Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 35

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 11, 2018 8 Mins Read
15 Comments

މެޗު ނިމުމަށް ފަހު އޮތީ ގައުމީ ޓީމަށް ނަވީންކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމެވެ. ހުރިހާ ސަޕޯޓަރުންނާއި މުޚާތަބުކޮށް ނަވީން ވާހަކަ ދެއްކިއެވެ. ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ނަވީން ޝުކުރު އަދާކުރިއެވެ. ނަވީން ވާހަކަ ކުރިއަށް ގެންދަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފާވެރި ކަމުގެ ކަރުނަޔާ ހިތާމައިގެ ކަރުނައެވެ. ނަވީންގެ އިތުރުން ތަޖުރިބާކާރު ގޯލް ކީޕަރު ސިމާހުވެސް ކުޅުން ހުއްޓާލި ވާހަކަ އިއުލާން ކުރިއެވެ. ނަވީނެކޭ އެއްފަދައިން ސިމާހުވެސް ވާހަކަ ދެއްކިއެވެ. އެދެކުޅުންތެރިންގެ ވާހަކަ ދެއްކުން ނިމުނުއިރު ހުރިހާ ދިވެހިންގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ.

ހަމަ އެވަގުތުގައި ރާއްޖޭ ގައުމީ ޓީމުގެ އާ ކެޕްޓަންވެސް އިއުލާނު ކުރެވިގެން ދިޔައެވެ. ނަވީން އަތުގައި އޮތް ކެޕްޓަން ބޭންޑް ނެގުމަށް ފަހު މާއިޒްގެ އަތުގައި އަޅުވައިދިނެވެ. އޭރު މާއިޒްގެ ލޯ ހުރީ ފެންކަޅިވެފައެވެ. އެވަގުތު އޭނާގެ މައިންބަފައިން ދުނިޔޭގައި އެ އުފާވެރި މަންޒަރު ދެކުމަށް ތިބި ނަމައޭ ހިތަށްއެރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ނަވީނަށެވެ. އޭނާ ވަނީ ފަހަތް ބެލެހެއްޓުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. ރާއްޖެ ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވުނީ ނަވީންގެ މޮޅު ކުޅުމުގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިރާންގެ ކުޅުންތެރިން ރާއްޖޭ ކުޅުންތެރިންނަށް މަރްހަބާ ކިޔެވެ. ކޮންމެ ކުޅުންތެރިއަކު ވަކިން ގޮސް ނަވީންގައިގައި ބައްދާލައިފައި ސަލާން ކުރިއެވެ.

ކުޅުންތެރިންގެ އާއިލާ މެންބަރުން ދަނޑަށް އަރަން ފެށިއެވެ. މާނީވެސް ދުވެފައި ދިޔައީ މާއިޒް ގާތަށް ދާށެވެ. ދުވެފައި ދިޔަލެއް ބާރުކަމުން ވިނަގަނޑުގައި ހެދިފައި ހުރި ފެންގަނޑަކަށް އެރި މާނީ ކައްސާލައިގެން ވެއްޓެން ދިޔައެވެ. އެހެނަސް ބިމުގައި ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން މާނީ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. މާނީ އުނަގަނޑުގައި އަތް ވަށައިގެން ހުރި ކާކުކަން އެނގުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

އިރާންގެ ކުޅުންތެރިއަކާއި ސަލާން ކުރުމަށްފަހު ފަހަތަށް އެނބުރުނު އާރާޝްގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. އިރާންގެ ޒުވާން ފޯވާޑް ސަރްދާރު އަތުތެރޭގައި އެއޮތީ މާނީ ނޫން ދެވަނަ ކުއްޖެއް ނޫނެވެ. އާރާޝްގެ ލޭކެކިގެން ދިޔައެވެ. ސަރްދާރާއި ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ ދެންމެ ދެންމެ އޭނާ އަލިފާން އަޅިއަށް ހަދާފާނެހެންނެވެ. އެހެން މީހަކު މާނީ ގައިގައި އިނގިލިކުރި ޖައްސާލަންވެސް އޭނާގެ ހިތެއް ނޭދެއެވެ.

