Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 12

hygge Level 510 Stories100 Comments100 Login500 Comments
September 13, 2018 8 Mins Read
35 Comments

އޭނާގެ ޙާލަތަކަށް ބަދަލެއް ނާދެއެވެ. އާލިމާގެ އަޑުން އެކަނިވެސް އެ ހަށިގަނޑުގައި އަޅަމުންދާ ވޭން ވަޒަންކޮށްލެވެއެވެ. ދާނިޔަލްގެ ހިތަށް އެތައް ހާސް ހަންޖަރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ.

އޭގެ ދެވަނަ ސިކުންތުގައި އާލިމާ މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ. އެޔަށްފަހު މަޑުމަޑުން ލޯ މެރެމުން ގޮސް އެއްކޮށް ދެލޯ މެރުނެވެ. އެޔާއެކު ދާނިޔަލްގެ އަތުތެރޭގައި އޮތް އާލިމާގެ އަތް މަޑުމަޑުން ބާރު ދޫވަމުން ގޮސް އެ އަތުތެރެއިން ދޫވެގެން ވެއްޓުނެވެ.

ދާނިޔަލްއަށް އިނދެވުނީ ގަބުވެފައެވެ. އޭނާގެ އަތުތެރެއިން ވެއްޓުނު އާލިމާގެ އަތަށް ބަލަހައްޓައިގެންނެވެ. އެ ހިނދު ދާނިޔަލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް އާލިމާގެ އަތުތެރެއަށް ވެއްޓުނެވެ. “މަންމާ..” ވައި އަޑުން ދާނިޔަލް ބުނެލިއެވެ. އެއިރުވެސް މަޑު ފިޔާތޮށިކުލައިގެ އެ ދެތުންފަތް ދިޔައީ ތުރުތުރުލަމުންނެވެ. ދޮން ނޭފަތް އެއްކޮށް ރަތްވެފައި ވާއިރު ގަދަ މުށިކުލައިގެ ކަޅި ވީ ރިތި ދެލޯ ރަތްވެފައި ވާވަރުން ހީވަނީ ލޭއަރައިފައި ހުރިހެންނެވެ. ދާނިޔަލްގެ ދެލޯ އަދިވެސް ފުސްކުރަމުން ދިޔައީ ހިނދެއް ހިނދަކަށް ގިނަވަމުންދިޔަ ކަރުނަތަކުންނެވެ.

ކުއްލިޔަކަށް މިވީ ކިހިނެތް ހެއްޔެވެ؟ އޭނާގެ މަންމަވެސް ލޯބިވާ ބައްޕައެކޭ އެއްފަދައިން މި އަނިޔާވެރި ދުނިޔެ ދޫކޮށް އޭނާއާއި ވަކިވީ ހެއްޔެވެ؟ އޭނާ މުޅި ދުނިޔެއަށް އެކަނިވެރި ވީހެއްޔެވެ؟ ދާނިޔަލްއަށް އިނީ އަދިވެސް ދެންމެ ކަންތައްވެދިޔަ ގޮތް ޤަބޫލުކުރަން ދަތިވެފައެވެ. އޭނާ އެހާ އުންމީދާއެކު ހެވިލައިފައި ގެޔަށް އައި ތަނުން އެ ފެނުނީ ދުވަހަކުވެސް ދެކެން ބޭނުންވާ މަންޒަރެއް ނުނެވެ. ނަމަވެސް ކިތަންމެ ބޭނުންވި ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާ ގޮތް ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށްވެސް ދައްކަވާނެ ދުވަހެކެވެ. ދާނިޔަލް މަޑުމަޑުން އެނދުމަތީގައި އާލިމާގެ އަތް ކައިރީގައި ބޯ އަޅާލިއެވެ. އެޔަށްފަހު ދެލޯ މަރާލިތަނުން ސިފަވެގެން ދިޔައީ އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުތަކެވެ.

އާލިމާ ލޯބިން އޭނާއަށް ކޮށްދިން އެތަކެއް ކަންކަމެކެވެ. އޭނާއަށް މަތީ މަޤާމެއް ލިބޭ ކޮންމެ ދުވަހަކު އާލިމާ އުފަލުން އުޅޭ ގޮތެވެ. އޭނާއަށް މަރުޙަބާ ކިޔާ ގޮތެވެ. އާލިމާ ނުކައި ހުރެފަވެސް އޭނާއަށް ގަދަކަމުން ކާންދޭ ގޮތެވެ. މާޒީ ހަނދާން ވަމުން ދިޔަ ދިޔަހެން އެނދުގައި އަޅައިފައި އޮތް ބެޑުޝީޓު ދާނިޔަލްގެ ހޫނު ކަރުނަތަކުން ތެންމަމުން ދިޔައެވެ.

“ދަރިފުޅާ.. ކޮންމެ ކަމެއްގަވެސް ހިތްވަރު ކުރަން ވާނެ.. ކާމިޔާބު ލިބޭ ހިނދު ހިތްތިރި ކުރަންވާނެ.. ދުނިޔެއަކީ ވަގުތީ ތަނެއް.. މިއީ އަހަރެމެންނަށް އިމްތިޙާނެއް.. މި ދުނިޔެއަކު އަހަރެމެން އަބަދަކު ނުތިބޭނެ.. އެހެން ވީމަ ވިހާވެސް ގިނައިން ހެޔޮ ޢަމަލުތައްކޮށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރަން ވާނެ.. މަންމަ ދުނިޔެ ދޫކޮށް ދިޔަޔަސް ދާން ނުވާނެ އަބަދު އެ ހިތާމައިގަ އުޅޭކަށް.. ކެތްތެރިވާން ވާނެ.. ﷲ ލޯބިވެ ވޮޑިގެންވަނީ ކެތްތެރީންނާއެކު.. ދަރިފުޅަށް އިނގޭތަ؟ މީހުން މަރުވީމަ އޭނާ ގާތު އެހާ ބާރަށް ރޯކަށް ވެސް ނުވާނެ.. އެއިރަށް މައްޔިތާއަށް އުނދަގޫ ވާނެ.. އެހެން ވީމަ އެކަހަލަ އެތަށް ސަބަބުތަކަކަށްތަކައި ކެތްތެރިވާން ވަނީ.. މިހާރު އިނގިއްޖެތަ؟” ދާނިޔަލްގެ ހަނދާނަށް އައީ އެއްދުވަހު އިސްލާމް ފިލާވަލެއް ދަސްކުރަމުން ގޮސް މައްޔިތުންނާއި ގުޅޭ ގޮތުން އޮތް ފިލާވަޅު ކިޔުމަށްފަހު އާލިމާ ގާތު ދާނިޔަލް ސުވާލެއް ކޮށްލުމުން އޭނާ ދިން ޖަވާބެވެ.

