ކުށަކާނުލައި- 14ވަނަބައި
ގަދަކަމުން ހެވިފައި ހުރި ލާނާގެ ކުލަ އޮއްސުނީ އާލިމްއާއި އެކީ ޕާޓީއަށް ވަދެގެންއައި މީހާފެނިއެވެ.
އާލިމްއާއި އެކީ ދޮރުން ވަދެގެންއައި އިދާން ފެނި ލާނާ ތުރުތުރު އަޅައިގަތެވެ. މޭނުބައިވެ ހޮޑުލެވެން އުޅެނީއޭވެސް ލާނާއަށް ހީވިއެވެ. އާލިމް އެގޮތަށް އިދާން ގޮވައިގެން އެއައީ ކީއްވެހެއްޔެވެ. އޭނާއަށް އިދާން އިނގެނީ ކިހިނެއްހެއްޔެވެ. އެދެމީހުން އެކަކު އަނެކަކު ދަންނަނީކަން ގައިމެވެ. ލާނާގެ ލޮލަށް ޖަމާވާންފެށި ކަރުނައިން އެ ނާޒުކު ދެލޯ ފުސްވާން ނެގީ ސިކުންތުކޮޅެކެވެ. ބިންފަޅާފައި އަޑިއަށް ދާން ހިތަށްއެރި އަދަދެއްވެސް ނޭނގެއެވެ. ލާނާއަށް އެތާ ހުންނަން ކެތްނުވުމުން ކުރިޔަށް ފިޔަވަޅެއް އަޅައިލީ އެތަނުން ދިއުމުގެ ބޭނުމުގައެވެ. ނަމަވެސް އެޅި ފިޔަވަޅު ހުއްޓަންޖެހުނީ ހެވިފައި ލާނާގެ އަތުގައި ހިފި އަލަންގެ ސަބަބުންނެވެ. ފެންކަޅިވެފައި ހުރި ލާނާ ފެނުމުން އަލަން އެއްބުމަ އަރުވައިލީ ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ. “ބަލަ މިތާނގަ ތި ވޯޓާރ ވޯކްސް އަރުވަން އުޅޭނެ ކަމެއްނެތް. ތި ލޯބި މޭކަޕްވެސް ހަޑިވެދާނެ އެންނު ވައިފީ.” ޖެއްސުމަށް ވާހަކަ ދެއްކިކަމުގައި ވިޔަސް އަލަންގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެންވެއެވެ. ޖީބުން ޓިޝޫއެއް ނެގުމަށްފަހު އަލަން ލާނާގެ ލޯ ފޮހެދޭންފެށީ ބަލައިލި ކޮންމެ މީހަކަށްވެސް އެއީ ލޯބިންއުޅޭ ދެމީހުންކަން ޔަގީންވާނެހައި ރީއްޗަށެވެ. އަލަންގެ މިއަމަލުން އުނދަގޫވިކަމުގައި ވިޔަސް ލާނާއަށް ދުރަށްޖެހޭނެ ހިތްވަރެއް ނުލިބުނެވެ. ދުވަސްގަނޑަކަށް ފަހު އިދާން ފެނުމުން ލާނާގެ ތަބީއަތުވަނީ މުޅިން ހަރާބުވެފައެވެ.
އާލިމްއާއި އެކީ ދަރުބާރުގޭ އެތެރެއަށް ވަދެގެންއައި އިދާންގެ ފިޔަވަޅު ހުއްޓުނީ ކައިވެނީގެ ހެދުމުގައި ހުރި ލާނާއާއި އަލަން ފެނިފައެވެ. ލާނާގެ މޫނުގައި އަލަން ހިފަހައްޓައިގެން ޓިޝޫއިން މޫނު ފޮހެދޭން ހުރިއިރު ހީވަނީ ވަރަށް ލޯބިންއުޅޭ ދެމީހުން ހެންނެވެ. އިދާންގެ މެޔަށް ތަދެއް އެރިކަހަލަ އިހުސާސެއް ވުމުން މޭމަތީގައި އަތްއަޅައިލެވުނެވެ. އޭނާ މި ޕާޓީއަށް އައީ އާލިމްގެ ކޮއްކޮގެ ކައިވެންޏޭ ބުނީމައެވެ. އާލިމްގެ ކޮއްކޮއަކީ އަލަންކަން އިނގުންނަމަ އޭނާ މި ޕާޓީއަކަށް ނުވެސް އަންނާނެއެވެ. ލާނާއާއި އަލަން އެކުގައި ހުރިތަންފެނި އިދާންގެ ހިތުގައިޖެހުނެވެ. ލާނާއަށް ނިކަން ބަލައިބަލާށެވެ. ލާނާ އެހާ އަވަހަށް އިދާން މަތިން ހަނދާން ނައްތައިލީހެއްޔެވެ. ލާނާއަށް އިދާންގެ ލޯބި ހަމަ އެހާ ބޭކާރީހެއްޔެވެ. ލާނާދެކެ އިދާން ވީ ހަގީގީ ލޯބީގެ ބަދަލު މިފަދަ ގޮތަކަށް ލިބިދާނެ ކަމަކަށް ދުވަހަކުވެސް ހިޔެއްނުކުރެއެވެ. “ކީއްވެ ލާނާ؟ ކީއްވެ ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލީ؟” އިދާން އަމިއްލަ ނަފްސަށް އިވޭނެހައި މަޑުން މިހެން ބުނިއިރު އެއަޑުގައި ވީ ޝަކުވާއެވެ. ލާނާ އެގޮތަށް ބޭވަފާތެރި ވެދާނެކަމަކަށް އިދާން ދުވަހަކުވެސް ހިއެއްނުކުރެއެވެ. ލޯބިން ލާނާގެ ދެލޯ ފޮހެދެމުންދިޔަ އަލަންއާއި ލާނާފެނި އިދާންގެ ހިތް ކުދިކުދި ވަމުންދިޔައެވެ. ހީވަނީ މީހަކު ހިތުގައި ހިފައި ފިއްތައިލާހެންނެވެ. ހިތުން ލޭކަރުނަ އޮހެމުންދިޔައިރު އިދާންއަށް މޭގައި އަތްއަޅައިލެވުނީ ހިތަށްވީ ތަދުންނެވެ. “ހޭ އިދީ.. ކިހިނެއްވީ؟” ދޮރުމައްޗަށް އަރައި އިދާން ހުއްޓިގެން ހުރުމުން އާލިމް އަހައިލިއެވެ. އަމިއްލަ އިހުސާސްތައް ފޮރުވަމުން އިދާން ބޯ ހޫރައިލީ ކަމެއް ނުވެޔޭ ބުނާފަދަ ގޮތަކަށެވެ. އިތުރު ގޮތެއް ނެތުމުން އިދާން މަޑުހިނގުމެއްގައި އާލިމްގެ ފަހަތުންގޮސް ލާނާއާއި އަލަންގެ ކުރިމައްޗަށް ހުއްޓުނެވެ.