“އޭމް އައި ޑޭ ޑްރީމިން؟” މާނީ ހީކުރީ އޭނާއަަށް ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީ ކަމަށެވެ. “އަމް ޔޫ އާ ނޮޓް ޑޭ ޑްރީމިން ބިއުޓިފުލް ލޭޑީ” މާނީ ތެދު ކުރަމުން ސަރްދާރް ބުންޏެވެ. މާނީއަށް ދެންވެސް ހުރެވުނީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިޔަކު ހަމަލޮލަށް ހުވަފެނަކުންވެސް އޭނާއެއްް ނުދެކެއެވެ. އެހެނަސް އޭނާއަށް ދެންމެ އޮވެވުނީ އިރާންގެ މެސީގެ އަތު ތެރޭގައެވެ. ސަރުދާރުގެ ފިރިހެންވަންތަ ބަރު އަޑުން ބިއުޓިފުލް ލޭޑީއޭ ބުނުމުން މާނީގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. މާނީ އިސްޖަހާލި ވަގުތު ދެބުމަ ގޮަށް ޖަހައިގެން އޭނާއާ ދިމާއަަށް ބަލަން ހުރި އާރާޝް ފެނުމުން މޮޅު ޚިޔާލެއް އޭނާގެ ސިކުނޑިއަށްއައެވެ. “ތޭންކްސް. އައި އޭމް މާނީ. މާއިޒް އިޒް މައި ބްރަދާ އެންޑް އާރާޝް އިޒް މައި ކަޒިން. އިޓްސް އަ ޕްލެޝާ ޓު މީޓް ޔޫ. އައި އޭމް އަ ވެރީ ވެރީ ބިގް ފޭން އޮފް ޔޫ. އައި ޖަސްޓް ލަވްދަވޭ ޔޫ ޕެލޭ. އިފް ޔޫ ޑޯންޓް މައިންޑް ކޭން އައި ޓޭކް އާ ސެލްފީ ވިތް ޔޫ؟” “އޮފް ކޯސް ޔޫ ކޭން ބިއުޓިފުލް ލޭޑީ” މާނީ ފޯނުނަގައި ސަރުދާރާއި އެކީ ދެތިން ސެލްފީ  ނެގިއެވެ. އެއަަށްފަހު ސަރުދާރް ޓެގް ކޮށްފައި އެ ފޮޓޯތައް އިންސްޓަގްރާމް ކުރިއެވެ. މާނީ ސަރުދާރާއި ވާހަކަ ދައްކަން ފުދޭވަރަކަށް ގިނައިރު އިނެވެ. ސަރުދާރުގެ އިތުރުން އިރާންގެ އިތުރު ދެކުޅުންތެރިންވެސް މާނީއާއި ވާހަކަ ދެއްކިއެވެ. “ހެއި” އެންމެފަހުން ދުރުގަ ނުހުރެވިގެން އާރާާޝް އައެވެ. “ހައި” ސަރްދާރާއި ދެންތިބި ދެކުޅުންތެރިން އާރާާޝާއި ސަލާންކުރިއެވެ. “ޔުއާ ގޯލް ވޯޒް ބްރިލިއަންޓް” ސަރްދާރު އާރާޝް ޖެހި ލަނޑަށް ތައުރީފު ކުރިއެވެ. “ތެންކްސް. އޭ ނުންނު މާއިޒް ގާތަކަށް ނުދަންތަ އެންމެ އެބަ ތިބި އެތާގަ ލެޓްސް ގޯ!” އެތަނުން މާނީ އަވަހަށް ގެންދަންވެގެން އާރާޝް މާނީގެ އަތުގައި ހިފައި ދަމާގަތެވެ. “ވެއިޓް ބިއުޓިފުލް. ހިއާ އިޒް އަ ގިފްޓް ފްރޮމް މީ” އާރާޝް މާނީ ގެންދަން ހެދުމުން ސަރުދާރް މާނީއަށް ގޮވައިފައި އޭނާ ލައިގެން އިން ޖާޒީ ބޭލުމަށްފަހު މާނީ އަތަަށް ދިނެވެ. ސަރްދާރް މާނީއާއި ދިމާއަަށް ބިއުޓިފުލް އޭ ބުނުމުން އާރާޝްގެ އަތް ގޮށް މުއްކެވިގެން ދިޔައެވެ. ޖެހިޖެހީނުން ސަރްދާރްގެ އަނގަމަތި ފަޅާލާފަނަމޭވެސް އާރާޝްގެ ހިތަށް އެރިއެވެ.

އާރާޝް މާނީ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައެވެ. އާރާާޝް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން މާނީ އަތަށް ތަދުވިއެވެ. “އާރާޝް ހާދަ ބާރަކަށް ހިފަހައްޓައިގެން ތިގެންދަނީ އަތަށް އެބަ ތަދުވޭ” “ޝަޓް އަޕް” އާރާޝް ކުރިއަށްވުރެ އަތަަށް ބާރުކޮށްލިއެވެ. “ހެއި ޔޫ އިޑިއަޓް ވަޓްސް ރޯންގް ވިތް ޔޫ؟ ކިހިނެއްވެގެންތަ ތިއުޅެނީ؟” އާރާޝް އެގޮތަށް ކަންތައް ކުރުމުން މާނީ ގާތަށް ރުޅިއައެވެ. ކުރެވުނީ ކީއްކަން އާރާޝަށް ވިސްނުނީ ދެނެވެ. އަވަހަށް މާނީ އަތުން ދޫކުރިއެވެ. އޭނާ ގާތަަށް އެހާ ރުޅިއައި ސަބަބެއް ޚުދު އާރާޝަކަށް ވެސް ނޭންގުނެވެ. “ސޮރީ” ވައިޑުން އާރާޝް ބުންޏެވެ. “އިޓްސް އޯކޭ” “އަސްލު މާ އެކްސައިޓް ވެފަ ހުރީމަ އެހެންވީ” އާރާޝް ދޮގެއް ހަދާލިއެވެ. “އެކްސައިޓް ވީތަ ނޫނީ ޖޭ ވީތަ؟” ދެލޯ ހަނިކޮށްގެން އާރާޝާއި ދިމާއަށް ބަލަހައްޓައިގެން ހުރެ މާނީ އަހާލިއެވެ. އޭރު މާނީގެ ތުންފަތްމަތީގައި ލާނެއް ހިނިތުންވުމެއް ހުއްޓެވެ. “ދެން ޖޭވެސް ވާނު. އާރާޝް ނުލާހިކު ރީތި ގޯލެއް ޖެހީމަވެސް މާނީއަށް ފެންނަނީ އެ ސަރުދާރު ވިއްޔާ.” ސަމާސާ ގޮތަކަށް އާރާާޝް ބުންޏެވެ. މާނީ ހިނިގަނޑެއް ޖަހާލަމުށްފަހި މާއިޒްމެން ތިބި ތަނަށް ދިޔައެވެ. ކުޑަ ކުއްޖެއް ފަދައިން މާއިޒްއާއި ވާހަކަ ދައްކަމުން ދިޔަ މާނީއަށް ބަލަހައްޓައިގެން އާރާޝަށް ހުރެވުނެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާގެން ހުރިއިރު އަރާޝް ހީވަނީ ދީވަނާ ވެފައި ހުރި މީހެއް ހެނެވެ.

