ފަސްއެނބުރި ބަލައިލިއިރު ކުރިމަތީހުރީ ރާއިލް ދަންނަވެސް މީހެއް ނޫންކަމުން އަޅާވެސްނުލާ ލޯންޗަށް އަރަން އެނބުރެލިއެވެ. “ކުށެއްކޮށްފަ ފިލަންތަ ތިދަނީ؟ ނޫނީ ހަގީގަތުގަވެސް ލޯބިވާތީތަ އެހެންއުޅެވުނީ…… ލޯބިވާނަމަ ތިހާ ފަސޭހައިން ދޫކޮށް ދާނެތަ؟ ބޭނުންކޮށްފަ އެއްލާާލުުންްތަަ ރޭވިރޭވުމަކީ؟ ނޫނީ ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުންތަ؟” މި ނުދަންނަމީހާ ކިޔާ އެކަށްޗެއްވެސްނޭނގިގެން ރާއިލްހުރީ އެމީހާޔާދިމަށް އެނބެރެލިގޮތަށް ބުނާނެއެއްޗެއް ވިިިިިިިިިސްނާލަން ބޯކަހާލަކަހާލައެވެ. “ބޭބެ ތިކިޔާއެއްޗެއް މަށަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އަނެއްކާ ތި އެއްޗެހިކިޔަނީ ރަނގަޅުމީހަކަށްތަ؟” “މީ ޝަައިިރާާގެެ ބައްޕަ. މިހާރު މި […]
އާދުވަހަކަށް އިރުއެރީީ އުޑުމަތި ވަރަށް ސާފުދުވަހަކަށެވެ. ނަމަވެސް އިސާހިތަކު ބޮޑެތި ކަޅުވިލާތަކުން އުޑުމަތި ބައްްްދާލައި ބަނަކޮށްލައިފިއެވެ. ދޭތެރެ ދޭތެރެއިން އަލިގަދަ ވިދުވަރަކާއިއެކު ޖަހާލާ ބާރު ގުގުރިން ހީވަނީ ދެންމެ ދެންމެ ކަންފަތްފަޅައިގެން ގޮސްދާނެހެނެވެ. ވައިގަދަކަމުން އިންސާނަކުވެސް ވަޔާދާނެކަންގައިމެވެ. މިއީ ހުސް އަންނަންއެއުޅޭ ކޮޅިގަނޑުގެ އަލާމާތެވެ. އެކަމަކު ޝަައިިރާާގެެ ހަޔާތައްް އަންނަން އުޅޭ ބޮޑުތޫފާނުގެ ކުޑަވެސް ހިލަމެއް ޝަައިިރާާއަަކަަށްް ނުވެއެވެ. ރަށުުުުގެ ނެރުން ވަދެގެންއެއައީ ލޯންޗަށްވެސް ކޮޅިގަނޑުގެ ކުރިޔަށް އާދެވުނުކަން އެއީ ނަސީބެކެވެ. އެއަންނަންއުޅޭ ގަދަ ވިއްސާރައިގަ ދަތުރުނުކުރެވޭނެކަންގައިމެވެ. […]
އަތިރިމަތީ ތިބިއްޔާ ތިބި މީހަކު އެފިހާރަދޮށަށް ޖަމާވަންނެގީ މަދުސިކުންތުކޮޅެކެވެ. ހަވީރު ގަޑިކަމުން ފުދޭވަރަކަށް މީހުންވެސް ގިނައެވެ. ފިހާރެތެރޭ ހުރި ޒުވާނާވެސް ބޭރަށް ނުކުތުމަށް އަވަސްވެގަތީ އެވަގުތެވެ. ޝަަަަައިރާ ބިރުން އަވަސްއަވަހަށް ފިހާރަދޮރުމަތިން ދުރުވެލީ އެޒުވާނާގެ އަތުގައޮތް ކަޓަރުން ހަމަލާއެއްދީފާނެތީއެވެ. “އެކޮއި ބޭބެޔަށް ހީވަނީ މީ ނިޒާރުބޭގެ ސޮރުހެން. ބޭބެ ދެކެން އެސޮރު އެގައަށް ވަދެ ނިކުމެއުޅޭ މަންޒަރުު.” ފިހާރަދޮށަށް އެއްވެތިބިތަނުން މުސްކުޅިފުރާގެ މީހަކު އެހެންބުނުމުން އެތާތިބި އިތުރުމީހުންވެސް އިތުރަށްކައިރިވެލީީ ރަނގަޅަށް ބަލައިލުމަށެވެ. ޝަަަަަަަަައިރާވެސް ހުރީ ލިބުނު ސިހުމުން […]