ލާނާގެ ލޯ ފޮހެދޭންހުރި އަލަންގެ ނަޒަރު އެމޫނުން ވަކިކޮށްލީ އާލިމް ކަރުކެހެލި އަޑުއިވުމުންނެވެ. އެވަގުތު ކުރިމަތީގައި ހުއްޓިގެންހުރި އިދާންފެނި އަލަންގެ ހައިރާންކަން އިތުރުވިއެވެ. އާލިމްއާއި އެކީ ހުއްޓިގެންހުރި އިދާން ފެނި އަލަންގެ މޫނުމަތި އުޖާލާވެ އެތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ނަމަވެސް ލާނާއަށް އެމަންޒަރު ބަލަން ކުޅަދާނަ ނުވުމުން އިސްޖަހައިލީ ކުއްވެރިއެއް ފަދައިންނެވެ. އަލަންއަށް މިކަން އިނގުމުން ލާނާއާއި އިދާންއަށް ޖެއްސުންނުކޮށެއް ނުހުރެވުނެވެ. ބަލާކަށްނުހުރެ އަލަން ވަގުތުން ލާނާގެ އުނަގަނޑުގައި އަތުން ވަށައިލަމުން ގެނެސް ގައިގައި ތަތްކޮށްލިއެވެ. އަލަންގެ މިއަމަލުން އިދާންގެ ހިތުގެ ރިހުން އިތުރަށް ގަދަވިއެވެ. ލާނާގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އަލަން އެގޮތަށް އެ ކަންތައްކުރީ އިދާންއަށް ދައްކައި ހިތުގައި ޖައްސަންކަން އިނގުމުން ލާނާގެ ހިތުގައި އަލަންއަށްޓަކައި ވީ ނަފްރަތު އިތުރުވިއެވެ. ނަމަވެސް އަލަންގެ އަތް ދުރުކުރާނީވެސް ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ. އެއީ ލާނާގެ ހަލާލު ފިރިމީހާއެވެ. އަނެއްކޮޅުން އިދާންއާއި އާލިމްގެ ކުރިމަތީގައި އެގޮތަށް ކަންތައް ކުރާކަށް ލާނާއަކަށް ނުކެރޭނެއެވެ. އިދާންގެ ކުރިމަތީގައި ލާނާގެ ބަލިކަށިކަން ދައްކާކަށް ލާނާ ބޭނުމެއް ނޫނެވެ. ލާނާ ބޭނުންވަނީ އިދާންގެ ހިތުން ލާނާގެ ނަންވެސް ފޮހެލާށެވެ. އޭނާ މަތިން ފޫހިކުރުވާށެވެ. އެކަމަށްޓަކައި ލާނާ އެހުރީ ކޮންމެ ކަމެއްކުރަން ޖެހުނުކަމުގައިވިޔަސް ތައްޔާރަށެވެ.
