Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ (2)

Ninnu Level 210 Stories
September 13, 2018 4 Mins Read
5 Comments

2 އަހަރު ކުރި

ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ގޮނޑިއެއްގައި އިށިނދެއިން ރުހާނީގެ އަތުގައި އިނގިރޭސި ވާހަކަ ފޮތެއް އޮތެވެ. ޑިޕްލޮމާ ނިމުމަކާއި ހަމައަށް އައިއިރު އޭނާގެ ވަގުތު ހޭދަކުރަމުން އައީ މުނިންވެސް އެކި ކަހަލަގެ ފޮތްތައް ކިޔުމުގައެވެ. ޑިގްރީއަށް ކިޔެވުމުގެ ނަސީބެއްވެސް އޭނާގެ ދިރިއުޅުމުގައި ނެތް ފަދައެވެ. ބައްޕަ ރުޅި ދުރުވެދާނެތީ އެހެންވެސް ބުނާކަށް ނުކެރެއެވެ. އުމުރުން އަށާރަ އަހަރުވީއިރު، ދުވަހަކުވެސް ބައްޕަ އޭނާއާއި ރީތިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އޭނާއަށް އަމިއްލަ ރައްޓެހިން ގެއަކަށް ނުގެނެވެއެވެ. އެންމެންނާއިއެކު ކާން އެރެނީ ރިޔާޒުގެ ހުއްދަ ލިބިގެންނެވެ. ކުޑައިރުއްސުރެ ކައްކަންށާއި އަދި އަމިއްލަ ކަންތައް ކުރަން ޖައްސުވައިފިއެވެ. ޝަރޫނާ ކިތަންމެ ދެރަވި ނަމަވެސް  ރިޔާޒާއިއާއި ދެކޮޅަށް ނިކުންނާކަން ނުކެރުނެވެ. އުފަލެއް ލިބެނީ އޭނާދެކެ އިންތިހާއަށް ލޯބިވާ ބޭބެއެއް ހުންނަ ކަމުންނެވެ. ބުރުގަލުގެ ކަން ނަގައިގެން ރުހާނީ ހިޔާލީ ދުނިޔެއިން އަނބުރައި އާދެވުނީ މަންމަ ގޮވާލި އަޑަށެވެ. ކޮޓަރިއަށްވަދެ ގަޔަށް ބޮޑު ހެދުމެއް ބޮލަށް މަހާލަމުން އޭނާ ތިރިއަށް ފޭބިއެވެ.

ބޮޑުބޭބެ ތިރިން ފެނުމުން ރުހާނީ ހިނިތުންވެލަމުން އެދިމާއަށް ތަންކޮޅެއް ބާރަށް ފައިބައިގެން އައެވެ. ރާމިޒު އަބަދުވެސް ރުހާނީ ގެންގުޅެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ރާމިޒުގެ އަންހެނުން މިލްސިޔާވެސް މިއަދުހުރީ އެހެން ދުވަސް ދުވަހަށްވުރެ ބޮޑަށް ދަތްތައް ދިއްލައިލާފައެވެ. އައިލާގެ އެންމެންވެސް އެތަނުގައި ތިއްބެވެ. ރިޔާޒްއާއި ރާމިޒުގެ މަންމައާއި ބައްޕަވެސް މެއެވެ. ވާންއެުޅެނީ ކިހިނެއް ކަމެއް ނޭނގުނަސް ރުހާނީގެ ހިތުގައި ކުޑަ ނުތަނަވަސް ކަމެއް އުފެދުނެވެ. އެންމެ ބޮޑަށް ރުހާނީ ބަލާލީ ދެރަވެފައި ހުރި އޭނާގެ ދޮންބެގެ މޫނަށެވެ. ރައްޔާން މާފަށް އެދޭފަދަ ގޮތަކަށް ބަލާލުމުން އިތުރަށް އޭނާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ.

