“ޒާ..ޒާވިލް. މިތާ.. މި.. މިތާ ކީކުރަނީބާ؟” އޭނާގެ ގޮނޑީގައި އިނށީދެވުމާއެކު ފެންކަޅިވެފައިއިން ޔަނާލްއަށް ބުނެލެވުނެވެ. އެއަޑު އޭނާގެ ފަހަތުންއައި އަރްޒަންއަށް ކިތަންމެ ރީއްޗަކަށްވެސް އިވުނެވެ.
“ޔަނާ. ކިހިނެއްވީތަ؟” ފަހަތުން ޔަނާލްގެ ކޮނޑުގައި އަތްބާވައިލަމުން ކަންބޮޑުވެފައިހުރި އަރްޒަން އަހައިލިއެވެ. އަރްޒަންގެ އަޑުން ސިހިފައި ޔަނާލް އޭނާގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ބިރުވެރިކަމުންނާއި ބޮނޑިވެފައިވާ ކަރުނަތައް ފެނުމުން ވަރަށް ބޮޑުކަމެއް ވެއްޖެކަމުގެ އިހުސާސް އަރްޒަންއަށް ކުރެވުނެވެ. ޔަނާލްއަށް އެހުރިހައި ބަދަލެއް އެއައީ ޒާވިލް ފެނުމުންކަން އަރްޒަންގެ ސިކުނޑިއަށް ވިސްނުނީ އެދެމީހުން އެކަކު އަނެކަކަށް ބަލަންހުރިގޮތް ހިތަށް އައުމުންނެވެ. އެކަމަކު ޔަނާލްއާއި ޒާވިލް އެކަކު އަނެކަކު ދަންނަނީ ކިހިނެއްހެއްޔެވެ؟
“ޔަނާ. ހެޔޮނުވާނެ. ވެގެންއުޅޭ ގޮތެއް ބުނެބަލަ. އެއްވެސް އެއްޗެއް ނުބުނެ ތިހެން އިނަކަސް އަހަރެންނަކަށް ނޭނގޭނެދޯ. އެހީއެއް ވެދެންވެސް އިނގޭނީ ޔަނާ ވެގެންއުޅޭގޮތެއް ބުނީމައެއްނު.” ޔަނާލް ގާތުގައި އިނށީދެލަމުން އޭނާގެ ކޮނޑުގައި ލޯތްބާއެކު ފިރުމަމުން އަރްޒަން މަޑުމައިތިރި ރާގަކަށް އާދޭސްކޮށްލިއެވެ.
“އަހަ.. އަހަރެން ބޭނުމީ.. ގެ..ގެއަށް ދާން.” ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގައިލަމުން ޖެހިލުންވެފައިއިން ޔަނާލް ބުނެލިއެވެ. ޔަނާލްގެ ހާލު ވިސްނި އެކަމާ ދެކޮޅުހެދުމެއްނެތި އަރްޒަން އިންތަނުން ތެދުވަމުން ޔަނާލްގެ އަތުގައިހިފައި އޭނާއާއި ގާތްކޮށްލިއެވެ. ލަސްފިޔަވަޅުތަކެއްގައި އެކި ދިމަދިމާ ހޯދަމުން ޔަނާލް އަރްޒަންއާއެކުގައި ހިނގައިގަތެވެ. ޔަނާލްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެހުރި އަރްޒަންގެ ހިތްވަނީ ސުވާލުމާކު ތަކަކުން ފުރިފައެވެ. އެނގެން ބޭނުންވާ އެތަށްކަމެއް ހުރިނަމަވެސް ޔަނާލް ހަމަޖެހިލުމުން ނޫނީ ސުވާލުނުކުރަން އަރްޒަން ނިންމިއެވެ.
ގޭގެ ދޮރާއި ގާތްވީ ވަރަކަށް ޔަނާލްގެ ހިނގުން ލަސްވަމުންދިޔައެވެ. އަރްޒަން މަޑުމަޑުން ޔަނާލްގެ އަތުގައި ހިފައި ދަމައިލުމާއެކު އަރްޒަންއަށް ބަލައިލަމުން ޔަނާލް ހިނގުން ބާރުކޮށްލީ އެހިސާބުގައި ޒާވިލް ފެންނަންނެތުމުންނާއެކު އެތަނުން އަވަހަށް ދާންބޭނުންވެފައި ހުރިވަރުންނެވެ.
ކާރަށް އަރަމުން އަރްޒަން ދުއްވައިލިއެވެ. ޖެހިގެންހުރި ޝީޓްގައި ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓައިލައިގެން ޔަނާލް އިންއިރު އެދެލޮލުން ހޯސްލައިފައި ކަރުނައިގެ މުތީތަށް ފައިބަމުން ދިޔައެވެ. ޔަނާލް ނޭފަތްދަމާއަޑު އިވިފައި އަރްޒަންގެ ހިތަށް ތަދުވިއެވެ. ކާރުތެރޭގައިއިން ޓިޝޫ ފޮށިން ޓިޝޫއެއްނަގަމުން އަރްޒަން ޔަނާލްއާ ދިމާއަށް ދިއްކޮށްލިއެވެ. އަރްޒަންއަށް ބަލައިލުމެއްވެސްނެތި އޭގައި ހިފަމުން ޔަނާލް މަޑުމަޑުން އޭނާގެ ލޮލާއި މޫނު ފުހެލިއެވެ. ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ދެމީހުންކުރެ އެކަކުވެސް ނައްތައިލަން ބޭނުންނުވާފަދައެވެ. ކާރު ދުއްވަމުން ދިޔަ ނަމަވެސް ދޭތެރެދޭތެރެއިން އަރްޒަންއަށް ޔަނާލްއާއި ދިމާއަށް ކަންބޮޑުވެފައި ބަލައިލެވެއެވެ.