އެހިނދު ދާނިޔަލްގެ ދެލޯ އަނެއްކާވެސް ފުރިގެން ބަންޑުން ވިއެވެ. އޭނާ ހިތްވަރު ކުރާނީ ކިހިނެތް ހެއްޔެވެ؟ މި ދުނިޔޭގައި އޭނާގެ ހުރި ހަމައެކަނި މީހާވެސް އޭނާ ދޫކޮށްފައި އެ ދިޔައީއެވެ. ދާނިޔަލްގެ ދެލޮލުން ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ދިޔައެވެ. ލަގޮނޑިއަށް ތަދުވާވަރުން ދާނިޔަލްއަށް ދޭތެރެއަކުން އަގަ ހުޅުވާވެސް ލެވެއެވެ. އެހެން ނަމަވެސް އެ ޒުވާނާ ދިޔައީ އޭނާއަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުންނެވެ. ދާނިޔަލްއަށް ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ގިސްލެވެމުން ދިޔައެވެ.

އިރުގަނޑެއް ވަންދެން އެހެން އޮތުމަށްފަހު ދާނިޔަލް މަޑުމަޑުން އެނދުން ބޯ ހިއްލާލިއެވެ. އެހިނދު އަނެއްކާވެސް އެ ދެލޯ ފުރި ބަނޑުންވާން ފެށިއެވެ. އޭނާގެ ހިތް މިއަދު ވަނީ ފަޅި ފަޅިވެފައެވެ. އެހެން ނުވާންވި ސަބަބެއް ނެތެވެ. އާލިމާއަކީ އޭނާގެ ލޯބިވާ މަންމައެވެ. މި ދުނިޔޭގައި އޭނާގެ ހުރި ހަމައެކަނި އިންސާނާއެވެ. ދާނިޔަލް އެވަގުތު ބޭނުންވީ ބާރަށް ހަޅޭތް ލަވައިގަންނާށެވެ. ދުވެފައި މާދުރަށް ގޮސް ގެއްލޭށެވެ. އެހެން ނަމަވެސް އެ ހުރިހާކަމެއް ހިތުގެ އަޑީގައި ފަސް އަޅާ ފޮރުވާލަުމަށްފަހު ހިތްވަރު އެހުރިހާކަމެއްގެ މައްޗަށް ގަދަކޮށްލިއެވެ.

އެޔަށްފަހު ކަނާއަތުން ލޯ ފުހެލީ މުޅިން އާ ޢަޒުމަކާއެކުއެވެ. އާނއެކެވެ. އޭނާގެ ލޯބިވާ މަންމައަށްޓަކައިވެސް އޭނާ ހިތްވަރު ކުރާނެއެވެ. ކާމިޔާބު މީހަކަށް ވާނެއެވެ. މަންމަގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދޭނެއެވެ. އެއީ މަންމައަށް މިއަދު އެތަން ނުފެނުނު ކަމުގައި ވިޔަސް ވެހެވެ.

ދާނިޔަލް ހިތްވަރުކޮށްލައިފައި ތެދުވެލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. އެޔަށްފަހު މަޑުމަޑުން ދެތިން ފިޔަވަޅު ކުރިޔަށް އެޅުމަށްފަހު ޖީބުގައި އޮތް ފޯނު ނަގައި ނަންބަރު ތަކަށް ފިއްތަން ފެށިއެވެ. އެޔަށްފަހު ފޯނު ކަންފަތިގައި ޖައްސާލިއެވެ.

“އަން.. މިހުރީ ކޮފީ..” ގޭގެ ގޯތިތެރޭގައި އޮތް ބޮޑު ބަގީޗާގައި ބަހައްޓާފައި އިން ސޯފާވައްތަރުގެ ރޯނުން ޒީނަތްތެރިކޮށްފައި އިން ގޮނޑިއެއްގައި ނޫހެއް ކިޔާލަން އަރީފް އިނެވެ. އެހިނދު ތަބަކަކަށް ދެ ކޮފީތަށީ ލައިގެން އައިސް ޝަޒިއްޔާވެސް ގޮނޑީގައި އިށީނދެލިއެވެ. އެޔަށްފަހު ކުޑަ މޭޒުމަތިގައި ތަބަށް ބެހެއްޓުމަށްފަހު އަރީފްއަށް ކޮފީތަށި ދިއްކޮށްލިއެވެ. އަރީފްވެސް ޝުކުރު އަދާކުރުމަށްފަހު ކޮފީތަށިގައި ހިފާލިއެވެ.

ހިނގާދިޔަ ޚިޔާލު ތަފާތުވުމަށްފަހު އަނެއްކާވެސް އެދެމީހުން މަސައްކަތްކުރަމުން އެދަނީ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަނެއްކާވެސް ކުރިއެކޭ އެއްފަދައިން ރަނގަޅު ކުރެވޭތޯއެވެ. ދެމީހުން ބަދަލުކުރަމުން ދިޔަ ހިނިތުންވުން ތަކުންވެސް އެކަން ހެކިދެއެވެ.

ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު އަރީފް އެ ކޮފީއަށް ތަޢުރީފް ކޮށްލިއެވެ. އެހނދު ޝަޒިއްޔާވެސް ޝުކުރުވެރި ހިނިތުންވުމެއް އަރީފްއަށް ރައްދުކޮށްލިއެވެ. ދެމީހުން ވާހަކަ ދައްކާލަން ތިއްބާ ދެމީހުންގެ ވާހަކަ މެދުކެނޑިގެން ދިޔައީ އަރީފްގެ ފޯނު ރިންގް ވީ އަޑަށެވެ. އޭނަ ފޯނު ޖީބުން ނެގުމަށްފަހު އޭގެ ސްކްރީނަށް ބަލައިލިއެވެ. އަދި އެޔަށްފަހު އިން ތަނުން ތެދުވެގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ފިނިފެންމާ ގަސްބޮނޑި ކައިރީގައި މަޑުކޮށްލިއެވެ. ކަޅު ރަތްކުލައިގެ ކުދި ފިނިފެންމާތަކުން އެ ގަސްބޮނޑިތައް ބަރާވެފައިވެއެވެ. ވަށައިގެންވި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ ﷲގެ ކުޅަދުންވަންތަކަމެވެ.

“ހެލޯ ދާނިޔަލް..” އަރީފް ރީތި ހިނިތުންވުމަކާއެކު ވާހަކަ ދައްކަން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ ހާސްކަމެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު ވާއަތުން މޫނުމަތީގައި އަތް ކާއްތާލިއެވެ. އެޔަށްފަހު އަވަސް އަވަހަށް ފޯނު ކަނޑާލުމަށްފަހު ގޭތެރެއަށް ވަންނަން ދިގު ފިޔަވަޅުތަކެއްގައި ބާރުބާރަށް ހިނގައިގަތެވެ. “އަރީފް..” އަރީފްއަށް ކުއްލިޔަކަށް އެ ވީ ގޮތުން ޝަޒިއްޔާ އިނީ ވާނުވާ ނޭޏގިފައެވެ. “އަނެއްކާ ކިހިނެތް ވީބާ؟” ޝަޒިއްޔާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކުއްލިޔަކަށް އަރީފްއަށް އެ ވީގޮތެއް އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ނަމަވެސް ކޮންމެވެސް ގަމެއް ގޯސްވެއްޖެކަން އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. އެހެން ކަމުން ފަހުން އަރީފް ގާތު އަހާލާނީ ކަމަށް ހިތަށް ވިސްނައިދެމުން ޝަޒިއްޔާ ގޮނޑީގައި ހަމަޖެހިލިއެވެ. ނަމަވެސް އޭނަގެ މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނަން ހުއްޓެވެ.

“ދާނިޔަލް.. ދާނިޔަލް..” އަރީފް ކާރު ޕާކު ކޮށްލުމަށްފަހު ދުވެފައި އައިސް ދާނިޔަލްމެންގެ ގޭތެރެއަށް ވަނެވެ. އެޔަށްފަހު ދުވަމުން ކަހަލަ ގޮތަކަށް އެތެރެއަށް ވަދެގެން ދަމުން ދާނިޔަލްއަށް އޭނާ ގޮވިއެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ ހުޅުވިފައި ހުރި ކޮޓަރިއެއްގެ ދޮރެވެ. އަރީފް ބާރަށް ހިނގާލައިފައި ގޮސް އެކޮޓަރިތެރެއަށް ބޯ ކޮށްޕާލިއެވެ. އެއިރު ދާނިޔަލް އާލިމާ އޮތް އެނދު ކައިރީގައި އިށީނދެލައިގެން އިނެވެ. އެއްވެސް ޙަރަކާތެއް އެ ޒުވާން ކުއްޖާގެ ގައިގައި ނެތެވެ. ފާޑަކަށް ގަބުއަރައިފައި އިނިއެވެ.

އަރީފް ގޮސް ދާނިޔަލް އާއި އާލިމާ އޮތް އެނދު ކައިރީގައި ހުއްޓިލިއެވެ. އަރީފްއަށް ފެނުނީ އެނދުގައި އޮށޯވެލައިގެން އޮތް ދޮން އަދި ރީތި މޫނެއްގެ ވެރިއެކެވެ. ގޭގައި ލާކަހަލަ ކަށިމައްޗާ ހަމައަށް އަރާވަރުގެ ހަރުވާޅު ހެދުމެއް ލައިފައި އޮތް އިރު ކަޅު ބުރުގަލަކުން ބޯ ފޮރުވާލައިފައި އޮތެވެ. އަނގަ ކައިރީގައި ކޮންމެވެސް ވަރަކަށް ލޭހުއްޓެވެ. އަންހެން މިހާގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ.

އަރީފްއަށް އެއީ ދާނިޔަލްގެ މަންމަ އާލިމާކަން ދެވަނަ ވިސްނުމަކަށް ނުގޮސް ނަގައިގަނެވުނެވެ. އަރީފްގެ ހިތަށްވެސް ދާނިޔަލް އިން ހާލަތާއި ކުރިމަތީ އޮތް އާލިމާ ފެނި ފުން އަސަރުތަކެއް ކުރުވިއެވެ. ދާނިޔަލްއަށް ބަލައިލުމުން އެ ހިތުގައި ރިއްސާލިއެވެ. އެ ފަކީރު ކުރާނެ ހިތާމަ ހިތަށް އަރުވާލަންވެސް އަރީފްއަށް ދައްޗެވެ. އަރީފް މަޑުމަޑުން ދާނިޔަލް ގާތު ކުޑަ ކަކޫ ޖަހާލަމުން އިށިންދެލުމަށްފަހު ދާނިޔަލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“ދަރިފުޅާ ދާނިޔަލް.. މިއީ ކޮންމެ މިހަކަށްވެސް ދައްކަވާނެ ދުވަހެއް.. ހިތްވަރު ކުރަން ވާނެ.. ތީ ބޭބެގެ ލޭ ހިނގާ ކުއްޖަކަށް ނުވި ނަމަވެސް ތިއީވެސް ހަމަ ބޭބެގެ ދަރިއެއްފަދަ ކުއްޖެއް.. ހިތްވަރު ކުރޭ ދާނިޔަލް.. މަންމައަށްޓަކައި ދުޢާ ކުރޭ.. ދެން އެ މަންމަ އަށް އެންމެ ބޭނުންވާނެ ކަމަކި އެއީ..” ދާނިޔަލްގެ ކޮނޑުގައި ހިފަހައްޓާލަމުން އަރީފް ބުނެލިއެވެ. އެހިނދު ދާނިޔަލް ނޭފަތް ދަމާލި އަޑު އިވުނެވެ.