******

ފެހިކަން ގަދަ ގަސްތަކުގެ ތެރޭގައި ދުވެފައި މާނީ އުޅުނިއިރު ހީވަނީ ޕަރީއެއް ހެނެވެ. ފައިތިލައާއި ހަމައަށް އަރާ ހުދުކުލައިގެ ހެދުމަކާ ހުދު ކުލައިގެ ޝޯލް މާނީގެ ހަށިގަނޑާއި ނުހަނު ގުޅެއެވެ. ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން އެރިތިކަން އިތުރުވެއެވެ. މާނީ ދުވަމުން ދިޔައީ ބަގީޗާއެއް ކަހަލަ ތަނެއްގެ ތެރޭގައެވެ. އެކިވައްތަރުގެ މޭވާގަހުގެ އިތުރަށް މާމެލާ މެލީގެ ގަސްތައްވެސް އެތަނުގައި ހައްދާފައި ހުއްޓެވެ. ކޮންމެ މާގަހެއް ކައިރިއަށް ގޮސް އޭގެން މާނީ ވަސް ބަލާލައެވެ.

މާގަސްތަކަށް ގެއްލިފައި ހުރި މާނީ ގައިން ހީބިހި ނަގައިގެން ދިޔައީ ނުހަނު ފިރިހެންވަންތަ އަޑަކުން އޭނާއަަށް ގޮވާލުމުންނެވެ. އެ ހިތްގައިމު އަޑުން އެމީހެއްގެ ނަން ކިޔާ އަޑުއަހަން ކޮންމެ މީހަކުވެސް އެދޭނެކަން ޔަގީނެވެ. މަޑުމަޑުން މާނީ އިސްއުފުލައިލައި ބަލާލިއިރު ކުރިމަތީގައި ރީތި ހިނިތުންވުމަކާއެކީ ހުރީ އާރާޝްއެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ސްކިނީ ޖިންސް އާރާޝާއި ނުހަނު ގުޅެއެވެ. ޖެހެމުން ދިޔަ ވައިރޯޅީގެ ސަބަބުން އާރާޝްގެ އިސްތަށިގަނޑި ވަޔާ ހޫރެމުން ދިޔައެވެ. އާރާޝްގެ ތޫނު ނަޒަރު މާނީއާއި އަމާޒުވުމުން މާނީ އިސްޖަހައިލިއެވެ. އޭރު މާނީގެ މުޅި މޫނަށް ވަނީ ޖަންބުކުލަ އަރާފައެވެ. ނުހަނު ފިރިހެންވަންތަ ހިނގުމެއްގައި އާރާޝް މާނީ ގާތަށް އައެވެ. އަދި އެތާއިން ހުދު ފިނިފެންމާ ގަހުން ފިނިފެންމަލެއް ބިނުމަށްފަހު މާނީގެ ބުރުގާގައި ޖަހައިދިނެވެ. މާނީގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް މާނީ އަނބުރާލިއެވެ. އޭރުވެސް މާނީ ހުރީ އިސްޖަހައިގެންނެވެ. އާރާޝްގެ އަތުން މާނީގެ ދަތްދޮޅީގައި ހިފައި މައްޗަށް ނެގިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިހިނދު ދެހިތްވެސް ތެޅިލިއެވެ. ފުން ކަނޑެއްފަދަ މާނީގެ ފުން ދެލޮލުގެ ތެރެއަށް ފީނައިގަންނަން އާރާޝް ބޭނުންވިއެވެ. އާރާޝް ބޭނުންވީ އޭނާގެ ހިތުގެ ހާލަތު މާނީއަށް އަންގާދޭށެވެ.

“އައި ލަވް ޔޫ ސަންތި މަރިޔަނބު” އަފްރާ ބުނެގެން ނިދާފައި އޮތް އާރާޝަށް ގޮވަން އެކޮޓަރިއަށް ވަން އަހުސަމްގެ ކަންފަތް ދޮށުގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. އަނގަޔަށް ގޮތެއް ހަދާލުމަށްފަހު އާރާޝްގެ އެނދު ކައިރިއަށް ދިޔައެވެ. އާރާޝަށް ނުގޮވައި އޭނާ އެނދުކައިރީ މަޑުކޮށްލީ އަދިއެއްފަހަރު އާރާޝް އެހެން ބުނޭތޯއެވެ.

އާރާޝް ލޯބިވާކަން ހާމަކުރުމާއެކު އޭނާގެ އަތުތެރެއިން ވީއްލިގެން މާނީ ދުއްވައިގަތެވެ. އާރާޝް ހުރީ ވަރަށް ހުށިޔާރުވެގެން ކަމުން އޭނާގެ އަތް ދަމާލުމަށްފަހު މާނީގެ އަތުގައި ލަތްކެއް ޖަހައި އޭނާގެ ގަޔާ ދިމާަށް ގެނައެވެ.

