ކަނދުރާ އާ ހަމައަށް ދިގުކޮށްފައިވީ ގަދަ މުށިކުލައިގެ އިސްތަށިގަނޑާ އެކު ތުނބުޅި ވެސް އާދައިގެ ވަރަކަށް ދިގުކޮށްފައި ހުރުމުން ތަފާތު ގޮތެއް ހުރިނަމަވެސް އެ ފުން ދެލޯ ފެނުމާއެކު އީން ގެ ވިންދު އަވަސްވިއެވެ. އެއީ ހަމަ އެރީތި ސޫރައެވެ. ހިތުގައި ބިންވަޅު ނެގިފައިވީ ތަސްވީރެވެ. ދެލޯދެކެން އެދި އެދި ހުރި އޭނާގެ ފުރާނައިން ލޯބިވީ އިންސާނާއެވެ.”އަލްޔާން…” އީން އަށް މަޑުމަޑުން އަލްޔާން ގެ ނަން ކިޔާލެވުނެވެ. ހައިރާންވެ އެއްވެސް ހަރަކާތެއް ނެތި ގަނޑުވެފާ ކަހަލަ ގޮތަކަށް […]
ފަތިހު ހޭލާ އިނދެފައި ނިދުނު ގޮތަށް ފުން ނިންޖަކަށް ގެނބިފާ އޮތް އީތަން އަށް ހޭލެވުނީ މެދުކެނޑުމެއް ނެތި ރިންގްވަމުން ދިޔަ އޭނާގެ ފޯން ގެ އަޑަށެވެ. ރާއްޖޭން ބޭރު ނަންބަރަކުން ގުޅަމުން ދިޔަ އިރު އެއީ ކާކުބާވައޭ ހިތުގާ ސުވާލް އުފެދުނެވެ. އަވަސް އަވަހަސް ފޯނު ނަގާ ހަލޯ އޭ ބުނުމުން އެކޮޅުން ވާހަކަ ދެއްކިމީހާ ދިން ޚަބަރުން އީތަން އަށް ކަންބޮޑުވެފާ ހުރެ ފުއްމައިގެން ތެދުވެލެވުނެވެ… ***************** “އީތަން… މިއުޅެނީ އުޅެ އުޅެވެސް އަލްޔާން […]
“ލޯތްބޭ !!! ޝަޓް ޔޯ ފިލްތީ މައުތް..ޖަސްޓް ޝަޓް އިޓް…އަހަންނަށް ނޭންގި އަހަރެންގެ އިތްފަތްތެރިކަން ފޭރިގަންފަ ތި ބުނަނީ އަހަރެން ދެކެ ލޯބިވެޔޭތަ..!!!!” ޒިން ގެ ދުލުން ލޯބިވެޔޭ ބުނި އަޑު އިވި ރުޅިއައިސް އީން ގެ މޫނު ރަތްވިއެވެ. ވަކިވަކިން ލަފްޒުތަކަށް ބާރުލަމުން އީން ބުނެލި އެ ޖުމްލަ އަލްޔާން ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފާގައެވެ. އެ ހިނދުކޮޅުތެރޭ ނޭވާ ލާން ވެސް އަލްޔާން ހަނދާންނެތްފަދައެވެ. މުޅިގައިން ހީބިހަނަގާ ހިތްފިނިވެ ދެފައިން ވާގިދުވާ […]
އެރޭގެ ދަންވަރު ތިނެއް ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ސިކުނޑިއަށް ބުރަވެ ވަރުބަލިވެ ނިދި ޖެހިފާ އޮތް އަލްޔާން އަށް ކުއްލިއަކަށް ހޭލެވުނީ އޭނާގެ ފޯނަށް އަންނަ މެސެޖް ޓޯން ގެ އަޑަށެވެ. ފުލުފުލުގައި މެސެޖްތަށް އަންނަމުން ދިޔުމުން ކަންނެތްކަމާއެކު ފޯން ނަގާ ގަދަކަމުން ދެލޯ ހުޅުވާލިއެވެ. ވައިބާރ އެމެސެޖްތަށް ޑައުންލޯޑްވެ ފެންނަން ފެށުމާއެކު އަލްޔާން ގެ ދެލޯ ފުއްމައިގެން ބޭރަށް ނުނިކުތީ ކިރިޔާއެވެ. ************* އިރުކޮޅެއްކުރީން ގަދަ ނިދިގައި އޮތް އަލްޔާން ގެ މޫނުމަތީގައި ނިދީގެ […]
އީން އަށް ހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް އަސަރު ކޮށްފައި ކަން އެނގި އަލްޔާން އީން ހުއްޓުވަން ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެޅި ފިޔަވަޅާއެު ހުއްޓުން އެރީ ދެލޯ މަރާލާއިގެން ހުރެ ފިސްތޯލްގެ ޓްރިގާއަށް އީން ފިތާލުމުންނެވެ… ************ މަޑުމަޑުން ދެލޯ ހުޅުވާލެވުމާއެކު އީން ވަށައިގެން ނަޒަރު ހިންގާލިއެވެ.އަތުގާ ގުޅާފައި ހުރި އައި.ވީ ގެ ސަބަބުން މި އޮވެވުނީ ހޮސްޕިޓަލް ގައިކަން އެނގުނެވެ. އެއާއެކު އީން ގެ ނަޒަރު ހުއްޓުނީ ދާދި ކައިރީގައި އިށީނދެގެން […]
