ދުވަހަކުވެސް މީހަކަށް އިތުބާރު ނުކުރާ ވަރަށް ޔަނާލް އަރްޒަންއަށް އިތުބާރު ކުރެއެވެ. ދެލޯމަރައިލުމަށްފަހު ފުންނޭވާއެއްލަމުން ޔަނާލް އޭނާގެ ވާހަކަ ފެށިއެވެ.
** ** **
ހުދު ކައިވެނީހެ ހެދުމުގައިހުރި ޔަނާލް މަޑުހިިނގުމެއްގައި ހަނީފާގެ ފަހަތުންގޮސް ޒާވިލްގެ ކޮޓަރިއަށް ވަނެވެ. އޭރު ޒާވިލްއަދި ކޮޓަރިއަށް ނާދެއެވެ. ކައިވެނިޕާޓީ ނިންމައިލައިފައި އައުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއެކުވެސް އަރާމުކޮށްލެވެން ނެތްކަން ޔަނާލްއަށް އެނގެެވެ. އެހެނީ އެރޭގެ ދަންވަރު ފްލައިޓުން ޒާވިލްގެ އާއިލާއާއެކު އޭނާވެސް ފުރަންޖެހޭނެތީއެވެ. އެމީހުންވަނީ މާކުރިންވެސް ޒާވިލްގެ ކައިވެންޏާއެކު މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފައެވެ.
“ދަރިފުޅުދޭ އަވަހަށް ފެންވަރައިލައިގެން ތައްޔާރުވެލަން. ދެން އެހައި ގިނަ ވަގުތެއްވެސް ނެތެއްނު. ޒާވިލްވެސް އިރުކޮޅަކުން އަތުވެދާނެ ކަންނޭނގެ.” ހިނިތުންވެހުރެ ޒާވިލްގެ މަންމަ ހަނީފާ ބުނެލިއެވެ. ލަދުވެތިކަމާއެކު ބޯޖަހައިލަމުން ޔަނާލް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ.
ކޮޓަރީގެ އެއްފަރާތުގައި ބަހައްޓައިފައިހުރި އޭނާގެ ފޮށިން ލާނެ ހެދުމަކާއި ތުވާލި ހިފައިގެން ޔަނާލް ފާޚާނާއަށްވަނީ ތާޒާވެލައިގެން ނުކުތުމުގެ ނިޔަތުގައެވެ. އޭރު ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން އޭނާގެ ފައިގައިވެސް ކޮންމެވެސް ވަރަކަށް ރިއްސަމުން ދިޔައެވެ.
ޔަނާލްއަކީ އޭނާގެ މައިންބަފައިންގެހުރި ހަމައެކަނި ދަރިއެވެ. ކުޑައިރު ދިމާވި އެކްސިޑެންޓެއްގައި އޭނާގެ މައިންބަފައިން ނިޔާވުމުން އޭނާގެ ބައްޕަ ފަރާތު ބޮޑުބޭބެ އޭނާ ބެލުމާއި ހަވާލުވި ނަމަވެސް އެހިތުގައި ޔަނާލްއާއި މެދުގައި އެއްވެސް ރަހުމެއްނުވާކަން އޭނާގެ ހަޔާތުން ފާއިތުވި ދުވަސްތަކުގައި ޔަނާލްއަށްވަނީ އެނގިފައެވެ. ދަތިހާލުގައިވެސް ޔަނާލް އެމީހުން ގާތުގައި ދިރިއުޅުނީ އޭނާގެ އާއިލާގައި އެނޫން އިތުރު ބަޔަކު ނެތުމުންނެވެ. ބޮޑުބޭބެއަކީ މުއްސަނދިކަމާއި ފައިސާއަށް ލޯބިކުރާ މީހެކެވެ. އެކަން ހާސިލް ކުރުމަށްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ޔަނާލްގެ ކައިވެނި މާލޭގެ މުއްސަނދިންގެ ތެރެއިން ބަޔަކާއި ކުރެވުމުން އެކަމާވެސް އޭނާގެ ބޮޑުބޭބެ ހުންނަނީ ފަޚުރުވެރިވެފައެވެ. ހިތުން އެކަމުގެ ސަބަބުން އޭނާއަށް ކޮންމެވެސް ގޮތަކުން މޮޅުތަކެއް ވަނީއެވެ.
ފެންވަރަލައިގެން ޔަނާލް ނުކުތް ވަގުތަކީ ދޮރުހުޅުވައިލުމަށްފަހު ޒާވިލްވެސް އެކޮޓަރިއަށް ވަތްވަގުތެވެ. ފާޚާނާ ދޮރުމަތީގައި އިސްޖެހިފައިހުރި ޔަނާލް ފެނުމުން ޒާވިލްއަށް ހިނިތުންވެލެވުނެވެ. ތެތް އިސްތަށިގަނޑުގެ ސަބަބުން ޔަނާލްގެ ރީތިކަމަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. އިރުކޮޅަކު އެދިމާބަލަން ހުރުމަށްފަހު ޒާވިލް ޔަނާލްއާ ދިމާއަށް ހިނގައިގަތެވެ.
ދެމީހުން ތައްޔާރުވެގެން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި ޒާވިލްގެ މަންމައާއި ބައްޕަ ތާލިމްގެ އިތުރުން އޭނާގެ ކޮއްކޮ ޒިޔާންވެސް ސިޓިންގް ރޫމްގެ ސޯފާގައި އިނށީދެލައިގެން ތިއްބެވެ. އެންމެން ހަމަވުމާއެކު އެއަރޕޯޓަށް ދިއުމަށްޓަކައި އެމީހުން ދަތުރުފެށިއެވެ.