އެންމެނާއި ހިލާފަށް ރުހާނީގެ ލޮލުގައި އަޅައިގަތީ ރާމިޒްގެ ކައިރީގައި ކޮޅަށްހުރި ފިރިހެން މީހާއެވެ. ބަލާބެލުމަށް އުމުރުންވާނީ 23ހަކަށް އަހަރެވެ. ގަޔަށް ހިފިފައި ހުރި މުށިކުލައިގެ ގަމީހުގައި އޭނާގެ ރީތިކަން ދެގުނަވާހައި ވެއެވެ. ރާމިޒުގެ ކުޑަ ފިިރިހެންދަރި އިރްފާންއާއި ލޯމަތިން ވައްތަރު ނަމަވެސް އޭނާގެ ގައިގައި ޖަހަނީ މުޅިން އަމިއްލަ ވައްތަރެކެވެ.

“ރޫހީ.. އާދެބަލަ ބޮޑުބެ ކައިރިއަށް..” އުފަލުންހުރެ ރާމިޒު ބުނެލިއެވެ. ރުހާނީ ދެހިތެއްގައި ހުރެ ނަމަވެސް މަޑުމަޑުން ގޮސް ބޮޑުބެ ކައިރީގައި ހުއްޓިއްޖެއެވެ.

“ދަރިފުޅު ހަނދާންވޭތަ އިރުފާން ބެއްބެއެއްގެ ވާހަކަ ދައްކާމަތިން..” އެންމެގެ މޫނަށް ބަލާލަމުން ރުހާނީ ބޯ ޖަހާލިއެވެ.

“މިހުރީ ބެއްބެއަކީ.. އައްރާދް މީ ރޫހީ..” އިސްޖަހައިގެން ހުރި އައްރާދު ފުރަތަމަ ފަހަރަށް ރުހާނީގެ މޫނަށް ބަލާލަމުން ހީލިއެވެ. އެއްވެސް ޝައުޤުވެރިކަމެއް އެހިނިތުން ވުމުގައެއް ނެތެވެ. ބަދަލުގައި ރުހާނީވެސް ހިނިތުންވެލިއެވެ. އޭރުވެސް އައްރާދުހުރީ ރުހާނީގެ މޫނަށް ބަލަހައްޓައިގެންނެވެ. ރުހާނީގެ ކޮލަށް އެޅިގެންދިޔަ އަޑިކޮޅު ފެނުމުން އޭނާ ދެލޯ ބޮޑުކޮއްލިއެވެ. އަދި ކަރުކެހިލަމުން ހީލާފައި ދުރަށް ބަލާލިއެވެ.

“ބައްޕަމެން މިއަދު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މިތިބީ.. ރުހާނީވެސް ތިހުރީ ބޮޑުވެފަ.. މިހާރު ޑިޕްލޮމާވެސް މިނިމެނީ.. އަބަދު މިގޭގައިވެސް ނޫޅެވޭނެ..” ރިޔާޒުގެ  ހަރުކަށި ބަސްތައް އަމާޒު ވަމުން ދިޔައީ ކޮން ރާސްތާއަކަށް ކަމެއް ރުހާނީއަކަށް ނުވިސްނުނެވެ.

“ތިހެން ހުއްޓައި ކޮންމެވެސް ފިރިހެން ކުއްޖަކު ފެނިގެން އޭނައާއި އިންނަން ބޭނުން ވެދާނެ.. އެދުވަސް އައުމުގެ ކުރިން އަހަރެން ބޭނުންވަނީ އަހަރެން ޤަބޫލު، އަހަންނަށް  އިނގޭ މީހަކާއި ރުހާނީ އިންނަން.. އައްރާދުއާއި ރުހާނީގެ ކައިވެނި މީގެ ހަތްދުވަސް ފަހުން އޮންނާނެ..” ރިޔާޒު އެހެން ބުނުމުން އެންމެން ތެދުވެ ސަލާމް ގަލާން ކޮއްލިއެވެ. ހަމައެކަނި ވާނުވާ ނޭނގިހުރީ ރުހާނީއެވެ. އޭނާ ފޯމެއް ނުފުރާއިރު ހަތް ދުވަސް ފަހުން ކައިވެނި އޮންނަންވީ ކީއްވެ ހެއްޔެވެ؟

