ބައްޕަ ނިޔާވުމަށްފަހު ޒާޔާ ދިރިއުޅެމުންދިޔައީ އޭނާގެ ގޭގައި އެކަންޏެވެ. ތިރީ ފަންގިފިލާއާއި ،ފުރަތަމަ ފަންގިފިލާ ކުއްޔަށް ދީފައި ހުރުމުން ޒާޔާގެ ދިރިއުޅުމުގެ ކަންތައްތައް ކުރުމަކަށް ފައިސާގެ ތާށި ނުވިޔަސް މައިންބަފައިން ނުލާ އެކަނި ދިރިއުޅެން ޖެހުނީމައި ގޭތެރޭގައި ދިރުމެއްނެތެވެ. ނަމަވެސް އަތުން ފައިން ކަމެއް ނުކުރުވާ ބޮޑުކޮށްފައިވާ ދަރިއެކޭ ބަލާފައި ޒާޔާގެ އަތްމަތި ހިވާގިވެފައި ސާފްތާހިރެވެ. ގޭތެރޭގެ ކަންތައްތައް ކުރުމާއި ކެއްކުމަކީ މިހާރު އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އަމާން އާއި މާނީގެ އެހީތެރިކަމާއި އެކު ޒާޔާ […]
ޒާޔާ އަށް އަދިވެސް އޭނާގެ ކުރިމަތިން ފެންނަން ހުރި އަމާން އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. “ޒާ” އަމާން ޒާޔާގެ މޫނުމަތީގައި އަތް ހޫރުވާލުމުން ޒާޔާ އެނބުރު ދުރަށް ބަލާލިއެވެ. ” ރުޅިއައިސްސަތަ؟ ” އަމާން ސުވާލުކޮށްލިއެވެ. “ނޫން .. އަހަރެން ކީއްވެ އަމާންދެކެ ރުޅިއަންނަންވީ …. ” ޒާޔާ ދުރަށް ބަލަން އިނދެ ބުނެލިއެވެ. ” އަސްލު އަހަރެންގެ ހިތަށް އަރާ އިއްޔެ ފެނުނު ކުއްޖަކާއި ހެދި އަމާން ހާދަވަރެއްވެއްޖެޔޭ ….” ޒާޔާ ދެން ބުނެލި […]
އަމާން ބަލަމުންދިޔައީ ވައިބަރ ގުރޫޕްގެ ކޮންޓެކް ލިސްޓް އަށެވެ. އެންމެ ފަހަށް އިން ޒާޔާގެ ނަންބަރަށް ފިތާލުމަށްފަހު “ހާއި ޖަހާލިއެވެ”.ނުދަންނަ ނަންބަރަކުން މެސެޖްކޮށްފަ އިނުމުން ޒާޔާ އެއަށް ރިޕްލައި ނުކޮށް ކޮންޓެކްޓް ނަންބަރު ސޭވްކޮށްލީ ކާކުތޯ ޔަގީންކޮށްފައި މެސެޖްއަށް ރިޕްލައި ކުރާށެވެ. “މީ އަމާން ، މިހާރު ތި އުޅެނީ ކާކުތޯ ޔަގީން ކުރަންށެންނު” އަނެއްކާވެސް އެ ނަންބަރު މެސެޖް އައުމުން ޒާޔާ މެސެޖް ކިޔާލިއެވެ. ” ޔޫ އާރ ކްރީޕީ” ޒާޔާ މެސްޖްއަށް ރިޕްލައިކޮށްލިއެވެ. ” […]
ޒަޔާ ދޮރު ހުޅުވަބަލަ…. ކިހާވަރުގަދަ ކަމެއްތަ މީ” މުޅި ގޭގައި ގުގުމާލީ އާފިޔާގެ އެލާމް ގެ އަޑެވެ. ޒަޔާ ދޮރު ހުޅުވާލުމަށްފަހު އޭނާގެ ދޮންމަންމައާއި ދިމާލަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ” ހޫން ދެން ތިހެން ބަލަން ނީދެ ފެންވަރައިގެން ކޮލެޖެއަށް ދާން ތައްޔާރުވޭ ” އާފިޔާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހީ ޒަޔާ ފާހާނައަށް ވަތް ކަން ޔަގީން ކުރުމަށްފަހުއެވެ. އާފިޔާ އަނގައިން ކުދި ކިޔެމުން ދިޔައީ މަނިކުއަށްޓަކައި އޭނާ އުފުލަން ޖެހޭ ބުރަ ހިތަށް […]