“ހޭ ލަވްބާރޑްސް. މީހުން އަންނަކަންވެސް ދަނެގެން އުޅެބަލަ.ހެހެހެ.. އަލަން..ބޭބޭ ބުނީމެންނު ބޭބެގެ ރައްޓެއްސަކަށް އިންވައިޓް ކުރާވާހަކަ. މިއީ ބޭބެގެ ފްރެންޑަކީ. މީޓް އިދާން. އިދާންއަކީވެސް ޑޮކްޓަރެއް. ބޭބޭއާއި އިދާންއާއި ވޯކް ކުރަނީ އޭޑީކޭގައި. އެތަނުން ދިމާވީވެސް.. އެންޑް އިދީ.. މީ އަހަރެންގެ ފިރިހެން ކޮއްކޮ އަލަން.. ހީ އިޒް ދަ ބެސްޓް ބްރަދާރް އެނީވަން ކޭން ގެޓް.” އާލިމް ދިޔައީ އެކަކު އަނެކަކަށް ތައާރަފް ކޮށްދެމުންނެވެ. އަލަން ހެވިފައި ތިރީސް ދެދަތް ސޭލް އަޅުވައިގެން ހުރީ އިދާންގެ މޫނުން އަރައި ފައިބަމުންދާ ކުލަވަރު ބަލާށެވެ. ވަގުތުގެ ރަނގަޅު ކަމުން އަލަން ފުރުސަތުގެ ބޭނުން ހިފައި ފަށައިގަތެވެ. “ހާއި. އައިއެމް އަލަން. މީޓް މައި ވައިފް ލާނާ.. ވަރަށް އުފާވެއްޖެ އިދާން އައީމަ އަހަރުމެންގެ އުފަލުގައި ބައިވެރިވާން. ” ސަލާމަށް އަތްދިއްކޮށްލަމުން އަލަން ވާހަކަ ދެއްކިއިރު ހީވަނީ އަލަށް ދިމާވި މީހެއް ހެންނެވެ. އިދާންގެ އަތްމުށްކެވި ދަތްކުނޑި ވިކާލެވުނީ އަލަންގެ ހުރި ދެއްކުންތެރިކަންފެނިފައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން މޫނުމައްޗަށް ޕްލާސްޓިކް ހިނިތުންވުމެއް ވެރިކުރުވީ އިދާންއަކީވެސް ދެރަމީހެއްކަން ނާނގަންވެގެންނެވެ. “އިދާން..މަރުހަބާ ދެކުދިންނަށް ހަމަ. ވައިފް ވަރަށް ލޯބި ހަމަ.. ލީމޯގެ ފަހަރި ވީމަ އަހަރެންވެސް ފަހަރި ދޯ ކިޔަންވީ.” އަލަންއަށް މުހާތަބުކުރަމުން ވާހަކަދެއްކި އިދާންގެ ފަހު ޖުމްލައިވިފައި އިސްޖެހިފައި ހުރި ލާނާ ސިހިފައި ބަލައިލީ ކަންފަތަށް އިވުން ވާހަކަތައް ގަބޫލުނުކުރެވިގެންނެވެ. އިދާން ވާހަކަ ނުދެއްކިޔަސް މައްސަލައެއް ނެތެވެ. އެކަމަކު ފަހަރި ކިޔަނީ ކީއްކުރަންހެއްޔެވެ. ހިތުގައި ޖެހިފައިހުރި ލާނާގެ ސިހުން އިތުރުވީ ސަލާމްކުރަން އިދާން އަތްދިއްކޮށްލުމުންނެވެ. “ފަހަރި އަހަރެންނާ ވާހަކަވެސް ނުދައްކާނަންތަ؟” މަލާމާތުގެ ރާގަކަށް އިދާން އެހެންބުނިއިރު އެއަޑުގައި ވީ ރުޅިވެރިކަން ލާނާއަށް ފާހަގަވިއެވެ. ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން އިދާންއާއި ލާނާ ސަލާމްކުރަން އަތުގައި ހިފާލިއެވެ. އެހައި ދުވަހަށްފަހު އިދާންގެ އަތުގައި ހިފައިލެވުމުން ލާނާއަށް ބަޔާންކުރަން ނޭނގޭކަހަލަ އުފަލެއް ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. މިހާރު ލާނާއަކީ އަލަންގެ އަނބިމީހާއެވެ. ކޮންމެ ހާލަތެއްގައި މިކައިވެނި ކުރެވުނުކަމުގައިވިޔަސް އިދާންއާއި ދުރުގައި ހުރުމަށް ލާނާ އަމިއްލަ ނަފްސަށް ވައުދުވިއެވެ. އަދި އަލަންގެ އަނބެއްގެ ގޮތުގައި ވަފާތެރިކަން މަތީގައި ހުންނަން ލާނާ ބޭނުންވެއެވެ. ލާނާ ހިތިގޮތަކަށް އިދާންއަށް ބަލައިލަމުން ސަލާމަށް ދިއްކޮށްލި އަތްނައްޓުވާލަން އުޅުނެވެ. ނަމަވެސް އިދާން އަތުން ދޫނުކޮށް އަތަށް ފިއްތައިލުމުން ދެލޯ ބޮޑުކޮށްލައި ލާނާއަށް ބަލައިލެވުނީ އަތަށްވީ ތަދުންނެވެ. އިދާން ހީވަނީ ލާނާގެ އަތުން ދޫނުކުރަން ހުވާކޮށްގެންހުރި މީހެއް ހެންނެވެ. އަލަންއަށް މިކަން ފާހަގަވެ ކަރުކެހިލުމުން އިދާން ވަގުތުން ލާނާގެ އަތުން ދޫކޮށްލީ އިތުރު ގޮތެއް ނެތުމުންނެވެ.
