ވިއްސާރަ ތިކި ތަކުން ހިޔާނުކޮށް ހުރި ހުރިހާ އެއްޗެއް ޖަރީކުރެވެމުން ދިޔައެވެ. ފިނި ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދޭ ބޯކެރިގަނޑެކެވެ. އެ ރޭގަނޑުގެ ހިމޭންކަން ނަގާލާފައި ވަނީ މަޑު މިއުޒިކެއް ފަދަ ވާރޭ މުތީތަކުގެ އަޑެވެ. ހިތަށް ހަމަޖެހުން ގެނުވާ ވައިރޯޅިތަށް ހުއްޓުމެއް ނެތި ހަށިގަނޑުގައި ބީހެމުންދިޔައެވެ. ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ.
މަގުގެ ވާތް ފަރާތުން ލާފައި ހިނގާފައި ދިޔައީ ޝާމިންއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަމިއްލަ ފިޔަވަޅުތަކަށެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި އިރު ވާރޭ ފެނުން އޭނާ އެކީގައި ތެމެމުން ދިޔައެވެ. ނުތަނަވަސްކަން ވެރިވެފައިވާ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ ދެއަތް ހުޅުވާލަމުން އެނބުރިލިއެވެ. ވާރޭގެ ތިކިތަކަށް މޫނުގައި ބޮސްދޭން ފެށިގޮތް ޝާމިންއަށް އަރާމުވިއެވެ. މާޒީގެ ހަނދާންތަކާއެކު ޝާމިންގެ ލޮލުން ފޭބި ކަރުނަތަށްވެސް ދިޔައީ ޝަބްނަމްތިކި ތަކާ އެކުވެގެންނެވެ.
ލޯމަރައިގެން ހުރުމުގެ ސަބަބުން ގޯޅިގަނޑުގެ ދުވެފައި އައި އަންހެން ކުއްޖާ ޝާމިންއަކަށް ނުފެނުނެވެ. ދެއަތް ހުޅުވާލައިގެން އެކުއްޖާ ދުވެލާފައި އައި ގޮތަށް އައިސް އޮޅުމަކުން ނަމަވެސް ބައްދައިގަތީ ޝާމިންގެ ގައިގައެވެ. ޝާމިންގެ ތެޅިގަތް ގަޑީގައި އެކުއްޖާ އަރިއަޅާލަން ދިޔައެވެ. ނަމަވެސް ހިމާޔަތް ލިބިގެން ދިޔައީ ޝާމިންގެ ބާރުގަދަ މުލައްދަނޑިންނެވެ. އަތުތެރޭގައި އޮތް މައުސޫމް އަންހެން ކުއްޖާއަށް ގެއްލިފައި ޝާމިންއަށް ހުރެވުނެވެ. އެ އަންހެން ކުއްޖާގެ މޫނުގައި ބޮސްދެމުން ދިޔަ ފެންތިކިތަކަށް ހިނދުކޮޅަކު ނަމަވެސް އޭނާގެ ހިތް ހަސަދަވެރިވިއެވެ. ތެމިފައިވާ އެތުންފަތަށް ޝާމިންގެ ހިތް ފެންބޮވައި ގަތެވެ. “ލިޔާނާ..” ޝާމިންގެ ދެތުންފަތް ފޫއަޅުވާލިއެވެ. އެވަގުތު ދެލޯ މަރައި ތަގުޅިކޮށްގެން އޮތް އަންހެން ކުއްޖާ ލޯ ހުޅުވާލިއެވެ.
ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ގުގުރީގެ އަޑު ގަދަވެ ވާރޭ ބޯކޮށްލިއެވެ. ބިރުން ހުރި ލިޔާނާއަށް ބައްދައިގަނެވުނީ ޝާމިންގެ މެދުހަށީގައެވެ. ބޭޢިހްތިޔާރުގައި ޝާމިންއަށް ލިޔާނާގައިގައި ދެއަތް ވަށާލެވުނީ ފުރިހަމަ ރައްކާތެރިކަން އޭނާގެ އަތުތެރެއިން ޔަގީންކޮށްދޭ ފަދައިންނެވެ.
