ހާސިލް ވުމަށް އެދި ހިތް ރޮނީ 8
އަލްޔާން ހުރީ އެމީހާއަށް ފުރަގަސް ދީގެން ކަމުން އެމީހާ އަންނަތަނެއް އަލްޔާން އަށް ނުފެނުނެވެ. “އަލްޔާން…އަލްޔާން..ލުކް ބެކް..ޕްލީޒް” އީން އަޑުގެ ނެތް ތަނަށް ހަޅޭއްލަވަމުން ސްކްރީން ގައި ތަޅަމުން ދިޔައެވެ. އެކަމަކު އެ އަޑު އަލްޔާން އަކަށް ނީވެއެވެ. އެ މީހާ ކައިރި ވަމުން ދިޔަ ވަރަކަށް އީން ގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. ރޮމުން ގިސްލަމުން ދޮރު ހުޅުވޭތޯ އީން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަލްޔާން އަށް އެއްވެސް ގެއްލުމެއް ނުވުމަށް ހިތާހިތާ ދުއާ ކުރެވެމުން ދިޔައެވެ. “ނޯ…”އޭ ކިޔާ ބާރަށް ހަޅޭއްލަވަމުން އީން އަށް މޫނުގައި ދެ އަތް އެޅުނީ އެ މީހާ އަލްޔާން ގެ އަތުގެ މުލައްދަނޑީ ގައި ކަޓަރު އަޅާ ދަމާލި މަންޒަރު ފެނުމުންނެވެ.
ލިބުނު ކުއްލި ސިހުމާ ވީތަދާ އެކު އަލްޔާން އަތުން އެމީހާ ވީއްލުނެވެ. ތަންވަޅު ބަލާ އެ ދެމީހުން އަވަސް އަވަހަށް ދުވަމުން ދިޔައެވެ. އެ މީހުން ފަހަތުން ދާން ކުޑަ ތަންކޮޅަކަށް ގޮސް ފައި ވެސް އަލްޔާން އަނބުރާލާފައި އައީ އަތުން ލޭ ފައިބާތީއެވެ. ބާރު ހިނގުމެއްގައި އައިސް އަލްޔާން ކާރަށް އެރިއެވެ. “އަލްޔާން…ވަޓްސް ރޯންގް ވިތް ޔޫ..ކީއްކުރަން ތަ ދިޔައީ އެމީހުނާ ދިމާލަށް” އަލްޔާން އަތުން ލޭ ފައިބަމުން ދިޔަ މަންޒަރު ފެނި ހިތަށް ވީ ތަދުން އީން ބުނެވުނެވެ. ލޭ މަނާ ކުރުމަށް ޓަކައި އީން އަވަސް އަވަހަށް އަލްޔާން ގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އެކަމަކު އައިސް ފައި ހުރި ރުޅިން އަލްޔާން އީން ގެ އަތް ފޮޅުވާލިއެވެ. އަދި އައި އޭމް ފައިން އޭ ބުނެ ނިކަން ބާރަށް ކާރު ދުއްވާލިއެވެ. އަލްޔާން ގެ އެ ހަރަކާތުން އީން އަށް ގިސްލެވެން ފެށިއެވެ. ދުލުން ނުބުންޏަސް އަލްޔާން ހުރީ ވަރަށް ރުޅި އައިސްފައި ކަން އެނގި ދެރަވިއެވެ. “ސިވިއަރ ބްލީޑިން އިޒް ދެއަރ..ޕްލީޒް އަލްޔާން ހިނގާބަލަ ހޮސްޕިޓަލަށް ދާން” އީން އަނެއްކާ ވެސް އަލްޔާން ގެ އަތުގައި ހިފަން މަސައްކަތް ކުރުމުން އަލްޔާން އަތް ފޮޅުވާލިއެވެ. އަނެއް ކޮޅުން ކާރު ދުއްވަމުން ދިޔަ ބާރު ސްޕީޑް ގެ ސަބަބުން އީން އިނީ ބިރުން ހަލާކުވާ ވަރު ވެފައެވެ. އަލްޔާން ގެ އަތުގައި ޒަހަމް ވެފައި ހުރި ތަނުން އޭނާ އަށް އެއްވެސް ކަހަލަ ވޭނެއް ނާޅާ ކަހަލަ އެވެ. “ހެވޭ ކިތަންމެ ސިވިއަރ ބްލީޑިން ހުއްޓަކަސް..އަހަންނަށް އެގަޑީގަ އެތަނަށް ނުދެވުނު ނަމަ ޔޯ!..ހުވާ މި ބުނީ އަތު ޖެހިއްޖެއްޔާ އައި ވިލް ކިލް ދެމް..ދެއި ޓްރައިޑް ޓު…” ބުނަން އުޅުނު ބަސް ފުރިހަމަ ނުކޮށް އަތުން ހުންގާނުގައި ބާރަށް ޖަހާލެވުނީ އީން އާ ބެހެން އެމީހުން އުޅުނު މަންޒަރު ހިތަށް ސިފަވެ ރުޅިގަދަ ވުމުންނެވެ. ކީއްވެގެންތަ ފަސޭހަ މަގުން ދެވެން އޮައްވާ މާދުރުދުރުން ދިޔައީ..އަހަންނަށް ނުފެންނަން ވެގެންތަ؟” އަލްޔާން ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
އަލްޔާން ގޮސް ކާރު އީން މެންގޭ ކައިރިއަށް މަޑު ކޮށްލުމާ އެކު އީން ކާރުން ފައިބަމުން އަލްޔާން ކައިރީ މަޑު ކުރުމަށް އެދި ދުވެފައި ގޮސް ގެއަށް ވަނެވެ. މިނެޓެއް ވެސް ނުވަނީސް އީން އައީ ފަރސްޓް އެއިޑް ކިޓް ހިފައިގެންނެވެ.”އަލްޔާން ޕްލީޒް ލެޓް މީ ޓްރައި ޓު ސްޓޮޕް ބްލީޑިން”އީން މަޑުމަޑުން އާދޭހުގެ ރާގެއްގައި އަލްޔާން ގެ އަތުގައި ހިފަން މަސައްކަތް ކުރަމުން ބުނެލިއެވެ. އައިސް ފައި ރުޅިގަނޑު ކުޑަކޮށް މައިތިރި ވީ ކަންނޭގެއެވެ. އަލްޔާން މިފަހަރު ދުރު ކުރުވާކަށް ނޫޅުނެވެ.
