ވިއްސާރަ ތިކި ތަކުން ހިޔާނުކޮށް ހުރި ހުރިހާ އެއްޗެއް ޖަރީކުރެވެމުން ދިޔައެވެ. ފިނި ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދޭ ބޯކެރިގަނޑެކެވެ. އެ ރޭގަނޑުގެ ހިމޭންކަން ނަގާލާފައި ވަނީ މަޑު މިއުޒިކެއް ފަދަ ވާރޭ މުތީތަކުގެ އަޑެވެ. ހިތަށް ހަމަޖެހުން ގެނުވާ ވައިރޯޅިތަށް ހުއްޓުމެއް ނެތި ހަށިގަނޑުގައި ބީހެމުންދިޔައެވެ. ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މަގުގެ ވާތް ފަރާތުން ލާފައި ހިނގާފައި ދިޔައީ ޝާމިންއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަމިއްލަ ފިޔަވަޅުތަކަށެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި އިރު […]