ގެއަށް އާދެވުމާއެކު ކާރުގެ ދޮރުހުޅުވައިލަމުން ޔަނާލް އަވަސް އަވަހަށް އޭގެއިން ފައިބައި ގެއާއި ދިމާއަށް ހިނގައިގަތެވެ. އަވަސްއަރުވައިލައިފައި އަރްޒަންވެސް ކާރުން ފައިބަމުން ޔަނާލްގެ ފަހަތުން އޭނާއަށް ގޮވަމުން އައެވެ. އަރްޒަންގެ އަޑަށްވެސް ހުއްޓުމެއްނެތި ޔަނާލް އެދިޔަގޮތަށްގޮސް ލިފްޓަށް އެރިއެވެ. ހާސްވެފައިހުރި އަރްޒަން އޭރުވެސް ދުވަމުންކަހަލަ ގޮތަކަށް ޔަނާލްއަށް ގޮވަމުން އާދެއެވެ.
ގޭގެ ތަޅު ހުޅުވަމުން ޔަނާލް އެތެރެއަށްވަދެ ދޮރުޖަހަން އުޅުނެވެ. އެހެނަސް ދޮރުދޭތެރެއަށް މީހަކު އަތްލައި އެކަން މަނާކުރުމުގެ ސަބަބުން ޔަނާލް އިސްއުފުލައިލައި ބަލައިލިއެވެ. ދޮރުމަތީގައި ހިތާމަވެރި މޫނަކައި އެކުގައި ހުއްޓިހުރި އަރްޒަން ފެނުމުން ޔަނާލްގެ ހިތަށްވެސް ތަދުވިއެވެ. އޭނާއަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން އިހުސާސުވުމުން ދޮރުން އަތް ދޫކޮށްލަމުން ޔަނާލް ދޮރަށް ފުރަގަސްދިނެވެ. އެއާއެކު އޭނާއަށް ވަދެވޭވަރަށް ދޮރު ހުޅުވައިލަމުން އަރްޒަން އެތެރެއަށްވަދެ މަޑުމަޑުން ދޮރު ލައްޕައިލިއެވެ.
ފުރަގަސްދީގެންހުރި ޔަނާލްގެ ފަހަތުން އަރްޒަން ހިފަހައްޓައިލުމާއެކު ރޮއިގެންފައި ހުރިތަނަށް ޔަނާލްއަށް ތިރިވެވުނެވެ. ޔަނާލްގެ އެކުއްލިއަމަލުން ހާސްވެފައިހުރި އަރްޒަން އިތުރަށް ކަންބޮޑުވާގޮތްވިއެވެ. ޔަނާލް ގާތުގައި އިނށީދެލަމުން އަރްޒަން ޔަނާލްގެ ގައިގައި ލޯތްބާއެކު ބައްދައިލިއެވެ. ޔަނާލް ގެނެސް އެއަތުތެރެއަށްލަމުން އިތުރަށް އެމެޔާއިލައި ބޮނޑިކޮށްލިއެވެ. ފުރަތަމަ ގަދަހަދައިލި ނަމަވެސް އިރުކޮޅެއްފަހުން ޔަނާލް ދޫދިނުމަށްފަހު އަރްޒަންގެ ގައިގައި އޮޅުލައިގަތެވެ. އިރެއްއިރަކަށް ބާރުވަމުންދިޔަ ޔަނާލްގެ ގިސްލުމުގެ އަޑުނޫން އިތުރުއަޑެއް މުޅިއެތަނުންވެސް ނުއިވެއެވެ. އޯގާތެރިކަމާއެކު އަރްޒަން މަސައްކަތްކުރަމުން ދިޔައީ ޔަނާލް ހަމައަކަށް އެޅުވޭތޯއެވެ. ޔަނާލްގެ ބޮލުގައި އަތުން ފިރުމަމުންދިއުމާއެކު އިރުއިރުކޮޅުން އެނިތުގައި އަރްޒަން ބޮސްދެމުންދިޔައީ ކޮންމެފަދަ ހާލެއްގައިވެސް ޔަނާލްއާ އެކުގައި ވާނަމޭ ބުނާފަދަ ގޮތަކަށެވެ.
“ޔަނާ. ދެން ހުއްޓާލާ. ތިވަރަށް ރޯކަށް ނުވާނެއްނު.” ޔަނާލްގެ އިސްއުފުލައިލަމުން އަތުގެ ނުފުށުން އޭނާގެ ކަރުނަތައް ފުހެލަމުން އަރްޒަން ބުނެލިއެވެ. “އަަހަ.. އަހަރެންނަށް މިނޫން ގޮތެއް ނެތް.” އަރްޒަންއާާ ހަތަރުކަޅި ހަމަކޮށްލަމުން ޔަނާލް ހިތުޖެހިފައި ބުނެލިއެވެ. “ތިހެން ނުބުނޭ ޔަނާ. އެއްވެސް އިންސާނަކަށް އަބަދު ހިތާމަކުރާކަށް ނުޖެހޭނެ.” ޔަނާލްގެ ކޮލުގައި ލޯތްބާއެކު ފިރުމަމުން އަރްޒަން ޔަނާލްއަށް ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ.
“ނޫން. އަރްޒަންއަކަށް ނޭނގޭނެ. އޭނަ.. އޭނަ.. އަހަރެންގެ މާޒީ. އަހަރެން އެދުވަސްތައް ހަނދާން ނައްތައިލަން ބޭނުން.” ބިރުގަނެފައި އިންވަރުން ޔަނާލްއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ.
