Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ 03

Blackpearl Level 210 Stories100 Comments100 Login
September 12, 2018 5 Mins Read
29 Comments

އައިރާހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔާނާ އެދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ރާދިންގެ ގޮތް އޭނާއަށް އެނގޭތީއެވެ. ނަމަވެސް ޔާނާ އެގޮތަށް ދޮގުނަހާނެކަންވެސް އޭނައަށް އިނގެއެވެ. ޔާނާ ރޮމުން ކޮޓަރިއަށްވަތް އިރުވެސް އައިރާ އެއިން ގޮތަށް އިނީއެވެ. 4 އަހަރު ކުރިން އޭނާއަށް ނޭންގޭ ކަމެއް ޔާނާއާއި ރާދިންއާއި ދެމެދު ހިނގައިދިޔަކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

” ރާދިންއާއި ހެދި އެންމެން އަހަރެންދެކެ ރުޅިއެ އަންނަނީ.. އަހަންނަށް ކޮން ކުށެއްތަ ކުރެވުނީ. ލޯބިވެއޭ ކިޔައި އޮޅުވާލީ. ނުވިތާކަށް ކައިވެނިވެސް ކުރީ. ލޯބިނުވާ މީހެއްގެ ގައިގައި އަތްލަން ކެރުނީތީވެސް އަހަރެން އަޖައިބުވޭ.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮއްލާފައި އެންމެންގެ ކުރިމަތީ ނިކަން މޮޅު އެކްޓެއް ޖައްސައިގެން ދޯ ތިއުޅެނީ.. ރާދިންއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.. ތިކަހަލަ މީހަކަށް އަހަރެންގެ ދަރިއަކު ބައްޕައެއް ނުކިޔާނެ.. އަންހެން ދަރިއަކަށް ލޯބި ދެވޭނީ އަންހެނެނުންނަށް އިހްތިރާމް ކުރަން ދަންނަ ފިރިހެނަކަށް.. ތިކަހަލަ ކެހިވެރިއަކަށް ނޫން.. ” ކޮޓަރިއަށް ވަތް ޔާނާގެ ހިތުގައިވިއެވެ. އޭރުވެސް އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އޭނާއަށް ގިސްލެވެން ފެށުނެވެ. އެހިތުގައި އަޅާވޭން ދުވަހެއް ދުވަހަކަށްވަނީ އިތުރެވެ. ކިތައްމެ ހަނދާންކުރަން ބޭނުންނުވިޔަސް ރާދިންމަތިން ހަނދާންނެތޭ ގޮތެއްނުވެއެވެ. ރާދިންއާއި ދޭތެރޭ ވިސްނަން ބޭނުންނުވިޔަސް އޭނާގެ ހިތުގެ މައްޗަށް އަމިއްލަ ބާރެއްނުފޯރުވެއެވެ. ދޮރުގައި ލެނގިލައިގެން އެއިންތަނަށް ތިރިވެ ދެއަތުން މޫނު ފޮރުވައިލިއެވެ.

” މަންމީ..” ރާޔާ އޭނާގެ ދެއަތުން ޔާނާ މޫނުމަތީ އަޅައިފައިވާ ދެއަތް ނައްޓުވަން މަސައްކަތް ކުރަމުން ގޮވައިލިއެވެ. ޔާނާ މޫނުމަތިން އަތް ނައްޓާލައިފައި ރާޔާއަށް ބަލައިލިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން އޭނާ ރާޔާ އުރައިލައިގެން ގޮަަސް އެނދުގައި އިށީނެވެ. ” މަންމިގެ ދޫނި މާމާމަތިން މިސްވޭތަ.. އަދި ރާއްކޮގެ ރިއަލް މާމަވެސް ދައްކާނަމޭ އިނގޭ.. ” ރާޔާގެ ނޭފަތުގައި ހިފައިލަމުން ޔާނާ ވާހަކަ ދެއްކިއެވެ. އޭރުވެސް އެދެލޮލުގައި ކަރުނަތައް ޖަމާވެފައި ހުއްޓެވެ. ރާޔާ މާމައޭ ބުނުމުން ޔާނާ ފޯނުނަގައި ޖުވެއިރިޔާއަށް ގުޅައިލިއެވެ.