އަހުސަމް ނުވިސްނާ ހުއްޓާ އާރާާޝް އޭނާގެ އަތުގައި ބާރަކަށް ހިފަހައްޓާ ދަމާގަތެވެ. ނުވިސްނައި ހުއްޓާ އާރާޝް އެހެން ހެދުމުން އަހުސަމް އެނދުމައްޗަށް ވެއްޓުނެވެ.

އާރާޝަށް ހިފެހެއްޓުނު ގޮތުން މާނީއާއި އާރާޝް އެކީ ވިނަގަނޑު މައްޗަށް ވެއްޓުނެވެ. “އަހަރެން ސަންތިމަރިޔަނބު ގާތު ލޯބިވާ ވާހަކަ ބުނީ ހަމަ އަސްލުވެސް ލޯބިވާތީއޭ. އައި ލަވް ޔޫ ސޯ މަޗް މައި ކްރައި ބޭބީ” މާނީގެ ބުރުގާ ތެރެއިން ނިއްކުރި މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އާރާާޝް ރީތިކޮށްދިނެވެ.

އަހުސަމްގެ ނިއްކުރި މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކުރަމުން އާރާޝް ބުނި އެތިން އަހުސަމަށް ހިނިއާދެވުނެވެ. މާނީއޭ ކިޔާ އޭނާއާއި ވާހަކަ ދެއްކުމުން އަހުސަމަށް މަޖާވިއެވެ. އާރާޝް ދެން ކުރަނީ ކީއްތޯ ބަލާލަން ވެގެން ދެންވެސް އެއްޗެކޭ ނުބުނެ އަހުސަމް އޮތެވެ.

މާނީގެ ފިޔާތޮށި ކުލައިގެ ތުންފަތް އެހާ ގާތުން ފެނުމުން އާރާޝްގެ ހިތް އޮބި ނޯއްނަ ވަރަށް ތެޅިލިއެވެ. ހަޔާތުގައި ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފޮނި މީރުކަން ތަޖުރިބާކޮށްލަން ބޭނުންވިއެވެ.

“ނުންުނު ދޭބަ އާރާޝް ކޮޓަރިއަށް. އިރުގަނޑެއް ވެއްޖެ އަހުސަމް އާރާާޝަށް ގޮވަން ދިޔަ ފަހުން ކުޑާއްތައަށް ހީވަނީ އާރާޝް ނުހޭލައިގެން ހެން އެ އުޅެނީ. ނުންުނު ގޮސް އާރާޝް ގަޔަށް ފެން ޖަހާގެން ހޭލައްވަބަ” އަފްރީން ބުނެގެން އަފްރާމެން ބަޔަަށް ސައި ހިފައިގެން އައި މާނީ ގާތު އަފްރާ ބުންޏެވެ. އާރާާޝް ގަޔަށް ފެން ޖަހާށޭ ބުނުމުން ބަދިގެއިން ފެން ޖަގެއް ހިފައިގެން ވަރަށް ފޯރީގައި މާނީ ދިޔައެވެ.

އާރާާޝް އަހުސަމާއި ގާތްވާން ފެށުމުން އޭނާއަށް ތެޅިގަނެވުނެވެ.”ނޯ ވޭ ލެޓް މީ ޑޫ އިޑް ބޭބީ” ނިދީތެރޭ އޮވެގެން އާރާޝް މޮޔަގޮވަމުން ދިޔައެވެ.

އާރާޝްގެ ކޮޓަރިއަށް ވަން މާނީއަށް ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެންމެ ފުރަތަމަވެސް އޭނާގެ ސިކުނޑިއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ. ވާނީވެސް އެހެންތާއެވެ. އާރާޝްގެ އެނދުމަތީގައި އަހުސަމް އޮތްއިރު އާރާޝް ހިނިއައިސްފައި ހުރެ މަޑުމަޑުން އަހުސަމާއި ގާތް ވަމުން ދިޔައެވެ.

ފެންޖަގު ހިފައިގެން ދެލޯ ބޮޑުކޮށްގެން އިން މާނީ ފެނުމުން އަހުސަމް މާނީއަށް ގޮވިއެވެ. “އޭ މާނީ ނިކަން އާރާާޝް ގަޔަށް ތިފެން އެތި އޮއްސާބަލަ މި ސޮރު ނިދީ ތެރޭ އޮވެގެން މިއޮށް މޮޔަ ވަނީ” އާރާޝް އޮތީ ނިދީތެރޭގައި ކަން އެނގުމާއެކި މާނީއަށް މާޖާވިއެވެ. ދުވެފައި ގޮސް އާރާޝް ގަޔަށް ފެންޖަގު އޮއްސާލިއެވެ.

