ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާ ހޯދުމަށް ވިޝާލް ކުރަމުންދިޔަ މަސައްކަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އާލާ ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންދިޔައީ ކޮންމެވެސް ދުވަހަކުން އާލާ ފެންނާނެއޭ އޭނާގެ ހިތް ބުނާތީއެވެ. އަނެއްކޮޅުން އައިފާ މަސައްކަތް ކުރަމުންދިޔައީ އާރާ އާއި ޝާއިމް ދުރުކުރުމަށެވެ. އާރާ ފެނުނަސް އައިފާ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް އައިފާ ސިކުނޑިއަށް އެކި ހިޔާލުތައް ވަދެ ނިކުމެ ހަދަމުން ދިޔައެވެ. ޝާއިމް އޭނާގެ މީހަކަށް […]
އެވަގުތު ލޯންޗަށްއެރި ވިޝާލްފެނި އާލާގެ ދެލޯ ބޮޑުވިއެވެ. ލޮލަށް ކަރުނަޖަމާވާންފެށީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއްފަހަރު ކުރިމަތީގައި އިން ނަސީރަށް އަނެއްފަހަރު ވިޝާލްއަށް ބަލަމުންދިޔައިރު ހަދަންވީ ގޮތެއް އާލާއަކަށް ނޭނގުނެވެ. ތަންކޮޅެއް ދުރުގައި ވިޝާލް އިނެއްކަމަކު ވިޝާލްގެ މޫނު ކިތަންމެހާވެސް ރީތިކޮށް އާލާއަށް ފެނެއެވެ. އަޅައިގެން އިން މޫނުބުރުގާ ނެގުމަށްފަހު ވިޝާލް ކައިރިއަށް ދާންވެސް އާލާ ބޭނުމެވެ. ނަމަވެސް ސަމީރާގެ އިންޒާރުތައް ހިތައް އެރިޔަސް ބިރުން ފިއްކަނޑައިގެން ދާވަރުވެއެވެ. ސަމީރާއަށް ވިޝާލްއަކީ ކާކުކަން އެނގިއްޖެއްޔާ ހަދާނެ […]
ގަބުވެފައި އާލާއަށް ހުރެވުނީ ރޯން ކީއްކުރަން ގުޑިލަންވެސް ނޭނގިފައެވެ. ސަމީރާ އެ ގޮތަށް އެ ކަންތައް ކުރަނީ އޭނަގެ ކޮންކުށެއް އޮވެގެންބާއޭ އާލާގެ ހިތައް އަރަމުންދިޔައެވެ. ވިޝާލް ނޫން އިތުރު މީހަކާއިއެކު އުޅެން އޭނައަށް ކެތްވާނެ ހެއްޔެވެ؟ ލޯ ފޮހެލަމުން އާލާ ކޮޓަރިން ނިކުންނަން ހިނގައިގަތީ ބަނޑުހައިވެފައި ހުރިވަރުން ފެންފޮދެއް ނަމަވެސް ބޯލެވޭތޯއެވެ. އާލާއަށް ރަނގަޅަށް ނުނިކުމެވެނީސް ސަމީރާގެ ޒީލަގަދަ އަޑުއިވުނެވެ. “އާހިލްއަށް ކިހިނެތް ވެގެންތަ ތި އުޅެނީ….؟ މިއަކީ ކަލެއަކާ ބެހޭ ކަމެއް ނޫނޭ….. މަށަށް […]
އެވަގުތު އެމީހުންނާއި ދިމާއަށް ސަމީރާ އަންނަން ފެށުމުން އާލާ ބިރުން ރޫރޫ އަޅައިގަތެވެ. ސަމީރާ ހަދާނެ ގޮތެއް އެނގެނީކީ ނޫން ވިއްޔާއެވެ. ކޮންމެފަދަ ކަމެއްވެސް އޭނަ ކޮށްފާނެއެވެ. އާލާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުން ވިޝާލްގެ ހިތުގައި ސުވާލު އުފެދުނެވެ. އައިގޮތަށް އައިސް އެންމެ ފުރަތަމަވެސް ސަމީރާ އޭނާގެ އަތުގެ ހޫނު ހަމަލާއެއް އާލާގެ ކޯ މައްޗަށް އަރުވައިލިއެވެ. އެވަގުތު އާލާގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. މަންޒަރު ބަލަންހުރި ވިޝާލްގެ ލަގޮނޑި ނުނުކުތީ ހަމަ ކިރިޔާއެވެ. ދެވަނަ […]