އީން އަވަސް އަވަހަށް ފަރުވާތެރިކަމާއެކު އަލްޔާން ގެ އަތުގައި ހުރި ލޭ ސާފުކޮށްލުމަށްފަހު ޕްރެޝަރ ދެމުން ބެެންޑޭޖްކޮށްލިއެވެ. އީން އޭނާ އަށް ޓަކައި އެހާ ކަންބޮޑުވެފައި ހުރިތަން ފެނުމުން އަލްޔާންގެ ހިތަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް އިހްސާސްވިއެވެ.އެ ރީތި މޫނު އެހާ ކައިރިން ފެނުމުން ހިތް ފުރިގެން ދިޔައެވެ.މި އަންހެން ކުއްޖާ ދެކެ މިހާ ލޯބިމިވެވެނީ ކީއްވެބާއޭ އަލްޔާން ގެ ހިތަށް އަރަމުން ދިޔައެވެ.
“ފުދޭ ވަރަކަށް ޑީޕް ކަޓް އެއް..ޔޫ ނީޑް ސްޓިޗެސް..ހިނގާބަލަ ހޮސްޕިޓަލަށް ދާން ޕްލީޒް” ކަންބޮޑުވެފައި ހުރެ އީން ބަލާލި ވަގުތު ލޯބިން ފުރިގެންވީ ނަޒަރަކުން އޭނާ އަށް ބަލަން އިން އަލްޔާންް ފެނި ލަދުން އިސްދަށަށް ޖަހާލެވުނެވެ.” ބުނެދޭން ނޭނގޭ އީން ދެކެ މިހާ ލޯބިވަނީ ކީއްވެ ކަމެއް..ވަރަށް ވަރަށް ލޯބިވޭ..ޕްލީޒް ބީ މައިން” އަލްޔާން އީން ގެ މޫނަށް ބަލަން ހުރެ ވާހަކަ ދައްކަމުން ދިޔަ އިރު އީން ބުނި އެއްޗެއް އަޑުވެސް ނީވޭ ކަހަލައެވެ. “އަލްޔާން ދެކެ މިހާ ލޯބިވެވެނީ ކީއްވެގެން ކަމެއް އަހަންނަކަށް ވެސް ނޭނގޭ”އީން ގެ ދުލުން ނުބުނެވުނު ކަމުގައި ވިޔަސް ހިތަށް އަރަމުން ދިޔައެވެ. އީން އަލްޔާން އަށް ބަލާލަމުން މާނަ ފުން ގޮތަކަށް ހިނިތުންވެލިއެވެ.އެ ހިނިތުންވުން ފެނި އަލްޔާން ގެ ހިތް އުފަލުން ފުރުނެވެ.”ހިނގާބަލަ ދާން ހޮސްޕިޓަލަށް” އަލްޔާން ގެ އަތުގައި ހިފާލަމުން އީން އަނެއްކާވެސް ބުނެލިއެވެ.”ޝަރުތެއްގެ މަތީން.. މީގެ ފަހުން ރޭގަނޑު އެކަނި އެއްވެސް ތަނަކަށް ދާން ޖެހިއްޖެ ނަމަ..އައި ވިލް ގޯ ވިތް ޔޫ. އީން އަކަށް ނޭގޭނެ.. މާލޭގެ މަގުތައް މިހާރު އެހާ ރައްކާެތެރި އެއް ނޫން.އެކަނި އަންހެން ކުދީން އުޅޭކަށް ނުވާނެ.ދުވާލުވެސް އެކަހަލަ އެއްވެސް ކަމެއް ދިމާ ވެއްޖެނަމަ ވަގުތުން ޔޫ ހޭވް ޓު ކޯލް މީ!! އީން އަށް އެއްވެސް ކަމެއް ވެއްޖެއްޔާ އަހަރެން މަރުވެދާނެ.” ސީރިއަސް ކަމާއެކު އަލްޔާން ދެއްކި ވާހަކަ އާ އެއްބަސް ވުމުގެ ގޮތުން އީން އަވަހަށް ބޯ ޖަހާލީ އަލްޔާން ގޮވައިގެން ހޮސްޕިޓަލަށް ދާން ބޭނުން ވެފައި ހުރުމުންނެވެ.
ހާސްވެފައި ހުރެ ބާރު ހިނގުމެއްގައި ގޮސް އޭޑީކޭ ގެ އެކްސިޑެންޓްސް އެންޑް އިމަރޖެންސީ އަށް ވަން އީތަން އަށް އަލްޔާން ފެނުމާއެކު ބްރޯ ކިހިނެތްވީ ހޭ އަހާލިއެވެ.” މަސްބާނަން ގޮސް އުޅެނިކޮށް..” އަލްޔާން އެއްލޯ މަރާލަމުން އެހެން ބުނީ ހޮސްޕިޓަލް ގެ މީހަކަށް ކަމުގެ ހަގީގަތް އަންގަން ބޭނުން ނުވީތީ އެވެ. ޕޮލިސް ކޭސް އަކަށް ގޮއްސިނަމަ ބައްޕަ އަށް އެނގި އިތުރަށް މަސްލަހަތު ގޯސްވެދާނެތީއެވެ. ހުރިހާ ކަމަކުން ނިމިގެން ހޮސްޕިޓަލުން ނިކުމެވުނު އިރު 10 ޖަހާ ބޮޑުވެއްޖެއެވެ. އޭރު އީން ގުޅައިގެން އަލްކާވެސް އައިސް އެތަނުގައި ހުއްޓެވެ. “ވަރަށް ލަސް ވެއްޖެ ދޯ..ހިނގާ ދެކުދީން ގެއަށް ލައި ދޭނަން” އަލްޔާން އެހެން ބުނުމާއެކު އަހަރެމެން ގޮސްދާނަމޭ އަލްކާ ބުނީ އޭނަ އާއި ދިމާލަށް ހެވިފައި ބަަލަން ހުރި އީތަން އާ ދިމާލަށް ލޯ އަޅާލަމުންނެވެ. އީން ވަގުތުން އަލްކާގެ އަތުގައި ހިފާފައި ނޫނެކޭ ބުނުމުގެ ގޮތުން ކުޑަކޮށް ބޯހޫރާލިއެވެ.އަދި އަލްޔާން އަށް ބަލާލަމުން “އޯކޭ” ބުނެލިއެވެ.”އައި ވިލް ޑްރައިވް..”އޭ ބުނެ އީތަން ގޮސް ކާރުގެ ފަހަތު ދޮރު ހުޅުވަދެމުން ވަރަށް އަދަބުވެރި ގޮތަކަށް އަލްކާ އާ ދިމާލަށް ބަލާލަމުން “ލޭޑީސް ޕްލީޒް” އޭ ބުނެލިއެވެ. ތުން އަނބުރާލަމުން އަލްކާ ހިތާ ދެކޮޅަށް ނަމަވެސް ކާރަށް އެރީ އީން އޭނާގެ އަތުގައި ހިފައި ދަމަން ފެށުމުންނެވެ.