މުޅި މޫނަށާއި ގަޔަށް ފެން ވެރުމާއެކު ފުންމައިގެން ގޮސް އާރާޝަށް ތެދުވެވުނެވެ. އޭނާއަށް ފެނުނީ ހުވަފެނެެއްކަން އެނގުނީ ކޮޓަރި ފެނުމުންނެވެ. ފެނުނު ހުވަފެން ހިތަށް އެރުމާއެކު އޭނާއަށް ރަކި ގޮތަކަށް ހިނިތުންވެވުނެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދެފަރާތަށް ބޯހޫރާލިއެވެ. މާނީއާއި އަހުސަމް އެތާގައި ތިބި ކަމެއް އޭނާއަަށް ރޭކާއިވެސް ނުލައެވެ. އަނެއްކާވެސް ދެލޯ މަރައިގެން ހުރެ އެނދުގައި އޮށޯތެވެ. “އައި ލަވް ޔޫ ބިއުޓިފުލް” ދެލޯ މަރައިގެން އޮވެ އާރާޝް އެހެން ބުނިއިރު އަހުސަމާއި މާނީ ތިބިކަމެއް ނޭންގެއެވެ. މާނީއަަށް ދެލޯ ބޮޑުކޮށްފައި އާރާޝާއި ދިމާއަށް ބަލާލެވުނެވެ. ” ވަޓް ޑިޑް ޔޫ ޖަސްޓް ސޭ؟” ހިތުގައި ޖެހުނުލެއް ބޮޑުކަމުން މާނީއަށް އަހާލެވުނެވެ. މާނީގެ އަޑު ކަންފަތުގައި ޖެހުމުން ފުންމައިގެން އާރާޝަށް ތެދުވެވުނެވެ. އޭރު އެނދުގައި އިށީންދެގެން ހިނިއައިސްފައި އަހުސަމް ހުއްޓެވެ. އަހުސަމްގެ އިތުރުން މާނީވެސް ހުރިތަން ފެނުމުން އާރާޝަށް ހިންދިރުވާލެވުނެވެ. “ނުބުނަން އެއްޗެކޭ. ކޮންއިރަކު ތި މީހުން އައީ؟” އާރާޝް ވަރަށް ނޫންކަމަށް ހެދުނެވެ. “ކޮންއިރެއް. ނުހޭލި ކަމަށް އެންމެ ފަހުން މާނީ ފެންޖަގު އޮއްސާލީ. އެވަރުން ވެސް އަނެއްކާ އޮށޯތީ” އަހުސަމް އާރާޝްގެ ކޮނޑުގައި އަތް އަޅުވާލިއެވެ. “މީ.. ކުޑާ ބުނީ އަހުސަމް ސައި ބޯން އަންނާށޯ” ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން ކިޔޭ ނުކިޔޭ އެއްޗެއްވެސް މާނީއަކަށް ނޭންގުނެވެ. ލޮލަަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޭބުމުގެ ކުރިން މާނީ ކޮޓަރިން ނުކުތެވެ.

މާނީ ކޮޓަރިން ނުކުތުމާއެކު އާރާޝަށް ފުން  ނޭވައެއް ދޫކޮށްލެވުނެވެ. “ކާކު ދެކެ ލޯބިވެވިގެން ތި އުޅެނީ؟” އާރާޝް މާނީގެ ނަން ބުނޭތޯ އަހުސަމް އަހާލިއެވެ. އަހުސަމް އެހެން އެހުމުން އާރާޝް ދެކޮނޑު އަރުވާލިއެވެ. “ދެން މާ ނޭންގޭ ކަމަށް ހޭދެނެ ކަމެއް ނެތް މަގާތު ބުނޭ އެއީ ކާކުކަން” އާރާޝް ނިދީގައި އޮވެގެންް ކުރި ކަންތަކާ ކީއެއްޗިހި އަހުސަމް ކިޔާދިނެވެ. އެހެނަސް އާރާޝް މާނީގެ ނަން ކީ ކަމެއް އަހުސަމެއް ނުބުނެއެވެ. އޭނާއަށް އެނގޭކަން އާރާޝަށް އަންގާކަށެއް އަަހުސަމް ބޭނުމެއް ނުވިއެވެ. އާރާޝަށް އުޅެވުނު ގޮތުން އޭނާ ރަކިވިއެވެ. އަހުސަމަށް މާނީކަން ނޭންގުނުކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ.

*****

ޓެރަހަށް އެރި ތަނުން މާނީގެ ބަޑި ފަޅައިގެން ދިޔައެވެ. އަނެއްކާވެސް އާރާޝަށް އެހެން ކުއްޖެއްދެކެ ލޯބިވެވުނީއެވެ. ހަމަ ޔަގީނުންވެސް އެއީ އޭނާ ނޫންކަން މާނީއަށް އެނގުނެވެ. އާރާޝް އޭނާ ދެކެނީ އާރާޝްގެ އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުންކަން އާރާޝް ވަނީ އެތައް ފަހަރަކު ބުނެފައެވެ.

އާރާޝް ރީތި ވެގެން ނުކުތް އިރު އައްޒާމާއި އަފްރާގެ އިތުރުން އަފްރީނާއި އަރްޝާދް ވެސް މޭޒުދޮށުގައި ތިއްބެވެ. “މަންމާ ކޮބާ އަހޫ؟” އަހުސަމް ފެންނަން ނެތުމުން އާރާޝް އަހާލިއެވެ. “ފޯނެއް އައިސިގެން ބެލްކަންނަށް ނުކުމެއްޖެ. އާދެ ސައިބޯން އެ ނުންުނު ދިޔަ ގޮތަށް ނުވެސް އައެއެއްނު” މި އަންނަނީ ކަމަށް ބުނެ ދިޔަ މާނީ ނައުމުން އަފްރާ ހުރީ ކަންބޮޑުވެފައެވެ. “އާރާޝް ދޭބަ ނުންނު ގޮވައިގެން އަންނަން. ނުންނު ވެއްޖެ ޓެރަހުގަ” އަރްޝާދް ބުނުމާއެކު އަާރާޝް މާނީ ބަލާ ޓެރަހަށް ދިޔައެވެ.