ދުރުގައި ފޯނާއި ކުޅެންހުރި އާލާ އަލަންމެންނާއި ދިމާލައަށް މިސްރާބު ޖަހައިލީ ސެލްފީއެއް ނެގުމުގެ ބޭނުމުގައެވެ. ފަރި ހިނގުމުގައި ހިނގާފައި ދިޔަ އާލާގެ ފިޔަވަޅު މަޑުޖެހިލީ އާލިމް ކައިރީ ހުއްޓިގެންހުރި އިދާން ފެނިފައެވެ. “ވާއު” އާލާއަށް މަޑުމަޑުން ކިޔައިލެވުނެވެ. އާލިމް ކައިރީގައި ހުއްޓިގެން މިހުރީ ކޮން ޒުވާނެއްބާއޭ އާލާގެ ހިތަށް އެރިއެވެ. ފުރަތަމަ ފެނިލުމުންވެސް އެހިތައި ކުޅެލައިފިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ހުދުކުލައިގެ ގަމީހާއި ކްރީމް ކުލައިގެ ފަޓުލޫނުގައި އިދާން ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ކުރުކޮށް ކޮށާފައިވާ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައިވާއިރު ރީތި އިސްކޮޅެއްގެ ޒުވާނެކެވެ. “ޖިމްއަށްވެސް ދޭ ކަންނޭނގެ.” އިދާންގެ ވަރުގަދަ ބައިމަތި ފުޅާ ހަށިގަނޑަށް ބަލައިލަމުން އާލާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ. ބަސްހުއްޓިފައިހުރި އާލާ ހަމަބިމަށް ފޭބީ ކަންފަތްދޮށުގައި އާލިމް ހަޅޭއްލަވައިގަތުމުންނެވެ. ސިހިފައި ކުރިމައްޗަށް ބަލައިލިއިރު އާލިމްއާއި އިދާން ކުރިމަތީގައި ހެވިފައި ހުރިތަން ފެނުމުން އާލާ ލަދުގަތެވެ. “ދެން އެއްކަލަ ބޭބެގަނޑު.. ވަރަށް ފޫހިވޭ.” ތުން އޫކޮށްލަމުން އާލާ ބުނީ ކުޑަކުއްޖެއް ހެންނެވެ. އާލިމް ހެމުން ހެމުން އާލާގެ ކޮނޑުގައި އަތް އަޅުވައިލަމުން އިދާންއަށް ދައްކައިލިއެވެ. “އިދީ. މީޓް މައި ބޭބީ ސިސްޓާރ އާލާ..އަދިވެސް ހަމަ ބޭބީއެއް މީ…ހެހެހެ… މީ އަހަރުމެންގޭ ޕްރިންސަސް އަކީ… އާލު، މީޓް ބޭބެގެ ފްރެންޑް ޑރ.އިދާން.. ބޭބެއާއި އިދީ ވޯރކް ކުރަނީ އެކީ އޭޑީކޭގައި.” އާލިމް ހެވިފައި މިހެން ބުނެލުމުން އާލާގެ ހިނިތުންވުން ފުންވެގެންދިޔައެވެ. “ހާއި. އައިއެމް އިދާން.. ނައިސް ޓު މީޓް ޔޫ.” ސަލާމަށް އަތްދިއްކޮލަމުން އިދާން ވާހަކަ ދެއްކިއެވެ. އިދާން އިސްވެ ވާހަކަ ދެއްކުމުން އާލާގެ ހިތް އުފަލުން ނަށައިލިއެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު އިދާންގެ އަތުގައި ހިފައި އާލާ ސަލާމް ކޮށްލިއެވެ. “އާލާ..” އާލާގެ ޖަވާބު ކުރެވެ. ނަމަވެސް އެ މޫނު ހީވަނީ ޖަންބެއް ހެންނެވެ. ބަދަލުގައި އިދާން ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“ހޭއި އިދީ.. މިތާ ކީއްކުރަނީ.” ފަހަތުންއައި ހުޒާމް ހާސްވެފައި އަހައިލީ ލާނާގެ ކައިވެނި ޕާޓީއިން އިދާން ފެނުމުންނެވެ. ހުޒާމްގެ މިކުއްލި ސުވާލުން އާލިމްއާއި އާލާވެސް ބަލައިލިއެވެ. އާލިމް ބަލައިލީ ވާނުވާ ނޭނގޭ ކަހަލަ ގޮތަކަށެވެ. ހުޒާމް ވަގުތުން އިދާންއާއި އޭނާއަކީ ކުޑައިރުގެ ރައްޓެހިން ކަމުގައި ބުންޏެވެ. “ލީމޯ ކިހިނެއް އިދީ ދަންނަނީ” ހުޒާމް އަހައިލިއެވެ. އެވަގުތު އާލިމް އޭނާއަށް އިދާން އިނގޭ ގޮތާއި ދިމާވިގޮތް ކިޔައިދިނެވެ. އާލިމްގެ ވާހަކަ އަޑުއަހަމުންދިޔަ ވަރަކަށް ހުޒާމްގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އާލިމްގެ އެހާގާތް މީހަކަށް އިދާންވެފައި ވީއިރު އަލަންގެ އަންހެނުންނަކީ ލާނާއެވެ. ހަމަގައިމުވެސް އިދާން އެގެޔަށް އެކި ކަންކަމުގައި ދާނެއެވެ. ހުޒާމް ހަމްދަރުދީގެ ނަޒަރުން އިދާންއަށް ބަލައިލިއެވެ. އިދާން ވަކި އެއްޗެއް ނުބުނެ ހިތިގޮތަކަށް ހިނިތުންވެލީ ހުޒާމްއަށް އޭނާގެ ހިތުގެ ހާލު އިނގޭނެތީއެވެ. “އިދީ ހިނގައި ކާންދާން.. ވަރަށް ބަނޑުހައި..” ހާސްކަން ފޮރުވައިލަމުން ހުޒާމް މިހެންބުނީ އިދާންއާއި އެކަނި ވާހަކަ ދައްކަން ބޭނުންވުމުނެވެ. ދެކޮޅު ހެދުމެއްނެތި އިދާން އެކަމަށް ބޯ ޖަހައިލީ މީހަކާ ވާހަކަ ދައްކަން ބޭނުންވެފައިހުރިވަރު ބޮޑުކަމުންނެވެ. އެވަގުތުވީ އާލިމްއަށް ފޯނު ކޯލެއްއައި ވަގުތު ކަމުން އޭނާ ދުރަށްޖެހިލިއެވެ. ވަގުތު ބަލައި ހުޒާމް އަވަހަށް އިދާން ގޮވައިގެން ކާއެއްޗެހި ބަހައްޓާފައިހުރި ދިމާލަށް މިސްރާބު ޖެހިއެވެ. އިދާން ދިޔަ ދިމާލަށް ބަލަންހުރި އާލާ މޭގައި އަތްއަޅައިލީ ހިތުގައި އާވިންދެއް ޖެހިކަމުގެ އިހުސާސްވުމުންނެވެ.