***
ނިދަން އަރާ އޮތް އީން އަށް ނިދޭގޮތެއް ނުވިއެވެ. ދެލޯމަރާލާ އިރަށް ފެންނަނީ އަލްޔާން ގެ އަތުގައި އެމީހާ ކަޓަރު އަޅާލި މަންޒަރެވެ.އަލްޔާން އަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އީން ކަމުގައި އަމިއްލައަށް އިހްސާސް ވުމާއެކު އީން އަށް ކުއްވެރިކަމުގެ އިހްސާސް ކުރެވުނެވެ.ފޯނު ނަގައި އިރުގަނޑެއް ވަންދެން ވިސްނާލަން އޮތެވެ. އެއަށް ފަހު އަލްޔާން ގެ ނަންބަރު ފޯނުން އަންބްލޮކް ކުރަމުން ގެޓް ވެލް ސޫން..އައި އޭމް ރިއަލީ ސޮރީ އެންޑް ތޭންކްސް އޭ ލިޔެމެސެޖް ފޮނުވިއެވެ. އީން ގެ މެސެޖް ގެ ފެނުމާއެކު އަލްޔާން އުފަލުން ފޯން ނަަގައި މޭގާ ޖައްސާ ބާރު ކޮށްލިއެވެ. އެތައްފަހަރަކު ތަކުރާރު ކޮށް އެ މެސެޖް ކިޔާ ލެވުނެވެ. މިރޭ އަލްޔާން ޕްލީޒް ބީ މައިން އޭ ބުނުމުން އީން ހީލި ގޮތް ހަނދާން ވުމުން އަލްޔާން ވިސްނާލިއެވެ. އޭގެ މާނައަކީ އާއެކޭބާވައެވެ. ކޮންމެ ގޮތެއް ވިޔަސް އީން ގެ ދުލުން ޖަވާބު ހޯދުމަށް އަލްޔާން ހިތުން އަޒުމް ކަނޑަ އެޅިއެވެ. އަލްޔާން ގެ ފޯނަށް އެވަގުތު އަނެއްކާ ވެސް މެސެޖެއް އައުމުން އުފަލުން ބަލާލީ އީން ގެ މެސެޖެއް ކަމަށެވެ. އެކަމަކު އެއީ މައިރީން ގެ މެޖެކެވެ. ލިޔެފައިވަނީ ލޯބިވާ ވާހަކަ އާއި އޭނާ ދޫކޮށް ނުލުމަށެވެ. ވަގުތުން އަލްޔާން އެ މެސެޖް ޑިލީޓް ކޮށްލީ މައިރީން ގެ ފަރާތުން ސަލާމަތް ވުމަށް ހިތާ ހިތާ ދުއާ ކުރާ ހާލުގައެވެ.
އޭގެ ފަހުން ހަފްތާ އެއް ވޭތުވެ ދިޔަ އިރު އީން ކޮލެޖަށް ދާ ކޮންމެ ދުވަހަކު އަލްޔާން އެކީގަ ދެއެވެ. އީން ނުގުޅި ކަމުގައިވިޔަސް ނިމޭ ގަޑިޔައް އަބަދުވެސް ބަލާ އާދެއެވެ. އަލްޔާން ކިތަންމެ ވަރަކަށް ލޯބިވާ ވާހަކަ އާއި އެކީގަ އުޅެން ބޭނުންވާ ވާހަކަ ބުންޏަސް އީން ގެ ފަރާތުން ސީދާ ޖަވާބެއް ނުލިބެއެވެ. ގިނަ ފަހަރު ހިނިތުން ވެލަނީ އެވެ. ނޫނީ ލަދުން އިސްދަށަށް ޖަހާލަނީއެވެ. މެދު ކެނޑުމެއްނެތި ލިބެމުން އައި މައިރީން ގެ މެސެޖް ތަކަށް އަލްޔާން ޖަވާބު ނުފޮނުވައެވެ. ބައްދަލް ކުރަން އަޔަސް އަލްޔާން ގިނައިން އުޅެނީ އޭނާގެ އެޕާރޓްމެންޓް ގައި ކަމުން މައިރީން އަކަށް ނުވަދެވެއެ. އެ ހަފްތާ ގައި އަލްޔާން އޮފީހަށް ނިކުންނަން ފެށީވެސް ބައްޕަ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުންނެވެ. މައިރީީން ގެ ވާހަކަ އޭނާ އާ އިތުރަށް ނުދެއްކުމަށް ޝަރުތު ކޮށެވެ.