އަމައިރާގެ އުފަންދުވަހުގެ ހަރަކާތް ފެށިގެން ދިޔައިރު ސްކައި ހައުސްގެ ގޯތި ތެރެވަނީ މެހެމާނުން އައިސް ފުރާލާފައެވެ. އަބީގެ ވިޔަފާރީގައި ބައިވެރިވަމުން ދާ އެކި ގައުމުތަކުގެ މީހުންނަށް މަދުން ނަމަވެސް ވަނީ ދައުވަތު ދީފައެވެ. ފިޔާތޮށި ކުލައިގެ ހެދުމެއްގައި އަމައިރާ ތައްޔާރުކޮށްލައިގެން އީލާމް ނުކުތް އިރު ، އަބީ އޭނާގެ ހަގު ދަރިފުޅު އާރަވް އުރައިލައިގެން ހުއްޓެވެ. އަމައިރާއަށް އެހާ ގިނަ މީހުން ފެނުމުން އޭނާގެ މަންމައަށް އަތް ދިއްކޮށްލުމަށްފަހު އުރާލަން އެދުނެވެ. އީލާމް އަމައިރާ ގޮވައިގެން އެކި […]
އަހަންނށް މާފު ކުރޭ ….އުމުރު ދުވަހު މަންމަ ދިން ތަރުބިއްޔަތާއި ހިލާފް އަމަލެއް މި ހިންގަން ޖެހުނީ ހަމަ އެ މަންމަ ސަލާމަތް ކުރަން …. އަހަރެން ބޭނުން އީލާމް އަހަރެންގެ މީހަކަށް ހަދަން …. ވަރަށް ލޯބިވޭ … ޝާމް ….. އީލާމް އޭނާގެ ސިޓީ ކިޔަމުން ދިޔައިރު ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ނަމަވެސް މިއަދު މި ސިޓީއަކުން ވާނެ އިތުރު ފައިދާ އެއް ނެތެވެ . ޝާމް އަށް ގަސްތުގައި […]
އީލާމް އާއި ޝާމް މޭޒު ކައިރީ އިށިނދެލައިގެން އިން އިރު އީލާމް ކުރަން ބޭނުންވާ ވަރަށް ސުވާލު އެބަހުއްޓެވެ. ” އީލާމް އައި އޭމް ސޮރީ ، ހީކުރަން ސިޓީ ކިޔާފައި އަހަންނަށް މާފް ކުރިކަމަށް ” ޝާމް ދެއްކި ވާހަކައިން އީލާމް ސުވާލު އުފެދިފައިވާ ނަޒަރަކުން އޭނާ އާއި ދިމާލަށް ބަލާލިއެވެ. ” އަހަރެން ނުދެނަހުރިން ޝާމް އަހަރެން ކައިރިން މާފް އަށް އެދެން ޖެހޭނޭ ކެމެއް ، ހުރިހާ ކަމެއް ކޮށްފަ ކޮން މާފެއް […]
އީލާމް ކެބިން އަށް ވަދެގެން އައިކަމެއް އަބީ އަކަށް ރެއަކާއި ނުލައެވެ. އޭނާގެ އުނގުގައި އަނހެން ކުއްޖަކު އިށީނދެލައިގެން އިން އިރު ދެ މީހުން އިނީ އެކަކު އަނެކަކު ގައިގައި ބައްދާލައިގެންނެވެ. އީލާމް ހުއްޓިގެން ހުރީ އަބީއަށް އޭނާ ހުރިކަން ރެޔަކާ ލާތޯއެވެ. އަބީ އެ އަންހެން ކުއްޖާ ކުއްލިއަކަށް ކޮއްޕާލުމަށްފަހު ކޮއްޅަށް ތެދުވެ ކެބިން އިން ނިކުންނަށް ހިނގައިގަތެވެ. ” އީލާމް ” އަބީ ކުރިޔަށް އެޅި ފިޔަވަލު ހުއްޓުނެވެ. އަބީ އަށް އީލާމް ފެނުނުކަން ޔަގީން ވުމުން އީލާމް […]
” އީލާމް ހިނގާ ގެއަށް ދާން ، މިހާރު ކޮން އިރެއް ކޮއްޅަށް ހުންނަތާ ، ތިހެން ހުންނާކަށް ނުވާނެ ” އަބީ އީލާމް ގޮވައިގެން ގެއަށް ދިއުމަށް ބޭނުންވިއެވެ. އީލާމްވެސް އާނއެކޭ ބުނާފަދައިން ބޯ ޖަހާލިއެވެ. ރޭގަނޑުގެ ފުން ނިންޖަކަށް ދެމީހުންވެސް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހެނދުނު އިރު އެރީ އިލާމް އާއި އަބީގެ ފޯނަށް ހޮސްޕިޓަލުން ގުޅަން ފެށުމުންނެވެ. އީލާމް އާއި އަބީ ތައްޔާރުވެލައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ވެގެން އުޅޭ […]