
ޒާޔާ އަށް އަދިވެސް އޭނާގެ ކުރިމަތިން ފެންނަން ހުރި އަމާން އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. “ޒާ” އަމާން ޒާޔާގެ މޫނުމަތީގައި އަތް ހޫރުވާލުމުން ޒާޔާ އެނބުރު ދުރަށް ބަލާލިއެވެ. ” ރުޅިއައިސްސަތަ؟ ” އަމާން ސުވާލުކޮށްލިއެވެ. “ނޫން .. އަހަރެން ކީއްވެ އަމާންދެކެ ރުޅިއަންނަންވީ …. ” ޒާޔާ ދުރަށް ބަލަން އިނދެ ބުނެލިއެވެ. ” އަސްލު އަހަރެންގެ ހިތަށް އަރާ އިއްޔެ ފެނުނު ކުއްޖަކާއި ހެދި އަމާން ހާދަވަރެއްވެއްޖެޔޭ ….” ޒާޔާ ދެން ބުނެލި ޖުމްލައިން އަމާން ހިނިއައެވެ. ” ޒާ އަށް އިނގޭތަ އަހަރެން ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން މިހެނެއް ނޫޅެން… އެކަމަކު އެންމެ ފެނިލުމަކުންވެސް ތި ސޫރަ އަހަރެންގެ ހިތާއި ސިކުނޑިއާ ކުޅެލައިފި” އަމާންގެ ޖަވާބުން ޒާޔާގެ މޫނު މައްޗަށް ލަދު ރަކި ހިނިތުންވުމެއް ވެރިވިޔެވެ. ” އަސްލު މީހުން ބުނާނީ އަހަރެން އަންހެން ކުއްޖަކު ފެނިގެން ހޭބަލިވަނީއޭ…. އެކަމު ތި ކުއްޖާ ތީ ހޭބަލިވާހާވެސް ލޯބި ކުއްޖެއް” އަމާން ބުނެލިއެވެ. އަމާން އޭނާގެ އަތް ޒާޔާ އަށް ދިއްކޮށްލީ ހިފާނެކަމަކަށް ނޫނެވެ… ނަމަވެސް ޒާޔާ އަށް ބޭ އިހުތިޔާރުގައި އަމާންގެ އަތާ އަތް ޖޯޑު ކޮށްލިއެވެ. “ތި ބުނީ ޒާޔާ އަހަންނާ ރައްޓެހިވީ އޭތަ؟ އަމާން ސުވާލުކޮށްލިއެވެ. ” މިބުނީ ވީ ކޭން ޓްރައި ޓު ބީ އަ ކަޕްލް އޭ … ޒާ އަކަށް އަސްލު ނޭނގޭ މީހުންނާއި ރައްޓެހިވާކަށް …މޭބީ ވީކޭން ” ޒާޔާގެ ޖަވާބުން އަމާންގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ގެނުވިއެވެ. “އެހެން ވީމާ ތިބުނީ ޔޭސް އޭ … ނުބުނާތި ފަހުން އެހެނެކޭ ނޫނޭ ބުނީކީއެއް ” އަމާން ބުނެލިއެވެ. މާނީ އައިސް ޒާޔާގައިގައި ފަހަތުން ބައްދާލީ ވަރަށް އުފާވެއްޖެކަމަށް ބުނެލުމަށްފަހުއެވެ.