ޕާޓިގެ ބާކީއޮތްބައި ދިޔައީ މިކަހަލަ ގޮތަކަށެވެ. އިދާން ފެނުންފަހުން ލާނާގެ ލޮލަށް ކަރުނަ ޖަމާވި އަދަދެއް ނޭނގެއެވެ. ނަމަވެސް އަލަންއަށް ވީ ދިމާއިދިކޮޅެވެ. އިދާން ޕާޓީއަށް އައިފަހުން އަލަންގެ މޫނުމަތި އިތުރަށް އުޖާލާވިއެވެ. ދުރުގައި އެމީހުންނަށް ބަލަންއިން އިދާން ފެންނަ ކޮންމެ ފަހަރަކު އަލަން ދެއްކުންތެރިކަމާއިއެކު ލާނާ ގެނެސް މޭގައި ޖައްސާލައެވެ. ނޫނީ ނިތަށް ދޮނެއްދެއެވެ. ބައްދާލައެވެ. މިމަންޒަރު ފެންނަ ކޮންމެ ފަހަރަކު އިދާންގެ ހިތުގެ ރިހުން ގަދަވެއެވެ. އިދާން ހަމައަކަށް އެޅުވޭތޯ ހުޒާމް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރިއެވެ. ނަމަވެސް ވީ ފައިދާއެއް ނެތެވެ. އަނެއްކޮޅުން އާލާގެ ހާލަތުވެސް ހަމަ މިވަރެވެ. އިދާން ފެނުންފަހުން އެމޫނަށް ބެލުންނޫން ކަމެއް އާލާއަކަށް ނުވެއެވެ. ހަގީގަތް އިނގޭ ދުވަހަކުން އާލާއަށް ވާނީ ކިހިނެއްބާވައެވެ.
ގަޑިން 10.00 ޖެހިއިރު ދެން ފެށުނީ ބޮޑުބެރުގެ ހަރަކާތްތަކެވެ. އޭގެ ކުރިން މުޅި ޕާޓީ ކުރިއަށް ދިޔައީ ލައިވް މިއުޒިކްއާއި އެކީގައެވެ. ރާއްޖޭގެ އެންމެ ނަންހިނގާ މިއުޒީށަނުންވެގެން ލައިވް މިއުޒިކް ކުރިއަށް ދިޔައިރު ޕާޓީ ދިޔައީ ވަރަށް ފޯރީގައެވެ. އިދާންއަށް ދެއްކުމަށްޓަކައި އަލަންގެ އެދުމުގެ މަތިން އޭނާގެ ފަރާތުން ލާނާއަށް ލަވައެއްވެސް ހާއްސަކުރިއެވެ. ވީފޫއްސެއްގެ ބޮޑުކަމުން ލާނާ ދަތްކުނޑި ވިކައިލީ އަލަން ގަސްތުގައި އިދާންއަށް ޖެއްސުންކުރަން އުޅޭތީއެވެ. ބޮޑުބެރު ޖަހަން ފެށުމާއިއެކު އެންމެން ހީވީ އެހެންފަދަ ކަމެއްހެންނެވެ. ޝާކިރުއާއި ހަސީނުވެސް ނުހުރެވިގެން ނަށަން އެރިއެވެ. ބައްޕަމެން އެގޮތަށް ނަށާތަން ފެނުމުން އާލިމްމެން ތިން ބޭންނާއި ލާނާހުރީ ދެލޯ ބޮޑުވެފައެވެ. މީގެ ކުރިން ޝާކިރުމެން މިފަދަ ގޮތަކަށް ފެނިފައި ނުވާތީއެވެ. މިހުރިހައި ކަމަކުންވެސް އުނދަގޫވެފައި ދުރުގައި އިނީ އިދާންއެވެ. ކިތަންމެ ފަހަރަކު އިދާން ގެއަށްދާން އުޅުނެވެ. ނަމަވެސް އާލިމްގެ އެދުމުގެ މަތިން މަޑުކުރަންޖެހެނީއެވެ. ބޮޑުބެރު ޖަހައި ނިމުމުން ދެން ސްޓޭޖަށްއެރީ މައިކެއް ހިފައިގެން އާލާއެވެ. “ހެލޯ ގައިސް.. ދެންއޮތީ މިރޭގެ އެންމެ ހާއްސަ އައިޓަމް.. އެބަޔަކަށްޓަކައި މިހަފްލާ ހާއްސަކުރެވިފައިވާ ނިއުލީ މެރީޑް ކަޕުލް ގެ ފަސްޓް ޑާންސް އޭޒް ހަޒްބަންޑް އެންޑް ވައިފް، މިސްޓާ އެންޑް މިސިސް އަލަން ޝާކިރު… ދޮންބެ އެންޑް ލާލާ އަވަހަށް ޑާންސް ފްލޯރއަށް.” ސްޓޭޖްގެ ކުރިމައްޗަށް އިޝާރާތްކުރަމުން އާލާ ސްޓޭޖުން ފޭބިއެވެ.