“ޔަނާ. ހަމަޖެހިބަލަ. އަހަރެން ހުރިހައި ހިނދަކު އެކަކަށްވެސް ޔަނާއަށް ގެއްލުމެއް ދޭކަށް ނުކެރޭނެ. އަހަރެންނަށް އިތުބާރުކުރޭ ޔަނާ.” ނުހަނު އޯގާތެރިއަޑަކުން އަރްޒަން ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ޔަނާލް އަރްޒަންގެ މޭގައި އަނެއްކާވެސް ލަށްވެލިއެވެ.
“އަހަރެންގެ ސަޕްރައިޒް ކަމުނުދަނީތަ؟” ރުޅިއައިސްފައި އެގެއިން ނުކުމެ ގޭގެ ބިތްދޮށުގައި ހައްދައިފައިއޮތް ބަގީޗާއާ ދިމާއަށްދިޔަ ޒާވިލްގެ ފަހަތުން އައިސް އޭނާއާއި ހަމަކުރަމުން ނިޝްޔާ ހެވިފައި އަހައިލިއެވެ. “ނިޝްޔާ ކޮން މޮޔައެއްވެގެން އޭނަ މިތަނަށް ގެނައީ؟” އެހިސާބަށް ހުއްޓިލަމުން ދަތްކުނޑި ވިކައިލައިފައި ޒާވިލް ހަޅޭލަވައިގަތެވެ.
“އަހަރެންތަ އޭނަ މިތަނަށް ގެނައީ؟ އޭނަ ގެނައީ އަރްޒަން.” ޒާވިލްގެ ކުރިމައްޗަށް މަޑުކޮށްލަމުން ނިތްއަރުވައިލައިފައި ނިޝްޔާ ބުނެލުމާއެކު ހައިރާންވެފައި ޒާވިލް އޭނާއާއި ދިމާއަށް ބަލައިލިއެވެ.
“އަރްޒަން؟ އޭނަ.. އާން. އަހަރެން ހިތަށް އެރިއޭ އެވަގުތު އަރްޒަން އޭނަގެ ފަހަތުން ދިޔައީމަ. އެކަމަކު އަރްޒަންއާ އޭނައާާ ކޮން ގުޅުމެއް؟” ނިތަށް ރޫއަރުވައިލަމުން ޒާވިލް ކުޑަކޮށް ވިސްނައިލިއެވެ. “އެވާހަކަ ބުނާކަށްނު ޒާވް މިގެނައީ. ޒާވްއަށް އެންމެ ރަނގަޅަށް ޔަނާލްގެ ގޮތް އިނގޭނީ. އެއަރްޒަން އެހުރީ ޔަނާލްއާ ހެދި މޮޔަވެފަ. އަހަރެން ބޭނުމީ ޒާވް އަރްޒަންއަށް ވިސްނައިދޭން.” ހަރަން ބަނދެލަމުން ނިޝްޔާ ފޫހިގޮތަކަށް ބުނެލިއެވެ. “ނިޝްޔާ މޮޔަވީތަ؟ އަހަރެން ބޭނުމެއްނޫން އެއަންހެނާގެ ހިޔަނި ފެންނަހިސާބަކަށްވެސް ދާކަށް. އެއީ ބޮޑު ސުންޕާއެއް.” އަތްމުށްކަވައިލަމުން ޒާވިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އަހަރެންނަށް އިނގެއޭ. އެކަމަކު އަރްޒަން އެއީ ޒާވްގެ ބެސްޓް ފްރެންޑެއްނު. އަހަރުމެން އޭނަ ނުހުއްޓުވައިފިއްޔާ އޭނަ އެޔަނާލްއާ ކައިވެނިވެސް ކޮށްފާނެ. ޒާވް ބޭނުންތަ އެެހެންވާން. ޒާވްގެ ކުރީގެ.. ހަހަ..” ނުލަފާ ގޮތަކަށް ހީގަންނަމުން ނިޝްޔާ އޭނާގެ ޖުމުލަ ފުރިހަމަނުކޮށް ހުއްޓައިލިއެވެ. ނިޝްޔާގެ ވާހަކަތަކުން ހައިރާންވެފައި ޒާވިލް އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“އެހިސާބަށް ކަންތައް ގޮސްފަތަ އޮތީ؟ އެއަންހެނާވެސް ނުލަފައެއްނު. އަހަރެންނަށް ޔަގީން އޭނަގެ އެނުބައި ސިއްރުގެ ވާހަކަ އަރްޒަންގާތުގަ އޭނަ ނުބުނާނެކަން.” ޒާވިލް ހީވަނީ ރުޅިއައިސްގެންގޮސް ހަލާކުވެދާނެ ހެންނެވެ. “ޔަގީނެއްނު. ޕްލީޒް ޒާވް އަހަރެންނަށް އެހީވެދީ. ޒާވް އަށް އިނގެއެއްނު އަހަރެން އަރްޒަންދެކެ ލޯބިވާވަރު. އަހަރެން ބޭނުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އަރްޒަން ހާސިލްކުރަން.” ސީދާ ޒާވިލްގެ ލޮލަށް ބަލަންހުރެ ނިޝްޔާ އެދުނެވެ. އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ޒާވިލް ބޯޖަހައިލުމާއެކު ނިޝްޔާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
ސޯފާގައި އިނށީދެލައިގެން އަރްޒަންގެ ކޮނޑުގައި ބޯއަޅައިލައިގެންއިން ޔަނާލްވަނީ އަރްޒަންގެ މަސައްކަތުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ޔަނާލްގެ ކޮނޑުގައި އަތްވަށައިލައިގެން އަރްޒަންއިނީ ވިސްނުމަކަަށް ގެއްލިފައެވެ.