މާނީ އިންނާނީ އުނދޯލީގައި ކަން އެނގޭތީވެ އާރާޝް އުނދޯލި އިން ތަނަށް ދިޔައެވެ. މާނީ ރޯތަން ފެނުމާއެކު އާރާޝްގެ ހިތްހަލާކުވިއެވެ. “ސަންތި މަރިޔަނބު ކީއްވެ ރޮނީ” ދާދި ގާތުން އާރާާޝްގެ އަޑު އިވުމުން މާނީ ސިއްސައިގެން ދިޔައެވެ. އާރާޝަށް ނުދައްކަން ވެގެން އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. “ރޯ ސަބަބު ބުނީމައެއްނު އެނގޭނީ ހެލްޕްވާންވެސް” މާނީ އެއްޗެކޭ ނުބުނުމުން އާރާޝް އަނެއްކާވެސް ބުންޏެވެ. “ކަމެއް ނުވެ. މަންމަ މަތިން މިސްވީ” އޭނާ ރުއިމުގެ އަސްލަކީ އާރާާޝްކަން ނާންގަން ވެގެން މާނީ ދޮގެއް ހެދިއެވެ. މާނީ އެހެން ބުނުމުން އިތުރު ސުވާލެއް ނުކޮށް ސައިބޯން ދާން އާރާޝް ބުންޏެވެ.

*****

“ނުންނު ރިޒާލްޓް ލިބެނީ ކޮން ދުވަހަކުން؟” ސައިބުއިމުގެ ތެރެއިން އަރްޝާދް އެހިއެވެ. “ޖެނުއަރީ ވިހި ނުނީ އެކާވީހުގަ” މާނީ ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ. “ނުންުނު އަޑަށް ކިހިނެއްވެފަ ރޯގާ ޖެހުނީތަ؟” މާނީގެ އަޑު ކުރަކިވެފައި ހުރިކަން އައްޒާމަށް ފާހަގަވިއެވެ. “ކުޑަަކޮށް މަންމަ މަތިން މިސްވީ ދޯ” އައްޒާމްގެ ސުވާލަށް ޖަވާބު ދިނީ އާރާޝެވެ. އާރާޝް އެހެން ބުނުމުން އިތުރަށް މާނީއަށް ރޮވޭ ގޮތްވިއެވެ. މާނީގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ އާރާޝްގެ އަތުގައެވެ. އާރާާޝް މާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެ ދިނެވެ. އެތަނުގައި އަފްރާމެން ތިބިކަން ވެސް އާރާޝް ހަނދާންނެތުނެވެ. އާރާޝްގެ އެއަމަލުން މާނީގެ ހިތުގައި މާބޮޑަށް ޖެހުނެވެ. ބާރަށް ރޮވިދާނެތީ ތުންފަތުގައި ދަތް އަޅާލިއެވެ. އާރާޝް އޭނާގެ ދެއަތުން މާނީގެ ކޮނޑުގައި އަތް ވަށާލިއެވެ. “މާނީ އެންނު އާރާޝް ގާތު ބުނީ ދުނިޔޭގަ އުޅޭއިރު ދެރަވާ ކަންކަމާ ދިމާވާނޭ. އެކަހަލަ ކަމެއް ދިމާވީމަ އަހަރުން ޖެހޭނީ ކެތްތެރިވެގެން އެކަމަކާ ކުރިމަތިލާށޭ. މާނީ ތިހެން ރުއިމަ މާއިޒް ވެސް ކިހާ ދެރަވާނެ. މާއިޒް އެކަންނެއް ނޫން އެންމެންވެސް. ސަންތިމަރިޔަނބު ތީ ނުލާހިކު ބްރޭވް ކުއްޖެއްނު” އެންމެންގެ ކުރިމަތީގައި އާރާޝް އެގޮތަށް މާނީގެ ކަރުނަ ފޮހެދޭން ހެދުމުން އަހުސަމަށް ބަލަހައްޓައިގެން ހުރެވުނެވެ. އާރާޝްގެ އެއަމަލުން އެކަނި ވެސް މާނީ ދެކެ ލޯބިވާވަރު އަހުސަމަށް އެނގިގެން ދިޔައެވެ.

އަޝްވާ ގޮވައިގެން އަފްރާމެން ބަޔަށް ވަން އިޝްމާއަށް އެ މަންޒަރު ފެނުމުން ނުވެއްޓުނީ ކިރިޔާއެވެ. އެންމެން ކުރިމަތީގައި އާރާޝާއި މާނީ އެހެން ތިބުމުން ހައިރާންވިއެވެ.

މާނީ ރޯތަން ފެނުމުން އަޝްވާ ދުވެފައި މާނީ ގާތަށް ދިޔައެވެ. “ދޮންތި ކީއްވެ ރޮނީ؟ ދޮންބެ ދޮންތި ދެރަ ކޮށްލީތަ؟” އަޝްވާ ހީކުރީ އާރާޝް އެއްޗެކޭ ބުނެގެން މާނީ ރޮނީ ކަމަށެވެ. އެއީ ތަންކޮޅެއް ކުރިން އާރާޝް ފާޑު ފާޑުގެ ނަންނަމުން ގޮވައިގެން މާނީ ރޮއްވާނެއެވެ. “ދޮންތި ނުރޮން ލޮލަށް އެއްޗެއް ވެއްޓުނީ” މާނީ ހަމަޖެހިލަމުން ބުންޏެވެ. އޭރުވެސް އާރާޝް ހުރީ މާނީގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. މާނީ އާރާާޝާއި ދިމާއަށް ބަލާލުމާއެކު ސޮރީ އޭ ބުނެ ކޮނޑުން ދޫކޮށިއެވެ. އަފްރާމެން ކުރިމަތީގައި އެހެން އުޅެވުމުން އާރާޝް ކުޑަކޮށް ލަދުގަތެވެ. “އަދި ރަނގަޅަށް ދުވަސް ނުފެށިގެން މިއުޅެނީ މިހާރު ދެފަހަރަށް ކަޑަވާން މި ޖެހުނީ” ހިތާހިތުން އާރާޝަށް ބުނެވުނެވެ.

