ހާސިލް ވުމަށް އެދި ހިތް ރޮނީ 9
“އަހަރެން ވަރަށް ވިސްނައިފީން..އަލްޔާން އާ އެކު ރިލޭޝަންޝިޕް އަކަށް ދާން އަހަރެން ބޭނުމެއް ނޫން. ސޯ އަހަރެންގެ ޖަވާބަކީ ނޯ..ތޭންކްސް ފޯ ލަވިން މީ.އަހަރެން މިދަނީ އަލްޔާން އާ ވަރަށް ދުރަށް.. ޕްލީޒް ފޮގިވް މީ އެންޑް ފޮގެޓް މީ..ބެސްޓް އޮފް ލަކް.. އީން”
އަލްޔާން ގެ ދުނިޔެ ހުއްޓުނު ކަހަލަ ކަހަލަ އެވެ. ތަކުރާރު ކޮށް އެތަށް ފަހަރަކު އަލްޔާން އެ މެސެޖް ކިޔާލިއެވެ.އޭރު އަލްޔާން ގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މޭ ނުބައިކޮށް ހޮޑުލަވާ ޒާތުގެ ގޮތްތަކެއް ވާން ފެށުމުން އަވަހަށް އެނދުން ތެދުވެ ބެލްކަނީ އަށް ނިކުމެލިއެވެ. އީން ހަމަ އަސްލުވެސް އަހަރެން ދޫކޮށްފައި ދިޔައީ ބާވައެވެ. ދިޔައީ އަނެއްކާ ކޮންތަނަކަށް ބާވައެވެ.ރޭގައި އެންމެ ފަހުން ބައްދަލުވީ އިރުވެސް އީން ހުރީ ނުލާހިކު ރަނގަޅަށެވެ. އެއްވެސް ތަނަކަށް ދާ ވާހަކަ އެއްވެސް ނުބުނެއެވެ. ވީ އިރު ކުއްލިއަކަށް މި މެސެޖް ކުރުމުގެ މާނައަކީ ކޮބާ ބާވައެވެ. ކޮންމެފަހަރަކުވެސް ލޯބިވާ ވާހަކަ ބުނުމުން އީން ހިނިތުންވެލާ އެ މަންޒަރު އަލްޔާން ގެ ލޯ ކުރިމަތީން ސިފަވަމުން ދިޔައެވެ.އީން ގެ ދެލޮލުން ފެނުނު ޖަޒުބާތު ތަކަކީ ހަމަ ހުސް ދޮގުހެއްޔެވެ.އަލްޔާން ގެ ސިކުނޑި އެއްފަހަރާ އެތަށް ސުވާލުތައް ކުރިމަތި ކުރުވަމުން ދިޔައެވެ. ތަކުރާރުކޮށް އެތަށް ފަހަރަކު އަލްޔާން އީން ގެ ފޯނަށް ގުޅިއެވެ. އެކަމަކު ހަމަ ކޮންމެ ފަހަރަކުވެސް ބުނަނީ ގުޅޭ ސަރަހައްދުން ބޭރުގައި ކަމަށެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ހަނދާނެ ގޮތް ހުސްވެ އީިން އާ ހަމައަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުވީ ކަމުގެ އިހްސާސް ކުރެވި އަލްޔާން އަށް ބިންމަތީގައި އިށީދެލެވުނެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ބާރަށް ހިފަހައްޓާލެވުނެވެ. އެއާއެކު އިޙްތިޔާރަކާ ނުލާ އަލްޔާން ގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.އަހަރެން މިހާ ލޯބިވާކަން އިނގޭ އިރުވެސް އީން ހަމަ ކޮންމެ ފަހަރަކު ތިހާ އަނިޔާ ތިދެނީ ކީއްވެ؟ ޕްލީޒް ޑޯންޓް ޑޫ ދިސް އީން..ޕްލީޒް” ވީ ދެރައިންނާ އައިސްފައި ހުރި ރުޅިން ފޯން ބިމުގައި ޖަހާނުލެވުނީވެސް ކިރިޔާއެވެ. އަންހެން ކުއްޖަކަށް ޓަކައި އަލްޔާން ގެ ލޮލުން ކަރުނަ އޮއްސަން ޖެހިދާނެކަމަށް އޭނާ ދުވަހަކުވެސް ހީނުކުރެއެވެ. “ނޯ އައި ވިލް ނޮޓް ލެޓް ޔޫ ގޯ ސޯ އީޒިލީ” ދެއަތުން މޫނު ފޮހެލަމުން އަލްޔާން ތެދުވި އިރު އޭނާގެ ދޮން މޫނު ވަނީ ރަތްވެފައެވެ. ރުޅި އާއި ހިތާމަ އާއި ޝަކުވާގެ އެތައް އަސަރެއް އެމޫނުން ފާޅުވާން ހުއްޓެވެ.
އަވަސްކޮށްލައިގެން ތައްޔާރު ވެލައިގެން އަލްޔާން ނިކުތީ އީން މެންގެއަށް ދިއުމަށެވެ. އޭނާގެ އެސިިސްޓެންޓަށް ގުޅުމަށްފަހު މިިއަދު އޮފީހަށް ނުދާވާހަކަ އާއި މީޓިން ވެސް ކެންސަލް ކުރުމަށް އަލްޔާން އެދުނެވެ. ބާރު ސްޕީޑްގައި ގޮސް އަލްޔާން މަޑުކޮށްލީ އީން މެން ގޭ ދޮރުމަތީގައެވެ. އަނެއްކާވެސް ފޯނަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އައި ރުޅީގައި އަލްޔާން އީން ގެ ނަމުން ބާރަށް ގޮވާލިއެވެ. ކޮޓަރީގައި ހުރި އަލްކާ އަށް މީހަކު މާބާރަށް ގޮވާ އަޑު އިވިގެން ގޮސް ބަލާލިއިރު އަލްޔާން އެވެ. އަލްކާ އަތުގެ އިޝާރާތުން ތުންފަތް މަތީ އަތް އަޅަމުން އެހެން ނުހެދުމަށް އެދުނެވެ. އަދިހަމަ އިޝާރާތުން ތިރިއަށް މި އަންނަނީ ކަމުގައި ބުނެ ދުވެފައި ނިކުތެވެ. ތަންކޮޅެއް ހެނދުނުގެ ވަގުތު ކަމުން ނަސީބަކުން އިތުރު މީހަކުވެސް އެއަޑަށް ނުނިކުމެއެވެ.