“އަސްލުވެސް ސުމާ ވަރަށް ޗޭންޖް. ތި ޗޭންޖް ގެނެސްދިނީ ކާކުބާ؟ ހޫ އިސް ދަ ލަކީ ގާއީ.. ކުރީގެ ކަންތަކާ އަޅާނުލާ. އޭރު ރުޅި އާދެވުނަސް އެކަން ހަނދާން ނެތުންތާ ކޮންދުވަހެއް.. ސޯ ޔެސް ވީކޭން ބީ ފްރެންޑްސް… މާގިނައިރު ވާހަކަދައްކަން ހުރެވޭކަށް ނެތޭ. ފުރަން ދާން ދަބަސް ބަލާ މިދަނީ ގެޔަށް.” އަޔާން އަކީ އެއްއިރެއްގާވެސް އެހާ ރުޅިގަދަ ކުއްޖަކަށް ނުވާތީ ސުމާއަށް އަޔާންގެ ހިތް ސާފުކަން ބުނެދިނުމަށްފަހު ސުމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި މާޔޫސްކަމާއިއެކު ގެޔާދިމަށް […]
އަޔާންއަށް އަވަސްއަވަހަށް ފޯނުބަލާލެވުނީ އެއީ ޝައިރާގެ މެެސެޖަކަށްވާނެ ނަމައޭ ހިތާއެވެ. ނަމަވެސް ނުދަންނަ ނަންބަރަަަަަކުން ވައިބާރއިން އައިސްް އިން އެއްޗެކެވެ. ފޯނުންް ވައިފައި ޖެއްސިފައިނުމުން މެސެޖްއައީއެވެ. ޝަައިރާގެ މެސެޖަކަށް ނުވުމުން މާޔޫސްކަމާއިއެކު ނަމަވެސް މެސެޖްހުޅުވާލިއެވެ. އަޔާންގެ ދެލޯ ބޮޑުކޮށްލެވުނީ ގަބޫލުނުކުރެވިގެނެވެ. ހިތަށް ތަދުވިވަރުން ދެލޮލުން ކަރުނަފާއްދާލިއެވެ. ހީވަނީ ލަގޮޑިވެސް ފިތޭހެންނެވެ. ހިންދިރުވާލަންވެސް ދަތިވިއެވެ. “ޝަައި އެއީ އެހެން އުޅޭނެ ކުއްޖެއްނޫން. އެމީހާ އެހުރީ ޝަައިގެ އަތުގަ ހިފާގެން. އެކަމަކު ދެވަނަ ފޮޓޯގަ ޝަައިި ކީއްވެ އެމީހަކާ ވާހަކަދައްކަން […]
އަވަސްއަވަހަށް ތެދުވެގެންގޮސް ދޮރުހުޅުވާ ބަލާލިއިރު ކުރިމަތީހުރި މަންމަފެނި ނިޝާހްގެ ދެބުމަގާތްވިއެވެ. “މަންމަ! ތަނެއްގަ ރޯވީތަ. މިދޮރު ވެއްޓިދާނެ ތިހާބާރަށް ތަޅަނިކޮށް.” ހިތްހަމަނުޖެހުނަސް ނިޝާހްއަކީ މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެއް ބުނާކުއްޖަކަށް ނުވާތީ ރީތިކޮށް އެހެން ބުނިނަމަވެސް އަޑުގާ ނުރުހުމުގެ ކުލަވަރު ހުރިއެވެ. “ތިވަރަށް ބާރަށް ލަވަޖަހާއިރު ދޮރެއްނުވެއްޓޭނެދޯ. ނަމާދަށް ގޮވިއަޑުވެސް ނީވުނޭ. ހަމަ މިހާރު ނިވާލާފަ ނަމާދަށްދާންވީ. މިރަށަށްއައިފަހުން އަދި އެންމެ ފަހަރަކުވެސް ޖަމާއަތަށް މިސްކިތައްނާރައޭ މިކުއްޖާ. ވަކި ކަމެއް ނޫނޭ، ކޮންމެ ކަމެއްގަވެސް އެހާ ފަރުވާކުޑަ.” […]