” މާމާ މަންމީ.. މަންމި ރޮނީ..” ޖުވެއިރިޔާ ހަލޯއޭ ބުނުމުން ރާޔާ ބުނެލިއެވެ. އެހެން ބުނުމައްފަހު އިތުރު އެއްޗެކޭ ނުބުނެ ޔާނާއަށް ބަލަހައްޓައިގެން ހުރީއެވެ. ޖުވެއިރިޔާ ދެތިން ފަހަރަކު މަންމި ރުއީ ކީއްވެހޭ އަހައިލިއެވެ. ” ކަމެއް ނުވޭ މަންމާ.. އެދެން އެހާ ދުވަސް ފަހުން އައިރާ ފެނުނީމަ ރޮވުނީ.. ” ޔާނާ ދޮގުހެދިއެވެ. ” މަންމައަށް އެނގެޔޭ ދަރިފުޅު ރުއީ ކީއްވެކަން.. ކިޔައިނުދިނަސް އޯކޭއޭ.. އެކަމް ދަރިފުޅާ ތިގޮތަށް ރާއްކޮއަށް ފެންނަ ހިސާބު ރޯކަށް ނުވާނެއެއްނު.. ” ރާޔާ ދެން ނުރޯނަމޭ ބުނެލާފައި ވާހަކަ އޮޅުވައިލިއެވެ. އޭނާ ދެން ދެއްކީ އޭނާ ފަހާފައި މީހުންނަށް ހަވާލުނުކުރެވި ހުރި ހެދުންތަކެއްގެ ވާހަކައެވެ. އެއެއްޗެހި މީހުންނަށް ހަވާލުކޮއްދިނުމަށް ޖުވެއިރިޔާ ގާތުގައި ބުންޏެވެ.

**********************

ހުއްޓުމެއްނެތި އެތައްއިރަކު ފޯން ރިންގުވުމުން ރާދިން ފޯންނެގީ އެނޫން ގޮތެއް ނެތިގެންނެވެ. އެގުޅާ މީހަކު ގުޅުން ހުއްޓާނުލާނެކަން އެނގޭތީއެވެ. ފޯނު ނެނގުމައްފަހު ހޫމްއޭ ބުނެލީ އާފުރަމުންނެވެ. ” ރާދު ނިދަނީ.. މިގަޑީގަ” ޝަމީލް އަހައިލިއެވެ. ” ކިހިނެއްވީ އަހަރެން މިގަޑީ ނިދީމަ އެއީ މައްސަލައެއްތަ..” ރާދިން ބުނެލިއެވެ. ” ނޫނޭ މައްސަލައެއްނޫން. އެކަމް ރާދުތީ މިގަޑީގައި އޮފީހު އުޅޭ މީހެއްވީމަ ދޯ.. ގަދަކަމުންވިއްޔަ އޮފީހުން ނެރެންޖެހެނީ.. ރާދު އޯކޭތަ..” ޖަވާބުގައި ރާދިން ބުނެލީ އޭނަ ރަގަނޅު ވާހަކައެވެ. ” ހިނގާބަލަ ކޮފީއަކަށް ދާން.. ވަރަށް ވައިވެގެން މިއުޅެނީ.. އެބަ އޮތޭ ކުޑަ ވާހަކައެއްވެސް..”

” މިއަދަކު ނޫން..މިއަދު ނެތް ހަމަ އެއްވެސް ކަމެއްކުރާ ހިތެއް..” ރާދިން އެހެން ބުނުމުން ޝަމީލް މިއަދު ދިޔުމަށްބުނެ ވަރަށް އާދޭސްކުރިއެވެ. އޭނާ ހުއްޓައިލީ ކޮފީއަކަށް ދާން ރާދިން އެއްބަސްވީމައެވެ. 8 ޖަހާއިރަށް ސީ ހައުސްއަށް އަންނަން ބުނެފައި ޝަމީލް ފޯނު ކަނޑައިލިއެވެ. ޝަމީލަކީ ރާދިންގެ އެންމެ ގާތް އެކުވެރިޔާއެވެ.