“ބައްޕާ..” ބެދެމުން ދެ އަރަށް ލުޔެއް ދިނުމުގެ ގޮތުން ރުހާނީ ކައިރީގައި ހުރި ފެންތަށި ނަގައި ތުނބުގައި ޖަހާލިއެވެ. އަމިއްލަ ނަފްސު ކިތަންމެ ދިފާއު ކުރަން ބޭނުން ނަމަވެސް ރުހާނީއަކަށް ބަހެއް ނުބުނެވުނެެވެ. މީހުންގެ ތެރޭގައި އެއްޗެކޭ ބުނާކަށްވެސް ނުކެރުނެވެ. އިސްޖަހާލައިގެން މުށް ބާރު ކޮއްލައިގެން އިން ރުހާނީ ހީވަނީ ބިންފަޅާފައި އަޑިއަށް ދާން އުޅޭހެންނެވެ.

“ރޫހީ.. ފައިނަލީ.. އަހަރެންގެ ދަނބިދަރިއަކަށްވަނީ ދޯ..” މިލްސިއާ ތެދުވެގެން ގޮސް ދުރުގައި ހުރި ރޫހީގައި ބައްދާލަމުން ބުނެލިއެވެ. ނަމަވެސް ރުހާނީގެ ހަރު އަރާފައިވާ ހަށިގަނޑުގެ ބުނުން މިލްސިއާއަށް އަޑުއިވުނު ފަދައެވެ.

“ބޭބޭ.. މީރޫހީ ބޭނުން ގޮތްތަ؟…”

“ރޫހީ ކީއްވެތަ މިގޮތް ބޭނުން ނުވަންނީ..” ރުހާނީ އެއްޗެކޭ ބުނުމުގެ ކުރިން ރިޔާޒު ބުނެލިއެވެ. އެއީ އަބަދުގެވެސް އާދައެވެ.

“ރާދު ބޭނުން ގޮތްތަ މީ؟” މިލްސިއާ އައްރާދުއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“މަންމައާއި ބައްޕަގެ ނިންމުމާއި އެއްޗެކޭ ނުބުނެވޭނެ އެއްނު..” އެ ފިރިހެންވަންތަ އަޑުން ރުހާނީ އެމޫނަށް ބަލާލިއެވެ.

އެންމެން ގޭތެރޭގައި އެހާ ގިނައިރު ތިބިއުރުވެސް ރުހާނީއަކަށް މި ވާނުވާއެއް ނޭނގުނެވެ. އައްރާދު ދުރުގައި އިށީނދެގެން އިން ރުހާނީގެ މޫނަށް ބަލާލިއެވެ. އެއްވެސް ދިރުމެއް އެމޫނުގައި ނުވާފަދައެވެ. ތެދުވެގެން ދުރަށް ދިޔަ އައްރާދު ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ބޭރަށް ނުކުމެލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިފައި ހުރެއެވެ.

“ދޮންބެ.. ކާކުއެއީ؟” ރޮވިފައި ކަހަލަ ގޮތަކަށް ރުހާނީ ބުނެލިއެވެ.

“އެއީ ބޮޑުބެ އެހެން މީހަކާއި އިނދެގެން ލިބިފަ ހުރި ކުއްޖެއް..” ރައްޔާން ކަނދުރާމަތީގައި އަތް ފިރުމާލަމުން ބުނެލިއެވެ.

“ކިހިނެއް އަޅުގަނޑުގެ ސޮއި ނުލިބި ހުއްޓަ..”