*****

އަހުސަމް އަދި ނަވްޔާ އެ ދެކުދިންނަށް އެނގޭ ސިއްރު އެއްވެސް ކުއްޖެއް ގާތު ނުބުނެ ތިއްބެވެ. އާރާޝް މާނީގެ ނަން ބުނޭތޯ އެތަށް ފަހަރަކު އަހުސަމް ސުވާލު ކުރިއެވެ. ކޮންމެ ފަހަރަކުވެސް އާރާޝް ބުނަނީ އަހުސަމަށް އެކުއްޖާ ނޭންގޭނެ ކަމަށެވެ.

ރޭގަނޑު ނުވައެއް ޖެހިއިރު ހަތަަރު ކުދިންވެސް ތިބީ ކޭއެފްސީގައެވެ. އެހެން ރޭތަކާ ބަލާފަ މީހުން ވަރަށް މަދެވެ. ކޮންމެ ކުއްޖަކު ބާގާ އަކާ ކޯކު ތަށްޓެއް ނެގިއެވެ. އެތަނުގައި ހުރި އެންމެ ބޮޑު މޭޒުގައި ހުރިހާ ކުދިން ގޮސް އިށީނެވެ. އިށީން ގޮތަށް އަހުސަމް ހެނދުނު ވީ ކަންތައް ކިޔާދިނެވެ. އެފަހަރުވެސް މާނީގެ ނަމެއް އަހުސަމް ނުކިޔައެވެ.

“އާރާޝް ކާކުތަ އެކުއްޖަކީ؟” އަކްމަލާއި މާއިޒް އެއްފަހަރާ އަހާލިއެވެ. އެކުއްޖާއަކީ މާނީއޭ ބުނާނެހާ ހިތްވަރެއް އަރާޝް ގަޔަކު ނެތެވެ. އަނެއްކާ މާނީ ގެ ހިތް އޮތްގޮތެއް އާރާޝަކަށް ނޭންގެއެވެ. “އެއީ ކޮންކުއްޖެއް ކަން ބުންޏަސް ފި މީހުންނަކަށް ނޭންގޭނެ” ކުރީފަހަރު އަހުސަމަށް ދިން ޖަވާބު މިފަހަރުވެސް އާރާޝް ދިނެވެ. އާރާޝްގެ ޖަވާބުން ނަވްޔާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާއަށް ބަލާލެވުނީ މާނީއާ ދިމާއަށެވެ. މާނީ އިސްޖަހާލިއިރު އެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކިތަންމެހާވެސް ރީއްޗަށް ނަވްޔާއަަށް ފެނުނެވެ. މާނީގެ ހާލާ މެދު ނަވްޔާ ދެރަވިއެވެ.

މާނީގެ ހިތަށް ހީވީ އެއްފަހަރާ އެތަށް ހާސްތީރު ތަކެއް ހާރަލިހެންނެވެ. ކަރުނަ އަންނަހެން ހީވުމުން އަވަހަށް އިސްޖަހާލިއެވެ.

“އަނެއްކާ އިންޑިޔާ ކުއްޖެއްތަ އެއީ؟” އިސްރާ ވަރަށް ވެފައި އިނދެ އަހާލިއެވެ. “އެއީ މަަށަށް މިހާތަނަށް ފެނުނު އެންމެ ރީތި ކުއްޖާ. ވަރަށް ރަނގަޅުވެސް ވާނެ އެ ކުއްޖާ. މަގޭ ހިތް ވަގަށް ނެގިއިރުވެސް މަށަށް ރޭކަވެސް ނުލާ އެހާ ހުށިޔާރަށް ވެސް ހުށިޔާރު އެ ކުއްޖާ” ހުވަފެނީ ގޮތަކަށް އިނދެ އާރާޝް ބުންޏެވެ. “ތި ވަގު އަތުލައިގަންނަން ވީ ދޯ. އެކަމް އޭނާ ވަގަަށް ނެގި ހިތުގެ ވެރި ފަރާތް ބޭނުމެއް ނުވޭ ދޯ ވަގު ހޯދާނަށެއް. އެހެންވެ އެއްނު އަހަރުމެން ގާތު ނުބުނާނީ. އެޓް ލީސްޓް ހުންނަ ގޮތް ކިޔާދެވިދާނެއްނު” އިޝްމާ ޝައުގުވެރިކާމާއެކު ބުންޏެވެ. “ސަންތިމަރިޔަނބު ހާދަ މަޑުން ތީނީ؟” އެންމެން އޭނައާއި އެވަރަށް ދިމާކުރާއިރުވެސް މާނީ ހިމޭނުން އިނުމުން އާރާޝަށް އުނދަގޫވިއެވެ. “މި އާރާޝަކަށް ކަމަކު ނުދާނެ މާނީ މަޑުން އިނަސް. މަޑުން ނީނަސް. ވަރެއްގެ ފިރިހެނެއް މީ!” މާނީގެ ހާލަތު ނަވްޔާއަށް އެނގޭތީ ނަވްޔާ އަވަހަށް ބުނެލިއެވެ. “މިހާރު އާރާޝަށްވެސް ލޯބިވެވިއްޖެ. މާނީ! އަދިވެސް ނުވެވޭތަ؟” އަހުސަމް ވާހަކައިގެ މިސްރާބް ބަދަލުކޮަށްލިއެވެ. “އައި ތިންކް އައި އޭމް އިން ލަވް” މާނީ އިސްޖަހާލަމުން ބުނެލިއެވެ. “ޔަގީނޭ ކޮންމެސް ފުޓުބޯޅަ ކުޅުންތެރިއެއް ދެކެކަން މީނަ ލޯބިވާނީ” އިސްރާ މަޖާވެފައި ބުންޏެވެ. “ނޮޕް. އަންފޯޗުނޭތްލީ ހީ އިޒް ނޮޓްއަ ފުޓްބޯލް ޕްލޭޔާ” މާނީވެސް ދޮގު ހެދިއެވެ. އާރާޝް ވަގުތުން ކުށޮއެރިއެވެ. އަނަގައިގައި ހުރި ކޯކުތައްވެސް އަހުސަމް ގަޔަށް ބުރައިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (11)

