“ނޮޕް. އަންފޯޗުނޭޓްލީ ހީ އިޒް ނޮޓްއަ ފުޓްބޯލް ޕްލޭޔާ” މާނީވެސް ދޮގު ހެދިއެވެ. އާރާޝް ވަގުތުން ކުށޮއެރިއެވެ. އަނަގައިގައި ހުރި ކޯކުތައްވެސް އަހުސަމް ގަޔަށް ބުރައިގެން ދިޔައެވެ. “ވަޓް ދަ ހެލް” ދެއަތް މައްޗަށް ނަަގައިގެން ހުރެ އަހުސަމް ބުންޏެވެ. އޭނާ ލައިގެން ހުރީ މަޑުފެހިކުލައިގެ ގަމީހެއް ކަމުން ކޯކް ޖެހިފައި ހުރިތަންތަން ވަރަށް ރީއްޗަށް އެނގެން ހުއްޓެވެ. “އަނހާ އާރާޝް ކިހިނެއްތިހެދީ؟” މާއިޒްވެސް ހުރީ މޫނަށް ވައްތަރެއް ޖައްސައިގެންނެވެ. އާރާޝް ކަމެއް ނުވާކަމަށް ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ. އާރާޝްގެ ހިތަށް ތޫނު ވަޅިއެއް ހަރާލިއަސް އެހާ ތަދުނުވާނެކަން ޔަގީނެވެ. އާރާޝަށް ވީ ކިހިނެއްކަން އަހުސަމަށް ރަނގަޅަށްވެސް އެނގުނެވެ.
“ހޫން ދެން ބުނެބަ. މާނީގެ ބޯއި ހުންނަނީ ކިހިނެކޯ؟” މާއިޒް މާނީއާ ދިމާއަށް އެއްލޯމަރާލިއެވެ. “އެއީ ވަރަށް ރީތި ކުއްޖެއް ނުންނުއަށް މިހާތަނަށް ފެނުނު އެންމެ ރީތި ކުއްޖާ. އެކުއްޖާގެ ނަން ފެށޭނީ އެޗް އަކުރުން. މިވަރަށް ކިޔާދެވޭނީ އޯކޭނު؟” މާނީ އެހެން ބުނުމުން އެންމެން ވިސްނަން ފެށިއެވެ. ހާއަކުން ފެށޭ އެމީހުން ދަންނަ ހުރިހާ އެންމެންގެ ނަންތައް ކިޔަންފެށިއެވެ. “އާހްއާހް ދެން ދިމަލެއް ނުވިއެއްނު. އަހަރުންނަށް އެނގެހާ ބައެއް ކިޔާފިން.” ކީއެއްވެސް ނަމެއް ދިމާނުވުމުން އިސްރާ ރުޅި ގަދަވިއެވެ. “މަށަށް ހީވަނީ މަށަށް އެނގިއްޖެހެން” ނަވްޔާ ވަރަށް ވިސްނަން އިނދެފައި ބުންޏެވެ. އަވަހަށް ބުނާށޭ ބުނެ އެންމެން ނަވްޔާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. “ހަސަން” ވަރަށް ނޫން ގޮތަކަށް ނަވްޔާ ބުނެލިއެވެ. “ހަސަނޭ؟ ކާކު އެއީ؟ އަހަރުން ނުދަންނަން އެހެން ކިޔާ މީހެއް؟” އިސްރާއާއި އިޝްމާ ހަސަން ކިޔާ ކުއްޖަކު އެމީހުންނަށް އެނގޭތޯ ހަނދާކުރިއެވެ. މާއިޒާއި އަކްމަލް ވެސް މޫނަށް ވައްތަރެއް ޖައްސާލިއެވެ. މާނީ ނަވްޔާއަށް ބަލާލިއެވެ. އަހުސަމްވެސް ނަވްޔާ އެބުނި ހަސަނެއް އެނގޭތޯ ވިސްނަމުން ދިޔައެވެ. އޭރު އާރާޝްގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސް ދާނެހެންނެވެ. ދުވަހަކު ނުރިއްސާހާ ގަދައަށް އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ. “ނާޔާ ކޮންތާކުން ހޯދި ހަސަނެއްތަ؟ ދެން ބުނޭ ހަސަނެއް ނޫނޭ ހުސޭނޭ ނޫނީ ހާސިނެކޭ.” އަކްމަލް ނަވްޔާގެ ބޮލުގައި ގަހާލިއެވެ.