*******************

އޮފީސް ނިންމާލުމައްފަހު ޝައުން ބެލީ ވީހާވެސް އަވަހަކަށް ގެޔަށް ދެވޭތޯއެވެ. ޔާނާ ބައްދަލުކުރުމަށް ކެތްމަދުވެފައިހުރި ޝައުން އުއްމީދުކޮއްގެން ހުރީ ގޭތެރޭގައި އައިރާމެން ސަކަރާތް ޖަހަން ތިބޭނެކަމަށެވެ. ނަމަވެސް މުޅި ގޭތެރެ އޮތީ ކުރިންވެސް އޮންނަ ގޮތަށް ހަމަހިމޭންކޮށެވެ. ކޮޓަރިއަށް ވަނުމުން ޝައުންއަށް ލިބިގެން ދިޔައީ އިތުރު ހައިރާންކަމެކެވެ. ލޯބިވާ އަނބިމީހާ އެނދުމަތީ އޮވެގެން ރޮމުން ގެންދިޔުމުން އެހިތުގައި ރިއްސައިލިއެވެ. ޝައުން ހީކުރީ އައިރާ މިއަދު ހުންނާނީ ވަރަށް އުފަލުންކަމަށެވެ. އައިރާ ކައިރިއަށް ގޮސް އޭނާ ރޮނީ ކީއްވެހޭ އަހައިލިއެވެ.

” ނޭންގެ އަހަންނަކަށް ޝައުން.. އަހަންނަށް އެކައްޗެއްވެސް ނުވިސްނޭ.. ޔަންނު މުޅިން ބަދަލުވެއްޖެ. ކުރީގެ ޔަންނުއެއް ނޫން އެއީ.. ޔަންނު ކިޔާ އެކައްޗެއްވެސް އަހަންނަކަށް ނުވިސްނޭ ޝައުން.. ޔަންނު ބުނަނީ ރާދް ޔަންނުއަށް އޮޅުވާލީއޭ.. އެކަމަކު އަހަރުމެންނަށް ފެނުނީ އެހެން މަންޒަރެއްނޫންތަ އަޅެ.. ޔަންނުއެއް ނޫންތަ ރާދް ދޫކޮއްލާފައި ދިޔައީ.. ރާދް ކިހާ ލޯބިވި ޔަންނު ދެކެ.. އަޅެ ޔަންނުއަށް ކިހިނެެއްވެފަތަ އެހުރީ ޝައުން.. ކީއްވެތަ މިހުރިހާ ދުވަހު ދުރުގަ އުޅުނީ..އިނގޭތަ ޔަންނުގެ ކުއްޖަކުވެސް އެބަހުއްޓޭ މިހާރު.. ރާދްގެ ދަރިއެއް.. ” އެއްނޭވާމަތިން ހުރިހާ އެއްޗެއް އައިރާ ކިޔައިލިއެވެ. ޝައުންވެސް ހުރީ އައިރާ ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައެެވެ.

