Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 14

almaa2004 Level 210 Stories100 Login
September 10, 2018 6 Mins Read
16 Comments

ޒާއިފްއަށް ލޯ ހުޅުވައިލެވުނުއިރު އޮވެވުނީ ކޮންތާކުކަން ނޭނގުމުން އެކި އެކި ކޮޅުކޮޅަށް ބަލަން ފެށުނެވެ. މި އޮވެވެނީ ހޮސްޕިޓަލެއްގައިކަން އެނގުނީ އެތާގައި ހަރަކާތްތެރި ވަމުންދާ ނަރުސް ކުދިންތަކާއި އެހެން އެނދުތަކުގައި އެނދުމަތި ކުރެވިފައިވާ އެކި އުމުރުގެ މީހުން ފެނުމުންނެވެ. ޒާއިފްއަށް ފުރަތަމަވެސް ބަލައިލެވުނީ ޒިވާ ކޮބައިތޯއެވެ. އޭރު ސީދާ ޒާއިފްއަށް ބަލަހައްޓައިގެން އިން ޒިވާ ފެނި ޒާއިފްއަށް ތެދުވެވުނީ ބޭ އިހްތިޔާރުގައެވެ. ދެލޯ ރަތްވެ ދުޅަ ވެފައި ހުރުމުން ދެންމެވެސް އޭނާ ރޮއެފިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ނަމަވެސް ޒާއިފްއަށް އަނެއްކާވެސް އޮށޯންނަން މަޖުބޫރުވީ އޭނާގެ ކޮނޑަށް އެރި ތޫނު ތަދެއްގެ ސަބަބުންނެވެ. “ޒިވާ…. ރޭގަ ކިހިނެ…..” ޒާއިފް ކުރަން އުޅުނު ސުވާލު ހުއްޓުވީ ޒިވާއެވެ. “ތިވާހަކަ ފަހުންވެސް ދެއްކިދާނެ އެއްނު… އިހަށް މި ގަޑީގަ އަރާމު ކޮށްލާ….” ޒިވާ އެހާ މަޑުމައިތިރިކޮށް ބުނުމުން ދެކޮޅު ހަދާކަށް ޒާއިފްއަކަށް ނުކެރުނެވެ. ޒިވާ ކޮންމެވެސް ކަމެއް ސިއްރު ކުރަނިއްޔޭ ޒާއިފްއަށް ހީވާން ފެށިއެވެ. އޮށޯވެލުމަށްފަހު ދެލޯ މަރާލީ ކޮންމެސް ވަރަކަށް ބޮލަށް ބަރުވެފައި ހުރުމުންނެވެ. އިސާހިތަކު ނިދީގެ ފުން ކަނޑުގެ ތެރެއަށް ޒާއިފްއަށް ފީނައިގަނެވުނެވެ.