އެކުދިންގެ ތެރެއިން އެއް ކުއްޖެއްވެސް ރަނގަޅަށް ވިސްނާލިނަމަ ނަވްޔާ ބުނީ އާރާާޝްގެ ވާހަކަކަން އެނގުނީސްކަން ޔަގީނެވެ. އާރާާޝްގެ ފުރިހަމަ ނަމަކީ ހަސަން އާރާޝެވެ.
އެކުދިންގެ މޮޔަކަން ހިތަށް އަރާފަ މާނީއަށް ހެވުނެވެ. ނަވްޔާ ހަސަނޭ ބުނީ ކީއްވެގެންތޯ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ނަވްޔާއާއި އެކަނި ދިމާވާ ވަގުތެއްގައި އެ ވާހަކަ ނަވްޔާއާއި ދައްކަން މާނީ ނިންމިއެވެ.
“ދެން ތިމީހުންނަކަށް ގެސްއެއް ނުކުރެވުނެއްނު. މި ވާހަކަ ބަާއްވާފަ ކައިވެނި ކުރެވޭ ކުދިންގެ ވާހަކަ ދައްްކަން ވީނު ދޯ” މާނީ އެހެން ބުނުމާއެކު މައުލޫ ބަދަލުވެގެން ދިޔައެވެ. ދެން މުޅިންވެސް ދެކެވުނީ ކައިވެންނާ ބެހޭ ވާހަކައެވެ. އާރާޝްވެސް ހަމައަކަށް އެޅުމުން އެވާހަކަ ތަކުގައި ބައިވެރިވިއެވެެ.
*****
ގޭތެރެ ފޮޅާ ސާފުކުރުމަށްފަހު ވަރުބަލި ފިލުވާލަން ޝަހުދާ ސޯފައިގައި ޖައްސާލައިގެން އިނެވެ. އިރުކޮޅެއް ފަހުން ނައުޝާދްވެސް އައެވެ. ދެމީހުން ވާހަކައިގައި ތިއްބައި ގޭގެ ދޮރުގައި މީހަކު ޓަކި ދިނެވެ. “އިސްކޮ އައި ކަންނޭންގެ. އެކަމު ހާދަ އަވަހަކަށް އަދި ކިރިޔާ ނުވަ ގަޑި ބައިވީ” ޝަހުދާ ގޮސް ދޮރު ހުޅުވާލިއެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް އިސްރާގެ ބަދަލުގައި ހުރީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. ބަލާބެލުމަށް އެކުއްޖާއަށް ވާނީ ބާވީހަކަށް އަހަރެވެ. ލައިގެން ހުރި ކަޅު ގަމީހާ ފަޓުލޫން އެކުއްޖާގެ ދޮން ހަމާ ނުހަނު ގުޅެއެވެ. ރީތިކޮށް ކޮށާފައިވާ އިސްތަށިގަނޑާއި އެއްވަރަކަށް ބަހައްޓާފައި ހުރި ތުނބުޅިން އެއީ ހަރުދަނާ ކުއްޖެއް ކަމަށް ދައްކައެވެ. “ކީއްކުރާ ކުއްޖެއްތީ؟” ޝަހުދާ އަހާލިއެވެ. “ތީ އިސްރާގެ މަންމަތޯ؟ އަޅުގަނޑަށް ކިޔަނީ އިވާން. އަޅުގަނޑު ބޭނުން އިސްރާގެ މަންމައާއި ކުޑަ ވާހަކައެއް ދައްކާލަން.” އިވާން ވާހަކަ ދެއްކިލެއް ރީތި ކަމުން ހީވަނީ އެހެން ފަދަކަމެއް ހެނެވެ. އިވާނަކީ ކާކުކަން އިސްރާވަނީ އޭނައަަށް ކިޔާދިފައެވެ. އިސްރާ ކިޔައިދިން ގޮތުން އިވާނަކީ ރަނގަޅު ކުއްޖެއް ނޫނެވެ. އެހެނަސް ބަލާބެލުމަށް ވަރަށް ރަނގަޅު ކުއްޖެއް ވައްތަރު ޖަހައެވެ. ދޮރު ބޮޑަށް ހުޅުވާލަމުން އިވާން ވަންނަން ޝަހުދާ ތަންދެއްކިއެވެ.
