Skip to content
އެސްފިޔަ

ލޯތްބަކީ 13

ޝައިރާގެ ޖަވާބު އިވި އަޔާން ހީވަނީ އުފަލުންގޮސް މޮޔަވެދާނެހެންނެވެ. އެހެންނުވާންވީ ސަބަބެއްވެސްނެތެވެ. އެއީ ޝައިރާ އެބުނާ ދެމީހަކީވެސް އަޔާންނޫން ދެވަނަ މީހެއްނޫންކަން އަޔާންއަށް ހަމަޔަގީނެވެ. ޝައިރާއަށް ހަގީގަތް ހާމަކުރަންއުޅެފަވެސް އަދި ކުޑަކޮށް ޝައިރާ ތަޅުވާލާފާނޫނީ ހަގީގަތް ހާމަކުރަން އަޔާން ބޭނުމެއްނުވިއެވެ. އެކަމަކު ތެދުހާމަކުރުމުގެ ކުރިން ޝައިރާގެ ހިތުގެހާލަތުވެސް އެނގެންބޭނުންވިއެވެ. އަދި ހަގީގަތް އެނގުމުން ޝައިރާއަށް ވާގޮތްވެސް ދެކިލާހިތުންވެސް އަޔާންވަނީ ކެއްމަދުވެފައެވެ.

އަޔާން: މިސާލަކަށް އެދެމީހުންނަކީ އެކަކަށް ވެއްޖެއްޔާޔޯ؟                   ޝައިރާ: ހައްހައްހާ ތިހެންވެއްޖެއްޔާ އެއްގޮތަކުން ރަނގަޅު. އިޓް މީންސް މަމޮޔައެއް ނުގޮވަމޭ ދޯ. އެންޑް ދެމީހުންތެރެއިން އެކަކު ޗޫޒްކުރާކަށްވެސް ނުޖެހޭނެއެއްނުން. އައި ވިޝް އެހެންވާނެނަމައޭ ބަޓް އިޓްސް އިމްޕޮސިބަލް. އެއީ ތިދެމީހުން އުޑާ ބިމާހާ ތަފާތު. އޭ އަކީ ވަރަށް ހިތް ހެޔޮ ރަނގަޅު އަދި މަޑުމައިތިރި ކުއްޖެއްކަން އެނގޭ ވާހަކަ ހުންނަގޮތުންވެސް. އޭނައާއި ދިމާލަށް ކިތަންމެ އެއްޗެއްކިޔަސް ވަރަށް ރީތިކޮށް އަބަދުވެސް ޓޯކް ކުރީ. މަށާ ޖަދަލެއްވެސް ނުކުރާނެ. އަދި ވާހަކަ ދައްކާއިރުވެސް މަށޭ މަށޭ ކިޔައިގެނެއް ވާހަކަވެސް ނުދައްކާނެ. މުޅިންވެސް ނޭމް ޔޫސްކުރާނީ. އައި ޑިޑިންޓް މީން ޔޫ އާރ ގޯސް އެންޑް ރޫޑްއެކޭ ހެހެހެހެ.                     އަޔާން: ހާދަދެރައޭ. ތިބުނާ އޭ އަކަށް އެވަރަށް ތައުރީފުކޮށްފަ މަށާ ބެހޭގޮތުން ނެތްދޯ ބުނެލާނެ ރަނގަޅު އެއްޗެއްވެސް. ވަރަށް ދެރަވެއްޖެ. އައި ވިޝް މަށަކީ ތިބުނާ އޭ ނަމައޭ. ބައިދަވޭ ދެމީހުންގެ ތެރެއިން އެކަކު ޗޫޒް ކުރަންޏާ ކާކުނަގާނީ؟     ޝައިރާ: އައި ޑޯނުޓް ނޯ. ޔާން ބުނީމެއްނުން ޝައި މިހުރިހާ ބޯހާސްވުމަކުން ދުރުކޮށްދޭނަމޭ. އޭރަށް ޔަގީނުންވެސް ކޮންމެސް އެކަކު ޗޫޒްކުރަން ފަސޭހަވާނެ.                     އަޔާން: މްމްމްމްމް ފަހުން ބުނާނަން މިގަޑީ ވަރަށް ބިޒީ.                      ޝައިރާ: ޔޫ ލައިޑް. އައި ހޭޓް ޔޫ ޔާންގަނޑާ. އަޔާން: ނާނާ ޔޫ ލައިކް މީ. ހައްހައް ހާ. ސޯ ކޮންއިރަކުން މަށާ ރައްޓެހިވާނީ؟         ޝައިރާ: މިވަގުތު ވަރަށް ބިޒީ ފަހުން ޖަވާބު ދޭނަން ހައްހައްހާ.                        އަޔާން: އެއްވެސް މަޖަލެއް ނޫން.        ޝައިރާ: މަޖާ ނުވިޔަސް މަށައް ކީއް.”