އާލާގެ ވާހަކަ އިވިފައި ލާނާގެ އަނގަހުޅުވުނީ ގަބޫލުނުކުރެވިގެންނެވެ. މިތާ ކޮޅަށް އަލަންއާއި އެކީގައި ހުރުމަކީވެސް ވޭނެކެވެ. މިހާރު އެންމެންގެ ކުރިމަތީގައި ނަށަންވީއެވެ. އިދާންގެ ހިތަށް ހާދަ ތަދުވާނެއެވެ. އަދި ކިތައް ކަންތައް އިތުރަށް ކުރަން ޖެހޭނެބާއޭ ލާނާގެ ހިތަށް އެރިއެވެ. “މޭ އައި.” ނުލަފާގޮތަކަށް ހެވިފައި ހުރެގެން އަލަން ލާނާއަށް އަތްދިއްކޮށްލިއެވެ. ގޮތްހުސްވެފައިހުރެ ލާނާ އެއަތުގައި ހިފުމުން އަލަން ވަގުތުން ލާނާ ގަޔާއި ކައިރިއަށް ދަމައިލިއެވެ. އަދި ލާނާގެ އަތުގައި ދޮނެއް ދިނުމަށްފަހު ގޮވައިގެން ސްޓޭޖް ކުރިމައްޗަށް އެރިއެވެ. އެވަގުތު އެތަނުގައި ތިބި ހުރިހައި އެންމެން ‘ވޯހް.. އޯ..’ ކިޔައި ހަޅޭއްލަވަންފެށިއެވެ. ޑާންސް ފްލޯއަށް އެރުމާއިއެކު ޖަހަންފެށީ ‘އެޑް ޝީރަންގެ ތިންކިންގް އައުޓް ލައުޑް’ އެވެ.
ޓޭކް މީ އިންޓު ޔުއާރ ލަވިންގް އާރމްސް
ކިސްމީ އަންޑާރ ދަ ލައިޓް އޮފް ތައުޒަންޑް ސްޓާރސް
ޕްލޭސް ޔުއާރ ހެޑް އޮން މައި ބީޓިންގް ހާރޓް
އައިއެމް ތިންކިންގް އައުޓް ލައުޑް
މޭބީ ވީ ފައުންޑް ލަވް ރައިޓް ވެއާރ ވީ އާރ
ލާނާގެ ހަށިގަނޑު ގަޔާއި ކައިރިކޮށްގެން މަޑުމަޑުން ނަށަމުންދިއިރު އަލަންގެ އަތުންވަނީ އެހަށިގަނޑުގައި ވަށާލެވިފައެވެ. ޖަހަމުންދިޔަ ލަވަ ހީވަނީ އަލަންއާއި ލާނާއަށް ހާއްސަކުރެވިފައިވާ ލަވައެއް ހެންނެވެ. ލަވަޔާއި އެއްވަރަށް އެންމެން ދިޔައީ އަތްޖަހަމުންނެވެ. އެކިދިމަ ދިމާލުން އަލަންއާއި ލާނާއަށް ތައުރީފުގެ ބަސްތައް އޮހެމުން ދިޔައިރު މި މަންޒަރު ބަލަން ދުރުގައި ހުރި އިދާންގެ ހިތްހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. ލާނާ ހެވިފައި އަލަންގެ އަތުތެރޭގައި ވާތަންފެނި އިދާންގެ ރުޅި ކޮންޓްރޯލުން ނައްޓައިފާނެހެން ވެސް ހީވެއެވެ.
ނަށައި ނިމުމާއިއެކު އެންމެންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. އަލަން ހެވިފައި ބަލައިލީ ދުރުގައި ހުރި އިދާންއަށެވެ. އަނެއްކޮޅުން ލާނާ ހުރީ އެތަނުން ނުކުންނަން ބޭނުންވެފައެވެ. މިހާރު އެތަނުގައި ތިބީ އާއިލާގެ މީހުންނާއި ގާތް މީހުން ކަމުން ލާނާ އެފުރުސަތުގެ ބޭނުން ހިފަން ބޭނުންވިއެވެ. “އަލަން.. މި އަނެއް.. އަހަރެން ޓޮއިލެޓަށް ގޮސްލާފަ އެބަ އަންނަން.” ނުބުނަން ހުރެފައިވެސް ލާނާ އަލަން ކައިރީ ބުނީ އަލަން އޭނާ ހޯދަން ފަހަތުން އަންނާނެކަން އިނގޭތީއެވެ. “ހޫމ… އަވަހަށް އަންނާތި… ބައްޕަބުނި އަދި އިތުރު ކަމެއް އެބަ އޮތޭ…” ފަރުވާކުޑަ ގޮތަކަށް އަލަން ބުނެލިއެވެ. ހިތާހިތުން ޝުކުރު ކުރަމުން ލާނާ މިސްރާބުޖެހީ ނުކުންނަ ދޮރާއި ދިމާލަށެވެ. ދޮރު ކައިރިއަށްގޮސް ލާނާ ބަލައިލީ އަލަން ބަލަންހުރިތޯއެވެ. އާލިމްއާއި ވާހަކަ ދައްކަންހުރި އަލަން ފެނުމުން ލާނާ އަވަހަށް ބޭރަށް ދެމިގަތީ މީހަކަށް ފެންނާނެ ކަމަކަށް ނޫނެވެ. ލާނާއަށް ނޭނގުނު ކަމަކީ އެހުރިހައިއިރު ލާނާގެ ކޮންމެ ހަރަކާތަކަށް ބަލަން ދުރުގައި އިދާން ހުރިކަމެވެ. ދޮރުން ލާނާ ނުކުތްތަން ފެނުމުން އިދާން ވަގުތުން އެދިމާލަށް ހިނގައިގެތެވެ.