” އިރާ އަހަންނަށް ހީވަނީ ޔަންނުއަށް ހަމަ ކަމެއްވެއްޖެހެން.. އެހެންނޫންނަމަ އެހާ ބަދަލެއްނުވާނެ ދޯ.. ކޮންމެސް ކަމެއްވެގެން ދޯ ރާދް ލޯބިނުވެއޭ އެކިޔާނީ.. އިރާ ތިހެން ރާދްގެ ސައިޑަށް ވާހަކަ ދައްކަންޏާ އަސްލު ޔަންނު ކިހާ ދެރަވާނެ.. އޭނައަށް މިވަގުތު އެކުވެރިއެއް ބޭނުންވާނެކަން ޔަގީން.. އިރާ ޔަންނުއާއި ރީތިކޮއް ވާހަކަ ދައްކަބަލަ.. ތިދެމީހުންނަކީ ހަމަ އެކަނި ސުޓެޕް ސިސްޓާސްއެއް ނޫނެއްނު ދޯ… ޔަންނުގެ އެންމެ ގާތް އެކުވެރިޔާއެއްނު ތީ.. ވެދިޔަ ކަންތައް އޭރު އިރާއަށް ނުކިޔާ ދިނީ މަންމަގެ ސަބަބުންކަމަށް ވެދާނެ.. އަހަރެންވެސް ބަލާނަން ޔަންނުއާއި ވާހަކަ ދައްކައިގެން ވީކަމެއް އޮޅުންފިލުވޭތޯ.. އޯކޭއެއްނު ދޯ..ހިނގާބަލަ ޔަންނު ކައިރިއަށް.. ޔަންނުގެ ބޭބީއާއިވެސް ފުރެންޑް ވާންޖެހޭނެއެއްނު އަދި..” އިރުކޮޅަކު ވިސްނާލަން ހުރެފައި ޝައުން ވާހަކަ ދެއްކިއެވެ. އައިރާއަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އޭނާގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަށް ދިޔައެވެ.

ދެމީހުން އެކުގައި ސިޓިންރޫމަށް ނިކުތް އިރު އެތަން އޮތީ ހުހަށެވެ. އައިރާ ގޮސް ޔާނާގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ޓަކި ޖަހަމުން އައިރާ ޔާނާއަށް ގޮވައިލީ ތަޅުލައިފައި ހުރުމުންނެވެ. ” އަހަންނަށް ހީވަނީ ޔަންނު އުޅެނީ ފާހާނައިގަހެން..” ޝައުން ކައިރީ ސޯފާގައި އިށީންނަމުން އައިރާ ބުނެލިއެވެ. ” އަހަރެން އަންނާނަން އިނގޭ ފެންވަރާލައިގެން.. ޔަންނު ނިކުތީމަ އަހަންނަށް ގޮވައްޗޭ އިނގޭ..” އައިރާ އޯކޭ އޭ ބުނެލިއެވެ.

ޝައުން ކޮޓަރިއަށް ވަދުނުތާ ގިނައިރެއްނުވެ ޔާނާ ރާޔާ އުރައިލައިގެން ކޮޓަރިން ނިކުތެވެ. ޔާނާ އައިސް ސޯފާގައި އިށީނުމުން އައިރާ ރާޔާ އުރައިލިއެވެ. އޭނާ ރާޔާއާއި އެކި ވާހަކަ ދައްކަމުން ދިޔައެވެ. “ޔަންނު ރާއްކޮ ހާދަ ބަސްމަދޭ ދޯ.. އަނެއްކާ އަހަރެން ދެކެ ބިރުންތަ ވާހަކަ ނުދައްކަން އެހުންނަނީ.. ރާއްކޮ މީ ރާއްކޮގެ އާންޓް އޭ..” އައިރާ ބުނެލިއެވެ. ” ރާއްކޮ އަދި ރަގަނޅަށް ވާހަކަ ނުދައްކާ.. އެހެންވެ މިކޮޅަށް މިއައީވެސް..”

” ތިބުނީ ރާއްކޮއަކީ އޯޑިސަމް ކުއްޖެކޭ ތަ..” އައިރާ އަހައިލިއެވެ.

” ނޫން ހީޔެއްނުވޭ އޯޑިސަމް ހެންނެއް.. އަސްލު ޔަގީނެއްނޫން.. އެކޮޅަށް ދެއްކީމަ ލަފާދިނީ ސްޕީޗް ތެރަޕިސްޓަކަށް ދައްކާލަން..” ޔާނާ ބުނެލިއެވެ.

