މޫނަށް ހޫނު ވާން ފެށުމުން ރުހާނީ ލޯ ހުޅުވާލިއެވެ. ރޭގައި ސޯފާގައި އޮވެ ނިދުނު އިރެއްވެސް އޭނާ ހަނދާނެއް ނުވެއެވެ. ކުޑަދޮރުގެ ފޮތިތައް ކަހާލާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އައްރާދު މޭޒު ކައިރީގައި އިށީނދެގެން އިނެވެ. އެއްއަތުގައި ޓޯސްޓް ފޮއްޗެއް އޮތްއިރު އަނެއް އަތުގައި އޮތީ އޭނާގެ ފޯނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިތަން ފެނުމުން އައްރާދު ބޮލުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ. ރުހާނީ އެދިމާލަށް ދިޔައިރު ސިޓިންރޫމްގައި ބަހައްޓާފައި ފޮޓޯ ފްރޭމްއަކަށް ބަލާލިއެވެ. އައްރާދު […]
ވަށައިގެންވާ މާހައުލުގެ ހިލަމެއް ނުވާ ލާނާއާއި އިދާން އަދިވެސް ހުރީ ހަމަ އެގޮތަށެވެ. “އިދީ …އަ….” ލާނާގެ ދުލުގައި ތަޅުއެޅުވިފައި ހުރިކަހަލައެވެ. އަނގައިން ބަހެއް ބޭރެއް ނުވެއެވެ. “ޕްލީޒް ލާލާ.. އިދީ ހާދަ ލޯބިވެޔޭ ލާލާ ދެކެ. ބުނެބަލަ އިދީ ދެކެވެސް ލާލާ ލޯބިވެޔޭ.”. އިދާން އަސަރާއެކީ މިހެން ބުނިއިރު ފަހަތުގައި ހުރި އަލަންއަށް ހަމަ ރީއްޗަށްވެސް އަޑުއިވުނެވެ. އިދާންގެ ވާހަކަތައް އިވި އަލަންގެ ރުޅިގަނޑު ކެކިގަނެ ހަމައިން ނެއްޓިކަހަލައެވެ. “ހައު ޑެއާރ ޔޫ.. ކަލޭ ލަދެއް […]
ނޭފަތް އެތެރެއަށް ދަމައިލަމުން ޔަނާލް އޭނާގެ ވާހަކަ ނިންމައިލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަރްޒަން ހިމޭންވެފައި އިނީ އިވުނު ވާހަކަތަކާމެދުގައި ބަސްހުއްޓި އަޖައިބުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. “އެދުވަހު އަރްޒަންއަށް ފާހަގަ ނުވިއަސް ނިޝްޔާ ފެނުނީމަ އަހަރެން ވަރަށް ޖެހިލުންވި. ބިރުގަނެ ކަންބޮޑުވި. އަހަރެންގެ މާޒީއާއި ގުޅިފައިވާ އެއްވެސް މީހަކާ ބައްދަލުކުރާކަށް އަހަރެން ބޭނުމެއްނުވޭ. އެހެންވެ ވީހައިވެސް ނިޝްޔާއާއި ދުރުން އުޅެން އަހަރެން މަސައްކަތްކުރީ.” ޔަނާލްގެ އަޑަށް އިސްޖެހިފައިއިން އަރްޒަން އިސްއުފުލައިލަމުން ބަލައިލިއެވެ. ނިޝްޔާގެ އަމަލުތައް ހުރިގޮތް އިނގުމުން […]
ސުހެއިދުގެ އާއިލާގެ އުފާވެރިކަން ގެއްލިގެން ދިޔައީ އީދުވިލޭރޭ ބަޔަކު ހިންގި މާރާމާރީއެއްގައި އަދްޝަނާއި މިހްރާން މި ދުނިޔެއާއި އަލްވަދާއު ކިޔުމުންނެވެ. އެއަހަރުގެ އީދު ސުހެއިދުގެ އާއިލާއިން ފާހަގަ ކުރީ ކަރުނުންނެވެ. ދޮށީ ފިރިހެން ދަރީގެ މަރުގެ ޚަބަރަު ލިބުމާއެކު މިޒްނާއާއި ޒަހީން ވަގުތުން މާލެ އަންނަން ޓިކެޓު ނެގިއެވެ. މާނީއާއި މާއިޒް އެކަކާވެސް އަނގައިންނެއް ނުބުނެއެވެ. އެނެމް ކުޑަމިނުން މާއިޒްގެ ލޮލުން ކަރުނަވެސް ނާދެއެވެ. މާއިޒެކޭ ހިލަ ބުދެކޭ އެއްްފަދައެވެ. އޭލެވެލް ޓެސްޓް އެހާ ކައިރިވެފައިވަނިކޮށް މިހްރާންމެންގެ […]