އާލާ ހޯދުމަށްޓަކައި ވިޝާލްކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކުޑަމިނުން އޭނަ މާލޭގައި އުޅޭކަމެއްވެސް ވިޝާލްއަކަށް ނޭނގެއެވެ. އެ ހުރިހާ ކަމަކަށްވެސް ޒާރާއަށް ވުރެ ބޮޑަށް އޭނާއަށް ކުއްވެރި ކުރެވުނީ އޭނާގެ އަމިއްލަ ނަފްސެވެ. އާލާ މަތިން ހަނދާން ނައްތާލުމަށް ވިޝާލް ނިންމީ ދެން އޭނާގެ ދިރިއުޅުމަށް އާލާ ނާންނާނެހެން ހީވުމުންނެވެ. ނަމަވެސް އެއީ ވިޝާލްއަށް ކުރެވޭނެ ކަމެއް ބާއެވެ. އެހެންކަމުން ވިޝާލް ގިނަވަގުތު އޮފީހުގައި ހޭދަކުރުމަށް ނިންމިއެވެ. މިހާރު ހުސް ވަގުތެއް އޭނަ ބޭނުމެއް ނުވެއެވެ. ކަމެއް ނުކޮށް ހުންނަންޏާ އާލާގެ ހިޔާލުތައް އޭނާއަށް އުނދަގޫ ކުރާތީއެވެ. އޭގެން ދުވަހެކެވެ. ޕްރެޒެންޓޭޝަންއެއް ނިންމަން އުޅުނު ވިޝާލްއަށް ސިހުން ލިބުނީ ދާދި ގާތުގައި މީހަކު އައިސް ހުއްޓުނުކަމުގެ އިހުސާސް ކުރެވުމުންނެވެ. އިސް އުފުލާލައި ބަލާލުމަށްފަހު މޫނު އަނެއްފަރާތަށް އަނބުރައިލެވުނީ ކައިރީގައި ހުރި ޒާރާ ފެނުމުންނެވެ. “ނައު ވަޓް؟” ރުންކުރުގޮތަކަށް ވިޝާލް އެހެން އަހާލީ ޒާރާގެ މޫނަށް ބަލައިވެސް ނުލައެވެ. ތެދަށް ބުނާނަމަ ވިޝާލް މިހާރު ޒާރާގެ މޫނުވެސް ދެކޭކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެއް އޮފީހެއްގައި މަސައްކަތް ކުރާއިރު ދެމީހުން ދެމީހުންނަށް ނުފެނި ނޫޅެވޭނެތާއެވެ. “ސާރ ބުނީ ސާރގެ ކެބިންއަށް ގޮސްދީބަލާށޯ…. ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ވެގެންނޯ……” ވިޝާލް ހީވީ ޒާރާ އެހެން ބުނެ ނުނިމިގެން ހުރިހެންނެވެ. އިތުރު އެއްޗެއް ބުނުމަށް ޒާރާއަށް ފުރުސަތެއްވެސް ނުދީ ވިޝާލް އެތަނުން ދިޔައެވެ. ވިޝާލްގެ މި އަމަލުން ޒާރާގެ ހިތައް ވަރަށް އަސަރުކުރިއެވެ. މިވީ ހުރިހާ ދުވަހުވެސް ވިޝާލް ރުހުމުގެ ލޮލަކުން ޒާރާއަށް ބަލައިވެސް ނުލައެވެ. ވިޝާލް ޒާރާއާއި ހަތަރު ކަޅި ހަމަ ކޮށްލަނީވެސް ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނާށެވެ. އެއީވެސް އެމީހުންގެ އޮފީހާއި ބެހޭ ވާހަކައަކަށް ވިއްޔާއެވެ. އެހެން ނޫންނަމަ ވިޝާލް އޭނަ ހިނގާމަގުން ނުވެސް ހިނގާނެކަން ޒާރާއަށް އިނގެއެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިންދާލުމަށްފަހު ޒާރާވެސް އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.

