އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 15
ބަންގީގެ އަޑަށް ސާރާއަށް ހޭލެވުނެވެ. އެހެން ކަމުން އާފިޔާއަށް ގޮވުމަށްފަހު ނަމާދު ކުރުމަށް އަވަސްވެ ގަތެވެ. ނަމާދުކޮއް ނިމުމުން ގޭ ދޮށް ކުނިކަަހަންފެށިއެވެ. ކުނިކަހާ ނިންމާލުމަށްފަހު,
ސައިބޯން ރޮށި ފިހުމަށްފަހު, ހުރި ގަރުދިޔަ ފޮދު ލައިގެން ސައި ހެދުމަށްފަހު އާފިޔާ ކައިރީ ސައިބޯން ބުނެ އަވަހަށް ޝާމިން ގެއަށް ދިއުމަށް ހިނގައި ގަތެެވެ. އަވަސް ފިޔަވަޅުގައި ހިނގަމުން ދިޔަ ސާރާ ޝާމިންމެން ގޭ ދޮށުން ހުއްޓުނީ މީހަކު ގޮވާލި އަޑުއިވުމުންނެވެ. ފަހަތް ބަލާލި އިރު ޖެހިގެން ހުރި ގޭ އަހްމަދުއެވެ. ކިހިނެއް ވީ ހޭ އަހާލުމުން އަހްމަދު އައިސް ދިއްކޮއްލީ ސިޓީ އުރައެކެެވެ. ސާރާ ހައިރާން ކަމާއެކު ސިޓީ އުރައަށް ބަލާލިއެވެ. އެއްފަރާތުގައި ސާރާއަށް މިހެން ޖަހާފަ އިންތަން ފެނުމާއެކު ސާރާގެ ދެލޯ ބޮޑުވިއެވެ. ސާރާއަށް މިވީހާ ތަނަށް ސިޓީއެއް ލިބިފައި ނެތުމާއެކު ކާކު ދިން އެއްޗެއްހޭ އަހާލެވުނެވެ. އެކުއްޖާ ނޭނގޭ ކަމަށް ބުނެ ދިޔައީއެވެ. ސާރާ ސިޓީ އުރަ ކަނޑަމުން އެނގޭ ތެރެއަށް ވަނެވެ. އަދި ބަދިގެއަށް ވަދެ ގޮނޑީގައި ހަމަޖެހިލާ ސިޓީ އުރަ ކަނޑާލުމަށްފަހު ސިޓީ ނިއުޅާލިއެވެ. އެވަގުތު ޝާމިން އައިސް ވަނުމުން އަވަސް ހަރަކާތާ އެކު ސިޓީ ބޮނޑި ކޮއްލެވުނެވެ.
“ސާރާ, މިއަދު ކައްކާނެ ކަމެއްނެތް އިނގޭ, ކާނެ އެކަކުވެސް ނުހުންނާނެ, ކާނެ އިތުރު މީހަކު ނެތި ކީއްކުރަން ކައްކަންވީ ދޯ”މިހެން ބުނެ ބަދިގެއިން ނުކުތެވެ. ސާރާ ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. އެތަކެއް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔައެވެ.ބޯ ހާސްވަމުންދިޔައެވެ. އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. “ކާނެ އިތުރު މީހަކު ނެތޭ ބުނުމުގެ މާނައަކީ ކޮބާ? އަނެއްކާ………. “. މިހެން ބުނެ ސާރާ އަނގަމަތީ އަތް އެޅިއެވެ. އަދި ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރި އޭގެ މަގާމު ދޫކޮއް ކޯތާފަތް ތެއްމަމުން ދިޔައެވެ. ހުރެވުނީ ކޮންތާކު ކަން ހަނދާންވުމާއެކު އަނގަމަތިން އަތް ނަގާ ދެލޯ ފޮހެލިއެވެ. އެވަގުތު އަތުގައި ބޮނޑި ކޮއްލާފަ އޮތް ސިޓީ ފެނުނެެވެ. މިއޮއް ހުރިހާ އިރު އެ މަތިން ހަނދާންވެސް ނެތުނީއެވެ.