އެކަމަކު ކިހިނެއް ހެއްޔެވެ؟ އެ ފޯނު ގަތުމަށް އެހާ ބައިވަރު ފައިސާ ބޭނުންވާއިރު އެ ހުރިހާ ފައިސާއެއް އާލިމާ ހޯދީ ކޮން ގޮތަކުން ބާވައެވެ؟ ދާނިޔަލްގެ ސިކުނޑިއަށް އެތިކޮޅުތަކެއް ގުޅިގެން އަންނ ފަދައިން ދެން އަންނަން ފެށީ މި ފަހަކަށް އައިސް އާލިމާ ބުރަކޮށް ކުރަމުން އައި މަސައްކަތްތަކެވެ. ކިއްލި ތަޅަން ކިތަންމެ ވަރުބަލިވެފައި އިން ނަމަވެސް އިންނަ ކަމެވެ. އެހުރިހާ ކަމެއް ހަނދާން ވީ ވަގުތު ދާނިޔަލްގެ ދެލޮލަށް ކަރުނަތަށް ބޮނޑިވެގަތެވެ. އޭނާގެ މަންމަ އެހާ […]
އިރުގެ އަލި ލޮލަށް އެޅުމާއެކު އުނދަގޫ ގޮތަކަށް އިސްރާއަށް ލޯ ހުޅުވާލެވުނެވެ. ރޮއެގެން ނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ކަންނެއް ގޮތަކަށް އެނދުން ތެދުވުމަށްފަހު އިސްރާ ފާޚަނާއަށް ވަނެވެ. މާއިޒް ގެއަށް އައިރު ހުރީ ކޮލުދަތްތައް ފެންނަ ވަރަށް ހީލައިގެންނެވެ. އޭނާ އެންމެ ފުރަތަމަވެސް ދިޔަ ގޮތަށް ގޮސް މާނީއަށް އުފާވެރި ޚަބަރު ދިނެވެ. “ނުންނު ގެސް ވަޓް؟ ދޮންބެއަށް އަލް އަހްލީ ޓީމުގެ ޓްރަޔަލް އަކަށް ދާން ޗާންސް ލިބިއްޖެ. ނެކްސްޓް […]
ޝައިރާ ވަނީ ހަމަ ރަނގަޅަށްވެސް ހަދާނެގޮތް ހުސްވެ ބޯހާސްވެފައެވެ. “ރާއިލްއެއީ އިރެއްގާ ލޯބިވިޔަސް މިހާރު ހަނދާން ކުރަން ބޭނުންނުވާ މާޒީ. ރާއިލްއަށް ވަރަށް ފަސޭހަކަމާއިއެކު ނޫނެކޭ ބުނެވިދާނެ. އެކަމަކު ނޭނގޭ ރާއިލް އެކަމަށް ރިއެކްޓް ކުރާނެގޮތެއްވެސް. އަނެއްކޮޅުން ދުވަހަކު ފެނިފާ ނުވާ އަޔާން. އެކަމަކު ރާއިލް ދިން ހިތާމަތަކުން ސަލާމަތްވެވުނު އެންމެ ބޮޑު އަސްލަކީވެސް ހަމަ އަޔާން. ނުފެނުން ކަމުގައި ވިޔަސް އަލުން ބަލުން މީހަކަށް ހިތް ކިޔާންވެސް ދަސްކޮއްދިނީ އަޔާން. ދެންހުރީ ޔާން. ފެންނަންވެސް ފެނުން […]
ރޭގަނޑު އަށެއް ޖަހާކަންހާއިރު ސާރާ ފިހާރައަށް ދިއުމަށްޓަކައި ގެއިން ނުކުތެވެ. ވަކި ހިސާބަކަށް ދިޔަތަނުން އެތާ އޮތް ގަސްފަލާ ދިމާލުގަ މީހަކު ހުރިހެން ހީވިއެވެ. ސާރާ ޖެހިގެން އޮތް މަގަށް އެޅި އިރު އެމީހާ ސާރާގެ ފަހަތުން އާދެއެވެ. ސާރާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ސާރާއަށް ކުރިމަތިން ފެނުނު މީހާ ފެނި ދެލޯ ބޮޑުވިއެވެ. ގަބޫލް ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. އަދި މޮޔައަކު ފަދައިން ދެލޯ އުނގުޅާ ލެވުނެވެ. އޭރުވެސް ކުރިމަތީ އެމީހާ […]
އެނދުގައި އޮށޯވެއޮތް ޔަނާލް އޮތީ ޒާވިލްއަށް ފުރަގަސްދީގެންނެވެ. އަނގައިން އަޑެއް ބޭރު ނުވިއެއްކަމަކު ހިމޭންކަމުގެ ހޫނު ކަރުނަތިކިތައް ޔަނާލްގެ ކޯތާފަތުގައި ބޮސްދެމުން އޭނާގެ ބާލީސް ތެތްމަމުން ދިޔައެވެ. އަތުން ބާލީހުގެ ބައެއްގައި ބާރަށް ހިފަހައްޓައިލަމުން ޔަނާލް ދެލޯމަރައި ބާރުކޮށްލިއެވެ. އޭރު އެނދުގެ އަނެއްފަރާތުގައި ނިތުގައި އަތްބާވައިލައިގެން ފުންވިސްނުމަކަށް ގެއްލިފަައި ޒާވިލް އޮތެވެ. އޭގެ އަނެއްދުވަހު އޮފީހުން އައުމަށްފަހު ޒާވިލް އޭނާ ރޭގައި ވިސްނިކަންތަކުގެ ވާހަކަ ޔަނާލާއި ހިއްސާކުރިއެވެ. ޔަނާލްއަށްވެސް އެޚިޔާލު ކަމުދިއުމުން އެކަމާ ވަރަށް ފަސޭހައިން އެއްބަސްވެވުނެވެ. […]