“އަހަރެން.. އަހަރެން ބޭނުން އަރްޒަންއަށް އަހަރެންގެ މާޒީ ކިޔައިދޭން. ވަރަށް ދުވަސްވެއްޖެ އެވާހަކަތައް ބުނަން ބޭނުންވެގެން އުޅޭތާ. އެކަމަކު.. ފަސްޖެހެވެނީ” ޔަނާލްގެއަޑަށް އަރްޒަން ޔަނާލްއާާ ދިމާއަށް އޭނާާގެ މޫނު ކުޑަކޮށް އަނބުރައިލިއެވެ.
“އަހަރެންވެސް އިނގެން ބޭނުންވާ ބައިވަރު ކަންތައް އެބަހުރި. އެކަމަކު މިވަގުތު އަހަރެން ބޭނުންވަނީ ޔަނާ އަރާމުކޮށްލަން. ނުވެސް ކައެއްނު ތިހުރީ. ކައިގެން މިރޭ އަރާމުކޮށްލާ. މާދަން ހެނދުނު އިރާދަކުރެއްވިއްޔާ އަހަރެން އަންނާނަން މިގެއަށް. ހަމަޖެހިގެންނު ވާހަކަ ދެއްކޭނީ ދޯ.” އަރްޒަންގެ އޯގާތެރި ވާހަކަތައް އަޑުއިވިފައި ޔަނާލްއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ޔަނާާލް މަޑު ހޫންއެއް ލައްވައިލުމާއެކު އަރްޒަން އިންތަނުން ތެދުވެ ކާކޮޓަރިއަށްގޮސް ސޭންޑްވިޗްއެއް ހަދައިގެން އައެވެ. ޔަނާލް ކައި ނިމެންދެން އަރްޒަން އޭނާގެ ގާތުގައި އނށީދެލައިގެން އިނެވެ. ކާހިތްނުވިއެއްކަމަކު އަރްޒަން އެހައި ލޯބިން ދިނުމުން ދެކޮޅުހަދާކަށް ޔަނާލްއަކަށް ނުކެރުނެވެ. ގަދަކަމުން ސޭންޑްވިޗް އެއްކޮށް ހުސްކޮށްލަމުން ޖޫސްތަށީގެ އެއްބައި ޔަނާލް ބުއިލިއެވެ. ޔަނާލްއާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަރްޒަން ގެއަށް ދިއުމުން ޔަނާލް އޭނާގެ ކޮޓަރިއަށް ވަންނަމުން މަޑުމަޑުން ދޮރު ލައްޕައި ތަޅުލިއެެވެ.
“ޒާވް. ގެއަށް ނުދަންތަ؟” ގޭތެރެއަށް ވެދެގެންއައި އަރްޒަން ޒާވިލް ފެނުމާއެކު ހިނިތުންވެލަމުން އަހައިލިއެވެ. އޭރު ޕާޓީ ނިމި ހުރިހައި މެހެމާނުންވެސް ގެތަކަށް ގޮސްފިއެވެ.
“ހޫމް. އަރްޒަންގެ އިންތިޒާރުގަ މިއިނީ.” އޭނާ ގާތުގައި އައިސް އިނށީދެލި އަރްޒަންއަށް ފުންކޮށް ބަލައިލަމުން ޒާވިލް ބުނެލިއެެވެ. “ހާދަ ފާޑަކަށް. ޒާވް އޯކޭތަ އަނެއްކާ؟” ޒާވިލްއިންގޮތުން އަރްޒަން ސުވާލުކޮށްލިއެވެ.
“އަހަރެން އޯކޭ. އެކަމަކު އަރްޒަން އޯކޭ ހެނެއް ހިއެއްނުވޭ.” މިފަހަރުވެސް ޒާވިލް ޖަވާބުދިން ގޮތުން އަރްޒަން ހައިރާންވިއެވެ. “ކިހިނެއްވީ ތިހެން ތިބުނީ؟” ލޯހަނިކޮށްލައިފައި އަރްޒަން އަހައިލިއެވެ. “ކަމެއްނުވޭ. އެވާހަކަ ބާވާ. ކޮން އަންހެންކުއްޖެއްތަ މިރޭ ގޮވައިގެން އުޅުނީ.؟” ޒާވިލް އޭނާ ބޭނުންވާ މިސްރާބަށް ވާހަކަ ގެންދަން ފެށިއެވެ. ޒާވިލްގެ ސުވާލުން ލާނެތް ހިންޏެއް އައިސްފައި އަރްޒަން ބަލައިލިއެވެ. ޒާވިލްއާއި ޔަނާލްއާ ގުޅުމެއްވާކަމަށް ހިތްބުނި ނަމަވެސް އެކަން ނުދައްކައި އަރްޒަން ޒާވިލްގެ ސުވާލަށް ޖަވާބުދިނެވެ.
“އެއީ ދޯ. އެއީ.. މައި ގާލް.” ހިނިގަނޑެއް ޖަހައިލަމުން އަރްޒަން އެހެން ބުނިއެއްކަމަކު ޒާވިލްގެ މޫނުމަތިން ފާޅުވަމުންދިޔައީ ސީރިއަސްކަމެވެ. “އެހެންތަ؟ އެހެންވީއިރު އަހަރެންނަށް ބުނެވޭނީ ބޭޑް ޗޮއިސްއެކޭ. އެއަންހެންކުއްޖާ އެއްގޮތަކަށްވެސް އަރްޒަންއާ އެކަށީގެނެއްނުވޭ.” ހިތްހަމަނުޖެހިފައި ޒާވިލް ބުނެލިގޮތުން އަރްޒަންގެ މޫނުމަތީގައިވި ސަމާސަވެރި ގޮތްގަނޑުވެސް ކެނޑިގެންދިޔައެވެ.