އާލިމާގެ ކަށުކަމާކެމީގެ ކަންތައް ނިމި ހުރިހާކަމެއް ނިމިގެން ދިޔައީ އެރޭގެ އިޝާ ނަމާދަށް ފަހުއެވެ. މަންމަ ނެތުމުގެ ފަޅުކަން އަދިވެސް އެ ޒުވާން ހިތުން ނުފިލައެވެ. ނުވެސް ފިލާނެވެސް މެއެވެ. އާލިމާއަކީ ދާނިޔަލްގެ ދިރިއުޅުމުގެ އެއްބައެވެ. އޭނާ ކުރިޔަށްދާން އެހީވެދިން އެންމެ މުހިއްމު މީހާއެވެ. ދާނިޔަލް ރޭގަނޑުގެ އެ ވަގުތު އަނދިރި މަގުން ހިނގާލައިފައި ދިޔައީ މިސްރާބެއް ނެތި ދުއްވާ އޮޑިއެއް ފަދައިންނެވެ. އެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތް ފަދައެވެ.

މަގުމަތިން ލައިފައި ދިޔައިރުވެސް އޭނާގެ މޫނުމަތިން މާޔޫސްކަން ނޫން އިތުރު އަސަރެއް ފަޅޫވާކަށް ނެތެވެ. އޭނާ މިރޭ ބޭނުންވީ އެކަނި ވެލާށެވެ. އަނދިރި މަގުން ހިނގާފައި އެ ދަނީވެސް އެހެންވެއެވެ. އަރީފްގެ އެދުމުގެ މަތިން ކާރުގައި ދާން ފުރުސަތު ލިބުމުންވެސް އެކަމާއި ދެކޮޅު ހެދީ ހަމަ އެންމެ މަގުސަދެއްގައެވެ. އެކަނިވެލުމުގެ ބޭނުމުގައެވެ.

ދާނިޔަލް އަށް ހިނގައިފައި ދިޔަގޮތަށްގޮސް ނިކުމެވުނީ ތާރު އެޅި މަގާ ދިމާލަށެވެ. އޭނާއަށް މިހާރު އެގޮތަށް ހިނގެނީ ކިހާ އިރެއް ވާންދެން ކަމެއްވެސް ޚުދު ދާނިޔަލްއަށްވެސް ނޭނގެއެވެ. އެތާ އެހުރީވެސް ހަމައެކަނި އޭނާގެ ހަށިގަނޑެވެ. ވިސްނުން ވަނީ ޖެހެމުން ދިޔަ ފިނި ފިނި ވަޔާއެކު މާދުރަށް ގޮސް ގެއްލިފައެވެ. ހިނގަމުން ދިޔަ ދާނިޔަލްއަށް މީހެއް ގައިގައި ޖެހުނު އިރުވެސް ރޭކާނުލިއެވެ. އޭނާ އަޅާނުލައި ދިޔަ ގޮތަށް ދިޔައީއެވެ. މީހަކު އެއްޗެކޭ ބުނިހެން ހީވިއެވެ. ނަމަވެސް އޭނާއަކަށް އެކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ކުރިއެކޭ އެއްފަދައިން ހިނގަމުން ކުރިޔަށް ދިޔައީއެވެ.

“މި ފިރިހެނުން ހިނގައިފަ ދާއިރަށް ދުވަހަކުވެސް މަގުމަތިން ދާ އެހެން މިހުންނަކަށް ބަލައެއް ނުލާނެ..” ދެންމެ ރިޔާޝާ ގައިގައި ޖެހުނު ފިރިހެން ކުއްޖާ އަށް ނިސްބަތް ކޮށް އާލާ އެއްޗެހި ކިޔަމުން ދިޔައެވެ. އާލާ އެއީ ކޮންމެ ކަމެއްގައިވެސް ޙަޤީގަތް ބަލައިނުލައި ގޮތް ކަނޑައެޅުމަށްފަހު އެހެން މީހުންނާއި ދިމާލަށް އެއްޗެހި ކިޔާ މީހެކެވެ. ހަމަ ޝަޒިއްޔާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ދުވަހަކުވެސް ތިމާގެ ކުށެއް ނުފެންނާނެއެވެ.

“ކިހިނެއް ވީތަ ރިޔަށްތަ ފާޑަކަށް އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރީ؟” ހިނގާލައިފައި ދިޔަ ފިރިހެން ކުއްޖާ އާއި ދިމަލަށް ގެއްލިފައި ހުރި ރިޔާޝާގެ ލޯ ކުރިމަތީގައި އަތް ހިންގާލަމުން އާލާ އަނެއްކާވެސް ސުވާލު ކުރިއެވެ. ރުކާވެސް ހުރީ ރިޔާޝާއަށް ވެފަ ހުރި ގޮތަކުން ހައިރާން ވެފައެވެ.