ބާރުބާރަށް ހިނގާފައި ދިޔަ ޒިން މައިރީންގެ ކޮޓަރިއަށް ވަނީ ދޮރުގައި ޓަކިޖެހުމުން ވެސް ޖަވާބެއް ނުލިބުމުންނެވެ. ސޯފާގައި އިށީދެގެން އިން އިރު މައިރީން ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. “ހޭއި ޕްރިންސެސް..އައެމް ބެކް..ބަލާބަލަ އައި ގޮޓް ސަމްތިންގް ފޯޔޫ” ޒިން ގޮސް މައިރީންގެ ކައިރީގައި އިށީނުމާއެކު ދޮންބޭ އޭ ކިޔާ މައިރީން ޒިން ގެ ގައި ގައި ބާރަށް އޮޅުލައިގަތެވެ. އެއާއެކު ބާރުބާރަށް ރޯންފެށިއެވެ. މައިރީންގެ ވާހަކަ ބައްޕަ އޭނައާއި ކޮންމެވެސް ވަރަކަށް ހިއްސާ ކޮށްފައި އޮތުމުން ޒިން އަށް ވެގެން އުޅޭގޮތް އިނގެއެވެ. އެހެން ކަމުން މައިރީން ގަޔާ ދުރުކޮށްލަމުން ލޯ ފޮހެލަދިނީ ދޮންބެ ހުރިހާ ކަމެއް ރަނގަޅު ކުރާނެ ކަމަށް ވައުދު ވަމުންނެވެ. “އެއްކަމެއް ވެސް ރަނގަޅެއް ނުވާނެ ދޮންބޭ..މައި ގެ ފްރެންޑެއް ވެސް ބުނި އެ އަންހެން ކުއްޖާ ގޮވައިގެން އުޅޭތީ އަބަދު ފެންނަ ވާހަކަ..ހީސެއިޑް ހީ ލަވް ހާ…ހީ އިޒް އިގްނޯރިން މީ..ފޯން ވެސް ނުނަގާ ބައްދަލް ވެސް ނުވޭ… ދޮންބޭ އައި ލަވް ހިމް..އައި ނީޑް ހިމް.. އޯ އައި ވިލް ޑައި” ރޮމުން ގިސްލަމުން މައިރީން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ޒިން ހިތަށް އުނދަގޫވަމުން ދިޔައެވެ. ލޯބިވާ ކޮއްކޮ މިހާ ހިތާމަ ކޮށް ދެރަވި މަންޒަރު ދުވަހަކުވެސް ފެނިފައިނުވާ ޒިން ގެ ރުޅިގަނޑު އިންތިހާއަށް ގަދަވިއެވެ.
ގަޑިން މެންދުރު 2 ޖެހުމާއެކު އަލްޔާން ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު އޮފީހުން ނިކުތީ އީން ކޮލެޖް ނިމޭ ގަޑިކަމުން ބަލާ ދިޔުމަށެވެ. އަވަހަށް ކާރުގައި ނައްޓާލަން އުޅުނު އަލްޔާން އަށް ކުރިއަށް ނުދެވުނީ ބާރު ސްޕީޑްގައި އައި ކަޅުކުލައިގެ މާރސިޑީޒް ބެންޒް ކުރިމަތީގައި މަޑުކުރުމުންނެވެ. ބަރުގޮނު އެޅުމުންވެސް އެ ކާރު ގުޑާވެސް ނުލިއެވެ. ކާރުގެ އެތެރެ ނުފެންނާތީ ކާކު ކަންވެސް ނޭގެއެވެ. ލަސްވާތީ އައި ރުޅީގައި ކާރުން ފޭބި އަލްޔާން ހުއްޓުން އެރީ ކުރިމަތީގައި އޮތް ކާރުން ފޭބި ޒިން ފެނުމުންނެވެ. އިސްކޮޅުން ދިގު،ވަރުގަދަ ހަށިގަނޑުގެ ވެރި ޒިން ފެނުމާއެކު އަލްޔާން ގެ ހިތުގައި އިންޒާރުގެ ރަނގަބީލް ޖެހިލިއެވެ. އިސްތަށިގަނޑު އާމީކަޓް ޖައްސާފައިވާއިރު ހެދުން އަޅާފައި ހުރި ގޮތުން ބޮޑަށް ވައްތަރީވެސް ފިލްމު ތަކުން ފެންނަ ކަހަލަ ބޮޑީގާޑް އަކާއެވެ. ޑީސެންޓް ކޮށް ހުއްޓަސް އޭނާ އަޑިއަޑީން ކުރާ މަސައްކަތުގެ ހަގީގަތް އަލްޔާން އަށް އިނގޭތީ ހިތް ނުތަނަސް ވިއެވެ.
ޒިން އައިސް އަލްޔާން ކުރިމަތީ ހުއްޓި އަޅާއިގެން ހުރި ކަޅުކުލައިގެ ރޭބަން އައިނު ނަގާލީ ފޮނި ގޮތަކަށެވެ. “އަލްޔާން..އަހަރެން މި އައީ ކީއްވެކަން އަލްޔާން އަށް ރަނގަޅަށް އިނގޭނެ..އެހެން ވީމަ މާގިނަ ވާހަކަ ދައްކާކަށް ނެތިން..ހަމައެކަނި ބުނެލަން ބޭނުންވަނީ މައި އަކީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއޭ…އޭނަ ރޯތަން ދެކެން އަހަންނަށް އެހާ ފަސޭހަ އެއް ނޫނޭ..ވިސްނޭނެ ކަމަށް އުއްމީދު ކުރަން” ޒިން ނިކަން ކުރުކޮށް ފޮނިކޮށް ވާހަކަ ދައްކާލަމުން ދާން ހިނގައިގަތެވެ. އަލްޔާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒިން ދިއުމުން އަވަސް އަވަހަށް ދިޔައީ އީން އިންތިޒާރު ކުރާނެކަން އިނގޭތީއެވެ.
ކޮލެޖުން ނިކުތް އީން އަށް އަލްޔާން ފެންނަން ނެތުމުން ވަށައިގެން ހޯދާލިއެވެ. ކުޑައިރުކޮޅަކު މަޑު ކުރުމަށް ފަހުވެސް ނައުމުން ދެރަވެފައި ހުރެ ދާން ހިނގައިގަތެވެ. “ސޮރީ ލަވް” ދުވަމުން ކަހަލަ ގޮތަކަށް އައިސް ހިނގާފައި ދިޔަ އީން އާ ހަމަކުރަމުން އަލްޔާން ބުނެލިއެވެ. އަލްޔާން ފެނުމުން އުފާވި ނަމަވެސް އީން މޫނުހަދާލިއެވެ.” ވާއު..މޫނު ހެދީމަވެސް އެހާ ލޯބި..ހަމަ ކޮންމެ ކަމެއް ކުރިއަސް އަހަރެން އީން ދެކެ ވާލޯބި ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން..ކާންޓް ހެލްޕް” އަލްޔާން ކޮނޑުއަރުވާލަމުން އީން ދިމާލަށް ބުނެލިއެވެ.”އަލްޔާން ބިޒީވީމަ ނައި ނަމަވެސް އޯކޭއޭ..މީ ދުވާލު ގަޑި އެކަނިވެސް ދެވިދާނެ” ކޮންމެ ދުވަހަކު ނިކުންނައިރު އަލްޔާން ބޭރުގައި ހުރެފައި މިއަދު ނެތުމުން އީން އަސްލުވެސް ދެރަވިއެވެ. “ނޯ..ނޯ..ދުވާލަކަސް ރޭގަނޑަކަސް އައި ކާންޓް ޓޭކް ރިސްކް..އީން އާދިމާލަށް މީހަކު ނުނިޔަތެއްގަ ބަލާލަންވެސް އަހަރެން ބެނުމެއް ނޫން…ކޯޒް ޔޫ އާ މައިން އޮންލީ..ސޯ ޕްލީޒް.ހިނގާ ދާން” އަލްޔާން އެހެން ބުނެލާ ވާހަކަ ތަކުން އީން ގެ ހިތަށް ބުނެދޭން ނޭނގޭ
ފަދަަ އުފާވެރި ކަމެއް އަބަދުވެސް އިހްސާސްވެއެވެ. އެކަން އީން ގެ މޫނުމަތީންވެސް ފާޅުވިއެވެ. އިތުރު ޖަވާބެއް ނުދީ އީން އަލްޔާން އާއެކީގައި ދާން ހިނގައިގަތެވެ.