“ސޮރީ ކޮކީ… ދޮންގެ ކުރިން ދުވަހު ފޯމެއްގަ ސޮއި ހޯދީ ބޭންކް އެކައުންޓް ހުޅުވާކަށް ނޫން.. ބައްޕަ ފޯސްޑްމީ..” ރައްޔާން ރޮވެމުންދިޔަ ރުހާނީގެ މޫނަށް ބަލާލީ މާފަށް އެދޭ ފަދަ ގޮތަކަށެވެ. އެއީ ރުހާނީއާއި އައްރާދުގެ ގުޅުމުގެ ފެށުމެވެ. ރުހާނީގެ ނުރުހުމަގައެވެ. އައްރާދުގެ ހަމައެކަނި ބޭނުމަކީ ކުޑަ ދުވަސްކޮޅަކަށް ރާއްޖޭގައި ހުރެލުމެވެ.

ހަތްދުވަސް ވެގެން ކައިވެނީގެ ކަންތައް ނިމުނު ފަހުން ރިޔާޒު ވަގުތުން ބޭނުންވީ ރުހާނީގެ އެއްޗެހިތައް ފޮއްޓަށް އަޅައި އައްރާދު އާއިއެކު ދިއުމަށެވެ. އައްރާދު ހުރީ ދުރުގައި ޖީބަށް އައި ޖަހާލައިގެންނެވެ. ކޮޓަރިއަށް ވަން ރުހާނީ ވަށައިގެން އެކި ދިމަ ދިމާއަށް ބަލާލިއެެވެ. އޭނާއަށް އާއިލާއާއިއެކު އުޅޭނެ ފުރުސަތެއް ނުލިބުނީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލު ކޮއްލެވުނެވެ. ޝަރޫނާ ދުރުބަލަހައްޓައިގެން ހުރީ ރުހާނީ އެގެއިން ފޮނުވާލަން ބޭނުން ނުވާތީއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު އެހެން ތާކަށް އަދި ނުވެސް ދަންނަ މީހަކާއި ދެވާފައި ފޮނުވާލާކަށް ނުކެރުނެވެ. ރިޔާޒު ޝަރޫނާއާއިއެކު ކޮޓަރިއަށް ވަތްއިރު ރުހާނީ އަދިވެސް ހުރީ ޕާރޓީ ހެދުމުގައި އެހުރި ގޮތަށެވެ. ކޮޅަށް ހުރިއިރު އޭނާ ބަލަމުން ދިޔައީ އެއާއިލާގެ ތަސްވީރަކަށެވެ. ރައްޔާންއާއިއެކު ޝަރޫނާއާއި ރިޔާޒު ނަގާފައިވާ ފޮޓޯއަކަށެވެ.

“ކީއްވެ އަޅުގަނޑަށް މިހެން ހަނދަންވީ..” ރުހާނީއާއި ޝަރޫނާ އެކަނި ނަގާފައިވާ ފޮޓޯއަކަށް އިޝާރާތް ކޮއްލަމުން ރުހާނީ ބުނެލިއެވެ.

“ބައްޕަ ހީވަނީ އަޅުގަނޑު މިގޭގައި އުޅޭތީ އުދަނގޫ ވާތީ އުޅޭހެން.. އަޅުގަނޑަކީ ބައްޕައަށް ޖެހިފައި ހުރި އުނދަގުލެއްހެން…” ރިޔާޒާއި ދިމާލަށް އެނބުރުނު ރުހާނީގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ޝަރޫނާ ބޭނުންނުވި ދުވަހާއި ސުވާލުތަކާއި އައިސް ޖެހުމުން އޭނާ ފުން ނޭވާއެއް ދޫކޮއްލިއެވެ.

“އިތުރު ބޭކާރު ވާހަކަ ނުދައްކާ ފޮއްޓަށް އެއްޗެހި އަޅާ..” ރިޔާޒު އެއްވެސް ފަރުވާލެއް ނެތްފަދަ ގޮތަކަށް ބުނެލިއެވެ.