ސާރާ އަވަސްފިޔަވަޅުގައި އެގޭ އަނެއް ފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް ވަނެވެ. އަދި ހިރުނދުގަސް ބުޑުގައި އިށީނެވެ. އަދި ބޮނޑިވެފައިވާ ސިޓީ ނިއުޅާލިއިރު އަތުގައި މަޑުމަޑު ތުރުތުރު ލުމެއް ހުއްޓެވެ.
ލޯބިވާ ސާރާއަށް
ހެޔޮދުޢާ ސަލާމަށްފަހު ލިޔަމެވެ. އަހަރެންގެ ހާލް އާދައިގެ ގޮތެކެވެ. އެހެންނަމަވެސް ސާރާގެ ހާލް ރަނގަޅު ވާނޭކަމަށް އުއްމީދު ކުރަމެވެ. ފަހަރުގައި މި ސިޓީ އަކީ ހެއްވާ އެއްޗަކަށްވެސް ވެދާނެއެވެ. މިހެން ބުނަން މި ޖެހުނީ މިޒަމާނުގައި ސިޓީ ފޮނުވައިގެން ނޫޅޭތީއެވެ. އެހެންނަމަވެސް މި މަވުގުތު މިސިޓީގެ ބޭނުން އަހަރެންނަށް ޖެހުނީ ސާރާގެ ކުރިމަތީ އަހަރެންގެ ހާލް އަންގައިދޭނެ ހިތްވަރު ނެތީމައެވެ.
ސާރާއެވެ. ސާރާ އަހަރެންނާ ދިމާވުމުގެ ކުރިން އަހަރެންނަކީ އެކަނިމާ އެކަނި ދާނެ މިސްރާބެއްނެތި ދުނިޔެއާއި ހަނގުރާމަ ކުރަމުންދާ މުސާފިރަކީމެވެ. އަހަރެންގެ އުއްމީދުގެ ނަޢުގެ ހުންގާނުގައި ހިފާނެ ތެދުވެރި ބައިވެރިއެއް ނެތުމުގެ ސަބަބުން, ވަކި މިސްރާބެއްނެތި އެ ނަޢު ދިމަ ދިމާލަށް ބެހެމުންދިޔައެވެ. ވަކި މަގްސަދެއް ނޭނގޭތީ އަހަރެންމީ ވަކި ގޮތެއް ވަރި ހަމަ ކަމަށް އެ ނަޢު ދޫކޮއްލައިގެން ހުރި ފަޅުވެރިއަކީމެވެ. ބެހެމުންގޮސް އެ ނަޢު ލެއްގީ ސާރާމެންގެ ރަށަށެވެ. އަހަރެންނަކީ ދުނިޔޭގައި ހުރީތީ އުޅޭމީހަކީމެވެ. ވަކި މަގްސަދެއް އަހަރެންގެ ނެތެެވެ. އެހެންނަމަވެސް ތަގްދީރުގައި އަހަރެންގެ ހިތުގައި ސާރާގެ ލޯބި އުފަންކުރިއެވެ. އެ ލޯބީގެ ހައްގުގައި އަހަރެންނަށް މިއަދު އަހަރެން މީ މުހިންމު މީހެއްކަން, އަހަރެންގެ މަގްސަދެއް އެބަ އޮތް ކަން އަހަރެންގެ ހިތް އަހަރެންނަށް ވިސްނައިދިނެވެ.