ރިޔާޝާއަށް ހޭވެރިކަން ވުމުން އަވަސް އަވަހަށް ދެކޮޅަށް ބޯ ހޫރުވާލިއެވެ. “އޭނާ ހާދަ ފާޑަކަށޭ އެހުރީ.. އަނެއްކާ ކިހިނެތް ވެފަބާ؟” ރިޔާޝާ މަޑުމަޑުން ކިޔާލިއެވެ. ނަމަވެސް ގާތުގައި ހުރި ރުކާއަށާއި އާލާއަށް އެ އަޑު ވަރަށްވެސް ރީއްޗަށް އިވުނެވެ. “ކާކުތަ؟” ރުކާ ސުވާލު ކޮށްލިއެވެ. “ތިމީހުންނަށް ނުފެނޭތަ؟ ދާނިޔަލް އޭ އެ ދިޔައީ.. ވަރަށް ފާޑަކަށް ހުރީ.. ހީވަނީ ބޮޑު ކަމަކާއި ހިތާމަކޮށްފަ ހުރިހެން..” ފަނޑު އަލީގެ ތެރެއިންވެސް ރިޔާޝާއަށް ދާނިޔަލް ފާހަގަ ކުރަން އިނގުނެވެ. އެހިނދު ރުކާ ލާނެއް ހިންޏެއް އައެވެ.

“ދޮންތައަށް މިހާރު އެންމެންގެ މޫނުވެސް ފެންނަނީ އެހެންތަ؟” ރުކާ ސުވާލު ކޮށްލިއެވެ. އާލާ ހުރީ ވާނުވާ ނޭނގިފައެވެ. “ނޫނެކޭ.. ހަމަ އަސްލުގަވެސް އެއީ އޭނައޭ..” ރިޔާޝާ ރުކާއާއި ދެކޮޅު ހެދިއެވެ. “އެ ވެދާނެ ރުފިޔާކޮޅު ހުސްވީ ކަމަށް.. އެހެންވެ ގޮތް ހުސްވެގެން ހަދާނެ ގޮތެއް ނޭނގިގެން ދެރަވެގެން ރޮނީކަމަށްވެސް ވެދާނެއްނު..” ދާނިޔަލްގެ ވާހަކަ އަޑުއިވުމުން އާލާ ގާތަށް އައީ މަލާމާތުގެ ހިންޏެކެވެ. އާލާގެ ވާހަކަ އަޑުއެހުމަށްފަހު ރުކާ ދެކޮޅަށް ބޯ ހޫރުވާލި އިރު ރިޔާޝާ ހުރީ އޭނާ އެ ދައްކާ ވާހަކަ ނަގައި ނުގަނެވިފައެވެ. ނަމަވެސް އާލާ އެގޮތަށް ވާހަކަ ދެއްކުމުން ރިޔާޝާ ކޮންމެވެސް ވަރަކަށް ހިތް ހަމަ ނުޖެހުނެވެ. “ހޫން ދެން ހެވޭ.. ހިނގާ ދަމާ..” އާލާ އެހެން ބުނުމަށްފަހު ރިޔާޝާ އާއި ރުކާގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ކުރިޔަށް ހިނގައިގަތެވެ.

***

ގޭތެރެއަށް ވަދެގެން އައި އަރީފްގެ މޫނުމަތިން މާޔޫސްކަމާއި އެއްވަރަށް ވަރުބަލިކަން ފާޅުވޭވޭ ހުއްޓެވެ. ސިޓިންގް ރޫމުގައި އިން ޝަޒިއްޔާއަށްވެސް ބަލައިލުމެއްނެތި އޭނާ ދިޔަ ގޮތަށް ސިޑީގެ ހަރުފަތްތައް ފަރިތަކަމާއެކު ގިރާކުރަމުން ގޮސް ކޮރިޑޯއިން ލައިފައި އަރީފްމެންގެ ކޮޓަރިއަށް ވަނެވެ. ޝަޒިއްޔާވެސް ދެބުމަ ގާތްކޮށްލުމަށްފަހު ސިޑިން އަރަން ދިޔައީ އަރީފް ގާތުން ވިގޮތް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

ބާރުބާރަށް ހިނގާލައިފައި ދިޔަ ޝަޒިއްޔާ ކޮޓަރިއަށް ވަތް އިރު އަރީފްގެ ހިލަމެއްވެސް ނުވެއެވެ. އޭނާ ފެންވަރަން ވަނީކަން އެނގުމުން ޝަޒިއްޔާ ކޮޓަރި ދޮރު ލައްޕާލުމަށްފަހު ގޮސް އެނދަށް އަރައި އެނދުގެ ފަޑީގައި ލެނގިލައިގެން ސައިދް ޓޭބަލް މަތީ އޮތް ނޫސް ނެގުމަށްފަހު އެ ކިޔަން ފެށިއެވެ. ޝަޒިއްޔާއަކީ ފުދޭވަރަކަށް ފޮތްތެރި މީހެކެވެ. އޭނާގެ މައުލޫމާތު މުއްސަނދީވެސް އެހެންވެއެވެ.

ޝަޒިއްޔާ އޭނަ ގެންގުޅުނު މަޖައްލާ ބޭއްވީ ފާޚާނާ ދޮރު ހުޅުވުނު އަޑަށެވެ. އެހިނދު ފެންވަރައިގެން ނިކުތް އަރީފް ފެނި ޝަޒިއްޔާ ވާހަކަ ދައްކަން ފެށިއެވެ. “ކިހިނތްތަ ވީ އަރީފް؟ ހާދަ ކުއްލިޔަކަށޭ އެއިރު ދިޔައީ.. ވަރަށް އަވަސް އަރުވާލައިގެނެއްނު އުޅުނީވެސް..” ޝަޒިއްޔާ މަތި މައްޗަށް ސުވާލު ކުރިއެވެ. އަރީފްގެ މޫނުމަތިން އަނެއްކާވެސް މާޔޫސްކަން ފާޅުވިއެވެ. “ދާނިޔަލް..” އަރީފް އަށް ދާނިޔަލްގެ ނަން ބުނެވުނު ތަނާ އަތުގައި އޮތް މަޖައްލާ އެނދުމައްޗަށް ބާރަކަށް ޖެހުމަށްފަހު ޝަޒިއްޔާ އެނދުން ތެދުވެ އަރީފް އާއި ދިމާލަށް ހިނގައިގަތެވެ.

