ލާނެތް ހިނިތުންވުމަކާއި އެކު ރިހާމް އުލްވީގެ ލޯކުރިމަތިން އަތްހުރަސްކޮއްލިއެވެ. އުލްވީއަށް ލިބުނު ސިހުމާއި އެކު އަވަސްއަވަހަށް ހަށިގަނޑު ސީދާ ކޮއްލަން އުޅުނު ގަޑީގައި އޭނާގެ ބޮލުން ރިހާމްގެ ބޮލުގައި ޖެހުނެވެ. ދެމީހުން އެކުއެކީގައި އައުޗް އޭ ކިޔައި ބޮލުގައި އަތްކާތަން ފެށިއެވެ. ” ހަތް އަހަރު ވެގެން ދިޔައިރުވެސް އުލްވީ ބަދަލެއްނުވޭ ދޯ.. އަދިވެސް އަބަދު ހުންނަނީ ވެއްޓި ވެއްޓި ދޯ.. ނޫނީ މިހުރިހާ ދުވަހު އެކަން މެދުކެނޑިފަ އަނެއްކާ ފެށުނީތަ.. ތީއަބަދު އަހަރެންގެ އަތު ތެރެއަށް […]
” އެހެންވެއޭ އަހަރެން މިބުނީ އަހަންނަކަށް ނޭންގެޔޭ އުލްވީއަށް ރިހާމް ކަމުދާކަމެއް.. އެނަން ފެނުނީމަ ތިއޮތް ވީވަރެއް ދޯ އެކަމް..” ކިޔާން ބޭނުންވީ އުލްވީއާއި ދިމާކުރާށެވެ. ” އަހަރެން ނުބުނަމެއްނު އަހަންނަށް އޭނަ ކަމުދެޔެކޭ.. އެހާ ދުވަސް ފަހުން ދެން ދަންނަ މީހެއްގެ ނަމެއް އިވުނީމަ ކޮންމެސް އެއްޗެކޭ ހިތަށް އަރާނެއެއްނު..” އުލްވީ ބުނެލިއެވެ. ” ހޫމް ދެން ތިހެން ކިޔާ..” އުލްވީގެ ކެބިންއިން ނިކުންނަމުން ކިޔާން ބުނެލިއެވެ. ކިޔާން ދިޔުމުން އުލްވީވެސް އޭނާގެ މަސައްކަތާއި ވެގެން […]
ހެނދުނުގެ އަރާމު ނިދި ގެއްލުވައިލައިފައި މިއަދުވެސް އޯކިޑުމާގޭ ތެރޭގައި ދެތިން ބިދޭސީން މަސައްކަތް ކުރަމުން ގެންދިޔައެވެ. އަންހެނަކާއި ދެފިރިހެނުންނެވެ. ލަކްޝްމީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަމުން ދިޔައިރު ބިލާލުއާއި ވިޖޭ އުޅުނީ ގޭތެރެ ފޮޅައި ސާފުކުރުމުގައެވެ. އެއީ ޒަމާނީ ފެންވަރަށް ހަދައިފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގެޔެކެވެ. ގޭގައި ދިރިއުޅެނީ ތިން މީހުން ކަމުގައި ވީނަމަވެސް އެގޭގައި ބޮޑު އަށް ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން ފަސް ކޮޓަރި ބޭނުން ކުރަނީ ގެސްޓްރޫމްގެ ގޮތުގައިއެވެ. ބޭރުން އަންނަ […]
އަޅުގަނޑުގެ ދެން އޮތް ވާހަކަ ” އެންމެ ހިނިތުންވުމަކަށް ” މިވާހަކައިން އުލްވީ، އުލްޔާ، ރިހާމް އަދި ކިޔާންއާއި ބައްދަލުކޮއްލަން ތައްޔާރުވެލައްވާ. އިރާދަކުރެއްވިއްޔާ މިމަހު 25 އިން ފެށިގެން މިވާހަކަ އަޕްލޯޑް ކުރަން ފަށާނަން.
