްސަތަ؟ ” އަމާން ސުވާލުކޮށްލިއެވެ. “ނޫން .. އަހަރެން ކީއްވެ އަމާންދެކެ ރުޅިއަންނަންވީ …. ” ޒާޔާ ދުރަށް ބަލަން އިނދެ ބުނެލިއެވެ. ” އަސްލު އަހަރެންގެ ހިތަށް އަރާ އިއްޔެ ފެނުނު ކުއްޖަކާއި ހެދި އަމާން ހާދަވަރެއްވެއްޖެޔޭ ….” ޒާޔާ ދެން ބުނެލި […]
2 އަހަރު ކުރި ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ގޮނޑިއެއްގައި އިށިނދެއިން ރުހާނީގެ އަތުގައި އިނގިރޭސި ވާހަކަ ފޮތެއް އޮތެވެ. ޑިޕްލޮމާ ނިމުމަކާއި ހަމައަށް އައިއިރު އޭނާގެ ވަގުތު ހޭދަކުރަމުން އައީ މުނިންވެސް އެކި ކަހަލަގެ ފޮތްތައް ކިޔުމުގައެވެ. ޑިގްރީއަށް ކިޔެވުމުގެ ނަސީބެއްވެސް އޭނާގެ ދިރިއުޅުމުގައި ނެތް ފަދައެވެ. ބައްޕަ ރުޅި ދުރުވެދާނެތީ އެހެންވެސް ބުނާކަށް ނުކެރެއެވެ. އުމުރުން އަށާރަ އަހަރުވީއިރު، ދުވަހަކުވެސް ބައްޕަ އޭނާއާއި ރީތިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އޭނާއަށް އަމިއްލަ ރައްޓެހިން ގެއަކަށް […]
“ނޮޕް. އަންފޯޗުނޭޓްލީ ހީ އިޒް ނޮޓްއަ ފުޓްބޯލް ޕްލޭޔާ” މާނީވެސް ދޮގު ހެދިއެވެ. އާރާޝް ވަގުތުން ކުށޮއެރިއެވެ. އަނަގައިގައި ހުރި ކޯކުތައްވެސް އަހުސަމް ގަޔަށް ބުރައިގެން ދިޔައެވެ. “ވަޓް ދަ ހެލް” ދެއަތް މައްޗަށް ނަަގައިގެން ހުރެ އަހުސަމް ބުންޏެވެ. އޭނާ ލައިގެން ހުރީ މަޑުފެހިކުލައިގެ ގަމީހެއް ކަމުން ކޯކް ޖެހިފައި ހުރިތަންތަން ވަރަށް ރީއްޗަށް އެނގެން ހުއްޓެވެ. “އަނހާ އާރާޝް ކިހިނެއްތިހެދީ؟” މާއިޒްވެސް ހުރީ މޫނަށް ވައްތަރެއް ޖައްސައިގެންނެވެ. އާރާޝް ކަމެއް ނުވާކަމަށް ބުނެ ދެފަރާތަށް […]
އޭނާގެ ޙާލަތަކަށް ބަދަލެއް ނާދެއެވެ. އާލިމާގެ އަޑުން އެކަނިވެސް އެ ހަށިގަނޑުގައި އަޅަމުންދާ ވޭން ވަޒަންކޮށްލެވެއެވެ. ދާނިޔަލްގެ ހިތަށް އެތައް ހާސް ހަންޖަރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލިމާ މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ. އެޔަށްފަހު މަޑުމަޑުން ލޯ މެރެމުން ގޮސް އެއްކޮށް ދެލޯ މެރުނެވެ. އެޔާއެކު ދާނިޔަލްގެ އަތުތެރޭގައި އޮތް އާލިމާގެ އަތް މަޑުމަޑުން ބާރު ދޫވަމުން ގޮސް އެ އަތުތެރެއިން ދޫވެގެން ވެއްޓުނެވެ. ދާނިޔަލްއަށް އިނދެވުނީ ގަބުވެފައެވެ. އޭނާގެ އަތުތެރެއިން ވެއްޓުނު […]
ކުރިމަތީގައި ހުރީ ވިޝާލް ނޫން ދެވަނަ މީހެއް ނޫނެވެ. އާލާއަށް ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. އަނެއްކާ އޭނައަށް މި ފެންނަނީ ހުވަފެނެއް ބާވައެވެ. އާލާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ވިޝާލް ގައިގައި ބައްދާލަންވެސް އޭނާގެ ހިތައް އަރަމުން ދިޔައެވެ. ފެންކަޅިވެފައިވާ ވިޝާލްގެ ދެލޮލުން ދިޔައީ އެތައް ވާހަކައެއް ބުނެދެމުންނެވެ. ވިޝާލް ހުރީ މާފަށް އެދެންވީ ގޮތެއް ނޭނގިފައެވެ. އާލާއާއި ދިމާއަށް ކިޔުނު އެއްޗިހިން ވިޝާލް ހުރީ ވަރަށް ލަދުގަނެފައެވެ. އާލާގެ މޫނުމައްޗަށްވެސް ފަނޑު ހިނިތުންވުމެއް […]