“ކީއްވެ؟ މީހުން ބުނޭ މިއްސަނދި ބައްޕައެއްގެ ހުރި އެންމެ އަންހެން ކުއްޖެކޭ.. ވަރަށް އުފާވޭ ދޯއޭ.. އުމުރުން އަށާރަ އަހަރުވީއިރު އެންމެ ކުޑަމިނުން ފޯނެއްގެ ހިސާބުވެސް ގަނެނުދޭ..” ގިސްލެވެމުންދިޔަ ރުހާނީ އައި ބައްޕަގެ ކުރި މައްޗަށް އަރައި އަނެއްކާވެސް ސުވާލު ކޮއްލިއެވެ.

“ޝަރޫނާ..”

“ނުދާނަން މީ ދޮންބެގެ ގެއަށް ވާގޮތަށް މި އަހަރެންގެވެސް ގެ..” ރުހާނީ އެހެން ބުނުމުން ރިޔާޒު ހީލީ މަލާމާތުގެ ރާގަކަށެވެ. ދުރުން ކޮޓަރިއަށް ވަންނަންއައި އައްރާދުގެ ފަޔަށް މަޑުޖެހުމެއް އައެވެ.

“މިގެއާއި އަހަރެންގެ މުދަލުން އެންމެ ކުނޑި ފުކެއްވެސް ރުހާނީއަކަށް ނޯންނާނެ.. ރައްޔާނަށް އަށާރަ އަހަރު ވާންތަނަށް އަހަރެން އޭނާގެ މައްޗަށް ރަޖިސްޓްރީ ކޮއްފިން…” ކުޑަ ހިނދުކޮޅަކަށް ނަމަވެސް ރުހާނީ ނޭވާލުން ހުއްޓުނުކަން ދުރުގައި ހުރި އައްރާދަށް ފާހަގަވިއެވެ. މިވަނީ ކީއްކަން ނޭނގުނު ނަމަވެސް މިވަގުތު އެކޮަޓަރީގައި އެހުރީ އޭނާގެ އަންހެނުންނެވެ. ހުދުވެގެން ދިޔަ މޫނާއިއެކު އެލޮލުން ކަރުނަވެސް ހުސްވިއެވެ. ޝަކުވާ ކުރާފަދަ ގޮތަކަށް ޝަރޫނާއާއި ދިމާލަށް އެނބުރުނުއިރު ޝަރޫނާ އިސްޖަހާލައިފިއެވެ.

“ރުހާނީ ނިމިއްޖެތަ..” އިތުރު މީހަކަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އައްރާދު ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ރުހާނީ އަދިވެސް ހުރީ ބައްޕައާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

“އާނ.. ނިމިއްޖެ..” އެގެއިން އެއްވެސް އެއްޗެއް ގެންދާކަށް ރުހާނީ ބޭނުމެއް ނުވިއެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުމާއި އެކު އޭނާ ކޮޓަރިން ނިކުތުމުން ފަހަތުން އައްރާދުވެސް ނިކުމެއްޖެއެވެ. ފަހަތަށް އެއްފަހަރުވެސް އެނބުރި ބަލާ ނުލައެވެ. ކާރަށް އެރިއިރު ލޮލުން ފައިބަން ފެށިކަރުނަ ތަކާއެކު މަޑު ގިސްލުމެއްވެސް އެއަނގައިން ބޭރުވާން ފެށިއެވެ. އައްރާދު ކާރު ދުއްވަން ހުރިއިރުވެސް ދޭތެރެއަކުން ފަހަތަށް ބަލާލައެވެ. ނަމަވެސް ރުހާނީއަށް އެއްވެސް މައްސަލައެއް ނެތެވެ.