ސާރާއެވެ. މީ އަހަރެން ބުނާ ހައްގު ތެދެކެވެ. އަހަރެން ސާރާދެކެ އިންތިހާއަށް ލޯބިވަމެވެ. އެ ލޯބީގެ ސަބަބުން އަހަރެންނަށް ދިރިހުރުމަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. ސާރާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް ސާރާއަށް ދެވުނެވެ. ސާރާއެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ފައިސާއަކީ ހުރިހާ އުފަލެވެ. އެހެންނަމަވެސް ހިތާމައާއެކު ބުނަމެވެ. އެ ފައިސާޔާ ތަނަވަސްކަމުން އުފަލާއި ހިތްހަމަ ޖެހުން ލިބޭނެކަމަށްވަނީނަމަ އަހަރެންނަށް އެ އުފަލާއި ހިތްހަމަޖެހުން އިހްސާސް ކުރެވުނީހެވެ. ސަބަބަކީ އަހަރެންނަކީ މާލޭގެ އެންމެ މުއްސަނދި މީހާގެ ދަރިއެވެ. ވަރަށް ފަހުރުވެރިކަމާއެކު އެގޮތަށް ބުނަން އަހަރެންނަށް ކެރޭނެއެވެ. އެއީ އަހަރެންގެ މައިންބަފައިން ވީމައެވެ.
ފަހަރެއްގައި އަހަރެން މިހަދަނީ ތެދެއްކަން ގަބޫލް ނުކުރެވިދާނެއެވެ. މީހުންގެ ނަޒަރުގައި މުއްސަނދިންނަކީ ކުލުނެއް ހުރި ބައެއް ނޫނެވެ. އަހަރެންނާ ދޭތެރޭ ސާރާ ދެކޭގޮތެއް ނޭނގެއެވެ. އެހެންނަމަވެސް ޔަގީން ކަމާއެކު ބުނަން އެނގެނީ ސާރާގެ ދެ ލޮލުން އަހަރެންނަށް ލޯބި ފެނުން ކަމެވެ. ކޮންފަދަ މަޖުބޫރީ އަކުން ސާރާ އަހަރެންގެ ލޯތްބަށް ފުރަގަސްދިނީ ކީއްވެ ކަމެއް ނޭނގެއެވެ. ސާރާގެ ހައްގުގަ އަހަރެން ކިތަންމެ ބޮޑު ހަނގުރާމައެއް ކުރަން ޖެހުނަސް އަހަރެން ފަހަކަށް ނުޖެހޭނެކަން ބުނަމެވެ. ސާރާގެ ޖަވާބު ލިބުނު ދުވަހު އަހަރެންގެ ހިތް ހީވީ ކުދި ކުދި ވިހެންނެވެ. ސާރާގެ ކުރިމަތީ ހުންނާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންކަމުން އަހަރެން މިދަނީ ސާރާއާ ދުރަށް ދާށެވެ. ވަރަށް ދުރަށް ދާށެވެ. އަހަރެންގެ ސަބަބުން ސާރާއަށް އުނދަގުލެއް ވާކަށް ނެތީމެވެ. އަބަދުވެސް ސާރާ ދެކެ ލޯބިވާނެ ކަމުގެ ޔަގީންކަން ދެމެވެ. މިހިސާބުން މި ސިޓީ ކުރުކޮއްލަމެވެ.
އަބަދުވެސް ލޯބިވާ
އަރުޝް
ސިޓީ ކިޔާ ނިމުނުއިރު ސާރާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އަރުޝްގެ ކޮންމެ ލަފްޒަކުން ސާރާގެ ހިތް ހީވީ ތޮރުފާލިހެންނެވެ. ” އަރުޝް, ޕްލީޒް އަހަރެން ދޫކޮއްލާފަ ނުދޭ, އަހަރެން ވަރަށް ލޯބިވޭ އަރުޝްދެކެ، ކީއްވެތަ އަރުޝްއަށް ނުވިސްނެނީ, އަހަރެން އަރުޝްއާ ގުޅިއްޖެނަމަ ނަޢުފަލް އަރުޝްއަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ, ނަޢުފަލް މަށަށް އިންޒާރު ދިނީ, އެއްވެސް މީހަކާ ގުޅުމެއް އޮތްކަން އެނގޭ ދުވަހަކުން