1 ދުވަސް ކުރި…… ރާއިލް ހަދަމުން ދިޔަ ކޯސް ނިންމައި އަނބުރާ ރާއްޖެއައީ ވަރުގަދަ އަޒުމަކާއިއެކުއެވެ. އެއީ މާލެ އަރާ ގޮތަށް އެންމެ ފުރަތަމަ ވެސް ރާއިލް އަލަށްވެސް ލޯބިގެ ގޮތުން ގުޅުނު އަންހެންކުއްޖާ ހޯދުމެވެ. އެއީ ރާއްޖޭގެ ކޮންމެ ހިސާބަކަސްވެސް ފަރުވާލެއްނެތެވެ. އެންމެ ފަހުން ރާއިލްއާއި އަލުން ގުޅުމަށް އެދި ކުރި މެސެޖަށްވެސް ޖަވާބެއް ލިބިފަކާނެތެވެ. ކޮންމެގޮތެއް ހަދާފަވެސް ޖަވާބު ހޯދަން ރާއިލް ބޭނުމެވެ. ޝައިރާއާއި ރައްޓެހި ވެގެން އުޅުންއިރު ޝައިރާއަކީ ކޮން ރަށެއްގެ ކުއްޖެއްކަން […]
އާދުވަހެއް ފެށުނީ ޝައިރާއާއި އަޔާންގެ ގުޅުން ފެށިގެން އެދެލޯބިވެރިންގެ ހަޔާތަށްވެސް އުފާވެރިކަން ގެނެސްދެމުންނެވެ. އުޑުމަތި ބަނަވެ ވައިގަދަކަމުން ހީވަނީ ދެންމެ ދެންމެ ވިއްސާރަވެހެދާނެ ކަމުގެ އިންޒާރުދޭހެންނެވެ. ހަމަ އެހެންމެ އެދެލޯބިވެރިންގެ ހަޔާތަށްވެސް ބަނަކަމެއް އަންނާންއުޅުނެއްކަމަކު އޭގެ އެއްވެސް ހިލަމެއް އެދެލޯބިވެރިންނަށް ލިބިފަކާނެތެވެ. ރޭގަ ގެޔަށް މާލަހުން އައުމުން މަންމަ ހިންހަމަނުޖެހިފާ ހުރުމާއިއެކު ޝައިރާ އުޅުނީ މަންމަ ހިތްހަމަ ޖައްސާލަދޭން ފަތިހާ ބަދިގެޔަށް ވަދެ އެކަނިމާއެކަނި ސައިތައްޔާރުކޮށްލާށެވެ. އެކުޑަކުޑަ ތަންކޮޅަކީ ބަދިގެޔާއި އަދި ކާގެޔެވެ. ކުޑަ އައްޓެއްހެން ރާނާލާފައި […]
* * * * * * * * * * * މާޒް ގެޔަށްދިޔަ ގޮތަށްގޮސް ފުރަތަމަވެސް ބެލީ ސުމާ ކޮބާތޯއެވެ. ސުމާގެ އުޅެނީ ކޮޓަރީގާ ކަމުން އަވަސް އަވަހަށް ހައެއްކަފަހަރު ޓަކި ޖަހާލިއެވެ. “ސާބަހޭ… ކިހިނެއްވެގެން ތިއުޅެނީ. މަށެއް އަދި ބީރެއްނުވެޔޭ.. ތިވަރަށް ނުތެޅިޔަސް މަނޫޅެން ދޮރުނުހުޅުވާކަށް.” ސުމާ ދޮރުހުޅުވާލިއިރު ކުރިމަތީހުރި މާޒްފެނި ސުމާގެ ދެބުމަގޮއްޖެހުނެވެ. “އޭތް ދޮންގަނޑާ ތިޔެއްނޫނޭ. ހޮޓް ނިއުސްއެއް ހިފައިގެނޭމިއައީ. އަދިވެސް މަދެކެ ރުޅިއަންނާނެ. ވަރަށް ފޫހިވޭ.. ހިތަށްއަރައޭ […]