ދަރުބާރުގޭ ބޭރަށް ނުކުތް ލާނާ ގޮސް މަޑުކޮށްލީ އެއްފަރާތުގައި ހުރި ގަސްތައް ކައިރީއެވެ. ގަސް ބޯ ދިމާލެއް ކަމުން އެތަން އޮތީ ކުޑަކޮށް އަނދިރިކޮށެވެ. ބޭރުން ދާ މީހުންނަށާއި ނުކުންނަ މީހުންނަށް އެތަން ހުރިގޮތުން އެހައި އަޅައެއް ނުގަންނާނެއެވެ. ގަސްތައް ކައިރީ ހުއްޓުން ލާނާއަށް ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އެހުރިހައި އިރު ހިފަހައްޓައިގެންހުރި ކަރުނަތައް އޮހެންފެށީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެހިތަށް މިރޭ ވަރަށް އަސަރުކޮށްފިއެވެ. މިއީ ލާނާ އަމިއްލައަށް ކުރި ކަމަކަށް ވިޔަސް އިދާންގެ އެރުޅިވެރި ނަޒަރުން ލާނާގެ ކެތްތެރިކަން ކޮޅުންލާކަހަލައެވެ. ލާނާ ބޭނުންވަނީ ހިތްފުރެންދެން ރޯލާށެވެ. ނަމަވެސް ތަނުގެ ގޮތުންނާއި ހާލަތުގެ ނާޒުކުކަމުން ލާނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ދިޔައެވެ. މޭކަޕް މާބޮޑަށް ހަޑިވެދާނެތީ އަތުގައި އޮތް ޓިޝޫއިން ލޯކައިރީގައި ކާއްތަމުން ދިޔަ ލާނާ ސިހުނީ ފަހަތުން މީހަކު އައިސް އަތުގައި ހިފައި އަނބުރާލުމުންނެވެ. މިކަމަށް ނުވިސްނައިހުރި ލާނާ ގޮސް ތަތްވީ އެމީހާގެ ތަނަވަސް މޭމަތީގައެވެ. ގަތް ބިރުން ތެޅިގަނެފައި ލާނާ އިސްއުފުލައިލިއިރު ބަސްހުއްޓުނީ ރުޅިއައިސް ރަތްވެފައިހުރި އިދާން ފެނުމުންނެވެ. “އިދީ…” ތެޅިގަނެފައި ލާނާ ދުރަށްޖެހުމަށް އުޅެގަންނަމުން ބުނެވުނީ މިވަރަށެވެ.
ދަރުބާރުގެއިން ނުކުންނަންއައި އިދާން ދެކޮޅު ހޯދައިލީ ލާނާ ފެނޭތޯއެވެ. އެވަގުތު ނުކުންނަ ދޮރާއި ދިމާލުން ލާނާ އަޅައިގެންހުރި ވެއިލްގެ ބައެއް ކޭއްތިފައި ދިޔަތަން ފެނުމުން އިދާން އެދިމާލަށް ދިއުމަށް ހިނގައިގަތެވެ. ބޭރަށް ނުކުތް އިދާން ދެކޮޅު ބަލަން ފެށީ ލާނާގެ ހިލަމެއް ވޭތޯއެވެ. އެވަގުތު އެއްފަރާތަކަށް ވާނޭހެން އަނދިރީގައި ފުރަގަހަށް ހުއްޓިގެންހުރި ލާނާ އެނާ ލޮލުގައި އަޅައިގަތެވެ. އިދާންގެ ދެއަތް މުއްކެވި ދަތްކުނޑި ވިކާލެވުނީ ބޭއިހްތިޔާރުގައެވެ. އެދިޔަބާރުމިނުގައި އިދާން ގޮސް ލާނާގެ އަތުގައި ހިފައި އޭނާއާއި ވީ ފަރާތަށް އަނބުރާލަމުން ގަޔާއި ދިމާލަށް ދަމާލިއެވެ. ލާނާ ބިރުން ތެޅިގަނެފައި ދުރަށް ޖެހެން އުޅުމުން އިދާންގެ ރުޅިގަނޑު ކެކިގަތެވެ. “ކިހިނެއްވީ އަހަރެން ފެނުނީމަ ބިރުގަތީތަ..” އަޑަށް ބާރުލާފައި ހަޅޭއްލަވައިގަންނަމުން އިދާން އިތުރަށް ލާނާ ގަޔާއި ކައިރި ކޮށްލިއެވެ. އިދާންގެ ބަދަލުވެފައިފާ މިޒާޖުފެނި ލާނާ ބިރުގަތެވެ. މިއީ ލާނާގެ އިދާންއެއް ނޫނެވެ. ލާނާގެ އިދާންއަކީ މަޑުމައިތިރި އަދި ރުޅިގަދަ މީހެއްނޫނެވެ. “އިދީ ޕްލީޒް. ކިހިނެއްތަ ތިއުޅެނީ..؟” ލާނާގެ އަޑުގައި މިފަހަރު ވީ ނުރުހުމެވެ. “ކިހިނެއްހޭ ތި އުޅެނީ. ބަލަ ލާނާ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް. އަހަރެން ލާނާދެކެ ވީ ލޯބީގަ ކޮޅުފައިންޖަހާފަ ތިއުޅެނީ އުފަލުގަ އުޅެވޭނެ ކަމައްތަ.” ފަރަކަށް ވުރެއް ފަހަރެއް އިދާން ދިޔައީ އޭނާގެ މޫނާއި ލާނާގެ މޫނު ކައިރި ކުރަމުންނެވެ. އިދާންގެ ދެއަތް ލާނާގެ އުނގަނޑުގައި ވަށައިލެވިފައި ވާއިރު ލާނާ ހަމަރަނގަޅަށްވެސް ހުރީ ހައްޔަރުވެފައެވެ. އިދާންގެ ހޫނު ނޭވާ ލާނާގެ މޫނަށް އެޅެމުންދިޔައިރު ލާނާ ދިޔައީ ސަލާމަތްވުމަށް ކުރެވެން އޮތްހައި މަސައްކަތެއް ކުރަމުންނެވެ. “ލާލާ ކީއްވެ އިދީއަށް ބޭވަފާތެރިވީ؟ ކޮބާ އިދީގެ ކުށަކީ؟ ވައި ލާލާ .. ވައި..” އިދާންގެ މަޑުމަޑުން ވާހަކަ ދެއްކިއިރު އެއަޑުގައި ވީ ޝަކުވާއެވެ. ލާނާގެ ހިތުގައި ޖެހުނެވެ. އޭނާއާއި ނުލައި އިދާން އެއުޅެނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ. “އިދީ… ލާލާ ބުނ…” ލާނާގެ ވާހަކަ މެދުކެނޑުނީ އަނެއްކައިވެސް އިދާން ފެށުމުންނެވެ. “ލާލާ ޕްލީޒް.. އައި ސްޓިލް ލަވް ޔޫ.. އައި ކާންޓް ލިވް ވިތް އައުޓް ޔޫ…” އިދާން އަސަރާއެކު ބުނެލި ޖުމްލައިން ލާނާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރިއެވެ.