އެސުވާލަށް ޖަވާބުދޭން ކިތަންމެ ބޭނުންވިޔަސް ދޭނެ ޖަވާބެއްނޭނގުމުން ޝައިރާ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވީއެވެ. އެކަމަކު ފުރަތަމަ ކަމަކަށް ޝައިރާ ބޭނުންވީ ރާއިލްއާއި ބްރޭކްއަޕް ވާށެވެ. އެޔަށްފަހު ނޫނީ އެހެންކަމަކާ ވިސްނަންވެސް ބޭނުންނުވީއެވެ. އަވަސްއަވަހަށް އޮންލައިންވެލިހާއިރުން ޝައިރާ މިޔޮއްހާދުވަހު ކުރި އިންތިޒާރަކަށް ނިމުންއައީއެވެ. މިހުރިހާ ދުވަހު އަޔާންގެ ހަބަރެއް ނުވާތީ އެކަމާއި ވިސްނާ ބޯހާސްކުރުމުންވެސް ސަލާމަތްވީއެވެ. އޮންލައިން ވީހާއިރުން ޝައިރާއަށް ވައިބާރއިން އައީ އަޔާންގެ މެސެޖެކެވެ. އެއީ ހަމަ ދެންމެޔަކު ކަހަލަގޮތަކަށް އައިސްއިން މެސެޖެކެވެ. އަދި މެސެޖްކޮއްފާ އަޔާން އޮފްލައިންވެސް ނުވެއެވެ. އަވަސް އަވަހަށް ކިޔާންފެށީ ތެޅިތެޅިއޮތް ހިތަކާއިއެކުއެވެ.

“ހައި…. މިސްވާވަރުން ކެއްނުކުރެވިގެން އަޔާން މި ޝައިއަށް މެސެޖުކުރީ. ހަނދާންއެބަހުރި ޝައި އިސްވެ ވާހަކަ ދެއްކީމަ ނޫނީ އަޔާން ދެން ވާހަކައެއް ނުދައްކާނަމޭ ބުނެވުން ހަނދާންވެސް. އަޅެ ޝައި ހަމަ ކުޑަކޮށްވެސް އަޔާންދެކެ ލޯބިނުވަނީތަ. ލޯބިވާނަމަ މިހުރިހާ ދުވަހު އަޔާންއާއި ކޮންޓެކްޓް ނުކޮށެއް ނުހުރިސް ދޯ. ބަޓް އައި ލަވް ޔޫ ސޯމަޗް. ހަމަ އަޔާންއަށް ޝައި ލިބެންނެތީތަ. ޕްލީޒް ޝައި، އަޔާންއަށް އެހެންނުހަދާ ހެޔޮނުވާނެ. އެއްފަހަރު ނަމަވެސް ބުނެބަލަ އަޔާންދެކެ ލޯބިވެޔޭ ދުވަހަކުވެސް ޝައިއަށް ދެރަގޮތެއް އަޔާންނުހަދާނަން. މިހަށީގަ ފުރާނަހުރިހާ ދުވަހަކު ޝައިއާއިއެކު އަޔާންވާނަން. އައިމް މޭޑްލީ އިން ލަވް ވިތް ޔޫ ޕްރިންސެސް. އަޅެ ޖަވާބެއްދީބަލަ.” އަޔާން އެގޮތަށް މެސެޖްކުރީ ޝައިރާ ބޮޑަށް ކޮންފިއުސް ކޮއްލުމަށެވެ.