*****
އަހުސަމްގެ އެދުމުގެ މަތިން އިސްރާ ގެއަށް އައި އަހުސަމާ އެއްކޮށެވެ. މަގުމަތީގައި ހިނގާފައި ދިޔައިރު ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އިސްރާ ގެއާ ހަމައަށް އާދެވުމުން އަހުސަމާއި ވަދާއުގެ ސަލާން ކުރިއެވެ. އިސްރާ ގެއަށް ވަންނަން ދެކަށް ހުރުމަށްފަހު ގެއަށް ދާން އަހުސަމް ހިނގައިގަތެވެ.
ގޭތެރެއަށް ވަދެވެން ދިޔަ އިސްރާގެ ފިޔަވަޅުތައް މަޑު ޖެހުނީ ސޯފާގައި އިން އިވާން ފެނިފައެވެ. ވަރަށް ހަމަޖެހިގެން އޭނާގެ މަންމައާއި ބައްޕާއާ ވާހަކަ ދައްކަމުން ދިޔައެވެ. “އަނހާ އިސްރާ ދަރިފުޅާ ކޮންއިރަކު ގެއަށް އައި؟ އާދެބަލަ މިތާގަ އިށީންނަން” ބައްތިރީސް ދަތްޕިލަ ދައްކާގެން ޝަހުދާ އިސްރާ ގެނަސް ސޯފައިގައި ބޭންދިއެވެ. ޝަހުދާގެ މި އަމަަލުން ނައުޝާދްގެ މޫނު މަތިން ނުރުހުންތެރިކަން ފާޅުވިއެވެ. އިސްރާ ވަނީ އޭނާއަށްވެސް ހުރިހާ ކަމެއް ކިޔާދީފައެވެ.
“އިސްރާ. އައި އޭމް ރިއަލީ ސޮރީ. އެނގޭ އިސްރާއަށް އުނދަގޫ ވާނެކަން މާފުކުރަންވެސް. އަހަންނަށް މިހާރު ވިސްނިއްޖެ ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަން. އިސްރާ އަހަރެން މިއަދު ނާހާނަން ރަށްޓެހި ވާކަށް އެކަމު އިސްރާގެ މަންމަމެން ކުރިމަތީގަ މި އަހަނީ އަހަންނާ އިންނަން. ވިލް ޔޫ މެރީ މީ؟” އިވާނަށް ސުވާލު ފުރިހަމަ ކުރެވުނީ ކިރިޔާއެވެ. އޭނާގެ ކޯތަފާތަށް ހޫނު ހަމަލާއެއް އެރިއެވެ. އިސްރާގެ ލޮލުން ހީވީ އަލިފާން ކަނި ބުރާހެންނެވެ. އެހާވެސް އޭނަ ހުރީ ރުޅި ގަދަ ވެފައެވެ. “ލަދެއް ނުގަނޭތަ. އިވާން ބުނަން ރަނގަޅު ވާހަކައެއް މުޅި ރާއްޖޭ ރައްޔިތުން ކުރިމަތީގަ އިންނަން އެހިއަސް އެއްބަހެއް ނުވާނަން. މާ ރަނގަޅު މީހަކަށް ހެދިގެން އުޅޭނެކަމެއް ނެތް ކޮންމެހެނެއް. މަށަށް ވަރަށް ރަނގަޅަށް އެނގޭ ކަލޭގެ ގޮތް. މަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ ކަލޭއަށް މިގެއަށް އަންނަން ކެރުނު ކަމުންވެސް. ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ!” ދޮރާ ދިމާއަށް އިޝާރަތް ކުރަމުން އިސްރާ ހަޅޭއްލަވައިގަތެވެ. ނައުޝާދާއި ޝަހުދާ ކުރިމަތީގައި އިސްރާ އޭނާގެ މޫނުގައި އެތިފަހަރެއް އެޅުމުން އިވާން ހުރީ ރުޅިއައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. އެހެނަސް މޫނު މަތިން އެކަން ނުދައްކާ އޭނާ ގެއިން ނުކުމެގެން ދިޔައެވެ. “ޔޫ އާ ގޮއިން ޓު ޕޭ ފޯ ދިސް އިސްރާ!” ހިތާހިތުން އިވާން ކިޔާލިއެވެ.