“ދާނިޔަލް.. ދަނިޔަލް.. ދާނިޔަލް.. އަބަދު އެކުއްޖާގެ ނަންތަ މިހާރި އަރީފްއަށް ކިޔެނީވެސް؟ ކޮންމެ ކަމެއްވެސް އެ ކުއްޖާއާއި ގުޅުވައިފަ.. ބޮޑުކަމެއްނު.. އޭނާ ކޯންޗެއް ކާންދިނީތަ އޭނައަށް މާވަރަކަށް އެހީވެދީގެން ތިއުޅެނީ؟ މަށަށް ޔަގީނޭ އޭނާ ކޮންމެވެސް ފަންޑިތައެއް ހެދީކަން.. އާ އެހެންނު ވާނީ.. އިނގޭނެ ވިއްޔަ މުއްސަނދި މީހުންގެ ބޮލުތެރެއަށް ވަދެވުނީމަކަން ރުފިޔާ ބޮނޑިބޮނޑި އަތަށް އަރާނި…” ޝަޒިއްޔާ އަތުން ރުފިޔާ ގުނާގޮތް ދައްކާލަމުން ދުލަށް އައިހާ އެއްޗެއް ކިޔަމުން ދިޔައެވެ. އަރީފްގެ ކެތްތެރިކަންވެސް ކޮޅުންލީ އެހިސާބުންނެވެ.

“ޝަޒިއްޔާ.. ޙަޤީގަތް ބަލާލައިފަ ވާހަކަ ދެއްކުން ކަންނޭނގެ ރަނގަޅުވާނީ.. ޝަޒިއްޔާގެ މަންމަ މަރުވެއްޖެނަމަ މީހަކު ތިހެން ތި ދެމައިންނަށް އެއްޗެހި ކިޔާ އަޑުއަހަން ފަސޭހަ ވާނެތަ؟ މީހަކު ޝަޒިއްޔާއާއި ދިމާލަށް އަބަދު ތިހެން ބަދުބަސް ބުނެ ހަދަންޏާ ދެރައެއް ނުވާނެތަ؟ ޝަޒިއްޔާ އެންމެ ފަހަރަކުވެސް އެ ނިކަމެތި ފިރިހެންކުއްޖާ އާމެދު ވިސްނާލިންތަ؟ އޭނާ މިއަދު އެކަނިވެރިވާނެވަރު ވިސްނާލަބަލަ.. އަދި އެންމެ އަށާރަ އަހަރުގެ ކުއްޖެކޭ އެއީ.. އޭނާ އެހާ ޅައުމުރުގަ މިއަދު އޭނާގެ މަންމަ އޭނާ އާއި މުޅި މިދުނިޔެ ދޫކޮށް އެ ދިޔައީ.. އެ ނިކަމެތި ކުއްޖާ ދެރަވާނެ ވަރު ވިސްނާލަބަލަ.. އެފަކީރު ކުރާނެ ހިތާމަ ކުޑަކޮށްވެސް ވިސްނާލަބަލަ..” އަރީފްގެ އަޑު އެންމެ ފަހުން ތުރުތުރުލާން ފެށީ އޭނާވެސް ރުޅިގަދަވުމުންނެވެ.

އެހެން ނޫވާންވީ ކީއްވެހެއްޔެވެ؟ ޝަޒިއްޔާގެ ކަންތައްތައްވެސް މިހާރު އެދަނީ މާ މައްޗަށެވެ. ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން އަރީފް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އެޔަށްފަހު ރުޅިގަނޑު ކޮންޓްރޯލް ކޮށްލިއެވެ. އަދި ޝަޒިއްޔާއަށް ބަލައިލުމެއްނެތި ތައްޔާރުވެލައިގެން ކޮޓަރިން ނިކުތެވެ.

ޝަޒިއްޔާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. ފުރަތަމަ ފަހަރަށް ދާނިޔަލް އާއި މެދު ވިސްނާލެވުނެވެ. އޭނާއަށް މިފަހަރު ދާނިޔަލް އާއި ދިމާލަށް އެއްޗެހި ކިޔާކަށް ނުކެރުނެވެ. އެނާގެ ހަރު ހިތް ކޮންމެވެސް ވަރަކަށް މަޑުވެލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ދާނިޔަލް ގެޔަށް އައިސް ވަތް ތަނުން އިޙުސާސް ކުރެވުނި ފަޅުކަމެވެ. މަންމައާއި އެކު ހޭދަކުރެވުނު ކޮންމެ ސިކުންތެއް އޭނާގެ ލޯމަތިން ފިލްމެއް ފަދައިން ސިފަވަމުން ދިޔައެވެ. އެހިނދު އަނެއްާވެސް އޭނާގެ ލޮލުން ކަރުނަ ހިލުވާލިއެވެ. ނަމަވެސް އޭނާ މަތި ބަލައިލި ގޮތުން އެކަރުނަތައް ހިންދަން މަސައްކަތް ކުރާކަން އިނގެއެވެ. ދާނިޔަލް ހިނގާލައިފައި ދިޔަ ގޮތަށްގޮސް އާލިމާގެ ކޮޓަރިއަށް ވަނެވެ. އެހިނދު އަނެއްކާވެސް އެ ދެލޯ ފުރިގެން އައެވެ. ކީއްވެ ހެއްޔެވެ؟ އެހާ ކުއްލިގޮތަކަށް މަންމަ އޭނާ ދޫކޮށް އެ ދިޔައީ ކީއްވެހެއްޔެވެ؟ ދާނިޔަލްގެ ހިތް ޝަކުވާއިން ފުރިގެން އައެވެ. ދާނިޔަލް މިހާރު އެހުރީ ޝައިޠާނާ އިންސާނާގެ ސިކުނޑިއަށް ސަވާރުވެ ގަންނަ އެއް ޙާލަތުގައެވެ. އޭނާގެ ދެރައިގެ މައްޗަށް ޝައިޠާނާ ބަލާނީ ކުރި ހޯދޭތޯއެވެ.