އެމެސެޖް ކިޔާ ނިމުންއިރު ޝައިރާއަށް ހުރީ އުފަލުންގޮސް ރޮވިފައެވެ. އެހާ ދިގު އިންތިޒާރެއްގެ ނިމުން އައުމުންނެވެ. އެކަމަކު ދެވަނަ ސިކުންތުގާ ޝައިރާ މާޔޫސްވިއެވެ. ޝައިރާއަށް އަޔާންއާ ޔާންއާ ދެމީހުންވެސް ކަމުދެއެވެ. ދެމީހުންކުރެ އެކަކު ޗޫޒްކުރާނީ ކިހިނެއްކަން މިޔޮއްހާދުވަހު ވިސްނާ ވިސްނާވެސް ޝައިރާއަކަށް ނޭނގުނެވެ. ޝައިރާއަށް އެހާ ކަމުދާ ދެމީހުންކުރެ އެކަކުގެވެސް ހިތުގައި ޖައްސާކަށް ޝައިރާގެ ހިތެއް ހަމަހިލާ ގަބޫލެއްނޫނެވެ. އެދެމީހުންކުރެ އެކެއްގެވެސް ހިތާމައެއް ދެކޭނެހާ ކުޅަދާނަކަމެއް ޝައިރާގެނެތެވެ. ދެން ހަދާނެގޮތެއްނޭނގި ފުންވިސްނުމަކު އިނުމަށްފަހު ޝައިރާ ރިޕްލައިކޮށްލިއެވެ. ޝައިރާއަށް ވިސްނުންގޮތުގައި އެކަން ދިގު ދަންމާލެވޭ ވަރަކަށް ދިގު ދަންމާލަން އެކިއެކި ބަހަނާދައްކާނީއެވެ.

“ޝައިރާ: އެކަމަކު ޝައި އަދި ރާއިލްއާއި ފޯރމަލީ ބްރޭކްއަޕްއެއް ނުވަން. ރާއިލް އެއީ ކަރަންޓް ބޯއީފްރެންޑް ބަޓް މޯ ލައިކް އަ ސްޓްރޭންޖާރ.   އަޔާން: ސީދާ ބްރޭކްއަޕް ނުވިޔަސް އެއީ މައްސަލައެއްނޫން. އަޔާން ބޭނުމީ ޝައި. އެހެން އެއްވެސް ކަމަކާ ވިސްނާކަށް އަޔާން ބޭނުމެއްނޫން. ޝައިރާ: އެކަމަކު އެހާ އަވަހަކަށް މެރީކުރާކަށް ވެސް ޝައި ބޭނުމެއްނޫން.           އަޔާން: އެގޮތްވެސް އޯކޭ އިހަށް ރައްޓެހިވާނީ. ދެން ޖަވާބެއްދީބަލަ.                 ޝައިރާ: އެކަމަކު އަދި ދުވަހަކުވެސް އަޔާންއެއް ނުވެސްދެކެން.                  އަޔާން: އަޔާން މިހުރީ ރަށުގަ. ޝައި ބޭނުމިއްޔާ މީޓްވެވިދާނެ.                   ޝައިރާ: ވިސްނާލަން ވަގުތު ކޮޅެއް ބޭނުން އެންޑް ރާއިލްއާއި ބްރޭކްއަޕް ވާންވެސް ބޭނުން. އެހެންނޫނީ ޝައި ވާނީ ޗީޓްކުރާށމީހަކަށް. ރާއިލްއާއި ބްރޭކްއަޕްވެފަ މީޓްކުރާނީ.               އަޔާން: އޯކޭ. އޭސް ޔޫ ވިޝް ޕްރިންސެސް. ބަޓް މާ ލަސް ނުކުރައްޗޭ. ވަން ވީކް ފަހުން އަޔާން ދާންޖެހޭ.” ޝައިރާ އަވަސްވެގަތީ ރާއިލްއާއި ވަކިވަންބޭނުންކަމަށް މެސެޖްކުރާށެވެ. ފަސްކުރާން ހުރެފިނަމަ އަޔާންއާއި ދިމާނުވަނިސް އަޔާން ދާންޖެހިދާނެތީއެވެ.

“ހައި. ވާހަކައެއް ބުނަންއެބޮތް. އައި ވޯންޓު ބްރޭކްއަޕް. ކީއްކުރަން ބްރޭކްއަޕް ނުވެތިބެންވީވެސް. ވީއަރ ސޯ އަންހެޕީ ޓުގެދާރ. ރައްޓެހިވެފަ ދުވަސްކޮޅެއް ވިއިރަށް ރާއިލް ވަރަށް ބޮޑަށް ބަދަލުވި. ރާއިލްގެ ސަބަބުން ޝައި ނުރޯނެ އެންމެ ރެޔެއްވެސް ނޭގެ ދިޔަކަމެއް. ފަހުން ފަހުން ރާއިލް އެއްވެސް ވަރަކަށް ޝައި ދެކެ ލޯބިވާހެނެއްވެސް ހިޔެއްނުވޭ. އެއްވެސް ވަރަކަށް އަޅާލުމެއްނެތް. އައިމް ސޮރީ. ބައި” ޝައިރާއަށް ހިތްހަމަޖެހިލެވުނީ ރާއިލްއަށް މެސެޖް ކުރުމަށްފަހުއެވެ. އެވަގުތަކީ ރާއިލް އޮފްލައިންގާއިން ވަގުތެކެވެ. ރާއިލް އޮންލައިން ވީއިރަކުން އެމެސެޖް ފެންނާތާ.