“ލައްބަ ސާރ” އޮފީހުގެ ބޮޑުމީހާ ކެބިންއަށް ވަންނަމުން ވިޝާލް ބުނެލިއެވެ. “ޓޭކް އަަ ސީޓް….” ބޮޑުމީހާ އެހެން ބުނުމުން އެތާ ހުރި ގޮނޑިއެއް ދަމާލުމަށްފަހު ވިޝާލް އިށީނެވެ. އެތާގައި އޭނަގެ އިތުރުން އަދި 4 މުވައްޒަފަކު ތިއްބެވެ. “އަސްލު ސާރ ތި ކުދިން މި ގެނައީ މާ ބޮޑު ވާހަކައެއް ދައްކާކަށް ނޫން….. ތި ކުދިންނަށް އިނގޭނެ މިހާރު މި ކުންފުނީގެ އިތުރު ބްރާންޗެއް އެހެން ރަށެއްގައި ހުޅުވަން އުޅޭކަން….. މިހާރު ގާތްގަނޑަކަށް އެތަން ހުރީ ނިމިފަ… ސާރ ބޭނުންވަނީ ތި 5 ކުދިން އެތަން ބަލާލަން އެ ރަށަށް ގޮސްލަން….. އެތަނާއި ބެހޭ ގޮތުން ތި ކުދިން ދެކޭގޮތް ބަލާލަން…. އެހެންވެ ސާރއަށް ހީވާ އެންމެ ރަނގަޅު 5 ކުދިން މި ޗޫޒް ކުރީ…… އެއްވެސް މައްސަލައެއް ނެތިއްޔާ މާދަމާ ނޫން އަނެއް ދުވަހު ފުރަން ތައްޔާރުވޭ…..” ހާމިދަކީ އެ އޮފީހުގެ ބޮޑު މީހާއެވެ. ކިތަންމެ މުއްސަންޖަކަސް ހާމިދުގެ ކިބައިގައި އެއްވެސް ބޮޑާ ކަމެއް ނުހުރެއެވެ. ހުރިހާ މުވައްޒަފުންނާ ދޭތެރޭވެސް އޭނާ ބަހައްޓަނީ ވަރަށް ގާތް ގޮތެކެވެ. އެހެން ކަމުން ހުރިހާ މުވައްޒަފުންވެސް އޭނާއަށް ވަރަށް އިހުތިރާމް ކުރެއެވެ. އެ ބައްދަލުވުން ނިމިގެން ދިޔައީ އެ އެންމެންވެސް އެ ދަތުރުގައި ބައިވެރިވާގޮތައް އެއްބަސްވެގެންނެވެ.