“ކޮބާ އީން..ބުނޭ ހަމަ މިހާރު މީޓް ކުރަން ބޭނުމޭ.” އަލްކާ ހަމަ ފެނުމާއެކު އަލްޔާން ބުނެލިއެވެ.”ރިލެކްސް އަލްޔާން..އީން ފުރައިފި ރަށަށް” އަލްޔާން އަށް ވެފައި ހުރި ވަރު ފެނި އަލްކާ ހަމްދަރްދީވިއެވެ. “ރަށަށޭ..ކޮންއިރަކު؟ ކީއްވެ؟ އީން އެހެން ހެދީ ކީއްވެ އަލްކާ؟ ރޭގަވެސް ނުބުނޭ..އެއްވެސް އެއްޗެއް ނުބުނޭ..ކުއްލިއަކަށް ކީއްވެ؟” އަލްޔާން ގެ ސިކުނޑި ހީވަނީ ރަނގަޅަށް މަސައްކަތްވެސްް ނުކުރާ ހެންނެވެ. ” އަހަންނަކަށް ވެސް ނޭގޭ.. ދަމުން މަށަށް ވެސް ގޮވީ..ބުނި މަންމަ ކިޔާ ވަރުން ރަށަށް ދާން ފުރަންށޭ މިދަނީ..ސްޓަޑީ ބްރޭކް އޭ..ވަރަށް ދެރަވެފަހެން ހީވަނީ ހުރީ..ބުނި އަލްޔާން މިގެއަށް ތިމަންނަ ހޯދަން އައިސްފިނަމަ ބުނާށޯ މައިރީން އާއެކީ ރަނގަޅަށް އުޅޭށޭ..އީން މަތިން ހަދާން ނައްތާލާށޯ..އަހަންނަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ ގޮއްސި ލަސްވަނީޔޯ ކިޔާފަ..އެހެންވެ މި އިންނަނީ ވެސް އަލްޔާން ގެ އިންތިޒާރުގަ” އަލްކާ ހުރިހާ ވާހަކަ އެއް އަލްޔާން އަށް ކިޔައިދިނެވެ. އަލްކާ ގެ ފަރާތުން އީން ދިޔައީ ރަށަށް ކަން އެންގުމުން އަލްޔާން އަށް ކޮންމެވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބުނެވެ. އަލްޔާން ގެ ފޯނަށް އީތަން ގުޅަން ފެށީ އެވަގުތުއެވެ. “އޭ ކަލޭ މަރުވާނެ ގޮތެއް ނޭގިގެންތަ މާ ބާރަށް ސައިކު ތި ދުއްވަނީ..ކޮންތަނަކަށް ތި ދިޔައީ؟” އީތަން އަށް އަލްޔާން ސައިކަލުގަ ދިޔަ ސްޕީޑް ފެނި ކަންބޮޑުވެފައި ހުރުމުން ފުރަތަމަ ވެސް ކުރެވުނީ އެސުވާލެވެ.”އޭ..ބްރޯ..މީޓް މީ ނައު..މަ މި އުޅެނީ އައްޑޫ އަށް ދާން..ހިނގާބަލަ ޓިކެޓް ހަމަޖައްސަން” އަލްޔާން ވަގުތުން ދިޔައީ އީތަން އާ ބައްދަލު ކުރާށެވެ.
އީތަން އާ ބައްދަލުކޮށް ހުރިހާ ވާހަކަ އެއް ކިޔާ ދިނުމުން އީތަން ވަގުތުން އެއާޕޯރޓް ގައި ހުރި އޭނާ ގެ ރައްޓިއްސަކާ ގުޅައިގެން ޓިކެޓް ހަމަޖެއްސިއެވެ. “ބްރޯ..ވަރަށް ބާރު ބޮޑު އައްޑޫ ޓިކެޓް. އެކަމަކު ހަމަޖައްސައިފީން…މިރޭ ފަތިހު 5 ގަ ޗެކިން.އެއަށް ވުރެ އަވަހެއް ނުވި”
“ނޯވޭ..މާ ލަސް.އަހަރެން ބޭނުން ހަމަ މިއަދު ހަމަ މިހާރު ދާން..މަތިން ދެވެން ނެތިއްޔާ ކަނޑުން ވެސް..” އަލްޔާން ހުރީ ހަމަ ރަނގަޅަށް ވެސް ހިތްއަވަސް ވެފައެވެ.
“ހެހެހެ..ކަނޑުން ކަލޭ ދޭބަލަ ފަތާފަ..އޭރަށް އެންމެ އަވަހަށް ދެވޭނީ..ބަލަ ހަމަޖެހިބަލަ މި ދުވަސްކޮޅު ސެމިސްޓާރ ބްރޭކް ތަކާ އެއްޗިހި ވީމައޭ ބާރުބޮޑީ..އޭގެ ކުރިން ވެސް އެއްވެސް ގޮތެއް ހަމަޖެހިއްޖެއްޔާ އޭނަ ގުޅާނެ..މަވެސް ދާނަން ފަހު ދުވަހު..ނުވެސް ދަންނަ ތަނަކަށް ކަލޭ އެކަނި ފޮނުވަން މަށަކަށް ނުކެރޭނެ..ތިހިރީ މިހާރުވެސް އުޅޭ ވައްތަރު..” އީތަން އެންމެ ކަންބޮޑުވާ ކަމަކީ އީން ގެ ކަންތަކުގަ އަލްޔާން ކެތްނުލަވާތީ އާއި ޖެހިލުން ކުޑަކަމުންނެވެ.
އެދުވަސް އެއްކޮށް އަލްޔާން އުޅުނީ އީތަން އާއެކީގައެވެ.އީން ގެ ފޯނަށް ގުޅޭތޯ ތަކުރާރުކޮށް ކުރި މަސައްކަތް ނާކަމިޔާބު ވުމުން އަލްޔާން ގެ ހިތްހަލާކު ވިއެވެ. އީތަން ކައިރީގައި ނެތްނަމަ އަތުން ފައިން ގޯހެއްވެސް ހެދުނީސް ކަންނޭގެއެވެ. ރޭގަނޑު އަލްޔާން ގެއަށް އައީ ފަތިހު ފުރަން ކުޑަކޮށް ރެޑީވެލުމަށެވެ. އެޕާރޓްމެންޓްގެ ދޮރު ހުޅުވަން އުޅުނު އިރު ކޮންމެވެސް މީހަކު ފަހަތުގަ ހުރިހެން ހީވެގެން ބަލާލިއިރު މައިރީން އެވެ. ރަތް ކުލައިގެ ކަކުލާ ހަމައަށް އިން ސްލީވްލެސް ހެދުމެއްލާފަ ހުރިއިރު ހަށިގަނޑުގެ ބޮޑުބައި ހުރީ ހާމައަށެވެ. ހަނީ ބޮލޯންޑް ޝޭޑް ހައިލައިޓް ކޮށްފައިވީ ދިގުފަން އިސްތަށިގަނޑު ދެ ކޮނޑު މަތީން ވައްޓާލާފައި އޮތް އިރު ބަލާލަން ނުލާހިކު ރީއްޗެވެ. “ހައި” އަލްޔާން ފެނުމާއެކު މައިރީން ކައިރިއަށް ޖެހިލިއެވެ. “ހޫނ..ކަންތަކާ ޖެހުނީ” އަލްޔާން އަށް މަޑުމަޑުން ބުނެލެވުނެވެ. މައިރީން އެހާ ނިވާކަން ކުޑަ ހެދުމެއް ލައިގެން އައުމުން އަލްޔާން ވީ ފޫއްސެވެ. ވަގުތުން ހަނދާނަށް އައީ އީން އެވެ. ބުރުގާ އަޅާގެން ހެދުން އަޅާ ސާދާ ގޮތް އަލްޔާން އަށް ވަރަށް ކަމުދެއެވެ. ހަގީގީ ލޯތްބަކީ އަންހެން ކުއްޖެއްގެ ހަށިގަނޑުގެ ބައްޓަމާ ސައިޒުން ވާ އެއްޗެއް ނޫންކަން މިހާރު އަލްޔާން އަށްވެސް ޔަގީން ކުރެވުނެވެ.