އެހެންނަމަވެސް އަޅާނުލާ ގޮސް ސިންކް ކައިރީ ހުއްޓި އަތްދޮވެލުމަށް ފަހު ލޯގަނޑުން ބަލާލިއިރު ހުދުކުލައިގެ ގަމީހަކާ ކަޅު ފަޓްލޫން ލައިފައި ފަހަތުން ފެންނަން ހުރި މީހާފެނި އީން ގެ އަނގަހުޅުވި ދެލޯ ބޮޑުވެ ހުއްޓުން އެރިއެވެ. އެއީ ހީވީ ހީވުމެއް ކަމަށް ހީކޮށް އަވަސް އަވަހަށް ފަހަތް ބަލާލީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެއީ ހުވަފެނެއް ނޫނެވެ. ލައިގެން ހުރި ކޯޓު އެއް އަތް މަތީ އަޅުވާލައިގެން ރުޅިވެރި ނަޒަރަކުން އީން އާ ދިމާލަށް ބަލަން ހުރީ […]
އަނެއްކާ ވެސް ޒިން ތަކުރާރުކޮށް ރިންގްވަމުން ދިޔަ އޭނާގެ ފޯނަށް ބަލާލިއެވެެ. ރާއްޖެއިން ބޭރު ނަންބަރަކުން ގުޅުމުން އެވާނީ މައިރީން ގެ ކޯލް އަކަށް ކަން ޒިން އަށް އެނގެއެވެ.އެހެނަސް ހުރެވުނު ބައްދަލް ވުމުގެ މުހިއްމު ކަމުން ފޯނަށް ވަކި ސަމާލުކަމެއް ނުދީ ސައިލެއްޓް ކުރުމަށް ފަހު މޭޒުމަތީ ބޭއްވިއެވެ.”އައި ތިންކް ޔޫ ޝުޑް އެޓެންޑް ދި ކޯލް ސާރ” އަނެއްކާވެސް ރިންގްވާން ފެށުމުން ޒިން ވާހަކަ ދައްކަން ހުރި މީހާ ފޯނަށް އިޝާރާތް ކުރަމުން […]
ވީ ހުރިހާ ކަމެއް ސާފުވުމުން އަލްޔާން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބުނަން އުޅުނު ވާހަކަތަށް ގިނަކަމުން އަލްޔާން އަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. ރޮވެމުންދިޔަ އީން ގެ މޫނުގައި ހުރި ކަރުނަތަށް ފޮހެމުން އަވަސް ހަރަކާތްތަކާއެކު އީން ގެ މޫނުގެ އެތަން މިތަނުގާ އަލްޔާން ބޮސްދޭންފެށީ ގިސްލެވޭ ހާލުގައެވެ. “އައިމް ސޮރީ އީން!!!” ދެއަތަށްލެވުނުހާބާރެއްލާފައި އީން އެންމެ ފުރަތަމަވެސް އަލްޔާން ގެ މޭގާ އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އެއާ އެކު ފަހަތަށް ވިއްސި އަލްޔާން […]
ހަމަ ވަގުތުން ދުވެފައި ގޮސް އަލްޔާން ގެ ގައިގައި ބައްދާލަން އީން ގެ ހިތް އެދެމުން ދިޔައެވެ.އެދުލުން އެންމެ ފަހަރަކު އޭނާގެ ނަމުން ގޮވާލާތޯ އިންތިޒާރުގައި ހުރި އީން ގެ ކެތްތެރިކަން ކޮޅުންލީ ބަހެއް ނުބުނެ ފުން ނަޒަރަކުން އަލްޔާން ބަލަން ހުރުމުންނެވެ..އެހިނދު އިޚްތިޔާރަކާ ނުލާ އީން ގެ ލޮލުން ކަރުނަ ހިލުނެވެ…”އަހަނ…ވަޓް އަ ސަޕްރައިޒް…ޖީ.އެފް ވެސް މިކޮޅަށް ގެނައީތަ..” ކޮށާފައި ހުރި ފުރުޓްސް ތައްޓެއް ހިފާއިގެން ވަރަށް ހެވިލާފައި ހުރެ ކޮޓަރިއަށް ވަން މައިރީން ފެނުމުން […]