އަބަދު ގޭގަ ހުންނަން ފޫހިވާތީ އާލާ ބޭނުންވީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އެހެންކަމުން އޭނާގެ ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި ފިހާރައަކުން އޭނާ ވަޒީފާއެއް ހޯދިއެވެ. ރޭގަނޑު ދާން ޖެހުނުކަމުގައިވިޔަސް އާލާ އެތަނަށް ދާން ނިންމީ މުސާރަވެސް ރަނގަޅުވީމައާއި އެކުއެވެ. އެގޮތުން އެއްރެއެވެ. ފިހާރާގައި އެކަނި އިންނަން ޖެހުމުން އާލާ އިނީ ފޫހިވެފައެވެ. އޭނާއާއިއެކު ދެން އިންނަ ކުއްޖާ ބަލިވެ އުޅޭތީ ނާދެއެވެ. އިރުކޮޅަކޮޅާ ގަޑިއަށް ބަލައިލެވެނީ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާފަ ހުރުމާއެކު ގެއަށް ދާން ބޭނުންވެފައި ހުރި ވަރުންނެވެ. 10 ޖަހަން 10 މިނެޓަށް ވެފައި ހުއްޓައި މީހަކު އައިސް ފިހާރައަށް ވަނެވެ. އެމީހާ ފެނުމާއެކު އާލާގެ ހިތައް ނުތަނަވަސްކަން ވެރިވީ ކީއްވެ ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. ފަޓުލޫނަކާއި ގޮޅި ޖެހި ގަމީހެއްލައިގެން ހުރި އެމީހާގެ ނަޒަރު ހުރީ ސީދާ އާލާއަށް ހުއްޓިފައެވެ. ކޮންމެވެސް ވަރަކަށް ނުރަވެފައިވާ އެމީހާގެ ބޮލާއި ތުނބުޅިން އޭނާގެ އުމުރު 40ހުން ދަށެއްނުވާނެކަން އާލާއަށް ޔަގީންވިއެވެ. އެމީހާ އެ ގޮތައް ބަލަން ހުރުމުން ބުނެދޭން ނޭނގޭފަދަ ބިރުވެރިކަމެއް އައިސް އާލާ ވަށާލިއެވެ. އިތުރު މީހަކު ފިހާރައަށް އާދޭތޯ ދުޢާ ކުރެވުނު އަދަދުވެސް އާލާއަކަށް ނޭނގުނެވެ. ޒިވާއާއި ދިމާލަށް ބަލަމުން ތުނބުޅީގައި އަތް ހާކަމުން އެމީހާ ފިހާރައިން ނިކުތެވެ. ބަރާބަރު 10 ޖެހުމާއެކު ފިހާރަ ބަންދުކޮށްފައި ހިނގައިގަންނަން އުޅުން އާލާއަށް ހުއްޓިލެވުނީ މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. ފަސް އެެނބުރި ބަލާލި ވަގުތު އާލާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އޭނާގެ އަތުގައި ހިފައިގެން ފާޑަކަށް ހިނިއައިސް އެހުރީ މީގެ އިރުކޮޅެއް ކުރިން ފިހާރައަށް ވަތް މީހައެވެ. ބިރުންގޮސް އާލާއަށް މަގުގެ ދެކޮޅު ހޯދައިލެވުނީ މީހަކު ފެންނަން ހުރިތޯއެވެ. ނަމަވެސް މަގުމަތިން އެއްވެސް މީހެއް ފެންނަން ނެތުމުން އާލާގެ ބިރުވެރިކަން ދެގުނައަށް އިތުރުވިއެވެ. އިސާހިތަކު ނިތްކުރިން ދާތިކިތައް ވިދަން ފެށިއެވެ. “އައްދެ….. އެކޮއެ ހާދަ ބިރެއް ތި ގަންނަނީ…… އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް…. އަނެއްކާ މިއޮށް ފަދަ ގަޑިއެއްގަ ތި ކަހަލަ ރީތި ކުއްޖަކު އެކަނި ދާކަށްވެސް ނުވާނެއްނު…. އަހަރެން ގެންގޮސްދީފާނަން….” އެމީހާ އެހެން ބުނުމާއެކު އާލާ އެމީހާގެ އަތް ފޮޅުވައިލީ މޫނުމަތިން ރުޅިވެރިކަން ދައްކަމުންނެވެ. “އަހަރެން އެކަނި ދިޔަސް މީހަކާ އެއްކޮށް ދިޔަސް އެއަކީ ކަލެއާ ބެހޭކަމެއް ނޫން….. ބީރައްޓެހި ރަށްރަށަށް އައިސް މީހުން އުޅޭގޮތައް އުޅެބަލަ……” އަޑަށް ބާރުލާފައި އާލާ އެހެން ބުނީ އެއަކީ އެ ރަށު މީހެއްނޫންކަން އޭނާއަށް ޔަގީންވާތީއެވެ. އެހެންބުނުމަށްފަހު ފަސް އެނބުރި ހިނގައިގަތްއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދާ އަޑު ހުދު އާލާއަށްވެސް އިވެއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެން އިން ގޯޅިއަށް ލަނބާލެވުމުންނެވެ. އާލާއަަށް ގެއާއި ހިސާބަށް އާދެވުނީ ދުވަމުން ކަހަލަ ގޮތަކަށެވެ.