** **
މެލޭޝިޔާއިން ތާލިމް ގަތް ގެއަށް ހުރިހައި އެންމެނަށް އައިސް ވަދެވުނުއިރު ކޮންމެ މީހަކުވެސްވަނީ ލޮޑުވެ އަރާމުކޮށްލަން އިންތިހާއަށް ބޭނުންވެފައެވެ. ޔަނާލް އާއި ޒާވިލްވެސް އެމީހުނަށް ޚާއްސަކުރެވިފައިހުރި ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
ޔަނާލްގެ އަލަތު ކައިވެނި ފެށިގެން ދިޔައީ ނުހަނު އުފާވެރިކަމާއި ހަމަޖެހުމާއެކުއެވެ. ކޮލެޖުން ފެށުނު އެގުޅުން ކައިވެންޏަކާއި ހަމައަށް އައުމުން ޔަނާލްގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ތިމާ އެންމެ ލޯބިވާ ފަރާތާއި ކައިވެނި ކުރެވުމުން އުފާނުވާނީ ކާކުހެއްޔެވެ؟
ދެމީހުން ހަނީމޫން ހޭދަކުރީ މެލޭޝިޔާގެ މަޝްހޫރު ހޮޓެލްއެއްގައެވެ. ޒާވިލްގެ އަޅައިލުމާއި އޯގާތެރިކަން ފެނި ޔަނާލް ހުންނަނީ ވަރަށް ހަމަޖެހިފައެވެ. އެފަދަ ފިރިޔަކު އޭނާއަށް ދެއްވިކަމަަށްޓަކައި އޭނާ ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރެއެވެ.
މެލޭޝިޔާއަށް ބަދަލުވުމަށްފަހު ޒާވިލް އޭނާގެ ބައްޕައާއެކުގައި އޭނާގެ ބައްޕަގެ އޮފީހުގައި މަސައްކަތްކުރަންފެށިއެވެ. ޒާވިލްގެ ކޮއްކޮ ޒިޔާން އޭނާގެ ކިޔެވުން މެލޭޝިޔާގެ ޔުނިވާރސިޓީއަކުން ކުރިއަށް ގެންދިޔައިރު ޔަނާލް ގިނަ ވަގުތު ހޭދަކުރަނީ ޒާވިލްގެ މަންމައާއެކުގައި ގޭގައި އެކި މަސައްކަތް ކުރުމުގައެވެ.
ދުވަސްތައް އެގޮތުގެ މަތިން ފާއިތުވަމުން ދިޔައެވެ. ހުރިހައި އެންމެންގެ ދިރިއުޅުމަށްވެސް އުފާވެރިކަން ގެނުވަމުންނެވެ. ޒާވިލްގެ އާއިލާ ޔަނާލްއަށް ވަރަށް ހެވެވެ. އޭނާގެ ހަޔާތަށް އައި އެދުވަސްތައްވީ ބަހާރު މޫސުމެއްފަދަ ދުވަސްތަކަކަށެވެ. އެއްވެސް ކަމަކާ ވިސްނައި ކަންބޮޑުވާކަށް ޔަނާލްއަކަށް ނުޖެހެއެވެ. އަބަދުވެސް އޭނާއާއި އެކުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ޒާވިލް ހުރެއެވެ. ހަނީފާގެ ފަރާތުން ލިބުނު މައިވަންތަ ލޯތްބާއި ކުލުނުގެ ނަތީޖާއަކަށްވީ ޔަނާލްގެ ހިތުގައި އޭނާއަށްޓަކައި މަތިވެރި ގަދަރެއްދެވި ވަރުގަދަ ޖާގައެއް އުފެދިގެން ދިއުމެވެ. ހަނީފާވެސް އަންހެން ދަރިއަކު ނެތުމާއެކު ޔަނާލްއާ މެދުގައި ކަންތައް ކުރަމުން އައީ އަމިއްލަ ދަރިޔަކާއި މެދުގައި ކަންތައްކުރާ އުސޫލުންނެވެ. އެހުރިހައި ކަމެއްގެ ފަހަތުގައި ދެއްކުންތެރިކަން ވާނޭކަމަަށް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ޔަނާލްއަކީ އެއްއިރެއްގައިވެސް މީހަކާ މެދުގައި ގޯސްކޮށް ވިސްނާ ކުއްޖެއްނޫންކަމުން ހަނީފާއާއި މެދުގައިވެސް އޭނާއަށް ދެކެވުނީ އެންމެ ރަނގަޅަށެވެ. ހާލަތު ނިޔާކުރާގޮތުން މީހެއްގެ އުޅުން ބަދަލުވެދާނެކަމަށް އޭރު ޔަނާލްއަށް ނުވިސްނުނީއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އުޑުމަތި ބަނަކޮށް އޮތްނަމަވެސް ވާރެއެއް ނުވެހެއެވެ. އާދައިގެ ވަރަކަށް ވައިޖެހެމުންދިޔައެވެ. ޒާވިލްގެ އެދުމަށް ޔަނާލް ތައްޔާރުވެ ހުރީ އޭނާ އޮފީހުން އައިސް ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލަން ބޭރަށް ދިއުމުގެ ގޮތުންނެވެ. ބެލްކަނީގައި ޒާވިލްގެ އިންތިޒާރުގައި ވަގުތުތައް ގުނަންހުރި ޔަނާލްގެ އިންތިޒާރަށް ނިމުމެއް އައީ ގޭގެ ގޭޓުން ވަދެގެން އައި ކަޅުކުލައިގެ ކާރު ފެނިފައެވެ. ވަގުތުން ހިނިތުންވެލަމުން ޔަނާލް ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ. ކާރުގެ ދޮރު ހުޅުވައިފައި ޒާވިލް ކާރުން ފެއިބިއިރު ޔަނާލް އައިސް ގޭގެ ބޮޑު ދޮރު ހުޅުވައިލަނީއެވެ. ޔަނާލް ފެނުމާއެކު ވަރުބަލިވެފައިވާ އެމޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ޔަނޫ.” ޔަނާލް ގާތަށް އައިސް ހުއްޓެމުން ލޯތްބާއެކި ޖަންބުކުލަ އަރަމުންދިޔަ އެކޯތާފަތުގައި ފިރުމައިލަމުން ޒާވިލް ގޮވައިލިއެވެ. ރަކިގޮތަކަށް ޔަނާލްއަށް އިސްޖަހައިލެވުނީ ފަހަތުން ލާނެތް ގޮތަކަށް ހެވިފައިހުރެ އެދިމާއަށްއައި ތާލިމް ފެނިފައެވެ. އެމީހުންނާއި ވާހަކަ ދައްކައިލަން ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ތާލިމް ގެއަށް ވަނުމުން ޒާވިލް ޔަނާލްގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލިއެވެ.