“އެކީއްވެ؟” އެއްބުމަ އަރުވައިލަމުން އަރްޒަން އަހައިލުމާއެކު ޒާވިލްއަށް ދަތްކުނޑި ވިކައިލެވުނެވެ. “އެއީ އަހަރެންނަށް އޭނަގެ ގޮތް އިނގޭތީ. އެއީ ހަމަ ނުލަފާ ސުންޕާއެއް.” ޒާވިލްއަށް ރުޅިގަނޑު ކޮންޓްރޯލް ކުރުންވީ ދަތިކަމަކަށެވެ. “ޒާވިލް. ޚަބަރުދާރު. ދެވަނަ ފަހަރަށް ތިކަހަލަ އެއްޗެއް ނުބުނާތި.” ޒާވިލްގެ ވާހަކަތައް ހުރިގޮތުން އަރްޒަން ގާތަށްވެސް ރުޅި އަންނަގޮތް ވިއެވެ.
“އަރްޒަންއަކަށް ނޭނގޭނެ. އޭނަ މާ ރަނގަޅު މީހަކަށް ހެދެން އުޅުނަސް އެއީ..” ޒާވިލްގެ ވާހަކަތައް މެދުކަނޑައިލަމުން އަރްޒަން ވާހަކަދައްކަން ފެށިއެވެ. “ޒާވް އަށް ކިހިނެއްހޭ އޭނަގެ ގޮތް ތިހާ ރަނގަޅަށް އިނގެންވީ؟ ޒާވް ކިހިނެއްހޭ އޭނަ ދަންނަނީ؟” އަރްޒަންގެ އަޑުގައިވެސް އެހެންނާ ނުހުންނަ ހަރުކަށިކަމެއް އެކުލެވިގެން ދިޔައެވެ.
“ޑޭމްއިޓް. ކޮޒް ޝީ އިޒް މައި އެކްސް ވައިފް.” އިނށީދެގެންއިން ސޯފާގެ އަތްގަނޑު މަތީގައިި އެއްއަތުން ގޮށްމުށުން ޖަހައިލަމުން ރުޅިއައިސްފައި ޒާވިލް ހަޅޭލަވައިގަތެވެ. “ވަޓް؟” ޒާވިލްގެ ޖުމުލައާއެކު އެތަނުގައި ހީވީ ބޮމެއް ގޮށްވައިލި ހެންނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އަރްޒަންއަށް އިނދެވުނީ ގަބުވެފައިކަހަލަ ގޮތަކަށެވެ. ހަގީގަތުގައިވެސް އޭނާއަށް މިއޮއް ހުރިހައި ދުވަހު ލޯބިވެވިގެން އުޅެވުނީ އޭނާގެ އެންމެ ގާތް އެކުވެެރިޔާގެ ކުރީގެ އަނބިމީހާދެކެ ހެއްޔެވެ؟
“އާން. ގަބޫލެއް ނުކުރެވުނު ދޯ. އޭނަ ނުބުނޭ ދޯ ކުރިން މީހަކާ އިންވާހަކަވެސް. ހުއް. އެއީ ބޭކާރު އަންހެނެއް. އެއަށްވުރެ މާ ރަނގަޅުވާނެ ނިޝްޔާއާ ކައިވެނުކުރިއަސް.” މަލާމާތުގެ ރާގަކަށް ޒާވިލް ބުނެލިގޮތުން އަރްޒަންގެ މުށްކެވިގެން ދިޔައެވެ. ކޮއްކޮއެއްހެން އޭނާ ދެކޭ ކުއްޖަކާއި ކައިވެނިކުރާނީ ކިހިނެއްހެއްޔެވެ؟
“ސްޓޮޕް އިޓް ޒާވިލް. އަހަރެންނަކަށް ނޭނގެ ޒާވިލްއާ ޔަނާއާ ދެމެދު ޖެހުނީ ކޮންމައްސަލައެއްކަމެއް؟ އަހަރެންނަކަށް ނޭނގެ ޒާވިލް ޔަނާލްދެކެ ތިހާ ރުޅިއަންނަ ސަބަބެއްވެސް. އެކަމަކު މިވަގުތު ތިއިން އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއްނޫން. އެންމެ ރަނގަޅުވާނީ ޒާވިލްވެސް މިވަގުތަށް މިތަނުން ދިޔުން.” ހިތްހަމަނުޖެހިފައި އިންތަނުން ތެދުވަމުން އަރްޒަން ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.
“އެންމެ ރަނގަޅު. އަހަރެން ގޮސްފާނަން. އެކަމަކު އަމިއްލަ ނަފުސާ ސުވާލުކޮށްލާބަލަ. މާ ނާޅާ ގަހެއް ބޭނުންވާނީ ކާކުތަ؟” މަލާމާތްކޮށްލާފަދަ ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން ޒާވިލް ބުނެލުމާއެކު ހުރިފިޔަވަޅު މައްޗަށް އަރްޒަންއަށް ހުއްޓެވުނެވެ.
“ނޭނގުނުދޯ މިބުނި އެއްޗެއް. ހަހަ. އަހަރެން މިބުނީ ޔަނާލް އަކީ ދަރިން ނުލިބޭ އަންހެނެކޭ. އެއީ ބޭކާރު މީހެއް. ފުރިހަމަ އަންހެނަކަށްވެސް އޭނާއަށް ނުވެވުނު. އެކަހަލަ މީހަކަށް އަންހެނެކޭ ކިޔަންވެސް އަހަރެން ލަދު..” ނުވިސްނައިހުރި ޒާވިލް ސިހުނީ އޭނާގެ މޫނުމައްޗަށް އަރައިގެންދިޔަ ހޫނު އެތިފަހަރުންނެވެ. ނޭފަތުންނާއެކު އަނގަމަތިން ފަޅައިގެންދިޔަ ހިސާބުގައި ޒާވިލްއަށް އަތްއަޅައިލެވުނީ ނަގައިގަތް ދިލައިގެ ސަބަބުންނެވެ. ގަބޫލު ނުކުރެވިފައި އޭނާއަށް އަރްޒަންއާ ދިމާއަށް ބަލައިލެވުނެވެ. އޭރު ރުޅި އައިސް ރަތްވެފައި އަރްޒަން އޭނާއާއި ދިމާއަށް ބަލަންހުރިގޮތް ފެނުމާއެކު ޒާވިލްގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ. ފަހަރެއްގައިވެސް އަރްޒަން އެފަދަކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. ދުރުގައިހުރި ތަނބަކާއި ނިވާވެގެން އެމަންޒަރުބަލަންހުރި ނިޝްޔާވެސް ހާސްވެފައި އަވަސްއަވަހަށް އެތަނަށް އައެވެ.