އަލްޔާން ދިޔުމާއެކު މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ކާރުގައި މަޑުކޮށްލައިގެން ހުރި ޒިން ގުޅީ ރިޝްވާން އަށެވެ. ރިޝްވާން އަކީ މާލޭގައި މިވަގުތު އެންމެ މަޝްހޫރު އަދި އެންމެ ނުރައްކާތެރި ގޭންގް ގްރޫޕް އީގަލްސް ގެ އިސްމީހާއެވެ. އެނާއަކީ ޒިން އާ އެންމެ ގާތުން މަސައްކަތް ކުރާ އެކަކެވެ. “ރިއްޓޭ..އިންނާނެ ފޮޓޯއެއް ފޮނުވާފަ ފީމޭލް އެއްގެ.ނީޑް ޓު ނޯ އެވްރީތިން އެބައުޓް ހާ..އިޓްސް އާރޖެންޓް.”ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޒިން ފޯން ކަނޑާލިއެވެ.
****
ހަވީރުގެ ވަގުތުގައި އީން އެކަނި ގޭގައި އިނީ ފޫހިވެފައެވެ. ދޮންތަ ލިވީ ގޮވައިގެން ބޭރަށް ގޮސް ވީއިރު އަލްކާ ވެސް އޮތީ މިއަދު ލަހުން އާދެވޭނެ ވާހަކަ ބުނެފައެވެ.ކުއްލިއަކަށް ގޭގެ ބެލް ޖަހާލި އަޑު އިވުމުން ގޮސް ދޮރުހުވާލުމާެއެކު ކުރިމަތީގައި ހުރި މީހާ ހުށިއާރުކަމާއެކު އެތެރެއަށް ދެމިގަނެ ދޮރުލައްޕާ ތަޅުލިއެވެ. “ހެލޯ..އައިޝަތު އީން އަޝްރަފް” ދުވަހަކުވެސް ފެނިފައި ނުވާ މިމީހާ ކަންތައް ކުރި ގޮތުން އީން ބިރުގަތެވެ.”ކަ..ކާކު ތަ ތީ؟..”އަޅައަޅައި ގަންނަމުން އީން އަށް އަހާލެވުނީ ހައިރާން ކަމާއެކުގައެވެ.”އޯހް..އަދި ނަން ނުބުނެވޭ ދޯ..ހައި..އަހަރެންގެ ނަމަކީ ޒިން” ހަމަޖެހިލައިގެން ބޮޑާ ގޮތަކަށް ސޯފާގައި އިށީންނަމުން ޒިން ސަލާން ކުރަން އީން އާދިމާލަށް އަތް ދިއްކޮށްލިއެވެ.
“ނޭގުނު ކާކުކަމެއް! ކީއްކުރަން އެތެރެއަށް ތިވަނީ..މި ގޮވަނީ ދޮންތަބެ އަށް..ހަމަ މިހާރު ނިކުމޭ” އީން ފަހަތަށް ޖެހެމުން ބުނެލިއެވެ.”ހެހެ…މިގޭގަ މިގަޑީގަ އަހަރުން ދެމީހުން ފިޔަވާ އެކަކު ވެސް ނެތް..މަ ބިރު ގަންނަވަންތަ ދޮންތަބެ އޭ ތި ކިޔަނީ؟” އެހެން ނޫނަސް އީން ގެ ދޮންތަބޭ އެއް ނުހުންނާނެ.އެންމެ ފިރިހެން ކޮއްކޮ އެއް ނު ހުންނަނީ..ކީކޭ ތަ ކިޔަނީ އަދްޔަން އަޝްރަފް ދޯ”. ޒިން ކުޑަކޮށް ހެވިލާފައި ބުންޏެވެ. އީން ސިހުނު ވަރުން ލޯބޮޑު ކޮށްލެވުނެވެ.
ހައިރާން ވެއްޖެ ދޯ؟ އަހަންނަށް ނޭނގޭ އީން ގެ އެއްވެސް ކަމެއް މިހާރަކު ނޯންނާނެ..އަލްޔާން އާ އޮންނަ ގުޅުން ވެސް އިނގޭ..އެހެންވީމަ ބުނަން މި އައީ އޭނަޔާ ހުރިހާ ގުޅުމެއް ކަނޑާލާށޭ!” ޒިން ސީދާ އީން ގެ މޫނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. ކާކު ކަން ނުވެސް އެނގޭ މީހަކު އައިސް ކުއްލިއަކަށް އަލްޔާން ގެ ވަހަކަ ދައްކަން ފެށުމުން އީން އަސްލުވެސް ވަރަށް ރުޅި އައެވެ. ” ކިހާ ދެރަ ކަމެއް! މިހާރު ބުނެފީމެއްނު ތީ ކާކު ކަން މަށަކަށް ނޭގެއޭ..އަލްޔާން އާ މަށާ ކޮންމެ ގުޅުމެއް އޮތަސް ކަލެއަކާ ކޮންކަމެއް؟”
“އޯކޭ..އީން ގެ މަންމަ ރަށުގަ ދުއްވަނީ ރަތް ކުލައިގެ މޫވް ސައިކަލެއް ދޯ؟ މިސާލަކަށް ކޮއްކޮ ގޮވައިގެން ދަނިކޮށް ކުއްލިއަކަށް އެކްސިޑެންޓެއް ވެއްޖިއްޔާ ޔޯ؟ އެހެން ނޫނަސް އައްޑޫ ލިންކް ރޯޑް ގަ އެކްސިޑެންޓް ވުން އެއީ އާއްމު ކަމެއްނު؟” ޒިން ނުސީދާގޮތަކަށް ދިން އިންޒާރާ އެކު އީން އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ވަގުތުން ލޮލުން ކަރުނަ ހިލުނެވެ.” ކާކު ތީ..ކި..ކީއްވެ ތިހެން ތި ބުނީ” އީން އަށް ރޮވެން ފެށިއެވެ.
