އަލްޔާން މަޑުމަޑުން ޝަހާދަތް އިނގިލިން އީން ގެ ކޯތާފަތުން އޮހޮރެމުން ދިޔަ ކަރުނަ ފޮހެލަމުން ޖަޒުބާތުން ފުރިގެންވީ އަޑަކުން “އައި ލަވް ޔޫ” އޭ ބުނެލިއެވެ. އީން އަށް ގިސްލެވެން ފެށިއެވެ. ދެން އިތުރަށް ކެތް ނުކުރެވޭނެ ކަން އެނގުމުން “ޓު ހެލް ވިތް ޔޫ ޒިން” އޭ އީން ގެ ހިތަށް އެރިއެވެ.އެއާއެކު އަލްޔާން އާ ދުރުވުމަށް ފާރަށް ތަތްވެގެން ހުރި އީން ރޮމުން އަލްޔާން ގެ ތަނަވަސް މޭމަތީ މޫނު ޖައްސަމުން ނިކަން ބާރަށް […]
ހިޔާލަށް ގެއްލިފައި އިން ރުހާނީ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އެއީ އޭނާއާއި އައްރާދު ވަކިވާން ދިމާވި ހާދިސާއެވެ. ނަމަވެސް އޭގެ ކުރީގެ ކިތަންމެ ކަމެއް އެހިތުގައި ބިންވަޅު ނެގިފައި ވެއެވެ. އެންމެ ފުރަތަމަ އޭނާ އައްރާދުގެ އެނދުގައި ނިދިރެއެވެ. އެންމެ ފުރަތަމަ އައްރާދު ރޫހީ ކީ ދުވަހެވެ. ފޯނު ހުޅުވާލަމުން އޭގެއަށް ބަލާލިއިރު ދޮންބެ ދައްތައެވެ. ބޭރަށް އައުމަށް ބުނެފައި އޮތުމުން ރުހާނީ ނިކުމެލީ އާރާވެސް ގޮވައިގެންނެވެ. މަޑު ހިނގުމެއްގައި ގޮސް އެމީހުންގެ ކޮޓަރިއަށް ވަން […]
“ހަލޯ.” މަޑުމަޑުން ޔަނާލް ބުނެލިއެވެ. “ޔަނާ. އަހަރެން ފޮނުވި އެއްޗެއް ލިބުނުތަ؟” އަރްޒަންގެ އަޑުން އޭނާ ހިތްހަމަޖެހިފައިހުރިކަން އިނގެއެވެ. “ހޫމް. އެކަމަކު.. މީ.. މީ ކީކުރަން؟” ޔަނާލް ފާޑަކަށް އިނދެ އަހައިލިއެވެ. “ކިހިނެއްވީ؟ ޔަނާއަަށް ކަމުނުދަނީތަ؟” ފާޑަކަށް ހެވިފައިހުރެ އަރްޒަން އަހައިލިއެވެ. “ނޫން. ވަރަށް ރީތި.” ލަދުގަނެފައި ޔަނާލް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ލުއި ހުނުމުގެ އަޑު ފޯނުގެ އަނެއްކޮޅުން އިވިގެންދިޔައެވެ. “ޔަނާ. މިރޭ 8.30 އަށް ރެޑީވޭ އިނގޭ. ތިހެދުން މިރޭ ޔަނާ ލާން އަހަރެން […]
ތިރިއަށް ބަލަހައްޓައިގެން އިން ރުހާނީ ސިހުނީ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުމުންނެވެ. ކޮޓަރިއަށް ވަދެގެން އައި ޝަރޫނާ އައިސް ރުހާނީގެ ބޮލުގައި ފިރުމާލުމުން ރުހާނީ ހިންދިރުވާލިއެވެ. ކިތަންމެ ބުނަން ބޭނުންވި ނަމަވެސް އޭނާއަށް ނުބުނެވޭނެކަން އޭނާ ދަނެއެވެ. ރުހާނީ ކައިރީގައި ކޮލަށް ހުރި ޝަރޫނާ އެއްވެސް އެއްޗެކޭއެއް ނުބުނެއެވެ. ރުހާނީގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިބަން ފެށީ މަންމަގެ އެ އަމަލުންނެވެ. ރުހާނީ ނުބުނި ކަމުގައި ވިޔަސް މަންމައަށް އެނގޭކަން އަންގާ ދިނުމުން އުފާވިއެވެ. […]
އެތަންކޮޅު ކިޔައި ނިންމައިލަމުން އަރްޒަންއަށް ފޮތް ލައްޕައިލުމަށްފަހު ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. “ނޫން ޔަނާ. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ސޫން ޔޫ ވިލް ބީ މައިން އިންޝާ ﷲ..” ވައިއަޑުން އަރްޒަންއަށް ބުނެލެވުނެވެ. ** ** ** އަރްޒަން އޮފީހުން އައިސް ގެއަށް ވަތްގަޑީގައި ސިޑިން ފޭބި ޝިހާމް އޭނާފެނި ގޮވައިލިއެވެ. ކިހިނެއްވީތޯ އަހައިލަމުން އަރްޒަން ޝިހާމު ގާތުގައި ގޮސް ހުއްޓިލިއެވެ. “ދަރިފުޅު ދޭ އެހަށް ތާޒާ ވެލައިގެން އަންނަން. ބައްޕަ ވާހަކައެއް […]