“އިނަފް. އަހަރެން ހިއެއްނުކުރަން ޒާވިލްގެ ވިސްނުން ތިހައި ދަށް ފެންވަރަކަށް ވެއްޓިދާނެކަމަކަށް. ކަލޭ ދޭ މިތަނުން. އިތުރަށް އަހަރެންގެ އަތުން ބޮނޑިއެއް ނުލިބެނީސް ދޭ. ޔަނާލްގެ ނަންވެސް ތިދުލުން ކިޔާއަޑު އަހާކަށް އަހަރެން ބޭނުމެއްނޫން.” ޝަހާދަތްއިނގިލި ދިއްކޮށްލަމުން އަރްޒަން ބުނެލިގޮތުން ނިޝްޔާއަށްވެސް ހިންދިރުވައިލެވުނެވެ. ޒާވިލްގެ އަތަށް ދަމައިލަމުން އެތަނުން ދުރަށްދިއުމަށް ނިޝްޔާ ހިނގައިގަތެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްލުމެއްނެތި އަރްޒަން ސިޑިން އަރައިގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މުޅިމީހާ ރުޅިއައިސްގެންގޮސް ރޫރޫއަޅަމުންދިޔައެވެ. އެފަދަ ދަށު ދަރަޖައަކަށް ޒާވިލްގެ ވިސްނުން ދިޔަގޮތަކާއި މެދުވެސް އަރްޒަން ހައިރާންވެ އަންތަރީސްވެއެވެ. ދެފަރާތަށް ބޯހޫރައިލަމުން އަރްޒަން ހަމަޖެހެން މަސައްކަތްކުރަމުން ދިޔައެވެ. ކޮންމެ ގޮތެއްވިއަސް ހެވެވެ. އެކަމާ ގުޅޭގޮތުން އޭނާ ގޮތެއް ނިންމާނީ ޔަނާލްގެ ވާހަކަތައްވެސް އަޑުއެހުމަށްފަހުއެވެ.
“އޭނަ ކީކޭތަ ހީކުރަނީ؟ އަހަރެންނާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ ދެމެދަށްވެސް ވަނީ. އޭނަ ސަލާމަތްވާނީ އަހަރެންގެ އަތުން ރަނގަޅު ބޮނޑިއެއް ބުއިގެން.” ނިޝްޔާގެ އަތް ފޮޅުވައިލަމުން ބާރު ހިނގުމެއްގައި އެގެއިން ނުކުމެގެން ޒާވިލް ދިޔައެވެ. ދާދި ދެންމެއަކު ހިނގި ހާދިސާތައް ގަބޫލުނުކުރެވިފައި ނިޝްޔާއަށްވެސް އެހުރިތަނުގައި ހުރެވުނީއެވެ. ފަހަރެއްގައިވެސް އެގޮތަށް ކަންތައް ވެދާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
** ** **
ޖެހިގެންއައި ދުވަހު އެރިއިރާއެކު އަރްޒަން ތައްޔާރުވަމުން ދިޔައީ ޔަނާލްގެ ގާތަށް ދިއުމަށެވެ. އެންމެފަހު ކަމަކަށް އަތުގައި ގަޑި އަޅައިލަމުން ސައިވެސް ބުއިމެއްނެތި އަރްޒަން އޭނާގެ ކާރުގައި ޔަނާލްގެ ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ބެލްޖަހާއަޑަށް ޔަނާލް އައިސް ގޭގެ ދޮރުހުޅުވައިލިއެވެ. ކުރިމަތީގައިހުރި އަރްޒަން ފެނުމުން ޔަނާލް ހިނިތުންވެލިއެއްކަމަކު އެހިނިތުންވުން އޭނާގެ ލޮލާއި ހަމައަށް ފޯރާގޮތެއްނުވިއެވެ. ޔަނާލްގެ ރަތްވެފައިހުރި ދެލޮލާއި ކޮންމެވެސް ވަރަކަށް ތެމިފައިހުރި އެސްފިތަށް ފެނުމުން އޭނާ އެއައީ ރޮއިގެންނަން އަރްޒަންގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.
އެއްވެސް އެއްޗެއް ބުނުމެއްނެތި އަރްޒަން އައިސް އިނށީނުމުން އޭނާގެ ގާތުގައި ޔަނާލްވެސް އައިސް އިނށީނެވެ. “ޔަނާ ކީއްވެ ރޮނީ؟ އަހަރެން ބުނީމެއްނު ދެން ނުރޮއްޗޭ.” ޝަކުވާގެ ރާގަކަަށް އަރްޒަން ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ އިސްއޮބައިލިގޮތަށް ޔަނާލް އިނީއެވެ.