“ފަރީދާ އައިސް ކީ މިއަދު ހެނދުނު އެ ސަމީރާމެން ގޭގަ އަޑެއް ހުއްޓޯ…. އެގޭގަ މެދަށް ހުރޭނުން ދޯ ގޮޔެއް….. އާލާ ދޯ އެ މަންޖެއަށް ކިޔަނީ….. އެ ސަމީރާ އެ އުޅެނީ އެ މަންޖެ އެއްކަލަ މުއްސަނދި ނަސީރާއި ދެވަންށޯ… މީހަކު އަޅެ އަޖައިބެއް ނުވާނެ…. އުމުރުގެ ގޮތުންވެސް ވިއްސަކަށް އަހަރު ބޮޑުވާނެ ތޯއްޗެ އެ ނަސީރު….” އެމީހާ ދައްކަމުންދިޔަ ވާހަކަ އަޑު އަހަން ހުރި ވިޝާލްގެ ދުނިޔެ އެނބުރިގަތް ފަދައެވެ. އާލާ އުޅޭނެ ހާލު […]
ކުރިމަތީގައި ހުރީ ވިޝާލް ނޫން ދެވަނަ މީހެއް ނޫނެވެ. އާލާއަށް ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. އަނެއްކާ އޭނައަށް މި ފެންނަނީ ހުވަފެނެއް ބާވައެވެ. އާލާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ވިޝާލް ގައިގައި ބައްދާލަންވެސް އޭނާގެ ހިތައް އަރަމުން ދިޔައެވެ. ފެންކަޅިވެފައިވާ ވިޝާލްގެ ދެލޮލުން ދިޔައީ އެތައް ވާހަކައެއް ބުނެދެމުންނެވެ. ވިޝާލް ހުރީ މާފަށް އެދެންވީ ގޮތެއް ނޭނގިފައެވެ. އާލާއާއި ދިމާއަށް ކިޔުނު އެއްޗިހިން ވިޝާލް ހުރީ ވަރަށް ލަދުގަނެފައެވެ. އާލާގެ މޫނުމައްޗަށްވެސް ފަނޑު ހިނިތުންވުމެއް […]
ޒާއިފްއަށް ލޯ ހުޅުވައިލެވުނުއިރު އޮވެވުނީ ކޮންތާކުކަން ނޭނގުމުން އެކި އެކި ކޮޅުކޮޅަށް ބަލަން ފެށުނެވެ. މި އޮވެވެނީ ހޮސްޕިޓަލެއްގައިކަން އެނގުނީ އެތާގައި ހަރަކާތްތެރި ވަމުންދާ ނަރުސް ކުދިންތަކާއި އެހެން އެނދުތަކުގައި އެނދުމަތި ކުރެވިފައިވާ އެކި އުމުރުގެ މީހުން ފެނުމުންނެވެ. ޒާއިފްއަށް ފުރަތަމަވެސް ބަލައިލެވުނީ ޒިވާ ކޮބައިތޯއެވެ. އޭރު ސީދާ ޒާއިފްއަށް ބަލަހައްޓައިގެން އިން ޒިވާ ފެނި ޒާއިފްއަށް ތެދުވެވުނީ ބޭ އިހްތިޔާރުގައެވެ. ދެލޯ ރަތްވެ ދުޅަ ވެފައި ހުރުމުން ދެންމެވެސް އޭނާ ރޮއެފިކަން ބަލާލި ކޮންމެ މީހަކަށްވެސް […]
“ވި…ވި..ވިޝާލް… ވެ..ވެން ޑިޑް ޔޫ..ޔޫ ކޭމް….” އަޅައަޅައިގަންނަމުން ވާހަކަ ދެއްކި ޒާރާ ހީވީ ވައްކަމެއް ކޮށްގެން ފަޅާއެރިހެންނެވެ. އެނދުން ތެދުވެ މަޑުމަޑުން ޒާރާ ވިޝާލްއާއި ދިމާލަށް ހިނގައިގަތީ ތެޅި ތެޅި އޮތް ހިތަކާއި އެކުއެވެ. މުށަށް އެޅި ބަދަން ކޮޅު އަނގައަށް ލާން ހަނދާންނެތިފަ ހުރި މިޝްޔާއަށް މި ވާން އުޅޭގޮތް އިނގޭފަދައެވެ. އެގެއަށް އޯވާ ނައިޓްއަކަށް އައިތީ އޭނާގެ އެއްޗިހި އަޅައިގެން އައި ދަބަސް ކޮނޑުގައި އަޅުވާލަމުން އޭނާ އަވަސް އަވަހަށް އެ ތަނުން ނުކުތެވެ. […]
ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށް ބޯދިއްކޮށްލި ޒާއިފްއަށް މަރުހަބާކީ އަނދިރިކަމެވެ. ސިޓިންރޫމުގައި އިން ބޮކީގެ ފަނޑު އަލިކަން ފިޔަވައި އިތުރު އެއްވެސް އަލިކަމެއް އެތާކު ނުވެއެވެ. އެކި ދިމަދިމާ ހޯދަމުން ކުރިއަށް ހިނގައިގަންނަން އުޅުން ޒާއިފްއަށް ހުއްޓިލެވުނީ ފެން ޖަގެއް ހިފައިގެން ކޮޓަރިއާއި ދިމާލަށް އައި ޒިވާ ފެނިފައެވެ. ޒާއިފްއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޒިވާ ކޮޓަރިއަށް ވަނެވެ. ވާނުވާ ނޭނގޭ ހާލުގައި ހުރި ޒާއިފް އޭނާގެ ދެލޯ އުނގުޅާލިއެވެ. ހުވަފެނެއްތޯ ޔަގީން ކުރުމަށެވެ. އެއީ […]