ބޮޑުބޭބެެގެ ގެއަކީ އަބަދުވެސް ރުހާނީ އައިސް އުޅޭ ގެއެކެވެ. ތަފާތަކީ އެގޭގެ މަތީބައި ހަދާފައިވާ ކަމެވެ. ބޮޑު އެޕާރޓްމަންޓް ވަން ރުހާނީ ވަށައިގެން ހޯދާ ބަލާލިއެެވެ. އެންމެ ކޮޓަރިއެކެެވެ. ބޮޑު ސިޓިން ރޫމަކާއި ގަސް ހައްދާފައިވާ ތަންކޮޅެކެވެ. ކޮޓަރިއާއި ދިމާލަށް އައްރާދު ހިނގައި ގަތުމުން ފަހަތުން ރުހާނީވެސް އައެވެ. އަލަމާރިން ދޫ ސްވެޓް ޕޭންޓްސް އަކާއި ހުދުކުލައިގެ ހަރުވާޅެއް ދިނުމުން ރުހާނީ އޭގައި ހިފިއެވެ. އަދި ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެއްޖެއެެވެ. އޭރު އައްރާދު ހުރީ ގަމީސް ކޮނޑުގައި އަޅުވާށެވެ. ރުހާނީ ތުވާލި ބޮލުގައި އަޅައިގެން ނިކުތްތަން ފެނުމުން އައްރާދު އެއްކޮލުން ހިނިތުން ވެލިއެެވެ. ރުހާނީ މަޑުމަޑުން  އައްރާދާއި ދިމާލަށް ބަލާލީ ވައްކަޅިންނެވެ. ވަރުގަދަކޮށް ހުރި ހަށިގަނޑުގައި ފަޓުލޫނުހުރި ގޮތުން ރުހާނީ އަދިވެސް އެއްފަހަރު ބަނޑާއި ދިމާލުން ތިރިއަށް ބަލާލިއެވެ.

“ޔެސް..” ކައިރިއަށް އައިސް ހުއްޓުނު  އައްރާދު އެހެން އަހާލުމުން ރުހާނީ މިބެލެނީ ނުބައި ތާކަށް ކަން ވިސްނުނެވެ. އައްރާދު އަތް ދިއްކޮއްލުމުން ރުހާނީގެ ލޯ ބޮޑުކޮއްލަމުން އަނެއްކާވެސް އެމޫނަށް ބަލާލިއެވެ.

އެއްވެސް އޯގާތެރި ކަމެއް ނެތް އެބެލުމުން ރުހާނީގެ ހިތުގައި ޖެހުނެވެ. ތުވާލި ރުހާނީގެ އަތުން އަތުލައިގެން އައްރާދު ފެންވަރާލައިގެން ނިކުމެ އެނދުގައި އޮށޯވެ ނިދައިފިއެވެ. ރުހާނީ ދުުރުގައި ހުރި ސޯފާފައި އިށީނދެގެން ދެފައި  ނަގައި މޭގައި ޖައްސާލައިގެން އިނީ ކީއްވެ ކަމެއް ނޭނގުނެވެ.

 ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ރާސްތާ 36

Next

ސޫރަ ތިއޭ -03

Next
September 13, 2018

ސޫރަ ތިއޭ -03

Previews
September 13, 2018

ރާސްތާ 36

5 Comments!

  1. zoya says:
    September 13, 2018 at 4:21 pm

    beautiful.. ??eagerly waiting for the nxt part??

  2. Zaa says:
    September 13, 2018 at 4:51 pm

    Vrh reethi.. Ma Sha Allah… Kurin vaahaka hen nuhadhahchey… Mi vaahaka nimmrthi plx…

  3. Hudher says:
    September 13, 2018 at 4:58 pm

    Woooow….mi part vx hama habeys…maasha allah..whn next..?????

  4. Hawwor; says:
    September 13, 2018 at 10:15 pm

    Ninnu…..cover photo change kollinama…eyru girl and boy sofa kuran faseyha vaane kanneynge….?

  5. Haa says:
    September 14, 2018 at 6:22 am

    Ethedheh ninnu cover change khlaba if you can..plxxx
    ???

Comments are closed.


All Right Reserved!