އޯ ބޭބް..ޕްލީޒް ޑޯންޓް ކްރައި..ތިހާ ރީތި އަންހެއް ކުއްޖަކު ރުއީމަ ވަރަށް ދެރަވޭ..ވީހާ ވެސް އަވަހަކަށް މައިރީން އާ އަލްޔާން އާ ދެމީހުން ގެ ދޭތެރެއިން އަވަހަށް ނިކުމޭ..އެހެން ނޫނީ ދެންމެ މި ބުނި ފަދަ ގޮތް ވުން އެކަށީގެންވޭ. އަދި ބުނަން އަލްޔާން ކައިރީ އަހަރެން އައި ވާހަކަ ނުބުނާތި..ބުނެފިއްޔާ އަހަންނަށް އިނގޭނެ. އޭރުން ނަތީޖާ މާ ރަނގަޅެއް ނުވާނެ” އީން އަށް ވަރުގަދަ އިންޒާރެއް ދިނުމަށްފަހު ޒިން ނިކުމެގެން ދިޔައެވެ.
އީން އެ ހުރިތަނަށް ތިރިވެ ރޮވެން ފެށިއެވެ. މިވީ ކިހިނެތް ހެއްޔެވެ. ތޫފާނެއްހެން ވަދެގެން އައި މި ނުދަންނަ މީހާ އެދިޔައީ އީން ގެ ހިތާއި ސިނކުޑިއަށް ވަރުގަދަ ލޮޅުމެއް ގެނުވާފައެވެ. “މަންމާ..މަންމާ” އީން ގިސްލެވެން ފެށިއެވެ. މަންމަ އާއި ލޯބިވާ ކޮއްކޮ އަށް ޒިން އެބުނި ފަދަ ކަމެއް ދިމާވެއްޖެނަމަ އީން ގެ ހިތް ކުދިކުދިވެދާނެއެވެ. ތުރުތުރުއަޅާ ހާލު އަވަސް އަވަހަށް ފޯނު ނަގައިގެން އީން މަންމަ އަށް ގުޅިއެވެ. ހަތަރު ފަހަރު ތަކުރާރުކޮށް ގުޅުނު އިރު ވެސް މަންމަ ފޯނެއް ނުނެގިއެވެ. އަނެއްކާ އޭނަ މަންމަ މެންނަށް ކަމެއް ކުރީބާ؟ އެހެން ހިތަށް އެރުމާއެކު އީން އަށް ބާރުބާރަށް ރޮވެން ފެށިއެވެ. ރުޅި އައިސްގެން ފޯނު ސޯފާ މައްޗައް އެއްލި ތަނާހެން ރިންގް ވާން ފެށުމުން އަވަހަށް ބަލާލިއިރު ގުޅަނީ މަންމަ އެވެ.
“ކީއްވެތަ މަންމަ ފޯނު ނުގަނީ..ކޮންތާކު..އާދީ ކޮބާ؟ މަންމަ މެން ރަނގަޅުތަ؟ ކަންބޮޑުވެފައި ހުރެމެ ރޮވޭ ހާލު އީން ހުރިހާ ސުވާލެއް އެއްފަހަރާ ހެން ކުރިއެވެ. “ދަރިފުޅާ!!..ކީއްވެ ތި ރޮނީ..މަންމަ ރަނގަޅޭ..އާދީ ވެސް ރަނގަޅު..މާ ބޮޑަށް ހަނދާން ވަނީތަ މަންމަ މެން މަތީން.ޗުއްޓީ ނުވޭތަ އަދި؟ އަންނަންވީނު ރަށަށް ދަރިފުޅު ދުވަސްކޮޅަކަށް.” މަންމަ ގެ ވާހަކަ އަޑު އިވުމުން އީން މާ ބޮޑަށް ވެސް ދެރަވިއެވެ. އެހެން ކަމުން މާދަމާ ރަށަށް ދާން ފުރަން އީން ވަގުތުން ނިންމިއެވެ. އަނެއް ކޮޅުން ކޮލެޖް ގެ ސްޓަޑީ ބްރޭކް ކަމުން އިތުރު މައްސަލަ އެއް ވެސް ދިމާ ނުވާނެއެވެ.
ބައްޕަ އާއި ގުޅައިގެން މާދަމާ ފުރަން ޓިކެޓް ގެ ކަންތައް ނިންމުމަށް ފަހު އީން ހުރީ ޕެކިން ކުރާށެވެ. އަލްޔާން ގެ ކޯލްތައް އިގްނޯރ ކުރަމުން ދިޔަ ކަމުގައި ވިޔަސް އީން ގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.”ދޫނި ޕްލީޒް ފޯން ނަގާބަލަ..ވަރަށް ބިޒީ ތަ؟” އަލްޔާން ގެ މެސެޖް ފެނުމާއެކު އީން ގެ ލޯ ފެންކަޅިވިއެވެ. ނޭވާ ހާސްވާ ކަހަލަ ގޮތެއް ވުމުން ބެލްކަނީ އަށް ނިކުމެލިއެވެ.އަނެއްކާ ވެސް އަލްޔާން ގެ ކޯލް އަންނަން ފެށިއެވެ. އޭނާގެ ހަބަރެއް ނުވަނީސް އަލްޔާން ހުއްޓާ ނުލާނެކަން އިނގޭތީ ވަރަށް ވިސްނާލާފައި ފޯނަށް ޖަވާބު ދިނެވެ.