އޭރުވެސް ވާރޭގެ ބޮޑުތިކިތައް ފުރާޅުމަތީ މިއުޒިކެއް ކުޅޭއަޑުއިވެއެވެ. ޝައިރާގެ މިއަދުގެ ޑިއުޓީ ނިމިފާވުމާއިއެކު އަރާމުކޮށްލާ ނިދާލަން ކަމަށް އެނދުގާ އޮށުވެލިއެއްކަމަކު ޝައިރާގެ ވިސްނުންތައް ވަނީ މާދުރުގައެވެ. “ޔާންއާއި އަޔާންއާ ދެމީހުންނަށްވެސް އަޅެ މިއަދުތަ ޕްރޮޕޯސްކުރަން އެނގުނީ. މާގިނަ ދުވަހަކު ޖަވާބެއް ނުދީ ހުންނަންވެއްޖެއްޔާ ދެމީހުންވެސް ޝައި މަތިން ފޫހިވެދާނެ. އެކަމަކު ކިހިނެއް ހަދާނީވެސް. ދެމީހުންނަކާ ވެސް ރައުޓެއްސެއް ނުވެވޭނެ އެކަމަކު ދެމީހުން ތެރެއިން ޗޫޒްކުރާނެ މީހެއް އެނގޭނީ ވެސް ކިހިނެއް؟ އާނ އެބޮތްގޮތެއް. އިހަށް އަޔާންއާއި މީޓްކުރާނީ. އެއަށްފަހު ގޮތެއް ނިންމާނީ. ޔެސް. މީ ގުޑް އައިޑިއާއެއް. އަޔާން ކައިރި އަވަހަށް ބުނަންވީ ހިނގާށޭ މީޓްކުރަން.” ޝައިރާ އެކަނި އެކަނި ވާހަކަދައްކަނީވެސް އަވަހަށް މިކަމުން އަލިމަގެއް ފެންނާނެގޮތެއް ވޭތޯއެވެ.

ނިދާން އުޅެ އުޅެ ނުނިދުމުން ޝައިރާ އަނެއްކާވެސް އޮންލައިންވެލީ އަޔާން ކައިރި މީޓްކޮއްލަން ޝައިރާ ރެޑީކަމަށް ބުނާށެވެ. “އައިމް ސޮރީ. އަޅެ ރާއިލް ހަމަ އެހާ ގޯސްތަ؟ އައި ޑިޑިންޓް ނޯ އެހާ ހާރޓް ކުރެވުން ކަމެއްވެސް. އަދި އެއް ޗާންސް ދީބަލަ. ޕްލީޒް. އައި ލަވް ޔޫ. މާ ބިޒީ ކޮށް އުޅުނީމަ ވީގޮތެއްއެއީ. އިއްޔަގަވެސް ޓްރެފިކް ގަޖެހިފައިން އަންހެން ކުއްޖެއް ފެނުނީމަ ހީވީ ހަމަ ޝައި ފެނުންހެން. އެކުއްޖާ ކައިރިއަށް ގޮސް ޝައިއޭ ކިޔާފަ ގޮވާވެސް ލެވުން. އެކަމަކު ޝައި ނޫންކަން އެނގުނީމަ ވަރަށްދެރަވި. އައި މިސް ޔޫ ސޯމަޗް. ވަން ލާސްޓް ޗާންސް ދީބަލަ ޕްލީޒް” ރާއިލް ގެ މެސެޖު ފެނިފަ ޝައިރާއަށް ލިބުނު ހައިރާންކަމުގެ އިތުރުން އޮންލައިންވި ބޭނުންވެސް ހަނދާންނެތި ބޮލުގައިވެސް ރިއްސަންފެށީ ވަކިވަރެއް ބަލާފައެއް ނޫނެވެ. “ޔާން، އަޔާން އަދި ނުވިތާކަށް ރާއިލްވެސް…….. އޯ މައި ގޯޑް. ދެން ކިހިނެއް ހަނދާނީ”