“ދެންް ޒާވް. މީހަކަށް ފެނިދާނޭ.” ލަދުގަނެފައި ޔަނާލް ތުންފަތުގައި ދަތްއަޅައިލިއެވެ. “ހެހެ. ކާކަށް ފެންނާނީ؟” ޔަނާލްގެ ކޮލުގައި އަތުން ހިފައިލަމުން މަޖާވެލައިފައި ޒާވިލް އަހައިލިއެވެ.
“މަންމަވެސް ބައްޕަވެސް އެބައުޅޭ ގޭގަ.” ގޭތެރެއަށް ނަޒަރެއްދެމުން ޔަނާލް ޒާވިލް އޭނާއާއިކުޑަކޮށް ދުރުކޮށްލިއެވެ. “ދެން ކޮބާ މައްސަލައަކީ؟ އަހަރުމެން މިއުޅެނީ ކައިވެނިކޮށްގެއްނު.” އެއްލޯ މަރައިލަމުން ޒާވިލް އަނެއްކާވެސް ޔަނާލް އޭނާއާއި ގާތަށް ދަމައިލިއެވެ. “އެކަމަކުވެސް..” ޔަނާލް ކުޑަކޮށް ގަދަހަދަން މަސައްކަތް ކޮށްލުމާއެކު ޒާވިލް އޭނާގެ އަތުގައި ހިފައި ދަމައިގަންނަމުން ޔަނާލް ގައިގައި ކުޑަކޮށް ބައްދައިލިއެވެ. އަދި މަޑުމަޑުން ޔަނާލްގެ ދޮންކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ. ދުރުވާން ބޭނުންވިއެއްކަމަކު ޔަނާލްއަށްވެސް ދެލޯމަރައިލަމުން ޒާވިލްއާ އިތުރަށް ގާތްވެލެވުނީއެވެ. އެއާއެކު ޒާވިލްގެ މޫނު މައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.
“ސީ. އަސްލު ޔަނޫވެސް ބޭނުންވެއޭ. ގަދަހެދިޔަސް.” ޔަނާލްގެ ނޭފަތުގައި އަތުން މަޑުމަޑުން ހިފައިލަމުން ލާނެތް ގޮތަކަށް ޒާވިލް ދިމާކޮށްލިއެވެ.
“އެހެމް އެހެމް. ބަލަ ގޭގަ ހުރި ކޮޓަރިތައް ހުސްވީތަ؟” ދަބަސްކޮނޑުގައި އަޅުވައިލައިގެން އައި ޒިޔާން އެމަންޒަރުފެނި ދިމާކޮށްލިއެވެ. ޒިޔާންގެ އަޑަށް ސިހިފައި ޔަނާލްއާއި ޒާވިލް އެކަކު އަނެކަކާ ދުރަށް ޖެހިލިއެވެ. ލޯހަނިކޮށްލަމުން ޔަނާލް ޒާވިލްއަށް ބަލަންހުރިގޮތް ފެނި އޭނާއަށް މަޖާވިއެވެ. “ތިކަމެއް އިނގިދާނެ ޒިޔާވެސް މީހަކާ އިންނަ ދުވަހަކުން. އޭރަށް ދޮންބެވެސް ހުންނާނަމޭ ކޮޓަރިތައް ހުސްވީތޯ ބަލަން.” ޒިޔާންގެ ކޮނޑުގައި ބޮނޑިއެއް އަޅައިލަމުން ޒާވިލް ބުނެލި އެއްޗަކުން ޒިޔާންގެ ދެލޯބޮޑުވެގެން ދިޔައެވެ. “ހޫން އަހަރެން ނޫޅެން އަދި މީހަކާ އިންނަހިތުން މޮޔަވެގެންނެއް.” ކުޑަކޮށް ޒާވިލް ކޮށްޕައިލަމުން އޭނާއާއި ދިމާއަށް ވައްތަރެއް ޖައްސައިލައިފައި ޒިޔާން އެތަނުން ދިޔައެވެ.