“ބޭބީ..ކިހާ ދުވަހެއް މީޓް ނުވެގެން އުޅޭތާ..އައި ލަވް ޔޫ” މައިރީން އަލްޔާން އާ ގާތަށް ޖެހި ބައްދާލަން އުޅުމުން އަލްޔާން ފަހަތަށް ޖެހިލިއެވެ.”ސޮރީ..އައި ކާންޓް” އަލްޔާން ދުރަށް ބަލާލަމުން ބުނެލިއެވެ.”ބޭބް ޕްލީޒް..އައި ވޯންޓް” މައިރީން ކުއްލިއަކަށް ކުރިއަށް ޖެހި އަލްޔާން ގެ ހަށިގަނޑުގައި ބާރަށް ބައްދާލަމުން އަވަސް ހަރަކާތްތަކާއެކު އަލްޔާން ގެ ކަރުގަޔާއި މޫނުގައި ބޮސްދޭން މަސައްކަތް ކުރިއެވެ.”ޑޭމްއިޓް..ލީވް މީ..ކިހާ ދެރަކަމެއް. ބުނެފީމެއްނު ނޯ އޭ..ކީއްވެތަ ތިހާ ޝޭމްލެސް ވެގެން ތި އުޅެނީ” ގަޔަށް ލެވުނުހާބާރެއްލަމުން އަލްޔާން މައިރީން ދުރުކޮށްލިއެވެ.އަލްޔާން ރުޅިއައިސްގެން ގެނައި އެ ހަރަކާތުން މައިރީން ގެ ހިތަށް ތަދުވެ ލޮލުން ކަރުނަ ނިރާލިއެވެ. އެހާ ރީތިވެގެން އައީމަވެސް އަލްޔާން ހީވަނީ ހަޑިއެއްޗެއް ގަޔާ ދުރުކުރާހެންނެވެ. އަލްޔާން ގެ ހިތް އަތުލަން ކުރަންވީ ކޮންކަމެއްބާއޭ މައިރީންގެ ހިތަށް އަރަމުން ދިޔައެވެ.” ކީއްވެ އަލްޔާން..ބުނެދީބަލަ..މަށަށް ވުރެ އޭނާ ރީތީތަ؟..ކޮންކަމެއް ކުރީމަތަ އަހަންނަށް އަލްޔާން ގެ ލޯބި ލިބޭނީ” ހިތަށް އުނދަގޫވީވަރުން މައިރީން އަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. “ނުލިބޭނެ..ނެވާ..ކޮންމެ ކަމެއް ކުރިއަސް އަހަރެން ގެ ހިތުގަ މައިރީން އަށް އެއްވެސް ޖާގައެއް ނެތް..ކުރީން ދެކުނީން ފްރެންޑެއް ގޮތަށް..އެކަމަކު މިހާރު ތި އުޅޭ ވައްތަރުން ވަރަށް ފޫހިވޭ..އަދި މަށަށް އިންޒާރު ދޭން ފޮނުވަނީ ގޭންގްސްޓާ ބޭބެ..ލޯތްބަކީ އެހެން ހޯދާ އެެއްޗެއްތަ؟ ދެން އިރުއިރުކޮޅާ އަދި މަށަށް ވުރެ އޭނަ ރީތީހޭ ތި އަހަނީ ކީއްކުރަން؟ ބުނަން.. ފޯ މީ ޝީ އިޒް ދި މޯސްޓް ބިއުޓިފުލް ގާރލް އޮން ދި ފޭސް އޮފް ދިސް އާރތް!!!އަޑުއިވިއްޖެ..” އަލްޔާން ވެސް އައިސްފައި ހުރި ރުޅިގަނޑު މައިރީން އަށް ބޭލިއެވެ. އީން އޭނާ ގެ ލޯތްބަށް އާއެކޭ ނުބުނެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މައިރީން ކަން އަލްޔާން އަށް އެނގެއެވެ. އެހެން ކަމުން މައިރީން ފެނުނަސް އަލްޔާން ރުޅިއާދެއެވެ. އިތުރަށް ޒުވާބު ކުރަން ހުންނަންވެސް އަލްޔާން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އަވަސް އަވަހަށް އެތެރެއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. މައިރީން އިރުގަނޑެއް ވަންދެން ދޮރުގައި ބާރަށް ޓަކި ޖެހުމުން ވެސް އަލްޔާން ދޮރު ނުހުޅުވުމުން ރޮމުން ދިޔައެވެ.
***
ހެނދުނު 7 ޖެހިއިރު މޯލްޑިވިއަން ގެ ފްލައިޓް ގޮސް ގަން އިންޓަނޭޝަނަލް އެއާޕޯރޓް ގައި ޖެއްސުމާއެކު އަލްޔާން އަށް ހަމަ ޖެހުމުގެ ނޭވާއެއްލެވުނެވެ. އެންެމެ ފަހުން އީން ހުރި ބިމަށް އާދެވުނީއެވެ. ދެން މާލަހެއް ނުވެ ދިމާވެދާނެއެވެ. އަލްޔާން ހިތަށް ވިސްނާދެމުން ފްލައިޓުން ފޭބިއެވެ. މީ ރާއްޖެތެރޭ ރަށަކަށް އަލްޔާން ގެ ހަޔާތުގައިވެސް ކުރާ ފުރަތަމަ ދަތުރެވެ.ފޭބުމާއެކު ވަށައިގެން ފެނުނު މަންޒަރުން އަލްޔާން ގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ލޮލުކޮޅަށް ފެންނަ ހިސާބާ ހަމައަށް ހެދިފައިފާ ބިޔަ ގަސްތަކެވެ. މުޅި ހިސާބުގައި ވަށައިގެން ފެހިކުލައިގެ ދޫލައެއް އަޅާފައިވާފަދަ އެވެ. ހެނދުނުގެ ވަގުތު ކަމުން ތެތްފިނިކަމެއް ފަޒާގައި ހިފާފައިވީއިރު ޖެހިލާ މަޑުމަޑު ވައިރޯޅިތަކުން ހިތްގައިމު ފިނިކަމެއް އިހްސާސް ވިއެވެ.ފުރަތަމަ ނަޒަރުން އީން ދެކެ ލޯބިވެވުނު ފަދައިން އީން ގެ ރަށް ދެކެ ވެސް އަލްޔާން އަށް ގަޔާވެވުނެވެ. ތަނަވަސް އެ އެއާރޕޯރޓް ގެ އެރައިވަލްސް އަށް އަލްޔާން އަށް ވަދެވުނު އިރު މީހުން ކިޔޫ ހަދާފައި ލަގެޖް ނަގަން ތިއްބެވެ. ތަން ބޮޑުކަމުންނާއި މީހުން މަދުކަމުން އަލްޔާން އަށް މަޖާވިއެވެ. ނަގަން އިތުރު ލަގެޖެއް ނެތުމުން އެންމެ ފުރަތަމަ ބޭރަށް ނިކުތީ އަލްޔާން އެވެ. ވަގުތުގެ ގޮތުންވެސް ކަން ނޭގެއެވެ. މާގިނަ މީހުންނެއް ބޭރުގައި ނެތެވެ. “ކަލޯ ކޮބާ..ޓެކްސީއަށް ބޭނުމީ” އަލްޔާން ހަމަ ފެނުމާއެކު އެތާ ހުރި ދެވަންފުރައިގެ ފިރިހެނަކު އަހާލިއެވެ. އެމީހާ ވާހަކަ ދެއްކީ ރަށު ބަހުން ނަމަވެސް ބުނީ ކީކޭކަން އަލްޔާން އަށް އެނގޭ ވަރުވިއެވެ. އެހެންކަމުން ވަގުތުން ބޯ ޖަހާލާފައި އެމީހާ ފަހަތުން ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައި އޮތް ނޫކުލައިގެ އެ ޓެކްސީއަށް އެރުމާއެކު އެމީހާ ދުއްވާލިއެވެ.އަލްޔާން އަށް އާޝޯހުވެފައި ބަލާލެވުނީ ފެންނަމުން ދިޔަ ހިތްގައިމު މާހައުލަށެވެ.
މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ފެތިރޯނު ގަސްތަކުން މުޅި މަގަށްހެން ހިޔާ އެޅިފައިޥާއިރު ބިންމަތި ފެންނަނީ ހަމަ ފެހި ދޫލައެއްހެންނެވެ. ވަށައިގެން ފެންނަނީ ވިލުނޫ ކުލައިގެ މޫދެވެ. މަދުމަދުން ގެސްޓް ޝޮޕްތަކާ ތާރީޙީ އެކި އިމާރާތް ތައް ފެންނަމުން ދިޔައިރު އެކި ކަހަލަ މާގަސްތަށް ވެސް އެކި ހިސާބުން ފެންނަމުން ދިޔައެވެ.”ކޮބާ ކެހެއިސާބަކަށް އޭއްވީ” ޑްރައިވަރ އެހެން އަހާލުމުން މިފަހަރު އަލްޔާން އަށް އެ ބުނިއެއްޗެއް ސީދާ ނޭގުނެވެ. އެހެން ކަމުން ކުޑަކޮށް ކަރުކެހިލާފައި އަޅުގަނޑު އައްޑޫ އަށް މިއައީ އަލަށޭ ބުނެލިއެވެ. އެމީހާ ވަރަށް ހެވިލާފައި އެހެން ދޯ އޭ ކިޔާ ވާހަކަ ދައްކަންފެށިއެވެ. “ބޭބެ ހީކުރީ ރިސޯޓުގަ އުޅެފަ އައި ކުއްޖެއްކަމަށް..ކޮން ތަނަކަށް ގެންގޮސްދޭންވީ” މިފަހަރު އަލްޔާން އަށް އިނގޭހެން ޑްރައިވަރ ސުވާލު ކުރިކަމުގައިވިޔަަސް ދޭނެ ޖަވާބެއް ނޭގުނެވެ. އީން އުޅެނީ ކިހާ ހިސާބަކުކަމެއް ވެސް ނޭގެއެވެ. ފޯނަކަށްވެސް ނުގުޅެއެވެ އެ މީހާ ވާހަކަ ދެއްކި ގޮތް ގާތްކަމުން އަލްޔާން ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް އޭނާއަށް ކިޔާދިނެވެ. އައްޑޫ އަށް އައީ އީން ހޯދުމަށް ކަމާއިފޯނު ނިއްވާލައިފައިވާ ވާހަކައެވެ. އަދި އެއްވެސް މީހަކު ވެސް ނުވަތަ އެއްވެސް ތަނެއްވެސް ނޭގޭ ކަމެވެ. ދުއްވަމުން ދިޔަ ސްޕީޑް ކުޑަކޮށް މަޑުޖައްސާލާފައި އެމީހާ މަޑުމަޑުން ބޯކަހާލިއެވެ. ކޮއްކޯ..އައްޑޫ ގަ އޮންނަނީ ގުޅިފައި އޮންނަ މީހުން އުޅޭ ފަސް ރަށް. މިހާރު މި ތިބީ ގަމުގަ..މުޅި މިއަތޮޅުގެ އާބާދީ ތިރީސް ފަސް ހާހަށް ވުރެ ކުރީގައި..ކިތަށް އީން އުޅޭނެ..ހަމަ އުޅޭ ރަށެއް ވެސް ނޭގޭތަ” ނިކަން އޯގާތެރި ގޮތަކަށް ވާހަކަ ދައްކަމުން ކަރު އެލުވާލަމުން އެމީހާ އަހާލިއެވެ.” އާން. ހަނދާން ވެއްޖެ..ހިތަދޫ” ކުއްލިއަކަށް ހަނދާން ވުމުން އަލްޔާން ވަރަށް ހެވިލާފައި ބުންޏެވެ. “ހްމްމް..ތިވަރު ވިކަން ވެސް ވަރަށް ރަގަޅު. ހިތަދޫ އެއީ އެންމެ ކޮޅު..ބޭބެ ވެސް ހިތަދޫ..ދެން ތި ކުއްޖާ ފެނޭތޯ ބަލާނީ..ހިނގާ” ކާރުގައި ދަމުން ޑްރައިވަރު އަލްޔާން އަށް ހުރިހާ ތަނެއްހެން ކިޔާ ދިނެވެ. އިނގިރޭސިން ގަމުގައ މިލިޓަރީ ބޭސް އެއް ހަދައިގެން އުޅުނު ދުވަސްވަރު އަޅާފައި ހުރި އެކި އިމާރާތް ތަކާއި މަޝްހޫރު ބޮޑު ބަޑި ވެސް ފެނުނެވެ. އެތަންތަން ރީތި ކަމުން އަލްޔާން ފޯނުން ފޮޓޯވެސް ނެގިއެވެ.
ކުޑަކުއްޖެއްހެން ކާރުގެ ބިއްލޫރިގަޑު ތިރިކޮށްގެން ބޭރު ބަލަން އިން އަލްޔާން އަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް އިހްސާސް ވަމުން ދިޔައެވެ. ފަނަރަ ވަރަކަށް މިނެޓް ގެ ދަތުރަކަށްފަހު ހިތަދޫ އަށް އާދެވުނުވާހަކަ ޑްރައިވަރ ބުނުމުން ރަނގަޅު ގެސްޓް ހައުސް އަކަށް ގެންގޮސް ދިނުމަށް އަލްޔާން އެދުނެވެ. ޑްރައިވަރު އާއެކޭ ބުނެ ގޮސް މަޑުކޮއްލީ ޕެބްލްސް އިން ކިޔާ ގެސްޓް ހައުސް އަށެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ހުދުކުލައިގެ އެ ބޮޑު އިމާރާތް ފެނުމުން އަލްޔާން ހައިރާންވިއެވެ. މާލެ ނޫނަސް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސަޅި ތަންތަން ހުރެޔޭ ހިތަށް އެރިއެވެ. ޑްރައިވަރު އޭނާގެ ނަމާއި ފޯން ނަންބަރު ވެސް އަލްޔާން އަށް ދިނެވެ. އަދި އެހިސާބު ކައިރީގައި ތިބޭ ރަނގަޅު ރެސްޓޯރެންޓް ތައް ހުންނަ ހިސާބާއި ދާންވީ ގޮތްވެސް ކިޔާދިނެވެ. އީން އަޝްރަފް ކިޔާ ކުއްޖަކު ފެނޭތޯ ބަލާނެ ކަމަށާއި ފެނިއްޖެ ނަމަ ހަބަރު ވާނެ ކަމަށް ބުނެ ދިޔައެވެ. އަލްޔާން ވެސް އެ ބޭބެގެ ހިތްހެޔޮކަމާއި ރަނގަޅުކަމުން ޝުކުރު އަދާ ކުރިއެވެ.
ކޮޓަރިއަށް ގޮސް ފްރެޝް ވެލައިގެން ނިކުމެ “ސޭފްލީ އެރައިވްޑް” އޭ ބުނެ އީތަން އަށް މެސެޖް ކުރުމަށް ފަހު އަލްޔާން ނިކުތީ ބޭރަށެވެ. އެ ގެސްޓް ހައުސް އިން ޕްރައިވެޓް ކާރު، ސައިކަލް އަދި ބައިސްކަލް ވެސް ކަސްޓަމަރުންގެ ރިކްއެސްޓަށް ފޯރު ކޮށްދޭ ކަން އެގުމުން އަލްޔާން އުފާވިއެވެ. އެހެންް ކަމުން ބަނޑުހައިވެފައިވެސް ހުރުމާ އެކީ ސައިކަލެއް ގައި ފުރަތަމަ ނައްޓާލީ ޑްރައިވަރ ބުނި ގޮތަށް އެހިސާބުގައި ހުންނަ މަޝްހޫރު ސްވާދީވް ކެފޭ އަށް ސައިބޯންށެވެ. ރެސްޓޯރެންޓް ގެ މެދުގައި ބޮޑު މަސް ފެންގަނޑެއް ހަދާފައިވީ އެތަނުގެ ޑިޒައިން އާ މާހައުލާ ހިދްމަތް ވެސް އަލްޔާން އަށް ވަރަށް ކަމު ދިޔައެވެ. މަގާ ކައިރިއަށް ވީފަޅިގައި އިން މޭޒުގައި އިން އަލްޔާންެ ކޮފީތަށިން ކޯވަރެއް ދަމާލިތަނާހެން ކޮށި އަރައި ކެއްސައިގަތީ ރަތްކުލައިގެ މޫވް ސައިކަލެއް ދުއްވާފައި ދިޔަ އަންހެން ކުއްޖާ ފެނުމުންނެވެ… އެއީ ހަމަ އީންއެވެ. އަލްޔާން އަކަށް ނޯޅޭނެއެވެ. އަވަސް އަވަހަށް ވޮލެޓުން 500ރ ނަގައި މޭޒުމަތީ ބާއްވަމުން “ކީޕް ދި ޗޭންޖް” އޭ ބުނެ އަލްޔާން ބޭރަށް ނިކުންނަން ދުއްވައިގަތެވެ.