ވަޔާއިއެކު ސަކަރާތް ޖަހަމުންދާ ރާޅުތަކަށް ނަޒަރު ހުއްޓާލައިގެން އިން ވިޝާލްގެ ސަމާލުކަން އިތުރު އެއްވެސް ކަމަކަަށް ނެތެވެ. އައުމަށް ހަމަޖެހިފައިވާ ރަށަށް އާދެވުނުކަންވެސް އޭނާއަށް ރޭކާނުލިއެވެ. “އޭތް…. ކައެ ތި އައީ މީގަ އިންނަންތަ…؟ މިއޮށް އާދެވުނީއޭ….” މާހިން ގޮވާލި އަޑަށް ވިޝާލް ދިޔައީ ސިއްސައިގެންނެވެ. ބޯ ކަހާލަމުން އޭނާ ލޯންޗުން ފޭބިއެވެ. ރަށުގައި ޖައްސާލި ފުރަތަމަ ފިޔަވަޅާއިއެކު ވިޝާލްއަށް ކުރުވީ މުޅިން ތަފާތު އިހުސާސެކެވެ. މާލޭގެ ހަލަބޮލި މާހައުލުގައި އުޅެފައި ރާއްޖެތެރޭ ރަށަކަށް އާދެވުމުން ވިޝާލްގެ ހިތައް ހަމަޖެހުން ލިބުނެވެ. ހަވީރުގެ އެ ހިތްފަސޭހަ ވަގުތުގައި އެކި އުމުރުފުރައިގެ މީހުން ހަވީރުގެ ފިންޏަށް ނުކުމެ އުޅެއެވެ. ކުޑަކުދިންވެސް ހީހީފައި އެކި ކުޅިވަރުތައް ކުޅެމުންދާ މަންޒަރު ބަލަން ވަރަށްވެސް ހިތްގައިމެވެ. މުސްކުޅިންވެސް އެމީހުންގެ އުމުރުގެ މީހުންނާއެކު ފޮނި ވާހަކައިގައި ތިއްބެވެ. ވިޝާލްމެން ތިބުމަށް ހަމަޖެހިފައިވަނީ އެރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ. އެތަން ބަނދަރާއި ކައިރިވުމުން އެމީހުން ނިންމީ ހިނގާލާފައި ދާށެވެ. ރަށުތެރެއަށް އަރައިގެން ދިޔުމުން ހުރިހާ ދިމާއަކުންވެސް ފެންނަނީ ސާފުތާހިރުކަމެވެ. އެކި ޑިޒައިންތަކަށް ހުރި ގެތައް ފެނުމުންވެސް އާޝޯޚުވާހާ ވެއެވެ. އެކި ކުލަކުލައިން ޖަރީކޮށްފައިވާ ގެތަކުންވެސް އެރަށު މީހުންގެ ކުޅަދާނަކަން ހާމަވެއެވެ. ނަމަވެސް ވިޝާލްގެ އެއްވެސް ސަމާލުކަމެއް އެކަމަށް ނެތްފަދައެވެ. ސީދާ ބިންމައްޗަށް ބަލަހައްޓައިގެން ހިނގަމުން ދިޔައިރު މާހިންމެން ބުނެލާ އެއްޗަކަށް ދޭތެރެއަކުން ހޫން އަޅުވާލައެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ފެހިކުލައިގެ ސޯޓެއްލައިގެން ހުރިއިރު ވިޝާލްގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ލޮލުގައި އަޅާފައި އިން އައިނުގެ ސަބަބުން އޭނާގެ ރީތި ދެލޯވަނީ އެހެންމީހުންނަށް ވަންހަނާ ވެފައެވެ. މަގުމަތިންދާ ޒުވާން ފުރައިގެ އަންހެންކުދިންގެ ނަޒަރުތައް ވިޝާލްއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް މީގެން އެއްވެސް ކަމަކަަށް އޭނާގެ ސަމާލުކަމެއް ނެތެވެ. އަނެއްކޮޅުން ޒުވާން ފިރިހެން ކުދިންގެ ހިތުގައި ވިޝާލްއަށްޓަކައި ހަސަދައިގެ އަލީފާން ރޯވެ އަނދަމުން ދިޔައެވެ. އޭގެން އެއްވެސް ކަމަކަަށް އަޅާނުލައި ވިޝާލް ކުރިއަށް ދިޔައެވެ.