“ކިހިނެއް ތި…..؟” ޝަހުދާގެ ވާހަކަ ފުރިހަމަ ނުވަނީސް އިސްރާ ހުއްޓާލާށޭ ކިޔާ ހަޅޭއްލަވައިގަތެވެ.”މަންމައަށް އަހޫ ކަމު ނުދިޔައީ ފުޓުބޯޅަ ކުޅޭތީވެ. އޭނާ އުޅާނީ ލާޗާރު ބިޗާރަށޭ ކިޔާފަ. ދެން ކީއްވެ އިވާން؟ އޭލެވެލް ނިންމިފަހުން ފޮތެއް ލޮލަށް ފެނުނު ކަމެއްވެސް ނޭންގެ. އެ ގޮތް މި ގޮތަށް ތެޅި ބާލަނީ! އެކަމު މަންމައަށް ހަމަ އޯކޭ.” އިސްރާއަށް ގިސްލެވެމުން ދިޔައެވެ. ޝަހުދާ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެމުން އޭނާ ފޯނުނަގައި އަހުސަމްގެ ނަންބަރަށް ގުޅާލިއެވެ.
ގެއަށް ވަންގޮތަށް ސިޓިންރޫމް މޭޒު މަތީގައި ފޯނު ބާއްވާފައި އަހުސަމް ކާގެއަށް ދިޔައީ ފެންތަށްޓެއް ބޯށެވެ.
އާލާ ސިޓިންރޫމަށް ވަން ވަގުތާއި އަހުސަމްގެ ފޯނު ރިންގް ވާން ފެށިވަގުތާއި ދިމާވިއެވެ. އަހުސަމް ފެންނަން ނެތުމުން އާލާ ފޯނު ނަގައި ބެލީ ގުޅަނީ ކާކުތޯއެވެ. އިސްރާގެ ނަން އަރާފައި އިނުމާއެކު އާލާ ފޯނުނެގިއެވެ.
“އަހޫ އިސްރާ ބަލާ އާދެ. އާހޫ ދާއިރު އިސްރާ ގޮވައިގެން ދޭބަ. އިވާ..ން އިވާން ދެންމެ އައި ގެއަށް ހީ އަސްކްޑް މީ ޓު މެރީ ހިމް. އަހޫ ވީ ކޭން ގެޓް މެރިޑް. މަންމަ އޯކޭ ނުވިއަސް ބައްޕަ އޯކޭ ވާނެ. އައި އޭމް ޝުއާ. އަހޫ ޕްލީޒް..” އިސްރާއަށް ރޮއެ ގަނެވުނެވެ. ވާހަކަ ދެއްކިއިރު ވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ. އަހުސަމް އަނަގައިން ނުބުނުމުން އިސްރާއަށް އިތުރަށް ރޮވުނެވެ. “އަހޫ އެއްޗެކޭ ބުނެބަ ޕްލީޒް..” އިސްރާގެ ވޭނީ ރުއިމުގެ އަޑު އިވުމުން އާލާގެ ހިތަށްވެސް އަސަރު ކުރިއެވެ. “އިސްރާ މީ އަހޫ އެއްނޫން. އަހޫ މަންމަ. މަޑު ކުރައްޗޭ” އާލާ އަހުސަމަށް ގޮވައިގެން ގެނަސް އޭނާ އަތަށް ފޯނު ދިނެވެ.