އެމީހާގެ ދުވަސް ދުއްވާލާނަމޭ,އަހަރެން ކިހިނެއް އަރުޝް އަށް ގެއްލުމެއް ވާ ކަމަކަށް މަގު ހުޅުވަދޭނީ, އަރުޝްގެ ފުރާނަ އަހަރެންނަށް މާ މުހިންމު، ނަޢުފަލް މިތާ ނެތަސް އޭނަގެ މީހުން އަބަދު މަށަށް ފާރަލައޭ, އަހަރެންގެ ލޮލުން އަރުޝްދެކެ ވާ ލޯބި ފެންނައިރު ކީއްވެ ދުރަށް ތި ދިޔައީ, ކީއްވެ އަހަރެން ސަލާމަތް ކޮއްދޭން މިތާ ނުުހުރީ, އަރުޝްއާދޭސް ކުރަން އަހަރެން ކައިރިއަށް އާދޭ, އަހަ… ރެ.. އިތުރަށް ސާރާއަށް ވާހަކަ ދެއްކޭ ގޮތް ނުވެ އަޑު ބެދުނެވެ. ގިސްލަ ގިސްލާ ރޮމުންދިޔައެވެ. މީހާ ރުއިމުގެ ސަބަބުން މޫނުމަތި ވަނީ ރަތްވެފައެވެ. ކުޑަކުއްޖަކު ފަދައިން ސިޓީ މޭގައި ޖައްސައިގެން ރޮމުން ދިޔައިރު ޝާމިން އެތަން ބަލަން ހުރި ކަމެއް ސާރާއަކަށް ނޭނގެއެވެ. ޝާމިންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.އެހެނަސް ސާރާ އަރުޝް ދެކެ ވާ ލޯބި ފެނިފައި ހިނިތުންވެވުނެވެ.
ދުލުން ޝާމްއޭ ބުނި މީ ފުރަަތަމަ ފަހަރެވެ. ފޯނު ކަންފަތާ ދުރުކޮއްލުމަށްފަހު ދެތިން ފަހަރަކު ފޯނަށް ބަލާލެވުނީ އެހެންވެއެވެ. ގަބޫލްނުކުރެވިފައި އަނގައިން ބުނަން ނޭނގި ހުރެވުނެވެ. ހައެއްކަ ފަހަރު ނަޢުހާ ހަލޯއޭ ބުނެލުމުން ޝާމިން ހަމަ ބިމަށް އާދެވުނެވެ. އަދި ކިހިނެއްވީ ހޭ އަހާލީ ދުވަހަކުވެސް އެގޮތަށް ނަޢުހާ ގުޅާފަ ނެތުމުންނެވެ. “އޭ, ޝާމް, ކޮންތާކު، ގްރޫޕްއާއެކު ދޯ” ނަޢުހާގެ މަގްސަދަކީ އަރުޝް ކޮބާތޯއާއި އަރުޝްއާއި ވާހަކަ ދެއްކޭނެ ވަގުތެއް ހޯދުމެވެ. ” ނޫން, އެކަނި, އެމީހުން ގޮއްސި, އެހެންވެ ވަރަށް ވައި ވެގެން މިއުޅެނީ” ޝާމިން އެހެން ބުނުމާއެކު ނަޢުހާއަށް ކޮންއިރަކުހޭ ބޭ އިހްތިޔާރުގައި އަހާލެވުނެވެ.
” ރޭގަ ދިޔައީ, އަންނަންވީނު”ޝާމިން ނަޢުހާ އާ ގުޅުން ބަދަހި ކުރަން ބޭނުންވެފަ ހުރި ވަރުން ބުނެލިއެވެ. އެހެންނަމަވެސް އެހެން ވަގުތަކުން ދާނެ ކަމަށް ބުނެ ބިޒީ ވެއްޖެ ކަމުގެ ބަހަނާ ދައްކާ ފޯނު ބޭއްވިއެވެ.
ދުވަސްތަށް ފާއިތުވެގެން ދަނީ ހީނުކުރާހާ ހަލުއިމިނުގައެވެ. އެއްމަސް ފާއިތުވެގެން ދިޔައިރު ސާރާގެ އުޅުން މުޅިން ބަދަލުވެއްޖެއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެވެ. މީހާގެ ހަށިގަނޑުވެސް ކުރިއަށްވުރެ އަނަރޫފަ ވިއެވެ. އާފިޔާ އެކަމާ ކަންބޮޑުވެގެން އެވާހަކަ ދެއްކިޔަސް އެދެވޭ ޖަވާބެއް ނުލިބެއެވެ. ސާރާގެ ހާލް އެންމެ ކައިރިން ބަލަމުން އައި އެކަކީ ޝާމިންއެވެ. ހީވާ ކަހަލައެވެ. ސާރާއަކީ ޝާމިންނާއި ހަވާލުވެފައިވާ އަމާނާތެކެވެ.