“ހީވޭ. އަހަރެން އޭރުވެސް ބުނީމެއްނު މީހަކަށް ފެނިދާނޭ. ޒާވް ނުކުރާާނެ އަހަރެން ދައްކާ ވާހަކަ ގަބޫލެއް.” ކުޑަކޮށް ތުންދަމައިލަމުން ޔަނާލް ބުނެލުމާއެކު ނުލަފާ ގޮތަކަށް ޒާވިލް ހޭންފެށިއެވެ. “އެހެންނު ވާނީ. އަހަރެންގެ އަނބި ގޮއްޔެ ރީތިކަމުން.” އަނެއްކާވެސް ޔަނާލްގެ ނޭފަތުކޮޅުގައި ހިފައިލަމުން ޒާވިލް މަޖާވެފައި ބުނެލިއެވެ.
ކޮޓަރިއަށްވަދެ ކުޑަކޮށް ތާޒާ ވެލުމަށްފަހު ޔަނާލް ގޮވައިގެން ބޭރަަށް ދިއުމަށްޓަކައި ޒާވިލް ތިރިއަށް ފެއިބިއިރު ހަނީފާއާއި ކޮންމެވެސް ވާހަކައެއް ދައްކަން ޔަނާލް އިނެވެ. ޒާވިލް ފެނުމުން އިންތަނުން ތެދުވަމުން ހަނީފާ ގާތުގައި ބޭރަށްދަނީކަމަށްބުނެ ގެއިން ނުކުމެ ކާރުގައި ދެމީހުން އެމީހުންގެ މަންޒިލާއި ދިމާއަށް މިސްރާބުޖެހިއެވެ.
ްޮއިރުއޮއްސެން ގާތްވެފައިވުމާއެކު ޒާވިލް ނިންމީ ގެއަށް ދިއުމުގެ ކުރިން ރެސްޓޯރެންޓަކުން ކައިގެން ދާށެވެ. ޔަނާލްވެސް އެކަމަކާ ދެކޮޅެއް ނުހަދައެވެ. މެލޭޝިޔާގެ ބޮޑެތި މަގުތަކުގައި ކާރު ދުއްވައިލުމަށްފަހު ޒާވިލް ހިތްހަމަޖެހޭ ރެސްޓޯރެންޓަކަށްވަދެ އެތަނުން މޭޒެއްގެ ދޮށުގައި ދެމީހުން އިނށީނެވެ. ކާން ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުމަށްފަހު އެކިއެކި ވާހަކަ ދެއްކުމުގައި ދެމީހުން މަޝްއޫލުވިއެވެ.
އޮފީހުގައި އޭނާގެ ދުވަސް ދިޔަގޮތް ޒާވިލް ކިޔައިދިންއިރު ޔަނާލްވެސް އޭނާާގެ ދުވަސް ދިޔަގޮތް ޒާވިލްއަށް ކިޔައިދިނެވެ. ދެމީހުން އެކި ވާހަކައިގައިތިބެ ކާތަކެތި އައުމުން ކައި ނިންމައިލިއެވެ.
“ޔަނޫ. އަހަރެން ބޭނުން ވާހަކައެއް ބުނަން.” ގެއަށް ދިޔަ މަގުމަތީގައި ޒާވިލް ބުނެލިއެވެ. ޒާވިލްއަށް އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓައިލަމުން ޔަނާލް ބޯޖަހައިލިއެވެ.
“އަހަރުމެން ކައިވެނިކޮށްގެން އުޅޭތާ މިހާާރު ހަތްމަސްވީ. އަހަރެން ބޭނުން ބޭބީ އެއް ހޯދަން. ޔަނޫ އޯކޭ އިއްޔާމުން.” މަގުމައްޗަށް ބަލަންއިނދެ ޒާވިލް ލަސްލަހުން އޭނާގެ ހިތުގެ އެދުން ބޭރުކޮށްލިއެވެ. ޒާވިލްއަކީ އަބަދުވެސް ކުޑަކުދިންނަށް ވަރަށް ލޯބިކުރާ މީހެއްކަން ޔަނާލް ދަނެއެވެ. އިސްވެ ކުއްޖަކު ބޭނުންވާ ވާހަކަ ޔަނާލްއަށް ބުނަން ނުކެރުނު ނަމަވެސް ޒާވިލް އެހާމަކުރީ ޚުދު އޭނާގެވެސް ހިތުގެ އެދުމެވެ. ޒާވިލްގެ ވާހަކައިން ޔަނާލްއަށް ހުރިހައި ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލެވުނެވެ.
“ޔަނޫ. އެއްޗެކޭ ބުނެބަލަ.” އެއްވެސް އެއްޗެކޭ ނުބުނެ ހެވިފައި ޔަނާލް އިންނަން ފެށުމުން ޒާވިލް ޔަނާލްގެ ކޮނޑުގައި ކުޑަކޮށް ކޮށްޓައިލަމުން ބުނެލިއެވެ. “ޒާވް. އަހަރެންވެސް.. އަހަރެންވެސް ބޭނުން އަވަހަަށް ކުއްޖެއް ހޯދަން.” ލަދުގަނެފައި އިސްޖަހައިލަމުން ޔަނާލް ބުނެލުމާއެކު ޒާވިލްއަށް ދެލޯމަރައިލެވުނީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. “އަސްލުވެސްތަ؟” ޔަގީންކޮށްލާފަދަ ގޮތަކަށް ޒާވިލް އަހައިލިއެވެ. ޔަނާލް އަވަސް އަވަހަށް ބޯޖަހައިލަމުން ކުޑަކޮށް ގުދުވެލުމަށްފަހު ޒާވިލްގެ ކޮނޑުގައި ބޯއަޅައިލިއެވެ.