ދުވަސްތައް ފާއިތުވެގެން ދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމާން އާއި ޒާޔާ ރައްޓެހިވެގެން އުޅޭތާ އެއްމަސް ދުވަސްވީއެވެ. ކިޔެވުމުގައި މަސްއޫލުވެގެން އުޅެން ޖެހުމުގެ ސަބަބުން ދެކުދިން އެއްކުއްޖަކު އަނެއްކުއްޖަކާއި ބައްދަލުވެވެނީ ހަމައެކަނި އިނގިރޭސި ގަޑީގައެވެ. ނަމަވެސް ފޯނުން ވާހަކަ ދެއްކުމާއި ދޭތެރެ ދޭތެރެއިން ބައްދަލުވެލަން އެކި ތަންތަނަށް ދިއުމަކީ ދެކުދިންގެ އާދައެކެވެ. އެއްދުވަހެއްގެ ހަވީރު ކްލާސް ނިންމާލުމަށްފަހު ޒާޔާ ގެއަށް އައިރު އާފިޔާ އާއި މަނިކްއާއި ކަމަކާއި ހިތްހަމަ ނުޖެހިގެން ދިޔައީ ޒުވާބު ކުރަމުންނެވެ. ޒާޔާ ގެ އުމުރުން 19 އަހަރުވީއިރު މިނޫނީ އާއި މަނިކް އާއި އާފިޔާ ހިތްހަމަނުޖެހިގެން ޒުވާބު ކުރި އަޑެއް އަހާފައެއްނެތެވެ. ޒާޔާ ގޭތެރެއަށް ވަންނަން ހިތަށް އަރުވާލާފައިވެސް ސިޑީގައި އށީނދެލީ އެމީހުން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަންދެމުންނެވެ. “އާފިޔާގެ ދަރިއެއް ހުންނަކަން އަހަންނަށް މިވީހާ ތަނަށް ނޭގުނީ ކީއްވެގެން؟ ބަލާ މިހާރު އިނދެގެން އުޅޭތާވެސް 19 އަހަރުވަނީ … މަ ރުޅި އައީމަ ތި ބުނަނީ ރުޅި ނާންނާށޭ … މަށެއް ބޭނުމެއް ނޫން ތިހާ މަކަރުވެރި އަންހެނަކާ އެއްކޮށް އުޅޭކަށް…” މަނިކް ބުނެލިއެވެ. ” ބަލާބަލަ ކަލޭގެ ހުރި ލަދު ހަޔާތްކުޑަކަން … އަހަރެން ކަލެޔާ އިން އިރު ޒާޔާއަށް އަހަރުވެސްނުވޭ … އޭރުއްސުރެ އަމިއްލަ ދަރިއެއްހެން ޒާޔާ ބަލާބޮޑުކުރީ އަހަރެންގެ މާޒީ ހަނދާން ނައްތާލުމަށްފަހު … މިއަދު އަހަރެން ހާ ނުބައި އަންހެނަކު ނެތެންނު .. ” އާފިޔާ އޭނާގެ ފިރިމީހާއަށް ރައްދު ދިނެވެ. “އާފިޔާ ވިހޭ ދަރި ކޮބާހޭ … މިއަދަކު ނޫން ދޯ މަށަށް އިނގެން ޖެހޭނީ ކަލޭގެ ދަރިއެއް ހުރިކަން ” މަނިކް އަނެއްކާވެސް އާފިޔާ އާއި ސުވާލުކޮށްލިއެވެ. “މަގޭ ދަރި ވީތަނެއް ބަލާނެކަމެއް ނެތް ؟ އަހަންނާއި އެއްކޮށް އުޅެން ބޭނުން ނޫނީ އާއި ވަރިކުރޭ …. ކަލޭގެ އަންހެން ދަރިވެސް އަތުން ފައިން އެއްކަމެއް ނުކުރުވާ ހުންނާނީ ބަލާބޮޑުކޮށްފަ… ކަލޭގެ ބޭނުން ފުދުނީއެއްނު “؟ އާފިޔާ ބުނެލިއެވެ. “ތިހިރީ ވަރިކޮށްފަ ” މަނިކް ބުނެލި ޖުމްލައިން މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ޒާޔާ އަށް ދެލޯ ތަގުޅިކޮށްލެވުނެވެ. އަވަހަށް ސިޑިން ފައިބައިގެން ދިޔައީ އޭނާއަށް އެއްވެސް ވާހަކައެއް އަޑު އިވުނުކަމަށް ނަހަދަންށެވެ. “އަމާން އާދެބަ ޒާ ބަލާ ” ޒާޔާ ފޯނު ބާއްވާލުމަށްފަހު ގޭގެ އަސްކަނި ކައިރީ މަޑުކޮށްލައިގެން ހުރީ އަމާން އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ކުއްލިއަކަށް އެމްބިއުލޭންސް ގެ އަޑާއި އެކު ޒާޔާ ދިރިއުޅޭ ގެ ހުންނަ މަގަށް އެމްބިއުލޭންސް ވަދެގެން