“ޔަނާ ބުނަން ބޭނުން ވާހަކައެއް އޮތްނަމަ ބުނޭ. އަހަރެން މިއިނީ އަޑުއަހަން.” އަރްޒަންގެ އަޑަށް ޔަނާލް އިސްއުފުލައިލައި ފެންކަޅިވެފައިވާާ ދެލޮލުން އަރްޒަންއަަށް ބަލައިލިއެވެ. “އަހަ.. އަހަރެންނަކަަށް ނޭނގެ އެވާހަކަ ފަށާނެ ގޮތެއްވެސް.” އިރުކޮޅަކު އެހެން އިނދެފައި ޔަނާލް ބުނެލިއެވެ. “އަހަރެން ކުރާ ސުވާލަކަށް ޖަވާބުދީފާނަންތަ؟” އަރްޒަން ކޮށްލި ސުވާލާއެކު ޔަނާލް ބޯޖަހައިލިއެވެ. “ޒާވިލް.. އެއީ ޔަނާގެ ކާކު؟” އަރްޒަންގެ ސުވާލުން ދެލޯބޮޑުކޮށްލަމުން ޔަނާލް އޭނާއާއި ދިމާއަށް ބަލައިލިއެވެ.
“ކި.. ކިހިނެއް.. އަރްޒަންއަށް ޒާ.. ޒާވިލް އިނގެނީ؟” ޔަނާލް އަހައިލއެވެ. “ތި ސުވާލުގެ ޖަވާބު އަހަރެން ފަހުން ދޭނަން. އެހަށް އަހަރެންކުރި ސުވާލުގެ ޖަބާވު ދީ.” ސީރިއަސް ރާގަކަށް އަރްޒަން ބުނެލިއެވެ.
“އެއީ.. އެއީ.. އަހަ.. އަހަރެންގެ ކުރީގެ..ފި.. ފިރި.. މީހާ.” ވަރަށް އުނދަގުލުން ޔަނާލް ބުނެލިއެވެ. “ޔަނާ ޒާވިލްއާ ކައިވެނިކުރީ ލޯބިންތަ؟” އަރްޒަން އޭނާގެ ދެވަނަ ސުވާލުކޮށްލިއެވެ. އެއާއެކު ޔަނާލްގެ ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގަތެވެ. އިރުކޮޅަކު މަޑުން އިނުމަށްފަހު ޔަނާލް ބޯޖަހައިލިއެވެ. ޔަނާލްގެ އެހަރަކާތުން އަރްޒަންވެސް ހިނދުކޮޅަކަށް ހިމޭންވިއެވެ.
“ލޯބިން ކައިވެނިކޮށްފަ ދެން ކީއްވެ ވަރިވީ؟” އަރްޒަންގެ ތިންވަނަ ސުވާލާއިއެކު ޔަނާލްގެ އަނގައިން މަޑު އާހެއް ނުކުމެގެން ދިޔައެވެ. ރޮވިފައިއިން ޔަނާލްގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން އަރްޒަން އެއަތުގައި ހިފައި ފިތައިލިއެވެ. “ޔަނާ ބުނެބަލަ. އަހަރެންދެކެ ޖެހިލުންނުވޭ. ޔަނާ ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެން އަޑުއަހާނަން. އަހަރެންނަށް ކިޔައިދީ. ޕްލީޒް ޔަނާ. އަހަރެންނަށް އިތުބާރުކޮށްބަލަ.” އާދޭހާއެކު އަރްޒަން ބުނެލިއެވެ. އަރްޒަންގެ މޫނަށް ބަލަން އިނުމަށްފަހު ޔަނާލް ދުރަށް ނަޒަރު ހުއްޓައިލިއެވެ. އޭނާގެ ހަޔާތުގައި އައި އެކަނު އަނދިރި ދުވަސްތައް އަރްޒަންގެ ކުރިމަތީގައި ނިއުޅައިލާންވީ ވަގުތު ޖެހުނީކަން އޭނާގެ ހިތް އެވަގުތު އޭނާއަށް ވިސްނައިދިނެވެ. ދުވަހަކުވެސް މީހަކަށް އިތުބާރު ނުކުރާ ވަރަށް ޔަނާލް އަރްޒަންއަށް އިތުބާރު ކުރެއެވެ. ދެލޯމަރައިލުމަށްފަހު ފުންނޭވާއެއްލަމުން ޔަނާލް އޭނާގެ ވާހަކަ ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
64 Comments!
Comments are closed.







Salaam all.. So here is the 11th part.. Hehe.. Hope ya all like this part too.. Enjoy reading and let me knw the mistakes.. Next part in sha allah tmrw.. Kyp waiting.. Happy Islamic New Year everyone.. Have a nice day.. Love u all my dear readers.. ❤?
Nau best kamaky daily koh up kuraathy :)) ❤️
Hehe awwwn thanks dear❤?
me first
Hehe ofcourx u first?
me first and vrh reethi vaahaaka
Thanks dear❤
um second
Hehe?
Ey v salhi igey mi part vex mi stry vex.masha allah.adhi kiriyaa comm eh mi kohlevuny.N v nice.keep it up dear.
Waiting 4 nw part.
Ummeedh kuran kuriyy stry thah gothah mi stry vex gendhaane kamah.
-salaam-?????
Yah in sha allah i will try my best.. So happy to see ur comment n thanks alot dear❤
Varah reethi… Finally meehaku bunaahaa ehcheh gaboolu nukuraa firihenakaa dhimaavehje vaahaka akun vias ??♂️… And mi part thankolheh kuru… Next part dhigu kollaathi :))
Heheh. Aslu madhun viyas ulhey dhw ekahala myhun.. Yah lil kuru dhw in sha allah nxt part lng kohlaanan.. Btw thanks alot dear❤
Me firrrrrrsssst…v v v Reethi…..
Keep it up……
Thanks dear.. ❤
Story vvv reethi… Waiting for next part ????
Thanks alot my dear?
Alhey mi vaahaka v reethi… Masha Allah…
Thanks my dear❤
Emme interest vi hisaabun mi part nimmaaly. Can’t wait for next part. V nice mi part vx. Keep it up love.♥️♥️♥️
Awwwn thanks alot love. ❤❤
Luv u 2 dear…maasha allah v v v v habeys mi part vx..whn next..???