**
އޭގެފަހުން ފާއިތުވާންފެށި ކޮންމެ ދުވަހެއްގައި ދެމީހުންވެސް އެމީހުންގެ ހިތުގެ އެދުން ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކަށް އެއްވެސް އަލިމަގެއް ނުފެނުނު ނަމަވެސް ހިތްވަރު އެލުވައިނުލާ ދެމީހުން މަސައްކަތްކުރީ ކުއްޖަކު ބޭނުންވެފައި ހުރިވަރުންނެވެ.
އެމީހުން އެގޮތުގައި ކުއްޖަކު ހޯދަން މަސައްކަތް ކުރަމުންދިޔަތާ ބަރާބަރު އެއްމަސް ފާއިތުވެގެން ދިޔައިރުވެސް އުއްމީދުކުރިފަދަ ނަތީޖާއެއް ނުލިބުނެވެ. ޔަނާލްގެހިތް މާޔޫސްކަމުން ފުރިގެން ދިޔައިރު ޒާވިލްވެސްވަނީ ހަމަ އެފަދަ ހާލެއްގައެވެ. ދެމީހުންގެހިތް އެކަމާާ ހިތާމަކުރިއެއްކަމަކު ކޮންމެ މީހަކުވެސް ބެލީ އެކަކު އަނެކަކު ކުރިމަތީގައި އެއިހުސާސުތައް ނުދައްކައިވޭތޯއެވެ.
ބަދިގޭގައި ޖޫސްތަށްޓެއް ގިރަންހުރި ޔަނާލްގެ މޫނުމަތީގެ ކުލަވަރުވަނީ މިލައިފައެވެ. ބޮލުގައި ރިހުމެއް އުފެދިފައި ހެނދުނު ހޭލީއްސުރެ ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވެފައި ހުންނާތީ ޔަނާލް ދައްކަނީ ވަރުބަލިގޮތަކަށެވެ. ބަންދު ދުވަހެެއްކަމުން ޒާވިލްވެސް ގޭގައި އޮފީހުގެ ކޮންމެވެސް މަސައްކަތެއްގައި އުޅެއެވެ.
ޖޫސްތަށި ހިފައިގެން އެނބުރުނު ޔަނާލްގެ ބޮލަށް އަރައިގަތް ކުއްލި ތަދާއެކު އޭނާ ވަށައިގެންވި މާހައުލު އެނބުރިގަތްކަހަލަ އިހުސާސެއް ވިއެވެ. ދެލޯމަރައި ބާރުކޮށްލަމުން ޔަނާލް ކުޑަކޮށް ބޮލުގައި ފިރުމައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ލޯމައްޗަށް އަނދިރިވުމާއެކު ވީނުވީއެއް ނޭނގި ޔަނާލް ހުރިތަނަށް ވެއްޓުނެވެ. ފެންފުޅިއެއްބަލައި އެވަގުތު ކާކޮޓަރިއަށް އައިސްވަތް ޒާވިލްއަށް އެމަންޒަރު ފެނިފައި ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަސް އަވަހަށް އައިސް ޔަނާލް އަތުލަފިކޮށްލަމުން ޒާވިލް އޭނާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.
ޔަނާލް އެނދުގައި ބާވަމުން ފޯނު ނަގައި އޭނާާ އަވަސް އަވަހަަށް އެތަނުގައި ދިރިއުޅޭ އޭނާގެ ބައްޕަގެ ރަހްމަތްތެރި ޑޮކްޓަރަކަށް ގުޅައިލިއެވެ. އެމީހާ އަންނާނެ އިރެއްގެ އިންތިޒާރުގައި އިން ޒާވިލް މަޑުމަޑުން ޔަނާލްގެ ކޮލުގައި އަތުން ފިރުމަމުން ފެންފޮދެއް އުނގުޅައިލިއެވެ. އެސްފިޔަތައް ކުޑަކޮށް ތަޅުވައިލުމަށްފަހު ޔަނާލް ލަސްލަހުން ދެލޯ ހުޅުވައިލިއެވެ. އެއާއެކު ޒާވިލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ޔަނޫ” ޔަނާލްގެ ކޯތާފަތުގައި ޒާވިލް ލޯބިން ފިރުމައިލިއެވެ. އެވަގުތަކީ ޑޮކްޓަރ ޖޫލީ ގޮވައިގެން ތާލިމްއާއި ހަނީފާވެސް އައިސް އެކޮޓަރިއަށް ވަތް ވަގުތެވެ. ޑޮކްޓަރަށް ފުރުސަތުދެމުން ޒާވިލް އިންތަނުން ތެދުވެ ކުޑަކޮށް ދުރަށްޖެހިލިއެވެ. ޔަނާލްއާއި އެކިއެކި ސުވާލުކުރުމަށްފަހު ޖޫލީ ނިންމީ ޔަނާލްގެ ޓެސްޓްތަކެއް ހެދުމަށެވެ.