ފުދޭވަރެއްގެ ސްޕީޑް ގައި ދުއްވާފައި ދިޔަ އީން ގެ ފަހަތުން އަލްޔާން މަޑުމަޑުން ދިޔައީ ކުއްލިއަކަށް އަލްޔާން ފެނި އީން އަށް ކަމެއް ވެދާނެތީ ވިސްނާފައެވެ. ބަނދަރު ސަރަހައްދުން ދުއްވާފައި ގޮސް އީން މަޑުކުރީ ސްވިމިން ޓްރެކް އާ ހިސާބުގައެވެ. ކުޑަ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި އަލްޔާން މަޑުކޮށްލީ އެ ހިސާބުގައި މީހުންވެސް ގިނަކަމުންނެވެ. އިރުކޮޅެއްވީ ފަހުން ގާތްގަޑަކަށް 12 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ދުވަމުން އައިސް އީން އަތަށް ދަބަސް ދިއްކޮށްލަމުން ސައިކަލު ފަހަތަށް އެރިއެވެ. އެވާނީ އީން ގެ ކޮއްކޮ އާދީ ކަމަށް އަލްޔާން އަށް ޔަގީންވީ މީގެ ކުރިން އީން ކޮއްކޮ ގެ ވާހަކަ އަލްޔާން ކައިރީ ދައްކާފައިވާތީއެވެ.
ސައިކަލުގައި ނައްޓާލި އީން އަށް ކުއްލިއަކަށް ބުުރަކި ހިފާލެވުނީ ދާދި ކައިރީގައި ހުރި އަލްޔާން ފެނުމުންނެވެ.”އަ..އަލްޔާން” އެއީ ހީވި ގޮތެއް ކަމަށް ހީކޮށް ދުރަށް ބަލާލާފައި އަނެއްކާވެސް އީން އެދިމާލަށް ބަލާލިއެވެ. އެއީ ހަމަ އަލްޔާންއެވެ.އަސްލުވެސް އަލްޔާން އެހެރީ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ރަށުގައެވެ. އީން އަށް ގަބޫލް ކުރަންވެސް ދަތިވިއެވެ. ފަހަރެއްގައިވެސް އޭނަ ފަހަތުން އަލްޔާން ރަށަށް އައިސްދާނެކަމަށް ހިތަކަށްވެސް ނާރައެވެ.ކަޅުކުލައިގެ ޖީންސަކާ އެކު ޑެނިމް ސްލިމްފިޓް ގަމީހެއްލާފައި ވީއިރު އަތުކުރިވަނީ އުޅަބޮއްޓާ ހަމައަށް އޮޅާލާފައެވެ.ލޮލުގައި އަޅައިގެން ހުރި އަވިއައިނު ގަމީހުގައި އަޅުވާލައިފައި ވީއިރު ސްމާރޓް ކަމުން އަންހެން ކުދިންގެ ހިތްތަށް ކަތިލެވޭހާ ވެއެވެ. އަސަރުން ފުރިގެންވީ ނަޒަރަކުން އަލްޔާން ބަލަހައްޓައިގެން ހުރިއިރު ގަދަ މުށިކުލައިގެ އެ ލޮލުގައި އެތައް ހާސް ޝަކުވާއެއް ވިއެވެ. ކުއްލިއަކަށް އަލްޔާން ފެނުމުން އީން ގެ ހިތުގެ ވިންދު އަވަސް ވިއެވެ. ހިތުގެ އެންމެ އަޑިން އުފާވެސް ވިއެވެ. އެކަމަކު އެ ދެލޮލަށް ބަލާލުމުން ކުރެވުނު ކުށްވެރި އިހްސާސާ އެކު އިސްޖަހާލަމުން ސައިކަލު ދުއްވާލަން އުޅުނެވެ. އެހެނަސް ހުށިއާރު ކަމާއެކީ އަލްޔާން ސައިކަލުގެ މުއްގަނޑުގައި ހިފާލިއެވެ.
“ކީއްވެގެންތަ އީން ތިހެން ތި ހަދަނީ؟” އަލްޔާން ފުރަތަމަ ވެސް ކޮއްލި ސުވާލުން އީން ގެ ހިތް ފިނިވިއެވެ. އަލްޔާން އަށް މިގޮތަށް ވަކިވާން އީން އަށް މަޖްބޫރު ވީކަމުގައިވެސް ބުނާނީ ފަހެ ކިހިނަކުންހެއްޔެވެ.އެއްކޮޅުން ލޯބިވާ އާއިލާއެވެ. އަނެއްކޮޅުން އަލްޔާން ގެ ލޯތްބެވެ.” އަހަންނަށް ޖަވާބު ނުދެނީހެއް އީން އަށް މިތަނަކުން ނުދެވޭނެ..ކަނޑު ހުރަސް ކޮށް ދަތުރުކޮށް އީން ފަހަތުން އަހަރެން މިއަައީ އީން ތިގޮތަށް ކަންތަށް ކުރާ ސަބަބު އިނގެން ބޭނުންވާތީ!” އަލްޔާން ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ.”އަލްޔާން ޕްލީޒް އާދީ އިޒް އޯލްސޯ ހިއަރ..”އީން އެހެން ބުނުމުން އަލްޔާން ބަލާލިއެވެ. އީން ގެ ފަހަތުގައި އިން އިރު އާދީ ދެލޯބޮޑުކޮށްލައިގެން ބަލަން އިންގޮތުން އަލްޔާން އަވަހަށް ސައިކަލުން ދޫކޮށްލިއެވެ. ތަންވަޅުބަލާ އީން އަވަސް އަވަހަށް ދުއްވާލިއެވެ. އާދީ ފަސްއެނބުރި ވެސް އަލްޔާން އާ ދިމާލަށް ބެލިއެވެ. އަލްޔާން ވެސް އަވަސް އަވަހަށް ގޮސް ސައިކަލަށް އަރާ އީން ފަހަތުން ދިޔައެވެ. “ވާއު..ދޮންތީ..އެއީ އަސްލުވެސް ހަމަ އެޑްވާރޑް ތަ؟..ހާދަ ވައްތަރޭ” އާދީ ހައިރާންވެފައި ހުރެ އީން ކުރެން އަހާލިއެވެ. “ހޫން..ކޮން އެޑްވާރޑެއް ދޮންތައަކަށް ނޭނގޭ..އަދި ބުނަން މަންމަ ކައިރީ އެކައްޗެކޭވެސް ނުކިޔާތި” އަލްޔާން ފަހަތުން އަޅުވާލައިގެން އަންނަކަން އެނގި އީން ހުރީ އުނދަގޫވެފައެވެ. “އޯހް..މަންމަ ކައިރީ ނުބުނެވޭވަރު ވާހަކަ އެއް ދޯ އެއީ..އެހެން ވެއްޖިއްޔާ ފޯނު ދޭންވާނެ ގޭމް ކުޅެން” އީން އަވަސް އަވަހަށް އޯކޭ އޭ ބުނެލީ މަންމަ އަށް އަލްޔާން އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އިނގެން ބޭނުން ނުވާތީއެވެ.