ސާރާ މަދުމަދުން ޝާމިން ގެޔަށް އައިސް ބައެއް ކުދި ކުދި ކަންތަށް ކޮއްލާ އުޅެއެވެ. އޭގެ ތެރެެއިން ދުވަހެކެވެ.
ސާރާ އުޅެމުންދިޔައީ ވަރަށް ބުރަކޮއް ޝާމިންގެ މަންމަ އަންނާތީ އެގޭ ތެރެ ސާފުކުރުމުގައެވެ. “ސާރާ, އަހަރެން ވާހަކައެއް ބުނަން އެބައޮތް”ޝާމިން, ސޯފާތަށް ސާފުކުރަންހުރި ސާރާ ފެނުމުން ބުނެލިއެވެ. ސާރާ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. ޝާމިން އިތުރަށް އެއްޗެކޭ ނުބުނެ ނުކުމެގެން ދިޔައީ ސާރާގެ މިލާފައިވާ މޫނު ފެނިފައެވެ.
ހަވީރު އަތަށް އަޅާލުމާއެކު މީހުން ކޮޅުކޮޅު މައްޗަށް ދާންފެށިއެވެ. ހަވީރު ފިންޔަށް ހިނގަމުންދާ މީހުންނާއި ބޯޅަ ދަނޑަށް ކުޅެން ދާ މީހުންނެވެ. ހިތްހަމަ ޖައްސާލުމަށް ކުޑަކުދިން ގޮވައިގެން ޕާރކަށް ދާ މީހުންނެވެ. ސާރާ ހަވީރު ގަޑީގައި ވެސް ގެއިން ނުނިކުމެ އުނދޯލީގައި އޮތެވެ.
“ދަރިފުޅާ ސާރާ, ކިހިނެއްވެފަ މިހާރު ތި އޮންނަނީ, މަންމަ ވަަރަށް ބިރު ގަންނަން ފަށައިފި, ބުނެބަލަ ވެގެން އުޅޭ ގޮތެއް” ވަރަށް ލޯތްބާއެކު ސާރާގެ ބޮލުގައި ފިރުމާލަމުން އާފިޔާ ބުންޏެވެ. “މަންމާ، ހާސްނުވޭ އެއްވެސް ކަމެއް ނުވެޔޭ, މި ދުވަސްކޮޅު ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ, ވެދާނެ ވިއްސާރަ ވެފަ މިހާރު އަވި ދޭތީ ކަމަށް, މަަންމަ ހާސްނުވޭ” ސާރާ އެހެން ބުނުމުން އާފިޔާ އިތުރު އެއްޗެއް ނުބުނެވެ.
އަރީޝާ އޭނާގެ ފޯނަށް ބަލަމުން ދިޔައީ ހަފީޒާ ގުޅާނެކަމަށް ބުނުމުންނެވެ. އޭނަ ހާސްވެފައި ހުރީ ހަފީޒާ ގުޅާފަ އަނެއްކާވެސް އެގެއަށް އަރުޝް ގޮވައިގެން އަންނަން ބުނެފިނަމަ ދައްކާނެ ބަހަނާއެއް ނުވިސްނިގެންނެވެ.
ރޭގަނޑު އަށެއް ޖަހާކަންހާއިރު ސާރާ ފިހާރައަށް ދިއުމަށްޓަކައި ގެއިން ނުކުތެވެ. ވަކި ހިސާބަކަށް ދިޔަތަނުން އެތާ އޮތް ގަސްފަލާ ދިމާލުގަ މީހަކު ހުރިހެން ހީވިއެވެ. ސާރާ ޖެހިގެން އޮތް މަގަށް އެޅި އިރު އެމީހާ ސާރާގެ ފަހަތުން އާދެއެވެ. ސާރާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ސާރާއަށް ކުރިމަތިން ފެނުނު މީހާ ފެނި ދެލޯ ބޮޑުވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.