“ޑޮކްޓަރ. އިޒް ޝީ އޯކޭ؟” ކަންބޮޑުވެފައި ޒާވިލް އަހައިލިއެވެ. ހިނިތުންވެލަމުން ޑޮކްޓަރ ބޯޖަހައިލީ އެދުވަހު ހަވީރު އޭނާގެ ކްލިނިކަށް ޓެސްޓްތައް ހެދުމަށް އައުމަށް ބުނަމުންނެވެ. ޔަނާލްއަށް ބަލައިލަމުން ޒާވިލް ބޯޖަހައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޔަނާލް ދެއްކި ވާހަކަަތައް އަޑުއަހައިފައި ޒާވިލްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިކަހަލައެވެ.
ހަވީރުވުމުން ދެމަފިރިން އެކީގައި ޖޫލީގެ ކްލިނިކަށްގޮސް އޭނާ ހަދަންބުނި ޓެސްޓްތައް ހަދައި ނިންމަައިލިއެވެ. ނަތީޖާ ލިބޭނީ އެއްގަޑިއިރު ފަހުން ކަމުން އެތަނުގައިހުރި ކެންޓީނަށްވަދެ ދެމީހުން ކޮންމެވެސް އެއްޗެއް ކައިލިއެވެ. ނަތީޖާ އަންނާނެ ގޮތެއް ނޭނގިފައިއިން ޔަނާލްއަށް ކެވުނީ ވަރަށް މަދުންނެވެ.
“ޔަނޫ. އަހަރުމެން މިއުއްމީދުކުރާ ގޮތަށް ވެއްޖެނަމަ ކިހާ ރަނގަޅު ދޯ.” މޭޒުމަތީގައިއޮތް ޔަނާލްގެ އަތުގައި ފިރުމަމުން އުއްމީދުން ފުރިގެންވީގޮތަކަށް ޒާވިލް ބުނެލިއެވެ. ޔަނާލް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީ އެހިތަށް ވެރިވަމުންދިޔަ އެކިއެކި ޚިޔާލުތަކުގެ ސަބަބުން އެއަށް ދޭނެ ޖަވާބެއް ނުވިސްނުމުންނެވެ. އެގޮތަށް ނުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އުއްމީދުކުރާ ގޮތަށް ބައެއް ކަންތައް ނުވުމުން ހިތަށް ހާދަ ތަދުވެއެވެ. އެކަމާ ވިދިގެން އެއްޗެއް ބުނަން ޔަނާލް ޖެހިލުންވަނީ އެހެންވެއެވެ. އެހެނަސް ހިތުގައިވެސް އުއްމީދުވިއެވެ.
ނަތީޖާތައް ނަގައިގެން ދެމީހުންގޮސް ޖޫލީ ބަލިމީހުންބަލާ ކޮޓަރިއަށް ވަތްއިރު ދެހިތްވެސް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ވާނެގޮތެއް ނޭނގިފައި ދެމީހުންވެސް އެކަކު އަނެކަކުގެ އަތުގައި ހިފައިލައިގެންތިބެ ޖޫލީގެ މޭޒުދޮށުގައިހުރި ދެގޮނޑީގައި އިނށީދެ ހަމަޖެހިލިއެވެ. ޖޫލީ އަތްދިއްކޮށްލަމުން ރިޕޯޓްސްތައް ދޭން ބުނުމުން ޒާވިލް އޭނާގެ އަތުގައިއޮތް ގަނޑުތައް ދިއްކޮށްލިއެވެ.
ޓެސްޓްގެ ނަތީޖާތަކަަށް ޖޫލީ ބަލަމުންދިޔައިރު އޭނާގެ ޖަވާބަކަށް ކެތްމަދުވެފައި ޔަނާލް އާއި ޒާވިލް ތިއްބެވެ. “ޑޮކްޓަރ.. އިޒް ޝީ އެކްސްޕެކްޓިންގް؟” އެންމެފަހުން ކެތްނުވެގެން ޒާވިލް އަހައިލިއެވެ. ރިޕޯޓްސްތަކަށް ބަލައި ނިންމައިލި ޖޫލީ ޒާވިލްގެ ސުވާލުން ވަކިވަކިން ދެމީހުންގެ މޫނަށް ބަލައިލުމަށްފަހު ވާހަކަދައްކަން ފެށިއެވެ.
“ނޯ. އަހަރެންވެސް ޔަނާލްގެ ވާހަކަތައް އަޑުއަހާފަ ފުރަތަމަ ހީކުރީ ތިހެންކަމަށް. އެކަމަކު ޔަނާލް މޭނުބައިކޮށް އެނބުރުންއަރައި ކަންތައްވީ ބަނޑުބޮޑުވުމުގެ ސަބަބަކުންނޫން. އެއީ ޔަނާލް ކެއުމަށް ގެނައި ބަދަލެއްގެ ސަބަބުން ވީކަމެއް. ހަށިގަނޑަށް ބޭނުންވާވަރަށް ހަކަތަ ނުލިބުމުންވެސް ބައެއްެފަހަރު އެނބުރުންއަރައި ކަންތައްވާނެ. އެފަދަ ކަންކަމަށް ސަމާލުކަން ދޭންވާނެ. އަމިއްލަ ހަށިގަނޑަށް އެމީހަކު ނުބެލި ބެލުމެއް އެހެން މީހަކު ނުބަލާނެ. ޔަނާލްގެ އަނެއްހެން އެއްވެސް މައްސަލައެއްނެތް.” ދެމީހުނަށް ބަލަންއިނދެ އިނގިރޭސި ބަހުން ވާހަކަދައްކައި ނިންމައިލި ޖޫލީއަށް އެސްފިޔަވެސް ޖަހައިނުލާ ބަލަން ޔަނާލްއާއި ޒާވިލް ތިއްބެވެ. އުއްމީދުކުރިގޮތަށް ކަންތައްނުވުމުން ޔަނާލްއަށްވުރެ ބޮޑަށް މާޔޫސްކަން ފާޅުވީ ޒާވިލްގެ މޫނުމަތިންނެވެ. ޒާވިލް އިންގޮތްފެނި ޔަނާލްގެ ހިތުގައި ރިއްސައިލިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދައިލަން އޭނާ މަސައްކަތްކުރަމުން ދިޔައެވެ.