އީން ގޮސް ގެއަށް ވަންއިރު ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން އަލްޔާން ހުއްޓެވެ. އަލްޔާން ހުންނާނެކަން އިނގޭތީ އީން ފަސްއެނބުރި ބަލާވެސް ނުލައި ވަދެގެން ދިޔައެވެ. އެތައް އިރެއް ވާންދެން އަލްޔާން އެތާގައި ހުރި އިރު އީން ގެ ހިލަމެއްވެސް ނުވެއެވެ. ނުވިތާކަށް އިތުރު މީހަކުވެސް އެގެއަށް ވަދެ ނިކުމެ އެއް ނަހަދައެވެ. ދޮރުއަށިލާފައި ހުރި ކަމުން ގޭގެ އެތެރެވެސް ނުފެނެއެވެ. އީން ކަންތަށް ކުރި ގޮތުން އަލްޔާން ދެރަވެ ހިތުގައި ޖެހި މާޔޫސް ވިއެވެ. މިހާ ދުރަށް ނުވެސް ދަންނަ ތަނަކަށް އީން ފަހަތުން އައުމުންވެސް އީން ގެ ހިތަށް އެއްވެސް އެއްޗެކޭ ނޭރިއެވެ.ހަވީރު ވަންދެން އެހިސާބުގައި ދުއްވަ ދުއްވާފައި އުޅުމަށް ފަހު އަލްޔާން ދިޔައީ ގެސްޓް ހައުސް އަށެވެ. އެތާ ކުރިމަތީ އަތިރި ފަރާތުގައި ހުރި ކަޑާ ތަކާ ދިމާލުގައި ޖޯލިފަތީގައި ޖައްސާލީ ވަރުބަލިވެސް ވެފައި ހުރުމުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އެހިސާބުގައި ފުދޭވަރަކަށް މީހުން ތިބި އިރު ތަންކޮޅެއް ދުރުގައި ޒުވާން ކުދިން ކޮޅެއް ގިޓާ ހިފައިގެން ކުޅެން ތިއްބެވެ. އަލްޔާން އެކުދީންނަށް ބަލާލި ވަގުތު އެތަނުން އެއް ކުއްއަޖަކަށް އަލްޔާން އެނގި އަވަސް އަވަހަށް ކައިރިއަށް އައެވެ.”ޖެޒް އެންޑް ބްލޫސް ގެ ސިންގަރ އަލްޔާން ދޯ؟” އަލްޔާން ބޯ ޖަހާލުމާއެކު އެކުއްޖާ އުފާވެލާފައި ސަލާމް ކޮށްލިއެވެ. އަދި ބޭންޑް ފޮލޯ ކުރާކަމަށާއި އޭނާ އަކީ ވަރަށް ބޮޑު ފޭނެއް ކަމަށް ވެސް ބުންޏެވެ.އަލްޔާން ހައިރާންވެ އުފާވެސް ވިއެވެ. އޭނާ އަށް ނޭގުނަސް ރާއްޖޭގައި އޭނާގެ ފޭނުން އަދިވެސް ތިބޭނެތާއޭ ހިތަށް އެރިއެވެ. އެކުއްޖާ ކުޅެން އިން ގިޓާ އަލްޔާން އަތަށް ދީފައި ލަވައެއް ކިޔައި ދިނުމަށް އެދުނެވެ. އަލްޔާން މަޑު މިއުޒިކެއް ކުޅެމުން ކުރީގެ ޝޯއެއްގައި އޭނާ ކިޔާފައިވާ ލަވައެއްގެ ތަންކޮޅެއް ޖައްސާލިއެވެ.
މާޔޫސް ވީމާ މޫނުން އިނގޭނީ…
ދީވާނަ ވާކަން އިންސާނުން އިނގޭނީ..
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ..ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ…
ތިޔަދޭ އަނިޔާ އަށް މާފުކޮށްފީމޭ، ހާލު އެންގޭތޯ ހާމަ ކޮށްފީމޭ..
ކޮން އިރަކުން ބާއޭ ބައްދަލް ވެވޭނީ..މައެދޭ ސުވާލުގެ ޖަވާބެއް ލިބޭނީ…
ލޯމަރާލައިގެން އިނދެ އަސަރާއެކު އަލްޔާން ކިޔަމުން ދިޔަ ލަވަ އެކުއްޖާ ދިޔައީ ފޭސްބުކް ގައި ލައިވް ކުރަމުންނެވެ. ހަގީގަތުގައިވެސް އެލަވައިގައި ބުނާ ކޮންމެ ލަފްޒެއް އެއީހަމަ އަލްޔާން ގެ ހިތުގެ އަޑެވެ.މުޅި އުމުރަށް އީން ގެ ލޯތްބަތް އިންތިޒާރު ކުރަން ޖެހުނަސް އޭނާ ކުރާނެއެވެ. އެހެނަސް މިވަގުތަށް ހިތުގައި ޖަވާބު ބޭނުންވާ އެތަކެއް ސުވާލު އެބަހުއްޓެވެ..އީން ގެ ހަނދާންތަށް މާބޮޑަށް އާވެ ހިތް ނުތަނަވަސް ވާން ފެށުމާއެކު އަލްޔާން އަވަހަށް އެތަނުން ދިޔައެވެ.
ގޭމް ކުޅެން ފޯން ހޯދިގޮތަށް ފޭސްބުކް ހާވަން އިން އާދީ އަށް އޭނާގެ ފްރެންޑަކު ޝެއާކުރި އަލްޔާން ގެ ވީޑިއޯ ފެނުމާއެކު ދޮންތާ އޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެތައް ބައެއްގެ ކޮމެންޓްސް އާއި ލައިކްސް އިން އެ ވީޑިއޯ ފެނުމުން އީން ގެ ލޯ ފެންކަޅިވިއެވެ. ފޯން ހޯދައިގެން ކޮޓަރިއަށް ވަދެ ތަޅުލައިގެން އިނދެ ރޯންފެށިއެވެ. އަލްޔާން ގެ މިލާމޯޅި ވެފައިވާ މޫނު ފެނުމުން ހަމަ ރޮވެނީ އެވެ. އިރުކޮޅެއްނުވެ އެ ވީޑިއޯ ޝެއާ ކުރި ކުއްޖާ އަލްޔާން ކުރިން ޝޯއެއްގައި ކިޔާފައިވީ އެލަވައިގެ އޮރިޖިނަލް ވެސް އަޕްލޯޑް ކުރިއެވެ.އީން އެ ލަވަ ވެސް ބެލިއެވެ. އޭރު އަލްޔާން ފެންނަ ގޮތް ވެސް ވަރަށް ތަފާތެވެ. އިސްތަށިގަނޑު ހުރީ ތަންކޮޅެއް ދިގުކޮށްލާފައެވެ. އަލްޔާން ކިތަންމެ ތަފާތަކަސް ހިތްތަކާ ކުޅެލާފަދަ އެ އަޑުން އެލަވައިގައި ކިޔަމުން ދިޔަ ބައިތު އަޑުއިވި އީން ގެ ހިތަށް އުނދަގޫވަމުން ދިޔައެވެ.
ކަރުނަ ފޮހެލާފާ ސިއްރުކޮށްލުންހޭ…
ނޫނީ މޮޅުވާނީ ހިއްސާކޮށްލުންހޭ….
އޭރުން ވޭނީ ފަރުދާ ކެހޭނީ..މޭގެ ރިހުމާ ހަގީގަތް އިނގޭނީ….
އަލްޔާން ދެކެ އިންތިހާ އަށް ލޯބިވާއިރުވެސް ދުރަށް ދާން ނިންމީ ޒިން ދިން އިންޒާރުތަކުގެ ސަބަބުން ކަން ހަމަ މިވަގުތު ގުޅާފައި ބުނެފާނަމޭ ވެސް ހިތަށް އެރިއެވެ. ހަގީގަތް ހާމަ ކުރަން ކިތަންމެހާވެސް ބޭނުމެވެ އެކަމަކު ފަސްޖެހެނީއެވެ.ޒިން އަސްލުވެސް އޭނަ ބުނި ފަދަ ކަމެއްކޮށްފާނެ ތީއެވެ. އަނެއްކޮޅުން އީން ކުރާހާ ކަންތައް އޭނައަށް އިނގޭނީ އެއީ އަސްލުވެސް ނުރައްކާތެރި މީހަކަށް ވުމުން ކަން އީން ޔަގީން ކުރެއެވެ.
*****
އިރުއޮއްސި 7 ޖެހުމާ ގާތްވަމުން ދިޔައިރު އަނެއްކާވެސް އަލްޔާން އީން މެން ގޭ ހިސާބުގައި ދުއްވަން ފެށިއެވެ. މީހެއްގެ ހިލަމެއް ނުވުމުން އެންމެ ފަހުން އެގެއަށް ވަދެ ސަލާމް ގޮވާލިއެވެ. މެދު އުމުރުގެ އަންހެނަކު ސަލާމް ބަލައިގަންނަމުން ނިކުތެވެ. އެމީހާ ހަމަފެނުމާއެކު އެއީ އީން ގެ މަންމަ ކަން އަލްޔާން އަށް އެނގުނީ އީން އާ ވައްތަރު ކަމުންނެވެ.