ހަމްނާއާއި އެކު ބޭރަށްގޮސް އައި ޒިވާގެ މޫނުމައްޗަށް ފޫހިކަން ވެރިވީ އޭނާގެ މަންމައާއިއެކު އުނދޯލީގައި އިން މީހާ ފެނިފައެވެ. ފިހާރައަށް އައިސް އުޅެވުނު ގޮތުން ނުފުދިގެން އެންމެ ފަހުން ގެއަށް އައީއޭވެސް އާލާގެ ހިތަށް އެރިއެވެ. “އާލާ….. އާދެބަލަ މިކޮޅަށް….” ހިނގައިގަންނަން އުޅުނު އާލާއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ މަންމަ، ސަމީރާގެ ހަރުކަށި އަޑު ކަންފަތުގައި ޖެހުމުންނެވެ. މަޑު ހިނގުމެއްގައި އާލާ އައިސް އޭނާާގެ މަންމަ ކައިރީގައި އިށީނެވެ. “މިއީ މިގޭ މެދަށް ހުންނަ މަންޖެ…. ދަރިފުޅާ މިއީ ނަސީރުބެ…. ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް….. ސަލާމް ކޮށްލަބަލަ….” އޭނާގެ މަންމަ ފުރަތަމަ ފަހަރަށް ދަރިފުޅާއޭ ކިޔާފައި މުހާތަބު ކުރުމުން އާލާ ހައިރާން ވިއެވެ. ނަސީރުއާއި ސަލާމް ކޮށްލުމަށްފަހު އާލާގެ އޭނާގެ އަތް ދަމައިގަތީ އެމީހާދެކެ ވާ ފޫއްސެއްގެ ބޮޑުކަމުންނެެވެ. ސަމީރާ އެހާ ރީއްޗަށް ވާހަކަ ދެއްކުމުން އާލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާލާއާއި އެގޭގައި ދެން ތިބޭ ކުދިންނާ ސަމީރާ ވަރަށް ތަފާތުކުރެއެވެ. ސަބަބަކީ ކޮބައިކަމެއް ޚުދު އާލާއަކަށްވެސް ނޭނގެއެވެ. އާލާ މާލޭގައި ހުރި އިރުވެސް ސަމީރާ ގުޅާލާނީ މަހަކު ދެތިން ފަހަރުއެވެ. އެވެސް އެއްޗެއް ބޭނުންވީމައެވެ. އާލާއަށް ކޮންމެ މަހަކު ލިބޭ މުސާރައިގެ ބޮޑުބައިވެސް ފޮނުވަން ޖެހެނީ ސަމީރާއަށެވެ. އާލާ އެކަންކުރަނީ ހިތުން ރުހުމުން އެއްވެސް ޝަކުވާއެއް ނެތިއެވެ. ސަމީރާގެ ގައިގަ ހުންނަ އެންމެ ކަމުނުދާ ސިފައަކީ ލިބޭ މިންވަރަށް ޝުކުރު ނުކުރުމެވެ. ލާރިއަށް ވެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކުރާކަށް އޭނާ ފަހަކަށް ނުޖެހޭނެއެވެ. ސަމީރާއަށް ނުވިސްނޭ ކަމަކީ ދުނިޔޭގައި އެކި މީހުންނަށް އެކި ގޮތް އެކަލާނގެ މެދުވެރިކުރައްވަނީ މީސްތަކުން އިމްތިހާނު ކުރަންކަމެވެ. އެއަށް ވުރެ ބޮޑަށް އޭނާވަނީ ދުނިޔޭގެ އުފާތަކަށް ފެންބޮވައި ގަނެފައެވެ. އެންމެ ފަހުން ﷲ އަށް ސަޖިދައެއް ޖެހި ދުވަހެއްވެސް ސަމީރާ ހަނދާން ހުރިހެނެއް ހިޔެއް ނުވެއެވެ. ފިހާރައަށް ދާން އާލާ ގެއިން ނުކުތް އިރުވެސް ނަސީރުއާއި ސަމީރާ ވާހަކައިގައި ތިއްބެވެ. އެމީހުންނާއި ދިމާލަށް ބަލާލުމެއްވެސް ނެތި އާލާ ނިކުމެގެން ދިޔައިރު ކުރިއަށްދެން އޮތީ ކިހާބޮޑު ތޫފާނެއްކަމެއް އާލާއަށް ރޭކާވެސް ނުލައެވެ.