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Hudher

    Hey dhonthii me first dhw mi faharu….yaahhhh…stry v v v reethi maasha allah…kyp up the gud work…saranghae

    1. Dhonthiii
      Hudher

      Yeyyy finally hudher ah first libihje dhw. Thankyou soo much loabi loabi hudher. Saranghae ??? kobaa tha loabi loabi naash

    2. Dhonthiii
      Hudher

      Varah gina mistakes eba huri mi part gah. Sorry everyone…

  2. Hudher

    ur welcome dear….hingaa dhw party eh baavvaalan….AWWWW loabi loabi naash dhw… dhonthii govaalaba naash ah eyrun vaguthun naash comment eh kollaane

    1. Dhonthiii
      Hudher

      Hmmm party baahvan vaane dhw heheheh. Naash ah govaalan vaairah aisi comment hehehe

  3. naash

    hoe hoe thivarah nugovabala dhw.. naash vx ebaulhemey dhonthii nd hudhrii.. hehehe.. mi part vx v nice as usual… maasha allah.. ur so talented lwbi lwbi dhonthii.. ma allah protect ur talent from evil eyes… luv ya..???????❤❤

    1. Dhonthiii
      naash

      Thankyou loabi loabi naash. Luv ya ?????

  4. naash

    may allah*

  5. Hudher

    hey girl…..kihinehthrrrrrrrr…… gulhaalaba

  6. I

    When is nxt part?

    1. Dhonthiii
      I

      Next part liyevunhaa avahah up kohladheynan dear. Thanks for the comment

  7. ❤️❤️

    Hurihaa stry eh ehkn tha up vany….vrh nic stry….hehehe shaira hunaany boa govaafa dhw mihaaru….???❤️❤️❤️❤️?????????next part kn irakun dear….

    1. Dhonthiii
      ❤️❤️

      Dhonthiii ah ves heevanee hurihaa story eh ehkoh up kurahen esfiya in mady kurany. Vaahaka submit kurithaa 2 days fahun ves eba up kurey. Thanxs a lot. Hmm shaira boa govaafa huhnaany.. next part maadhan submit kohleveythoa try kuraanan ??????

  8. maya

    heheh shaira boa hama rangalhah ves govaafa hunnaany dhw mihaaru .vvv reethi dhonthiii raail aa shaira nuguluvaathi dhen eyrun vv hadi vaane..bt story vvvvv reethi masha allah …keep the gud work dhonthiiii luv yuh and avahah nxt part up kohdhehchey…vvvvvv curious

    1. Dhonthiii
      maya

      Aaan shaira ge boa gohvaalaafi hehehe. Tihen v iru maya bunaa gotah hadhaanee hehehe. Thankyou so much.. luvs ya ?? den in part vee enme avahah up kohladheynan ingey. Wait kurahchey…

  9. Hudher

    Hey dhonthii…..next part kn irakun thrrrr…..avas kolla dhyba….hehehe…aan ehennu vaany nuhureveyy viyya kiyaahithun

    1. Dhonthiii
      Hudher

      Thivarah kiyaa hihvanyaa avas kohlanthaa mijehuny dhw. Dhonthi buxy kamun vaahaka liyan ves ehaa ginairu madu nukohleveythy lasvany. Vaahakain thankolheh liyelaafa ehen dhimaalakah duhvaa gahnan eba jehey hehehe

  10. naash

    e thedhekey.. whn nxt??? keh their kan kolhun nulaniis genes dhechey lwbi lwbi dhonthii

    1. Dhonthiii
      naash

      Loabi loabi naash aah loabi loabi hudher ah thihaa loabin buneema avas kohladheynan ingey ???

  11. naash

    aslu tha.. alhe lwbi vane…ekm dhonthii ehaa bxy iyya nuvaa varn kuran nulhechey… rest vx beynun vaanennu dhw… ehn nuny naash ge lwbi lwbi dhonthii bali vedhaanennu dhw… dhonthii u r the best dear.. luv u???

    1. Dhonthiii
      naash

      Thankyou understand vaathy loabi loabi naash ah. haadha rangalhey dhonthiii balivedhaanethy ves eba visna. ??? Loabivey tooo ????

  12. Someone?

    Alheyy dhonthiii when next part???

    1. Dhonthiii
      Someone?

      Vaahaka liye laafin ingey next part. kuh hurithoa Kiyaalaafa maadhan up kohladheynen ingey ?

  13. Dhonthiii

    Vaahaka vehje submit kohlaafa ingey…..

Comments are closed.