“އަޅުގަނޑުގެ ނަމަކީ އަލްޔާން..އީން ގެ ކޮލެޖް ރައްޓިއްސެއް..ފޯނުން ނުގުޅޭތީ ބައްދަލު ވޭތޯ މިއައީ” އަލްޔާން ވަރަށް އަދަބުވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އީން ގެ މަންމަ އަމީނާ ހިނިތުންވެލާފައި އަލްޔާން ކައިރީ އިށީންނަން ބުނެ އެތެރެއަށް ވަނެވެ. “ދަރިފުޅާ..ކީއްވެ ރައްޓެހިން ގުޅީމަ ފޯން ނުނަގަނީ..އަލްޔާން ކިޔާ ކުއްޖެއް އެބަހުރި އައިސް ބައްދަލް ކުރަން” އަލްޔާން ގެ ނަން އަޑުއިވުމާއެކު ބަދިގޭގައި ކާން ހަދަން ހުރި އީން ހިފައިގެން ހުރި ބިއްލޫރިތަށި އަތުން ދޫވެ ބިންމައްޗަށް ވެއްޓި ތެޅުނެވެ.” ދަރިފުޅާ…ތަންކޮޅެއް ބަލައިގެން” އަމީނާ އަވަހަށް އުޅެގަތީ އެތަން ސާފު ކުރުމަށެވެ.
އަލްޔާން އެންމެ ފަހުން މިގެއަށް ވެސް އައީއެވެ. އީން ގެ ފަރާތުން ޖަވާބު ނުހޯދާ އަލްޔާން ހުއްޓާނުލާނެކަން އީން އަށް ވަރަށް ރަނގަޅަށް އިގެއެވެ. ކިރިޔާ ވެސް އީން ގެ ހިތުގައިވާ އިހްސާސް ތައް އަލްޔާން އަށް އެނގިއްޖެ ނަމަ ވަކިވާން ޖެހުނު ސަބަބު ހޯދަން ކޮންމެފަދަ ކަމެއް ކުރަން ވެސް އަލްޔާން ޖެހިލުމެއްނުވާނެ ކަން ޔަގީނެވެ. އޭރުން ޒިން އަށް އެކަން އެނގި އޭނާގެ އާއިލާ އަށް ގެއްލުން ދޭނެއެވެ. އެހެން ހިތަށް އެރުމާއެކު އީން ގެ މޭގަނޑު ރޫރޫ އަޅާއިގަތެވެ. ދެން އޮތީ ހަމަ އެންމެ ގޮތެކެވެ. އީން ގެ ހިތުގައި އަލްޔާން އަށް ޓަކައި އެއްވެސް އިހްސާސެއް ނުވާކަން އަލްޔާން ކުރިމަތީގައި ބުނެ ޔަގީން ކޮށްދޭންވީއެވެ. އޭރުން ފަހަރުގައި ރުޅި އައިސްގެން ވިޔަސް ގޮސްދާނެއެވެ. ލޯ މަރާލުމަށްފަހު ފުން ނޭވާ އެއްލަމުން އީން ބޭރަށް ނިކުތެވެ.
ސޯފާގައި އިށީދެލައިގެން އިން އަލްޔާން ފެނުމާއެކު އީން ލޯ އަޅާލަމުން މޫނު ހަދާލިއެވެ. އީން އެދިޔަ ގޮތަށް ގޮސް އަލްޔާން ގެ އަތުގައި ހިފައިގެން ނިކަން ބާރަށް ހިނގާފައި ގޯތި ތެރެއަށް ނިކުމެ ބަގީޗާ ގަސްތަކާދިމާލުގައި ހުރި ޖޯލި ފައްޗާ ދިމާލަށް ގެންދިޔައެވެ. ގިނަ ގަސްތައް ހުރުމުން އެހިސާބު އަނދިރި ނަމަވެސް ބޭރުގައި ދިއްލާފައި ހުރި ބޮކީގެ ސަބަބުން ފަނޑު އަލިކަމެއް ވިއެވެ. އީން އެހިސާބަށް ގޮސް އަލްޔާން ގެ އަތުން ދޫކޮށްލާފައި އަލްޔާން އަށް ފުރަގަސް ދީގެން ހުއްޓި ނިކަން ޒާތަކަށް ހަށަން ބަނދެލިއެވެ. “ކިހާ ދެރަކަމެއް..މިހާރު ހަމަ ގެއާ ހަމައަށް ވެސް އައީ..ނުލާހިކު ރީއްޗަށް ދިވެހި ބަހުން މި ބުނަނީ އަހަރެން އަލްޔާން އަކާ ރައްޓެހި ވާކަށް ބޭނުމެއް ނުވެޔޭ…ލޯތްބެއް ނުވެޔޭ.ދެން ކޮން އިތުރު އެކްސްޕެލެނޭޝަން އެއް ބޭނުންވެގެން ތި އުޅެނީ!” ނިކަން ރުޅިއައިސް ކަމަށް ހެދިގެން އީން ވާހަކަ ދައްކަމުން ދިޔައިރު އޭނާ ގެ ނިކަމެތި ހިތް ބާރަށް ރޮމުން ދިޔައެވެ. އީން ވާހަކަ ދެއްކި ހަރުކަށި ރާގުން އަލްޔާން ގެ ހިތް ކުދިކުދިވިއެވެ. އެހެނަސް އެކަން ގަބޫލް ކުރަން ބޭނުން ނުވިއެވެ.
“އެހެން ވީއިރު މިއޮތް ހުރިހާ ދުވަހު ތިހެން ނުބުނީ ކީއްވެ..އަހަރެން ލޯބިވެއޭ ބުނާ ކޮންމެ ފަހަރަކު ލަދުން އިސްޖަހާލަނީ ކީއްވެ؟ އަތް ޒަހަމް ވި ރޭ އެހާކަންބޮޑުވެ ދެރަވީ ކީއްވެ؟ އެރޭ އަހަރެންގެ މީހަކަށް ވާށޭ ބުނީމަ އެހާލޯބިން ހިނތުންވެލީ ކީއްވެ؟ އީން ގެ ދެލޮލުން އަހަންނަށް ލޯބިފެނޭ..ދުލުން ނުބުންޏަސް ލޯބިވާކަން އިނގޭ..އެކްސްޕްލެއިން ކޮށްދޭންވީ ކުއްލިއަކަށް މެސެޖް ކޮއްފަ އަހަންނަށް ފިލައިގެން ރަށަށް އައި ސަބަބު..” އީން ގެ އަތުގައި ހިފާ އަލްޔާން އާ ދިމާލަށް އަނބުރާލުމަށްފަހު ހަރުކަށި ރާގެއްގައި އަލްޔާންވެސް އެ ހިތުގައިވީ ހުރިހާ އުދާސް ތައް ބޭރުކުރިއެވެ. އަލްޔާން ގެ ވާހަކަ ތަކަކީ ދެތު ހަގީގަތް ކަން އިނގޭހާލު ވެސް އީން އަލްޔާން ގެ އަތް ފޮޅުވާލަމުން ދުރަށް ޖެހުނެވެ. “އޯހް ކަމޯން އަލްޔާން..ބީ ޕްރެކްޓިކަލް..އަހަންނަކީ ނާރސިން ސްޓޫޑެންޓެއް..މީހަކު އަތުން އެހާ ބްލީޑް ވާ ތަން ފެނުނީމަ ކަންބޮޑުވާނެ ދޯ! ދެޓް ޑަސަންޓް މީން އައި ލަވް ޔޫ.. ދެން މީނީ އަހަރެންގެ ދެލޯ..ބަލާބަލަ ފެންނާނީ ކަޅުކުލައިގެ ދެކަޅި…ކޮން ލޯތްބެތް ފެންނަ ވާހަކަ ތިކިޔަނީ..އަހަރެން ހިނިތުން ވަނީ ފްރެންޑެއްގެ ގޮތުގަ ދެކެވުނީތީ..އަލްޔާން އަށް އެކަމުން ނުބައި މާނައެއް ނެގުނީމަ އަހަރެން ކީއްތަ ކުރާނީ..އެހެންވެ ބުނީ ފޮގިވް މީ އެންޑް ފޮގެޓް މީއޭ!” އީން ގެ ތޫނު ބަސްތައް ކަށިތަކެއްހެން އަލްޔާން ގެ ހިތަށް ހެރެމުން ދިޔައިރު އެ ހިތުގެ ޒަޚަމް ތަކުގެ ނިޝާނެއްގެ ގޮތުން ދެލޮލުން ކަރުނަ ފޭބީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެލާފައި އަލްޔާން ނިކަން ބާރަށް އީން ގެ ދެކޮނޑުގައި ހިފާ ފަހަތަށް ގެންގޮސް ކައިރީގައި ހުރި ފާރުގައި ޖައްސާ ވައިރޯޅިއަކަށް ވެސް ނުވަދެވޭހާ ކައިރިއަށް ޖެހިލިއެވެ.