އާހް..ފައިނަލީ..ނަސީބެއްނު ހިތް ހަލާކު ނުވަނީސް އާންސަރ ކުރިކަން” އަލްޔާން ހަމަޖެހުމުގެ ނޭވާ އެއް ލަމުން ބުނެލިއެވެ. “ސޮރީ ނިދުނީ..ބޮލުގަ ރިއްސާތީ މިއުޅެނީ” ކުރެހިފައިވާ އަޑަކުން އީން ޖަވާބު ދިނެވެ.”އޯހް ނޯ..އަސްލުވެސް..އޯކޭ އެބަ ދަން. އައި ނީޑް ޓު ސީ ޔޫ” އީން ގެ ޖަވާބަކަށް ބެލުމެއް ނެތި އަލްޔާން ފޯން ކަނޑާލިއެވެ.
އަލްޔާން ދެކެ ކިތަންމެ ލޯބިވިޔަސް ދެމީހެއްގެ ދޭތެރެއަށް ވަންނާކަށް އީން ބޭނުމެއް ނުވެއެވެ. އެހެން ނޫނަސް އޭނާ އާއި އަލްޔާން ގުޅުމުގެ ސަބަބުން މަންމަ މެންނަށް އެއްވެސް ކަމެއް ވާކަށް އީން އެއްވެސް ހާލެއްގައި ބޭނުމެއް ނުވެއެވެ.އޭގެ 10 ވަރަކަށް މިނެޓް ފަހުން އީން އަށް ފެނުނީ ކާރު ޕާކް ކުރުމަށް ފަހު އަލްޔާން އެ ގޯޅިން ވަދެގެން އަންނަ މަންޒަރެވެ. އޭރު އަލްކާ ވެސް އޮފީސް ނިންމާފައި އައިސް ވަންނަނީ އެވެ. އަލްޔާން ދިމާވުން އަލްކާ ވަރަށް ހެވިލާފައި ވާހަކަ ދައްކާލިއެވެ. ބެލްކަނީގައި ހުރި އީން ފެނުމާއެކު އަލްޔާން އިޝާރާތުން ތިރިއަށް އައުމަށް އެދުނެވެ.ފުރުމުގެ ކުރީން އެންމެ ފަހު ފަހަރަށް އަލްޔާން އާއި ބައްދަލު ކުރަން އީން ނިންމިއެވެ. “އީން..އަވަހަށް ދޭ..ހީ ގޮޓް އަ ލަވްލީ ގިފްޓް ފޯޔޫ..އަސްލުވެސް ޔޫ އާރ ސޯ ލަކީ އެހާ ލޯބިވާ ބީ އެފް އެއް ލިބުނީމަ” ކޮޓަރިއަށް ވަން އަލްކާ އަށް އީން ބޭރަށް ނިކުންނަން ތައްޔާރުވެލިތަން ފެނި ދިމާކޮއްލިއެވެ. އީން އެއްވެސް އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުން މިރޭ އަލްޔާން އަށް ޖަވާބެއް ދިނުމަށް އަލްކާ އެދުނެވެ.
އީން މަޑު ހިނގުމެއްގައި ގޮސް އަލްޔާން ކުރިމަތީ ހުއްޓުނެވެ.އަލްޔާން ލޯބިން ފުރިގެންވީ ނަޒަރަކުން އީން އާ ދިމާލަށް ބަލާލަމުން ހިތާ ދިމާލުގައި އަތް އަޅާލިއެވެ. “ބީ ކުއައިޓް ނައު..ޝީ އިޒް އޯކޭ..ރައިޓް އިންފްރޮންޓް އޮފް ޔޫ” އަލްޔާން އަމިއްލަ ނަފްސާ މުހާތަބު ކޮށް ބުނެލިއެވެ. މިއޮތްހާ އިރު އީން ގެ ހަބަރެއް ނުވުމުން އަލްޔާން ހުރީ ނުތަނަވަސް ވެފައެވެ. އީން އިސްދަށަށް ޖަހާލީ އެ ދެލޮލަށް ބަލަން އުނދަގޫވުމުންނެވެ.
“އަދިވެސް ވަރަށް ރިއްސާތަ؟” އަލްޔާން ގެ ސުވާލަށް އީން ވަކި އެއްޗެއް ނުބުނެ އާއެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހާލިއެވެ. ފުރަގަހަށް އަތް ލައިގެން ހުރި އަލްޔާން ދެން ދިއްކޮއްލީ ގަދަ ރަތް ކުލައިގެ ފިނިފެންމަލުގެ ބޮކޭ އެކެވެ. ރަން ކުލައިގެ ފެރާރޯ އެކި ސައިޒުގެ ޗޮކްލެޓް އިން ޒީނަތް ތެރި ކުރެވިފައިވީ އެ މާބޮނޑި ބަލާލަން ވެސް އެހާ ފުރިހަމަ އެވެ. “ޗޮކްލެޓް ކެއީމަ ސްޓްރެސް ފިލާނެ..ބޮލުގަ ވެސް ނުރިއްސާނެ”
“އެހެންތަ! ކާކު ހެދި ރިސާޗެއް” ކިތަންމެ ދެރަވެފައި ހުއްޓަސް އަލްޔާން އެހެން ބުނުމުން އީން ހިނިތުންވަމުން އަހާލިއެވެ.” އަލްޔާން ވެސް ކުޑަކޮށް ހިލާފައި އެއީ ޑރ. އަލްޔާން ގެ ރިސާޗެކޭ ބުންޏެވެ. އީން ހިނިތުން ވުމުން އަލްޔާން އުފާވިއެވެ. “އިޓްސް ބިއުޓިފުލް..ތޭންކްސް.. ދެން ގޮސްލަން ތަ؟ އައި ވޯންޓު ރެސްޓް” މާބޮނޑީގައި ހިފަމުން އީން ބުނެލިއެވެ. އީން އެހާ އަވަހަށް ދާން އަލްޔާން ގެ ހިތް ނޭދުނު ކަމުގައި ވިޔަސް އޯކޭ އޭ ބުނުމުން އީން ދާން ހިގައިގަތެވެ. ދާން ހިނގައިގަންނަމުން އީން ބަލާލި ގޮތުން އަލްޔާން ގެ ހިތަށް އުނދަގޫ ވިއެވެ. ހީވީ ކޮންމެވެސް ކަމަކަށް އެދި އާދޭސް ކުރާ ހެންނެވެ. ކަރުނައިގެ އަސަރު އަލްޔާން އީން ގެ ލޮލުން ފާހަނގަ ކުރެވުނެވެ. “އީން.” އަލްޔާން ގޮވާލުމުން އީން ހުއްޓުނެވެ. އެކަމަކު ފަސް އެނބުރި ބަލާނުލިއެވެ. “އަބަދުވެސް ހަނދާން ކުރައްޗޭ އައި ލަވް ޔޫ..ކޮންމެ ކަމެއް ވިޔަސް އީން އާ އެންމެ ކައިރީ އަހަރެން އަބަދުވެސް ވާނަން..މާދަން ދިމާވާނެ ދޯ” އަސަރުން ފުރިގެން ވީ އަލްޔާން ގެ އެބަސްތަކުން އީން ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. އީން އަލްޔާން އާ ބައްދަލް އެ ކުރަނީ އެންމެ ފަހު ފަހަރަށް ކަން އިނގޭނަަމަ އަލްޔާން ގެ ހިތް ކުދިކުދިވެދާނެއެވެ.އަމުދަކުން އީން އެހާ ފަސޭހައިން ދިޔަކަ ނުވެސް ދޭނެއެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަ އަލްޔާން އަށް ސިއްރު ކުރުމަށް އާއެކޭ ބުނެ ބޯޖަހާލަމުން އީން ބާރުބާރަށް ހިނގާފައި ދިޔައެވެ.