އަންނާތީ އޭނާއަށްވެސް ހުރެވުނީ މިވާން އުޅެނީ ކީއްކަން ނޭނގޭތީއެވެ. ގޭގެ ދޮރު މައްޗަށް އެމްބިއުލޭންސް މަޑުކޮށްލުމާއިއެކު އޭގެން މީހަކު ފައިބައިފާއި “މިގެއަށް ކިޔަނީ ހަނދުވަރީ މަންޒިލްތަ ” … ޒާޔާ ބޯ ޖަހާލުމާއި އެކު އެމޙުން ސްޓްރެޗަރ ހިފައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. ޒާޔާ އެމީހުންގެ ފަހަތުން ދިޔައީ ވެގެން އުޅޭ ގޮތް ނޭނެގޭތީވެ ކީއްވީތޯ ބެލުމަށެވެ. އާފިޔާ ސިޑިމަތީގައި ގިސްލަ ގިސްލާފައި ރޯން ހުރި މަންޒަރު ފެނިފައި ޒާޔާ ކުއްލިއަކަށް ހުއްޓުން އެރިއެވެ. ސްޓްރެޗަރއަށް ލައިގެން ނެރުނު މަނިކްގެ ހަށިގަނޑުފެނިފައި ޒާޔާގެ އަނގަ ހުޅުވިގެން ދިޔައެވެ. “ބައްޕާ …” ޒާޔާގެ އަޑު ކެނޑި ކެނޑިގެން އޭނާގެ ބައްޕައަށް ގޮވާލިއަޑުއިވުނެވެ. އާފިޔާ އަށް ޒާޔާ އާއި ދިމާލަށަ ބަލާލެވުނެވެ. ޒާޔާ އޭނާގެ ބައްޕަ އަށް ގޮވަމުން އެމްބިއުލޭންސްއަށް އެރި އިރު އަމާން އަށް އައިސް މަޑުކޮށްލެވުނީ އާފިޔާ ފަހަތުން އަރާ އިށީނދެލިވަގުތަށެވެ. އަމާން އަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަންނާކަށް ގިނައިރެއްނުވިއެވެ. އެމްބިއުލޭންސް ދުއްވާލުމުން އޭގެ ފަހަތުން އަމާން އޭނާގެ ސައިކަލް ދުއްވާލީ ހޮސްޕިޓަލް އަށް ދިއުމުގެ ބޭނުމުގައެވެ.
ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްއަށް މަނިކް ވެއްދިއިރު ޒާޔާ އާއި އާފިޔާ ހުރީ ބޭރު ދޮރުމަތީގައެވެ. “ދަރިފުޅާ ޒާޔާ … ” އާފިޔާ ޒާޔާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުން، ޒާޔާ ކުރިއަށް ޖެހިލުމަށްފަހު އާފިޔާއަށް ދެލޯ އަޅާލިއެވެ. ޒާޔާގެ ދެލޮލޮން ފައިބަމުންދިޔަ ކަރުނަތަކާއިއެކު އޭނާގެ ހިތުގައި އާފިޔާ އާއި ދޭތެރޭ ނަފްރަތު އުފެދުނެވެ. މަނިކް އިމަރޖެންސީއަށް ވެއްދިތާ ބައިގަޑިއިރުފަހުން ޑޮކްޓަރުން ނިކުމެ ޒާޔާއާއި ވާހަކަ ދައްކަންފެށިއެވެ. ” ހީ އިޒް ނޯ މޯ .. ހީ ހެޑް އަ ހާރޓް އެޓޭކް.. ވީ ވިލް ރިލީސް ދަ ބޮޑީ އާފްޓަރ އޯލް ދަ ޑޮކިއުމެންޓޭޝަން… ވީ އާރ ސޮރީ ފޯ ޔުރ ލޮސް” ޑޮކްޓަރު އެއްނޭވާއިން ބުނެލި ބަސްތައް ޒާޔާގެ ސިކުނޑީގައި ގުގުމާލިއެވެ. ފަހަތުގައި ހުއްޓިގެން ހުރި އަމާން ޒާޔާގެ އަތުގައި ހިފާލިއެވެ. ޒާޔާއަށް އަމާންގެ މޫނަށް ބަލާލުމަށްފަހު އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ. އާފިޔާއަށް މި މަންޒަރު ބަލަން ކެތެއް ނުވިއެވެ. “ދަރިފުޅާ ދެން ނުރޮއި …. ހިތްވަރުކުރަންވާނެ….. ” އާފިޔާ ބުނެލި ޖުމްލައިން ޒާޔާ ފަހަތަށް އެނބުރިލާ އޭނާގެ ޝަހާދަތް އިނގިލި އާފިޔާ އާއި ދިމާލަށް ދިއްކޮށްލުމަށްފަހު ބުނެލިއެވެ. ” ދަރިފުޅާއޭ…. އަހަންނަށް އެނގޭ ހުރިހާ ކަމެއްވެސް… ބައްޕަ އަށް ދޮގު ހަދާ އޮޅުވާލީ…އަހަންނެއް ބޭނުމެއް ނޫން ތިބޭފުޅާއެއް