” ސްޕީޗް ތެރަޕިސްޓެކަށް ދައްކާކަށް އުދަނގުލެއް ނުވާނެ.. މިގޭގަވެސް އެބަ އުޅެއޭ ސްޕީޗް ތެރަޕިސްޓެއް..” އައިރާ އެހެން ބުނެލި ވަގުތަކީ ޝަރުވާން ގެޔަށް ވަތް ވަގުތެވެ. އައިރާ އެއީ އޭ ބުނުމުން ޔާނާ ފަރުވާތެރިކަމާއިއެކު ޝަރުވާންއަށް ބަލައިލިއެވެ. އޭނާ އަރައިގެން ހުރީ ކަޅު ބޫޓަކަށެވެ. ގަޔަށްބާރުކޮށްލާފައި ހުރި މެރޫންއަތްދިގު ގަމީސްވަނީ ލައިގެންހުރި ކަޅުފަޓުލޫނުގެ ދަށަށް ޖަހައި ބާރުކޮށްލާފައެވެ. އިސްކޮޅުން ދިގު މާބިޔަނޫން ހަށިގަނޑުގެ ހިތްގައިމުކަން ފުރިހަމަ ވެފައި އޭނައަށް ބަލާލުމުންވެސް އެއީ ފުރިހަމަ އިންސާނެއްކަން އެނގޭނެއެވެ. ރީތިވަރަކަށް ކޮށާލައިފައިވާ އެއިސްތަށިގަނޑާއި އާދައިގެ ވަރަކަށް ކުރުކޮށް ޓްރިމްކޮށްލާފައިވާ އޭނަގެ ތުނބުޅިންވެސް އޭނަގެ ފިރިހެންވަންތަކަން ފެންނަމުން ދިޔައެވެ. ބަލާބެލުމަށް އެއީ ތިރީސް އަހަރުގެ ފިރިހެނެކެވެ. ބޮޑަށް ވައްތަރީ ބޭރު ގައުމެއްގެ ފިރިހެނަކާއިއެވެ. ހިތާހިތުން އައިރާގެ ހޮވުމަށް ތައުރީފްކޮއްލެވުނީ އެއީ އައިރާގެ ފިރިމީހާކަމަށް ހީކޮށެވެ.

” ހައި އިރާ.. މީ ޔާނާ ދޯ..” އަރައިގެން ހުރި ބޫޓު ބައިލައިފައި ފައިވާން ހަރަށްލަމުން ޝަރުވާން ބުނެލިއެވެ. އައިރާ އާއެކޭ ބުނުމުން ޝަރުވާންގޮސް ޔާނާއާއި ސަލާމްކޮއްލުމަށް އަތް ދިއްކޮއްލިއެވެ.އަދި މީ ޝަރުވާންއޭ ބުނެ ހިނިތުންވެލިއެވެ. އިރުކޮޅަކު ބަލަންހުރެފައި ޔާނާ ކޮޅަށް ތެދުވެލިއެވެ. ކުޑަކޮއްހިނިތުންވެލަމުން ޝަރުވާން ދިއްކޮއްގެން ހުރި އަތުގައި ހިފާލުމައްފަހު އޭނާގެ ނަން ބުނެލިއެވެ. އެއައްފަހު ތިދެމީހުން ވަރަށް ގުޅެޔޭ ބުނެލަމުން އައިރާއަށް ބަލައިލިއެވެ. “ވަޓް” އައިރާއާއި ޝަރުވާނާއި ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ” ކިހިނެއްވީ އަހަންނަށް ގޯސް އެއްޗެކޭ ބުނެވުނީތަ..” ޝަރުވާނުގެ އަތުން ދޫކޮއްލަމުން ޔާނާ އަހައިލިއެވެ.

” ހޫމް ޔަންނުއަށް ތިހީކުރެވުނީ މުޅިން ގޯސްކޮށޭ.. އިރާގެ ލަކީ ހަޒްބެންޑަކީ ވާންއެއް ނޫނޭ.. އަހަންނޭ..” ޔާނާއަށް ޖަވާބު ދިނީ ކޮޓަރީ ދޮރުމަތީ ހުރި ޝައުންއެވެ. ފަހަތުން އިވިގެން ދިޔައީ ޔާނާ ދަންނަ އަޑެއްހެން ހީވެގެން ބަލައިލިއިރު ދޮރުމަތީ ހޭންހުރި ޝައުން ފެނިފައި އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ޝައްނު އެންޑް އިރާތަ.. ވާއު.. ޝައްނުއަށްވުރެ އިރާއާއި ގުޅޭނެ ދެވަނަ މީހަކު ނުހުންނާނެ..” ޝައުން ކައިރިއަށްގޮސް ހުއްޓިލައިފައި ޔާނާ ބުނެލިއެވެ.