އަހުސަމް އެތަށް ވަރަކަށް ވިސްނައިދީގެން އިސްރާ ހަމައަކަށް އެޅުނެވެ. ފޯނު ކަނޑާލުމަށްފަހު އިސްރާ މޫނު ފުހެލިއެވެ. އެ ވަގުތު އޭނާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ޝަހުދާ ކަމަށް ހީކޮށް އިސްރާ އިނީ ދޮރު ނުހުޅުވާށެވެ.
“ދަރިފުޅާ އިސްރާ ދޮރު ހުޅުވަބަ. ބައްޕައޭ މީ” ނައުޝާދްކަން އެނގުމާއެކު އިސްރާ ގޮސް ދޮރު ހުޅުވިއެވެ.
ރުއިމުގެ ސަބަބުން އިސްރާގެ ދޮން މޫނު ވަކީ އެވަނީ އެއްކޮށް ރަތްވެ ދުޅަވެފައެވެ. ތުން ފަތުގައި މަޑު ތުރުތުރެއް ވީއިރު މަޑު މަޑުން ގިސްލެވެމުން ދިޔަައެވެ. ހުރި ހަމައެކަނި ދަރިފުޅު އެހާލުގައި އިން ތަން ފެނުމުން ނައުޝާދްގެ ހިތް ހަލާކުވާވަރުވިއެވެ. ޝަހުދާ ދެކެ އާދެވުނު ރުޅިއެއްގެ ސަބަބުން އޭނާގެ ދެއަތް މުށް ކެވުނުވެ. ނައުޝާދް އިސްރާގެ އަތުގައި ހިފައިގެން ގެން ގޮސް އެނދުގައި ބޭންދިއެވެ. އެއަށް ފަހު އިސްރާއާއި އެތައް ވާހަކައެއް ދެއްކިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Haadha kureyyy!!! ekam Varah reethi. dhen anna Part eh thankolheh dhigu kohlahcheyy ?? Keep It Up Dear ❤️
Insha Allah. Midhuvaskolhu varah busy kih ulheny ehenve comments thakah reply nukurevenyves.
V rythi…Whn nxt.
Thanks. loyevunuhaa avahakah
vvvv reethi mi part ves keep it up kiyaa
?
Thanks dear
whn next ?
Liyevunuhaa avahakah
Maa sha Allah.. Vrh salhi mi part ves.. ??????????? dhn vaanee kihineh baavaey Hama hithah aranee.. Good job kiyara.. Keep it up the good work dear.. ☺️☺️? btw, ahusam ge photo ga e in boy haadha dhivehi kuhjakaa vahtharey.. Miee heevaa goiyy tha noony aee Hama aslugaves dhivehi kuhjeh tha??? Hehehe..☺️☺️☺️
Thanks dear. Eii dhivehi kujjeh noon india kujjeh????
Wooow dear mi part vxv v v v v rythi…maasha allah….whn next….???
Thanks dear. Insha Allah liyevunuhaa avahakaj
Haadha kurey..adhi eh part upkh dheeba…
Mi balany adhi eh part mirey genesdheveytho
Nice curiously waiting for the next part ?
Thanks dear
Assalaam alaikum. Miothy mi vaahakaige 36 vana bai. Huruhaa kudhinnah ves mi bai rythi vaane kamah ummedhu kuran. Alhugandah dhehvva tharuheebah varah bodah shukuriyya. Kury bai thakuge comment thakah reply nukurevunu kamah takai huruhaa kiyuntheringe kibain ves maafah edhen. Reply nukurevunas baraabarah kiyan. Varah ufaavey hurihaa kudhige loabi comments thah fenifa. Ekam hama busy kamun reply kurevey gotheh nuvey. Hurihaa kiyuntherinnah ves understand vaane kamah alhugandu ummedhu kuran???????lysm♥️♥️♥️♥️❤️❤️❤️
Maa sha allah vara reethi mi part ves? kiyaa new cover eh change kohlaba…ly??
Masha Allah varah reethi mi part when is the next part??? Waiting for next part????????
Kiyaa.. this story is hama fab ingey. Vrhak feshi iru varah confusing vi ekam mihaaru hama one of the best stories????.. hithah araa ehkoh kiyaalan libeyne nama eyy?? hehe may God bless you?