ދެން މިތާކު ހުންނާކަށް” ޒާޔާ އެހެން ބުނެލުމަށްފަހު އަމާން އާއި ދިމާލަށް އެނބުރިލާ އޭނާ ގައިގައި އޮޅުލައިގަތެވެ. އާފިޔާއަށް ހީވީ އޭނާގެ ގައިގައި މީހަކު އެތިފަހަރެއް ޖެހިހެނެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުވާކަށް އެންމެ ގަޑިއިރެއްވެސް ނުނެގިއެވެ. އޭނާގެ އެންމެ ސިއްރަކުން އޭނާގެ ފިރިމީހާ ދުނިޔެއާއި ވަކިވިއިރު އޭނާ ބަލާބޮޑުކުރި ދަރިފުޅު އޭނާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެއްޖެއެވެ. އާފިޔާއަށް ގޮސް ގޮނޑީގައި އިށީނދެލެވުނީ ބޮލަށް އެނބުރުން އަރާހެން ހީވުމުންނެވެ. މަނިކްގެ ކަށުކަމާއި ކެމީގެ ހުރިހާކަމެއް ފިރިހެން ދަރިއެއް ފަދައިން ކޮށްދިނީ އަމާންއެވެ. އާ ސަހަރާގައި މޫނު ބެލުން ކުރިޔަށް ދިޔައިރު ޒާޔާ އިނީ އޭނާގެ ބައްޕަ ފެންނާނެހެން ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އެއްބައި މީހުން އައިސް އޭނާގެ ބޮލުގައި ފިރުމާލާއިރު އަނެއް ބަޔަކު އާފިޔާ އާއި ސަލާމްކޮށްލުމަށްފަހު ދާތަން ފެނެއެވެ. ޒާޔާގެ ކަނފަތުގައި ހަރުލާފައި ހުރީ ހަވީރު ، މަނިކްއާއި އާފިޔާއާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. މަނިކްގެ ހަށިގަނޑު ވަޅުލަން ގެންދިއުމުން ޒާޔާ އަނެއްކާވެސް ގޮނޑީގައި އިށީދެލިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައިރު ޒާޔާގެ ބައްޕަ ގެ ހަނދާންތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. “ޒާޔާ .. މަންމައަށް އިނގެ ޒާޔާ ދެން މަންމައެއް ބޭނުން ނުވާނެކަން … މިއަދަށްފަހު މަންމައެއް ނުހުންނާނަށް ޒާޔާގެ ކައިރީގައެއް … އެކަމަކު ދުވަހަކު ކޮޅުންވެސް މަންމަ ބޭނުންވެއްޖެއްޔާމް ގުޅާތި” އާފިޔާ ތުރުތުރު އަޅާ އަޑަކުން އެހެން ބުނެލުމަށްފަހު ސަހަރާއިން ނިކުންނަ ދޮރާއި ދިމާލަށް މިސްރާބު ޖެހީ އަމިއްލަ މީހާގެ ބަދު ނަސީބުކަން ހިތަށް އަރުވާލައިފައެވެ. ޒާޔާއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ދިރިއުޅުމުގައި އެއްވެސް މީހަކު ނެތްކަން ފުރަތަމަ ފަހަރަށް ހިތަށް އަރުވާލެވުނެވެ. ” ހިނގާ ގެއަށް ދާން ޒާ…. ” އަމާން ޒާޔާގެ އަތުގައި ހިފާލަމުން ނިކުތީ ދުވަހަކުވެސް ވަކި ނުވާން ހުވާ ކުރަމުންނެވެ.
-ނުނިމޭ –
10 Comments!
Comments are closed.
Mi part reethivaane kamah umeedhu kuran 🙂 adhi mi feshuneee … Inthizaaru kohlahvaaa
Nyc concept BT sifakurun improve khlevihjiyaa best vaane..bet of lck
Thankyou … Rangalhu kohlaanan 🙂
nyc pi part vx…bt nxt time miah vure dhigu kh genes dhehche
Thankyou …
Varah varah varah varah varah reethi
Thanks
V v v nyce..maasha allah..wnh next..luv this part??
Thankyou …
Wowowowowow