” އެކަަަމަކު ދެންމެ ބުނީ އަހަންނާއި އިރާއާއި ވަރަށް ގުޅެޔޭ.. މިހާރު އަހަރުމެން ނުގުޅެނީތަ..” އައިރާގެ ކައިރިއަށް ޖެހިލަމުން ޝަރުވާން އެހެން ބުނުމުން އެންމެން ފެށީ ހޭށެވެ. ތުއްތު ރާޔާވެސް އެންމެން ހޭންފެށުމުން އެމީހުންނާއި ބައިވެރިވެ ހެމުން ގެންދިޔައެވެ.

” ނޭންގޭނެއެއްނު..ޝަރުވާން ވަދެގެން އައި ގަޑީ އިރާ ބުނެފި ވިއްޔަ އެއީ އޭ..” ޔާނާ އެހެން ބުނުމުން އައިރާ ބުނެލީ އޭނާ ބުނީ އެއީ ސުޕީޗް ތެރަޕިސްޓެކޭކަމަށެވެ. އަދި ޝަރުވާން އުޅެނީ އެގޭގައި ދެންހުރި ކޮޓަރީގައި ކަމަށްވެސް ބުންޏެވެ.

” އެހެންތަ.. ޝަރުވާން ގާތަށް ދޯ އެހެންވިއްޔާ ރާއްކޮ ގެންދާނީ..” ޔާނާ ބުނެލިއެވެ. ” މީ ޔާނާގެ ކުއްޖެއްތަ.. ޔާނާ އިތުރު ކައިވެންޏެއް ކުރީތަ..” ޝަރުވާން އަހައިލިއެވެ.

” ވާން ޔާނާ ދަންނަންތަ.. އަހަންނަށް އެނގިފައެއް ނެތް ތިދެމީހުން ދަންނަކަމެއް ކުރިޔަކު..” ޝައުން އެހެން ބުނުމުން ޔާނާ ބުނީ އޭނާއަށް ޝަރުވާން ނޭންގޭ ކަމަށެވެ.

” ޔާނާއަކަށް ނޭންގޭނެ އަހަންނެއް.. އަހަރެން ޔާނާ ދެކުނީ އެންމެ ދުވަހަކު.. ރާދިންއާއި ދެމީހުންގެ ކައިވެނި ޕާޓީ އިން.. ރާދިންއަކީ އަހަރެންގެ ކަޒިން ކޮއްކޮއެއްގެ ބެސްޓް ފުރެންޓް ކަމަށްވަނީ.. ކޮއްކޮގެ ފަރާތުން އެނގުނީ ތިދެމީހުން ވަރިވިކަންވެސް.. އަނެއްހެން ރާދިންއާއި ރައްޓެއްސެއް ނުވާނެ..” ޝަރުވާން ކިޔައިދިނެވެ. ދެން އެމީހުން ދެއްކީ ރާޔާގެ ވާހަކައެވެ. މާދަމާ ރާޔާ ގޮވައިގެން ކްލިނިކަށް އައުމަށް ޝަރުވާން ބުންޏެވެ.

************************

8 ޖެހިއިރު ރާދިންހުރީ ސީ ހައުސް ކުރިމަތީގައެވެ. އާދައިގެ މަތިން މިރޭވެސް ޝަމީލްއަށް ގަޑިއަށް އާދެވުނު ކަމަށްނުވިއެވެ. ރާދިން ގުޅުމުން މީހާރު މިކައިރި ކުރަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ. ޝަމީލްއަށް އާދެވުނީ ރާދިން އެތަނުގައި އިންތާ 15 މިނެޓްވީ ފަހުންނެވެ. ސޮރީއޭ ކިޔަމުން ރާދިންގެ ފަހަތުން އެތެރެއަށް ވަދުނެވެ.