ހުކުރު ދުވަހެވެ. އަރޫނާ ފަތިހު ތެދުވެލައިގެން ފެންވަރާ ނަމާދުކޮށް ތައްޔާރުވެލީ އެހެންދުވަސްތަކަށްވުރެ ކުރިންނެވެ. ކުރިޔަށް އޮތް އާދިއްތަ ދުވަހަކީ ކޮލެޖްގެ ކިޔެވުން އަނެއްކާ ހުޅުވޭ ދުވަސްކަމުން ފޮތްތަކުން ކުޑަކޮށް ކިޔާލާ ހަދާލަން އަރޫނާ ބޭނުމެވެ. ބައެއް ފޮތްތަށް ހުރީ ޔަނާލް އަތުގައިކަމުން މަސައްކަތްތަށް ނަގާ ނިމިގެން ޔަނާލް ގެނެސްދީފައިހުރި ފޮތްތަކުން ފޮތެއްހިފައިގެން އަރޫނާ ގޮސް އެނދުގައި ހަމަޖެހިލިއެވެ. ފޮތް ހުޅުވާލިވަގުތު ވެއްޓުނު ކަރުދާސްކޮޅަކުން އަރޫނާގެ ސަމާލުކަން ކިޔެވުމުން ކައްސާލިއެވެ. އޭނާ ވިސްނާލިއެވެ. ޔަގީނުންވެސް އޭނާ ފޮތްތަކުގެ ތެރެއަށް […]
މެންދަމު ބާރަޖެހީއެވެ. މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ރާނީ މުޅި ފަޒާ އަލިކޮށްދެމުން ދިޔައެވެ. މުޅި މާލެ އެކީހެން ނިދާފައި އޮތަސް ލުވެއިޒުގެ ލޮލަކަށް ނިންޖެއް ނައެވެ. އަރާމު ކަނޑެއްގައި ހުވަފެންތަކު ތެރޭގައި އެހެން އެންމެން ފަތަމުން ދިޔައެވެ. ނަމަވެސް ފުން ކަނޑުގެ ބާނި ތަކުގެ ތޭރޭގައި ޒުވައިޒުގެ ހިތް ފަތަން ނޭނގޭ ހާލު ތުރުތުރު އަޅަނީއެވެ. ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ ލުވެއިޒްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ […]
” ހޫމް މީހަކާއި އިންނަންވީ.. އެކަމަކު އަހަންނެއްނޫން.. އަހަރެން އަދި މީހަކާއި އިންނަވަރަށް ބޮޑެއްނުވެއެއްނު ދޯ.. ރާދްވީ ދެވަނަ ކައިވެންޏެއް ކުރަން.. ރާދް ބޭނުންވާ ކަހަލަ ކުއްޖަކު ބުނޭ.. އަހަރެންނަށް އަންހެން ކުދިން ހޯދަ ދެވިދާނެ.. ތިހެން ހުސްކޮށް ހުރުމުގެ ބޭނުމެއްނެތް.. އެވެސް އެއަންހެނާއާއި ހެދި.. ދައްތަ ބުނިހެން އެންމެން އެއްގޮތެއް ނުވާނެ.. ރާދް ތިހެން އުޅޭތީ ބޭބެމެން ހާދަ ކަންބޮޑުވެޔޭ.. އަބަދު މީހާ މަސައްކަތުގައި މާ ބިޒީކޮއްލައިގެން ތިއުޅެނީ އެޔާނާއެއް މަތިން ހަނދާން ނެތޭތޯއެއްނު.. އޭނަމަތިން […]
ގިނަ އިރުތަކެއް ވަންދެން އިނާޔާއާއި ވާހަކަ ދައްކަން ހުރުމަށްފަހު ހަނާޝްއާއި ރައީޝް ގޮވައިގެން ރީޝާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސިިގެން ހިގައްޖެއެވެ. ކޮންމެެސް ވަރަކަށް ވަރުބަލިކަން އިޙްސާސްް ކުރެވިފައިވާތީ ގެއަށް ވަންގޮތަށް ފުރަތަމަވެސް ރީޝާ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. އެއިރު އޭނާގެ މަންމަ ސޯފާގައި އިށީންދެލައިގެން އިނެވެ. ރީޝާ ފަދައިން ރައީޝް ވެސް ޒުލޭޚާގެ ކައިރީގައި އިށީނެވެ. އެވަގުތު ހޭދަކުރި ގޮތުގެ ވާހަކަ ރައީޝް ގާތު ޒުލޭޚާ އަހާލިއެވެ. ރައީޝްގެ މޫނުމަތިން ޒުލޭޚާއަށް ހާމަވީީ ކޮންމެެސް ކަމަކާއިމެދު ހިތްހަަމަ […]