Hii. Hurihaa kudhin. Kihinetha. I miss u all ingey bodukoh❤?❤❤?here 15th part. Kurukan gabool kuran. Ehnve mirey adhi eh part genesdheynan ingey… Kiyaalaafa comment kohlahchey☺luv u all miss u so much??????❤
Woww… stry hama obi.. waiting 4r the next part.. keep up the hard work buddy..??
N am i 1st❤❤❤
Thanx Maii. ???❤
Yess. Maii ur first???
V.reethi ???when nxt, luvya❤❤❤ keep up the good work??? ,keep smiling???
Kaaku baa a e.??????…anehkaa arus tha….dear…i ah fenunu Kuda Kuda mistake eh bunedheynan…saara ge dialog genesdhyfa huri iru bunefa ehba huhthehnu dhw….”ahareney kiyaagen dhn mavex…” Midhe gothun knmea vex one word eh use kury r stry rythi vaany Cox my dhivehi teacher told stry eh liyunas adhi ehn ehcheh liyunas myhaage state innan jeheyny ehkehchehge gothuga o…earun no rythi vaany…..I hope ekahala kudhi kudhi mistakes ragalhu khlaane kamah….earun miyah vure Stry furihama vaane…NW vex hadhi eh nuun…stry Hama vrh nic…????❤️❤️❤️?????????whn next part dear….thankolheh dhigu khlahchey dhn up kuraany part….
dhn ethanun fennaany naufal noony arush dhw
V nice ??????
v v v v v rythi..maasha allah…next part thankolheh dhigu kolladhehchey ingey dear…..luv this part
Alhey…. kbaa tha next part.. buni mirey genesdhey namey…. vrh curious eyy.. avahah uplaod koh la dheebala… plxxx plxxx?????
Dear…stry vrh nic…bt I think there is one mistake e Kan ragalhu khlaafiyaa stry miyah vure furihama vaane…aharen nuuny ma …knmevex eh state eh use kuran v nu….bcox stry ga ulheymyhunge state badhalhu v ma Kuda kn odd kiyaalanvex
..nd my dhivehi teacher told stry nuuny knmea ehcheh liyunas saga ulheymyhunge state geheyne a ehgoii vaan feshigengos nimendhn….earun no rythi vaany….❤️❤️❤️?????????????????vrh vrh vrh nic stry….kyhve tha I mi stry ah kuraa comments published nuvany….
Masha Allah…. varah varah reethi… waiting
Unknowing girl thank you so much?❤❤
Thanx waf. Balamaa dhw Kaaku thw fen nany????
Thanx naju???
Hudher thanx alot dear. Dhigu kurevey thw balan ingey. Ekm ehaa Dhigu nukureveny. Sry. V varakun dhigu kohdheynan
Your welcome dear…..its ok dear ah v varakun dhigukollaa..
Sry maiii. Inthizaaru kuran jehunythy. Reyga dhimaavi kuda kamakun nufonuvuny. Ekm don’t worry mihaaru fonuvaifin ingey. Keep waiting luv?❤?❤
Varah bodah shukurihyaa dear ah mistakes thah bunedhinyma, and insha Allah ragalhkuraanan. Published nuvany kyve kameh neyge. Ones again thanx alot❤??❤❤
❤❤thnx xuam keep waiting ingey
All readers. Thank you all of your supports. And mistakes bune dhineema varah happy vey. Thidhey hiy varah hama saabus???16 th part fonuvaifin ingey. Kiyaalaafa comment kohlahchey. May be vaguthun reply nukurevidhaane, sry for that. Ekm fen nahaa avahakah reply kuraanan. Also faharehga tomorrow 17th part up kurevidhaane. Thank you so much, miss u all, have a nice holiday. ❤?❤
Please saara ah dhera gotheh nahadhaa thi
Heheh. Miadhuge bai kiyaalaathi ingey?❤?❤???
Eaga*