ދާނިޔަލް އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އަދި މަރަކޯ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެކަމެއް ކަމާއި އެއީ އިންސާނާ އާއި އެންމެ ގާތުގަ އަދި އެންމެ ދުރުގައި ވާކަންތައްކަން ހިތަށް ވިސްނައިދިނެވެ. ދާނިޔަލްގެ ލޮލުގައި ކުއްލިޔަކަށް އަޅައިގަތީ އާލިމާގެ އެނދުމަތީގައި އޮތް ކުޑަ ފޮށްތެވެ. ލޮލުން އައިސްފައި ހުރި ކަރުނަތަށް ފުހެލަމުން ނޭފަތް ދަމާލުމަށްފަހު ދާނިޔަލް ގޮސް ކުޑަކޮށް ގުދުވެލައިފައި އެނދުމަތީގައި އޮތް ފޮށިގަނޑު ނެގިއެވެ. އެހިނދު އޭނާގެ ހަނދާނަށް އާލިމާ ކުރިން ބުނި ވާހަކައެއް އެއެވެ. އޭނާ އޭލެވެލް އިން މަތީ ފާހެއް ހޯދުމުން އާލިމާ އޭނާއަށް ވަރަށް ރަނގަޅު ހަދިޔާއެއް ދޭނެކަމުގައި ބުނެލި ވާހަކައެވެ. ފޮށިގަނޑުގެ ބޭރުގަނޑަށް ބަލައިލި ހިނދު ދާނިޔަލްއަށް ލިބުނީ ހައިރާން ކަމެކެވެ.

އެއީ އެންމެ ފަހުގެ ފޯނު ތަކުގެ ތެރެއިން މޮޅު ފޯނެކެވެ. ކޮންމެ މަންމައަކާއި ބައްޕައެއްވެސް އެމީހެއްގެ ދަރިއަކަށް އެންމެ މޮޅެތި އެއްޗެހި ދޭން ބޭނުންވާނެއެވެ. އާލިމާވެސް އެގޮތް ބޭނުންވިއެވެ. ނަމަވެސް އޭނާއަށް އެ ތަނަވަސްކަން ލިބިފައި ނުވުމުން އެކަން ފުއްދައި ނުދެވުނިއެވެ. ދާނިޔަލް ނުބުންޏެއްކަމަކު ދާނިޔަލްވެސް އެ އެއްޗެހި ބޭނުންވާނެކަން އާލިމާއަށް އެނގެއެވެ. އެހެން ކަމުން އެ ފޯނު ދާނިޔަލްއަށަ ގަނެދޭން އާލިމާ ނިންމީއެވެ. ދާނިޔަލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް އެ ފޮށިގަނޑަށް ޖެހުނެވެ.

އެކަމަކު ކިހިނެއް ހެއްޔެވެ؟ އެ ފޯނު ގަތުމަށް އެހާ ބައިވަރު ފައިސާ ބޭނުންވާއިރު އެ ހުރިހާ ފައިސާއެއް އާލިމާ ހޯދީ ކޮން ގޮތަކުން ބާވައެވެ؟ ދާނިޔަލްގެ ސިކުނޑިއަށް އެތިކޮޅުތަކެއް ގުޅިގެން އަންނ ފަދައިން ދެން އަންނަން ފެށީ މި ފަހަކަށް އައިސް އާލިމާ ބުރަކޮށް ކުރަމުން އައި މަސައްކަތްތަކެވެ. ކިއްލި ތަޅަން ކިތަންމެ ވަރުބަލިވެފައި އިން ނަމަވެސް އިންނަ ކަމެވެ. އެހުރިހާ ކަމެއް ހަނދާން ވީ ވަގުތު ދާނިޔަލްގެ ދެލޮލަށް ކަރުނަތަށް ބޮނޑިވެގަތެވެ. އޭނާގެ މަންމަ އެހާ ބުރަކޮށް އެ މަސައްކަތް ކުރީ އޭނާއަށް އެ ފޯނު ގަތްދިނުމަށް ހެއްޔެވެ؟ ކޮން ފަދަ މަތިވެރި މައިވަންތަކަމުގެ ލޯތްބެއް ހެއްޔެވެ؟ “ޖަޒަކިއްލާހް ޚައިރަން މަންމާ.. ވަރަށް ލޯބިވޭ މަންމަދެކެ.. ވަރަށް ވަރަށް ބޮޑަށް…” ދެލޯ މަރާލަމުން މަޑުމަޑުން ދާނިޔަލް ބުނެލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރު 15

Next

ރާސްތާ 36

Next
September 13, 2018

ރާސްތާ 36

Previews
September 13, 2018

އިންތިޒާރު 15

35 Comments!

  1. pengiun says:
    September 13, 2018 at 12:43 pm

    yay… me first dhwww

    1. aish noor says:
      September 13, 2018 at 12:58 pm

      yess dear first.. 🙂 congrats penguin.. 🙂

  2. Hudher says:
    September 13, 2018 at 1:01 pm

    Nyc stry dear… maasha allah….kyp it up….me second dhw

    1. aish noor says:
      September 13, 2018 at 1:09 pm

      jazakillah khairan Hudher.. 🙂 yess dear.. congrats dear.. 🙂

  3. GREEN ?? says:
    September 13, 2018 at 1:04 pm

    Nooooooorrr dear konmme part ehves kiyan ekam busy kamun comment nukurevenyy ????????sorryyy noor ge mi story ves hama ehaa reethi??????????????❤??????next part avahah up kohladheeba free ihyaamun ???

    1. aish noor says:
      September 13, 2018 at 1:11 pm

      ehentha? it’s ok ingey.. btw, vrh dhuvaskohlaafa dhw mi dhimaa v.. 🙂 hehe.. ehentha dear? jazakillah khairan GREEN.. 🙂 hehe.. in sha allah maadhan up kohladheveytho try kuraanan ingey.. ehn noony faharegga miadhuge konmeves vaguthehga up kohladheveytho try kuraanan ingey dear.. 🙂

    2. aish noor says:
      September 13, 2018 at 1:11 pm

      in sha allah..