ދެތިން ދުވަސްވީއިރު ޒާއިފްގެ ހާލު އެއްކޮށްހެން ރަނގަޅުވެއްޖެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަަށް ތަދުހުރުމުން ޒާއިފް ނިންމީ ވަޒީފާއަކަށް ނުގޮސް އަހަށް ގޭގައި މަޑުކޮށްލާށެވެ. ގަޑިން ރޭގަނޑު ނުވައެއް ޖެހީ ޒާއިފް ޓީވީ ބަލަން އިންދައެވެ. ޓީވީ ބަލަން އިން ޒާއިފްގެ ސަމާލުކަން އަތުލައިގަތީ ކޮޓަރިން ނުކުމެގެން އައި ޒިވާއެވެ. “ޒިވާ…… އާދެބަލަ މިތަނަށް…. އަހަރެން އެބަ ޖެހޭ ޒިވާއާ ވާހަކައެއް ދައްކާލަން….”ވިޝާލް އެހެން ބުނުމާއެކު ޒިވާގެ މޫނަށް ވެރިވި ހާސްކަން ވަރަށް ރީތިކޮށް ޒާއިފްއަށް ފެނުނެވެ. ދެއަތް ދެއަތާއި މޮޑެމުން އައިސް ޒާއިފް ކައިރި ހުއްޓުނު ވަގުތު ޒިވާގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާގެ މަންމަ އެވަގުތު އޭނާއަށް ގުޅުންވީ ޒިވާގެ ނަސީބަށެވެ. އެބަ އަންނަން ކަމަށް ބުނެ ޒިވާ ފޯނަށް ޖަވާބުދެމުން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އެހެން ބުންޏަސް ޒިވާ ދެން ނާންނާނެކަން މަރު އިނގޭފަދައިން ޒާއިފްއަށް އިނގެއެވެ. އެރޭގެ ހާދިސާ އަހަން އުޅޭ ކޮންމެ ފަހަރަކު ޒިވާ ކޮންމެވެސް ބަހަނާއެއް ދައްކާފައި އެ ތަނަކުން ދާނެއެވެ. އެރޭވެސް ހަމަ ވީ އެހެންނެވެ.

ބޭރަށް ނުދާން ހުރެފައި ވިޝާލް ބޭރަށް ނުކުތީ މާހިން އާދޭސްކުރަން ފެށުމުންނެވެ. ގަޑިން 10 ޖަހަން ކައިރިވެފައި ވުމުން މަގުމަތިން އެހާ މީހުންނެއް ނުފެނެއެވެ. ވިޝާލްމެން މިސްރާބު ޖެހީ ރަށުގެ ބަނދަރާއި ދިމާއަށެވެ.