” ޝަމީލް ނުވާނެ ބަދަލެއް.. ތަންކޮޅެއް ގަޑިއަށް ފަރުވާތެރިވާން ދަސްކޮއްބަލަ.. އޭރުންނޭ ޒިންމާދާރު މީހަކަށް ކިޔާނީ..” ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން ރާދިން ބުނެލިއެވެ.

” ރާދުގެ ލެކްޗާރްސް ފަހުން އަޑުއަހާނަން އެހަށް އޯޑަރު ދެވޭތޯ ބަލަމާ ދޯ..ބުލެކް އެއް ދޯ ގެންނަންވީ..” ޝަމީލް އެހެން ބުނެލިއިރު ވެއިޓަރެއް އެމޭޒު ކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. ޝަމީލް އޯޑަރު ދިނުމުން އޭނަގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ރާދިން ބުނަން އުޅޭ ވާހަކަ ފަށާށޭ ބުނުމުން ޝަމީލް ބުނީ ކޮފީ ގެނައުމުން ވާހަކަ ފަށާނެކަމަށެވެ. މާގިނައިރެއްނުވެ ވެއިޓަރ ދެތަށި ކޮފީ ގެނެސްދިނެވެ.

“ދެން ފަށާބާ..އަނެއްކާ ބިޓު ކެޓީތަ..” ކޮފީތަށީގެ އަތްގަނޑުގައި ހިފަމުން ރާދިން ބުނެލިއެެވެ.

” ނޫނޭ އެކަހަލަ ކަމެއްނުން.. މީ ދެން ތަންކޮޅެއް ސީރިއަސް ވާހަކައެއް.. ” ޝަމީކް އެހެން ބުނުމުން ރާދިން ފެށީ ހޭށެވެ. ” ކިހާ ސީރިއަސް ވާހަކައެއް.. މީހަކާއި އިންނަނީތަ.. އަހަރެން ބުނާނީ ބެކާރު ކަމެކޭ.. އަންހެނުންނަކީ އިތުބާރުކުރަން ހެޔޮވަރުގެ ބައެއްނޫން.. ” ރާދިން ބުނެލިއެވެ.

” ހޫމް މީހަކާއި އިންނަންވީ.. އެކަމަކު އަހަންނެއްނޫން.. އަހަރެން އަދި މީހަކާއި އިންނަވަރަށް ބޮޑެއްނުވެއެއްނު ދޯ.. ރާދްވީ ދެވަނަ ކައިވެންޏެއް ކުރަން.. ރާދް ބޭނުންވާ ކަހަލަ ކުއްޖަކު ބުނޭ.. އަހަރެންނަށް އަންހެން ކުދިން ހޯދަ ދެވިދާނެ.. ތިހެން ހުސްކޮށް ހުރުމުގެ ބޭނުމެއްނެތް.. އެވެސް އެއަންހެނާއާއި ހެދި.. ދައްތަ ބުނިހެން އެންމެން އެއްގޮތެއް ނުވާނެ.. ރާދް ތިހެން އުޅޭތީ ބޭބެމެން ހާދަ ކަންބޮޑުވެޔޭ.. އަބަދު މީހާ މަސައްކަތުގައި މާ ބިޒީކޮއްލައިގެން ތިއުޅެނީ އެޔާނާއެއް މަތިން ހަނދާން ނެތޭތޯއެއްނު.. އޭނަމަތިން ހަނދާންނެތޭނީވެސް އެހެން މީހަކު ތިލައިފްއަށް ގެނެސްގެންނޭ މޭން..” ޝަމީލް ވާހަކަ ދެއްކިއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ދުޢާ 11

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 15

Next
September 12, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 15

Previews
September 12, 2018

ދުޢާ 11

29 Comments!

  1. Blackpearl says:
    September 12, 2018 at 6:21 pm

    Salaam everyone
    Here is the third part of the story
    I hope yuh all will like it..
    Mistakes thah bunedhalehchey ingey ??