  4. kookie says:
    September 13, 2018 at 1:14 pm

    alhey hama rovijje.. aslugaivx rovijje. dhaaniyal dh ulheyny khneii kameh x neynge.. haadha dhera ey mi v..:-( mibai vx varah reethi.. avahah next part vx up kohladhehchey..

    1. aish noor says:
      September 14, 2018 at 8:12 am

      kookie dear.. 🙁 dhaaniyal ves hiyyvaru gadha kuhjakah vevetho masahakaiyy kuraneenu dhw? dhn balamaa.. 🙂 jazakillah khairan dear.. 🙂 in sha allah.. 🙂

  5. Zed says:
    September 13, 2018 at 1:19 pm

    Meega mistake eh ebaan 18 veema kama kuree part kohmes ehpartehga othee bunefa laisans nagan mihaaru 18 nuvaneetha

    1. aish noor says:
      September 14, 2018 at 8:13 am

      jazakallah khair zed, ethankolhu faahaga kohla dhinythy.. 🙂 noor innaanee mihaaru ethankolhu edit kohlaafa.. aslu handhaan nethigen ehn liyevuny.. hehe.. yeah.. aslu dhaaniyal ah 18 ey.. 17 aee noor ah olhigen liyevifa..

  6. Blue says:
    September 13, 2018 at 1:25 pm

    Wow v reethi??

  7. raifa says:
    September 13, 2018 at 1:31 pm

    Hama rohvaalaifi.??? story varah reeth.❤ly❤

    1. aish noor says:
      September 14, 2018 at 8:14 am

      alhey… 🙁 jazakillah khairan dear.. 🙂 aww.. <3<3<3<3<3

  8. Kokee says:
    September 13, 2018 at 1:33 pm

    maasha allah..vrh furihama..wen nxt..ly siss

    1. aish noor says:
      September 14, 2018 at 8:15 am

      jazakillah khairan Kokee dear.. 🙂 vrh ufaavehje.. 🙂 miadhu, in sha allah.. 🙂 aww.. <3<3<3<3<3

  9. # says:
    September 13, 2018 at 1:46 pm

    I am badly crying

    1. aish noor says:
      September 14, 2018 at 8:44 am

      alhey… 🙁 🙁 🙁

  10. Reader says:
    September 13, 2018 at 2:33 pm

    Omg omg I love you.. Haadha reehchey vaahaka Maasha Allah… Miadhu hama rovey dhuvaheh… Ehaa ves reethi ehen stories ves ❤️

    1. aish noor says:
      September 14, 2018 at 5:24 pm

      aww.. hehe.. <3<3<3<3<3 jazakillah khairan dear.. 🙂 alhey.. 🙁 asluvestha? vrh ufaa vaane hurihaa writers ves ehn v ma miadhu.. 🙂

  11. Lotus says:
    September 13, 2018 at 2:43 pm

    Anekkaavx rovijie.. haadha emotional ey.. dhen avaha dhaniyal fonuvaalaa abroada kiyavan..
    Waiting for the next part ?

    1. aish noor says:
      September 14, 2018 at 5:26 pm

      alhey.. 🙁 hehehe.. balamaa dhw dhn vaagotheh.. 🙂

  12. @AL@A says:
    September 13, 2018 at 3:08 pm

    alhey rovijje vry touchin ingeye mikahala kameh vaanekan cancer vaahaka buneema

  13. Shafaq says:
    September 13, 2018 at 3:33 pm

    Haadha varakah thi rohvvanee.. hithah mihaa asarukuri vaahaka eh adhi nukiyey.. dhaaniyal ahvuren gadhayah eba rovey.. nice???

    1. aish noor says:
      September 14, 2018 at 5:27 pm

      alhey vrh bodah sorry ingey shafaq dear.. 🙁 ehentha? vrh bodah sorry dear.. 🙁 jazakillah khairan dear.. 🙂

  14. Ibsha says:
    September 13, 2018 at 3:37 pm

    Roiy roiy varubalivejje.varah reethi

    1. aish noor says:
      September 14, 2018 at 7:45 pm

      alhey dear.. sorry ingey.. 🙁 adhi jazakillah khairan ibsha dear.. 🙂

  15. Mishy says:
    September 13, 2018 at 5:42 pm

    ????????????.. i cnt stp crying.. dhaan hrdha dhera vrnry dhwh.. ????vrh vrh reethi mi prt… ??????..lysm.. ❤❤❤❤❤❤❤

    1. aish noor says:
      September 14, 2018 at 7:46 pm

      🙁 🙁 🙁 dhn konme kuhjaku ves dhera vaane dhw ekuhjehge mamma noony bappa ekuhjakaa vaki v ma? 🙁 jazakillah khairan mishy dear.. 🙂 awww.. <3<3<3<3<3

  16. mannu says:
    September 13, 2018 at 6:42 pm

    kon irakun aneh part☺vv reethi mi vaahaka

    1. aish noor says:
      September 14, 2018 at 7:47 pm

      up vefa iny mihaaru dear.. 🙂 ehentha? jazakillah khairan mannu.. 🙂

  17. Sana says:
    September 13, 2018 at 6:43 pm

    Masha Allah varah reethi mi part
    Dhaan please be strong and noor thihaa varah dhaan rurohvaba??

    1. aish noor says:
      September 14, 2018 at 7:49 pm

      jazakillah khairan sana dear.. 🙂 alhey dear.. 🙁 dhn balamaa dhw vaa gotheh.. adi gandakah fahu usgandeh annaanennu? 🙂

  18. Unknown ?? says:
    September 13, 2018 at 7:09 pm

    MaSha Allah! ❤✨?
    Mi part ves v salhi! So interesting! Hama rangalhah ves rovey! Kn irakun next part!? Waiting for next part!??✨?

    1. aish noor says:
      September 14, 2018 at 7:50 pm

      jazakillah khairan unknown.. 🙂 vrh vrh vrh ufaavehje dear thihen bunelyma.. 🙂 alhey dear.. 🙁 up vefa iny mihaaru.. 🙂

Comments are closed.


All Right Reserved!