“އަހަރެން ވަރަށް ވިސްނައިފީން..އަލްޔާން އާ އެކު ރިލޭޝަންޝިޕް އަކަށް ދާން އަހަރެން ބޭނުމެއް ނޫން. ސޯ އަހަރެންގެ ޖަވާބަކީ ނޯ..ތޭންކްސް ފޯ ލަވިން މީ.އަހަރެން މިދަނީ އަލްޔާން އާ ވަރަށް ދުރަށް.. ޕްލީޒް ފޮގިވް މީ އެންޑް ފޮގެޓް މީ..ބެސްޓް އޮފް ލަކް.. އީން” އަލްޔާން ގެ ދުނިޔެ ހުއްޓުނު ކަހަލަ ކަހަލަ އެވެ. ތަކުރާރު ކޮށް އެތަށް ފަހަރަކު އަލްޔާން އެ މެސެޖް ކިޔާލިއެވެ.އޭރު އަލްޔާން ގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މޭ […]
ހުޅު ވިފައިވާ ކުޑަދޮރުން އެއްވެސް ހުރަހެއް ނެތި ކޮޓަރި ތެރެއަށް މަޑު ވައިރޯޅިތައް ޖެހެއެވެ. ހުދު ކުލައިގެ ފޮތިތަކުގައި ވައިއަޅާލާފައި ކޮޓަރިތެރެއަށް ވިހުރިލާގޮތުން ވަރަށް ހިތްގައިމެވެ. ހުދު ކުލައިގެ ދޮރުފޮތި ތަކުން ފެށިގެން އެނދުގައި އަޅާފައިވާ ކުއިލްޓްވެސް އޮތީ ހުދު ކުލައިގެންނެވެ. ނަމަވެސް ކޮޓަރީގެ ފާރުގައި ލާފައިވަނީ ފެހި ކުލައެވެ. ކޮޓާރީގެ އެއްފަރާތުގައި އެއްކޮށްވަނީ ބިއްލޫރި ދޮރުތަކެކެވެ. އެނދުގެ ކުއިލްޓް އަތާއެކު ބޮނޑި ކުރަމުން އެނދުގައި އޮތް ކުޑަކުޑަ ކުއްޖާ ފިކުރިލާފައި އައިވެސް ކިރިޔާ ވެއްޓޭ ނުވެއްޓޭ […]
ބަންގީގެ އަޑަށް ސާރާއަށް ހޭލެވުނެވެ. އެހެން ކަމުން އާފިޔާއަށް ގޮވުމަށްފަހު ނަމާދު ކުރުމަށް އަވަސްވެ ގަތެވެ. ނަމާދުކޮއް ނިމުމުން ގޭ ދޮށް ކުނިކަަހަންފެށިއެވެ. ކުނިކަހާ ނިންމާލުމަށްފަހު, ސައިބޯން ރޮށި ފިހުމަށްފަހު, ހުރި ގަރުދިޔަ ފޮދު ލައިގެން ސައި ހެދުމަށްފަހު އާފިޔާ ކައިރީ ސައިބޯން ބުނެ އަވަހަށް ޝާމިން ގެއަށް ދިއުމަށް ހިނގައި ގަތެެވެ. އަވަސް ފިޔަވަޅުގައި ހިނގަމުން ދިޔަ ސާރާ ޝާމިންމެން ގޭ ދޮށުން ހުއްޓުނީ މީހަކު ގޮވާލި އަޑުއިވުމުންނެވެ. ފަހަތް ބަލާލި އިރު ޖެހިގެން ހުރި […]
އައިރާހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔާނާ އެދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ރާދިންގެ ގޮތް އޭނާއަށް އެނގޭތީއެވެ. ނަމަވެސް ޔާނާ އެގޮތަށް ދޮގުނަހާނެކަންވެސް އޭނައަށް އިނގެއެވެ. ޔާނާ ރޮމުން ކޮޓަރިއަށްވަތް އިރުވެސް އައިރާ އެއިން ގޮތަށް އިނީއެވެ. 4 އަހަރު ކުރިން އޭނާއަށް ނޭންގޭ ކަމެއް ޔާނާއާއި ރާދިންއާއި ދެމެދު ހިނގައިދިޔަކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ” ރާދިންއާއި ހެދި އެންމެން އަހަރެންދެކެ ރުޅިއެ އަންނަނީ.. އަހަންނަށް ކޮން ކުށެއްތަ ކުރެވުނީ. ލޯބިވެއޭ ކިޔައި […]