  2. yaa says:
    September 12, 2018 at 8:08 pm

    mashaa allah nice keep it up love ☺?

    1. Blackpearl says:
      September 12, 2018 at 11:02 pm

      Thank yuh dear ??

  3. Ana says:
    September 12, 2018 at 8:11 pm

    Mi partvx varah varah salhi dear
    Next partvx avahah up kurahchey please ❤

    1. Blackpearl says:
      September 12, 2018 at 11:04 pm

      Thank yuh Ana Darling
      Insha Allah next part friday ga up kohla dheynan ?

  4. Ninni says:
    September 12, 2018 at 9:16 pm

    Varah varah reethi
    When next part dear ?

    1. Blackpearl says:
      September 12, 2018 at 11:05 pm

      Thank yuh Ninni
      Next part on friday ?

  5. Hudher says:
    September 12, 2018 at 9:22 pm

    maasha allah dear v v v habeys mi part vx…whn next….next part thankolheh dhigu kolla dhehchey ingey

    1. Blackpearl says:
      September 12, 2018 at 11:06 pm

      Thank yuh Hudher
      Next part on friday Insha Allah
      Will try my best dhigu koh genesdhen ingey ?

  6. Ima says:
    September 12, 2018 at 9:28 pm

    Dhen Sharwaan fall vaany kanneynge Yaana ah..
    Story hama habeys ingey

    1. Blackpearl says:
      September 12, 2018 at 11:08 pm

      Lets see dhw Ima
      Thank yuh ?

  7. illy says:
    September 12, 2018 at 9:42 pm

    Mi part vess vvvvv riithi. Raadh ah avah angabal raaya akii raadh ge dhariyeh kan

    1. Blackpearl says:
      September 12, 2018 at 11:09 pm

      Thank yuh illy ?
      Hmmm Raadh ah angan eba jeheyey dhw eynage dharieh hunna kan

  8. Gurey says:
    September 12, 2018 at 9:54 pm

    Reethi

    1. Blackpearl says:
      September 12, 2018 at 11:10 pm

      Thank yuh Gurey ?

  9. ? Unknown ? says:
    September 12, 2018 at 10:25 pm

    Nice. Whn next part??

    1. Blackpearl says:
      September 13, 2018 at 12:02 pm

      Thank yuh dear
      Next part maadhan ?

  10. Manje says:
    September 12, 2018 at 10:38 pm

    Wow haadha reehchey mi part dear.. cant wait to read the next part ❤❤

    1. Blackpearl says:
      September 12, 2018 at 11:11 pm

      Thank yuh Manje ?
      Friday ah wait kohlaa ingey ?

  11. ?? says:
    September 12, 2018 at 10:53 pm

    Adhi rangalhah story nufeshey dhw
    Varah varah habeys ingey ekamvx story dhaagoiy and covervx varah reethi..Hayat and Murat maa gulheyne ekam hehe ..

    1. Blackpearl says:
      September 12, 2018 at 11:13 pm

      Yes dear adhi rangalhah nufeshigen miulheny hehe..
      Glad that yuh like the story and the cover..
      Hayat and Murat is one of my favorite ??

  12. Siyah Inci says:
    September 12, 2018 at 11:04 pm

    Wow. Very niiiiice ?❤️

    1. Blackpearl says:
      September 13, 2018 at 12:03 pm

      Thank yuh love ?❤

  13. Siyah Inci says:
    September 12, 2018 at 11:24 pm

    Varah salhi ❤️ Nu kada ?

    1. Blackpearl says:
      September 13, 2018 at 12:04 pm

      Moya ?‍♀️

  14. Siyah Inci says:
    September 12, 2018 at 11:26 pm

    Very nice. Amazing. Varah Salhi. Nu kada ? ?❤️

    1. Blackpearl says:
      September 13, 2018 at 12:05 pm

      ?‍♀️

  15. Aish maaya says:
    September 14, 2018 at 2:31 pm

    Story v rythi..??waiting for next part

  16. Shalook says:
    October 9, 2018 at 10:30 pm

    AMAZING

Comments are closed.


All Right Reserved!