Thanks alot dear.. In sha allah tmrw❤
OH MY GOD! this is soo shocking..
Nau aslu vx v molhu vaahaka liyan.. keep it up dear ???
Awwwn hehe thanks alot my dear❤
Wow varah reethi..when next part?????????????????????????
Thanks dear. In sha allah tmrw?
Alhey cant wait…. v. Nice.???..keep up the good work ???luvya❤❤❤.. keep smiling???
Hehe thanks alot dear.. Luv yah too?❤
woww!!!! vrh salhi mi part vx vrh wait kurevijje mi part ah n thnx nau ah khnme dhuvahaku upkhdhey thyy..cant wait for next……
Awwn thanks alot dear n ur mst wlcm❤
hi.. varah reethi mi part ves..
ekam bunelaanun thank kolheh,
nimey thaaaanga eba hutteh nun ( dhuvahakuves meehakah ithubaar nukuraa varah yanaal ah arzan ah ithubaar kureve )
bunan beynun vaa thankolhakee 2faharhu ( ah ) beynun koffa huree ma v odd vahthar jahaa,
nau balaaaba mithankolhu
Thanks alot dear. Yah thihen bunyma nau ahvx hyvehje.. I will edit ethankolhu ingey.. ❤
your wc nau,
love you lots
Owwww avahah nxt part up kohdhybw dear…. Cnt wait….
Thanks alot dear. Hehe yah in sha allah. ❤
Varah inthizaaru kureveyy… v goii balaa hithunnnn
Hehe thanks alot dear.. Kyp waiting❤
Mihaaru mivaagothakee yanal akee dharin nulibuney meehe but she didn’t tell zavil so when zavil found out he got angry n yanal ah aniyaa kuree n they got divorced.. ragalha baa mi guess kurevenee..
Hehe lets see dhw thi guess rangalhuthw or noonthw.. Dhn yanaal ge past ingunyma ingeyny dhw.. So kyp waiting?
Kobaa heevehje..nahu bunymehnun eyruvx xaavil marry kury yanaa aaey..☺️
Anehfaharu yanaa ah dhera dheyn nishayaa e ulheny keeive tha ..?rangalhah viyyaa kury faharuvx xaavil aa dhuru kuru v nishyaa ge reyvumakun kanneyge …ehnve ehnun yanaa nishyaa dheke vx birugannany…alhey..maadhamaa ge part ah inthixaaru kureveny..emme salhi hisaabun thi nimmaalee nau..?.haadha interesting ey…story is owsome..❤?.yanaa ge past ga v goii balaa hithun keii vany eh noon mihaaru..arxan anehkaa yanaa dheke rulhi ayanudheh chey..eyrun yanaa anehkaa maa dhera vaane..curiously waiting for the next part..❤
Hehe ya dhw.. Dhn lets see vaagotheh. Y she is scared of nishya n all. Hehe.. Dhn yanaa ge pst ingunyma dhw arzan react kuraa gothehvx ingeyny.. So kyp waiting.. Hehe.. Btw thanks alot my dear❤❤
V v salhi??than kolheh dhigukoh genes dheeba? please ? kiyaahithun keh Madhu vanee?? next part avas koh dheeba ?????????❤
Hehe thanks alot my dear.. Ya will try in sha allah❤?
OMG…. Yanaal nishya dheke ehaa birugannany kyve baa???? I think zaavil aa dhemyhun dhuru kurydhww.. Vvv Curious to know a about yanaal ge past.. ??????luv this story and u…
Lets see dhw.. Hehe thanks my dear.. Luv u too❤?
Mi first comment mi story ah kuraa…. Ekam baraa barah mi story kiyan…masha Allah vrh ves reethi…. Curiously waiting waiting…..mi story ge commeh part eh ves hama hituge emmeh fahu naaraa hisaabah asarukurey
Alhey so sweet.. So happy to see ur comment dear.. Thank u sooo much my dear❤
Owwww….. dhn in part mirey update koh lah daaan v nun…. varah varah reethi mi part vas… Can’t wait to read the next part…..
Thanks alot dear. Hehe. In sha allah maadhan up kohlaanan ingey❤
Nau…..alhey haadha furihamaye.huriveni ky nun kiyaahithun.?
Awwn thanks alot my dear?
Alhey anehbai kiyaahithun hurevenykynun… maadhan vaaneirakah mihaaru inthixaaru kureveny…alhe nau haadha haadha molhey story liyan… hama mulhin kosvehje… ehera sifakohlumeh, hama bas huhteyhaavey… thy hunaruhuri molhu vaahaka liyun therieh…luv u
Awwwwnnn thanks soooo much my dear.. Luv u more❤
Wow……arzan aky haadha visney meehekey……komme story eh ge ves furathama misunderstanding vany dhw….bt mi story unique dhw……nice ingey nau…..bt nishya dheke birugannany kyvebaa…????…nishya anekka kykurytha????…ekam arzan ah haadha visney kujjekey dhw.???
Hehehe.. Arzan is different dhw?.. Lets see wat nishya did.. Hehe.. Btw thanks alot my dear❤
Nau plxxx maadha thankolheh avaha up kohdhechey…????
Hehe in sha allah will try my best ingey?
Haadha lahey stry up vaale. Mihaaru kiyaa hithu hureveniiiky nun..? mi stry hama vrh salhi???
Thanks dear. Sry. Lil bxy vyma lasvy?
nau kobaa next part?????? vrh wait kurevijje mihaaru
Hey dear up kohlaafin ingey.. ?
alheyy nxt part kiyaagithun kehvanyykyy noon … i’m curious … ??
anyways stry vvvvvvv salhyyy i love ittt!!!??
Thanks alot my dear❤