” އަހަރެން ރުޅިވީ މަލްކާގެ ކުށެށް އޮވެގެނެއް ނޫން.. އަހަންނަށް އެހެން ކުއްޖެއް ދެކެ ލޯބިވެވުނީ..” ޝަރްވާން ބުނެލިއެވެ. ” އެހެންތަ.. އެހެންވިއްޔާ ކޮބާ ވާން ލޯބިވި ކުއްޖާ.. ކީއްވެ އެކުއްޖާއާއި ނު ގުޅުނީ ދެން..” ޔާނާ އަހައިލިއެވެ. ” އެވާހަކަ އަހަރެން އަދި ކޮންމެެވެސް ދުވަހަކުން ޔާނާއަށް ކިޔައިދޭނަން..” ” ތިހެން ވިއްޔާ ވާން އެކުއްޖާ ދެކެ ވަރަށް ލޯބިވޭ ދޯ.. އެހެންވެތާ އަހަންނަށް އެކުއްޖާގެ ވާހަކަ ކިޔައިދޭން ފަސްޖެހޭނީ..” ޔާނާ ބުނެލިއެވެ. ” އަހަރެން […]
ޔާނާ ކުރިން އުޅުނު ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ޔާނާ މިސްރާބު ބަދަލުކޮއްލިއެވެ. ރާދިންގެ ކޮޓަރިއަށް ދިޔުމުގެ ބަދަލު އޭނާގެ ކޮޓަރި ތެރެ ބަލައިލުމުގެ ޝައުގު އުފެދުނެވެ. ކޮޓަރީ ދޮރުމައްޗަށް އެރި ތަނާ ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވެ އަތް މުއްކައްވައިލެވުނެވެ. ” ހަމަ މިހާރު ތިހެދުން ބާލާ..” ކޮޓަރިތެރެއަށް ވަންނަމުން ޔާނާ ވަރަށް ބާރަށް ބުނެލިއެވެ. ލޯގަނޑު ކުރިމަތީ ފަރި ބަލަން އިން މަލްކާ ދިޔައީ ސިއްސައިގެންނެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލުމައްފަހު ޔާނާއާއި ވީކޮޅަށް […]
” އަހަރެން މިދަނީ ރާޔާ ގޮވައިގެން ގެޔަށް..” ރާދިން ބުނެލިއެވެ. ” ރާދިން ޕްލީޒް.. އަހަންނާއި ރާޔާ ވަކިކުރަން ނޫޅެބަލަ.. އަހަރެން ކިހިނެއް ރާޔާއާއި ނުލައި އުޅޭނީ..” ރާދިން އެގެއިން ނިކުތީ ޔާނާ ގޮވައި ގޮވައި ހުއްޓައެވެ. އިރުކޮޅަކު ހުއްޓުން އަރައިފައި އިނުމައްފަހު ޔާނާ ދުއްވައިގަތީ ރާދިން ހުއްޓުވަން ދިޔުމަށެވެ.ޔާނާ މަގުމައްޗައް ނިކުތް އިރު ރާދިން ރާޔާ ގޮވައިގެން ކާރުގައި ދަނީއެވެ. ޔާނާ ގޮވުމުންވެސް މަޑެއް ނުކުރިއެވެ. ރާޔާ އޭ ގޮވައި އިންތަނަށް ރޮމުން ޔާނާއަށް ތިރިވެވުނުވެ. […]
އެއްލި ކަޅިޔަކުން ޝަރްވާންއާއި އެކު ޔާނާ ނަށަމުން ދިޔަތަން ރާދިންއަށް ފެނުނެވެ.ޔާނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓައިގެން އިންއިރު އަނެއް އަތުން ޔާނާގެ ފަހަތުން ބުރަކަށީގައި ހިފަހައްޓައިގެން ޝަރްވާން އިނުމުން ރާދިންގެ ހިތައް ތަދުވިއެވެ. ޔާނާގެ ދެއަތްވަނީ ޝަރްވާންގެ މޭމަތީގައެވެ. ރާދިންގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. ހިތާމަވެރިކަމާއި ހަސަދަވެރިކަމުގެ އިހުސާސް އެހިތުތެރޭގައި އެއްވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ރާދިންއަށް ކިޔަން އިން ލަވަ ނޫން އެހެން ލަވައެއް ކިޔަންފެށުމެވެ. އިންތަނުން ތެދުވެ އެލަވަ ކިޔަމުން ޔާނާއާއި ދިމާއަށް ރާދިންއަށް […]
ބަރާބަރު 8 ޖެހިއިރު ޔާނާ ހުރީ ތައްޔާރުވެގެން ގޭގެ ދޮރުމަތީގައިއެވެ. ޝަރްވާންގެ އިންތިޒާރުގައިއެވެ. ޝަރްވާން އޭނާގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ މެސެޖްކުރީ 7 ޖެހިފަހުންނެވެ. އަދި އޭނާއާއި އެކީ ތަނަކަށް ދާން 8 ޖަހާއިރަށް ރެޑީވާށޭވެސް އެމެސެޖްގައި ބުނެފައި އޮތެވެ. ނުދާން ހުރެފައި ޔާނާ ރެޑީވީ ޝައުންއާއި އައިރާ ކިޔާވަރުންނެވެ. ޝަރްވާން ބުނަން ބޭނުންވާ ވާހަކައެއް ގޭގައި ހުއްޓަސް ބުނެވޭނޭ ކިޔައި ޔާނާ ވަރަށް ދެކޮޅުހެދިއެވެ. ޝަރްވާންގެ ކާރު ގެކައިރީގައި މަޑުކުރުމުން ޔާނާގޮސް ކާރަށް […]