އިންތިޒާރު ކޮށްލައްވާ!!!
28 Comments!
Comments are closed.

Feshun vvvv nice… Konirakun next part….. Also me 1st dho???
Hello readers? alhuganduge first story “vindhu loabin” he feshun hurihaa readers ah ves kamudhane Kamah ummeedhukuran . Mi vaahakaya medhu Hurihaa readers ves dhekey Goii comment kohlacheyy. It would be a big help n encouragement guys. Lots of love from me ingey??❤️❤️??? 1st part tommorow insha Allah ?? I’m hopin for a lot of support ?? and mistakes that faahaga kohdhinukakee alhugandah libeyne vrh bodu kurierumeh☺️☺️??????❤️????❤️❤️?
Me first dhw. Haadha kurey mi part. Next part dhigukohladhehchey… V nice mi part vx.♥️♥️♥️ Whn next part???
Wow varah reethi story .. Best of luck????????????
Thank you very much mal dear❤️❤️It Means a lot ingey ???
Nice feshumeh… hope next part will come soon… Also ehaa gina dhuvahu kome bakah inthizaaru kuran nugehi avhah konme baeh up kuraane kamah unmeedhu kuran… best of luck.?????
I’m 2 nd dho… hope next time I will be 1st…
Yes Thuththa next part tommorow insha allah?? n thank you very much ❤️❤️Yep u second Dho next part inves fennane kamah ummedhukuran ?????
Nice starting. Pls don’t make we readers wait for too long..
Best of luck dear ?
Aww thank you so much lotus loabz??? yah that won’t happen insha allah?????
Masha allah v reethi feshumeh..unmeedhukuran vaahaka eky nimendhen genesdheynekamah..best of luck dear..
Aye thank you so much reen dear ???? yes insha Allah ?? thanks again????❤️❤️
Nyc stry dear…maasha allah…kyp up the gud work…luv yahh
Thanks for the lovely comment hudher bb ❤❤❤ ahan insha allah ingey ???????? love more bb ?????
Mi feshuma ‘kuruvaahaka’ e song ga vaahendhw vany.?????.. Anyway reethii… ??????
Thank you maya dearr❤❤❤ yh I really like e song ge e scene ehenve mi vaahakaiga feshumuga I deacided to describe e scence ???? but this stry is gonna be totally different ???? ❤❤❤❤❤❤❤❤❤❤❤❤
Masha allah vrh reethi…….keep it up dear………
Thanks much gurl ❤❤❤??????❤insha allah dw ????
Vaahaka v reeth7 vaane hen heevey.. i jst want to say tht vaahaka medhunukendi genes dheyshey nd hope kuran vaahakaige part thah dhigu vaane kamah???????
Thank you so very bodah ?❤❤❤❤ yes insha allah try kuraanan ingey ???? ????????????
Feshun varah reethi? kithah dhuvahu up kurany..inthuzaaru kuran bujeheyne kamah heekuran
Thank you very much azu dear ❤❤❤❤ I’ll try ??? dhedhuvahun ehdhuvahu ingey ????❤❤❤??????❤❤
Vvvvvv reethi starting & hpe mivaahaka ryythyvaane kamah …& cover pic vvvv salhii .. & gud luck dear???????
Thanks big big enough ❤❤❤❤❤❤❤ swyt of you ??? awww ehentha thank you in loads ??????
Stryy ge feshun vrh vrh salhi …. kutiah oii part thah ves hama niah vure reethi vaane kamah unmeedhu kuran… best of luck dear??
Awwwww…Thank you so much maii loab ??? ❤❤❤❤??????
Kondhuhukun first part up vaanyy …. vrh kiyaahihveyba …. ???
Kondhuhukun first part up vaanyy …. vrh kiyaahihveyba …. ???and feshun hama vvvv obiiiii lve it dear…. gud work & keep it up????