ޖޫލީގެ ކޮޓަރިން ނުކުތް ދެމީހުންގެ މޫނުމަތިވެސްވަނީ މިލައި މޯޅިވެފައެވެ. ދެހިތަށް އަސަރުކުރަމުން ދިޔައެއްކަމަކު ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ކާރަށް އަރައި ހަމަޖެހިލަމުން ގެއާއި ދިމާއަށް ކާރު ދުއްވައިލި އިރުވެސް އެދެމެދަށް ވެެރިވެފަވީ ހަމަހިމޭންކަމެވެ.
ދޮރުހުޅުވައިލަމުން ގެއަށްވަތް ޒާވިލްއާއި ޔަނާލް ހައިރާންވީ އުފާވެލައިފައި އައިސް ދެމީހުންގެ ގައިގައި ހަނީފާ ބައްދައިލުމުންނެވެ. ސުވާލުގެ ނަޒަރަކުން ދެމީހުން ހަނީފާއަށް ބަލައިލުމާއެކު ހެވިދިލިފައިހުރެ އޭނާ ވާހަކަ ދައްކަންފެށިއެވެ.
“މަންމައަށް އޭރުވެސް ހީވިއޭ މަންމަ މާމައަކަަށް ވާން އުޅެނީއޭ.” ޔަނާލްގެ މޫނުގައި ފިރުމައިލަމުން ހަނީފާ ބުނެލުމާއެކު ޔަނާލްގެ ހިތަށް ތަދުވިއެވެ. އެއާއިލާއަށް ްްިްއިތުރު މެންބަރަކު އައުމުގެ ހުވަފެން ދެކެނީ ހަމައެކަނި އޭނާއާއި ޒާވިލްއެއް ނޫންކަން އެވަގުތު ޔަނާލްއަށް އިނގުނެވެ.
“ކިހިނެއްވެފަ ދެމީހުން ތިތިބީ؟ ބުނެބަލަ ޑޮކްޓަރު ބުނީ އެހެންނެއްނޫންތަ؟” ވަރަށް ފޯރިއަރައިފައި އަނެއްކާވެސް ހަނީފާ ވާހަކަދެއްކިއެވެ. ހަނީފާގެ ސުވާލުން ޔަނާލްއާއި ޒާވިލް އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ.
“މަންމާ. ޔަނޫ ބަނޑުބޮޑެއް ނޫނޭ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒާވިލް މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. “ކީކޭ؟ އެކަމަކު” ގަބޫލު ނުކުރެވިފައި ހަނީފާ ޔަނާލްއާއި ދިމާއަށް ބަލައިލިއެވެ. ކުރުގޮތަކަށް ޖޫލީ ދެއްކި ވާހަކަތައް ކިޔައިދިނުމަށްފަހު ބާރު ހިނގުމެއްގައި ޒާވިލް ސިޑިން އަރައިގެން ދިޔަގޮތުން ޔަނާލްގެ ހިތުގައި ޖެހުނެވެ. ޒާވިލް އޭނާގެ ފަރާތުން އެދުނު އެންމެ ފުރަތަމަ ކަންތައްވެސް އޭނާއަށް އަދިވަނީ ފުރިހަމަކޮށް ނުދެވިފައެވެ.
ފެންކަޅިވެފައި ހަނީފާއާއި ސޯފާގައިއިން ތާލިމްއަށްވެސް ބަލައިލުމެއްނެތި އިސްޖަހައިލައިގެން ހުރެ ޔަނާލްގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މުޅި އެރޭ ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ދެމީހުންކުރެ އެކަކުވެސް އަނެކަކާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެެވެ. ޒާވިލްއާއި ވާހަކަދެއްކުމަށް އޭނާގެ ހިތް އެދެމުން ދިޔަނަމަވެސް ޒާވިލްގެ ހަމަހިމޭންކަންފެނި އެކަމަށް ޔަނާލް ނުކުޅެދުނެވެ.
އެނދުގައި އޮށޯވެއޮތް ޔަނާލް އޮތީ ޒާވިލްއަށް ފުރަގަސްދީގެންނެވެ. އަނގައިން އަޑެއް ބޭރު ނުވިއެއްކަމަކު ހިމޭންކަމުގެ ހޫނު ކަރުނަތިކިތައް ޔަނާލްގެ ކޯތާފަތުގައި ބޮސްދެމުން އޭނާގެ ބާލީސް ތެތްމަމުން ދިޔައެވެ. އަތުން ބާލީހުގެ ބައެއްގައި ބާރަށް ހިފަހައްޓައިލަމުން ޔަނާލް ދެލޯމަރައި ބާރުކޮށްލިއެވެ. އޭރު އެނދުގެ އަނެއްފަރާތުގައި ނިތުގައި އަތްބާވައިލައިގެން ފުންވިސްނުމަކަށް ގެއްލިފަައި ޒާވިލް އޮތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.