Next

ހިތް އެދުނަސް… (4)

Next
September 11, 2018

ހިތް އެދުނަސް… (4)

Previews
September 11, 2018

ބުނާށެ ލޯބި ނުވަނީހޭ (11)

15 Comments!

  1. Reader says:
    September 11, 2018 at 10:31 pm

    Ey varah majaa andd varah reethi ?

  2. Anonymous says:
    September 11, 2018 at 10:32 pm

    awwwwwww… maa sha allah.. vrh vrh vrh reethi mi part.. hama bunaane ehcheh ves neynge.. ehaa ves reethi.. aaraash ge huvafenuge baiga hama heehy balivi.. hahahaha… vrh salhi mi part hurihaa gothakun ves.. good job dear.. when next? curiously waiting for the 36th part.. nuves hurevey kiyaa hithun.. hehe

  3. Akuusher says:
    September 12, 2018 at 5:13 am

    heii. kiyaa. plzzz plzzz plzzz up kohdhehchey miadhuuu! vrhhhhh reethi mi prt vx! ??? i hope miadhu up kuraane kamah ❤️

  4. Aish says:
    September 12, 2018 at 6:47 am

    Hei…mivaahakaiga emme kurin ishvaa n aarash aai dhemedhu jehigen ulhuny Kon massala eh kameh adhives neyge???!!! Anyways story varah reethi…waiting?

  5. Lotus says:
    September 12, 2018 at 7:07 am

    Px px px.. mithiba ulhey dhemeehunne.. nooney vaa varugadha 2 lovebirds mee.. dhemeehun dhogu hadhaigen kihaa dhuvahaku sirrun roanebaa..
    Waiting for the next part. Pls upload soon?

  6. Mal says:
    September 12, 2018 at 9:13 am

    Masha allah…?????Thankyou so much kiyaa dear up kohdhinyma….?????☺☺☺?this part is the best,,,,and u r the best…???☺❤❤❤❤❤mifaharu aaraash mi v jey boy akah dhw….?????dhn avahah maany and aaraash ge mis understanding filuvaalaafa dhemyhun gulhuva..???????☺☺☺lysm❤❤❤❤❤❤

  7. Airah says:
    September 12, 2018 at 9:30 am

    Masha Allah vvv reethi.thankolhea avaha Next part up kolhachey plc

  8. R says:
    September 12, 2018 at 9:51 am

    Aaraash vx maanee vx dhoguhadhanee.. adhi mivarun dhanyya misunderstandings aa kurimathive bodu haijaanugade noofedhihjjiyaa ragalhu.. alhe keetha vaanee dhemeehunvx thedha buninyya..
    Nxt part avaha genesdhechey

  9. Tinker says:
    September 12, 2018 at 11:22 am

    Masha allah story vrh rythi n majaa…. when is the next part

  10. Hudher says:
    September 12, 2018 at 1:51 pm

    Stry v v v habeys….maasha allah…next part thankolheh avahah up kolla dhehchey ingey dear…..luv this part

  11. Mixuhan says:
    September 12, 2018 at 2:22 pm

    Alhey dhn dhemyhun dhemyhunah bunan vehje eh nun lwbi vaa vaahaka…avahah e dhekudhin gulhuvan ulhey…

  12. Unknown girlll.. says:
    September 12, 2018 at 3:27 pm

    V.reethi

  13. Some one says:
    September 12, 2018 at 8:34 pm

    Kiyaa dear plx reply…❤❤❤❤❤❤❤❤❤

  14. maya says:
    September 13, 2018 at 1:01 pm

    dhemyhun dhen ehbas vaan vejje ehnu dhw…kiya dhen e 2 kudhin avahah gulhuvaba..vvv reethi masha allah..best of best..aneh part avas kodhehchey darling..luv yuh

  15. Hardy says:
    September 13, 2018 at 3:44 pm

    Kiyaaaaaaaaaaaa!
    plssssss avahah up kohdhehchhey
    ?❤

Comments are closed.

Next Episodeރާސްތާ 36←


All Right Reserved!