“ފޮގިމް މީއޭ ދޯ ބުނީ…ވިހަގަދަ ބަސްތަކުން އަހަރެންގެ ހިތަށް ތިދޭ އަނިޔާ އަށް މާފުކޮށްފާނަން އެވެސް އިންތިހާ އަށް އީންދެކެ ލޯބިވާތީ…އެކަމަކު ފޮގެޓް. ނޯ ވޭ..އަހަރެން އީން މަތީން ހަނދާން ނައްތާލުން އެއީ ވާނެ ކަމެއް ނޫން..އަދި އީން އަހަރެން މަތީން ހަނދާން ނައްތާލުން ހަމަހިލާ އެހެން ވިޔަކަ އަހަރެން ނުދޭނަން” ހިތަށް ކޮށްފައިވީ އަސަރާއެކު ލަސްލަހުން ވަކިވަކީން ކޮންމެ ލަފްޒަކަށް ބާރު ލަމުން އަލްޔާން ބުނެލިއެވެ. އެ ބަސްތައް އީން ގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައިރު އަލްޔާން ގެ އެ ކުއްލި ހަރަކާތުން އީން ގެ ހިތް ހީވަނީ ފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. އެ ހިތުގެ ތެޅުން ބޭރަށް އަޑު ވެސް އިވޭނެ ކަން ގައިމެވެ. ނުވިތާކަށް އަލްޔާން ގެ ގައިން އަބަދުވެސް ދުވާ އެ ހިތްދަމައިގަންނަ ފަދަ މީރު ފިރިހެން ސެންޓް ވަހުން އީން ގެ އިހްތިޔާރަކާ ނުލާ އިސް މައްޗައް އުފުލާލަމުން އަސަރުން ފުރިގެންވީ ނަޒަރަކުން އަލްޔާން ގެ ދެލޮލަށް ބަލާލެވުނެވެ.
އިސްކޮޅުން ދިގުވުމުން ތަންކޮޅެއް ބޯތިރި ކޮށްލައިގެން ހުރެ އަލްޔާން ވެސް އީން އާ ހަތަރުކަޅި ހަމަކޮށްލިއެވެ.”ނައު ސޭ އިޓް..ބުނެބަލަ މިހާރު އަހަރެން ދެކެ ލޯތްބެއް ނުވެޔޭ..ބުނެބަލަ އަހަންނަށް މި އިވޭ އަޑަކީ އީން ގެ ހިތް އަހަރެންެ ލޯތްބަށް އެދި ތެޅިފޮޅޭ އަޑެއް ނޫނޭ” އަލްޔާން ނިކަން މަޑުމަޑުން ބުނެލި އެ ޖުމްލައިން އީން އަށް ނޭވާ ހިފަހައްޓާލެވުނެވެ.ހައްތަހާވެސް އެ ހިތުގެ ތެޅުން މަޑުވޭތޯއެވެ.އެހެނަސް އެ ހިތް އަލްޔާން ގެ ލޯބީގައި އަރަގު ވަމުން ދިޔައިރު ލޯބިނުވެޔޭ ދުލުން ބުނާނީ ވެސް ކިިިިިހިނެތް ހެއްޔެވެ.މިއީ ކޮންފަދަ މަޖްބޫރީ އެއް ހެއްޔެވެ. “ބުނެބަލަ..” އަލްޔާން ތަކުރާރުކޮށް އެހެން ބުނުމުން އީން ހިތްވަރު ގަދަކުރަން މަސައްކަތް ކުރިއެވެ. “ހިތް ތެޅެނީ..އެ..އީ ޓެކީކާޑިއާ..ވީމަ..އަަ..އަހަ.ރެން އަލް..ޔާން ދެކެ ލޯ..ލޯތްބެއް ނު..ނު..”އީން ގެ ކަރުބުޑުގައި ބަސްތަށް ތާށިވަމުން ދިޔައެވެ. އުޅެ އުޅެވެސް އެ ބަސް ދުލުން ބޭރުކުރެވޭ ގޮތެއް ނުވިއެވެ.އީން އަށް ކުރަމުން ދިޔަ އަސަރު ބަލަން ކަޅިވެސް ޖަހާނުލާ އަލްޔާން ހުރިގޮތުން އީން ގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ. ތެޅެމުން ދިޔަ އަލްޔާން ގެ ހިތްވެސް ހަމަޖެހި މަޑުޖެހިލީ އީން އަށް އެ ލަފްޒް ނުބުނެވުމުންނެވެ. އަލްޔާން މަޑުމަޑުން ޝަހާދަތް އިނގިލިން އީން ގެ ކޯތާފަތުން އޮހޮރެމުން ދިޔަ ކަރުނަ ފޮހެލަމުން ޖަޒުބާތުން ފުރިގެންވީ އަޑަކުން “އައި ލަވް ޔޫ” އޭ ބުނެލިއެވެ. އީން އަށް ގިސްލެވެން ފެށިއެވެ. ދެން އިތުރަށް ކެތް ނުކުރެވޭނެ ކަން އެނގުމުން “ޓު ހެލް ވިތް ޔޫ ޒިން” އޭ އީން ގެ ހިތަށް އެރިއެވެ.އެއާއެކު އަލްޔާން އާ ދުރުވުމަށް ފާރަށް ތަތްވެގެން ހުރި އީން ރޮމުން އަލްޔާން ގެ ތަނަވަސް މޭމަތީ މޫނު ޖައްސަމުން ނިކަން ބާރަށް އަލްޔާން ގެ ގައިގައި ބައްދާލިއެވެ. “ލޯބިވޭ އަލްޔާން..ވަރަށް ވަރަށް ލޯބިވޭ..އައޭމް ސޮރީ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




Me first dhw.
V nice mi part vx♥️♥️. Emme interest vi hisaabun thioh nimmaaly. ? Whn next part???
Wooww???.. V v v Reethi mi part ves.. Can’t wait to the next part
Thanx shau.. Thankolheh avas kohdeveytho balanan ingey
Woww.. hama speechless… next part miah vureh dhigu kohlaane kamah unnmeedhu kuran… keep up the hard work buddy…❤????
Thanks maii?
Woowwee… One of my fav stories.. Loved it.. Next part when??????????
Thanx for the lovely comment dear.. Sun ga insha allah
Vrhhhh salhi…loved it???❤❤❤❤?❤???????
Vrh salhi… Keep it up❤❤??❤?❤???
Thanks ☺️???
Omg please next part v avahah up kohdhy pls pls pls pls pls pls pls ❤️❤️❤️❤️❤️
Khaleesi? Insha allah sunday ga up vaane
Wooooow mi part vx v v v salhi…..maasha allah..whn next….kyp up the gud work dear…luv yahh
Ow.. Hudher darlings.. Wait kurevey always for ur comment. Notice kurevey hama ur one of the most sincere reader of my story??❤️❤️ thanks and much love
You made me cryyyyy… Up sooon varah varah varajhhhh reethi ❤️
Hey asluves tha? maa bodah emotional kurevuny dhw. Sorrrry, insha allah avahah upkohdeynan
u made me cryyy..alhey so touching…avahah aneh part up kohdhehcheyy..vv curious
thanks maya..submit mi kury hama. u ll get to read soon. hpe u ll not cry this time
Alheyeyyy anjal mivpart ves vrh reethi plxx aneh paat avahah up kohdhyybaa …. curiosly waiting ??????????love this stryy ???????keep it up ❤❤❤❤????
thanks maii..already send dear.next part ves reethi vaane kamah ummeed kuran