ލާނާގެ ހަބަރެއްނުވެ ލަސްވެގެން އަލަން ފާހަނަ ބަލަން ދިޔައިރު އެއްވެސް މީހަކު އެތާކުނެތެވެ. އަލަންގެ ހާސްކަން އިތުރުވިއެވެ. ލާނާ އެތެރެއަށް ދިޔައީ ކަމަށް ހީކޮށް އަލަން އަނެއްކައިވެސް އައިސް ދެކޮޅު ހޯދަން ފެށިއެވެ. ލާނާ ފެނޭތޯ ދެކޮޅު ބަލަމުންދިޔަ އަލަންއަށް އިދާން ހުއްޓިގެންހުރި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު އެތަނުގައި އިދާން ނެތްކަން އަލަންއަށް ރޭކައިލިއެވެ. ސިކުނޑީގެ ކަނަކުން ނުބައި ސިގްނަލެއް ދޭން ފެށުމުން އަލަން ވަގުތުން ދުވެފައި ބޭރަށް ނުކުތެވެ. ދެފަރާތް ހޯދަމުންގޮސް ބޭރަށް ނުކުމެ އެކިދިމަދިމާލަށް އަލަން ނަޒަރު ހިންގައިލިއެވެ. އެވަގުތު އެއްފަރާތެއްގައި އަނދިރީގައި ހުއްޓިގެންހުރި ލާނާއާއި އިދާންފެނި އަލަންގެ ލޭ ކެކިގަތެވެ. އިދާންގެ އަތު ތެރޭގައި ލާނާވީއިރު ދެމީހުންގެ މޫނު އެހައި ކައިރީގައި ހުރުމުން އަލަންއަށް މާނަ ނެގުނީ މުޅިން ނުބައިކޮށެވެ. “ލަދުކުޑަ..” އަލަން ގެ ދެއަތް މުއްކަވާލަމުން އެދިމާލަށް ހިނގައިގަތެވެ.
ވަށައިގެންވާ މާހައުލުގެ ހިލަމެއް ނުވާ ލާނާއާއި އިދާން އަދިވެސް ހުރީ ހަމަ އެގޮތަށެވެ. “އިދީ …އަ….” ލާނާގެ ދުލުގައި ތަޅުއެޅުވިފައި ހުރިކަހަލައެވެ. އަނގައިން ބަހެއް ބޭރެއް ނުވެއެވެ. “ޕްލީޒް ލާލާ.. އިދީ ހާދަ ލޯބިވެޔޭ ލާލާ ދެކެ. ބުނެބަލަ އިދީ ދެކެވެސް ލާލާ ލޯބިވެޔޭ.”. އިދާން އަސަރާއެކީ މިހެން ބުނިއިރު ފަހަތުގައި ހުރި އަލަންއަށް ހަމަ ރީއްޗަށްވެސް އަޑުއިވުނެވެ. އިދާންގެ ވާހަކަތައް އިވި އަލަންގެ ރުޅިގަނޑު ކެކިގަނެ ހަމައިން ނެއްޓިކަހަލައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Vrh salhi…. When next part?
Thankyou dear. Next part on friday?
Whn is nxt part?????story vv reethi ❤❤❤❤❤❤❤❤❤❤❤❤❤and i’m first
Thankyou dear haxna.. ur second ennu?? next part on friday?❤
V V reethi
Thankyou dear?
Wow varah reethi
Thankyou ibsha?
Nyce part dear….maasha allah…whn next..
Thankyou dear hudher. Next part on friday??
Wow varah reethi
Thankyou leesh?
Avas laanaa buney lwbi vey 2 ey.. Alan aumuge kurin.. Vvv reethi ingey hama awesome ??????vv curious vey eba mihaaru nxt part kiyaahithun ????????????
Thankyou maya..hingaa dhw balaalan laala bunaa ehcheh ves.. next part on friday?❤
Hello everyone. So heres the 14th part.. let me know what you all think of this part.. thankyou for all the love and support.. idhaan and aala or huzam and aala? What do you think? ? next part on friday.. keep reading..?❤
And haply islamic new year to everyone?❤
vrh salhi mi part…waiting for next part
Waiting for next part
idhaan &aala
revenge love
Kobaatha nxt part.. bunaa dhuvahah up kohdheebaaa.. hama kiyaahithun ingey nvm
Hey everyone. I have already uploaded 15th part last night. Once the admin approves you can see it.. happy friday ?