ފިހާރަ ބަންދުކުރުމަށްފަހު އާލާ މިސްރާބު ޖެހީ އޭނާގެ ގެއާއި ދިމާއަށެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް އެ ހިސާބުގަނޑުގައި އުޅޭ ޕާޓޭ ތިން ސޮރަކު އޭނާގެ ކުރިމައްޗަށް އަރައި މަގު ބެއްދިއެވެ. “މަންޖޭ…. ކޮންތާކަށް ތި ދަނީ…..”  އެތަނުން އެކަކު އެހެން ބުނުމަށްފަހު އާލާއާއި ކައިރިވަމުން ދިޔައެވެ. ބިރުން ރޮވެން ކައިރިވެފައި ހުރި އާލާއަށް ކުރެވުނުހާވެސް ކަމަކީ ފަހަތަށް ޖެހުމެވެ. ފަހަތަށް ޖެހެމުން ގޮސް އާލާއަށް ހުއްޓެން މަޖުބޫރުވީ އެތަނުގައި ހުރި ގެއެއްގައި ފާރުގައި ޖެހުމުންނެވެ. “ދެން ކޮންތާކަށް ދާނީ؟…” ނުލަފާ ވައްތަރަކަށް ހެމުން އެމީހާ އެެހެންބުނިއިރު އެނާ ހުރީ އާލާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އާލާއަށް ނޭފަތުގައި އަތް އަޅައިލެވުނީ ދުވި ސިނގެރޭޓް ވަހުގެ ސަބަބުންނެވެ. އާލާގެ މޫނާއި ދިމާލަށް އެމީހާގެ އަތް ގެންނަން ފެށުމުން އޭނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ދެން އިވުނީ އެމީހާގެ ހަޅޭލަވައިގަތް އަޑެވެ. ބިރުން ހުރި ނަމަވެސް އާލާ އޭނާގެ ލޯ ހުޅުވާލިއެވެ. ފެނުނު މޫނަކުން މޫނަކުން އާލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އެ މޫނެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 8

Next

ލޯތްބަކީ 13

Next
September 10, 2018

ލޯތްބަކީ 13

Previews
September 10, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 8

16 Comments!

  1. Hudher says:
    September 10, 2018 at 8:59 pm

    nyc part dear…maasha allah..next part thankolheh dhigu kollahchey ingey..

  2. Hudher says:
    September 10, 2018 at 9:00 pm

    nd me first dhw

  3. almaa2004 says:
    September 10, 2018 at 10:14 pm

    Yes u r first
    Thankiu❤

  4. Ige Ehnnu ? says:
    September 10, 2018 at 10:52 pm

    Vrah hih gaimu❤ btoo dn faharakun check kohllaathi up kurumuge kurin

  5. Huvey says:
    September 10, 2018 at 11:16 pm

    Proud of u sis. Vrh reethi masha Allah.

  6. almaa2004 says:
    September 10, 2018 at 11:32 pm

    Yea
    Thankiu ?

  7. Anonymous says:
    September 11, 2018 at 7:01 am

    Mihaaru aara and shaaim koba?baivaru mistakes ebahuri.. Up korumuge kurin check kollun edhen… Ekm story v nyc
    ?????

  8. almaa2004 says:
    September 11, 2018 at 11:23 am

    Thankiu
    And Im really sorry for the mistakes

  9. friends says:
    September 11, 2018 at 1:05 pm

    ???Vaahaka hama varah salhi

  10. friends says:
    September 11, 2018 at 1:06 pm

    ???Vaahaka varah salhi

  11. maya says:
    September 11, 2018 at 1:36 pm

    vvvv salhi masha allah yey finally vishaal ah dhevuny aalaa men rashah dhw,,,,ekamu aalaage mom eu lheni aalaa aa e muskulhi buhdhaa aa marry kuruvan hen hyvani….rich myheh vyma..i think.aneh part avhah up kohdhehchey ..vvvv curious ..luv yuh

  12. almaa2004 says:
    September 11, 2018 at 2:18 pm

    Thanks all❤

  13. almaa2004 says:
    September 11, 2018 at 2:18 pm

    And ya that might happen….
    Lets c… keep reading

  14. Unknown girlll says:
    September 11, 2018 at 2:30 pm

    V reethi… when nxt ,keep up the good work??? luvya ❤❤❤ keep smiling???

  15. Kailee says:
    September 11, 2018 at 6:43 pm

    V reethu mi vaahaka? dhn aneh prt whn? Nd plx mi vaahahakaike part thah thanekolheh genes dheythi ingey if possible?????

  16. almaa2004 says:
    September 11, 2018 at 6:49 pm

    Thanks all❤
    Yea liyevunu varakun part thah genesdheynan?

Comments are closed.

Next Episodeއިންތިޒާރު 15←


All Right Reserved!