Salaam all.. Sry ingey bxy vyma lasvy.. ?.. Anyway here is the nxt part.. Hope u guys will love this part too.. Let me knw the msitakes n enjoy reading.. Nxt in sha allah tmrw.. Kyp waiting.. Have a nice day. Love u all my dears.. Once again sry.. ❤?
first dhw
Yah u first?❤
Masha Allah mi part vvvvvvvv reethi??????❤❤❤❤❤❤❤ur the Best writer…lysm?…
Awwwn thanks alot my dear.. Love u evn more?❤
vv.reethi mi partves. kiyaahithun indhaa nimunee
Thanks alot dear❤
Maasha allah nyc part dear…. whn next.??
Thanks my dear.. In sha allah tmrw❤
Mireyga adhi one more part plxxxxxxx(if u r not busy)….. varah kiyaa hithun hutta e nimunee….. nau u r the best…. really nice story!!!
Awwwn thanks alot my dear.. Sry bxy vyma i cnt ingey.. Bt in sha allah tmrw nxt pary genes dheynan❤
Nau vx dhw dhen thihaa curious hisaabakun nimmaaleema kihine vaanee.. nxt part up vaane iraka mihaaru vx inthixaaruga ???
Heheeh dhw.. ?.. Kyp waiting.. Thanks dear❤
Adhi nishya vx annaanedhw drama gade kulhelan.. nxt episode ge inthixaaruga
Yah dhw.. Adhi ebai othy dhw.. Hehe.. Lets see.. Thanks dear❤
samm hykury nau ekkoh yanaal ge past mi part ga genesdheynekamah/…………Bt nyc mi part vx maadhan nau bxy nooniyyaa avahah up khdhehche……. .. zaavil kyve ba yanaal dheke ehaa rulhi aee? waiting for nxt part! love ya nd your story…
Hehe yah in sha allah will try.. Lets see dhw.. Thanks alot my dear.. Love u too❤
yey.. Masha Allah.. mibaivx varah reethi. avahah next part vx up kohlahchey.. 😀
Thanks dear.. Ya in sha allah❤
Masha Allah mi part vx vvvvv reethi… Vvv kiyaahithun indhaa nimuneema… When next part…..
Thanks alot my dear.. In sha allah tmrw❤
Anehka ekamaabaa emeehun yanaal dheke rulhiannan fashany… mibaives hama v v rythi… anehbai kiyaahithun mihaaru hurevenykynun… abdhuves mi story ah v v inthixaaru kurevey… luv u
Awwwn thanks alot my dear. Lets see dhw.. Love u too❤
V.reethi??? keep up good work??? luvya nau sis❤❤❤❤ ..keep smiling??? when nxt
Thanks alot my dear.. In sha allah tmrw. U also always kyp smiling ingey?.. Love u too❤
Nau…..past GE vaahaka that MAA dhigu nukurachey….?eyrun varah boarin vaane…..arzan GE vaahaka eh neygeyny thy….eyna ulhey goth dhn v cute…hehehhe….kuda Koh summarize kollaa eyrun k vaane dhw….readers……?
Yah dhw. V nice mi part vx. Waiting for what will hpn next.???
Hehe thanks alot my dear❤
Hehe yah dhw.. I also knw that.. Ehnve jst hama important events thah ekani gennaany past ge ingey.. In sha allah two or three parts in ninmaalaanan.. Thanks for the idea. ❤
Wow waiting for next part
Thanks alot my dear❤
V reethi vaahaka.. kiyaahithun indhaa e nimunee ???❤️
Awwwn thanks alot dear❤
Thanks nau? v reethi ? happy 4u?? nau ?waiting 4 nxt par lots of love ?? keep it up ???❤
Thanks alot my dear n ur mst wlcm.. Love u too❤
Alhey Nau…. varah varah reethi… waiting
Alhey thanks alot my dear.. Kyp waiting. ❤
Alheyyyy haadha reethi vaahaka ekeyy mee.. me vaahaka liyun therin ulhen v goiy.. bunaaa dhuvahakah up kohdheyy… kiyun therin disappoint eh nukureyy.. luv yah????
Awwwn soo sweet.. In sha allah i will try my best nt to disappoint my readers.. Btw thanks alot my dear.. Loves u too❤?
dear mi part vx hama habeys…maasha allah….next part Nau sis ah v varakun dhigu kolla dhehchey ingey….luv u more
Thanks alot my dear. Ya i will try my best in sha allah. ❤
Awlheyy enme curious hisaabun … cant wait for next part & the best thing abt u is that hama baraabaru dhuvahah up kohdheythyy … i love ittt… & vaahaka hama vvvvv salhyyy ….??????
Awwnn thanks alot my dear.. ?
Varah furihama❤❤❤
Salaam all.. Tday ge bai up vaany nyt ga ingey.. In sha allah vy enme avahakah up kuran i will try.. M little bxy kameh jehigen.. N mi try kurany mibain yanaal ge pst ehkoh ninmaalan.. Ehnve ingey.. Kyp waiting in sha allah mirey upkohlaanan.. Thanks alot for ur support n love.. ?❤
yessss..patiently waitinggg
Masha allah v reethi… Keep it up girl
Waiting dear … love that u always have reoson and share it … ???gud luck nauu ???