ގެއަށް ގޮސް ވަން ތަނާހެން ޕްރައިވެޓް ނަންބަރަކުން އީން އަށް މެސެޖެއް ލިބުނެވެ. އޭގައި ލިޔެފައިވަނީ މީ އަލްޔާން އާ ބައްދަލު ކުރި އެންމެ ފަހު ފަހަރު ކަމަށް އުއްމީދު ކުރާ ކަމަށާއި ނިޔާމަ ދަތުރަކަށް އެދޭ ކަމެވެ. އީން ގެ ސިކުނޑިއަށް އެތަކެއް ސުވާލު ފުނިޖެހެމުން ދިޔައެވެ. އަލްޔާން އާ ބައްދަލް ކުރިކަން މިމީހާއަށް އެނގުނީ ކިހިނެތް ބާއެވެ.ފުރަން އުޅޭ ވާހަަކަ ބައްޕަމެން ފިޔަވާ އެއްވެސް މީހަކަށް ނޭގޭއިރު މިމީހާއަށް އެނގުނީ ކިހިނެތްބާއެވެ. މިއީ މައިރީންގެ ކާކުބާއެވެ..އެންނަބަރަށް ގުޅޭތޯ އުޅެއުޅެވެސް ގުޅޭ ގޮތެއް ވެސް ނުވިއެވެ.
ފަތިހު 5.30 ވީ އިރު މާލެ އިން ގަމަށް ދަތުރު ކުރުމަށް ތައްޔާރު ވެފައި އޮތް މޯލްޑިވިއަން ގެ ފްލައިޓްގައި އިން އީން ގެ ހިތަށް ވަނީ އިންތިހާ ނުތަނަވަސްކަން ވެރިވެފައެވެ. އޭނާ ލިޔެގެން އިން މެސެޖް އަލްޔާން އަށް ލިބޭއިރު އެ ހިތަށް ކުރާނެ އަސަރު އީން އަށް ވިސްނެއެވެ. ލޯމަރާ ބާރު ކޮށްލަމުން ސެންޑް އަށް ފިތާލުމަށް ފަހު އީން އަވަހަށް ފޯން ނިވާލިއެވެ.
ހެނދުނު 7 ޖެހި އިރު ފޯން އެލާރމް ވުމުން އަލްޔާން އަށް ހޭލެވުނެވެ. ކަންނެތް ކަމާއެކު ތެދުވަމުން އެލާރމް އޮފް ކޮށްލަން ފޯން ނެގި ވަގުތު އީން ގެ މެސެޖް ފެނުމުން އަލްޔާން ގެ ނިދިވެސް ފިލާ އަވަހަށް މެސެޖް ކިޔާލިއެވެ.
“އަހަރެން ވަރަށް ވިސްނައިފީން..އަލްޔާން އާ އެކު ރިލޭޝަންޝިޕް އަކަށް ދާން އަހަރެން ބޭނުމެއް ނޫން. ސޯ އަހަރެންގެ ޖަވާބަކީ ނޯ..ތޭންކްސް ފޯ ލަވިން މީ.އަހަރެން މިދަނީ އަލްޔާން އާ ވަރަށް ދުރަށް.. ޕްލީޒް ފޮގިވް މީ އެންޑް ފޮގެޓް މީ..ބެސްޓް އޮފް ލަކް.. އީން”
އަލްޔާން ގެ ދުނިޔެ ހުއްޓުނު ކަހަލަ ކަހަލަ އެވެ.
18 Comments
Comments are closed.
stry v v v rythi maasha allah….next par thankolheh dhigu kolla dhehchey…nd me first dhw hehehe
Thanx hudher.❤️ Insha allah next part thankolheh digu kureveytho balaanan ingey..
Awlheyy…Alyaan ah ehn nuhadhaaba plxx. ..
Btw stry varah reethi waiting for the next part ??
Inoo thanx.. ? next episode Thursday insha allah
Dhen dhen dhen Zin Maraalaba …haadha reehchey… Avahah upload kohba
Thank you..? Insha allah Thursday
my first comment to this website…mi story vrh vrh reethi ❤️..waiting for the next part
Ow ? thanks naa. Insha allah avahah upload kohdey nan?
V reethi story eh. Whn next part?????
Thank you. Thursday ga insha allah.☺️
Why..why.did u do this ..this so touching…dhen ebunaa zin maa gangi yo…anyways mi part ves v.furihama??? ,keep up the good work??? luvya ❤❤❤keep smiling???
Thanks ?.. Vv happy vey hurihaa ves hiyvaru deythy.. Much love all ?????
Story hama habeys???
Thank so much ?
hama rovijje and vv rulhi aihsi,,e zin maraalabala…vv foohi vey dhen enme gango??/huh v foohi dhen..alheyyyyyyy alyan haadha dhera vaaneyy and een ves dhw..feel sorry for him ..so heart touching….vvreethi..waiting curiously..masha allah..may allah protect ur talant from the evil eyes,,,luv yuh much
Amen.. Aww ?? thank you so mch maya.. Mch love?Dnt cry keep smiling inge.☺️ Zin asluves gos dhw varah
I am crying… Een aai Alyan ah dheragotheh nahadhacchey ?
By the way I LOVE this story!!! ♡
Oww..? Hanan dear thank you.